Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… 30 ވަނަ ބައި

writer Level 310 Stories100 Comments
August 3, 2017 5 Mins Read
22 Comments

 

ކައިލްއާއި ނަކީލްއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ފަހަތަށް ބަލައި ލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. އެއާއި އެކު ދެމީހުންގެ މޫނު މަތިން ހާސްކަން ވެރިވެގެން ދިޔައީ ވެއްޓިފައި އޮތް ކިޔާރާ ފެނިފައެވެ. ކޮފީ މަގު ވެއްޓިފައިވީ އިރު އޭގެއިން ބިއްލޫރިކޮޅެއް ވަނީ ނިތުގެ ކަނައަތްފަރާތަށް ހެރިފައެވެ. އެތަނުން ލޭއަންނަމުން ދިޔައިރު ކިޔާރާގެ ހެއެއްވެސް ނެތެވެ.

ދެމީހުންނަށްވެސް އެދިމާލަށް ދެވުނީ އެއްފަހަރާކަހަލަ ގޮތަކަށެވެ. ނަކީލްއަށްވުރެ ކުރިން ކިޔާރާ އަތްމައްޗަށް އުފުލާލަމުން ދުވެފައި ގޮސްވަނީ ކިޔާރާގެ ކޮޓަރިއަށެވެ. ނަކީލް އައިސް ވަތްއިރު ކިޔާރާ އެދުމަތީ ބޭއްވުމަށްފަހު ފަސްޓްއެއިޑް ފޮށި ނަގައިގެން ބޭސް އެޅުމާއިގެން ކައިލްއުޅުނެވެ.

“ޑޮކްޓަރަކަށް ނުޅުގަންތަ..” ނަކީލް އަޑުންވެސް ހާސްވެފައިހުރިވަރު ހާމަވެއެވ

” ރިލޭކްސް… ބައެއް ފަހަރު މިހެން ވާނެ ކިޔާއަށް… އިޓްސް ފައިން … އެވާނީ މިރޭ ބޭސްނުކައި ލަސްވީމަ ކަމަށް…” ކައިލް ބޭސްއަޅައި ނިމިގެން ސައިޓް ޓޭބަލއ މަތީ ބަހައްޓަމުން ނަކީލްކުރި ސުވާލަށް ޖަވާބުދިނެވެ.  ” އާރ ޔޫ ޝުއަރ…” ނަކީލް އަށް އެހެން ބުނެވުނީ އިހްތިޔާރުން ބޭރުގައެވެ. އެއާއި އެކު މިބުނެވުނު އެއްޗަކާއި މެދު ވިސްނާލެވުމުން އަމިއްލަ މޮޔަކަން ވެސް ހިތަށް އެރިއެވެ. ކިޔާރާއަށް ކަމެއް ވިޔަސް ނަކީލްއަށް އެކަމާއި ހާސްމިވަނީ ކީއްވެހެއްޔެވެ.ެ. މާޔާ ގަޔަށް ވަޒަން އެރިދުވަހު ކުރެވުނު ކަހަލަ ބިރުވެރި އިހްސާސެއް ހިތުގައި ވަށައިލީ ކީއްވެކަމެއް ހުދު ނަކީލްއަކަށްވެސް ނޭނގެއެވެ. ކިޔާރާ އެއީ މާޔާއަށް ނުވާނެކަމަށް ސިކުނޑި އެތަށް ފަހަރަކު ބުނަމުން ދިޔާނީ ކައިލް ދެއްކިވާހަކަތަކަށް ބުރަވަމުންނެވެ. އެހެން ނޫނަސް މާޔާއަށް އެމެރިކާއަށް އާދެވޭނެގޮތަކާއިމެދު ވެސް ވިސްނަވިސްނާ ގަބޫލުކުރެވޭ ވަރުގެ ކަމަކަށް ނުވިއެެވެ. ކައިލް ބުނާގޮތުންނަމަ ކިޔާރާ ކުޑައިރުން ފެށިގެންވެސް އުޅެބޮޑުވީ ކައިލްމެން ކައިރީގައެވެ. އެހެން ވިއްޔާ މި ކުރެވެނީ ކުށްހީއެއް ހެއްޔެވެ. ހިތުގައި ޖަހަން ފަށާފައިވާ މިވިންދަކީ މާޔާއަށް ވެވޭ ބޭވަފާތެރިކަމެއް ހެއްޔެވެ.އާއެކެވެ. އެއްވަތަރުގެ މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅެއެވެ. މިވެސް ވާނީ ހަމަ އޭގެއިން މީހަކަށެވެ. މިކުރެވެނީ ކުށެކެވެ. މާޔާ ނޫން އެހެން މީހަކަށް މި ހިތުގައި ވިންދެއް ޖަހައިގެން ނުވާނެއެވެ.އެހެން ނަމަވެސް ހިތުގެ ކަނަކުން އެއީ މާޔާއޭ ބުނަނީ ކީއްވެ ހެއްޔެވެ. އަދާތަށް އެއްގޮތް ވީމަ ހެއްޔެވެ. އެއީ ނަކީލްގެ މާޔާ ކަމެއް ނުވަތަ ކައިލްގެ ކޮއްކޮ ކިޔާރާކަމެއް ވަކިކުރާނީ ވަކި ކިހިނެއްހެއްޔެވެ.

” ބިޒްނަޒް ދާއިރާއަށް ޖޮއިން ކުރުމުގެ ކުރިން އައިސް ޑިޑް މެޑިސިން… އައި އެމް އަ ޑޮކްޓަރ ޓޫ.. އެކަމް ޑޭޑްގެ ބިޒްނަސް ބަލަހައްޓާނެ އިތުރުމީހެއް ނެތުމުން ޑޭޑްއަށް ބުރަވާާން ފެށީމަ އައި ގޭވް އަޕް އޮން ދެޓް… ކިޔާރާއަށް މިހެން ވާން ފެށީ ތަންކޮޅެއް އެކްސިޑެންޓެއެއް ވީފަހުން… ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން…. މީގެ ތިން އަހަރުކުރީގެ އެއްވެސް ހަދާނެއް ނެތް އޭގެ ސަބަބުން…އެޓްލީސްޓް ޝީ އިޒް ވިތް އަސް… އެހެންވެ ކާ ބޭސްތަކެއް އެއީ… ” ކައިލް ކުރުގޮތަކަަށް ހުލާސާއެއް ދިނީ ކިޔާރާއާއި ބެހޭގޮތުންނެވެ. އަދި އެކަމާއި އެހާބޮޑަށް ނުވިސްނުމަށް ބުނީ މިރޭ ކިޔާރާ ކައިރީގައި މަޑުކުރާނީ ކައިލްކަމަށް ބުނަމުންނެވެ. ހަޤީގަތުގައި ކައިލް އިނީ ފުދޭވަރަކަށް ކަންބޮނޑުވެފައެވެ.ނަކީލް ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އެހީއަކަށް ބޭނުން ވިއްޔާ ގޮވާލުމަށް ބުނަމުން ނިކުމެގެން ދިޔައީ ދޮރު ލައްޕަދިނުމަށް ފަހުގައެވެ. މިވަގުުތު އެކަނިވެލަން ބޭނުން ވެފައި ހުރިލެއް ބޮޑުކަމުންނެވެ. މާޔާއާއި ވަކިވުމަށް ފަހު އެހިތަށް ހިތްހަމަ ޖެހުމެއް ލިބެނީ އެހެން މީހުންނާ ވަކިން އެކަހެރިކޮށް ހޭދަކުރެވޭ ވަގުތުތަކުގައެވެ. އެވަގުތުތަކުގައި މާޔާގެ ހަދާން އާކޮށްހަދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އެ އެކަނިވެރިކަމަކީ ނަކީލްގެ އެންމެ ގާތްއެކުވެރިޔާ ފަދައެވެ.

ނަކީލް ދިޔުމުން ކައިލްއަށް ހަމަނޭވާ ލެވުނުފަދައެވެ. ނަކީލް ކުރިމަތީގައި ހަމަޖެހިގެން ހުރީ ކަންބޮޑުވެ ހާސްވެފައި ހުރިވަރު ފޮރުވަމުންނެވެ. ކިޔާރާއަށް ކަމެއް ވިނަމަ އަމިއްލަ ނަފްސަށް މާފުކުރާނީ ކިހިނެތް ހެއްޔެވެ. އެއީ މިއަދު ކައިލް ބަލަން ޖެހިފައިވާ އަމާނާތެކެވެ.

“ސޮރީ ކިޔާ… މިހެން ވާން މިޖެހުނީ އަހަރެންގެ ފަރުވާކުޑަކަމުން.. އައި ޝުޑް ހޭވް ޗެކްޑް އޮން ޔޫ މިރޭ… ގެޓް ވެލް ސޫން ޕްރިންސަސް… ” ނައިލް ކިޔާރާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ގައިމަތީއޮތް ކުއިލްޓް ރަގަޅުކޮށްލިއެވެ.  ކޮއްކޮއެއްގެ އުނިކަން ކައިލްގެ ހަޔާތުން ފޫބައްދައިދިނީ ކިޔާރާއަށް ވީހިނދު އެދެމުދައި ލޭގެ އެއްވެސް ގުޅުމެއްނެތަސް ވަނީ އެއަށްވުރެ މަަތިވެރިގުޅުމެއް އުފެދިފައެވެ. އެހެންކަމުން ކިޔާރާއަށް ލިބޭކޮތަންމެ ކުޑަނަމަވެސް އަނިޔާއަކީ ކައިލްގެ ހިތަަށް އެހާމެ އުދަނގޫ ކުރުވާކަމެކެވެ. ކޮންމެވެސް ދުވަހަކުން ކިޔާރާ ކައިލްއަށް ގެއްލިދާނެކަމުގެ ބިރުވެސް އެހިތުގައި އިވެއެވެ. އަންހެން ކުއްޖަކަށް ވީތީ އެހެން މީހަކާއި އެކީ ޒަވާޖީ ހަޔާތެއްވެސް ފަށަންޖެހޭނެތާއެވެ. ކިޔާރާގެ ރީތިކަމުގެ ފަހަތުން ދީވާނަވަމުން ދުވާ އެތަކެއް ފިރިހެނުން ކައިލް ދެކެފިއެވެ. އެހެންނަމަވެސް ނަކީލްގެ ލޮލުން ކިޔާރާއަށް ޓަކައި ފެންނަން ހުރި ކަންބޮޑުވުމާއި ހާސްކަމުންވެސް ނަކީލްގެ ހިތުގައި ކިޔާރާއަށް ހާއްސަމަޤާމެއް ދެވިފައިވާކަން ހާމަވެގެންދެއެވެ. ހަމަ އެފަދައިން ކިޔާރާގެ އަމަލުތަށްވެސް މިރޭ ހުރިގޮތުންނާއި އިރުއިރުކޮޅާއި ސިއްރުސިއްރުން ނަކީލްއަށް ބަލަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ކައިލްގެ އަށް ވިސްނުނީ ކިޔާރާގެ ހަޔާތަށް އަންނަން ނަކީލްއަށްވުރެ ރަގަޅުމީހަކު ނުހުންނާނެކަމަށެވެ.

” އައި ވޯންޓް ޔޫ ޓު ބީ ހެޕީ…” ކައިލް ކީޔާރާއަށް ބަލަން އިދެމުން ބުނެލީ ހިނިތުންވެރެއެވެ.

އާދުވަހަކަށް އިރުއެރީ އެކިމީހުންގެ ހިތްތަކުގައި އާ އުއްމީދުތަކެއް އާލާކުރުވަމުންނެވެ. އާ ހުވަފެންތަކެއް ދައްކުވައިދެމުންނެވެ.  ކިޔާރާ ނިދިބަރުވެފައިވާ އެސްފިޔަތަށް ހުޅުވައިލީ ކަންނެތްކަމާއި އެކީގައެވެ. ކައިރީގައިން ނިދާފައި އިން ކައިލް ފެނުމުން ހިނިތުންވެވުނީ ބޭބެ ކިޔާރާދެކެވާ ލޯބި އިހްސާސްކުރެވުމުންނެވެ. ކިޔާރާ އެދުން ތެދުނުވެ ވިސްނަން އޮވެވުނީ ރޭގަ ވީ ކަންތަކާއި މެދު ވާހަކަ ދައްކާށެވެ. ކިޔާރާއަށް ތިރިއަށް ފަހުން ފޭބީ އެތާގައި މީހަކު ހުރެދާނެކަމަކަށްނޫނެވެ. އެހެންނަމަވެސް ކައިލްއާއި ނަކީލް އެހާ ގިނަ އިރު ވާހަކަ ދައްކަން ތިއްބާ ފެނުމުން އެކަމަށް ޝައުޤުވެރިކަން ޖެހުނީތީ އެދެމީހުންގެ ވާހަކަތަަށް އަޑުއިވޭ ހިސާބަަށް ދެވުނީއެވެ. ނަކީލް ދެއްކީ ވާހަކައިން ކިޔާރާއަށް އިވުނީ ހަމައެކަނި ފަހުން ބުނި ތެދިން ޖުމްލައެއް ކަމުގައި ވިޔަސް އޭގެއިން ކިޔާރާއަށް ހައިރާންކަން ވެރިކުރުވީ އިންތިހާއަށެވެ. އެހެން ނުވާންވީ ސަބަބެއްވެސްނެތެވެ. ކިޔާރާއަށް އެތަށް އަހަރެއްވަންދެން އުދަނގޫކުރަމުންދާ ހުވަފެނާއި ދާދި އެއްގޮތެވެ. ކުޑަކުޑަ ފިރިހެން ކުއްޖަކު މަތިން ވެއްޓި ލޭކޯރެއް ހެދޭތަނެވެ. ދުވެފައި އެދިމާލަށް އަންހެނަކާއި ފިރިހެނަކު ދާތަނެވެ. ބަލާބެލުމަށް އެއީ އެކުއްޖާގެ މައިންބަފައިންކަމަށް ލަފާކުރެވެއެވެ. އެ ހުވަފެން ތަކުރާރުކޮށް ކިޔާރާއަށް ފެންނަ ވަކި ސަބަބެއް ކިޔާރާއަކަށް ނޭނގެއެވެ. އެވާހަކަ ކައިލް ކައިރީ ނުބުނެ ސިއްރުކުރަނީވެސް ކައިލް ހާސްކުރުވަން ބޭނުންނުވާތީއެވެ. އެހެންނަމަވެސް ރޭގައި ނަކީލްގެ ފަރާތުން ކުޑަކުއްޖަކު އެހާ ރަހުމުކުޑަކޮށް މަރާލިކަން އެނގުމުން އެ ހަދާންތައް އާވީއެވެ. ކުލަ ނުޖެހޭ މަންޒަރުތަކެއް ސިފަވީއެވެ. އެއީ ކޮން ފިރިހެނެއެއް ހެއްޔެވެ. އެމީހާގެ މޫނު ކިޔާރާއަށް ހަދާން ނުވަނީ ކީއްވެ ހެއްޔެވެ.

” އަންހާ… ކިޔާ… ގުޑް މޯނިން… ބޮލުގަ ރިއްސަނީތަ…” ކިޔާރާގެ ހިޔާލުތަކުން މިންޖުވީ ކައިލްގެ އަޑަށެވެ. އެއާއި އެކު ކުޑަކޮށް ސިހިފައި ކިޔާރާ ބޯ ދެފަރާތަށް ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

” ދެންވެސް ބޭސްނުކައި ނުހުންނައްޗޭ… އައި ވޯޒް ސޯ ސްކެއާޑް.. އައި ކާންޓް ލޫސް ޔޫ ލައިކް މޯމް އެންޑް ޑޭޑް” ކައިލް ކުޑަކޮށް ކިޔާރާ ގައިގައި ބައްދާލަމުން ބުނެލިީ ޖަޒްބާތީވެފައެވެ.

” ސޮރީ… ކިޔާ ހަދާން ނެތުނީ… ރޭގަ ހާސްވެފަ ހުރިވަރުންް… އައި އޭމް އޯލް ރައިޓް.. އެކަމް މިތަންކޮޅަށް ވަރަށް ތަދުވޭ…” ކިޔާރާ ނިތުގައި އަޅާފައި ހުރި ބޭސްގަނޑު މަތީ އަތް ޖައްސާލަމުން ބުނެލީ އެއްވެސް އެެއްޗެއް ނޭނގޭފަދައަކުންނެވެ.

” ހަހަހަ.. ޔޫ އާރ ސޯ ޑަންބް… ތަދު ނުވާނީ ކީއްވެ… ފުޅިތޮށިކޮޅެއް ހެރިފަ ކަފައިގެން ވިއްޔާ ދިޔައީ… އެހެން ވާނީ.. ދޮންބެ ބުނާ ބަސްނާހާ އުޅެންޏާ… ބަސްނާހާ ކުދިންނަށް ހުރިހާ ގޮތެއްވެސް ވާނެ… އެއްކަލަ މުސްކުޅި ބޭބެއަށް ކާންދޭންވީ ދޯ ކިޔާ ..” ކައިލް ކިޔާރާއަށް ޖެއްސުންކޮށްލިއެވެ.

“އީއު.. އީ އިޒް ކްރީޕީ.. ނޯ… ” ކިޔާރާ ފުއްމައިގެން ކަހަލަ ގޮތަކަށް އެދުން ތެދުވިއެވެ.

“ހަހަހަހަ… ލުކް އެޓް ޔޫ… ބޭބީ ކިޔާ…” ކައިލް ހެމުން ހެމުން ނިކުމެގެން ދިޔައީ ކިޔާރާ ކައިރީ ސަޔަށް އިންސާފުކުރަން އައުމަށް ބުނެފައެވެ.

……………………………………………………………………………..

ދުވަސްތަށް ފާއިތުވަމުންދިޔައީ ނަކީލްއާއި ކިޔާރާގެ އެކުވެރިކަމަށްވެސް ކުރިއެރުން ގެނުވަމުންނެވެ. ނަކީލް މަސައްކަތް ކުރަނީ ކިޔާރާ ފެންނަ ހިސާބަކަށްވެސް ނައިސްވޭތޯއެވެ. ކިޔާރާ ފެންނަ ކޮންމެ ފަހަރަކު އެހިތުގެ ހިނގުން ބަދަލުވާހެން ހީވާތީއެވެ. މާޔާ ނޫން އެހެން މީހަކަށް އެހިތުގައި ވިންދެން ޖެހީތީވެސް ނަކީލްއަމިއްލަ ނަފްސު ކުއްވެރިކުރެއެވެ. އެލޯބި ހަމަ އެހާ ބަލިކަށީ ހެއްުޔެވެ. މާޔާގެ ސިފައިގައި ހުއްޓަސް އެއީ މާޔާއެއް ނޫން ވިއްޔާއެވެ.

އެއާއި ހިލާފަށް ކިޔާރާގެ ހިތް އެދިގޮވަނީ ނަކީލް ކައިރީ ވުމަށެވެ. ނޭނގޭ ބާރަކުން ނަކީލްއާއި ދިމާލަށް ގެންދަނީ ހެންވެސް ބައެއްފަހަރު ހީވެއެވެ. އެތަށް ގަރުނެއްވަންދެން ދަންނަ ގާތްމީހަކާއި ނަކީލް ވައްތަރުވަނީ ކީއްވެބާއެވެ. އެއީ އަަލަށް ކިޔާރާގެ ހަޔާތަށް އައި މީހަކުހެން ހީނުވަނީ ކީއްވެބާއެވެ. ކޮންމެ ގޮތެއް ވިޔަސް އެ ހިތް އޭގެ މަޤާމުން ދޫވެއްޖެއެވެ. ދެން އިތުރަކަށް ކުރެވޭނެ ކަމެއް ނެތެއެވެ.

ނަކީލްއާއި ކިޔާރާގެ އަމަލުތަށް އެންމެ ގާތުން ބަލަމުންދާމީހަކު ކަމުގައި ކައިލްވިއެވެ. ނަކީލްގެ ލޯބީގައި ކިޔާރާ ދީވާނާވަމުންދާ މިންވަރު ފެނިފައި އެހިތްވެސް ބިރުގަންނަ ހާވެއެވެ. ލޯބިވާ ކޮއްކޮގެ ހިތް މީހަކު ފުޑުކޮށްފާނެތީއެއްނޫނެވެ. އެހެންނަމަވެސް އެ ލޯބި ދޭންެޖެހޭ ފަރާތުގެ ހިތުގައި ފޮރުވިފައިވާ ރިހުން ގަދަކަމުންނެވެ. މާޔާގެ އިންތިޒާރުގައި އެހުރީ ނުހަނު އިހްލާސްތެރިކަމާއި އެކުގައެވެ. އެހެން ނަމަވެސް ނަކީލް ބުނިފަދައިން މާޔާ މިހާރު ދުނިޔޭގައި ހުންނާނެކަމުގެ އޮތީވެސް ކޮން އުއްމީދެއްހެއްޔެވެ. ނަކީލްގެ ހަޔާތުން ގިލަންވެރިކަން ދުރުކޮށްދިނުމަށްވެސް އެހެން ބައިވެރިއެއްގެ އެހީބޭނުންވެއެވެ. އެހެންނޫނަސް ކިޔާރާއާއި ނަކީލް އެކަކު އަނެކަކަށް އެދޭވަރު އެ މީހުން ނުބުންޏަސް ލޮލުން އެކަނިވެސް ހާމަވެއެވެ.

ނަކިލް ކައިލްއާއި އެކީ އެ އޮފިހުގެ މަސައްކަތްތަށް ހުރިނެތްގޮތް ބެލުމަށްފަހު ވަގުތީގޮތުން އެކޮޅުން ބިޒްނަޒް މަސައްކަތްކުރިއަށް ގެންދިޔައީ ނަކީލްގެ މަޤްސަދަށް ވާސިލްވެވެން ދުވަސްވެސް ނަގާނެތީއެވެ. ” މާޔާ” މި ޕްރޮޖެކްޓް ގެ ކަންތަކުގައި އެންމެ ކަމުދާ ބިމެއް ލިބިފައިވިކަމުގައި ވިޔަސް އެއާއި ގުޅޭ އެތަކެއް މަސައްކަތެއް އެބަހުއްޓެވެ. ނަކީލް ބޭނުންވަނީ މިއީ މުޅީ ދުނިޔޭގައިވެސް ގުނާލެވޭ ފެންވަރުގެ ހޮޓަލަކަށް ހެދުމެވެ. ޝަހް ޖަހާން މުމްތާޒްގެ ހަދާނުގައި ގަނޑުވަރެއް ބިނާކުރިއެވެ. ލޯބީގައި ލޯބިވެރިން އެކަކު އަނެކަކަށް ޓަކައި ނުކުރަނީ ކީއްހެއްޔެވެ. އެކަމަކު ނަކީލް މާޔާއަށް ޓަކައި މާޔާގެ ހަދާނުގައި ބިނާކުރަން މިއުޅެނީ ދެވަނަ ގަނޑުވަރޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ޑްރީމް ޕެލަސްއަށް ފަހު މިއީ ނަކީލް އަށް އެންމެ މުހިއްމުވި އެއް މަސައްކަތޭ ބުންޏަސް ދޮގަކަށް ނުވާނެވެ. އެހެން ކަމުން ނަކީލް ބޭނުންވަނީ ކައިލްގެ އެހީތެރިކަން ލިބުނެއްކަމަކު މިކަމުގައި އިސްވެ ހަރާކާތްތެރިވުމަށެވެ.

………………………………………………………………………………

“ސޮރީ މޭން… ވަރަށް މުހިއްމު ކަމަށް  އޮސްޓްރޭލިއާއަށް ހަފްތާއަކަށް ދާން ޖެހިއްޖެ… އައި އޭމް ސޯ ސޮރީ…” ކައިލް ނަކީލް ކައިރިން މާފަށް އެދުނީ ކުއްލިގޮތަކަށް ވިޔާފާރި ދަތުރެއްގައި ދާން ޖެހުމުންނެވެ.

” އިޓްސް އޯލް ރައިޓް… އައި ކޭން މެނޭޖް..”ނަކީލް ހިނިތުންވަމުން ޖަވާބު ދިނީ ސާބިތުކަމާއި އެކީގައެވެ.

” ނޫނޭ.. މިތަަނަށް ނަކީލް ގެނެސް ދެން އެހާ ކުއްލި ގޮތަކަށް ދާން ޖެހުމުން ވަރަށް މެނާލެސް ހެން ހީވާތީ…” ކައިލް އިސްޖަހާލަމުން ފާޅުކުރީ ހަޤީގަތެވެ.

” އެ އޯކޭ ވާނެ… ދެން އެހެން ނޫނަސް މިހާރު މީ ދުރުބައެއް ވެސް ނޫނެއް ނު.. އަންލެސް ކައިލް އަށް އެހެން ހީވާނަމަ… ” ނަކީލް ފަހުގެ ހަތިޔާރުގެ ބޭނުންކުރިއެވެ. އެއާއި އެކު ކައިލްގެ ދޫ ބަންދުވީ އިތުރަށް ބުނާނެ އެއްޗެއްވެސް ނުވިސްނުމުންނެވެ.

” ތީ މައި ބްރޯ ނު… އޯކޭ ފައިން… އެގޭ ހުރިހާކަމެއްވެސް މެނޭޖްވާނެކަން…  އެކަމް އިފް  ޔޫ ނީޑް އެނީ ހެލްޕް ކޯލްމީ… އެންޓް ވަން މޯ ތިންގް… ކިޔާއަށް ބަލައި ދެއްޗޭ..” ކިޔާރާގެ ވާހަކަ ކައިލް ދެއްކުމުން ނަކީލް ދުރުބަލާލިއެވެ. ކީއްވެ ކަމެއްނޭނގެއެވެ. މިފުރުސަތުގައި ކިޔާރާއާއި އެކީ އެކަނި ދުވަސްތަކެއް ހޭދަކުރަން ޖެހޭތީ ބިރުގަތީއެވެ. ކަފުންކުރަން މަސައްކަތް ކުރަމުންދާ ލޯބި ފަޅާއަރާފާނެތީކަންނޭނގެއެވެ.

ނަކީލް އެއްބަސްވީ ކައިލްގެ އެދުމުގައި ކޮޅުފައިން ނުޖަހަން ވެގެންނެވެ. އެއާއި އެކު ކައިލްގެ މޫނުގައި ހިނިތުންވުމެއް ކުޅެލީ މަޤްސަދު ހާސިލްވާނެކަމުގެ އުއްމީދުއޮތުމުންނެވެ. އަސްލު ކައިލް މިފަހަރު ދަތުރުދަނީ ކޮންމެހެން މުހިއްމު ކަމެއް އޮތުމުންނެއްނޫނެވެ. އެހެން ނަމަވެސް ކިޔާރާއާއި ނަކީލްއަށް ވަގުތު ދިނުމަށެވެ. އެދެމީހުން ފޮރުވަން އުޅޭ އިހްސާސްތަށް ބަންޑުން ކޮށްލެވޭނީ އެކަނިވެރި ފުރުސަތެއް ދެވިގެންތާއެވެ. އެހެންނަމަވެސް ކައިލްއަށް ނުވިސްނުނީ އެޅެން މިއުޅެނީ ކިހާބޮޑު ފިޔަވަޅެއްކަމެވެ.

ކައިލް ފުރައިގެން ދިޔުމުން އެބޮޑު ގޭގައި ކިޔާރާއާއި ނަކީލް އެކަނި ވިދަފައެވެ. ކިޔާރާއާއި ދުރުގައި ހުންނަން ކޮތަންމެ ބޭނުންވިޔަސް އެކުވެރިޔާގެ އެދުމަށް ކަމޭހިތުމުގެ ގޮތުން ވެސް ކިޔާރާގެ ކަންތައްތައް ބެލެހެއްޓުމުގަަަަަަަަަައި ނަކީލް ފަރުވާތެރިވާންފެށިއެވެ. އަމާނާތެއް ހަވާލުކުރެވުމުން އެއަށް ހިޔާނަތްތެރިނުވުމަށެވެ. ނަކީލްގެ ފަރާތުން ފެންނަމުންދާ އޯގާތެރިކަމުންވެސް ކިޔާރާގެ ހިތް އިތުރަށް ނަކީލްއަށް އެދެވެން ފެށިއެވެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ލޯބިން އަންނާށޭ ކަލާ…

Next

އައިކާ (4)

Next
August 4, 2017

އައިކާ (4)

Previews
August 3, 2017

ލޯބިން އަންނާށޭ ކަލާ…

22 Comments!

  1. Ash ? says:
    August 3, 2017 at 10:14 pm

    V.loabi mi part ves

    1. writer says:
      August 4, 2017 at 12:03 am

      Thank you

  2. writer says:
    August 3, 2017 at 10:15 pm

    I know its too short… I have serious problems to solve out.. and I am not in the best form to write… I ll try to bring next few episodes remaining soon… liyevunu varah mikohdhiny… not satisfied with this part ..sorry for dissapointing

  3. ReeXa says:
    August 3, 2017 at 10:20 pm

    Awwwwwwww… varah reethi mi part. . Keep it up.. when next part???????

  4. Aisha says:
    August 3, 2017 at 10:22 pm

    Vrah salhi

  5. song joong ki..KOREAN says:
    August 3, 2017 at 10:37 pm

    vvv salhi. 🙂

  6. Sidhu says:
    August 3, 2017 at 10:41 pm

    V salhi next partah wait kureveni. ..kiyaara aee hama maaya…ena aheri hadhaan nethifa

  7. khajja says:
    August 3, 2017 at 10:52 pm

    Masha allah v rythi miprtves when nxt prt up soon❤❤???????

  8. jj says:
    August 3, 2017 at 11:31 pm

    korea kahala technology in kuri araafaivaa gaumehge fenvaru rangalhu hospitalakun patient eh gellunee kihinehbaa eve?eves Icu in neve. CCTV camera eh ves e hospital ga nethy tho eve? varah hama nujehey thankolheh ei. mihen mi bunee mayage operation kurevunee korea ge emme fenvaru rangalhu cancer doctor huri fenvaruge hospital akun kamah vaathee.

    1. writer says:
      August 3, 2017 at 11:58 pm

      Hehe… u ll knw theege javaabu varah avahah… my thinking is broader than that…. bodethi gaumuthakuga ICU ah vadhe ves meehun maraa and meehun gehlen ves gehley…ae komehen hospitals sakarai vegen noon dhehtho….

    2. writer says:
      August 4, 2017 at 12:02 am

      Keep reading to find out how i justify that part… if u dont like that either then do tell me… i ll work on that next time

  9. ma'aal says:
    August 3, 2017 at 11:56 pm

    Nice….

  10. ??? says:
    August 4, 2017 at 12:49 am

    Rythi mibai vesss ☺maaya ahavahah hadhainn kohdheebala

  11. zuvan A Z U says:
    August 4, 2017 at 6:28 am

    jj jey v dhw. v salhi mi part vs.

  12. Navii says:
    August 4, 2017 at 6:51 am

    Vvvvv nice mi part ves… How many parts more??.. Waiting for the next part….!.

  13. Xxxx says:
    August 4, 2017 at 9:41 am

    Dear,story loabikan?????????v.nice …..take all ur time….will keep waiting….ekam story nimendhen genesdhehchey?

  14. Faalih says:
    August 4, 2017 at 12:07 pm

    karan arjun tha mee??

  15. annoying reader says:
    August 4, 2017 at 1:13 pm

    finally the story is here ? awesome varah reethi. waiting for the day maya regains her memories. cant wait plz dnt tore them apart

  16. click a shot ? says:
    August 4, 2017 at 4:44 pm

    Finally ….up veytho abadhuves balan…..waiting for next part…mi part ves varah salhi?

  17. Maa says:
    August 8, 2017 at 7:29 am

    …….. eagerly waiting………

  18. Flufkin says:
    August 12, 2017 at 1:05 am

    Nxt episode kon irakun thr writer?
    I can hardly wait..
    Plx avas kohlla dheeba❤

  19. Mai says:
    August 12, 2017 at 1:43 pm

    Hey writer… kn irakun tha nxt part… vrh reethi mi stry…?? vrh gina faharu belijje up vythoa… plx miadhu up kh dhybala…?

Comments are closed.

Next Episodeދުރުގައިވިޔަސް…31 ވަނަ ބައި←


All Right Reserved!