Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ނަވާރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
July 8, 2017 5 Mins Read
38 Comments

އެމީހުން އެންމެން އެއްކޮށް ފުރަތަމް ރެންސްޓޯރެންތަކަށް ދިޔައީ ސައި ބޯލާށެވެ. އެޔަށް ފަހު ހަތަރު ކުދިން ވާހަކަ ދައްކަން ތިބުމަށްފަހު އެންމެ ފަހުން ރުއާ ދާންޖެހިގެން ދިޔައީއެވެ. އެވާނީ ޖޮނަތަންގެ ކަމެއްކަމަށް އަލާނިޔާމެން ނިންމިއެވެ. އެއީ މާކުރިން ވެސް އެމީހުން ރާޥާފައި ވާގޮތަށް ވާތީއެވެ. ލައިތް މަޑުން އިނދޭ ޔުސްރާއަށް މެސެޖެއް ކޮށްލިއެވެ. އެޔާ އެކު ޔުސްރާ  ހަޅޭއްލަވައި ގަނެފައި ނުވާނެއޭ ކިޔާ ހަޅޭއްލަވައިގަތެވެ.

އަލާނިޔާ ސިއްސައިގެން ގޮސް ގޮނޑީންވެސް ނުވެއްޓުނީ ކިރިޔާއެވެ. “ތި ކޮން ހަޅޭކެއްތަ ތި ލަވަނީ… ދަތްޕިލަ އަތަށް ލައިގެން އިން ފާޑު ބަލާބަލަ.” އަލާނިޔާ ލަދުގަތްވަރުން ޔުސްރާއާ ދިމާއަށް އެއްޗެހި ގޮވާލިއެވެ. އޭރުވެސް ޔުސްރާ ފޯނަށް ބަލަބަލާފައި ހަމަ ހެނީއެވެ. އެންމެ ފަހުން ލައިތްވެސް އެތަނުން ތެދުވީ އެ މެސެޖު ނުފޮނުވުންނަމައޭ ހިތަށް އަރާ ހާލުއެވެ. ތިން މީހުން ގެޔަށް ދިޔައީ ލައިތް ހުކުރަށް ދާން ވާއިރަށް ގެޔަށް ދިއުމަށެވެ.

ގެޔަށް ވަދެވުމާއެކު ލައިތް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަލާނިޔާމެންވެސް އެމީހުންގެ ކޮޓަރިއަށް ވަނީ ވަރުބަލި ފިލުވާލުމަށެވެ. އެޔާއެކު އެނދުމަތީގައި އޮތް ޕާރިސަލް ދެމީހުންގެ ލޮލުގައިވެސް އަޅައިގަތެވެ. “އެންމެ ލޯބި ލާނީއަށް.” ޔުސްރާ އެހެން ކިޔާލުމާއެކު އަލާނިޔާ އައިސް މީ ކޮންކަމެއްހޭ ކިޔާ އޭތި ކަނޑާލިއެވެ. އެ ފޮށީގެ ތެރޭގައި އޮތީ ވަރަށް ރީތި ހުދުކުލައިގެ ހެދުމެކެވެ. އަތާއިކަރު ރީތި ވިދާ ލޭހަކުން ވީއިރު އެއީ ވަށްތިރި އަދި ކުރުހެދުމެކެވެ. ކަރުގައި މުތީތަކެއްފަދައިން މިނާވެސްހަރުކުރެވިފައި ހުއްޓެވެ. ފަހަތުން ބޮޑުކަރެއް އިންއިރު އެބައި އިނީ ވާފަށެއް ފުރާލާހެން އައްސާލާ ގޮތަށެވެ. އެ ހެދުން ވަރަށްވެސް ފުރިހަމައެވެ. އޭގެ އިތުރަށް ރިހީގެ ޖަވާހިރު ތަކަކަން ޖަރީ ކުރެވިފައިވާ ހާރަކާ ހުދުކުލައިގެ ހީލްއެއް އޮތެވެ. އަދި ބޮލުގައި އަޅާ ކުދިކުދި ޖަވާހިރުތަކެއްހުރި ބޭންޑެއްވެސް އޮތެވެ. އަލާނިޔާގެ ކުރުކުރު އިސްތަށިކޮޅާ ނުހަނު ގުޅޭނެކަން ޔަގީނެވެ.

އަލާނިޔާ އަނގަހުޅުވާލައިގެން ހުއްޓާ ޔުސްރާ މިރޭ މީހަކު ނުގެއްލިއްޖެޔާ ވާ ރަނގަޅޭ ބުނަމުން ފެންވަރަން ވަނެވެ. ޔުސްރާ ފެންވަރައިގެން ނިކުތްއިރުވެސް އަލާނިޔާ އެ އިން ގޮތަށް އިނުމުން ޔުސްރާ ހިނިގަނޑު ކޮންޓްރޯލް ކޮށްލިއެވެ. “ރުއާގެ ކަމެއްހެން ހީވަނީ..ރީތި ދޯ.. ދެން ދޭ ފެންވަރަން.” ޔުސްރާ އެންމެ ފަހުން ބުނެލިއެވެ. އެޔާއެކު އަލާނިޔާ އޭނަ އަދި ދެއްކެން އެބަ އުޅޭ ނޫންހޭ ބުނަމުން ފާހަނަޔަށްވަނެވެ.

ހުކުރަށް ފަހު ތިން އެކުވެރިން ވެސް މުޅި ދުވަސް ހޭދަކުރީ ބޭރުގައެވެ. ފިހާރަތަކާ ރެސްޓޯރެންޓުތަކުގައެވެ. އެއީ އެންމެ ރައްކާތެރި ގޮތް ކަމަށް ވީތީއެވެ. ހަގީގަތުގައި އެމީހުން އެއްޗެއްހި ގަތީކީވެސް ނޫނެވެ. ހަމަ ވަގުތު ނަގާލުމަށް ހިނގާލީއެވެ. އެންމެ ފަހުން އެމީހުން ގެޔަށް އައީ ހަގަޑި ބައިވަނިކޮށެވެ. އަށެއް ޖަހާއިރަށް ޕާޓީއަށް ދާން އޮތުމާއެކު ކޮންމެ މީހަކުވެސް ދެން އުޅުނީ ރީތި ވާންށެވެ.

އެންމެ ފުރަތަމަ ރީތި ވެވުނީ ޔުސްރާއަށެވެ. ހުދުކުލައިގެ ދިގު ހެދުމެއްގައި ޔުސްރާ ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. އެ ދިގު އިސްތަށިގަނޑު ދޫކޮށްލެވިފައި ވީއިރު ޖަހާލައިފައި އިން ރިހި ކުލައިގެ މަލުން ރީތިކަންއިތުރު ކޮށްދިނެވެ. ކޮށްފައިވާ ލުއި މޭކަޕާއެކު ޔުސްރާ ސިފަވީ ޕަރީއެއް ފަދައިންނެވެ. އެވަގުތަކީ އަލާނިޔާވެސް ހެދުން ލައިގެން ރީތިވާން އައި ގަޑިކަމުން އޭނާވެސް ޔުސްރާގެ ރީތިކަމަށް ތައުރީފުބަސްތައް އޮއްސާލިއެވެ.

އަލާނިޔާ ރީތިވާން އުޅެން ފެށުމުން ޔުސްރާ އަލާނިޔާއަށް އެހީ ވާން ފެށިއެވެ. އެގޮތުން އަލާނިޔާ މޭކަޕްކޮށްދީ ފުނާއެޅުވިއެވެ. އަދި ރީތިވާނޭހެން ބޭންޑޫއަޅުވާލަދީ ފަށްވެސް އަޅުވާލަދިނެވެ. އަލާނިޔާ ހީވީ ސާދަވިލޭރޭގެ ހަނދެއްހެނެވެ. އެހާވެސް ޔުސްރާ އޭނާ ރީތިކޮށްދިންލެއް ފުރިހަމައެވެ. އެހެދުމުގައި ހުރި މިނާތަކާ ހުދު އެނސްތަކަށް އަލި އެޅިފައި ވީއިރު އެހެދުމާ ބޭނުން ކޮށްފައި ހުރި ގަހަނާގެ ސަބަބުން އަލާނިޔާވެސް ހީވީ ޖަވާހިރެއްހެނެވެ. ކޮންމެ މީހަކަށްވެސް ހަނދާންވާނީ ސިންދްރެއްލާ ކާޓޫނުކަން ޔަގީނެވެ.

ދެ ކުދިން އެކުގައި ފޮޓޮއެއް ނަގާލުމަށްފަހު ބޭރަށް ނިކުތް އިރު ހުދު ކޯތު ފަޓުލޫނެއް ލައިގެން އިން ލައިތް ފެނުނެވެ. ލައިތް އަލާނިޔާ ފެނުމާއެކު ކަޅިޖަހާނުލާ ބަލަން ފެށުމުން އަލާނިޔާ ލަދުން ހަލާކުވާވަރު ވިއެވެ. ލައިތްވެސް ނޫންކަމަށް ހަދާލުމަށްފަހު ޔުސްރާއާ ދިމާއަށް ހީލަމުން ގެއިން ނިކުތުމަށް ހިނގައިގަތެވެ. އޭރުވެސް އަލާނިޔާ ހުރީ އިސްޖަހާލައިގެނެވެ.

ކާރެއްގައި އަލާނިޔާމެން އައީ ދަރުބާރުގެއަށެވެ. އެތަނުން އެމީހުންނާރުއާ ބައްދަލު ކުރިއެވެ. އަދި އަލާނިޔާމެންގެ ރީތިކަމަށް ތައުރީފު ކޮށްލިއެވެ. ހެދުމުގެ ވާހަކަ އަލާނިޔާ ނުދެއްކުމުން ޔުސްރާ ހުރީ ވަރަށް ހިންހަމަ ޖެހިފައެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމް އޮތީ އެއްކޮށް ހުދުކުލައިލް ޖަރީވެފައެވެ. ކޮންމެ މީހަކުވެސް ހުދުހެދުމެއް ލައިފައި ވީއިރު ބޭނުން ކޮށްފައިވަނީ އަގު ބޮޑު ގަހަނާއެވެ. އެތަށް ރީތި އަންހެން ކުދިންނެއް އެތާ ތިބި އިރުވެސް ދުރގައި ވަކިން ހުރި ލައިތްގެ ނަޒަރު ހުއްޓިފައިހުރީ އަލާނިޔާއަށެވެ.

އެ މާހައުލުން އިވެނީ ވަރަށްވެސް ފުރިހަމަ ލަވައެކެވެ. “އެދެމޭ ކަލާޔާ ގާތުގާވުމަށް…. ފެންނާތީ ޔާރާގެ މޫން…” ލައިތް މަޑުމަޑުން އަލާނިޔާ މެންގެ ގާތަށްޖެހެމުން ދިޔައެވެ.އަދި މަޑުމަޑުން އަލާނިޔާއަށް ގޮވާލިއެވެ. އޭރުވެސް ލަވައިގެ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ. “ތެދެކޭ ތިއީޔޭ ހުވަފެނުގެ ރާނީ…ފެނުނީއެ ޖާދޫވީމޫން..ބެލިގޮތަކުން އެޅުނީ ހިތުކޫރު…އަލިމޫނޭ ސިފަވާ ހޫރު،،”

ލައިތް އެންމެ ފަހުން އެއްފައި މައްޗަށް އިށީނެވެ. އެވަގުތު އެންމެންމެން ލައިތްމެން ވަށާލުމުން އަލާނިޔާވެސް ސިހިފައި ފަހަތަށް އެނބުރުނެވެ. އެވަގުތު ލައިތްފެނުމުން އަނގަމތީ އަތް އަޅާލެވުނެވެ. ލައިތް އިނީ ވަރަށް ލޯބި ޖަވާހިރެއް ޖަހާލައިފައި އިން ރިހި އަނގޮޓިއެއް ހިފައިގެނެވެ. “އަލާނިޔާ..ވިލް ޔޫ ބީ ދަ ޕީނަޓް ބަޓާ އިން މައި ޕީނަޓް ބަޓާ ސޭންޑް ވިޗް؟” ލޯބިން ފުރިގެންވީ ބެލުމަކުން ބަލާލަމުން ލައިތް އަހާލިއެވެ. އަލާނިޔާ ލަދުން ހުރެވެސް އޭނާގެ އަތް ދައްކާލިއެވެ. އަދި މަޑުމަޑުން ބޯ ޖަހާލިއެވެ. އެޔާއެކު އެންމެންތައް އެއްއަޑަކުން ހަޅޭއްލަވާލިއެވެ. ލައިތްވެސް އަލާނިޔާގެ އިނގިލީގައި އަނގޮޓި އަޅުވާލުމަށްފަހު ތެދުވެ ބައްދާލިއެވެ. އަނެއްކާވެސް މީހުންތައް އެހެން ކަންކަމައިގެން އުޅެން ފެށުމުން ލައިތް އަލާނިޔާ ގޮވައިގެން ދިޔައީ އެތަނުން ބޭރަށެވެ. އޭރު ދެމީހުންގެ ހިތްވެސް އެއްބާރު މިނެއްގައި ތެޅެމުން ދިޔައެވެ. ލައިތްގެ އަތް އަލާނިޔާގެ އަތާ ގުޅާލެވިފައި ވީއިރު އެ ދެ މީހުން ނުހަނު ގުޅެއެވެ.

“ލައިތް..މިރޭ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެންދެކެ އަބަދުވެސް ލޯބި ވައްޗޭ…އަހަރެން ނުބުންޏަސް އަހަރެން ލައިތްދެކެ ވަރަށް ލޯބި ވަން… މިރޭ އަހަރެންގެ ފުރާނަ ވަކިވިޔަސް އަބަދުވެސް ލޯބި ވާނަން” އަލާނިޔާ ފެންކަޅިވެފައި ހުރެ ބުނެލި ވާހަކައިން ލައިތްގެ ހިތް އުފަލުން ނަށާލިއެވެ. ހަމަ އެވަގުތު ބިރުވެސް ގަތެވެ. އޭނާ ހިތުގެ އަޑީން އަލާނިޔާ ހިމާޔަތް ކުރުމަށް އަޒުމު ކަނޑައަޅާލިއެވެ. ވަރަށް ދުވަހަށް ފަހު ދެމީހުންގެ ހިތުގެ އުދާސްތަށް ބޭރުކޮށްލިއެވެ. އަދި އެކަކު އަނެކަކާ ހިއްސާކޮށްލިއެވެ. އެކުގައި ލޯބިން ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެމީހުން އެތެރެޔަށް ވަތްއިރު އިލްމު ރިލީޒް ކުރުމުގެ ހަފްލާ ފަށަން އެންމެންވެސް ތައްޔާރު ވަމުން ދިޔައެވެ. ޔުސްރާ އަލާނިޔާ އަދި ލައިތް އެއްމޭޒެއްގެ ދަށުގައި އިށީންދެލިއެވެ. “ރެޑީތަ؟” އަލާނިޔާ ކަންބޮޑުވެފައި އިންދެ ސުވާލުކޮށްލުމުން ލައިތް ބޯ ޖަހާލިއެވެ.

ކުއްލިޔަކަށް މުޅިމާހައުލުން ސެކިއުރިޓީ އެލާމްގެ އަޑު އިވެންފެށިއެވެ. އެޔާއެކު ހަޅޭއްލަވަމުން މީހުންތައް އެތަނުން ނިކުންނަން ފެށިއެވެ. އެތަނުގެ ބޮކީގެ އަލި ފަނޑު ރަތަކަށް ބަދަލުވެފައި ވީއިރު އެލާމުގެ އަޑަކަށް ބަދަލެއް ނާދެއެވެ. އަލާނިޔާމެން އެތެރޭގައި ތިބިއިރު ރުއާވެސް ހުރީ އެތެރޭގައެވެ. ވަމުންދާގޮތް ނޭންގޭ ހާލުއެވެ. އެތަނުގައި ކުރިންވެސް ތިބި ސިފައިންގެ ޓީމު އައިސް ހަތަރު ފަރާތުން ރުއާ ބައްދާލިއެވެ. ހާސްވެފައި ހުރި ރުއާއަށް ހުރިހާކަމެއް ރޭކާލާން ފެށީ އެހިސާބުންނެވެ.އަދި ނުރައްކާތެރި ބެލުމަކުން އަލާނިޔާ މެންނާ ދިމާއަށް ބަލައިލިއެވެ. އޭރު ބަޑި ދިއްކޮށްގެން ހުރެ ލައިތްވެސް އެދިމާއަށް އާދެއެވެ. ދެން އިވެންވފެށީ ރުއާގެ އަތްތިލަ ބަޑީގެ އަޑެވެ.

“ވާއު ވާއު… ހާދައޭ ތިމީހުން މޮޅީދޯ…ފުރަތަމަ އެހެރަ އަލާނިޔާ މުލައިލް އޭނާގެ މަޅީގަ ޖެއްސީ..މިހާރު ލައިތް… ތިއޮއް ކުޅަދާނަ ކަމެއްދޯ…. މަކަރުވެރި ނުލަފާ އަންހެނާ…ކަލޭ މެން އުފަލުގަ އުޅުނަކަ ދުވަހަކުވެސް އަހަންނެއް ނުދޭނަން.” އެހެން ބުނުމަށްފަހު ކުއްލިޔަކަށް ވަޅިއެއްނެގުމަށްފަހު ލައިތްގެ ބަނޑަށް ހަރާލިއެވެ. އެޔާއެކު އަލާނިޔާ އަދި ޔުސްރާގެ ހަޅޭކުގެ އަޑު އިވުނެވެ. ހަމަ އެވަގުތު އަލާނިޔާގެ ފަޔަށް މީހަކު ބަޑި ޖެހިޔެވެ. ޑާޓެކެވެ. މެރެމުން ދިޔަ އެންފިޔަ ތަކުގެ ތެރެއިން ޖޮނަތަން ފެނުމާއެކު ރުއާއަށް އޭނާ ބަލިވެއްޖެ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.

އިމާޖެންސީގައި ލައިތް ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރު ވެސް ބަނޑުން ބޮކި ޖަހާފައި ލޭ އަންނަމުން ދިޔައިރު އަލާނިޔާގެ އަތުގައި ހިފާލިއެވެ. އަދި ވޭނީ ގޮތަކަށް ހީލުމަށްފަހު ލޯ މަރާލިއެވެ. އެހިސާބުން ލައިތް އައިސީ ޔޫއަށް ވެއްދުމާއެކު އަލާނިޔާއަށް އެއަތުން ދޫކޮށްލަން މަޖުބޫރު ވިއެވެ. އަލާނިޔާ އަދި ޔުސްރާއަށް އެތާހުރި ގޮންޑިއަށް ތިރިވެވުނެވެ.އޭރު ޝިފާންވެސް އެތަނަށް އައިސް ހުއްޓެވެ. އަލާނިޔާގެ ހެދުމުގައި ބައިވަރު ލޭ ހުރިއިރު އަލާނިޔާގެ ހާލަތު ފެނުމުން ޔުސްރާ ކަންބޮޑުވެފައި ޝިފާންއަށް ބަލާލިއެވެ. އެޔާއެކު ޝިފާން ބޯޖަހާލަމުން އަލާނިޔާގެ ގާތުގައި އިށީނެވެ.

“ލާނީއަށް އިނގޭތަ. ލައިތް އެއީ ވަރަށް ހިތަވަރުގަދަ ކުއްޖެއް. އަހަރެމެން އެންމެ ފުރަތަމަ ސްޕެޝަލް ފޯސް އަށް ވަންނަންވެގެން ތައްޔާރު ވީއިރު ލައިތްގެ މޭދަށަށް ވަޒަނެއް އެރި. އެކަމަކު އޭނަ ހިތްވަރުކޮށްފަ އަމިއްލަޔަށް އެ ނެގީވެސް. އެތަން ފެހީވެސް. އެވަރުންވެސް އޭނަ ބެލީ އަހަރެނގެ އަނގަޔަށް ޖައްސައިގެން ހުރި ވައްތަރާ ބެހެވޭތޯ…” ޝިފާން ކުރީގެ ދުވަސްތަށް ހަނދާންކޮށްލުމުން ކިޔައިދިން ވާހަކައިން އަލާނިޔާވެސް ހީލިއެވެ. ލައިތްގެ ލާނަތްކަން ހަނދާންވުމުންނެވެ.

އިރުކޮޅަކން ނަރުސް ކުއްޖަކު އެތަނުން ނިކުތެވެ. އަދި ވަރަށް އަވަހަށް އޭ ނެގެޓިވް ލޭ ބޭނުންވާކަމަށް ބުނުމުން އެ ކުއްޖާޔާއެކު ޝިފާން އެތެރެއަށް ވަނެވެ. އަލާނިޔާ ކުރަމުން ދިޔަ ސުވާލްތަކަށް ޖަވާބު ދިނުމެއް ނެތިއެވެ. މާޔޫސްކަންމަތީ ހުރެ އަލާނިޔާ އަނެއްކާވެސް އިށީނެވެ. މިފަހަރު ޔުސްރާ އަލާނިޔާއަށް ހިތްވަރު ދިނެވެ. ނަމަވެސް ޔުސްރާވެސް ވަނީ އެތެރެއިން މުޅިން ބަލިވެފައެވެ. އަލާނިޔާއަށް އެކަން އިނގުމާއެކު ޔުސްރާވެސް ނުވިސްނުމަށް ބުންޏެވެ. ދެމީހުން އެކަކު  އަނެކެއްގެ އަތުގައި ހިފާލައިގެން ކޮނޑުގައި ބޯ އަޅާލައިގެން ތިއްބާ ލޯ މެރުނީއެވެ. ވެފައި ވާ ވަރުބައްޔާއެކު ރޮއެރޮއެ ނިދުނީއެވެ. ދެމީހުންނަށްވެސް ހޭލެވުނީ ޝިފާން ގޮވާލުމުންނެވެ. ޔުސްރާ ގަޑިބަލާލަމުން އިރު އެރީހޭ އަހާޅިއެވެ. އަދި ލައިތް ކޮބާތޯވެސް އަހާލިއެވެ. އެވަގުތު ހުރިހާ ކަމަކާ ހަވާލުވެ ހުންނެވި ޑޮކްޓަރު އައެވެ.

“އަލާނިޔާތޯ؟” ޑޮކްޓަރު އަލާނިޔާއާ ދިމާއަށް ބަލައިލަމުން އަހާލިއެވެ. ހައިރާންވެފައި ހުރެ އަލާނިޔާ ބޯ ޖަހާލިއެވެ.”ތީ ވަރަށް ނަސީބުގަދަ ކުއްޖެއް. ލައިތް އޮޕަރޭޝަންގެ ވަގުތުގައިވެސް ކިޔަމުން ދިޔައީ ތިނަން. ދެން މިހާރު އަލާނިޔާގެ މޫނަށް ބަލާލުމުންވެސް ތިޔައީ އަލާނިޔާކަން އިނގިއްޖެ. ހާސް ނުވޭ އޮޕަރޭޝަން ކާމިޔާބު. އެކަމު އަދި ހޭ ނާރާތީ..ބޭނުމިއްޔާ ވަދެލިޔަސް އޯކޭ..” ޝުކުރު އަދާކޮށްލަމުން އަލާނިޔާ އެތެރެޔަސް ވަނެވެ. އޭރު ލައިތްގެ ގަޔަށް އެތަށް ހޮޅިތަކެއް ގުޅާފައިވާ މަންޒަރު ފެނުމުން އަލާނިޔާގެ ދެލޯފެންކަޅިވިއެވެ. މަޑުމަޑުން ގޮސް ލައިތްގެ ގާތުގައި ހުރެ ލައިތްގެ ގަނޑު ފެންކޮޅެއްފަދަ އަތުގައި ހިފާލިއެވެ. އެވަގުތު އެސްފިޔަ ތަޅުވާލުމަށްފަހު ލޯ ހުޅުވާލިއެވެ. އަދި ކުރިމަތީގައި ހުރި އަލާނިޔާ ފެނުމުން ހިނިތުން ވެލިއެވެ.

ލައިތް ކޮންމެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައީތީ އަލާނިޔާ ގުދުވެލިއެވެ. މަޑުމަޑުން ލައިތްގެ އަޑު ފޯރިއެވެ.”ތި މޭކަޕް ތަށް ހުރި ފާޑުން ހީވަނީ ފުރޭތައެއްހެން. ޑޮކް ވެސް ލާނީ މިތަނަށް ވެއްދީ ތިހުރި ސިފައިން ބިރުން ކަންނޭންގެ.”…

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

މިލްކު ކޮށްލީ ހިތޭ……14

Next

އެ ތޫފާނީ ރޭ (5)

Next
July 8, 2017

އެ ތޫފާނީ ރޭ (5)

Previews
July 7, 2017

މިލްކު ކޮށްލީ ހިތޭ……14

38 Comments!

  1. Meen says:
    July 8, 2017 at 10:42 am

    Me firs. Adhi kiyaves nulan.

    1. imagination ?? says:
      July 8, 2017 at 1:19 pm

      yeyy.. heheeh.. thanks a lot for the excitement heehe?

  2. song joong ki..KOREAN says:
    July 8, 2017 at 10:51 am

    v v reethi mi part vx. 🙂

    1. imagination ?? says:
      July 8, 2017 at 1:22 pm

      ayyy.. thanks song joong ki?.. decendents of the sun ge fan eh? ??

    2. Song Hye-Kyo..KOREAN says:
      July 8, 2017 at 4:19 pm

      aslu ves mi part varah salhi dw song joong ki!!!
      yup we both are big fans of decendents of the sun!!!

    3. song joong ki..KOREAN says:
      July 8, 2017 at 6:49 pm

      ofcourse. my favourite korean series!!! 🙂 n u’re one of my favourite writer!! 😀 🙂

    4. song joong ki..KOREAN says:
      July 9, 2017 at 12:31 pm

      heyyyy song hye kyo. we both met after a long time 😀 😀 yeah we’re the biggest fan of descedents of the sun!! 😉

    5. song joong ki..KOREAN says:
      July 9, 2017 at 12:36 pm

      heyyy song hye kyo!!! we both met after a long time!! how have you been these days?? 🙂 🙂 yeah we’re the biggest fans of descendents of the sun. 😀 😉

  3. Reader says:
    July 8, 2017 at 10:59 am

    Ey alhe plz avahah up kohdhehchey. Heevanee v avahahh nimeyne hen mi story

    1. imagination ?? says:
      July 8, 2017 at 1:29 pm

      labba. dhen innnani last part.. hhaah??

  4. Xna says:
    July 8, 2017 at 11:16 am

    Is this 18th episode??? Or 19??

    1. imagination ?? says:
      July 8, 2017 at 1:30 pm

      hey.. thankss.. change kohllaifin.. its nineteenth ?

  5. Psenhi says:
    July 8, 2017 at 11:26 am

    Rua Fayah dhw vazan ery. I was little confused. Salhi mipartvs

    1. imagination ?? says:
      July 8, 2017 at 2:13 pm

      labba. fayah ery.. it was a dart

  6. khajja says:
    July 8, 2017 at 11:32 am

    Oh wow masha allah v rythi v furihama alhe laith haa naughty ey dhw ?? ehaalugaves myhunnaa dhimaakureveytho viyya ebalany?? nxt prt kon irakun avahah up kolladhybala plx plx plx

    1. imagination ?? says:
      July 8, 2017 at 2:29 pm

      ahahha…thankss khajja ???

  7. Adha? says:
    July 8, 2017 at 11:38 am

    Hehe laith varah cute..? this part is superb.. mi stry nimeny dw dhen mi??? Waiting ❤❤?

    1. imagination ?? says:
      July 8, 2017 at 2:31 pm

      haahha..yeah dhw. labba. dhen iny last part ?? thankssss

  8. aalaa says:
    July 8, 2017 at 12:20 pm

    Hey.. This is 19 th episode of edhemey kalaayaa gaathuga vaan… Isn’t? Anyways story vrh nice… Waiting …..

  9. luhan says:
    July 8, 2017 at 12:29 pm

    V v v reethi..??Kn irkn nxt prt?

    1. imagination ?? says:
      July 8, 2017 at 2:33 pm

      thankss… next part ei last part vima monday nooni tuesday ga..????

  10. Naana says:
    July 8, 2017 at 1:47 pm

    Masha allah…vrh rythi mi part vx….

    1. imagination ?? says:
      July 8, 2017 at 2:46 pm

      thank you naana ????

  11. Shi says:
    July 8, 2017 at 3:38 pm

    Wow v salhi

    1. imagination ?? says:
      July 8, 2017 at 4:15 pm

      thanks shi?

  12. sam♥ says:
    July 8, 2017 at 3:49 pm

    waiting next part ….

    1. imagination ?? says:
      July 8, 2017 at 4:15 pm

      ????

  13. ROMAN REGINS says:
    July 8, 2017 at 4:36 pm

    Wow nice keep it up when nxt part

  14. Monica Geller says:
    July 8, 2017 at 6:25 pm

    Which school are u in imagination?

  15. aalaa says:
    July 8, 2017 at 8:36 pm

    Comment up nukohdheny kyh ???

  16. Anonymous says:
    July 9, 2017 at 1:24 pm

    Haadha muskulhi lavaekey

  17. who am i? says:
    July 10, 2017 at 4:57 am

    wow chaalu ❣❣❣❣❣???

  18. Love you says:
    July 11, 2017 at 2:33 am

    Imagination dhen liyaa vaahaka vx mi kahala criminal nooney wrh spy kankan kuraa kahala story eh liyah chey……plx plx Plx plx

  19. Croscent says:
    July 11, 2017 at 11:19 am

    Dude kobaa next part. Mee up kuran jehey dhuvahehnu.? Waiting

  20. Khajja says:
    July 11, 2017 at 7:00 pm

    Alhe mirey up kohdheythi.

  21. luhan says:
    July 11, 2017 at 11:04 pm

    Kba stry?waiting..V kiya hithun mi hunnany..

  22. Ur fan says:
    July 12, 2017 at 7:16 pm

    Kobaa thr storyyy

  23. Reader says:
    July 15, 2017 at 7:16 pm

    Kobaa story?

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (ވިހިވަނަބައި)←


All Right Reserved!