Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިތުގެ މިލްކުވެރިޔާ (އަށްވަނަ ބައި)

azzadhil Level 210 Stories100 Comments
July 18, 2017 4 Mins Read
21 Comments

ބޮލުގައި އަތް އަޅާލެވުނީ ބޮލަށް ބަރުވާން ފެށުމުންނެވެ. މުޅިތަން އެނބުރޭހެން ހީވުމާއެކު އަރިއަޅާލައިގެން ވެއްޓޭން ދިޔައެވެ. މިމަންޒަރު ފެނުނީ އާރާވް އާއި ޒިވާން އަށް އެއްކޮށެެވެ. އަރުޝީއާއި ދިމާއަށް ދުއްވައިގަނެވުނީވެސް ދެމީހުންނަށް އެއްކޮށެވެ. ނަމަވެސް އޭގެއިން މީހެއް އަރުޝީ ގައިގައި އަތްލުމުގެ ކުރިން އަރުޝީ ގައިގާ ހިފެހެއްޓިއެވެ.އެހެނީ ޒިވާން އާއި އާރާވްއަކީ އަރުޝީއަށް ހިލޭފިރިހެނުންނެވެ. ރައިހާނާ މަޑު މަޑުން އަރުޝީ ސޯފާގައި ރީތިކޮށް ބާއްވާލިއެވެ. އަދި އާރާވް ކައިރީގައި ފެންތައްޓެއް ހިފައިގެން އައުމަށް ބުންޏެވެ. އާރާވް ތައްޔާރަށް ހުރި ކަހަލައެވެ. ފެންތަށި ބަލާ ކާމޭޒު ކައިރިއަށް ދިޔައީ ރައިހާނާއަށް ޖުމްލަވެސް ފުރިހަމަ ނުކުރެވެނީހެވެ.
ރައިހާނާ އަރުޝީ މޫނުގައި ދެތިން ފަހަރަކު ފެންފޮދެއް ހާކާލުމާއެކު އަރުޝީއަށް ތަންދޮރު އެނގޭ ވަރުވިއެވެ. އޭރުވެސް ލޮލުގެ އެއްކަނަކުން ކަރުނަ ފައިބަމުން ދެއެވެ.
ޒިވާން އާއި އާރާވް ކޮޓަރިއަށް ނިދަން ފޮނުވާލުމަށްފަހު އަރުޝީ ގޮަވައިގެން ރައިހާނާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ގިނައިރުތަކެއް ވަންދެން ރައިހާނާ ހޭދަކުރީ އަރުޝީއަށް ނަސޭހަތް ތެރިވުމުގައެވެ. **************
އުއްޑުން އޮތް އާރާވްގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. އަރުޝީގެ ކޮންމެ ހަރަކާތެއް މިހާރުވެސް އާރާވްއަށް ފެންނަ ކަހަލައެވެ. ދެތިން ގަޑިއިރު ތެރޭގައި އާރާވްއަށް މިއައީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ. އަރުޝީ ފެނުނީއްސުރެ އާރާވްއަކީ މުޅިން އެހެން މީހެއްކަހަލައެވެ. އަރުޝީއަކީ ކާކު ހެއްޔެެވެ. އާރާވްގެ ހިތުން ނުފިލައިގެން މިއުޅެނީ ކީއްވެ ހެއްޔެވެ. ބޭބެގެ ވާންއުޅޭ އަންހެނުންކަން އެނގޭއިރުވެސް މިފަދަ ގޮތަކަށް އަރުޝީއާއި މެދު ވިސްނެނީ ކީއްވެ ހެއްޔެވެ. މީގެ ކުރިން ދުވަހަކު ދެކެފައިނުވާ މި އަންހެންކުއްޖާއާއި އާރާވްގެ އޮތީ ކޮންގުޅުމެއް ހެެއްޔެވެ. ކޮންމެގޮތެއްވިޔަސް އާރާވް ޖެހޭނީ މިވިސްނާ ވިސްނުންތަކާ ދުރުވާށެވެ. އެއީ ޒިވާންެގެ ވާންއުޅޭ އަނބިމީހާއެވެ. އާރާވްގެ ހިތުގައި އިހްތިރާމްނޫން އެހެން އެެއްޗެއް އަރުޝީއަށްޓަކާ އޮވެގެން ނުވާނެއެވެ. އާރާވް ކައިރީގައި އޮތް ބާލިސް ނަގާ މޫނުމަތީގައި އަޅާލީ އިތުރަށް ނުވިސްނަންވެގެންނެވެ. ނަމަވެސް ވަމުންދާ އިހްސާސްތަކަށް އާރާވް އަށް ބާރުފޯރުވޭ ގޮތެއް ނުވެއެވެ. ވިސްނި ވިސްނިހެން ރޭގެ ނިދި އާރާވްއާއި ދުރަށް ދަނީއެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް އާރާވް މިކަހަލަ ވިސްނުމެއްގައި އޮއްވައެވެ. ތެދުވެ ވުޝޫކޮށްލައިގެން ނަމާދަށް ދިޔައީ ހިތާއި ސިކުނޑިއަށް ހަަމަޖެހުމެއް ލިބޭތޯއެވެ.
…………………………………
ރިހާނީގެ އެދުމުގެ މަތިން މަރިޔަމްއާއި އަރުޝީ ރިހާނީއާއި ކައިލް އުޅޭ އެޕާޓްމެންޓަށް ބަދަލުވީ އޭގެ އަނެއް ދުވަހުއެވެ. ރައިހާނާވެސް އިތުރަށް ދެކޮޅު ނުހަދާ އަރުޝީ ރިހާނީއާއި އެއްކޮށް ފޮނުވީ ކައިވެނީގެ ކުރިން ޒިވާންއާއި ދެމީހުން އެއް ގެއެއްގައި އުޅުމުން މީހުންގެ ފާޑުކިޔުން ރައްދުވާނެތީއެވެ. ދަރިންނަށް ކިތަންމެ އިތުބާރެއް އޮތަސް އެހެން މީހެއްގެ ދޫމައްޗަށް ނާރާވާނެ ގޮތެއް ނުވާނެއެވެ. ހާއްސަކޮށް މުއްސަނދި ވިޔަފާރިވެރިން އުޅޭ ނޫޅޭގޮތް ވަރަށް ރަނގަޅަށް ބަލަމުންދާނެއެވެ.
ޕްރި މެރިޖް ކޯރސް ހަދަން އަރުޝީއާއި ޒިވާން ކޯޓަށް ދިޔައީ އެގެއަށް ބަދަލުވިތާ ތިންވަނަ ދުވަހުއެވެ. ޒިވާން އަރުޝީ ބަލާއައީ ކާރުގައެވެ. ނަމަވެސް ކާރަށް އަރަން އަރުޝީ އިންކާރު ކުރިއެވެ. ކައިވެނީގެ ކުރިން އެއްގޮތަކުންވެސް ޒިވާން އާއި އެކު އެކަހެރި ވާކަށް އަރުޝީ ބޭނުމެއް ނުވެއެވެ. ޒިވާން އެކަމަށް އެއްބަސްވުމާއެކު އަރުޝީ ކޯޓަށް ދިޔައީ އެކަނި ހިނގާލާފައެވެ. ފެމިލީ ކޯޓާ އަރާހަމަވުމާއެކު ހަނދާންވީ އަރުޝީގެ އަލަތު ކައިވެނީގެ ދުވަސް މަތިންނެވެ. އިރުކޮޅަކު ހުއްޓުން އަރާފައި ދޮރާދިމާއަށް ބަލަން ހުރެވުނީ އެދުވަހުގެ އެންމެ އުފާވި ހިނދުކޮޅުތައް މަތިން ހިތަށް އަރާފައެވެ. ކައިސަންގެ އަނގައިން އަނބި ގަބޫލުކޮށްފީމޭ ބުނުމާއެކު އަރުޝީއަށް އުފަލުން ރޮވުނެވެ. އެވަގުތު ކައިސަން އެންމެންގެ ކުރިމަތީގައި އަރުޝީ ގަޔާ ކައިރިކޮށްލުމަށްފަހު ނިތްކުރިއަށް ބޮސްދިނެވެ. އަދި ނުރުއިމަށް ބުނެ ﷲގެ އިރާދަފުޅުން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެކޭވެސް ބުންޏެވެ. އެތަނުން ނުކުމެގެން ކާރާ ހަމައަށް ދެވެންދެންވެސް ކައިސަން ހުރީ އަރުޝީ އަތްމައްޗަށް އުފުލާލައިގެންނެވެ. ފޮނި ހިޔާލަށް ގެއްލިފައި ހުރި އަރުޝީ ސިހިގެން ދިޔައީ ތަންކޮޅެއް ކައިރިން ޒިވާން ގޮވާލި އަޑު އިވުމުންނެވެ.
” ކައިސަން މިސްވަނީތަ” ޒިވާން ކޮށްލި ސުވާލުން އަރުޝީއަށް ޒިވާން އާއި ދިމާއަށް ބަލާލެވުނެވެ. ހަމައެއާއެކު އިސްޖަހާލެވުނީ ޒިވާން ރުޅިއައީ ކަމަށް ހީކޮށެވެ. މަޑުމަޑުން ސޮރީއޭ ބުނިއަޑަށް ޒިވާންއަށް ހެވުނެވެ. މިއަޑަށް އަރުޝީއަށް ބަލާލެވުނީ ހައިރާންވެހުރެއެވެ.
” ކީއްވެ ތިހެނީ” ލަދުގަނެފައި ހުރެ އަރުޝީ އަހާލިއެވެ.
” އަރުޝީ ހުރި ގޮތުން ހަމަ ހެވުނީ.. ހިނގާ އެތެރެއަށް” އަރުޝީ ދާން މަގުދައްކަމުން ޒިވާން ބުނެލިއެވެ. އަރުޝީވެސް ހީލަން މަސައްކަތް ކުރަމުން އެތެރެއަށް ވަންނަން ދިޔައެވެ.
……………………………………………………………………
ކޯސް ނިންމާފައި އަރުޝީއާއި ޒިވާންއަށް ނިކުމެވުނީ ރޭގަނޑު ނުވައެއް ޖަހަން އުޅެނިކޮށެވެ. އަރުޝީ އެކަނިން ގެއަށް ފޮނުވަން ހިތްހަމަ ނުޖެހުމުން ޑްރައިވަރަށް ގުޅާފައި ކާރު ޕާކް ކޮށްފައި ހުރިތަނުން ކާރު ނަގަން އަންނަން ބުނުމަށްފަހު ޒިވާން ގެއަށް އައީ އަރުޝީއާއި އެއްހަމައެއްގައި ހިނގާފައެވެ. ދެމީހުން އެކީގައި އައި އިރުވެސް އެކަކު އަނެކަކާ އެއްވެސް އިތުރު ވާހަކައެއް ނުދައްކައެވެ.
ރައިހާނާގެ އެދުމުގެ މަތިން ޒިވާން ގެއަށް އައީ އަރުޝީވެސް ގޮވައިގެންނެވެ. އަރުޝީ ފެނުމާއެކު އެންމެ ފުރަތަމަވެސް ރައިހާނާ އަރުޝީ ގައިގައި ބައްދާލިގޮތުން ހީވީ އަމިއްލަ ދަރިއެއް ގައިގާ ބައްދާލެވުނު ހެންނެވެ. ރައިހާނަ އަރުޝީ ގޮވައިގެން ދިޔައީ ކާމޭޒު ކައިރިއަށެވެ.
” މިރޭ ތަންކޮޅެއް ރަނގަޅަށް ކައްކާލެވުނީމަ ހިތަށް އެރީ އަރުޝީ ގެންނަން.. އިށީނދޭ” ތަށި ތަކުގެ މަތި ނަގަމުން ރައިހާނާ ވާހަކަ ދެއްކިއެވެ. ޒިވާންވެސް އަވަހަށް އަތް ދޮވެގެން އައިސް އިށީނީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. އަރުޝީވެސް އަތްދޮވެގެން އައިސް އިށީންވަގުތު ފެނުނު މަންޒަރު މޫނުގެ ކުލަ އޮއްސުނެވެ. މޭޒުމަތި ފުރާލާފައިވަނީ ކައިސަންއަށްވެސް އެންމެ މީރު ކާއެއްޗެހިންނެވެ. ބަނބުކޭލީ ބަތާ ރިހާކުރުގެ އިތުރުން ކަނޑުކުކުޅުވެސް ހުއްޓެވެ. ކައިސަން ނިޔާވި ދުވަހު އަރުޝީވެސް ހަމަ މިގޮތަށް ކެއްކިއެވެ. ނަމަވެސް ކައިސަންއަށް އޭގެ މީރުރަހައެއް ނުލިިބުނެވެ. އަރުޝީ ފެންކަޅިވާން ނެގީ ކުޑަ ހިނދުކޮޅެކެވެ.
” މަންމާ ކޮބާ އާރާވް.. އޭނަގެ ކަންތައް ދޯ މޭޒުމަތިން މިފެންނަނީ” ޒިވާން މިހެން ބުނި ވަގުތު ވީ އާރާވްވެސް ފޯނާ ކުޅެމުން މޭޒާ ދިމާއަށް އައި ވަގުތަށެވެ. ފޯނަށް ބަލަން ހުރެ އާރާވްއަށް އިށިނދެވުނީ އަރުޝީއާއި ޖެހިގެން ހުރި ގޮނޑީގައެވެ. އަރުޝީއިންކަން އާރާޥް އަށް ނޭނގޭކަން އެނގުމުން ޒިވާން އާއި ރައިހާނާ ކައިރިއަށް ހިނިއަންނަ ގޮތްވީ ކުރެވުނު ކަންތައް އެނގިއްޖެނަމަ އާރާވް ލަދުގަންނާނެވަރު ހިތަށް އަރާފައެވެ. ކަންތައްވީވެސް އެހެންނެވެ. ކައިރީގައި އިން އަރުޝީ ފެނުމާއެކު އާރާވް އަށް ތެދުވެވުނީ ފޫކޮޅަށް ކައްޓެއް ހެރިގެން ތެދުވާހެނެވެ. އެހާ ކުއްލިއަކަށް ތެދުވުމުން އަރުޝީވެސް ދިޔައީ ސިއްސައިގެނެވެ. ރައިހާނާ ކައިރިއަށް ހިނިއައެއްކަމަކު ހިނިގަނޑު އެތެރެއަށް ހިންދާލިއެވެ. ޒިވާންވެސް ހިނިގަނޑު އޮއްބާލީ އަރުޝީ ލަދުގަންނާނެވަރު ހިތަށް އަރާފައެވެ. އާރާވް މޭޒުގެ އަނެއް ފަރާތަށް ގޮސް ޒިވާން ކައިރީގައި އިށީނެވެ. އަދި ރައިހާނާއަށް ބަލާލަމުން ތައްޓަށް ކާއެއްޗެހި އަޅާދިނުމަށް ބުންޏެވެ.
” މިރޭ މިތާ މުޅިންވެސް މިހުރީ އާރާވްއަށް އެންމެ މީރު އެއްޗެހި… އާރާވްއަށް އެންމެ މީރުވާނީ ކަނޑުކުކުޅާއި ބަތާ.. ރިހާކުރާ ބަނބުކޭލީ ބަތްވެސް އެހާ މީރުވާނެ.. ހަފްތާއަކު ދެތިން ދުވަހު މިއެއްޗެހި ނުހަދާ ފަހެއް ނުޖެހޭނެ..” އާރާވް އަށް ކާއެއްޗެހި އަޅާދެމުން ރައިހާނާ ވާހަކަ ދެއްކިއެވެ. އަރުޝީ ގަދަކަމުން ހީލައިގެން އިނދެ ކައިސަން އަށް އެންމެ މީރު ކެއުން ތައްޓަށް އަޅާލިއެއް ކަމަކު ކައިސަން މަތިން ހަނދާންވާ ވަރުން އަރުން އެތެރެއަށް އެންމެ އެތިކޮޅެއްވެސް ނުދިޔައެވެ. އަތުގައި ހުރި ބައި ތައްޓަށް އަޅެލެވުނީ މަޑު މަޑު އާހެއް ދޫކޮށްލަމުންނެވެ. އަރުޝީގެ ހަރަކާތްތައް އެންމެ ރަނގަޅަށް ބަލަމުން ދިޔައީ އާރާވް އެވެ. އަރުޝީގެ މޫނުމަތިން އާރާވް އަށް ހިތްދަތިކަން ނޫން އެހެން ކަމެއް ނުފެނެއެވެ.
” އާރޫ ދަރިފުޅާ ނުބައީތަ” އަރުޝީ އިންގޮތް ފެނި ރައިހާނާ އެހިއެވެ. އަވަސް އަވަހަށް ނޫނެކޭ ބުނުމަށްފަހު ކާންފެށީ އެތައް ހިތްވަރެއް ކޮށްފައެވެ. ރައިހާނާ ދެރަ ކުރަން ބޭނުން ނުވާތީއެވެ. އަރުޝީ ކުރިމަތީގައި އިނުމުން އާރާވްއަށް ވެސް ކެވޭ ގޮތެއް ނުވިއެވެ. މަދު އެތިކޮޅަކުން ފުއްދާލުމަށް ފަހު އެތަނުން ތެދުވެގެން ބޭރު ބަގީޗާއަށް ނިކުތެވެ. އަރުޝީ ދާން ނިކުތީވެސް ބަގީޗާގައި ހުރި ހިލަގޮނޑިތަކުން ގޮނޑިއެއްގައި އާރާވް އިންދައެވެ. ރައިހާނާ ކައިރިން ހުއްދަ ހޯދުމަށް ފަހު އަރުޝީ ގޭޓާ ދިމާއަށް މިސްރާބު ޖެހިއެވެ.
އަރުޝީ ކާރުގަ ނުދިޔައީ ކީއްވެބާއޭ އާރާވްގެ ހިތަށް އެރިއެވެ. އަރުޝީ ގޭޓުން ނިކުތުމުން އާރާވްވެސް ފަސްފަހަތުން ނިކުތެވެ. އޭރު އަރުޝީ ގެކައިރީގައި ޓެކްސީގެ އިންތިޒާރުގައި ހުއްޓެވެ. އާރާވް ނިކުތްތަން ފެނުމުން އަރުޝީ ހީލިއެވެ. ނަމަވެސް ހީލުމުގެ ބަދަލުގައި އާރާވްއަށް އަރުޝީއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހިނިތުންވުމުން އާރާވްގެ ހިތުގެ އެންމެ އަޑިޔަށް އަސަރުކުރިއެވެ. އަރުޝީ އަނެއް ފަރާތަށް މޫނު އަނބުރާލީ އާރާވްގެ ތޫނު ނަޒަރުން އުނދަގޫވެގެންނެވެ.
” ދޮންބެ ނުދޭތަ” ހިތްވަރުކޮށްފައި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން އާރާވް އަހާލިއެެވެ. އަރުޝީ އާއެކޭ ބުނުމަށްފަހު ކުރިން ހުރި ގޮތަށް އަނެއްފަރާތަށް އެނބުރިގެން ހުއްޓެވެ.
” ގެއަށް ދޯ ތިދަނީ.. އަހަރެންވެސް އެބަޖެހޭ ކައިލް ކައިރިއަށް އެއްޗެއް ބަލާދާން.. އޯކޭތަ ޓެކްސީ ޝެއަރ ކުރިޔަސް” އާރާވް މިހެން ބުނީ އަމިއްލަ ބޭނުމެއްވެސް އޮތީމައެވެ.
” ކާރުގަ ނޫންތަ ދަނީ” އަރުޝީ އަހާލީ ހައިރާންވި ވަރުންނެވެ.
” ކާރުގަ ދިޔައީހީ އެކަމް ފިރާގު ބެއަށް އޮތީ ނިދިފަ.. އަހަރެން އަތަކު ނެތް ލައިސެންސެއް.. އެހެންވެ.. ހިތްހަމަ ނުޖެހެންޔާ އޯކޭ.. އެހެން ޓެކްސީއެއް ނަގާލަފާނަން” އާރާވް ބުނެލިއެވެ.
” ނޫން އޯކޭ.. އެންމެ ރަނގަޅު” ޓެކްސީ އައިސް މަޑުކޮށްލީ އަރުޝީ މިހެން ބުނި ވަގުތުއެވެ. އަރުޝީ ޓެކްސީގެ ދޮރުހުޅުވުުގެ ކުރިން އަރާވް ބާރަށް ހިނގާފައިގޮސް އަރުޝީއަށް ދޮރު ހުޅުވާދިނެވެ. އެވަގުތު ދޮރު ހުޅުވަން އައިސް އައިސް ހުރި އާރާވް ގައިގާ ލައިނުގަތީ ހަމަކިރިޔާއެވެ. އަރުޝީ ކާރަށް އެރުމުން އާރާވް ވެސް އަނެއްކޮޅުން ދޮރުހުޅުވައިގެން ކާރަށް އެރިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

އެ ތޫފާނީ ރޭ (10)

Next

ހިތުގެ އެދުމޭތީ (12ވަނަ ބައި)

Next
July 19, 2017

ހިތުގެ އެދުމޭތީ (12ވަނަ ބައި)

Previews
July 18, 2017

އެ ތޫފާނީ ރޭ (10)

21 Comments!

  1. Blume says:
    July 18, 2017 at 10:10 pm

    Wow..v rythi..arushy aa aarav v gulhey..edhemyhun gulhuvadhehchey..eyrun mi stwry maa furihama vaane..

    1. azzadhil says:
      July 19, 2017 at 12:39 am

      Jazakallah khair.. Keep reading the story 🙂

  2. Xxxx says:
    July 18, 2017 at 10:37 pm

    Story dhaa goi v.kamudhey..v.curious …dhen vaanee kihineh baa???? Arshi aa v.gulhey dhemeehunnaa ves..both aarav n zivaan..hehe.. let’s c dhooo
    waiting.. waiting ???

    1. azzadhil says:
      July 19, 2017 at 12:41 am

      Jazakallah khair

  3. Shahoo says:
    July 18, 2017 at 10:43 pm

    Aarav eiy arushy family kujjeh dhw…? Anyways story maasha allah v furihama bt kury adhi vs

    1. azzadhil says:
      July 19, 2017 at 12:41 am

      Jazakallah khair

  4. aish says:
    July 18, 2017 at 10:43 pm

    Wow..arushi & zivaan gulhuvahchey..emyhun ma gulhey..

    1. azzadhil says:
      July 19, 2017 at 12:42 am

      Dhenvaagotheh balamaa

  5. Adha? says:
    July 18, 2017 at 11:37 pm

    Alhey haadha loaiybbey mi part ves.. ?varah curious vejje.. arushi nd aaraav kn gulhumehbba onnany! Varah kiyaa hiy vejje next part.❤? Waiting ?

    1. azzadhil says:
      July 19, 2017 at 12:43 am

      Keep waiting.. Jazakallah khair

      ❤️❤️

  6. Faathun says:
    July 19, 2017 at 12:08 am

    Kaisan Ge hih aarav Ge othy ehen v ma arushee fenuny ma ehen evany

    1. azzadhil says:
      July 19, 2017 at 12:45 am

      May be.. May be not 😉

  7. khajja says:
    July 19, 2017 at 12:40 am

    Masha allah v loabi stry eh wen nxt prt plx avahah up kolladhybala mi site ge stry thah endin vany ves hurihaa stry eh ekkon viyya dhw ? kihaa bourin vaane??? plx mi stry avahah up koh dhybala plx plx

    1. azzadhil says:
      July 19, 2017 at 12:48 am

      Jazakallah khair 🙂 in sha Allah avahah up kureveytho Balaaanan

  8. sassy says:
    July 19, 2017 at 1:02 am

    kaisan ge heart transplant kohfa dhw e iny aarav ah..masah hyvany zivaan nubaahen..

  9. Dhurumee says:
    July 19, 2017 at 12:41 pm

    Kaisan maruvi dhuvahu meymathi v bodah halakuvefa oiy vaahakaya aaraav hithuge operation eh kuri vaahaka engun hisaabun engijje aaraav ge vany kaisan ge hiykan. Fenna fenumah bayakun gadhabaarun kuri kameh. Aaraav ge nurse ge atheh vaanehen heeve

  10. Shai says:
    July 19, 2017 at 2:15 pm

    Azzadhil thi kon rashege kuhjehtha…..

    1. Anonymous says:
      July 19, 2017 at 4:26 pm

      Dhaadharaagey

  11. Reenaa17 says:
    July 19, 2017 at 2:35 pm

    I think aarav have the heart of kaisan… thts y he has changed that much.. bt how it happand???

  12. Mazuw says:
    July 19, 2017 at 5:48 pm

    Alhey salhi thix prt vx

  13. intelligent says:
    July 19, 2017 at 7:26 pm

    dhurumee i even was gonna say that but okay we r intelligent dhw…….. hehehe aarav has kaisans heart dhw hehe….. we are intelligent dhw azzadhil

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ނުވަވަނަ ބައި)←


All Right Reserved!