Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސަތާރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
July 1, 2017 4 Mins Read
18 Comments

“އަހަރެން ހުންނާނީ އެތަނުގެ ސީސީޓީވީ ނަގާފަ. އެކަމު އޭނަ އަޑުއަހާ ޑިވައިސްއެއް ނުފެނޭ އަދި. އެހެންވީމަ އަނގައިން އެންމެ ބަހެއް ބޭރު ކުރިޔަސް ބަސްޓް ވީ…ގުޑް ލަކް.” ލައިތް އަލާނިޔާއަށް ހަދަންވީ ގޮތް ބެނެދިނުމާއެކު ހިތް އަވަސްވެފައި ހުރެވެސް އަލާނިޔާ ހީލިއެވެ. އަދި ހެދުން މަތިން ޖިލްބާބްލުމަށްފަހު މޫނުފޮތިކޮޅުއަޅާލަމުން މުލައިލްމެންގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ފަހަތުން އަންނަ މީހާގެ ހިލަމެއްވެސް ނުވާ ހާލުއެވެ.

ގޭގައި މަޑުކޮށްގެން ހުރި ޔުސްރާއަށް މަޑަކުން ނުހުރެވެއެވެ. ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޔުސްރާ ހުއްޓުވާކަށް ލައިތްވެސް މަސައްކަތެއް ނުކުރެއެވެ. ވާނީވެސް އެހެންތާއެވެ. އެމީހުން އެތިބެނީ އެހާވެސްބިރުންނެވެ.

މުލައިލްމެންގޭ ދޮރުމައްޗަށް އެރުމާއެކު މުލައިލްގެ ހަނދާންތަށް އާލާންވާން ފެށިއެވެ. އަލާނިޔާގެ ދެލޯ ފެންކަޅިވީނަމަވެސް އަވަސް އަވަހަށް ހަރުފަތްތަކުން މައްޗަށް އެރިއެވެ. ނަސީބު އަތުގައި ހިފާފައި އޮތީ ކަންނޭންގެއެވެ. އެތާކު އެކަކުވެސް ނެތެވެ. އަލާނިޔާގެ އަތުގައި އޮންނަ ތަޅުދަނޑިން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަދެ އަވަސްކަމާއެކު ރިކޯޑަރު ހޯދަންފެށިއެވެ.

“ލައިތް.. އަހަރެމެންގެ ގައިތެރޭގަ މި އިންއެތި އިންނައިރު ކިޔާއެއްޗެހި އަޑުއިވޭނެތަ؟” ޔުސްރާ ކަންބޮޑުވެފައި އަހާލިއެވެ. ލައިތް ހީލިއެވެ. “ނީވޭނެ. ޓްރެކާޔަކުން ހަމައެކަނި ޓްރެކް ކުރެވޭނީ. ދެން އަޑުއިވޭއެއްޗެހި ގައިތެރޭގަ ޕްލާންޓް ކުރާނީ އިންޖެކްޝަނަކުން ނޫނީ އޮޕަރޭޝަނެއްކޮށްފަ ސާރޖިކަލީ. އެންޑް މިގޭގަ ހުރި ސައުންޑް ރިކޯޑާރ ޔާ ސީސީޓީވީތަށް އަހަރެން ނަގައިފިން. މިތާތެރެ ދައްކާ އެއްވެސް ވާހަކައެއް ބޭރެއް ނުވާނެ.” އެޔާއެކު ޔުސްރާއަށް ފުންނޭވާއެއްލެވުނެވެ.

އަލާނިޔާ ދިޔައީ ހޭވައްޓާލާފައި މުލައިލް ބުނި އެތި ހޯދަމުންނެވެ. ކުއްލިއަކަށް މީހަކު ފަހަތުން އައިސް އަލާނިޔާގެ ގައިގައި ބައްދައިގަތެވެ. އަލާނިޔާވެސްދޫކޮށްލާކަށް ނުވިސްނިއެވެ. އުޅަނބޮށިން ހުރިބާރެއްލާފައި އެމީހާގެ މޭގައި ޖަހާލިއެވެ. އެޔާއެކު މަޑު އާހެއްގެ އަޑު އިވުނެވެ. ހަމައެޔާއެކު އަލާނިޔާއަށް އެއީ ކާކު ކަން ދެނެގަނެވުނެވެ. އަވސް އަވަހަށް އެފަރާތަށް އެނބުރި އެމީހާ އަޅައިގެން ހުރި މާސްކު ނެގިއެވެ. އަދި ޝިފާޏް އޭ ބުނަން އަނގަ ހުޅުވާލުމަށް ފަހު ވެސް ލައިތްބުނި ބަސްތަށް ހަނދާން ވުމާއެކު އަލާނިޔާ އަނގަމަތީ އަތް އަޅާލިއެވެ. އަދި ޝީފާން ގާތުވެސް އިޝާރާތުން އަޑެއް ނުލެއްވުމަށް އެދުނެވެ. ޝިފާންވެސް އެންމެ ފަހުން އަލާނިޔާގެ އެދުމުގެ މަތިން އަލާނިޔާއަށް އެހީވާންފެށިއެވެ. ދެމީހުންވެގެން އެންމެ ފަހުން ރިކޯޑަރު ހޯދިއެވެ. އަވަހަށް ތަޅުލުމަށްފަހު ދެމީހުންނިކުމެ އެގެ ފަސްދީ ދެވުނީ ހަމަކިރިޔާއެވެ. ޕޮލިސްޖިޕެއް އައިސް އެގޭދޮރުމައްޗަށް މަޑު ކޮށްލިއެވެ. އެއްވެސް އުނދަގުލަކާ ނުލާ ނިކުމެވުމުންދެމީހުންވެސް ތިބީ ހިންހަމަ ޖެހިފައެވެ. ނަމަވެސް އަލާނިޔާ ޝިފާން ހުއްޓުވުމުން ޝިފާން ކަންވީ ގޮތް ކިޔައިދޭން ފެށިއެވެ.

“އަހަރެންވެސް ދިޔައީ އެގެޔަށް. އެއްވެސް އެއްޗެއް ފެނޭތޯ..އެއީ އަހަންނަށް އިނގޭ މުލައިލް ވީ ގުރުބާނީއެއްކަން. އެންޑް ކޮންމެސް އެއްޗެއް އަހަރެމެންނަށްޓަކާ ބާއްވާނެކަން. ދެން މޫނުބުރުގާ އަޅައިގެން ހުރިމީހަކު އެދިމާލަށް ދާތީ ހައިރާންވީ. އަހަރެން ހީކުރީ ގާތިލް ކަމަށް. ހެހެ.” އަލާނިޔާވެސް ހީލުމަށްފަހު ޝިފާން ގޮވައިގެން ދިޔައީ ލައިތްމެންގެ ގެއަށެވެ. އެންމެ ފުރަތަމަ ޝިފާން ފެނުމުން ލައިތްވެސް ޔުސްރާވެސް ހައިރާންވިއެވެ. ނަމަވެސް އަލާނިޔާ ވީ ގޮތަ ކިޔައި ދިނުމާއެކު އުފަލާއެކު އެމައްސަކަތުގައި ށިފާން ބައިވެރި ކުރަން ނިންމިއެވެ. އެއީ ޝިފާން އަކީ އެކިގޮތްގޮތުން ގާބިލްމީހަކަށް ވުމާއެކު އިންސާފަށް މަސައްކަތް ކުރާ މީހަކަށް ވާތީއެވެ.

ހަތަރު މީހުންވެސް ރިކޯޑިން އަޑުއެހުމަށް ތައްޔާރު ވިއެވެ. ފުން ނޭވާއެއްލުމަށްފަހު ލައިތް އޭތި ޖައްސާލިއެވެ. އެ ރިކޯޑިން އަޑު އަހަމުން ދިޔަ އިރު ކޮންމެ މީހަކަށްވެސް ރޮވެމުން ދިޔައެވެ. އިވޭ އަޑުތަކުން މުލައިލް ތަހައްމަލު ކުރި ވޭން ދެނެގަނެވޭތީއެވެ. އަދި މުލައިލް ރުއާއަށް ވިސްނައިދޭން މަސައްކަތް ކުރިގޮތް ހިތަށް ސިފަވުމުންނެވެ. ރުއާ މުލައިލް ކަފާލިއަދާ ބަނޑު އިރާލިއަޑު ވެސް އަރާފައި ހުއްޓެވެ. ކޮންމެ މީހަކަށްވެސް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެނެވެ. ހިތަށްވެސް ސިފަނުކުރެވޭހާ ބިރުވެރި ކަންތައްގަނޑެއް ހިނގިކަން ރޭކާލުމާއެކު އެންމެނަށްވެސް ތިބެވުނީއެވެ. އޭތި ނިމުމުންވެސް ކޮންމެ މީހަކުވެސް ހުރިތާ ހުރީ އިވުނު އަޑުތަށް ގަބޫލު ކުރަން ބޭނުން ނުވެފައެވެ. ހަމަހިމޭންކަން ފޫދުއްވާލީ އަލާނިޔާގެ ފޯނެވެ. ގުޅަމުން ދިޔައީ ރުއާއެވެ.

އަލާނިޔާގެ މޭގަނޑު އަތަށް އައިކަހަލައެވެ. އަނެއްކާ ރުއާއަށް އިނގުނީކީ ނޫންބާވައޭވެސް އަލާނިޔާގެ ހިތަށް އެރިއެވެ. ދެންތިބި މީހުންވެސް ތިބީ ހަމައެހާލެއްގައެވެ. އެންމެފަހުން އަލާނިޔާ ފޯނު ނެގިއެވެ. އޭރު އޭނާގެ އަތް ތުރުތުރު އަޅަމުންދިޔައެވެ.

“ލާނީ. ވަރަށް ބޮޑަށް ސޮރީ..ކުރިން ކިޔާދިން ވާހަކަ. އަހަރެން ވަރަށް ދެރަވި. އެކަމަކު އެއީ މާޒީދޯ. މިހާރު ވިސްނަންޖެހޭނީ މިއަދާ މެދުގަ. އެޔެއްނޫނޭ…އަނެއް..މި ހުރުދުވަހުގެ ރޭ އެބައޮތް ފިލްމު ރިލީޒްކުރުން. ސޯ ޔުސް އާ ލާނީ އަންނަށްޗޭ.. އޭ އަދި ހަނދާން ނެތުނީއޭ.. ކޮބާ ޔުސް؟ ރަނގަޅުތަ؟ ބިޒީ ނޫންނަމަ ދިޔައިމުން އިނގޭ.. އެބަ ޖެހޭ އެރެޔަށް ތައްޔާރުވާން. ބާކީ ދެދުވަސް އޮތީމަ..ބާއި” އަލާނިޔާ ޝުކުރު އަދާކުރުމަށްފަހު ފޯނު ކަނޑާލިއެވެ. އޭރު ދެންތިބި އެންމެންތިބީ ނޭވާ ހިފަހައްޓާލައިގެނެވެ.

އަލާނިޔާ ރުއާ ކީ އެއްޗެހި އެމީހުންނަށް ކިޔައިދިނުމާއެކު ކޮންމެ މީހަކުވެސް ހީލިއެވެ. ރުއާއަށް އެއްކަމެއްވެސް ނޭންގޭތީއެވެ. ދެންފެށުނީ އެންމެ ބޮޑު މަސައްކަތެވެ. އެރޭ ރުއާ އާއި ކުރިމަތި ލާނެ ގޮތެއް ރޭވުމެވެ.

“އެކަމަކު މިރޭ އަންނާނެ ދޯ އަދި އެއްހަމަލާ؟!!” ވާހަކައިގެ ތެރެއިން ޔުސްރާ އަހާލިއެވެ. ކަންބޮޑުވެފައި ލައިތް ބޯޖަހާލިއެވެ. “އަހަރެމެން ތިބޭނީ ތިއްޔާރަށް” އަލާނިޔާގެ އަޑުގައިވީ ސާބިތު ކަމެވެ. ޔުސްރާއަށް ހީލެވުނީ ކުރީގެ އަލާނިޔާ ސިފަވުމުންނެވެ. އެވަގުތު ޔުސްރާގެ ހަނދާނަށް އައީ ހާޝިރްގެ ކޭސް އެންމެ ފުރަތަމަ ނެގި ދުވަހެވެ.

*********************************************************

“ލާނީ…ދެން ތީ ކޮންކަމެއް. އޭނަ ސަލާމަތެއް ނުވާނެ ދޯ..އޭނަ އެ އިންނަނީ އަނގައިންވެސް ނުބުނެ. އެކަހަލަ ކުއްޖަކު ކިހިނެއް ސަލާމަތް ކުރާނީ” އެޔާކު އިވުނީ އަލާނިޔާގެ މަޑު ހީލުމެއްގެ އަޑެވެ. މުޅި މޫނުގައި ގޮދަން ފުށް ހާކައިގެން އަލާނިޔާ އުޅުނީ ޕިއްޒާއެއް ހެދޭތޯއެވެ.

“ޔުސްއަށް ހަމަ ހީވާގޮތް ތީ. އަހަރެން އޭނަލައްވާ އަނގައިން ބުނުވާނަމޭ.. ބަލައްޗޭ. އެންޑް އަހަރެން އިންވައިޓް ކުރިން އޭނަޔަށް މިގެޔަށް އަންނަން. އޭ އެއައީ ކަންނޭންގެ” އަލާނިޔާ އެހުރިގޮތަށް އޭޕްރޮންވެސް ނުނަގާ ގޮސް ދޮރު ހުޅުވިއެވެ. އޭރު ކުރިމަތީގައި ހުރީ ހާޝިރްއެވެ. ޔުސްރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަލާނިޔާއަށް ވާނުވާވެސް ނޭންގޭ ހާލު އެތެރެއަށް ވަނުމަށް ދައުވަތު ދިނުމަށްފަހު ފުށްތައް ހުރި އަތުން ނިއްކުރީ އަތް ޖައްސާލިއެވެ. އަދި ވީ ކީއްތޯ އެހިއެވެ. އޭރުވެސް ޔުސްރާގެ ހުނުމަކަށް ބަދަލެއްނާދެއެވެ. ހާޝިރްވެސް މަޑުމަޑުން އިނީއެވެ. އެންމެފަހުން ކޮޓަރިއަށް ވަނުމަށްފަހު ޔުސްރާއަލާނިޔާ ގެނަސް އޭނާހުރި ގޮތް ދައްކާލިއެވެ. ވަގުތުން އަލާނިޔާ ރަކި ވިއެވެ. އަދި ޔުސްރާގެ ގައިގައި ތަޅައިގަންނަމުން ކޮޓަރިން ބޭރަށް ލުމަށްފަހު ތަޅުލިއެވެ. އޭގެ ތިރީސް މިނެޓުފަހުން އަލާނިޔާ ނިކުތީ ފެންވެސް ވަރައިގެންނެވެ. އަލާނިޔާފެނުމާއެކު އަނެއްކާވެސް ޔުސްރާ ހޭންފެށިއެވެ. އަލާނިޔާ ލޯއަޅާލަމުން ހާޝިރްގެ ގާތުގައި އިށީނެވެ. ޔުސްރާއައިސް ޕިއްޒާތަށް މޭޒުމަށްޗަށް ނެގުމަށްފަހު ގޮސް ސޯފާގައި އިށީނެވެ. އޭރުވެސް އަލާނިޔާ ވާހަކަދައްކަން ނުކެރިފައި އިނެވެ. އެންމެ ފަހުން ނީންދެވިގެން ހާޝިރް ހީލަމުން ވާހަކަދެއްކިއެވެ. “ވަރަށް މީރުވާނެހެން ހީވަނީ. ދުވަހަކުވެސް ތިހާމޮޅަށް މީހަކު ޕިއްޒާހަދާތަނެއް ނުދެކެން.” ހާޝރް އޭނާގެ އިސްތަށިކޮޅުގައި އަތް ހިނގާލިއެވެ.

އަލާނިޔާ ހެވިފައި އިނެވެ. އަދި އެ ރިތި ހިނތުންވުމަށް ބަލައިލަމުން ފައިލުތަށް ބަލާދާން ހިނގައިގަތެވެ. ދަމުން ދަމުން ޔުސްރާއަށް އެއްލޯ މަރާލިއެވެ. އޭނާ ބުނި ކަންތައް އެހާ ފަސޭހައިން ކާމިޔާބުވީތީއެވެ.

************************************************************

އަލާނިޔާއަކީ އަބަދުވެސް މޮޅެތި އުކުޅުތައް ގެންގުޅޭ ކުއްޖެކެވެ. އޭނާއަކި އިންސާފަށް ލޯބިކުރާ އަބަދުވެސް އޭނާގެ ދުޝްމަނުންނަށް ވަރުގަދަ ފިލާވަޅެއްދީ އެކުވެރިންދެކެ ލޯބިވާ ކުއްޖެވެ. އެކުވެރިންނަށް މާފުކުރާ ހިތްހެޔޮ ކުއްޖެކެވެ. ނަމަވެސް މިފަހަރު އޭނާގެ ދުޝްމިނަކީ އޭނާގެ ހިތުގެ އެއްފަޅިއެވެ. އެ ހަޔާތް އެފަރާތަކަށް ނުރައްކަލުގެ ތެރެޔަށް ވައްޓާލަންޖެހުނު ފަރާތެވެ.

ޝިފާން ގެޔަށް ދިޔައީ އެރޭ ބާރަޖަހަން ގާތް ވެފައި ވަނިކޮށެވެ. ޔުސްރާމެން ތިންމީހުން އެކަނި ވިއެވެ. އެކަކުވެސް ނިދަން ބޭނުން ނުވުމުން އެންމެންވެސް ތިބީ ސިޓިންގްރޫމްގައެވެ. ގާތްގަނޑަކަށް ގަނޑިން ދެއްޖެހީއެވެ. ތިން މީހުނއވެސް ސިއްސައިގެން ހުރިހާ ބޮތްކެއް ނިވުމުންނެވެ. “ސަމާލު ވާތި!!” ލައިތްގެ އަޑުގައިވާ ހާސްކަން ވަރަށް ބޮޑެވެ. ތިންމީހުންވެސް ފޯނުގެ ފްލޭޝްލައިޓު ދިއްލާލުމާއެކު ލައިތްމެން ކޮޓަރީ ކުޑަދޮރު ތަޅައިގެން ދިޔަ އަޑު އިވުނެވެ. “އޭނަ އަތުގަ އޮންނާނެ ޕެރެލައިޒްކޮށް އިންޖެކްޝަން.” އަލާނިޔާ އެދިމާލަށް ދަމުން  އެންމެނގް ސަމާލުކަން އެކަމަށް ގެނައެވެ.

ލައިތްގެ ކޮޓަރީގެ ދޮރު ހުޅުވުމާއެކު އިވިގެންދިޔައީ ބަރުވެފައިވާ ހުނުމެއްގެ އަޑެވެ.” ވާއު!!! އިންތިޒާރުގަ ދޯ..ސަޅި” ރުއާ އެމީހުންނާ ގާތްވަމުން ދިޔައެވެ. އެވަގުތު އަލާނިޔާ ހަޅޭއްލަވައިގަތުމަށް ފަހު ދުވެފައި ގޮސް ރުއާގެ އަތުގައި އޮތް އިންޖެކްޝަން ވިއްސާލަމުން މޫނުމަތީގައި ގޮށްމުއްކަވާފައި ޖެހިއެވެ. ލިބުނު ކުއްލި ސިހުމުގައި ރުއާވެސް ދިޔައީ އެއްލިގެންނެވެ. އެގޮތަށް އަލާނިޔާ އައިސްފާނެކަމަށް އޭނާ އެއްގޮތަކަށްވެސް ހީކޮށްފައި ނެތީއެވެ. ވެއްޓުނުލެކެއް އަވަހަށް ރުއާ ތެދުވިއެވެ އަދި އަލާނިޔާ ފޮޅާލަމުން އޭނާ ލައިގެން ހުރި ހެދުމުގެ ތެރެިން ވަޅިއެއް ނަގަމުންލައިތް އާ ދިމާއަށް ޖެހިގަތެވެ. އެވަގުތު ވީ ރުއާގެ ފޯނަށް ފޯނެއް އައި ވަގުތަކަށެވެ. އެންމެ ރަނގަޅަށް އެމަންޒަރު ފެނުނީ އަލާނިޔާއަށެވެ. “ޝި…” ރުއާގެ ސަމާލުކަން ފޯނަށް ދިޔުމާއެކު ހުށިޔާރު ކަމާއެކު ލައިތްއޭނާ ފޮޅާލިއެވެ. ރަނގަޅު ވަގުތަކަށް ބަލަބަލާ ހުރި ޔުސްރާ އޭނާގެ އަތުގައި އޮތްވަޅި ރުއާގެ ފަޔަށް ހަރާލިއެވެ.

ހަޅޭއް ލަވައިގަތުމަށް ފަހު ރުއާ ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. އޭރު އަލާނިޔާ އިނީ ދެންމެ ރުއާގެ ފޯނުން ފެނުނު ނަންބަރާ މެދު ވިސްނާށެވެ. އެގޮތަށް ރުއާ ފުންމާލުމުން ލައިތްމެންނަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާން ކަމެކެވެ. އެމީހުން ތިރިއަށްވެސް ފޭބިއެވެ. ނަމަވެސް އެކަކުގެ ހިލަމެއްވެސް ނުވިއެވެ. މާވަރަކުން ދެން ހޯދަން ނޫޅުނީ އެމީހުންގެ ހަގީގީ މަގްސަދު ހާސަލި ކުރަން ހަމަޖެހިފައިވަނީ ދެން އަންނަ ހުކުރު ދުވަހުގެ ރޭކަމަށް ވާތީއެވެ. ތިން މީހުން މައްޗަށް އެރިވަގުތު ނޯޓެއް ފެނުނެވެ.

“ތިކުރި ކަމުގެ ބަދަލު ވަރަށް ހިތިވާނެ”

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ވާށެ އޯގާ ހިތާ 11

Next

މިލްކު ކޮށްލީ ހިތޭ……07

Next
July 2, 2017

މިލްކު ކޮށްލީ ހިތޭ……07

Previews
July 1, 2017

ވާށެ އޯގާ ހިތާ 11

18 Comments!

  1. imagination ?? says:
    July 1, 2017 at 11:24 pm

    wish me luck. i have bio test next. 🙂 good night <3

    1. Chum handi says:
      July 2, 2017 at 11:18 am

      good luck for your exam…. story vrh reethi…. whn nxt prt….

  2. Naby says:
    July 1, 2017 at 11:29 pm

    Yeyy…
    Alhugandu first??

  3. Naby says:
    July 1, 2017 at 11:30 pm

    Good luck for ur exam imagination??

  4. §ama? says:
    July 1, 2017 at 11:39 pm

    Best of luck❤❤

  5. Adha? says:
    July 1, 2017 at 11:58 pm

    Kaakubaa ruaa ah gulhy dw.. varah reethi mi part ves… waiting for next part ?❤ nd good luck for ur exam?

  6. khajja says:
    July 2, 2017 at 12:07 am

    Wow masha allah v rythi thanks gud luck 4 ur exam keep it up n gud nyt ly???❤❤❤???????

  7. Saandy says:
    July 2, 2017 at 12:21 am

    WOW!! V interesting.. Shifaankan yageen Ruaa ah e phone kury.. Waiting for the next part.. And Best of Luck for ur exam 🙂

  8. Desert Rose says:
    July 2, 2017 at 12:26 am

    Wow speechless.. shifan n ruaa dhemeehun gulhigen dhow miulhenee…

  9. Hawwi says:
    July 2, 2017 at 12:33 am

    V interesting.. Best of luck imagination

  10. sam♥ says:
    July 2, 2017 at 1:01 am

    best of luck … ♡♡

  11. Aireen says:
    July 2, 2017 at 4:24 am

    Whoah – Your Story Is Amazing Aand Keep It Up ?
    Btw Good Luck ?

  12. Layaa says:
    July 2, 2017 at 7:50 am

    Shifaan dhw ruaa ah egulhee

  13. Jjey:) says:
    July 2, 2017 at 8:33 am

    Nice. Goodbluck may Allah bless you dear❤?

  14. Elly says:
    July 2, 2017 at 1:03 pm

    Good luck to your exam dear and story is awsome just love it? waiting for the next part?

  15. nonns says:
    July 2, 2017 at 1:37 pm

    Wow varah salhi ingey mi part. Its really interesting and unique. And best of luck for your exam dear

  16. Ll says:
    July 3, 2017 at 6:18 pm

    Nice

  17. HAISH says:
    July 5, 2017 at 10:00 am

    kobatha next part alhe kiyaa hithun ulheytha dhedhuvas v kyhvetha lasvany ……

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (އަށާރަވަނަބައި)←


All Right Reserved!