Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (7)

Psenhi Level 410 Stories100 Comments100 Login
July 11, 2017 5 Mins Read
34 Comments

“ކޮއް ކޯ! ބޭބެ ނިޔާވި ފަހުން މި ހާރު ސާ ޅީސްވެސް ވެއްޖެ.” ތުރުތުރުލާއަޑަކުން ސިއްތި އަމްޖަދުގެ ސުވާލަށް ޖަވާބުދިނެވެ. އަމްޖަދު ގޮތްހުސްވެފައިވާ ހާލު ފޯނުކަނޑާލިއެވެ. އެމޫނުމަތީ ވަނީ ބިރުވެރިކަމެވެ. އޭނާގެ ލޯކުރިމައްޗަށް ސިފަވަމުންދިޔައީ މައިޝާގެ ޗިސްޗިސްވެފައިވީ ފުރާނަނެތް ހަށިގަނޑެވެ. ނިތްކުރިމަތީ ގިނަވަމުންދިޔަ ދާތިކިތައް އިރުއިރުކޮޅާ އަތުގައިވާ ރުމާލުން ފޮހެލައެވެ. އެންމެފަހުން އޭނާގެ ކާރަށް އަރާ ދުއްވާލައިފިއެވެ.

***

އެނދުމަތީ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތް ޝިމްލާގެ ނިދި ވަނީ އޭނާއާއި މާދުރުގައެވެ. ލޯމަރާލިއަސް ފެންނަނީ އެހިތްގައިމު ސޫރައެވެ. އެއީ ސާޝާ ނޫންކަން އެނގިހުރެވެސް އަލްވިންގެ ސޫރަ ދެކިލުމަށް އޭނާގެ ހިތް އެދެމުންދަނީއެވެ. ކީއްވެކަމެއް ހުދު އޭނައަކަށްވެސް ނޭނގެއެވެ.

***

އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އަލްވިން އިނީ ފޯނާއި ކުޅޭށެވެ. ނިދީގެ ކަންފުޅެއްވެސް ނެތް އެ ލޯ ބޭޤަރާރުވެފައިވަނީ މައިޝާގެ ރީތި ސޫރަ ފޮޓޯއަކުން ނަމަވެސް ދެކިލުމަށެވެ. ފަހަރަކު ފޮޓޯއަކަށް ބަލަމުންދިޔައިރު ލޮލުގައި ބަބުޅަމުންދިޔަ ކަރުނަތައްވަނީ އެސްފިޔަތަކުގެ ހިމާޔަތް ހޯދައިގެންނެވެ.

އެންމެފަހުން އަލްވިން ކޮޅަށް ތެދުވެ އަތްދިގު ޓީޝާޓެއް ބޮލަށް މަހާލަމުން ކޮޓަރިން ބޭރަށް ނިކުތެވެ.

***

ޝިމްލާ ނިދާހެދުން ބަދަލުކޮށްލައިގެން ޓެރެސްއަށް އެރީ އެތަނުން އަލްވިންއާއި ބައްދަލުވެދާނެކަމަށް ހިތުގައިވާ ކުޑަކުޑަ އުންމީދެއްގެ ސަބަބުންނެވެ. ނަމަވެސް އެތަނުން އޭނާއާއި ބައްދަލުކުރީ ފަޅުކަމާއި އަނދިރިކަމެވެ. ހަނދުވަރުގެ އަލިން ފަނޑު އަލިކަމެއް ވެރިވެފައިވާ އެތަނުން މީހެއްގެ އެއްވެސް ހިލަމެއް އެތަނުގައި ނުވުމުން އޭނާ މާޔޫސްވިއެވެ. މަޑު ހިނގުމެއްގައި ގޮސް އެތަނުގައި ބަހައްޓާފައި ހުރި ބޮޑު އުނދޯލީގައި އިށީނދެލައިގެންއިނެވެ. އޭނާއަކީ ކުޑައިރުއްސުރެ އުނދޯލިހެއްލުމުން ބޮލަށް އެނބުރުންއަރާާ ކުއްޖެއްކަމުން ކިތަންމެ ބޭނުންވިއަސް ޝިމްލާއަކަށް އުނދޯލިހެއްލާކަށް ނުކެރުނެވެ. ޝިމްލާ އޭނާ ކުޑައިރު މަންމައާއި ބައްޕައާއިއެކު ހޭދަކުރި އުފާވެރި ދުވަސްތައް މަތިން ހަނދާންވުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އެމޫނު މިލާ މޯޅިވެގެންދިޔައީ ދޮންމަންމަގެ ބަސްތައް ހަނދާންވުމުންނެވެ. އޭނާގެ މަންމަ ނެތި ދިނުމުން ބައްޕަގެ ލޯބިވެސް އުނިވީކަން ހިތަށްއެރުމުން ކަރުނައިން ދެލޯ ފޯވިއެވެ.

އަލްވިން އޭނާގެ ފިރިހެންވަންތަ ހިނގުމުގައި ޓެރެސްއަށް އަރައިގެންއައިސް ރެއިލިންގެ ގާތަށް ހުއްޓިލިވަގުތު ޝިމްލާގެ ލޮލުގައި އަލްވިން އަޅައިގަތެވެ. ނަމަވެސް އަލްވިންއަކަށް އެތާ ދެވަނަ މީހަކު އިންކަމެއް ރޭކާވެސްނުލައެވެ.

ޝިމްލާ އަލްވިންއަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އިނުމަށްފަހު އަވަސްއަވަހަށް ލޯފުހެލިއެވެ. އަދި ލަސް ފިޔަވަޅުތަކެއް ނަގަމުން އަލްވިންގެ ގާތަށް ދިއުމަށް މިސްރާބުޖެހިއެވެ.

އުޑާއި ދިމާއަށް ބަލަހައްޓައިގެން އެތެރެން ރޮމުން ގެންދިޔަ އަލްވިންއަށް އެތަނުގައި ދެވަނަ މީހަކު ހުރިކަމުގެ އިޙްސާސްވުމުން އެދިމާއަށް ބަލާލިއެވެ. ލޮލުގައި ޖަމާވެފައިވާ ކަރުނައިގެ ތެރެއިން އަލްވިންއަށް ފެނުނީ އޭނަ އެސޫރައެއް ދުށުމަށް އަބަދުމެ ބޭޤަރާރުވެފައިވާ އެހެނަސް ހިތުގެ އެދުމާއި ދެކޮޅުހަދަމުންއައި ސޫރައެވެ.

“އައި މިސްޑް ޔޫ” މިފަހަރު އެ ބަސްތައްވީ އަލްވިންގެ ހިތުގައެވެ. ދުލާއި ހަމައަކަށް އެބަސްތައް ގެންނާކަށް އޭނާގެ ހިތެއް ނޭދުނެވެ.

ދެމީހުން އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ތިއްބެވެ. އެދެމެދުގައިވާ ހަމަހިމޭންކަން ގެއްލުވާލީ ޝިމްލާގެ އަޑެވެ. “އަމް ސޮރީ އެދުވަހު އެގޮތަށް… ގަސްދުގައެއްނޫން އެކަމަކު…” ޝިމްލާ މަޑުމަޑުން އިސްޖަހާލީ އެދުވަސް ހަނދާންވުމުން ލަދުންނެވެ. އެލަދުވެތިކަމަކީ އަލްވިން އެންމެ ގަޔާވާ އެއްސިފައެވެ. “އިޓްސް އޯކޭ.” އަލްވިންގެ ފިރިހެންވަންތަ ބަރު އަޑު ޝިމްލާގެ ކަންފަތާއި ހަމައަށް ފޯރިއެވެ. ޝިމްލާގެ ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެންދިޔައެވެ. “އެއީ ހަމަ އެ ފިރިހެންވަންތަ އަޑެވެ!” ޝިމްލާގެ ހިތް ބުންޏެވެ. ދެން ދައްކާނެ އިތުރު ވާހަކައެއް ނޭނގުމުން ޝިމްލާ އެހުރިގޮތަށް ހުރެ އަތުގެ އިނގިލިތަކުން ކަށިގޮއްވަންފެށިއެވެ. އަލްވިން ހުރީ ޝިމްލާގެ ކޮންމެ ހަރަކާތަކަށްވެސް ބަލާށެވެ.

“ނުނިދާ މިތާ ކީއްކުރަނީ؟” އަލްވިންގެ އަޑުގައިވީ އޯގާތެރިކަމެވެ.

“ނިދަން އުޅެއުޅެ ނުނިދުނީމަ ހިތަށްއެރީ ނިކުމެލާނީއޭ. އާރ ޔޫ އޯކޭ؟” ޝިމްލާ އަލްވިންގެ ސުވާލަށް ޖަވާބުދެމުން ބުނެލިއެވެ.

“މިގަޑީގައި ޝިމްލާ މިތާނގައި އެކަނި ހުރުން އެހާ ބުއްދިވެރިއެއް ނޫންކަންނޭނގެ.” ޖަވާބުދިނުމުގެ ބަދަލުގައި އަލްވިން ބުނެލިއެވެ. އަދި އަނެއްފަރާތަށް މޫނުއަނބުރާލިއެވެ.

ދެޖީބަށް އަތްޖަހާލައިގެން ފުރަގަސްދީގެންހުރި އެޒުވާނާއަށް ޝިމްލާ ފުންކޮށް ބަލާލިއެވެ. ގައިގާ ތަތްވެފައިވާ އަތްދިގު ޓީޝާޓުގެ ސަބަބުން އަލްވިންގެ ކަސްރަތީ ހަށގަނޑު ހާާާމަވާާާާން ހުއްޓެވެ.

ހަށިގަނޑު ތެދުކޮށްލެވިފައިވާއިރު ރީތިކަން މަޝްހޫރު މޮޑެލްއަކަށް ދޫނުކުރެއެވެ. އެހިތުން މަޤާމަކަށް އެދިގެން އެތަށް އަންހެން ކުދިންނެއް އުޅޭނެކަން ގައިމެވެ.

ޝިމްލާ އެތަނުގައި ހުންނަން ކިތަންމެ ހިތްއެދުނު ކަމުގައިވިއަސް އެނބުރި ދާން ހިނގައިގަތެވެ.

***

އާދުވަހަކަށް އިރުއެރިއިރު އަމްޖަދު ހުރީ ހަތް ނަންބަރު ޖެޓީ ކައިރީގައެވެ. ކުރަންހުރި ހުރިހާ މަސައްކަތެއް މަޑު ޖައްސާލުމަށްފަހު އޭނާ މިދަތުރު އެދަނީ ކޮންމެހެންވެސް ބަކުރާއި ބައްދަލުކުރާށެވެ. އޭނާ ބޭނުން ހުރިހާ ސުވާލެއްގެ ޖަވާބު މިފަހަރު ބަކުރުގެ ފަރާތުން އަމްޖަދު ހޯދާނެއެވެ.

***

ގަޑިން ނުވައެއްޖަހާ ދިޔައިރުވެސް އަލްވިންގެ ޚަބަރެއް ނުވުމުން ޢުލްޔާ ދިޔައީ އަލްވިންގެ އެޕާރޓްމެންޓަށެވެ. އޭނާގެ އަތުގައި އޮންނަ ތަޅުދަނޑިން އެޕާރޓްމެންޓުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. އަލްވިންގެ ނިދާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއިއެކު ދޮރު ހުޅުވިގެންދިޔައެވެ.

“ދަރިފުޅު މިއަދު އޮފީހަށް ނުދާ ދުވަހެއްތަ؟” ނިދަންލާ އެއްޗެއްސާއިއެކު ހުއްޓާ އަލްވިން ފެނުމުން ޢުލްޔާ ހައިރާންވެފައި އަހާލިއެވެ.

“ލައްބަ! އަޅުގަނޑު މާބޮޑަށް ބޮލުގައި ރިއްސާތީ މިއަދު ރެސްޓު ކޮށްލަންކަމަށް.” އަލްވިންގެ ޖަވާބު އަޑު އިވުންމާއިއެކު ޢުލްޔާގެ އަތުގެ ނުފުށުން އަލްވިންގެ ނިތްކުރީގައި ޖައްސާލިއެވެ. އަދި ކަނދުރާގައިވެސް އަތްޖައްސާލިއެވެ. “ދަރިފުޅު ހުން އައިއްސައެއްނުން. ބޭސް ކައިފިންތަ؟” ޢުލްޔާ އަވަސްއަވަހަށް ސުވާލުކޮށްލިއެވެ. އަލްވިން ދެފަރާތައް ބޯ ހޫރާލަމުން ގޮސް އެނދުގައި އިށީނދެލިއެވެ.

“ކާއެއްޗެއް ކައިގެން ދޯ ބޭސްކާނީ. މަންމަ އަންނާނަން ކޮންމެވެސް އެއްޗެއް ހިފައިގެން. އިހަށް ދަރިފުޅު އޮށޯވެލާ އިނގޭ!” ޢުލްޔާ ލޯތްބާއިއެކު ބުނެލިއެވެ.

ޢުލްޔާ ލާރާ ގޮވައިގެން ނިކުތްއިރު ޝިމްލާވެސް ޔޫސުފްއާއިއެކު ގަސްތަކަށް ފެންދިނުމަށްފަހު ކާކޮޓަރިއަށް ވަންނަނީއެވެ.

“ދައްތާ! ތީ ކޮންކަމެއް؟” ލާރާގެ އަތުގައިވާ ތަށިބަރިއާއި ދިމާއަށް ބަލާލަމުން ޝިމްލާ ސުވާލުކޮށްލިއެވެ.

“އަލްވިން ބަލިވެއުޅޭތީ ސައި ހިފައިގެންމިދަނީ. ދައްތަ އެބައަންނަން އިރުކޮޅަކުން. ދަރިފުޅު ސައިބޯލާ އިނގޭ.” ޢުލްޔާ ލިފްޓާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

“ދައްތާ މަޑުކޮށްލަބަލަ! އަޅުގަނޑުވެސް ދާނަން. އަންނާނަން އަތްދޮވެލައިގެން.” ޝިމްލާ މިހެން ބުނުމަށްފަހު ކާކޮޓަރިއަށް ވަން ކަމެއް ނޭނގެ ނިކުމެއްޖެއެވެ. އަދި ލާރާގެ އަތުގައިހުރި ތަބަށް ދިނުމަށް އެދުނެވެ. ޢުލްޔާ ބޮލުން އިޝާރާތްކޮށްލުމުން ލާރާ ޝިމްލާގެ އަތަށް ތަބައްދިނެވެ. ޢުލްޔާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

ނިތްކުރިމަތީ އަތް ބާއްވާލައިގެން ލޯމެރިފައި އޮތް އަލްވިން ފެނުމާއިއެކު ޝިމްލާގެ ހިތުގެ ވިންދު އަވަސްވިއެވެ. އަތުގައި ހުރި ތަބަށް ސައިޑް ކަބަޑް މަތީ ބެހެއްޓުމަށްފަހު ދުރަށް ޖެހެލިއިރު އެދެލޯ އަމާޒުވެފައިވަނީ އަލްވިންގެ މެރިފައިވާ ދެލޮލަށެވެ.

ކަޅުކަންގަދަ ދިގު އެސްފިޔަތައް ތަޅުވާލަމުން އަލްވިންގެ ދެލޯ ހުޅުވާލީ ޢުލްޔާ ގޮވާލުމުންނެވެ. އަލްވިންގެ ފުސްވެފައިވާ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާއަށް ކަޅިޖަހާނުލާ ބަދަމުންގެންދިޔަ ޝިމްލާއެވެ. އެ ރަތްވެފައިވާ ދެލޯ ފެނުމުން ޝިމްލާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

ބަސްއަހާ ކުޑަކުއްޖެއް ފަދައިން މަންމަގެ އަތުން ފަހަރަކު ސަމުސަލެއް ބޮމުންގޮސް އަލްވިން ސޫޕްތަށި އެއްކޮށް ހުސްކޮށްލިއެވެ. ރޭހަތަރުދަމުވެސް ކާއެއްޗެއް ނުކައި ހުރުމުން މާބޮޑަށް ބަނޑުހައިވީއެވެ. ކުޑަ ފެންފޮދެއް ބޯލުމަށްފަހު ބޭސްކައިގެން އޮށޯވެލީ އަރާމްކޮށްލާށެވެ.

“ދަރިފުޅާ ޝިމްލާ! މިތާ އަލްވިންގެ ގާތުގައި މަޑުކޮށްލެވިދާނެތަ ދައްތަ އަންނަންދެން؟” ޢުލްޔާގެ ސުވާލުގެ އަޑް އިވުމާއިއެކު ވާހަކަދައްކަން އަލްވިންގެ ދޫ ޙަރަކާތްކޮށްލުމާއިއެކު އިވިގެންދިޔައީ ޝިމްލާ އެކަމަށް އެއްބަސްވަމުން އޯކޭއޭ ބުނިއަޑެވެ. އަލްވިންއަށް ބޭއިޚްތިޔާރުގައި ޝިމްލާއާއިދިމާއަށް ލޯހަނިކޮށްލަމުން ބަލާލެވުނެވެ.

ޢުލްޔާ ނިކުމެގެން ދިއުމަށްފަހު ކޮޓަރިތެރެއަށް ވެރިވީ ހަމަހިމޭންކަމެވެ. އަލްވިންގެ ނަޒަރުން އުނދަގޫވެފައިހުރެ ޝިމްލާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މިހާ ބޮޑު އެހާމެ ފުރިހަމަ ކޮޓަރިއެއް އޭނާ ޙަޔާތުގައިވެސް ދެކެފައެއް ނުވެއެވެ. އެއްފަރާތް އެއްކޮށް ހުދުކުލައާއި ކަޅުކުލައިން ޑިޒައިންކޮށްފައިވާ ދޮރުފޮތިގަނޑެއް ދަމާފައިވުމުން އެއީ ބެލްކަންޏާއި ދިމާއަށް ހުންނަ ދޮރާއި ކުޑަދޮރުތައްކަން އޭނާއަށް ނަގައިގަނެވުނެވެ. ކަޅާއި ހުދުންހުރި އެންމެ އަގުބޮޑެތި ރީތި ފަރުނީޗަރުން މުޅި ކޮޓަރި ފަޅުފިލުވާފައިވެއެވެ. ދެން ޝިމްލާގެ ލޮލުގައި އަޅައިގަތީ އެނދުގެ ހެޑްބޯޑާއި ދިމާ މަތީގައި ހަރުކޮށްފައިވާ ކުރެހުމެކެވެ. އޭގެންވެސް ފެންނަންހުރީ ކަޅާއި ހުދުން ކުރަހާފައިވާ ޑޫޑްލް އާރޓް މަންޒަރެކެވެ. އެނދުގެ އެއްފަރާތުގައި ތިރީގައި ބަހައްޓާފައިހުރި މާޓުކުރީގައިވެންވަނީ ކަޅާއި ހުދުކުލައިގެ ނުފޮޅޭ މާތަކެކެވެ. މުޅި ކޮޓަރީގައިވެސް ވަނީ ކަޅާއި ހުދުން ތަރުތީބުކުރެވިފައިވާ ތަކެއްޗެވެ. ޝިމްލާހުރީ އެތަން ރީތިކަމުން ހައިރާންވެފައެވެ.

ޝިމްލާގެ ނަޒަރު އެނބުރި އަލްވިންއަށް ބަލާލިއިރު އަލްވިންގެ ނަޒަރު އަދިވެސް އޭނައަށް ހުއްޓިފައިވުމުން ޝިމްލާގެ ހިތުގެ ވިންދު އަވަސްވާންފެށިއެވެ. އެދޮން މޫނުގެ ކުލަ ފިޔާތޮށި ކުލައަކަށް ބަދަލުވެގެންއައި މަންޒަރު އަލްވިންގެ ލޮލުގައިވެސް އަޅައިގަތްކަން ގައިމެވެ. މިއީ އަލްވިންއަށް އާ މަންޒަރެއް ނޫނެވެ. އަލްވިން ފެނުމުން އެތަށް ކުދިންނެއްގެ މޫނުގެ ކުލަ ބަދަލުވާތަން އޭނާ ދެކެއެވެ. އެކަމުން އޭނާ ވަނީ ފޫއްސެވެ. ނަމަވެސް މިފަހަރު ތަފާތެވެ. އެމޫނު ފެނިލުމުންވެސް އަލްވިންއަށް އުފާވެރިކަން އިޙްސާސްވެއްޖެއެވެ. އެވަގުތު އޭނާ ބޮލުގައިވާ ރިހުންވެސް ފިލާދިޔަހެން ހީވިއެވެ.

“ޝިމްލާ! މިކޮޅަށް އާދެބަލަ” އަލްވިން މަޑުމަޑުން ގޮވާލިއެވެ. ޝިމްލާއަށް ޤަބޫލް ނުކުރެވިފާ ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ޝިމްލާ ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅުވެސް ފަހަތައް ޖައްސާލެވުނީ ކޮޓަރިތެރެއަށް ވަދެގެންއައި ޢުލްޔާ ފެނުމުންނެވެ.

ޢުލްޔާ އޭނާ ގެނައި ތުވާލި ފޮތިކޮޅު ފިނިފެން އެތި ތެރެއަށްލުމަށްފަހު ކުޑަކޮށް ފެލާލިއެވެ. އަދި އަލްވިންގެ ބޮލާއި ދިމާއަށް ގުދުވެލި ވަގުތު ޖީބުގައިއޮތް ފޯނު ރިންގުވާންފެށިއެވެ.

“ދައްތާ! އަޅުގަނޑު އަތަށްދީފަ ދައްތަ ފޯނަށް ޖަވާބުދީ.” ޝިމްލާ ވަރަށް ޖެހިލުންވެހުރެ އޭނާގެ ހިތުގެ އެދުން ހާމަކުރިއެވެ. ޢުލްޔާ ހިނިތުންވެލަމުން ޝިމްލާގެ އަތަށް ތުވާލިކޮޅު ދެމުން ފޯނު ޖީބުން ނަގާ ކަންފަތުގައި ޖައްސާލިއެވެ. “އައްސަލާމް އަލައިކުމް.” ޢުލްޔާ ވާހަކަދައްކަމުން ނިކުތީ ބެލްކަންޔަށެވެ.

ޝިމްލާ މަޑުމަޑުން އަލްވިންގެ ބޮލުގައާއި މޫނާއި ކަނދުރާގައި ފެން އުނގުޅަމުން ގެންދިޔައިރު އަލްވިންގެ ބޮޑު ދެލޯ އޭނާއަށް އަމާޒުވެފައިވާކަން ޝިމްލާއަށް އިޙްސާސްވިއެވެ. އެހެންކަމުން އޭނާއިނީ ލަދުން ވިރޭވަރުވެފައެވެ. ޝިމްލާ މަސައްކަތްކުރީ އަލްވިންއާއި ހަތަރުކަޅި ހަމަނުކޮށް ވޭތޯއެވެ.

އަލްވިންއަށް ލިބެމުންދިޔައީ އާދަޔާ ޚިލާފް އުފާވެރިކަމެކެވެ. އޭނާގެ ހިތް އުފަލުން ނަށާހެން ހީވެއެވެ. އާއެކެވެ! މައިޝާގެ ހަނދާނުގައި އޭނާ ދުވަސްތައް ގުނަމުންއައީ ނުހަނު ހިތްދަތިކަމާއި އެކުއެވެ. އެހިތަށް ވަނީ އެތަށް ޒަހަމްތަކެއް ލިބިފައެވެ. ނަމަވެސް ދެން އޭނާ ބޭނުންވަނީ އާފެށުމަކުން ފަށާށެވެ. އަލްވިން އޭނާއަށްޓަކައި ޝިމްލާގެ ހިތުގައި ޚާއްސަކަމެއް ދެވިފާ އޮތްތޯ ބަލަން ބޭނުމެވެ. އެދެލޮލުން އޭނާއަށް އެފެނުނީ ލޯބިތޯ ޔަޤީންކުރަން ބޭނުމެވެ. އެއީ ހަޤީގަތުގައިވެސް ލޯބި ކަމަށްވާނަމަ އޭނާގެ ހިތުގެ އެދުން ހާޞިލްވީއެވެ. އެހެން ނުވެއްޖެނަމަ އޭނާ އަނެއްކާވެސް ކުރީގެ ދުނިޔެއަށް އެނބުރި ދިއުން ނޫންގޮތެއް ނެތެވެ. އެތައް ދުވަހަކަށްފަހު އަލްވިންގެ މޫނުމަތީގައިވަނީ ފުން ހިނިތުންވުމެކެވެ.

“ދަރިފުޅާ އަދިވެސް ބޮލުގައި ރިއްސާތަ؟” ޢުލްޔާއަށް އޭނާއައިތަން ފެނި އަލްވިންގެ މޫނުމަތީގައިވާ ހިނިތުންވުން ފޮރުވި މަންޒަރު ރަނގަޅަށް ފެނުނެވެ. އޭނާގެ ހިތް އުފަލުން ނަށާލިއެވެ.

“ލައްބަ! އަމް އޯކޭ ނައު. ދެން ނިދާލީމަ އެއްކޮށް ރަނގަޅުވެދާނެ.” އަލްވިން ލޯމަރަލަމުން ބުނެލިއެވެ. އަދި އަނެއްކާވެސް ލޯ ހުޅުވާލުމަށްފަހު “ތޭންކްސް” އޭ ބުނެލިއެވެ. ތަބަށް ހިފައިގެން ތެދުވި ޝިމްލާއަށް ހިނިތުންވެލެވުނެވެ.

***

“ތިބުނާ ކުއްޖެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު މި ގަނޑުކޮޅުގައި ލިޔެލާ.” ބަކުރު ކަރުދާސްގަނޑަކާއި ގަލަމެއް އަމްޖަދުގެ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. އަމްޖަދު އޭގައި ހިފުމަށްފަހު ޖީބުން ނެގި ރުމާލުން އޭނާގެ ނިތްކުރިމަތީ ބަބުޅަމުންދިޔަ ދާތިކިތައް ފުހެލިއިރު އެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

އަންވާރު ސީސަން 2 (ފަހުބައި)

Next

ހަޔާތުގެ ކަޅު ޞަފްހާ..

Next
July 11, 2017

ހަޔާތުގެ ކަޅު ޞަފްހާ..

Previews
July 11, 2017

އަންވާރު ސީސަން 2 (ފަހުބައި)

34 Comments!

  1. Psenhi says:
    July 11, 2017 at 2:36 pm

    Here it is. Hope u like it 🙂

  2. reen says:
    July 11, 2017 at 2:39 pm

    Yey me 1st vaahaka obiness to the mex ingey

    1. Psenhi says:
      July 11, 2017 at 3:30 pm

      Thnkx reen. Yes!

  3. Aashaa says:
    July 11, 2017 at 3:06 pm

    Are they twins.maisha and shimla

    1. Psenhi says:
      July 12, 2017 at 10:56 am

      Lets c. Thnkx 4 da comment

  4. SHAAYAA♥ says:
    July 11, 2017 at 3:29 pm

    Hey vaahaka varah nice .. hama habeys u have talent keep it up .. maashaa allah

    1. Psenhi says:
      July 11, 2017 at 3:31 pm

      Thnkyou SHAA. 🙂

  5. Leen says:
    July 11, 2017 at 3:46 pm

    Story v rythi.. v interesting.. hama superb ?

    1. Psenhi says:
      July 11, 2017 at 6:29 pm

      Thnkx Leen

  6. khajja says:
    July 11, 2017 at 4:24 pm

    Wow masha allah stry v rythi v interesting alvin n shimlaa gulheynedhw n mihaaru shaashaa kobaabaa? Alvin n shimlaa nugulhenis dhen shaashaa aa dhimaavejjeyyaa vaany kihineiybaa stry obiness to the max v loabi v furihama ??????when nxt prt❤❤❤❤❤

    1. Psenhi says:
      July 11, 2017 at 6:30 pm

      Thnkyou khajja. Thursday insha Allah

  7. Shii says:
    July 11, 2017 at 4:33 pm

    Wow v salhi this part ves.waiting for next part.kon iraku next part up vaani?

    1. Psenhi says:
      July 11, 2017 at 6:31 pm

      Thnkyou Shii. Thursday insha Allah

  8. Ish says:
    July 11, 2017 at 5:23 pm

    Vvvvvvvvvvvvvv salhi…??
    ?????????
    Thankolheh dhigu v ma rangalhee… Sorry… Ekam ish ah rangalhu goi hama bunely… But story hama brilliant ?

    1. Psenhi says:
      July 11, 2017 at 6:32 pm

      I know dear. Thnkx Ish

  9. maroon says:
    July 11, 2017 at 6:38 pm

    Interesting.. waiting for the next ep…??? good job psenhi

    1. Psenhi says:
      July 11, 2017 at 6:40 pm

      Thnkx maroon 🙂

  10. muha says:
    July 11, 2017 at 6:51 pm

    Story is very interesting, can’t wait for the next part =)

    1. Psenhi says:
      July 11, 2017 at 7:01 pm

      He he. Thnkx muha

  11. Adha? says:
    July 11, 2017 at 10:19 pm

    Wow its fantastic.. varah reethi mi part.. Alvin aa shimlaa aa gulhuvaadhen avahah..?? waiting 4 next part?❤

    1. Psenhi says:
      July 12, 2017 at 11:02 am

      Thnkyou Adha. Hmm thikama miulheny ekm nenge dhw vaanegotheh

  12. Naz says:
    July 12, 2017 at 12:26 am

    V nice next part

    1. Psenhi says:
      July 12, 2017 at 11:03 am

      Thnkx Naz

  13. Hudher says:
    July 12, 2017 at 1:09 am

    Wow varah varah reethi mi part ves…vaahaka up veytho bala bala mihunnanee…kiyaahithun keh madhuvefa?

    1. Psenhi says:
      July 12, 2017 at 11:04 am

      Thnkx Hudher. V ufaavey thiha inthixarr kirathy 🙂

  14. who am i? says:
    July 12, 2017 at 2:43 am

    v salhi ❣❣❣❣

    1. Psenhi says:
      July 12, 2017 at 11:04 am

      Thnk you

  15. nux says:
    July 12, 2017 at 7:49 am

    wow v ineresting well done psenhi kiyaahithun indhaa enimuny?????waiting 4 the next part lvu????

    1. Psenhi says:
      July 12, 2017 at 11:07 am

      Thnkx nux. ?

  16. Anonymous says:
    July 12, 2017 at 8:52 am

    haadha kurey.. knme dhuvahaku up koh dheebala.. vaahaka v reethi..

    1. Psenhi says:
      July 12, 2017 at 11:08 am

      Thnkx Anonymous. Kykurany psenhi ah time libey varakun miliyany.

  17. santos says:
    July 13, 2017 at 11:08 am

    Update vaane irakah inthizaaru kurany mi.. I am checking this iru iru kolhakaa. Update vitho. Varah reethi mi vaahaka. 🙂

  18. muha says:
    July 13, 2017 at 5:21 pm

    Same. Kon irakun vaahaka up vaany

  19. Beauty says:
    July 23, 2017 at 11:58 pm

    Vaahaka was very nice.. Mashallah.. ??

Comments are closed.

Next Episodeއެ ތޫފާނީ ރޭ (8)←


All Right Reserved!