Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީހުން….. (3)

Dhippi Level 4100 Comments10 Stories
July 30, 2017 4 Mins Read
11 Comments

ހަދިޔާ ތަކާ އެއްޗެހި ހިފައިގެން އަމީނާ މެންނަށް ގެޔަށް ދެވުނު އިރު ރެޭގަނޑު ބާރަޖަހާ ބޮޑު ވެއްޖެއެވެ. ވެފަހުރި ވަރުބަލި ކަމާ އެކު އަވަހަށް ފެން ވަރައިގެން އެންމެން ނިދީއެވެ. “ޒޫމީ ހޭލަބަލަ ގަޑި ޖެހެނީއޭ” އަމީނާ ޒޫމީ އަށް ގޮވަމުން ދިޔަ އެވެ. “ނޫން މަންމާ އަޅުގަނޑު ނުދާނަން ސުކޫލަކަށް، އަޅުގަނޑު ގެ ބޮލަށް ތަދުވަނީ” ޒޫމީ ދެލޯ ކަހަމުން ބުނެލި އެވެ.”ނޫން ދަރިފުޅާ ސުކޫލަށް ދާން ވާނެ، އެހެން ނޫނަސް ޗުއްޓީ އަށް ފަހު ހުޅުވޭ ދުވަހު ސުކޫލަށް ނުދާނީ ބަސް ނާހާ ކުދިން” އަމީނާ ޒޫމީގެ ގާއިގައި ކޮށްޓާލަމުން ބުނެލި އެވެ . ” އޯކޭ މަންމާ އަޅުގަނޑު ދާނަން ސުކުޫލަށް އަޅުގަނޑު ބޭނުމެން ނޫން ބަސް ނާހާ ކުއްޖަކަށް ވާން ” އެހެން ކިޔާ ޒޫމީ ގައި ކަހަމުން ގޮސް ވަނީ ފާހާނާޔަށެވެ އަމީނާ ނިކުތީ ބޭރަށެވެ.”ކޮބާ ޒޫމީ ހޭލަާފިތަ؟”ސަލީމު އޮފީހަށް ދާން ނިކުންނަމުން އަމީނާ ކުރެން އަހާލިއެވެ. ” އާ އެމަންޖެ ހޭލައިފި، ބުނީ ބޮލަށް ތަދު ވަނީއޭ ” އެހެންތަ؟ ބޭސްދީފަވިޔަސް ފޮނުވާތި މިއަދުމީ ސުކޫލް ހުޅުވުނު ދުވަސް، އަމީނާ މަދަނީއޭ ވަރަށް މަސައްކަތް އޮންނާނެ، ހަނދާން ކޮއް ޒޫމީ އަށް ބޭސްދޭތި” އެހެން ކިޔާ ސަލީމު ހިގައްޖެއެވެ. ފަނަރަ ދުވަސް ކޮއްފަ ދާއިރު ހާދާ މަސައްކަތެއް އޮންނާނޭ ހިތައް އަރާ އަމީނާ ހެވުނެވެ. . . . .                                                     **** ” ބަލަ ކީއްވެ އެބިލްތަށް ގެއްލެންވީ؟! ބަލަންވާ ވަރަށް ބެލުން ނަމަ ތިހެން ނުވާނެން ނޫންތަ؟!” ސަލީމު ހިތް ހަމަ ނުޖެހި ހުރެ ބުނެލި އެވެ. ސަލީމުގެ ދެ ރިސޯޓާ ފޯނު ފިހާރައެއް ހުރެއެވެ” ސަރ އަޅުގަނޑު ބަރާބަރަށް ހުރިހާ ލިޔެ ކިޔުމެއް ބަލަހައްޓަން އެކަމަކު އެބިލް ލެވުނުތަނެއް އަޅުގަނޑު ހަނދާނެއް ނުވި، އަޅުގަނޑު އަރޫޝާ ކައިރި އަހާލާނަން ބިލްތައް ދެކުނިންތޯ” މަސީހު އެހެން ބުނުމުން ސަލީމު އެންމެ ރަނގަޅޭ ކިޔާ ވަނީ އޭނާގެ ކެބިންއަށެވެ. މަސީހު އެއޮފީހުގަ އުޅޭތާ ހަތް އަހަރު ވީ އިރުވެސް ދުވަހަކު އެކަހަލަ ކަމެއް ދިމާނުވެއެވެ. އެކަމަކު މިފަހަރު ދިމާމިވި ކަމަކުން މަސީހު އިނީ ވަރަށް ދެރަވެފައެވެ. “މަސީ ކޯއްޗެއް ތިހޯދަނީ؟ ހާދަ ހާސްވެފަ ތިހިރީ އަރޫޝާ އޭނަގެ ކެބިން އިން ނިކުންނަމުން އަހާލިއެވެ. “ހާސް ވާނެއެއްނު މިއުޅެނީ ވެލަރަށް ރިސޯޓުގެ ބިލްތައް ގެއްލިގެން، އަރޫ ދެކުނިންތަ އެބިލްތައް؟” މަސީހު އަރޫޝާ ގާތު އަހާލިއެވެ. “އޯ…އެކަމާތަ އެހާ ހާސްވެގެން ތިއުޅެނީ، މަ އޮންނާނެ އެ ފޮރުވާފަ މަށަށް އިނގޭ ވިއްޔާ އެއީ މުހިއްމު އެއްޗެއްކަން”އަރޫޝާ ހެމުން ބުނެލިއެވެ. “ނަސީބެއްނު!” މަސީހު އުފަލުން ތެންކްސް އޭ ބުނެލައިފަ ހިނގާގަތް ތަނާ އަރޫޝާ ގޮވާލިއެވެ. “އަދި ތިވަރަކުން ނުވާނެ އިނގޭ ކޮފީ އެއްދޭން ޖެހޭނެ!” އަރޫޝާ ގޮވާފަ ބުނެލިއެވެ. “މައްސަލައެއް ނޯންނާނެ ކޮފީއެއް ލިބިދާނެ” ގުޑް ބޯއި އޭ ކިޔާ އަރޫޝާ ވަނީ އޭނާގެކެބިންއަށެވެ. . .                                                       . **** ދުވަސްތައް ފާއިތުވަމުން ގޮސް އީތަން ގްރޭޑު ދިހައެއް ނިމިއްޖެއެވެ. އަމީނާ އެދުނު ފަދައިން ރާބިއާ އީތަން މާލެ ފޮނުވިއެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވީތީ ރަނގަޅު ތައުލީމެއް ލިބެން އެދޭތީއެވެ. އީތަން މާލެ އައި ގޮތައް ވަނީ ގްރޭޑު އެގާރައަށެވެ. “ދައްތަ ބުނީ… ކްލާސް ނިންމައިފަ އައިސް ހުސްވަގުތު ޒޫމީއަށް ފިލާވަޅު ކިޔާދެއްޗޭ!” އަމީނާ އެހެން ބުނުމުން އީތަން އުފަލާއިއެކު އާއެކޭ ބުނެލިއެވެ. . . . .                                                        **** “އަރޫ ހިނގާބަލަ މިރޭ ކޮފީ އަކަށް ދާން ވަރަށް ބޮޑު ވާހަކައެއް ބުނަން” މަސީހު އެހެން ބުނުމުން އަރޫޝާ އަނގަފުޅާ ކޮއްފާ އާއެކޭ ބުނެލިއެވެ. އަރޫޝާ ހުންނަނީ މަސީހުގެ އެކަހަލަ އިޝާރާތަކަށް އެދިއެދިއެވެ. “ކޮން އިރަކުން ދާނީ؟” އަރޫޝާ ގަޔާވެފަ އަހާލިއެވެ. “މިރޭ ނައިންއަށް ރެޑީވޭ މަދާނަން އަރޫ ބަލާ” މަސީހު މިހެން ބުނުމުން އަރޫޝާ ތުއިވެފަ އާއެކޭ ބުނެލިއެވެ. އެރޭ ބަރާބަރު ނުވައެއް ޖެހިއިރު މަސީހު އިނީ އަރޫޝާމެންގެ ދޮރުމަތީގައެވެ. އެގަޑިއަށް ވަރުގެ ކޮޅަށް ރީތިވެގެން އަރޫޝާ ބޭރަށް ނިކުތެވެ. “އޯ…ހާދަ ރީތި ޕަރީއެއް މިހިރީ!” މަސީހުއަށް އެހެން ނުބުނެ ނުހުރެވިގެން ބުނެލިއެެވެ. “އާ…ރީތި މީހަކާ އެއަކޮށް ދާއިރު ޕަރީއަކަށް ވާންޖެހޭނެ އެއްނޫން” އަރޫޝާ ތުއިވެލާފަ ބުނެލިއެވެ. “ހެހެ…އެހެންދޯ! ދެން އަވަހަށް ސައިކަލަށް އަރާ” މަސީހު އެހެން ބުނުމުން އަރޫޝާ ސައިކަލަށް އަރައިފިއެވެ. . . . .                                                                  . **** “ވާއު…! ސިންފަނީ، މަގޭ ފޭވަރިޓް” އަރޫޝާ ނަށަމުން ބުނެލިއެވެ. “އޯ…އެހެންތަ! މަ ކިހާ މޮޅު އަރޫގެ ފޭވްރިޓް ތަނަށް ވިއްޔާ މިގެނެވުނީ، ދެންވެސް ހިނގާބަލަ އިށީންނަން” މަސީހު އެހެން ބުނެ ދެމީހުން ކުރިމަތީ އިން މޭޒުގައި އިށީދެއްޖެއެވެ. ވެއިޓަރ އައުމުން އޯޑަރު ދީފިއެވެ. “ހޫ…ދެން ބުނެބަލަ ކޮންވާހަކައެއްތަ ބުނަންތިއުޅެނީ؟” އަރޫޝާ އަހާލިއެވެ. “އަރޫ ރުޅި ނާންނާނަންތަ މަ އެވާހަކަ ބުނީމަ؟” މާސިހު ވަރަށް ސީރިއަސްވެފަ އަހާލިއެވެ. “ބުނީމައެއްނޫން އިނގޭނީ ރުޅި އަންނަންވެސް ނާންނަންވެސް!” އަރޫޝާ ފާޑަކަށް ބުނެލިއެވެ. މަސީހު އޭނާގެ ގޮޑިން ތެދުވެގެން އަރޫޝާގެ ގޮޑި ކައިރިއަށް ގޮސް ތަރި ވެފަ އޭނަގެ ޖީބުން އަނގޮޓިއެއް ނަގައި އަރޫޝާ އާ ދިމާލަށް ދިތް ކުރިއެވެ. “ވިލް ޔޫ މެރީ މީ؟!” މަސީހު ވަރަށް ފޮނި އުއްމީދާއެކު އަހާލިއެވެ. އަރޫޝާ ހުރީ އުފަލުން ބުނާނެ އެއްޗެއް ނޭގިފައެވެ. “އާރ ޔޫ ސީރިއަސް؟…ޔެސް!” އަރޫޝާ ވަގުތުން އޭނާގެ އިނގިލި ދިތްކޮށްލިއެވެ. މަސީހު އުފަލުން ޔެސް އޭ ކިޔާ އަނގޮޓި އެޅުވިއެވެ. މިވަގުތަކީ އެވަގުތަށްޓަކައި ދެމީހުންވެސް ވަރަށް އިންތިޒާރު ކުރި ވަގުތެކެވެ. . . . . .                  ހަތް އަހަރު ފަސް…………                                                                       **** “މަންމާ! މަންމާ!” ޒޫމީ ދިޔައީ އަޑުގެ ކޮޅަށް ގޮވަމުންނެވެ. “ކީކޭ ދަރިފުޅާ؟ މަންމަ ހުރީ ނަމާދުކުރަންށޭ” އެހެން ކިޔަމުން އަމީނާ ބޭރަށް ނުކުތް އިރު މަލަކާވެސް ހުއްޓެވެ. “އަހަ މަލަކާވެސް އެބައުޅެންތަ؟ ކޮން އިރަކުން މާލެ އައީ؟ ކޮބާތަ މަންމަމެން؟ރަނގަޅުތަ؟” އަމީނާ ފަތިވަރެއް ހެން އަމުނާލިއެވެ. “ލައްބަ އަޅުގަނޑު ރަނގަޅު މަންމަމެންވެސް ރަނގަޅު!” މަލަކާ ހީލަމުން ބުނެލިއެވެ. “އެހެންތަ؟ ކިޔަވާނިމުނީ ދޯ! އެހެންވީމަ މަލަކާމެން އެއްކޮށް ރާއްޖެ ބަދަލުވީދޯ!” އަމީނާ ހައިރާން ކަމާއިއެކު އަހާލިއެވެ. “ލައްބަ އަމީނަތްތާ ދެން އަބަދުވެސް ފެންނާނެ ” މަލަކާއަކީ ޒޫމީގެ އެންމެ ގާތް އެކުވެރިޔާއެވެ. ގްރޭޑު ބާރަ ނިންމައިފަ މަލަކާ ދިޔަގޮތަށް އެއައާ ޑޮކްޓްރީ ކަން ކިޔަވައިގެންނެވެ. “އަމީނަތްތާ ޒޫމީވެސް ބުނި ކިޔަވާނީ ޑޮކްޓްރީ ކަމޭ، މަ ނިންމާލައިފަ އައިއަރު ޒޫމީ އެހެރީ ހުރިގޮތަށް” މަލަކާ ޒޫމީ އާ ދިމާލަށް އެއްލޯ މަރަމުން ބުނެލިއެވެ. “ހުުމްމް…މަދާނަމޭ ހީކުރީތަ މަ ނުދާނޭކަމަށް؟ އެހެންނޫނަސް އަދި ނުދެވިފަ އެއް ނެތެއްނޫން މީނަ މަށަށް ވުރެ ދެއަހަރުގަޑު ބޮޑުވައްޔާ، މާ ފޮނިވާނެކަމެއް ނެތް!” ޒޫމީވެސް މަޖާކޮށްލިއެވެ. “ހުމް ހުމު…ދެކުދިން ތޮޅޭނެ ކަމެއްނެތް ވަރަށް ގިނަ އަހަރުތަކެއް ފަހުން ނޫން ދިމާތިވީ، އާ…އަދި މަންމަ ހަނދާންނެތުނީއޭ! މިރޭ އީތަން އެބަ އާދެޔޭ! ބުނި ވަރަށް ހަދިޔާ ގެންނަ ވާހަކަ” އަމީނާ ބުނެލިއެވެ. އީތަން ޕައިލެޓް ކަން ކިޔަވައިގެން މާލެ އާގޮތަށް ދިޔައީ އޭނަގެ މަންމަމެން ކައިރި އަށެވެ. “އެއީ ދޯ ޒުމީ ބުނި އީތަންއަކީ؟” މަލަކާ ޒޫމީ ގާތު އަހާލިއެވެ. ޒޫމީ އާއެކޭ ބުންޏެވެ. .                                                                      . **** “އީތަން ހާދަ ފަލަވެއްޖޭ ކޯއްޗެއްތަ މަންމަ ކާންދިނީ!” އަމީނާ އުފަލުން އަހާލިއެވެ. “ލައްބަ…އަމީނަތްތާ ހަމަ ފަލަވަނީއޭ އެހެންނޫންތާ ވާނީ މަންމަ މާ މީރުކޮށް ވިއްޔާ ކާން ދިނީ!”އީތަން ހެމުން ބުނެލިއެވެ. “ހޫމް…ދެން ދުވަސް ކޮޅަކުން ފްލައި ބޯއި ފްލައި ކުރާނެ ދޯ!” ޒޫމީވެސް އުފަލުގައި ބައިވެރިވަމުން އީތަންއާ ދިމާ ކޮށްލިއެވެ. “އާ…ޔަޤީންތާ! މަ ފްލައި ކުރާނަމޭ، އަމީނަތްތާ ޒޫމީ އަދިވެސް ކިޔަވަންދާކަށް ނުވޭތަ މިހާރު އެހުރީ އަޝާރަ އަހަރުވެފައެއްނޫން މަވެސް މިޔައީ ކިޔަވާގެން މަންމައެއް ނެތް ކައިރިއަކު” އަމީނާ އާ ދިމާލަށް އެއްލޯ މަރަމުން އީތަން ޒޫމީ ރުޅި އަރުވާލިއެވެ……..(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ޒާރާ (6)

Next

ދުރުގައިވިޔަސް… 29 ވަނަ ބައި

Next
July 30, 2017

ދުރުގައިވިޔަސް… 29 ވަނަ ބައި

Previews
July 29, 2017

ޒާރާ (6)

11 Comments!

  1. khajja says:
    July 30, 2017 at 3:21 am

    Masha allah obineness to the max amazing stry ?? when nxt prt malakaa kanneyge eethan aa gulheyny dhw anyway stry v super ingey avahah up kurachchey gud nyt ly??❤❤❤??????

  2. Burek deniz says:
    July 30, 2017 at 2:16 pm

    mee knkahala story ehtha aslu?? i mean biruveri, hithaama, loabeege???

    1. Dhippi adham123 says:
      July 30, 2017 at 3:54 pm

      Biruveri loabeege vaahaka eh

  3. MURAT says:
    July 30, 2017 at 2:19 pm

    ehaa ehaa ehnuun. dhn ok. knmx vareh vey. tankolheh vaahaka reethi khlabala.

  4. song joong ki..KOREAN says:
    July 30, 2017 at 2:20 pm

    V SALHI INGEY MI PART VX. WAITING FOR THE NXT PART 🙂 🙂

  5. Ash? says:
    July 30, 2017 at 2:41 pm

    Wow obbiness tooo the maxxx……varah loabi mi part ves..aww?????

  6. Dhippi adham123 says:
    July 30, 2017 at 3:44 pm

    @Burek Deniz yeah mee biruveri, loabi adho ehenihen.. vaahakaei

    @murate ekudhi mihaaru body ennoon Evy dhnn salhi vaany…

  7. gui report says:
    July 31, 2017 at 6:48 pm

    mee koacheh

  8. Moya says:
    August 2, 2017 at 1:53 am

    Mikoancheh

  9. Ainth says:
    August 24, 2017 at 12:38 pm

    Salhi

  10. MaishaMai says:
    February 8, 2020 at 8:16 pm

    Who is reading this story in 2020?

Comments are closed.

Next Episodeބީހުން….. (4)←


All Right Reserved!