Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް…18ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
July 25, 2017 3 Mins Read
14 Comments

“ނޫރާ.. ނޫރާއަށް އަހަރެން ނޭންގިދާނެ އެކަަަކު އަހަންނަށް ނީރާ އާއި ބެހޭ ހުރިހާ މައުލޫމާތެއް އިނގޭ.. ތީ މައްޝޫރު ވިޔަފާރިވެރިޔާ ޔާސީން އާއި ރާމިޒާގެ ހަމައެކަނި ދަރިއެއްނު.. މިހުރިހާދުވަހު ތިއުޅުނީ ރާއްޖެއިން ބޭރުގަ އާއިލާޔާއެކުގަ ހަމަ ބައްޕަހެން ބިޒްނަސްގެ ދާއިރާއިން ކުރިއަށްދާން ކިޔެވުމުގަ އެހެންނު.. ” އެނުދަންނަ މީހާގެ ވާހަކަތަކަށް އަނގަހުޅުވިފައި ނޫރާ އިނީ ބުނާނެ އެެއްޗެއް ނޭންގިފައެވެ. ” އަރޫން އަދިވެސް ހޭނާރާދޯ.. ވަރަށްދެރަވި އެހަބަރުލިބިފަ.. އަސްލު މެރީކުރަން އުޅޭއިރު ނޫރާވާނެ ދެރަވެސް އިނގޭ.. ހިނގާބަލަ އަހަންނާއެކު މިތާކެންޓީނަށް.. މިހާރު ތިތާ އިންނަތާ ވަރަށް ގިނައިރުވެއްޖެއްނު ދޯ.. ” ހިނިތުން ވެލުމާއެކު ދެން ވެސް ވާހަކަދެއްކީ ހަމަ އެމީހާއެވެ. ދާން ނުދާން ހުރެފައިވެސް ނޫރާ ތެދުވެ ދާން ހިނގައިގަތީ އޭނާގެ ހުރިހާކަމެއް އެމީހާ ހޯދީ ކިހިނެއްތޯ ބަލަން ބޭނުންވެފައި ހުރިިވަރުންނެވެ. ހަމައެއާއކު އެހާރީތި މީހަކު އެދުމުން އެކަމަށް ދެކޮޅުހަދަން ނޫރާގެ ޒަމީރު އެއްބަސްނުވުމުންނެވެ.

ކޮފީގައި އެކިވާހަކަ ދެކެވި ނޫރާއާއި ގާތްގުޅުމެއް އެނުދަންނަފަރާތުން އުފެއްދިއެވެ. ހަމައެއާއެކު އިތުބާރުކުރެވޭ ގާތް ރަހުމަތްތެރިއަކަށްވެ ފޯންނަންބަރުވެސް ބަދަލުކުރެވުނެވެ.

އަރޫންގެ ހާލަތު ވަގުތެއް ވަގުތަކަށް ދިޔައީ ދައްވަމުންނެވެ. ހަމައެއާއެކު ހޭއެރުންވެސް ދިގުލާދިއުމާއެކު ސަމީހު ނިންމީ އިތުރުފަރުވާއަށް ބޭރަށް ފުރުމަށެވެ. ބަލްޤިސްވެސް އަމިއްލަދަރިއާމެދު ކަންތަށްވެގެންދިޔަގޮތުން ހިތަށް އަސަރުކުރީ ހީނުކުރާހާ ބޮޑަށެވެ. ޓިކެޓްގެ ކަންތަށް ހަމަޖެއްސުމާއެކު އަވަހަށް ފުރޭތޯ އޭނާވެސް މަސައްކަތް ފެށިއެވެ.

ކޮލެޖްކަންކަން ހަމަޖެހުމާއެކު މެންދުރުގެ ކެއުމަށ  އިންސާފްކޮށްލުމަށް މީރާން މެން ދިޔައީ ރެސްޓޯރަންޓްއަކަށެވެ. ހަމަހިމޭން މާހައުލުގައި ހަމަޖެހިގެން ވާހަކަދެއްކޭނެ މޭޒެއްބެލުމަށް ފަހު މީރާން އެދިމާއަށް ދާންފެށުމުން މައިޝާއާއި މާލާކްވެސް މީރާންގެ ފަހަތުން ގޮސް އިށީންދެ ހަމަޖެހިލިއެވެ. އޯޑަރުނެގުމާއެކު ވޭޓަރު ދިޔައެވެ. އެވަގުތު މީރާންގެ ލޮލުން މައިޝާއަށް އިޝާރާތްކޮށްލުމަށް ފަހު ވަގުތު ޖެހުނީކަން އެނގިއެވެ.

މިޝާއާއި ޝަމާލްވެސް އަތްމަތިއަވަސްކުރަމުން ދިޔައީ އަރޫން ގޮވައިގެން ފުރަންވާއިރަށް އަރޫންގެ ކޮލެޖަށް އެކަން އެނގުމަށްފަހުގައި ޝަމާލްގެ ފުރުމަށް ތައްޔާރުވުމުގައެވެ. ދުވަސްކޮޅުގެ ގޮތުން ޝަމާލްގެ އިތުރުން ބިންޔާއާއި ޖަޒްލާންއަށް ވެސް އިތުރަށް މަޑުކުރެވެން ނެތެވެ. އެމީހުންވެސް ވެސް މަޑުކުރީ އަރޫންބޭރަށް ފުރުުވެންދެނެވެ. ހަވީރުގެ ފްލައިޓުން އަރޫން ގޮވައިގެން ސަމީހުއާއި ބަލްޤިސްގެ އިތުރުން ސަމީހުގެ ރަހްމަތްތެރި ޑޮކްޓަރުވެސް ދިޔައެވެ. އެމީހުން ފުރުވާފައި މާލެދާން ލާންޗަށް އެރުމާއެކު ނޫރާއަށް ފޯންކޯލެއް އައުމުން ވެގެން ދިޔަގޮތް ޝަމާލްގެ އިތުރުން މިފަހަރު ޖަޒްލާންއަށްވެސް ފެނުނެވެ. މޫނުމަތި އުޖާލާވެގެން ދިއުމާއެކު އެހެންމީހުންގެ މޫނަށް އަވަސްކަޅިއެއް ހިންގާލިއިރު ހީވީ ވަގަކުވައްކަމެއްކުރަން އުޅުން ހެންނެވެ. ނަމަވެސް ޝަމާލްވެސް ޖަޒްލާންވެސް އެނގޭކަމަށް ހަދާނުލުމުން އެކަން ނޫރާއަށް ފާހަގަނުވީއެވެ.

މައިޝާ ވަރަށް ވިސްނުންތެރިކަމާއެކު މަލާކްއަށް ހުރިހާ ވަހަކައެއް ކިޔާދިނެވެ. މަލާކް ނުރޮން ހުރިނަމަވެސް ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. “ދެންބުނެބަ މަލްކޮ.. މަލްކޮއަށް މިވަގުތު މުހިންމީ ކިޔެވުންތަ.. ނޫނީ އަރުން އާއި މެދުވިސްނުންތަ؟” މައިޝާމިފަހަރު ހަމަގަސްތުގައި މަލާކްލައްވާ ވާހަކަދެއްކެވުމަސް ސުވާލްކޮށްލިއެވެ. “ދޮން .. އަޅެ މަލްކޮ ކިހިނެއް ހަދާނީ.. އޭރުވެސް ހިތައްއެރި މިހެނޭވާނީ.. އަރޫންގެ އާއިލާއިން ގަބޫލެއްނުވާނެ.. އެކަމަކުވެސް މަލްކޮ ވަރަށް.. ” ބުނަންއުޅުންވާހަކަ މަޑުޖައްސާލުމަސްފަހު މަލާކް އިސްޖަހާލީ ދުވަހަކުވެސް އޭނާގެ ދޮންތަމެން ކުރިމަތީގައި މީހަކުދެކެ ލޯބިވާ ވާހަކަ ދައްކާފައިނުވާތި ލަދުންނެވެ. “ކޮންމެގޮތަކަށް ކަންތައް އޮތަސް އަރޫން މަލްކޮދެކެ ލޮބިވާކަން އިނގެނު.. އެހެންވީމަ ދޮންތަބެއަށް ފެންނަނީ ކިޔެވުން އެހަށް އެންމެ އިސްކަމަކަށް ހަދަން އެއަށްފަހު އަރޫންއާ ދޭތެރޭވިސްނަން.. މިހެންބުންޏަސް އިނގޭ އެހާފަސޭހަނުވާނެކަންވެސް.. އެކަމަކު އަރޫން ރަނގަޅުވީމަ މަލްކޮދެކެ އެހާލޯބިވަންޔާ މަލްކޮއަށް އިންތިޒާރުކުރާނެ.. ” މީރާން އެންމެފަހުބަސް އިއްވާލިއެވެ. އެއާއއެކު މަލާކްވެސް އެކަމަށް އެއްބަސްވެ ބޯޖަހާލިއެވެ.

މާލެދެވުމާއެކުހެން 8ގެ ފޮލައިޓުން ފުރަން ތައްޔާރުވެލައިގެން ޝަމާލްއާއި ޖަޒްލާންގެ އިތުރުން ބިންޔާވެސް ދިޔައީ ޒިޔާމަންޒިލްއަށެވެ. އެމީހުނަށް ހާއްސަކޮށް ފުރުމުގެ ކުރިން ހިޝާމް ބައްދަލްކޮށްލަން ބޭނުންވާހަކަ ބުނުމުންނެވެ. އެވަގުތުވެސް ޖަޒްލާން ޝަމާލްގެ ކައިރިން އެތައްފަހަރަކު ނުރާގެ ވާހަކަ އެހިއެވެ. ނަމަވެސް ޝަމާލްއެކަމަށް އެދެވޭޖަވާބެއްނުދެއެވެ. ބިންޔާއާއި މިޝާ ކޮޓަރީގައި އެކަނިވުުން އަރޫންގެ ކައިވެނީގެ ވާހަކަ މިޝާއާއި ހިއްސާކުރިއެވެ. އަދި މިދަތުރުގެ އައިގޮތްވެސް ކިޔާދިނެވެ. “ބިންޔާ.. މީޝް އަށްއިނގެ ތިހުރިހާކަމެއް.. އެނޫރާ ހުރިިހާއެއްޗެއް ކިޔާދިން ޝަމާލްއާއި އަހަންނަށް.. ވަރަށް ހިތްހަމަނުޖެހުން އެހެންވިމަ..” ބިންޔާވެސް ހުރި ނޫރާކަހަލަ މީހަކު އޭނާގެ ދޮންބެ ހަޔާތަށް އަންނަން އެއްބަސްވާގޮތަކަށް ނޫނެވެ. އެހެންވުމުން މިޝާ އަރޫންއާއި މަލާކްގެ ވާހަކަތަށް ބިންޔާއާއި ހިއްސާކުރިއެވެ. އަދި އެކަން އެއްވެސްމީހަކަށް ނެންގުމަށްވެސް އެދުނެވެ. ބިންޔާއެވާހަކަ އަޑުއަހާފައި އުފަލުން ގޮތެއްނެތެވެ. ހަޤީގަތުގައި އަރޫންއާއި މަލާކް ގުޅުމަކީ އޭނަވެސް ދެކޭ ހުވަފެނަކަށްވީމައެވެ. އެވަގުތު ދޮރުގައި ތަކިދިނުމުން ދައްކަން ތިބި ވާހަކަ ހުއްޓަލުމަށްފަހު ދެމީހުންވެސް ތެދުވި އެތެރެއަށްވަދެގެން އައި ހިޝާމްފެނުމުންނެވެ. “ދަރިފުޅާ ކިތަންމެ ދުރަށް ދިޔަސް ީނުގައި އަންގަވާފައިވާ ގޮތަށް އުޅެން އަބަދުވެސް ހަނދާންކުރާތި.. ދަރިފުޅަށް ނިކަމެތިގޮތެއްވާކަށް މިބޭބެވެސް ހިތެއްނޭދޭނެ.. ބޭބެދެކެނީ ތީ މިބޭބެގެ ހަތަރުވަނަ އަންހެން ދަރިފުޅުކަމުގަ.. ” ހިޝާމް ބިންޔާގެ ބޮލުގައި ފިރުމާލާފައި ވާހަކަ ދެއްކިއެވެ. އެވަގުތު ދޮރުމަތީގައި ތިބި ދެމީހުންވެސް ހިނިތުންވެފައި ބަލަން ތިއްބެވެ. ” ބިންކޮ ހިނގާދޯ އަވަހަށް ދަމާ.. މިހާރު ޗެކިންފެށެންވެސް ގާތްވަނީ.. ” ޝަމާލް ފުރާގަޑިކައިވެއްޖެކަން ހާމަކޮށްލީ މިޝާގެ ހަރަކާތަށް ބަލަންހުރެއވެ. އެވަގުތުމިޝާގެ މޫނުމަތިން ފެނުނުހިތްދަތިކަން ޝަމާލްގެ ހިތްކުދި ކުދި ކޮށްލިނަމަވެސް މިއަދު އެޤުބާނީވެގެންނޫނީ މާދަމާގެ މުސްތަގުބަލް އުޖާލާކުރެވެން ނެތެވެ.

“އަހަށް ދަރިފުޅާ.. ހާދަރިތިވެލައިގެން ކޮންތާކަށް..” ގެތެރެއަށް އަވަސްނަޒަތރެއްދިނުމަށްފަހު ނިކުންނަން ދިޔަ ނުރާގެ ފިޔަވަޅުހުއްޓުނީ ޔާސިންގެ އަޑުޖެހުމުންނެވެ. ކުއްލިއަކަށްމުޅިމީހާ ދާހިއްލާލިނަމަވެސް ކަމެއްވާކަމށް ނުހަދާ.. ” ބައްޕާ މިދަނީ ރައްޓެކުދިންދޭ ޑިނާއަކަށް” ށޭބުނެ އަވަހަށް ގެއިންނިކުތެވެ. އޭރު ނޫރާގެ އެސިއްރުބައިވެރިޔާ ސައިކަލުގައި ނޫރާގެ އިންތިޒާރުގައި އިނެވެ. ހޮސްޕިޓަލުން ދިމާވިގޮތަށް ނޫރާ މިހާރު އެވަނީ އެމީހާގެ އެންމެގާތް މީހާއަށްވެސް ވެފައެވެ. އެދެމިހުންގެ ދެމެދުގައި ލޯބިމިލަފްޒު ނުކީނަމަވެސް އެހެން ހުރިހާގުޅުމެއް ވެއެވެ. ނޫރާ އަމިއްލަޔަށް އިސްވެ އެ ގޮތްނޭގޭމީހާއަށް ހަށިގަނޑުވެސް ދިނީއެވެ. އެހާވަރަށް ނޫރާވަނީ އެމީހާއާއި ހެދި ދީވާނަ ވެފައެވެ.

ދުވަސްތަށް މާޒީއާއި އެކުވަމުުން ދެއެވެ. ނޫރާއާއި އެމިހާގެ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އައި އިރު އަރޫންވެސް ފަރުވާއަށްފަހުގައި އެއްކޮށް ރަނގަޅުވެގެން ރާއްޖެ އަންނަން ދުވަސްވެސްޖެހުނީއެވެ. ޔާސިންއާއި ރާމިޒާ އަވަދިނެތި އެމީހުނަށް މަރުހަބާކިއުމަށް ތައްޔާރީތަށް ވަމުން ދިޔައެވެ. ކިތަންމެ ހިތްހަމަ ނުޖެހުންކަމުގައި ވީނަމަވެސް ނޫރާވެސް އެކަމުގައިބައިވެރިވީ އިތުރުގޮތެއް ނެތުމުންނެވެ.

އަރޫންގެ ހާލު ކިތަންމެ ދުރުގައި ތިބިނަމަވެސް  ޝަމާލްމެންވެސް ދިޔައި ބަލަމުންނެވެ. ހަމައެއާއެކު އެކޮޅަށްދިއުމާއެކު ޖަޒްލާންއަށްވެސް ހުރިހާކަމެއް ވަނީ އޮޅުންފިލާފައެވެ. އެހެންވެ ކޮންމެ ހަފްތާއަކު ދެފަހަރުހެން ޖަޒްްލާންދިޔައީ މަލާކްގެ ހަބަރުވެސް ބަލަމުންނެވެ. މައިޝާމެންވެސް އެނބުރި ރާއްޖެ ދިއުމާއެކު މަލާކްއެކަނިވާނެ ވަރުހިތައްއަރާތީއެވެ. ނަމަވެސް ހީކުރިވަރަށް ވުރެ މަލާކްއަކީ ހިތްވަރުގަދަކުއްޖެއްކަން އެނގުނީ މީރާންގެ މަންމަގެ ފަރާތުންނެވެ. ދީނަށް އެހާފަރުވާތެރިވެ ކިޔެވުމުގައިވެސް އޭގެ މިސާލެއްފަދައިން މަލާކްދިޔައީ އުޅެމުންކަން އޮޅުންފިލިއެވެ. ޖަޒްލާން އަދި އެންމެ އުފާވި ކޮންމެ މަހަކުވެސް ފޮނުވަމުންދިޔަ ޕޮކެޓްމަނީއިންވެސް މަލާކް އެއްބައި ރައްކާކުރަމުންދާކަން އެނގުމުންނެވެ.ހަރުދަނާ ކުއްޖެއްގައިގަ ހުންނަންޖެހޭ ހުރިހާ ސިފައެއް މަލާކްގައި ވާތީއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (2ވަނަ ބައި)

Next

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ 4

Next
July 25, 2017

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ 4

Previews
July 25, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (2ވަނަ ބައި)

14 Comments!

  1. Layaa says:
    July 25, 2017 at 4:09 pm

    salaam.. test maabodah dhigulaa dhamun dhaathee layaa hithah eree vaahaka up kohlaaneeyaa.. 1st aug ga test othee ehenve.. ekamaku varahkurukanves ingey .. unmeedhkuran hurihaa frnds ahvess kamudhaanekmah… konme faadukiumakahvess ihuthiraamkuran.. 🙂

  2. ???? says:
    July 25, 2017 at 4:31 pm

    Wow….. beautiful ??? waiting for the next part n thanks thihaa busy koh ulhemun vx up kohdheythee ?????????

    1. ???? says:
      July 25, 2017 at 4:33 pm

      Yeyyy mifaharu first dhw mi libuny???????????

  3. maany says:
    July 25, 2017 at 4:36 pm

    reeth ingey.. bt haadha lahey up vaaleh.. mihaa las vanyaa foohi vaane dhw readers.. dhamkun badi eh jahaahen mihaar up vany vaahaka.. ehn nuhdhaa bala writers.. ?

  4. khajja says:
    July 25, 2017 at 4:45 pm

    Wms masha allah v rythi n thank u so much Layaa thihaa busykon ulhemunves stry up koh dhinyma ??? when nxt prt waiting gud luck keep it up

  5. Hus says:
    July 25, 2017 at 5:02 pm

    Ehaa dhuvas kohffa heani oru vx v kuru koh
    Dhigukohlaba story next uploads ga

  6. Song joong ki... KOREAN says:
    July 25, 2017 at 6:41 pm

    Thihaa bxy kh ulhemunvx up khladhinyma aslu v happy vejje. V reethi mi part vx. GOOD LUCK ON UR EXAMS. 🙂

  7. Robin says:
    July 25, 2017 at 7:30 pm

    Thankx for the story layaa❤?☺

  8. Chum handi says:
    July 25, 2017 at 7:30 pm

    amazing… happy to see you back… waiting for the next part…. gdnyt… ly…

  9. " " says:
    July 25, 2017 at 8:10 pm

    Nice.. wats gonna happen nw???.. i am curious as hell???

  10. Adha? says:
    July 25, 2017 at 11:33 pm

    Varah v.v.v.v reethi….. ?waitingss dear❤❤❤❤

  11. Jin says:
    July 26, 2017 at 6:25 pm

    V Nice..❤❤ I think noora gulhun baahvaigen ulheny maahil aa hen..?Waiting for the next part.

  12. Reader says:
    August 10, 2017 at 11:41 am

    Alhe koba tha next part❤

  13. Mysha says:
    August 18, 2017 at 12:36 am

    wats gonna hapen nxt…

Comments are closed.

Next Episodeމަލާކް… 19 ވަނަބައި←


All Right Reserved!