Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީހުން….. (4)

Dhippi Level 4100 Comments10 Stories
August 1, 2017 4 Mins Read
16 Comments

ދުވަސްތަށް ފާއިތު ވަމުން ގޮސް ޒޫމީ ފުރާ ދުވަސް ޖެހިއްޖެއެވެ. މިއަދަށް އިރު އެރީއްސުރެ އަމީނާ ހީވަނީ ގަނޑު ވެފަ ހުންނަހެންނެވެ. ސަބަބަކީ އަމީނާޔާ ވަކިން ޒޫމީ ދާންޖެހޭތީއެވެ. ” ދަރިފުޅާ މަންމަ ދަރިފުޅަށް ވަރަށް އިތުބާރު ކޮއްފަ މިފޮނުވަނީ، އެހެންވީމަ ދަރިފުޅު ވާނެ ދަރިފުޅުގެ އަގު ވެއްޓޭވަރުގެ ކަމެއް ނުކޮއް އެބުރި އަންނަން ،މަންމަ މެން ދަރިފުޅާ ދޭތެރޭ ވަރަށް ފޮނި އުންމީދު ކުރަން ދަރިފުޅު އަބަދު ވެސް ހަނދާން ކުރަން ވާނެ އަހެނެއްގެ އިއްޒަތާ އަބުރު ވެއްޔާ މޮޑެ ވިއްޖެ ނަމަ އެމީހަކީ ދެދުނިޔޭގަ ވެސް ބަދު ނަސީބު ވެރި އެއްކަން ، މަންމަ ދަރިފުޅަށް ދޭންއޮތް ނަސޭހަތަކީމީ” އަމީނާ ހުރީ ރޮވިފައެވެ.”މަންމާ ރޮނީތަ؟! މަންމާ އަޅުގަނޑު މަންމަމެން ދެރަވާނެ އެއްވެސް ކަމެއް ނުކުރާނަން ،އަޅުގަނޑައް އިތުބާރު ކުރައްވާ”ޒޫމީ އަށް ވެސް ހުރީ ރޮވެވިފައެވެ. މަޔަކަށް އަންހެން ދަރިއަކަށް ދެވޭނެ އެންމެ ރަގަޅު ނަސޭހަތް އަމީނާ ދިނެވެ.ާ “ދެން ހިނގާ ނިކުންނަން ބައްޕަ މެން ތިބޭނީ މިހާރު ލަސްވެފަ”އަމީނާ އެހެން ބުނުމުން ޒޫމީވެސް އަމީނާ ފަހަތުން ނިކުތީ ބޭރަށެވެ. އޭރު ސަލީމުމެން ތިބީ އެމީހުންގެ އިންތިޒާރުގައެވެ. “ދަރިފުޅާ ބަސް އަހައިގެން އުޅޭތި، ބައްޕަޔަށް އިގޭ މިހެން ބުނާއިރު ވެސް ދަރިފުޅު އަކީ ބަސް އަހާ ކުއްޖެއް ކަން” ސަލީމު ޒޫމީގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ. ޒޫމީ އާއެކޭ ކިޔާ ބޯޖަހައިލިއެވެ. “ހޫމުް ހޫމް… ތިހެން ބޯޖަހަޖަހަ ހުރެފަ ގޮއްސަ އެތަނުން ފަރަންޖީ އަކާ ކަންނޭގެ އިނދެގެން އަންނާނީ.” އީތަން އެންމެ ފަހުވަގުތު ވެސް ބެލީ ޒޫމީ އާ ދިމާކުރެވޭތޯއެވެ. “އައްޗި މަ އެބައުޅެން ދޯ މޮޔަ ވެގެން ،މައިންނާނީ އީތަންއާ އެގިއްޖެއެއް ނޫންދޯ .” ޒުޫމީވެސް ދުލެއް ނުދިނިވެ.” އޯއޯ… ތިހިރީ މަށާ އިނދެގެން ނުންތަ؟” އީތަން ޖެއްސުން ކޮއްލަމުން ބުނެލިއެވެ. “ދެން ހެވޭ ބަލަން ހުންނާތި ތިމީހާގަނޑާ އިންނަތަން” ޒޫމީ ވެސް ދުލެއް ނުދެއެވެ. “ހުމް…ދެކުދިން ނުތޮޅި އަވަހަށް ހިނގާ ދާން” އެންމެން ބޭރަށް ނިކުތް އިރު މަލަކާވެސް އައިއްސަ ދޮރުމައްޗަށް އެރިއެވެ. “އޭ ސޮރީ ޒޫ! އަހަރެން ދެންމެ ޑިއުޓީއިން މި ސަލާމަށް ވީ، އެހެންވެ ލަސްވީ ވަރަށް މިސްވޭ! ވަރަށް ލޯބިވޭ! އެކޮޅަށް ގޮއްސަ ގުޅާތި، ދަނީ އިނގޭ މަންމަ ގުޅައިފަ ގެއަށް ދާން މިދުވަސްކޮޅު މަންމަ އުޅެނީ ކުޑަކޮށް ބަލިކޮށް” އެހެން ކިޔާ މަލަކާ ހިނގައްޖެއެވެ. ގަޑި ޖެހޭތީ އެންމެން އަވަހަށް ކާރަށް އަރައިގެން ދިޔައީ ޓަރމިނަލަށެވެ. ފެރީ ތެރޭގައި އެކިއެކި ވާހަކަ ދައްކަން ތިއްބާ އެއަރޕޯޓަށް ދެވިއްޖެއެވެ.

****ތިންއަހަރު ފަސް…………

މިއަދަކީ ޒޫމީ ކުޑަކުދީންގެ ޑޮކްޓަރަކަށް ވެގެން މާލެ އަންނަން އޮތް ދުވަހެވެ. އަމީނާ މިއަދު ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. މި އުފަލުގަ ބައިވެރި ކުރުމަށްޓަކާ އަމީނާ ވަނީ ރާބިއާގެ ދެމަފިރިންވެސް ގެނެސްފައެވެ. “ކޮބާ އެންމެން ރެޑީވެއްޖެތަ، އެކަމަކު އަމީނާ ހާދަ ބޮޑަކަށޭ އުފާތިވަނީ” ސަލީމު އަމީނާއާ ދިމާކޮށްލަންވެގެން ބުނެލިއެވެ. “އާ…މަ އެކަނި ވިއްޔާ އުފާވެގެން މިއުޅެނީ” އަމީނާވެސް ދެރަނުވާން ވެގެން ބުނެލިއެވެ. “ހޫމް…ދެން އަނގަ ތަޅާކަށް ވަގުތެއްނެތް މިހާރު ފްލައިޓް ޖައްސަފާނެ” ސަލީމު އެހެން ބުނުމުން އެންމެން ނިކުމެ ކާރަށް އަރައިގެން ދިޔައީ ފެރީ ޓާރމިނަލަށެވެ. މާގިނަ އިރުތަކެއް ނުވަނީސް އެއަރޕޯޓަށް ދެވިއްޖެއެވެ.

“މަންމާ!” ޒޫމީ އެރައިވަލް އިން ނިކުންނަމުން އަމީނާމެން ފެނުމުން ގޮވާލިއެވެ. އެއަޑަށް އެންމެން ޒޫމީއާ ދިމާލަށް ހިނގާގަތެވެ. “އަހަ…ރާބިއައްތަމެންވެސް އެބަ އުޅެންތަ!؟” ދުވަސްތަކެއް ފަހުން އެންމެންނާ އެއްފަހަރާ ދިމާވުމުން ޒޫމީ އިނީ ވަރަށް އުފާވެފައެވެ. “އާ…ރާބިއައްތަ މެންވެސް އެބައުޅެން ޒޫމީއަށް ސަޕްރައިޒްއެއް ދޭންވެގެން މިއައީ” ރާބިއާ އެހެން ބުނުމުން ޒޫމީ އެހެންދޯ އޭ ކިޔާ ހިނިގަނޑެއް ޖަހާލިއެވެ. “މާ ގިނަ އަނގަ ތަޅަން ހަދާނެކަމެއް ނެތް ހިނގާ އަވަހަށް ގެއަށް ދެވޭތޯ ބަލަމާ” ސަލީމު އެހެން ކިޔާ ލަގެޖްތައް ހިފައިގެން ދިޔައީ ފެރީއާ ދިމާލަށެވެ. އޭނާގެ ފަހަތުން އެންމެން އަނގަ ތަޅަމުން ގޮސް ފެރީއަށް އަރައިފިއެވެ. ފެރީތެރޭގައި އީތަން އާއި ޒޫމީ އެކަކު އަނެކަކަށް ދިމާކުރަމުން ދިޔައެވެ. ގެއަށް އައިސްސަ ވަދެވުނުތަނާ ޒޫމީއަށް ހީވީ އެތައް އަހަރުތަކެއް ފަހުން ގެއަށް ދެވުނުހެންނެވެ.

“ދަރިފުޅު ދޭ އަވަހަށް ފެންވަރަން މަންމަމެން ހުންނާނެ ވަރަށް މީރުކޮށް ކައްކާފަ!” އަމީނާ އެހެން ބުނެފަ ރާބިއާ އާ ދެމީހުން ދިޔައީ ބަދިގެއަށެވެ. އޭރު ސަލީމު އާ އާދަނުގެ ދެބަފައިން ތިބީ އެކިއެކި ވާހަކައިގައެވެ. ޒޫމީ ނިކުތުމުން ހަތަރު މީހުން ގޮސް އިށީނީ ކާމޭޒު ދޮށުގައެވެ. “އަސްލު މި ވަގުތަކީ އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން ނިންމައިގެން އިން ވަގުތެއް!” ކެއުމުގެ ތެރެއިން ކުއްލިއަކަށް ސަލީމު ބުނެލިއެވެ. “ދަރިފުޅާ ބައްޕަ ބޭނުންވަނީ ވީހާވެސް އަވަހަކަށް ދަރިފުޅުގެ ކައިވެނީގެ ކަންތައްތައް ހަމަ ޖައްސަން، އަންހެން ކުއްޖަކު އެހާ ގިނަ ދުވަސްވަންދެން ކައިވެނި ނުކޮށް ހުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން” ސަލީމު ވަރަށް ސީރިއަސް ކަމާއިއެކު ޒޫމީގެ މޫނަށް ބަލަމުން ބުނެލިއެވެ. “ނޫން ބައްޕާ! އަޅުގަނޑު ކައިވެނި ކުރާކަށް ބޭނުމެއް ނޫން އަޅުގަނޑު ބޭނުން ވަނީ އަދި ރެސްޓް ކޮށްލަން، އެހެންނޫނަސް އީތަންވެސް އަދި މެރީ އެއް ނުކުރެއެއްނޫން ބައްޕަމެން އެންމެ ފުރަތަމަ އީތަން މެރީ ކުރުވަބަލަ” ޒޫމީ އެހެންބުނުމުން އީތަން ކޮށިވެސް އަރައިފިއެވެ. “ދަރިފުޅުގެ ކައިވެނި އޮންނަ ރެއަކުން އީތަންގެވެސް ކައިވެނި ކުރެވޭނެ، ދޯ އާދަނު!” ސަލީމު ދެން ބެލީ އާދަނުގެ މޫނަށެވެ. އާދަނު އާއެކޭ ކިޔާ ބޯ ޖަހައިލިއެވެ. “އެއީ ތެދެއް، ދަރިފުޅުމެން ދެކުދިންގެ ކައިވެނި ކުރެވޭނީ އެއްރެއަކު، އޭރުން ދެކުދިންގެ ކައިވެނި ޕާރޓީ އެއް ޕާރޓީއަކަށް ހަދާލެވޭނެ އެއްނޫން” އާދަނު ސަލީމުއާ އެއްބައިވަމުން ބުނެލިއެވެ. “ބައްޕާ އަޅުގަނޑު އެހާ އަވަހަށް ކައިވެނި ކުރާކަށް ބޭނުމެއްނޫން” އީތަން އަދި ކައިވެނި ކުރުމުގެ ވިސްނުމެއް ނެތެވެ. “މިހާރު ކުރަން ބޭއުންނުވިއަސް ކައިވެނި ކުރީމަ ރަނގަޅުވާނެ” އަމީނާ ވެސް ވާހަކައިގައި ބައިވެރިވިއެވެ. “ދަރިފުޅުމެން އެކަމާ އެހާ ނުވިސްނާ މަންމަމެން ދަރިފުޅުމެން ކައިވެނި ކުރަން ބައިވެރިއަކު ހޯދާފަ ހުންނާނެ! ދަރިފުޅުމެންނަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް މަންމަމެނެއް ނުކުރާނަން” އަމީނާ ބުނެލިއެވެ. އެރޭގެ ކެއުން ނިންމާލީ އަންނަމަހު ދެކުދިންގެވެސް ކައިވެނި ކުރާނެ ތާރީޚް ހަމަޖެހިގެންނެވެ. މައިންބަފައިންނަށް ކުރާ ގަދަރެއްގެ ބޮޑުކަމުން އީތަން އާއި ޒޫމީއަކަށް އތުރަކަށް އެއޗެއް ބުނާކަށް ނުކެރުނެވެ. އީތަންއާ ޒޫމީ ތިބީ ވާންއުޅޭ ގޮތަކާއިމެދު ވިސްނަ ވިސްނައެވެ. ހަޤީގަތުގައި މީގެދުވަސްކޮޅެއްކުރިން ދެ ފަރާތު ޢާއިލާއިން އިނީ އެދެކުދިންގެ ކައިވެނި ހަމަޖައްސާފައެވެ. ސަލީމުމެން ބޭނުންވީ އެކުދިން ކައިވެނި އޮންނަ ދުވަހު ކައިވެނި މިކުރެވެނީ އެދެކުދިން ކަން އަންގާށެވެ.

“އަރޫ ހާދަވަރަކައް މީޝާ އެ ރޮނީ” މީޝާ ރޯވަރުން މަސީހު ބުނެލިއެވެ. “ކީއްކުރާނީ؟ ޑޮކްޓަރަށް ދެއްކުނު އަދަދެއް ނޭގެ، އެމީހުންނަކަށް ނޭގެ ވާނުވާއެއް! މަސީހު އަޅެ ހިނގާބަލަ މިމަންޖެ އިންޑިއާ ކަހަލަ ތަނަކަށް ދައްކާލަން އޭރުން ވާގޮތެއް އެނގިދާނެއެއްނޫން” އަރޫޝާ އިނީ ފެންކަޅިވެފައެވެ. “މާދަމާ އޮފީހަށް ގޮސްސަ ޗުއްޓީއަށް ސިޓީ ލާނަން، ޗުއްޓީ ލިބުނު ހާ އަވަހަކައް ދާނަން އަދި ހިތްވަރު ކޮއްލާ” އެހެން ކިޔާ މަސީހު މީޝާގެ ކޮލަށް ދޮނެއް ދީފަ ނިކުމެގެން ހިނގައްޖެއެވެ. މީޝާ އަކީ މަސީހު އާ އަރޫޝާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އެކުއްޖާއަށް އެއް އަހަރު ވީ އިރުވެސް ނުފިލާ ހުމެއު ހުރެއެވެ.

ފުންނިދީގައި އޮތް ޒޫމީ އަށް ސިއްސައިގެން ގޮސް ހޭލެވުނީ މީހަކު ގައިގައި އައްލައި ހެން ހީވެގެންނެވެ. ޒޫމީ ފުންމައިގެން ތެދުވެ މަންމާ މަންމާ އޭ ކިޔާ ބާރަށް ހަޅޭލަވައިގަތެވެ. އެއަޑަށް އަމީނާ ދުވެފަ ކޮޓަރިއަށް ވަންއިރު ޒޫމީ އިނީ ބިރުން އެނދުގެ ކަނަކަށް ގުޅައަކަށް ޖެހިގެންނެވެ. “ދަރިފުޅާ ކިހާނެއް ވީ މާ ބާރަކަށް ތި ހަޅޭއް ލަވަނީ ބިރުވެރި ހުވަފެނެއް ފެނުނީތަ؟” އަމީނާ ހައިރާން ކަމާއިއެކު އަހާލިއެވެ. “މިތާ މީހަކު އެބަ އުޅޭ!” ޒޫމީ އެކި ދިމަދިމާލަށް ކަޅި އެއްލަމުން ބުނެލިއެވެ. “މިތާ ނެތޭ އެކަކުވެސް” އަމީނާ ބޮކި ޖައްސާ އެކި ތަންތަން ދައްކަމުން ބުނެލިއެވެ. “ނޫނެކޭ މަންމާ! މިތާ މީހަކު އުޅުނޭ މަގޭ ގައިގަ އައްވެސް ލިޔޭ!” ޒޫމީ ހުރީ ބިރުން އަވަދި ވާވަރުވެފައެވެ. “ތިވެދާނެ ދަރިފުޅަށް ހުވަފެނެއް ފެނުނީ ކަމައް، ކިހިނެއް މިގެއަށް މީހަކު ވަންނާނީ؟ ގޭޓު ބަލަހައްޓަން ވޮޗަރެއް އިންނާނެ” އަމީނާ ޒޫމީ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. “އެންމެ ރަނގަޅު މަންމަ މިރޭ ނިދާނީ ދަރިފުޅު ކައިރީގައި، ކުރުސި ކިޔައިގެން އަވަހަށް ނިދާލާ” މިހެން ކިޔާ އަމީނާ ބޮކި ނިއްވާ ދެމައިން ނިދަން އޮޝޯތެވެ. ޒޫމީ އެ ކިޔާ އެއްޗަކާ މެދު އަމީނާގެ މާ ބޮޑު ފިކުރެއް ނެތެވެ. މި ވާންއުޅެނީ ކިހާ ވަރުގެ ކަމެއްކަން އަމީނާ އަށް އިހުސާސެއް ނުވިއެވެ.

**** ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ދިހައެއް ( ފުރަތަމަ ބައި )

Next

އެ ތޫފާނީ ރޭ (17)

Next
August 1, 2017

އެ ތޫފާނީ ރޭ (17)

Previews
August 1, 2017

ދިހައެއް ( ފުރަތަމަ ބައި )

16 Comments!

  1. Adam says:
    August 1, 2017 at 11:45 am

    Ummeedhu kuran mi part salhi vaanee kamah huri mistake viyyaa bunela dhinun edhen

  2. Ilha says:
    August 1, 2017 at 12:51 pm

    V reethi mi partves……….???

    1. Adam says:
      August 1, 2017 at 1:26 pm

      Thanks ilha

  3. Shaai says:
    August 1, 2017 at 12:55 pm

    V rythi…. daily koh upload kohdhiba plz?

    1. Adam says:
      August 1, 2017 at 1:29 pm

      Thanks shaai Insha allah maadhan up kuraanan

  4. Adha? says:
    August 1, 2017 at 2:14 pm

    Varah reethi…❤

    1. Adam says:
      August 1, 2017 at 3:46 pm

      Thanks adha

  5. khajja says:
    August 1, 2017 at 3:24 pm

    Wow masha allah v salhi?? obiness to the max wen nxt prt avahah up kolladhechchey ?❤❤?????

    1. Adam says:
      August 1, 2017 at 3:50 pm

      Thanks khajja maadhan up kuraanan

  6. R am says:
    August 1, 2017 at 3:36 pm

    Very nice.Keep it up

    1. Adam says:
      August 1, 2017 at 3:47 pm

      Thanks khajja maadhan up kuraanan

  7. azeen says:
    August 1, 2017 at 3:44 pm

    hey dear v salhi vahaka

    1. Adam says:
      August 1, 2017 at 3:49 pm

      Thanks azeen

  8. Mohamed thariq nashid says:
    August 1, 2017 at 6:35 pm

    Kobba 5 bai

  9. ??? says:
    August 1, 2017 at 8:21 pm

    Rythi

  10. Ainth says:
    August 24, 2017 at 12:40 pm

    Feshi irahvure maa bodu thanves rangalhu kohfi. Very nice story

Comments are closed.

Next Episodeބީހުން…(5)←


All Right Reserved!