Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރީން…(7)

Aufyy <3 Level 1100 Comments10 Stories
June 30, 2017 5 Mins Read
30 Comments

އަހަރެން އިނީ ވާހަކަ ފޮތެއް ކިޔަން ބެލްކަނީގައެވެ. މަންމަ އަދި ބައްޕަވެސް ގޭގަ ނެތުމުން އަހަރެން ފޫހި ވެގެން ގޮސް ހަލާކުވާ ވަރުވިއެވެ. ފޯނު ރިންގުވި އަޑަށް ބަލައިލި އިރު ސަހީމެވެ. އަހަރެން ފޯނަށް ޖަވާބު ދިނީ ލުއި ހިނިތުން ވުމަކާއި އެކުއެވެ. ހަމައެވަގުތު ބެލް ޖެހި އަޑަށް ސަހީމް ކައިރި މަޑުކޮށްލުމަށް އެދި އަހަރެން އަވަސްވެގަތީ ދޮރު ހުޅުވާށެވެ. ކުރިމަތީ ހުރި ހާޝިދު ފެނި އަހަރެން ހިތުގައި ސުވާލު އުފެދުނެވެ. ހާޝިދު މިއިން ދުވަހަކުވެސް އެގޮތަށް އެކަނި އަހަރެން ހޯދަން އައިސްފައި ނުވާތީއެވެ. “އެތެރެއަކަށް ނުވައްދާނަންތަ؟؟؟” ހާޝިދު އެހެން ބުނުމުން އޭނާ އެތެރެއަށް ވަންނަން އަހަރެން ތަން ދެއްކީމެވެ.

“އަހަރެން މިއައީ ނަޢީމާއާއި ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން….ވަރަށް ދުވަސް ވެއްޖެ ބުނަން އުޅޭތާ…. އެކަމް ހާލަތު ހުރި ގޮތުން ފުރުސަތު ނުލިބުނީ…އަހަރެން ހީކުރީ ނަޢީމާއަށް ނާންގާ އަހަންނަށް ކެތްކުރެވޭނެ ކަމަށް….އެކަމަކު…” ހާޝިދު އަޑުގައި ހުރި އަސަރު އަހަރެންނަކަށް ސިއްރެއް ނުވިއެވެ. އަހަރެން ހާސްވިއެވެ. ހާޝިދު ދައްކަން އުޅެނީ ކޮންވާހަކަ އެއްކަން އަހަރެންގެ ހިތަށް ނަގައިގަނެވުނު ކަހަލައެވެ. އަހަރެން ބެލީ ކޮންމެވެސް ބަހަނާއެއް ދައްކައިން ހާޝިދުގެ ވާހަކަތައް ހުއްޓުވޭތޯއެވެ.”ކޮފީ ތައްޓެއް ގެންނަން؟” “ނޫނޭ…އަހަރެން ނޫޅެން މާގިނައިރު ވަންދެން ހުންނާކަށް…”ހާޝިދުގެ ޖަވާބުން އަހަރެން ގޮތް ހުސްވިއެވެ. އިތުރަށް ދައްކާނެ ބަހަނާއެއްވެސް ނެތެވެ.

އަހަރެން ހާޝިދު ކުރިމަށްޗަށްވާ ގޮތަށް ހުރި ސޯފައިގައި އިށީނީމެވެ. “އަހަންނަށް މަޢާފް ކުރޭ ނަޢީމާ…މީހެއް ދެކެ ލޯބިވުމަކީ ކުށަކަށް ވެއްޖެޔާ އަހަރެންނަށް އެކުށް ކުރެވިއްޖެ…އަދި އޭވެސް އަހަރެންނަށް އެންމެ އިތުބާރު ކުރާ ރަޙުމަތްތެރިޔާގެ ލޯބިވެރިޔާ ދެކެ…އާނ ނަޢީމާ…އަހަރެންގެ ހިތުގަ ނަޢީމާއަށް ހާއްސަކަމެއް ދެވެން ފެށުނީ ކޮންއިރަކު ކަމެއްވެސް އަހަރެންނަކަށް ނޭނގެ…އިނގޭހާވެސް އެއްޗަކީ އެންމެ ފުރަތަމަވެސް މިހިތާ ކުޅެލީ ނަޢިމާކަން…އަހަރެންގެ އިހުސާސްތައް އުތުރިއަރައިން ދިޔައިރު އަހަރެން ކުޑަކޮށްވެސް ހިތަކަށް ނާރާ ސަހީމް ލޯބިވަނީ ނަޢީމާދެކެ ކަމެއް…އަހަރެންނަށް އެކަން އިނގުނު ދުވަހުން ފެށިގެން އަހަރެން ނިންމިން އަހަރެންގެ ލޯބި ފަސްއަޅާ ފޮރުވުމަށް… ނަމަވެސް އަހަރެން އެކަމުގަ ނާކާމިޔާބުވީ….”ހާޝިދުގެ ބަސްތައް އަޑުއިވުނު ހިނދު އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެ އަޑުގައިވަނީ ވޭނާއި ހިތްދަތި ކަމެވެ.

“ނަޢީމާ ހާސްނުވޭ…އަހަރެން މިއަދު މިތަނަށް މިއައީ ނަޢީމާގެ ލޯތްބަށް ސަލާން ޖަހާކަށް ނޫން…ދެ ލޯބިވެރިން ވަކިކޮށްގެން އަހަރެންނަށް ލިބޭނެ އުފަލެއް ނޯންނާނެ…އެހެން ނޫނަސް ލޯތްބަކީ ގަދަކަމުން ހާޞިލް ކުރެވޭ އެއްޗެއް ނޫންކަން އަހަރެން ދެނެހުރިން….އަހަރެން ބޭނުންވީ ނަޢީމާއަށް އަހަރެންގެ ހިތުގެ ހާލަތު އަންގަން…އަހަރެންގެ ހިތަށް ކުޑަކޮށްވެސް ލުއެއް ލިބޭތޯ…” އެދެލޯ ކަރުނުން ބަބުޅަމުން ދިޔައިރު އަހަރެންނަށް ކުރެވުނުހާ ވެސް ކަމަކީ ކުށްވެރިއަކު ފަދައިން އިސްޖަހާލުމެވެ. އެކުވެރިއަކު އެފަދަ ހާލެއްގަ ހުއްޓާ ފެނުމުން އަހަރެންގެ ހިތަކަށްވެސް ކެތެއް ނުވިއެވެ. ނަމަވެސް އެކުވެރިޔާގެ ހިތާމައިގެ އަސްލަކީ އަހަރެންނަށްވެ ވަކި ބުނެވޭނީވެސް ކީކޭހެއްޔެވެ؟”ސަމީރާ އަހަރެން ކައިރި ލޯބިވާ ވާހަކަ ބުނުމުން އަހަރެން އާހަޔާތެއް ފަށަން ނިންމައިފިން….އަހަރެންނަށް އަލަތު ލޯބި ހާޞިލްވުމުގެ އުފާ ނުލިބުނަސް ސަމީރާ އާއިއެކު އަހަރެންނަށް އުފަލުގަ އުޅެވޭނެކަން އަހަރެން ގަބޫލު ކުރަން….ނަޢީމާއަށް ވެސް ބާއްޖަވެރި ހަޔާތަކަށް އެދެން…”އަހަރެން އިން ގޮތަށް ހުއްޓުން އަރާފައި އިންދައި ހާޝިދު ނުކުމެގެން ދިޔައެވެ.

އަހަރެން ސިހުނީ އަތުގައި އޮތްފޯނު ރިންގުވި އަޑަށެވެ. ބަލައިލިއިރު އަނެއްކާވެސް ގުޅަނީ ސަހީމެވެ. އަހަރެން ހަނދާންވީ ދެނެވެ. މީގެ ކުރިންފަހަރު ސަހީމް ގުޅައިގެން އަހަރެންނަށް ހުރެވުނީ ފޯނު ކަނޑާނުލައެވެ. އަަހަރެންގެ ހިތްތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އަނެއްކާ ސަހީމަށް އެ ހުރިހާ ވާހަކައެއް އަޑުއިވުނީ ބާއެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފޮހެ މީހާ ހަމައަކަށް އަޅުވާލުމަށްފަހު އަހަރެން ފޯނު ނެގީމެވެ.

“ހަލޯ…ސޮރީ ލަވް..އެގަޑީ ކްލައިންޓެއް އައިސްގެން ފޯނު ކަނޑާނުލާ ބޭއްވުނީ…ކީއްކުރަނީ؟؟” އަހަރެންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.”ނުކުރަން ކަމެއް…ފޫހި ވެގެން ވާހަކަ ފޮތެއް ކިޔަން އިނީ…”. އެވަގުތު މަޢްރިބް ނަމާދަށް ބަންގި ގޮވި އަޑަށް އަހަރެން ފަހުން ގުޅާނަމޭ ކިޔާ ފޯނު ބޭއްވީމެވެ.

ނަމާދު ކޮށްނިމިގެން އަނެއްކާވެސް އަހަރެންނަށް ވިސްނުނީ ހާޝިދުއާއި ދޭތެރޭއެވެ. ސަހީމަށް އަހަރެންނާއި ހާޝިދުއާއި ދޭތެރޭ ދެކެވުނު ވާހަކަތައް އިނގެން އަހަރެން ބޭނުމެއް ނޫނެވެ. ދުވަސްވީ ރަޙުމަތްތެރިކަން ނެތިދިއުމަކީ އެއްވެސް ހާލެއްގަ އަހަރެން ބޭނުންވާ ކަމެއްނޫނެވެ.

އެހެންނޫނަސް ލޯތްބަކީ ތިމާގެ ބާރުގެ ދަށުގަ އޮންނަ އެއްޗެއް ނޫންކަން އަހަރެންނަށް ވަރަށް ރަނގަޅަށްވެސް އެނގެއެވެ. އެހެންނޫން ނަމަ ހާޝިދު އަހަރެން ދެކެ ލޯބި ނުވީހެވެ. އަހަރެންނަށް ހިޔާލީ ދުނިޔެއިން ބޭރު ވެވުނީ މަންމަގެ މެސެޖެއް އައި އަޑަށެވެ.

އަހަރެން އެހުޅުވާލާ ކިޔާލީމެވެ. އޭގައި އޮތީ މަންމައަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށާއި މަންމަ އަންނަން ދެން ހޭލާ ނުހުރުމަށެވެ. ބައްޕަވެސް ދަންވަރު ޑިއުޓީ ކަމުން ގޭގައި އުޅެނީ ނޯކަރު މީހާއާއި އަހަރެން އެކަންޏެވެ.

ރޭގަނޑު ކެއުމަށްފަހު އަހަރެން ވަނީ ނިދާށެވެ. އާދައިގެ މަތިން އަހަރެން ނިދަން އޮށޯތީ ދަތް އުނގުޅާ ފެން ބޮއެ ހަދައިންނެވެ. އެހެންރޭރެއާ ޙިލާފަށް މިރޭ އަހަރެންނަށް ނިދުނީ ވަރަށް އަވަހަށެވެ.

އަހަރެންނަށް ހޭލެވުނީ އަހަރެންގެ ގައިގާ މީހެއް ބީހޭހެން ހީވުމުންނެވެ. އަހަރެން ލޯހުޅުވާ ބަލާލީމެވެ. ކޮޓަރި އަނދިރިކޮށް އޮތުމުގެ ސަބަބުން އަހަރެންނަށް އެމީހާގެ މޫނު ވަކިއެއް ނުކުރެވުނެވެ. ހޭވެރިކަންވީ ނަމަވެސް އެ އަމަލު ހުއްޓުވުމެގެ ގޮތުން އަހަރެންނަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އަހަރެން އަތް އޮތީ އެނދުގެ ބޯލާ ދިމާލުން އައްސާލެވިފައެވެ. އަދިހަމައެހެންމެ ބޮލަށް ބަރުވެފަ ހުރުމުގެ ސަބަބުން ގަދަހެދޭ ގޮތެއްވެސް ނުވިއެވެ. އަހަރެންނަށް ގިސްލެވެން ފެށުނެވެ.

އަހަރެން އެމީހެއް ކައިރިން އާދޭސް ކުރީމެވެ. އަހަރެންނަށް އެހެން ނުހެދުމަށެވެ. ނަމަވެސް އެ ހިލަހިތަށް ކުޑަކޮށްވެސް ރަހުމެއް ނުވަނެވެ. އަހަރެން ސަލާމަތަށް އެދި ގޮވަން ފެށީމެވެ. އެވަގުތު އެމިހާ އަހަރެން މޫނު މަތީ އަޅުވާލި ބޮނޑިއަކުން އަހަރެން ހަބަރު ހުސްނުވީ ކިރިޔާއެވެ.

އެރޭ އަންހެނަކަށްވުމަކީ ތިމާގެ ނިކަމެތިކަމެއް ކަން ފުރަތަމަ ފަހަރަށް އަހަރެން ހިތަށް އެރިއެވެ. އަހަރެން ނޫން އެހެން މީހެއް ނަމަ ހޭބުއްދި ފިލާ ދިޔައީސްކަން ގައިމެވެ. ކައިވެނީގެ ކުރިން އޮތްރޭ ތިމާގެ އިއްފަތް ފޭރިގަތުމުން އަސަރު ނުކުރާނީ ކާކަށްހެއްޔެވެ؟

އެމީހާ ހިތްފުރޭވަރު ވުމުން އަހަރެން އެއޮތް ގޮތަށް ބާއްވާ ކޮޓަރިން ނުކުންނަން ދިޔައެވެ. “މިކުރެވުނީ އަދި ކުޑަ ވަރެއް….ސަހީމާއި އިނދެއްޖެޔާ ކަލޭގެ ދިރިއުޅުން އެއްކޮށް ހަލާކު ކޮށްލާނަން…” އެއަޑުގައިވީ ހަރުކަށިކަމެވެ. ނަމަވެސް އަހަރެންގެ ހިތަށް ކުޑަކޮށްވެސް ބިރުވެރި ކަމެއް ނުވަނެވެ. އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު އެތި ފެރިގަނެގެން އަދިވެސް ހިތްނުފުރުނީ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެންނަށް ހޭވެރިކަން ވިއިރު އަހަރެންނަށް އޮވެވުނީ ހޮސްޕިޓަލެއްގެ ޕްރައިވެޓް ރޫމެއްގައި ކަން އަހަރެންނަށް ނަގައިގަނެވުނީ އަތަށް ގުޅާފަހުރި އައި.ވީ ފުޅި ފެނުމުންނެވެ. އަހަރެން ލޯ ހުޅުވާ ވަކި ވަކިން މީހެއްގެ މޫނަށް ބަލއިލީމެވެ. ވާނުވާ ނޭނގޭ ހާލެވެ. މަންމަ ، ބައްޕަ، ސަހީމް، އަދި ސަމީރާގެ އިތުރުން ހާޝިދްވެސް މެއެވެ. އެންމެން މޫނުމަތިން ފެނުނީ ހިތަމައިގެ އަސަރެވެ. އަހަރެން ހަނދާން ކޮށްލީމެވެ. އެއާއެކު ބިރުވެރި ހުވަފެނެއްގެ ސިފައިގައި އަހަރެންނަށް އެމަންޒަރު ސިފަވިއެވެ.

އަހަރެންނަށް ރޮއެގަނެފައި މަންމަ ގައިގައި ބައްދާލެވުނީ އިޙްތިޔާރުން ބޭރުގައެވެ. ގިސްލެވޭ ހާލު އެތާތިބި އެންމެންނަށް އަހަރެން ހުރިހާ ވާހަކައެއް ހިއްސާ ކުރީ ޖެހިލުމެއް ނެތިއެވެ. ސަބަބަކީ އެތާ ހުރީ އަހަރެން އެންމެ ލޯބިވާ އެންމެ ގާތް މީހުންނެވެ. ނަމަވެސް އެމީހާގެ އިންޒާރު އަހަރެން ސިއްރު ކުރީ މަންމަމެން އަހަރެން ގާތު ސަހީމާއި ދުރުވާން ބުނެފާނެ ކަމުގެ ބިރުންނެވެ. ޑޮކްޓަރުގެ އެދުމުގެ މަތިން މަންމަ އަދި ބައްޕަވެސް ބޭރަށް ނުކުތެވެ.

އަހަރެން ދުރުގައި ހުރި ސަހީމަށް ބަލައިލީމެވެ. އޭނަ ލޮލުން ތާޒާ ކަރުނަތައް ބަބުޅަމުން ދިޔައެވެ. އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ސަހީމްގެ ލޮލުން ކަރުނައިގެ އަސަރު ފެނުންމީ ފުރަތަމަ ފަހަރު ކަމުން އަހަރެންގެ ހިތަށް ބަޔާން ކުރަން ދަތި ތަދެއް އެރިއެވެ. އަހަރެން ސަހީމަށް ގޮވާލީމެވެ. ސަހީމް އަހަރެން ގާތަށް އައިސް ހުއްޓުމުން އަހަރެން ހިފަހައްޓައިން ހުރި ކަރުނަތައް ބެރުވިއެވެ. ރޮއެގެން މީހެއްގެ ލޮލުން ކަރުނަ ހުސްވާނެނަމަ އެދުވަހު އަހަރެންގެ ލޮލުން ހުސްވީހެވެ. ހިތްފުރެނެދެން ރޯލުމަށް ފަހު އަހަރެން ސަހީމް ގާތު އެމީހާގެ އިންޒާރުގެ ވާހަކަ ބުނީމެވެ.

އެއާއެކު ސަހީމްގެ ރުޅިވެރި ނަޒަރު ހާޝިދަށް އަމާޒުވީ ކީއްވެ ކަމެއް ވެސް އަހަރެންނަކަށް ނުވިސްނުނެވެ. އެސްފިޔަ ޖަހާލާ ސިކުންތުތެރޭގައި ފެނުނީ ސަހީމް ގޮސް ހާޝިދުގެ މޫނުމަތީ ބޮނޑިއެއް އަޅުވާލި ތަނެވެ. އަހަރެންނަށް ސިހިފައި އަނގަ މަތީ އަތްއަޅާލެވުނެވެ. ސަމީރާއަށްވެސް ވީއެވަރެވެ. ރޮއެގަނެފައި އެދެމީހުން މެދަށް ވަނެވެ. “ކީއްވެ އެހެން ހެދީ؟؟؟ އަހަރެންނަށް އިނގޭ ކަލޭ ނަމާދެކެ ލޯބިވާކަން…އެދުވަހު ތިދެމީހުން ދޭތެރޭ ދެކެވުނު ހުރިހާ ވާހަކައެއް އަހަރެން އަޑުއެހިން…އެކަމަކު ނޭނގޭ ކަމަށް ހެދިގެން ހުރީ ސަމީރާއާއި ކަލޭ ގުޅުނު ވާހަކަ ބުނީމަ…އެކަމު ތީ ތިހާ މުޑުދާރު މީހެއްކަން ދުވަހަކުވެސް އަހަރެން ހިއެއް ނުކުރަން!!!” އަހަރެންނަށް ސަހީމާއި ދިމާލަށް ބަލަން ހުރެވުނީ ގަބޫލު ކުރަން ދަތިވެފައެވެ.

އަހަރެންނަށް އަނެއްކާވެސް ވިސްނާލަން މަޖުބޫރުވިއެވެ. އެއީ ހަމަ ހާޝިދު ކުރިކަމެއް ހެއްޔެވެ؟ ހާޝިދު އެވަރުގެ ކަމެއް ކޮށްފާނެ ހެއްޔެެވެ؟ ނޫނެކެވެ. އެއީ ހާޝިދުއެއް ނޫނެވެ. އޭނާ އެހާ ދަށުދަރަޖައަކަށް ނުވެއްޓޭނެއެވެ.

“ހުއްޓާލާ…އަހަރެންމީ ތިބުނާހާ ދަށުދަރަޖައިގެ މީހެއް ނޫން…އާނ…އަހަރެން ނަމާ ދެކެ ލޯބިވަން…އެކަމް އަހަރެން އޭނަގެ އިއްފަތެއް ނުފޭރެން…ލޯބިވުމަކީ އެޔެއް ނޫން…” ހާޝިދުގެ އަޑުގައި ވީ ނުރުހުންވުމެވެ.

“ތެދެއް ސަހީމް…ހާޝިދު އެފަދަ އަމަލެއް ނުހިންގާނެ…އޭނަ ރޭގަ އެއްކޮށް އޮތީ އަހަރެންނަށް ގުޅައިން…ވީ އިރު އޭނައަށް އެކަމެއް ކުރަން ވަގުތު ކޮބާ؟؟؟” ސަމީރާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. “ސަހީމް…އެއީ ހާޝިދު ކުރި ކަމެއްނޫން…އަހަރެންނަށް ހާޝިދުގެ އަޑެއް ނޯޅޭނެ…” އަހަރެންވެސް ސަހީމަށް ވިސްނައިދެވޭތޯ އުޅުނީމެވެ.

ސަހީމް ބޮލުގައި ދެއަތުން ހިފާ ހުރިތަނަށް ތިރިވިއެވެ.”އަހަރެންނަށް މަޢާފް ކުރޭ ނަމާ…އަހަރެންނާ ހެދި ނަމާއަށް ތިހާލު ޖެހުނީ…އަހަރެން ނަމާއާއި ނުގުޅުނު ނަމަ މިހާރުވެސް ނަމާ އުޅޭނީ އުފަލުގަ…ހާޝިދު އަހަރެންނަށް މަޢާފް ކުރޭ…އަހަރެންނަށް ވިސްނާނުލާ ހާޝިދު ބޮލުގަ ތުހުމަތު އެޅުވުނީ…””ނޫން ސަހީމް…މަޢާފަށް އެދޭނެ ކަމެއް ނެތް..އަހަރެން ނަމަވެސް ވާނީ ތިހެން…” ހާޝިދު ބެލީ ސަހީމް ހަމައަކަށް އެޅުވޭތޯއެވެ.

“ސަހީމް…އަހަރެން ނުދެކެން މީ ސަހީމް އާއި ހެދި ވީ ކަމަކަށް…އަމިއްލަ ނަފްސު ކުށްވެރި ކުރުމުގެ ބޭނުމެއް ނެތް…ކޮންމެ މީހެއް ކޮންމެ ކަހަލަ އިންޒާރެއް ދިނަސް އަހަރެންގެ ފަރުވާލެއް ނެތް…އަހަރެން ސަހީމް އާއި ދުރެއް ނުވާނަން…އަހަރެންގެ ހިތް ސަހީމަށްޓަކައި ސާފު…” އަހަރެން ސަހީމް ކައިރި ބުނީމެވެ.

މަންމަ އައިސްވަނީ އެގަޑީގައެވެ. “ހުރިހާ ކުދިން ދެން ދާންވީނު ގެއަށް…ވިސިޓިންގް ހަވާސްވެސް ނިމިއްޖެ މިހާރު…” މަންމަގެ ބަހަށް އެންމެން ދާން ނުކުތެވެ. އަހަރެން ކައިރި ހިތްވަރު ކުރަން ބުނެފައެވެ. ސަހީމްވެސް ދިޔައީ ފަހުން ގުޅާނެ ކަމަށް ބުނެފައެވެ.

އަހަރެން މަންމަ ކައިރި ބައްޕަ ކޮބާހޭ އެހުމުން އެމެޖެންސީ ކޭސްއެއް ހޭންޑަލް ކުރަން ޖެހިގެން ގޮއްސި ކަމަށް ބުންޏެވެ. މަންމަ އެކިގޮތް ގޮތުން އަހަރެންނަށް ހިތްވަރު ލައިދީ ހެދިއެވެ. ދުނިޔޭގަ އުޅޭއިރު އެކި އެކި އިމްތިޙާންތަކާއި ކުރިމަތި ވާނެ ކަމަށަމާއި ކެތްތެރި ވުމަށް ނަސޭހަތްތެރި ވިއެވެ. އަދި ބުންޏެވެ. އެކަލާނގެ އެއްވެސް އަޅަކަށް އެމީހަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ.

އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. އެ ނުލަފާ މީހާގަނޑަށް އޭނަ ކުރި ކުށުގެ އަދަބު ހޯދައި ދިނުމަށެވެ.

2 ދުވަސް ފަހުން އަހަރެން ހޮސްޕިޓަލުން ދޫކުރިއެވެ. އަދި ލަސް ކުރުމެއް ނެތި ކައިވެނި ކަންތަކުގަ ބައްޕަމެން އުޅެން ފެށިއެވެ. އެމީހާ ގަނޑު ކޮބައިތޯއެވެ؟ ފުލުހުންގެ ތަހުގީގު ކޮޅެއްގައި ޖެހޭ ވަރެއް ނުވިއެވެ. ހީވާ ގޮތުން އެ މީހާ އެކަންތައް ރާވާފައި އޮތީ ވަރަށްވެސް ވިސްނުންތެރި ކަމާއެކުއެވެ.

އަހަރެން ހޮސްޕިޓަލުން ދޫކުރިތާ 4 ވަރަކަށް ދުވަސް ފަހުން އަހަރެންނާއި ސަހީމްގެ ކައިވެނި ކުރެވުނެވެ. ކުޑަ ޙަފްލާއެއް ބޭއްވީ އަހަރެންނާއި ސަހީމްގެ އެދުމުގެ މަތިންނެވެ. ޙަފްލާ ނިމިގެން ދެމީހުންވެސް ދިޔައީ ދެމީހުންނަށް އެރޭ ހާއްސަ ކުރެވިފައިވާ ގެސްޓް ހައުސް ރޫމަށެވެ.

އަހަރެންނަށް ހުރެވުނީ ފާޑަކަށެވެ. ބޮލަށް އެނބުރުން އަރާތީ ބޭސް ކައިގެން ވެސް ރިއްސުން ކުޑަވާ ވަރެއް ނުވިއެވެ. ރޫމަށް ވަދެ އެނދުގައި އަހަރެން އިށީނދެލީ ވެފައި ހުރި ވަރުބަލި ފިލުވާލާށެވެ. ސަހީމް އަހަރެންނާ ދާދި ގާތުގައި އައިސް އިށީނެވެ. އަހަރެން ސަހީމަށް ބަލައިލީމެވެ.އެ ލޮލުން އަހަރެންނަށް ފެނުނީ މަސްތު ކަމެވެ.

“ނަމާ…އަހަރެން މިދުވަހަށް އިންތިޒާރު ކުރިތާ ކޮން ދުވަހެއް…އެންމެ ފަހުން ނަމާ މުޅި އުމުރަށް އަހަރެންގެ ހައްގަކަށްވީ…އައި ލަވް ޔޫ ސޯ މަޗް…” ލޯބިން ފުރިގެންވާ ބެލުމަކުން ސަމީހް އަހަރެންނާއި ދިމާލަށް ބަލަން އިނެވެ. އަހަރެން ސަހީމްގެ މޭމަތީ އަހަރެންގެ މޫނު ފޮރުވާލީމެވެ. އަދި އަހަރެންވެސް ލޯބިވާ ކަމުގައި ބުނެ ދުވަހަކު ވަކި ނުވުމަށް އެދުނީމެވެ.

ސަހީމް މޫނު އަހަރެން މޫނާއި ކައިރިކޮށްލިއެވެ.ނަމަވެސް އެވަގުތު އަހަރެން މޭނުބައި ކުރަން ފެށިއެވެ. ދުވެފައި ފާހަނައަށް ވަނީމެވެ. އަހަރެން ފާހަނަ ދޮރު މައްޗަށް އަރާ ސަހީމާއި ދިމާލަށް ބަލައިލީމެވެ. އޭނަ އަހަރެންނަށް ބަލަން ހުރީ ޝައްކުގެ ނަޒަރަކުންނެވެ.

–ނުނިމޭ–

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

ޓެކްސީ ވާހަކައިގެ ކިޔުންތެރިންގެ ސަމާލުކަމަށް

Next

އެ ތޫފާނީ ރޭ (2)

Next
July 1, 2017

އެ ތޫފާނީ ރޭ (2)

Previews
June 30, 2017

ޓެކްސީ ވާހަކައިގެ ކިޔުންތެރިންގެ ސަމާލުކަމަށް

30 Comments!

  1. HARLEY quinn says:
    June 30, 2017 at 11:02 pm

    woww,amazingly nice…
    keep it up.
    ,firsst me yeahhhhh

    1. kiaara says:
      July 1, 2017 at 9:02 am

      Thnq…yaaayyy harley first…?

  2. Adha? says:
    June 30, 2017 at 11:14 pm

    Kiaara! Varah reethi mi part ves.. waiting for next part ??❣

    1. kiaara says:
      July 1, 2017 at 9:03 am

      Thnxx adha… ?

  3. Just Me says:
    June 30, 2017 at 11:25 pm

    Rape Kurithaa Week Eh Waru Fahun Ingeynetha Prag Kan ? Its Not Possible Dhw ?

    1. khajja says:
      June 30, 2017 at 11:56 pm

      Engidhaane gaimuves aharenge dharifulhah preg kan ahannah engijje one day in 5 days infeshigen hodulevenfashaifi ehen v ma vedhaane dhw

    2. ???? says:
      July 1, 2017 at 1:19 am

      Yes aslu possible eh noon dhw….. ekamu baeh meehun dhw????e story salhi ingey kiyaa…. waiting 4 the nxt prt. …

    3. kiaara says:
      July 1, 2017 at 9:04 am

      Adhi preg vi vaahaka ehh nethehnu…dhn lets see dhw…?

  4. pink? says:
    June 30, 2017 at 11:28 pm

    Alhey haadha dheragothekey e v?

    1. kiaara says:
      July 1, 2017 at 9:04 am

      Ikr…anyways thanx 4 reading…?

  5. Chum handi says:
    June 30, 2017 at 11:38 pm

    wow…. this is just amazing…. anyways, 1 time inn ehen vey tha???? no offence hama ahaalee…. cuz i don’t know much….. hehe…. waiting for the next part so eargerly…

    1. kiaara says:
      July 1, 2017 at 9:05 am

      Umm…vedhaane dhw….heheh…anyways thank you so much…?

  6. khajja says:
    July 1, 2017 at 12:02 am

    Oh wow masha allah v rythi, yes 1 time in ehenvedhaane vefahury anyway stry v rythi when nxt prt waiting❤❤❤

    1. kiaara says:
      July 1, 2017 at 9:06 am

      Alheyyy….thanq khajja…?

  7. ???? says:
    July 1, 2017 at 1:21 am

    Kudhin kudhin varah experience eba huri dhw???? thafaathu ingey

    1. kiaara says:
      July 1, 2017 at 9:07 am

      Thanks…

  8. sam♥ says:
    July 1, 2017 at 4:47 am

    wow .. waiting next part … keep it up .♡

    1. kiaara says:
      July 1, 2017 at 9:07 am

      Thanks sam..?

  9. maany says:
    July 1, 2017 at 4:56 am

    weekeh nuvanis preg kan ingeytha.. its not possible..story reethi.. btw samaah tha nuni sameeh tha..

    1. kiaara says:
      July 1, 2017 at 9:09 am

      Saheem….lets see dhw..thank you …?

  10. Madheeha says:
    July 1, 2017 at 8:39 am

    Preg nukurache. Impossible kameh ingey… Mntheh v nama ok

    1. kiaara says:
      July 1, 2017 at 9:10 am

      Vaa goii balamaa next part ga….?

  11. who am i? says:
    July 1, 2017 at 3:28 pm

    wow

    1. kiaara says:
      July 2, 2017 at 6:48 pm

      thnx 🙂

  12. Reader says:
    July 1, 2017 at 6:43 pm

    Preg vee tha?

    1. kiaara says:
      July 2, 2017 at 6:49 pm

      next part ga ngidhaane thaadhn.. 🙂

  13. Ish says:
    July 3, 2017 at 10:00 pm

    Kiara when is the next part??
    Vv interesting mi vaahaka..
    Can’t wait

    1. kiaara says:
      July 4, 2017 at 4:14 pm

      Sorry late vaathy…lap ahh fen elhigen miulheny?…but insha allah mirey up kohla dheveythoa balaanan…thnq…?

  14. Ssss? says:
    July 4, 2017 at 9:33 am

    Kiaara next part thankolheh kurin up kohla dhevidhaanetha

    1. kiaara says:
      July 4, 2017 at 4:15 pm

      Mirey up kohla dheynan insha allah …?

Comments are closed.

Next Episodeއައިރީން…(8)←


All Right Reserved!