ހިތުގެ މިލްކުވެރިޔާ (ދިހަވަނަ ބައި)
އަރުޝީ ހެދުން ފައިދަށުން ދަމައިގަތުމަށްފަހު އާރާވް ދުރަށް ކޮއްޕާލީ އެއްވެސް ހިލޭ ފިރިހެނަކު އަރުޝީ ގައިގާ އަތްލުމަކީ އަރުޝީއަށް ރުހެވޭނެ ކަމަކަށް ނުވާތީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކުރެވުނު ކަންތަކާ ދެރަވިއެވެ.އާރާވް އުޅުނީ އަރުޝީއަށް އެހީވެދޭށެވެ. ބަދަލުގައި އަރުޝީ މިކުރީ ކީއްހެއްޔެވެ.
” އާރާވް ވަރަށް ބޮޑަށް ސޮރީ.. އަސްލު އަހަރެން… އެގޮތަކަށް ނޫން….” އަރުޝީއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ. މިފަހަރުވެސް އާރާވް ލުއިގޮތަކަށް ހީލިއެވެ. މިމަންޒަރުފެނި އަރުޝީ ހައިރާންވިއެއްކަމަކު ލަދުވެސް ގަތެވެ. ހަތްވަނަ ބަޔަށް ލިފްޓު ހުޅުވުމާއެކު އަވަހަށް އެޕާޓްމެންޓާ ދިމާއަށް މިސްރާބުޖެހީ އާރާވްގެ ބެލުމުން އުނދަގޫވެގެންނެވެ. އާރާވްގެ އެ ބެލުން އަރުޝީއަށް ކޮންމެވެސް އެހެން މީހެއް މަތިން ހަނދާންކޮށްދޭ ކަހަލައެވެ. ތަޅުދަނޑި ތަޅުތެރެއަށް ލައްވާ ވާތް ފަރާތަށް ދެފަހަރަކު އަނބުރާލުމާއެކު ދޮރު ހުޅުވުނެވެ. އެއަށްފަހު އެތެރެއަށް ވަދެ ދޮރު ނުލައްޕާ މަޑުކޮށްލީ އާރާވް ވަންނާނެ ކަމަށެވެ. ނަމަވެސް މިހާރު މާބޮޑަށް ލަސްވެއްޖެ ކަމަށް ބުނެ އާރާވް އަލުން ލިފްޓަށް އެރިއެވެ. އަދި އަރުޝީއަށް ރޭގަނޑުގެ ސަލާމްކޮށްލުމަށްފަހު ލިފްޓުގެ ލެއްޕެމުންދާ ދޮރު ދޭތެރެއިން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަރުޝީއަށްވެސް ހެވުނީ ބޭއިޙްތިޔާރުގައެވެ. އާރާވް އާއި އެކު ކުޑަ ހިިނދުކޮޅުގެ ތެރޭގައި އެދެމެދުގައި ވަރުގަދަ ގާތް ގުޅުމެއް ވާ ކަމުގެ އިހްސާސް ކުރެވުނެވެ. އާރާވް އަކީ އެހެން މީހުންނާ ވަރަށް ތަފާތު މީހެއް ކަމުގައި ގަބޫލުކުރެވުނެވެ. ޓެކްސީ ތެރޭގައި ވާހަކަ ދެއްކިގޮތުން އަރުޝީއަށް ފުރަތަމަ ހީވީ އާރާވް އަކީ ޒިވާން އާއި ހިލާފަށް މާލާނެތް ވެގެން އުޅޭ މީހެއް ކަމަށެވެ. ނަަމަވެސް ލިފްޓުގައި ހޭދަކުރި ދެގަޑިއިރު ތެރޭގައި ޒިވާން ގޮތަށް އާރާވް އަކީވެސް ވަރަށް މާތް މީހެއް ކަމުގައި ގަބޫލުކުރެވުނެވެ. އެހެން މީހެއް ނަމަ ކޮންމެސް ގޮތަކުން ފައިދާ ނަގަން މަސައްކަތް ކުރާނެކަން ޔަގީނެވެ. އާރާވްގެ ކިބައިން އަރުޝީއަށް ފެންނަނީ އުނދަގޫކުރުވާ އެންމެ ސިފައެކެވެ. އާރާވް ބަލާގޮތެވެ. އެބެލުން ތަފާތެވެ. އެބެލުމުން އެތައް ވާހަކައެއް ބުނެދޭކަހަލައެވެ. އެބެލުމުގައި ފޮރުވިފައިވާ އެތައްކަމެއްވެއެވެ. އަރުޝީ ދެފަރާތަކަށް ބޯހޫރާލުމަށްފަހު ފުންކޮށް ނޭވައެއްލީ ދެން އިތުރަށް އެކަމާ ނުވިސްނުމަށެވެ. ދޮރުލައްޕާ ތަޅުލުމަށްފަހު އަވަހަށް ކޮޓަރިއާއި ދިމާއަށް ދިޔައީ ފަތިސް ނަމާދަށް ތެދުވުމުގެ ކުރިން ނިދާލެވެތޯއެވެ.
ކައިވެނީގެ ހެދުން ކަނޑައެޅުމަށް އެގެއަށް އަންނަން އަރުޝީ އަށް ރައިހާނާ ގުޅީ އޭގެ އަނެއްދުވަހުއެވެ. އަރުޝީ އާއި ރިހާނީ މެންދުރުފަހުން އެގެއަށް ދިޔައީ މަރިޔަމްއާއި ޔަލާވެސް ގޮވައިގެންނެވެ.
ސޯފާކައިރީގައި ބެހެއްޓިފައިވާ ލެޕްޓޮޕް ނަގާ އުނގުމަތީގައި ބަހައްޓަމުން އޭގައިވާ ޑިޒައިންތައް ރައިހާނާގެ ދެފަރާތުގައި އިން ޒިވާން އާއި އަރުޝީއަށް ދައްކާލިއެވެ. ސިޑިން ފައިބައިގެން އައި އާރާވް އަށް މިމަންޒަރު ފެނުމުން އާރާވްވެސް އެމީހުން ކުރާކަމެއް ބަލާލަން ރައިހާނާއިން ދިމާލުން ފަހަތުގައި ހުއްޓުނެވެ. ކައިރިން މީހެއްގެ ހިލަމެއްވެގެން އަރުޝީ އާރާވް އާއި ދިމާއަށް ބަލާލި ވަގުތުވީ އާރާވް ވެސް އަރުޝީއާއި ދިމާއަށް ބަލާލި ވަގުތަށެވެ. އާރަވް ހީލަމުން ބުމައަރުވާލި ވަގުތު އަރުޝީގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. އަވަހަށް އިސްޖަހާލީ އެމަންޒަރު އާރާވްއަށް ދައްކަން ބޭނުންނުވާތީީއެވެ.
” މަންމަ އަށް މިހާރު ނޫޅެވޭ ދޯ އަރުޝީއާއި ނުލާ.. ދޯ އަރުޝީ” އާރާވްގެ އަޑަށް ޒިވާން އާއި ރައިހާނާ އެއްކޮށް އާރާވްއަށް ބަލާލިއެވެ.
” މިހުރީނު.. ކޮންތާކު އުޅުނީ ރޭގަ..އަދި ތިއައީ ދޯ ތެދުވެގެން.. ހަބަރެއް ނުވެގެން ކިރިޔާ ބިރުން ހަލާކުނުވީ.. ކޮންތާކަށް ފޯނު ލައިގެން އުޅުނީ” ރައިހާނާ ހިތްހަަމަނުޖެހިފައި ހުރެ ފައްޗަކަށް އަމުނާލިއެވެ.
” އަރުޝީ އާއި އެއްކޮށް” ހިޔާލެއް ފިކުރެއް ނެތި އާރާވް ބުނެލިއެވެ. އެވަގުތު އެތާ ތިބި އެންމެންގެ ވެސް ނަޒަރު ހުއްޓުނީ އަރުޝީއަށެވެ. އަރުޝީވެސް ދެލޯބޮޑުކޮށްލަމުން އާރާވް އަށް ބަލާލިއިރު އެމޫނުމަތިން ފެންނަނީ ލަދުވެތިކަމާއި ރުޅިވެރިކަމެވެ. އެހެން މީހުން ހީކުރާނެ އެއްޗެއް އާރާވްއަށް ހަމަ ނޭނގެނީ ހެއްޔެވެ.
” ކިހިނެއްވީ… ރޭގަ އަރުޝީ ޓެކްސީގަ ދިޔައިރު އަހަރެންވެސް ދިޔައިން އަރުޝީއާއި އެކު… ކައިލްއަތު އޮތް އަހަރެން ޕެންޑްރައިވް ބަލާދިޔައީ.. ލިފްޓަށް އެރިތަނާހެން ކަރަންޓު ދިޔައީ.. އެހެންވެ ލިފްޓުތެރޭ ތާށިވެފަ ތިބީ ދެމީހުން..އަހަރެންގެ ފޯނު ނިވުނީމަ އެއްވެސް މީހަކަށް ނުގުޅުނީ” އާރާވް ކަންވީގޮތް ކުރުގޮތަކަށް ކިޔައިދިނެވެ.
” އަރުޝީ ކީއްވެ އަހަންނަށް ނުގުޅީ” ޒިވާން އަރުޝީއާއި ދިމާއަށް ބަލާލަމުން ޝަކުވާކޮށްލިއެވެ.
” ފޯނުގަ ބެލެންސް ހުސްވެފަ ހުރީ.. ސޮރީ..” އަރުޝީއަށް ބުނެވުނީ މިވަރަށެވެ.
” އޯކޭ.. އެކަމް ދެން މީގެ ފަހުން އެކަހަލަ ކަމެއް ވެއްޖިއްޔާ ފޯނުގަ ބެލެންސް ނެތަސް މެސެޖެއް ނަމަވެސް ކޮށްލާތި.. ނަސީބެއްނު އާރާވް ކަން ކައިރީގަ ހުރީ.. ތެންކްސް އާރާވް ” ރައިހާނާގެ ކޮނޑުމަތީގައި އޮތް އާރަވްގެ އަތުގައި އަތް އަޅާލަމުން ޒިވާން ބުންޏެވެ.
” އެނީތިންގ ފޯރ ޔޫ” އާރާވް މިހެން ބުނީ ޒިވާންގެ އަތުގައި ހިފާލަމުން ކަމަށްވިޔަސް ލޯހުރީ އަރުޝީއާއި ދިމާއަށެވެ. އަރުޝީއަކަށް މިކަން ފާހަގަކުރެވުނު ނަމަވެސް އަޅާނުލީ ކުށްހީއަކަށް ވެދާނެތީއެވެ.
ޑިޒައިންތައް ބަލަމުން ގޮސް ޒިވާންއަށް ކަމުދިޔަީ ހުދުކުލައިގެ ބޮޑު ވައްތިރިއެއްލާފައިވާ މަތީބައިގައި ހުދުކުލައިގެ ބޮޑެތި މިނާތަކެއް ހަރުކޮށްފައިވާ ހެދުމެކެވެ. ރައިހާނާވެސް އެޑިޒައިން ވިއުކޮށްލާ އިތުރަށް ބަލާލީ ރީއްޗޭ ބުނަމުންނެވެ. އަރުޝީއަށް އެހެދުން ކަމުނުދިޔަ ނަމަވެސް އިތުރަށް އެއްޗެއް ބުނަން ނުކެރުނީ ރައިހާނާއާއި ޒިވާން އަށް އެހެދުން ކަމުދާތީއެެވެ. އިރުއިރުކޮޅާ އަރުޝީގެ މޫނަށް ބަލަމުން ދިޔަ އާރާވްއަށް އަރުޝީގެ މޫނުހުރިގޮތުން އަރުޝީ އެހާ ގަޔާ ނުވާކަަން އެނގިގެން ދިޔައެވެ.
” މަންމާ.. ތިހެދުން އަރުޝީއަށް މާބާރު ވާނެ ކަންނޭނގެ.. މަންމަތީ ނުލާހިކު ދީނަށް ލޯބިކުރާ މީހެއް.. ކިހިނެއްވާނީ އާދައިގެ ރީތި ގަޔަށް ދޫ ހެދުމެއް.. ” އާރާވްގެ ޖުމްލައިން އަރުޝީއަށް ހަަމަޖެހުމެއް ލިބުނެވެ. އާރާވް އަށް ބަލާލުމުން އާރާވް ދެލޯމަރާލީ ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ.
” އެތެދެއްތަ އަރުޝީ.. މިކަމުގަ އޮންނާނީ އަރުޝީ ބޭނުން ގޮތެއް.. ” ރައިހާނާ އަރުޝީއަށް ބަލާލަމުން ބުނެލިއެެެވެ.
” އަޅުގަނޑަށްވެސް ރަނގަޅީ ތަންކޮޅެއް ދޫހެދުމެއް..” ފުރުސަތުގެ ބޭނުންހިފާ އަރުޝީ ބުނެލިއެވެ.
” ތިހެންވީއިރު ޖެހޭނީ ހެދުމެއް ފަހަން.. މިއަދު ހަވީރު ހިނގާދާން ރަނގަޅު ތަނަކަށް” ރައިހާނާ ބުންޏެވެ. އަރުޝީ ވާހަކަ ދައްކަން އަނގަހުޅުވާލިތަނާ އާރާވް ވާހަކަދެއްކިއެވެ.
” މަންމާ ތި ތަންތާ ތިބޭ ބަންގާޅީން ލައްވާ ފެހުމަށްވުރެ މާ ރަނގަޅުވާނެ މަންމައަށް އެނގޭ އަންހެނަކުލައްވާ ފެހިއްޔާ” އާރާވްގެ ޖުމްލައިން އަރުޝީ ހުރީ ހައިރާންވެފައެވެ. އަރުޝީ ބޭނުންވާ ގޮތާއި ހިތުގައި އޮންނަ އެތި އާރާވް އަށް އެނގެނީ ކިހިނެއް ހެއްޔެވެ.
“ދެން މަންމަވެސް އެވަރު ބަލާނެއްނު ދަރިފުޅާ.. ދަރިފުޅު ހާދަ ލޯތްބެކޭ ދޯ ތިވަނީ ވާންއުޅޭ ފަހަރިދެކެ” ރައިހާނާ ހީލަމުން މިހެން ބުނުމުން ދެން ތިބި އެހެން މީހުންވެސް އެހުނުމުގައި ބައިވެރިވިއެވެ. އާރާވް އާއި އަރުޝީ ފިޔަވައެވެ. އެކަކު އަނެކަކަށް ބަލާލިއިރު އެބެލުމުން އެތަކެއް ވާހަކައެއް ދެއްކި ކަހަލައެވެ. އަރުޝީ އިސްޖަހާލުމުންވެސް އާރާވް ކަޅިޖަހާވެސް ނުލާ ބަލަމުންދިޔައީ އަރުޝީ މޫަނަށެވެ.
ބެލްކަނީގައި އުޑުގައިވާ ބުރުހަމަ ހަނދަށް ބަލަހައްޓައިގެން އަރުޝީ ހުއްޓެވެ. މިރޭ މާބޮޑަށް ކައިސަން މަތިން ހަނދާންވަނީއެވެ. ހަފްތާއެއްހާ ދުވަސްތެރޭގައި އަރުޝީ އެހެން މީހެއްގެ ހައްޤަކަށް ވެގެން ދާނެއެވެ. އޭރުންދެން އަރުޝީއަށް ޖެހޭނީ ކައިސަން މަތިން ހަނދާން ނައްތާލާށެވެ. ނަމަވެސް އެކަން އަރުޝީއަށް ވާނެ ހެއްޔެވެ. މިފަދަ ހިޔާލުތަކަށް ގެއްލިފައި ހުރި އަރުޝީގެ ހިތަށް އާރާވްގެ ތަސްވީރުވެރިވެގެން ދިޔައީ ކުއްލިއަކަށެވެ. ސިއްސައިގެން ގޮސް ހިތާ ދިމާލުން މޭގައި އަތް އަޅާލެވުނުއިރު މޫނުމަތިން ހާސްކަމެއް ފެންނަން ހުއްޓެވެ. ރިހާނު ފަހަތުން އައިސް އަރުޝީ ގައިގާ ކޮއްޓާލިއިރުވެސް އަރުޝީއަށް ހުރެވުނީ ގަބުވެފައެވެ.
” ޖިންނިއެއް ފެނުނީތަ..” އަރުޝީ ކައިރީގައި ހުއްޓިލަމުން ރިހާނީ ވާހަކަ ދެއްކިއެވެ. އަރުޝީ ރިހާނީ އަށް ހީލާފައި ދެފަރާތަކަށް ބޯހޫރާލީ ލިބިފައިވާ ހާސްކަން ފޮރުވާލަމުންނެވެ.
” ޔަލް ނިދީތަ” އަރުޝީ މިހެން އަހާލުމުން ރިހާނީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.
” އާރޫ… އެއްޗެކޭ ހީނުކުރާމަތިން ވާހަކައެއް ބުނަންތަ” ތިރިންދާ އެއްގަމު އުޅަނދުތަކަށް ބަލަން ހުރެ ރިހާނީ އަހާލިއެވެ.
” ރިނީ ކޮންއިރަކު އަހަރެންގެ ހުއްދަ ހޯދަން ފެށީ.. އޭރުގަވެސް ހިތަށް އައިހާ އެއްޗެއް ކިޔަނީނު” މާޒީ ހަނދާންކޮށްލަމުން އަރުޝީ މިހެން ބުނުމުން ރިހާނީއަށް ހެވުނެވެ.
” އެއްޗެކޭ ހީ ނުކުރައްޗެ… އާރާވް ކުރިންވެސް ދަންނަންތަ އާރޫ..” ރިހާނީގެ ސުވާލުން އަރުޝީއަށް ދެބުމަ ކައިރިކޮށްލެވުނެވެ.ނޫނެކޭވެސް ބުނެވުނީ ހަމަ އެހެން ހުރެއެވެ.
” އެކަމަކު މިއަދު އަހަންނަށް ވަރަށް ފާހަގަވި އާރާވް ވަރަށް ބެލި.. އާރޫވެސް އިރުއިރުކޮޅާ ބަލާލާ ހީލާ ގޮތުން ހީވަނީ ދެމީހުންނަކީ މާކުރިއްސުރެވެސް ދަންނަ ދެމީހުންހެން.. އަދި އާރާވް އަރުޝީއަށް އެއޮއް ބަލާގޮތެއް.. ވަރަށް ލޯބިވާ މީހަކު ނޫނީ އެގޮތަކަށް ނުބަލާނެ.. ތެދައް ބުނަންޏާ.. ޒިވާން އަށް ވުރެ އާރާވް އާއި މާގުޅޭ…” ރިހާނީގެ ވާހަކައިން އަރުޝީގެ ހިތަށާ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ.
” ރިނީ ކީކޭތަ ތިކިޔަނީ.. އަހަންނަށް ތިކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުވޭ.. އެހެން ނޫނަސް އާރާވް ކީއްވެ އެހެން އުޅެންވީކީއެއް.. އޭނަ އަހަންނާ މެދު ދެކެނީ ހަމަ ފަހަރިއެއް ގޮތަށް…” އަރުޝީ ދުރު ބަލަމުން ވާހަކަ ދެއްކިއެވެ. ރިހާނީއާއި ހަތަރުކަޅި ހަމަކުރަން ހިތްވަރު ނުލިބުނީ ކީއްވެ ކަމެއް ނޭނގުނެވެ. ރިހާނީ އަރުޝީއާއި ދިމާއަށް ބަލަން ހުރީ ރަހުމުގެ ބެލުމަކުންނެވެ. އަރުޝީގެ ޖަވާބުންވެސް އެތައް ކަމެއް އެނގިގެން ގޮއްސިއެވެ. އަމިއްލަ ހިތުގެ ހާލު އަރުޝީއަށް އެނގޭނެ ނަމައޭ ރިހާނީ ހިތަށް އެރިއެވެ.
” ތިއެއް ނޫނޭ.. ހަބަރު ބެލިންތަ… ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ޓްރާންސްޕަލާންޓެއް ކުރިއްޔޯ.. އެވެސް ޑޮކްޓަރުންނާ އިކުއިޕްމެންޓްސްތައް ބޮޑު އަގުދީފަ ބޭރުން ގެނެސްގެން” ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުން ރިހާނީ ބުންޏެވެ.
” އެހެންތަ.. ނޭނގެ ކޮންއިރަކު ވީ ކަމެއްތީ” ޝައުގުވެރިވެލަމުން އަރުޝީއަހާލިއެވެ.
” ހަމަ ނޭނގޭ؟” ރިހާނީވެސް ކޮއްލީ ސުވާލެކެވެ.
” މަންޖެގެ ވާންއުޅޭ ފިރިސޮރުގެ މޮޅުކަން… ” ޖެއްސެވޭ ވައްތަރަކަށް ރިހާނީ ބުންޏެވެ.
” ނޭނގޭތަ.. މީގެ ހަމަސްކުރިން އާރާވްގެ ހިތުގެ ޓްރާންސްޕްލާންޓް ހެދީ.. އެވާހަކަ އަދިކިރިޔާ މީޑިއާއަށް އެންގީ” ރިހާނީ އިތުރަށް އޮޅުންފިލުވައިދިނެވެ. އެވަގުތު އަރުޝީގެ މޫނު ކުލައޮއްސިކަން ދިޔަކަން ރިހާނީއަށްވެސް ފާހަގަކުރެވުނެވެ. ކިހިނެއްވީ އަހާލުމުން ކަމެއް ނުވެޔޭ ބުނެ އެތެރެއަށް ދިޔައީ ވަރަށް ބޮޑަށް ނިދިއަންނަ ކަމުގައި ބުނަމުންނެވެ.
………………………………………………………..
ނަލަމާގެއަށް ވަންނަމުން އަރުޝީ ރައިހާނާއަށް ދެތިން ފަހަރަކު ގޮވާލިއެވެ. ރައިހާނާގެ ހަބަރެއް ނުވުމުން ދެން ގޮވާލީ ޒިވާން އަށެވެ. ނަމަވެސް ޒިވާންވެސް ގެއަކު ނޫޅެއެވެ. އެހެން ކަމުން އަނބުރާލާފައި ދާން އުޅުނު ވަގުތު މީހަކު އަތުގައި ހިފިއެވެ. ފަހަތް ބަލާލިއިރު ހުރީ އާރާވް އެވެ. އާރާވް އަރުޝީ ކައިރިއަށް ދަމައިގަތެވެ. އެވަގުތު އަރުޝީގެ ނޭފަތް ގޮސް ޖެހުނީ އާރާވްގެ މޭގައެވެ. އަރުޝީގެ އުނަގަނޑުގައި އަތް އަޅުވާލަމުން އަނެއްއަތް ދަންދޮޅިދަަށައްލައްވާ މޫނު މައްޗަށް އުފުލާލިއެވެ.
” ޒިވާން އާއި މެރީ ނުކުރޭ.. އަހަރެން ވަރަށް ލޯބިވޭ އަރުޝީ ދެކެ” އާރާވް ޖުމްލައިން އަރުޝީގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އާރާވްގެ މޭގައި ބޯއަޅާލެވުނީ އަރުޝީވެސް ލޯބިވެޔޭ ބުނަމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.



mifaharu first libunee dho mi
aarchaa.. varah reethi ???
jazakallah kahir <3
Huvafenehtha e fenuny… Anehkaa kaisan ge heart tha aaraav ge
Neynge dhw,, hehe.. kuriyah huri baithah kiyaaleema engeyne in sha allah 🙂 <3
Alhamdulillah!! miothy 10th part ves up kurevifa.. heekuran hurihaa kudhinnahves kamudhaane kameh.. mi part kiyaaaafa rangalhu kuran kameh iniyyaa bunelaathi..
next episode hiyeh nuvey ehaa avahah up kureveyne heneh.. miannany office ga v busy dhuvasthakeh.. but i will try my best., hope hurihaa kudhinves understand vaane kamah.. baajaveri reyakah edhen
fee amaanillah hurihaa kudhinnah :* :*
Ma sha allah❤️️❤️️ Haadha reechey.. kai ge heart dhwr aaraav ge ihnani
Jazakallah khair Aamin ❤️
Story haadha reehchey…. awesome….will b waiting dear…?
Jazakallah khair 🙂 keep waiting
❤️❤️❤️
Maasha allah story v reethi???
Jazakallah khair shahoo ❤️❤️❤️
Masha allah stry haadhahaa chaaley??? kaisan ge heart eyny aaraav ah laafa dhw alhey arushy ah hageegaiy engey dhuvahakun vaany kihineiybaa dhw?? v interesting v waitin nxt prt ah n jazaakallahkhair mihaarythi stry eh genesdheythyve ❤❤❤❤❤????????? gud nyt
Jazakallah khair khajja ❤️❤️
Maa kurinves heevi ekahala kameh hen dhemyhunge hithuge operation kohfa hen.. Maa Shaa ALLAH v reethi
Jazakallah khair sama
❤️❤️
Aawwn haadha loabi loabi part ekey?….. adhi aaraav buni line..” zivaan aa marry nukurey.. aharen varah loabivey arushee dheke” varh cute❤?… waitingss?
Awwwn.. Hehe.. Jazakallah khair adhaa ? keep waiting
❤️❤️
kaisan ge heart transplant kohffa huri aarav ge dhw. zivan nubai hadhani. aaroo ge beynumuga kaisan maraa li. aarav ge operation kurevunu same day kaisan died. so something is fishy. please let the truth out soon. waiting for next part
In sha Allah soon
☺️ jazakallah khair annoying reader ? keep waiting ❤️❤️
Huvafenehdhw aaraav akah nukereyne ehen bunan
Dhen theihves ingeyne in sha Allah next episode ga ??
Heevany kaisan ge heart hen aaraav ah dhiny. Please avahah up kohdheythi
In sha Allah avahah up kureveytho Balaaanan.. Jazakallah khair reader ❤️❤️
Saaaaa boan….. dhoooodhaaaa loabi
Wooow Vvv kiyaa hihvejje???
Masha Allah vaahaka v reethi.. Waiting for the next part.
Wow…v rythi..araav aai arushy v gulhey
Kobaa next episode. Kondhuvahakun that up kurany
Masha Allah vr vr reeth I am proud of you my little sis ..good job