Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް… 17ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
July 12, 2017 2 Mins Read
17 Comments

ގެއަށް އައިސް ވަން މިޝާއާއި ޝަމާލްވެސް ތިބީ ފުންވިސްނުމެެއްގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މަލާކްއާއި އަރޫން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާކަން ހަމައެކަނި އެނގެނީ ޝަމާލް އާއި މަލާކްއަށެވެ. ވީއިރު މިކަމުގައި އަރޫންގެވެސް ކުށެއްނެވެ. އަރޫންއަށް މިކަމުގައި ކުއްވެރިވިކަމުގެ އިނގިލިދިއްކުރެވޭނީވެސް އަރޫންއަށްވެސް އެކައިވެނީގެ ހަބަރު އެނގޭނަމަތާއެވެ. ދެން ހުރީ މަލާކްއެވެ. މިއަދު އަރޫންއަށް ވީގޮތުން އެފަކީރު ރޮއެހިތާމަ ކުރިވަރު އެނގޭނީ ހަމަ މިޝާއާއި ޝަމާލްއަށެވެ. ވީއިރު އަރޫންއަދި އެހެންމީހެއްގެ ހައްގަކަށް ވާކަން އެނގިޖެނަމަ އެކުއްގާފަކީރަށް ވާނެގޮތް ދެނެވޮޑިގެންވާނީ އެއްކައުވަންތަ ﷲ އެވެ. ” ދަރިފުޅުމެން ކޮންއިރަކު އައީ.. ” ފުންވިސްނުމެއްގައި ޝަމާލްއާއި މިޝާއަށް ހޭވެރިކަންވީ ހިޝާމްގެ އަޑުންނެވެ. ” ބައްޕާ.. އަޅުގަނޑުމެން ދެންމެގަ މިއައީ.. ” މޫނުމަތީގައިވާ ހާސްކަމާއި ނުތަނަވަސްކަން ހިންދާލަމުން އެއަށް ޖަވާބުދިނީ ޝަމާލްއެވެ. އެވަގުތު ވެފައިހުރިގޮތުން މިޝާއަށް ވާހަކަދައްކަން އުނދަގޫވާނެކަން އޭނާއަށް ދެނެގަނެވުނީއެވެ.

ލޭއެޅުމަށްފަހުގައި ބޮލުގެ ފަޅައިގެން ގޮސްފައިވާތަން ފެހުމަށްފަހުގައި ހަންމަށައިގެން ގޮސްފައިވާ ތަންތަން ސާފުކޮށްބޭސްއަޅާ ހެދިތާ މިހާރު ބަރާބަރު އެއްގަޑިއިރުވީއެވެ. ނަމަވެސް އަދިވެސް އަރޫން ހެޔެއްނާރައެވެ. ހޭއެރުމުން ނޫނީ ޕްރައިވެޓްރޫމަކަށް ނުގެންދަން ޑޮކްޓަރު އަންގާފައިވުމުން ސަމީހުފިޔަވާ އެއްވެސް މީހަކަށް އަދި އަރޫން ނުފެނެއެވެ. ސަމޯހުއަށްވެސް ވަނުމުގެ ހުއްދަލިބުނީ އޭނާގެ ގާތް ރަހުމަތްތެރިއަކު އިސް ޑޮކްޓަރަކަށް ހުރުމުންނެވެ. އަނެއްކާ އެކްސިޑެންޓްގެ ގޮތުން އެކޭސްވެސް ދަނީ ކުރިއަށެވެ. އަރޫން ހޭއެރުމުން އަންގާލުމަށްބުނެ ޕޮލިސްއޮފިސަރވެސް ދިޔައީ އަރޫން ހޭއެރުން ލަސްވަމުންދާތީއެވެ.

ހޮސްޕޓަލުގެ ގޮނޑީގައި ލެގިލައިގެން ނޫރާއަށް މީހަކު އޭނާއަށް ބަލަމުންދާކަމެއް ރޭކާނުލައެވެ. އެއަށްވުރެ އޭނާވަނީ ހިތާމައިގެ އަސަރުކޮށްފައެވެ. ދުރުގައި ބަލަންހުރިމީހާ ކެމެރާއިން ނޫރާގެ ތަސްވީރު ނަގާލުމަށްފަހު ދިޔައިރުވެސް ފޯނުގެ ސްކްރީންއަށް ގެއްލިފައިވާ ނޫރާއިނީ ރައްޓެހި ކުއްޖަކާއި މިއަދު ހިނގާދިޔަ ހާދިސާތައް ހިއްސާކޮށް ހިތަށް ތަސައްލީއެއް ހޯދުމުގައި މަސްއޫލުވެގެންނެވެ. ކެމެރާ ހިފައިގެން އަވަސްއަރުވާލާފައި ނިކުތްމީހާ އަށް އެރުނީ ބަލްޤިސްގެ ކުރިމައްޗަށެވެ. އެއާއެކު ބަލްޤިސް ހިނިތުންވެލާފައި “މިތާކީއްކުރަނީ” އަހާލިއެވެ. “މީ ރައްޓެއްސަކަށް ގޮވާލަން އައިސް. ” އޭބުނެ އެމީހަ އަވަހަށް ނިކުތީ ބުނެވޭއެއްޗަކުން ބަލްޤިސްގެ ކުރިމަތީގައި ބޭޒާރުވެދާތީއެވެ.

އިރުއެރުމާއެކުހެން މައިޝާ އެންމެ ފުރަތަމަވެސްދިޔައީ މަލާކްގެ ހަބަރެއްބަލާލުމަށެވެ. އޭރު މަލާކްވެސް ހޭލައިގެން ހުރިހާ ހެދުންތަކާއެއްޗެހި ނަގާ އަލަމާރިއަށް ލުމުގައި އަވަދިނެތިއުޅެއެވެ. ރޭގައި އެހާއަވަހަށް ނިދުނީ ވެފައިވާ ވަރުބައްޔާއެކު އެކަންތައްތައް ނުކޮށް ކަމުގައިވާތީއެވެ. “މަލްކޮ ހާދަބުރަކޮށްލައިގެން.. ގެނޭ ދޮންއަތަށްވެސް.. ” މައިޝާ އައިސްވަންގޮތަށް މަލާކްއާއި އެކު ކޮޓަރިތެރެ ހަމަޔަކަށް އަޅުވާލުމަށް އުޅުނެވެ. އޭރު ސައިތައްޔާރުކޮށްފައި ހާދިމުން އައިސް ހެނދުނުގެ ސައި ތައްޔާރުވެފައިވާ ވާހަކަވެސް ބުނެފިއެވެ. ހެނދުނުގެ  ނާސްތާ ކުރަމުން އެންމެން ގެންދިޔައިރު މީރާންއާއި މައިޝާ ވިސްނަމުން ދިޔައީ މަލާކް ކައިރީގައި އެވާހަކަ ދައްކާނެ ގޮތަކާއި މެދުގައެވެ. “މަންމާ އަޅުގަނޑުމެން މިއަދު މެންދުރު ކާނީބޭރުން އިނގޭ.. އެބަޖެހޭ މަލްކޮގެ ކޮލެޖްކަންތަކާ މިއަދު ދާން އެހެންވީމަ މެންދުރުކާން ގެއަށް އަންނަން އުނދަގުވާނެ. ” މީރާން ހިޔާލަށް އައި އެންމެ މޮޅުގޮތް އިއްވާލިއެވެ. ސައިގެ ކަންތައް ނިމުމާއެކު މީރާންގެ އެދުމުގެ މަތިން މައިޝާ އާއި މަލާކް ވެސް ދިޔައީ މަލާކްގެ ކޮލެޖްއަށެވެ.

ފުންވިސްނުމެއްގައި އިން ނޫރާ ސިއްސައިގެން ދިޔައީ ކުރިމަތީގައި މީހަކުއައިސް ހުއްޓިލިމުންނެވެ. އޭރުވެސް ދަންނަމީހަކު ހިނިތުންވެލައިގެން ކުރިމަތީގައި ހުއްޓެވެ. ނޫރާއަށް އެމީހާގެ ހިނިތުންވުން ފެނި ފުރަތަމަ ފަހަރަށްވެސް ދުނިޔޭގައި އަރޫން ނޫނަސް ރީތިމީހުން އުޅެކަމަށް އެއްބަސްވާންޖެހުނެވެ. އެ މެސްމަރައިޒް ލޮލުގެ ޖާދޫގައި ނުޖެހޭނެ ހަމަ އެކަކުވެސް ނުވާނެކަންގައިމެވެ. ގެއްލިފައި ނޫރާގެ ނަމުން އެމީހާ ގޮވާލުމުން މިފަހަރުވެސް ނީރާއަށް ލިބުނީ އިތުރު ސިހުމެކެވެ. ދުވަހަކު ނުވެސްދެކޭ އަދި ނުވެސް ދަންނަ މީހަކަށް އޭނާގެ ނަންއެނގުން ގޮތެއް ހިޔާލަކަށްވެސް ނައެވެ. އެއީ ސޯސަލްމީޑިއާ ގައިވެސް އަސްލުނަން ނޫރާބޭނުން ކޮށްފައި ނުވާނެތީއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

މިލްކު ކޮށްލީ ހިތޭ……17

Next

ވާށެ އޯގާ ހިތާ 17

Next
July 12, 2017

ވާށެ އޯގާ ހިތާ 17

Previews
July 12, 2017

މިލްކު ކޮށްލީ ހިތޭ……17

17 Comments!

  1. Layaa says:
    July 12, 2017 at 8:04 pm

    Sry dear all ehgothakahvess publish kuraakah nun layaaulhunee Bt save ge badhalu publish ah click kohlevuneema mihen mivee Adhi mipart lite nunimey ..

  2. Aashaa says:
    July 12, 2017 at 8:08 pm

    Its ok layaa.. Dhen bai thankolhh dhigu kohlla..eyrun ok vaane.. ?

  3. §ama? says:
    July 12, 2017 at 8:13 pm

    Oh v reethi mi bai ehkoh nimaalaa

  4. AKI says:
    July 12, 2017 at 8:16 pm

    thanks layaa. konirakun next part up kohla dheynee… mi part ves v reethi

  5. Lian says:
    July 12, 2017 at 8:21 pm

    Nice!!????

  6. SHAAYAA♥ says:
    July 12, 2017 at 8:30 pm

    Nice … ♥♥♥♥

    1. Mysha says:
      July 13, 2017 at 3:07 pm

      HEY .
      Shaayaa

  7. Some one says:
    July 12, 2017 at 8:34 pm

    V Lwbi!!! When nxt prt??

  8. Mazuw says:
    July 12, 2017 at 8:49 pm

    Thedheh lowbii its okaii…Things like that happens for everyone…never mind dude…And even though this is short, its awesume….Good job…

  9. ♥♥♥♥♥♥♥♥♥ says:
    July 12, 2017 at 9:14 pm

    Varah reethi. When next part

  10. Mysha says:
    July 12, 2017 at 9:37 pm

    Vvv touching….
    Vvv nice…..
    When next part…….

  11. Layaa says:
    July 12, 2017 at 10:07 pm

    Ohh dear frnds Adhi miulhenee test vess minimi.. Bt typekuran feshee hahthahaavesss lassvaathee.. next part mipart aa gulhuvaigen genessdheynan.. insha allah. Test nimunhaa avahakah

  12. Adha? says:
    July 12, 2017 at 10:13 pm

    Its ok dear we can wait??save ge badhaluga publish ah click kurevunyma varah happy? mihaa kuda thankolhehves kiyaalan libunyma??❤

  13. khajja says:
    July 13, 2017 at 12:40 am

    Masha allah stry v rythi n its ok layaa will wait gud luck n gud nyt?????❤❤❤❤❤

  14. aathi says:
    July 13, 2017 at 12:07 pm

    Haadha hevvaa bahanaa ey dhohtha

  15. Reader says:
    July 13, 2017 at 12:28 pm

    Exam nimeny kondhuvahakun?

  16. Mysha says:
    July 13, 2017 at 2:13 pm

    IT’S OK…
    I’ll wait till u finish the exam..
    Gud luck layaa…..

Comments are closed.

Next Episodeމަލާކް…18ވަނަބައި←


All Right Reserved!