Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް…14ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 27, 2017 5 Mins Read
22 Comments

ދެހަފްތާފަހުން ފުރުން ހަމަޖެހިފައިވުމާއެކު މަލާކްވެސް ހުރީ ވަރަށް ދެރަވެފައެވެ. “ކުޑާ އަޅެ ވަރަށް ދެރަވޭ.. ވަރަށްމިސްވާނެ.. ” މަލާކް އާއި މިޝާތިބީ މަލާކްގެ ކޮޓަރީގައެވެ. މީރާން އާއި މައިޝާ ބޭޭރަށްނިކުތުމުން އެދެކުދިން އަބަދުވެސް ބަހުސްއަކީ އެއީއެވެ. ގެއަށްވަދެގެން އއި ހިޝާމްއަށް ދެކުދިންގެ ވާހަކަތަށް ރަނގަޅަށް އަޑުއިވުނެވެ. އެއާއެކު ކޮޓަރީދޮރުގައި ޓަކިޖހާލިމަށްފަހު “މަލްކޮ ނިކަން އައިސްދީބަލަ ބައްޕަގެ ކޮޓަރިއަށް.. ” ބުނެފައި ހަރުހިނގުމުގައި ކޮޓަރިއަށް ދިޔައެވެ.

“ކިހިނެއްވީތޯ ބައްޕާ އަޅުގަނޑަށް ގޮވާލީ.. ” ކޮޓަރީގެ ދޮރުހުޅުވާފައި ވަތް ނޫރާހުރީ ވަރަށް ވެސް ޗާލުވެލައިގެންނެވެ. ކަކުލާހަމަޔަށް އަރާ ކަޅުކުލައިގެ ލޭސްފޮތީގެ ހެދުމުގައި ރަތްކުލައިގެ އެސްތަކަކުން ވަނީ ޖަރީކޮށްލެވިފައެވެ. އިސްތަށިގަނޑުގައި ރަތްބޭންޑެއް އަޅާލާފައިވާއިރު އަތުގައިވެސް ރަތްކުލައިގެ ވިދުންހުރި ބްރެސްލެޓް އެއް އޮތެވެ. އަދި ރަތްކުލައިގެ ހައިހީލްއަަކަށް އަރައިގެން ހުރުމުން ނޫރާގެ ރީތިކަން އިތުރަށް ދައްކުވާދެއެވެ. ” ދަރިފުޅުހާދަ ރީތިވެލައިގެން ބޭރަށްގޮސްލަނީތަ.. ” ޔާސީން ނުހަނު ލޯތްބާއެކުގައި އަހާލިއެވެ. ” ލައްބަ ބައްޕާ އަޅުގަނޑު މިިއުޅެނީ ޑިނާއަކަށް ދާންވެގެން.. އެކަމަކު އަދި ވަގުތުއެބައޮތް.. ބައްޕަ ކަމަކުތޯ އަޅިގަނޑަށް ގޮވާލީީ.. ” “އާން ދަރިފުޅާ ބައްޕަ އެބައޮތް ވާހަކައެއްދައްކަން ވެފަ.. މީދަރިފުޅުގެ ދިރިއުޅުމާވެސް ގުޅިފައިވާ ވާހަކައެއްވީމަ.. އެރޭ ދަރިފުޅިގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ބައްޕަވަރަށް ދެރަވި.. ދަރިފުޅަށް އަރޫން ކަމުދޭތަ.. ” އަބަދުވެސް ދަރިފުޅުގެ ހިތްހަމަޖެހުމަށް ވިސްނާ ޔާސީން ބޭނުންވީ ނޫރާގެ ހިޔާލެއްއެކަމުގައި ހޯދާލާށެވެ. “ބައްޕާ އަޅުގަނޑު އެންމެ ފަހުން އަރޫންދުށީ މީގެ ދިހަ އަހަރުކުރިން.. މިހާރު އޭނަ ހުންނަގޮތެއްވެސް ނޭންގެ.. ފެނިގެން ވާހަކަ ދެއްކުނީމައެއްނޫންތޯ ކަމުދަންޔާ އެނގޭނީ.. އަނެއްކާ ކިހިނެއްތޯއެނގެނީ އަރޫންގެ ބައިވެރިޔަކު ނެތްކަމެއްވެސް.. ” ނޫރާބޭނުންވީ ކޮންމެހެންވެސް އަރޫންފެނިގެންނޫނީ އާާބަސް ނުބުނާށެވެ. “ތިވެސް ރަނގަޅުވާހަކައެއް އެކަމަކު ބަލްޤިސް އެބުނީނު އަރޫންގެ އެއްވެސް ކަމެއް އެމީހުނަށް ނޭންގިނުވާނެޔޭ.. އެހެންވީމާ އެކަމާ  ދަރިފުޅު ހާސްވާނެކަމެއް ނެތެެއްނުދޯ.. ބައްޕަ އަރޫންއާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖަައްސާނަން..” “ލައްބަ ބައްޕާ އެހެންވީމަަ އަޅުގަނޑު މިވަގުތު ގޮސްލަނީ.. މިހާރު އަޅުގަނޑުބަލާ އަންނާނެ.. ”  އެހެންބުނުމާއެކު ނޫރާ ހިނިތުންވެފައި ނިކުމެގެން ދިޔަތަން ބަލަން ޔާސީން އިނީ ނުހަނު އުފާވެފައެވެ. ދަރިފުޅުގެ ރުހުން ލިބޭނެކަން ޔަޤީންވީމައެވެ. އޭޭރުން ދުވަސްކޮޅަކުން ބްލޤިސް އާއި ސަމީހުއަށް ވުރެ ކުރިޔަށް އޭނާގެ ވިޔަފާރި ދާނެއެެެ. އަބަދުވެސް އެއީ ޔާސީންގެ ހުވަފެނެކެވެ. ރާއްޖޭގައި ނެތްވަރުގެ ބޮޑު ވިޔާފާރި ވެރިއަކަށްވުމެވެ. ނަމަވެސް އެއްވެސްމީހަކާއި އެކަން ހިއްސާނުކުރަނީ އެކަން ކާމިޔާބުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިދާނެތީއެވެ. މިފަހަރު މިއަތުއަޅުވާލެވުނީ އެކަން ކާމިޔާބުކުރަން އެންމެ ރަނގަޅުމީހުނާކަން ޔާސީންއަށް ވިސްނުނީ އަދިކިރިޔާއެވެ. އެދެމަފިރިންގެ ހުރިހާ މުދަލެއްގެ ވެރިޔަކަށް ވާންހުރި ފިރިހެންކުއްޖާ އެއާާއަށް ގެނެވުމުން އެކަން ކާމިޔާބުކުރުމުގައި ދައްޗެއްނުވާނެކަން ޔާސީންގެ މާސްޓަރ މައިންޑް އަށް އެނގުންވެލިއެވެ. އެާއެކު މުޅި ކޮޓަރީގައި ގުގުމާލީ ޔާސީންގެ ހުނުމުގެ އަޑެވެ.

އަރޫން އަވަދިނެތި ޕެކްކުރަމުން ގެންދިޔައީ ކުއްލިއަކަށް ލިބުން ހަބަރަކުންނެވެ. ބިންޔާވެސް ހަމަ އެފަދައެވެ. ކުޑައިރުކޮޅެއްކުރިން އަރޫން އައިސް ދިން ހަބަރުން އެކުއްޖާފަކީރުވެސް ވަނީ މޮޔަވާން ކައިރިވެފައެވެ. ހުރިހާދުވަހު އެހާއޯގާތެރިކަމާއެކު ލޯބިދީގެން ގެންގުޅުން ބައްޕަ އެކްްސީޑެންޓްވެގެން އައިސީޔޫގައި އޮތްވާހަކަ އަރޫންބުނުމުން ބިންޔާއަށް ހީވީ އޭނާގެ ކަންފަތްދޮށުގައި ހޮނުގުގުރިއެެއް ޖެހިހެންނެވެ. އެދެކުދިންނަށް ޕެކްކުރިމުގައި އެހީވެދެން ޝަމާލް އާއި ޖަޒްލާންވެސް ހަރަކާތްތެރިވީ ކުއްލިއަކަށް ފުރަންޖެހުމުން އެމީހުުން ގެންދަން މާގިނަ އެއްޗެއް ނެތުމުންނެވެ. ހަތަރުކުދިންނަށް އެއާރޕޯޓަށް ދެވުން އިރު އިރުއޮއްސިއްޖެއެެވެ. ނަމަވެސް ހިތްވަރުކޮއްލާފައި ކެތްތެރިވީ ފްލައިޓްގަޑިޖެހެން ދެން މާގިނަ ވަގުތެއް ނެތުމުންނެވެ.

މިޝާއަދި މަލާކް ވެސް ހާސްވެފައިތިބީ އަރޫންމެންނަށް ނުގުޅޭތީއެވެ. “ހެއިމަލްކޮ.. ދެންދޭ މިހާރު ބައްޕަ ނަމާދުކޮށްނިމޭނެ.. ބައްޕަބުނެޏެއްނު އެކޮޓަރިއަށް އަންނަން.. މަލްކޮމެން އަންނަން ވާއިރަށް ކުޑާދާނަން ކާންހަދަން.. ” އެހެންބުނެ މިޝާ ތެދުވުމާއެކު މަލާކްވެސް އަވަހަށް އޭނާގެ ބައްޕަގެ ކޮޓަރިއަށް ދިޔައެވެ. “އަހަ.. ދަރިފުޅުތިއައީތަ.. “ކޮޓަރިއަށް ވަތް މަލާކް ފެނުމާއެކު ހިޝާމް މަލާކްއަށް އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް ބުނަމުން ވާހަކަދެއްކިއެވެ. “ދަރިފުޅު ހާދަކަންބޮޑެއްތިވަނީ ފުރަންވީމަ.. ” މަލާކް އައިސް އިށިނެދެލުމާއެެކު ހިޝާމް އެންމެފުރަތަމަވެސް ސީދާމައުލޫއަށް ދިޔައެވެ. ” ބައްޕާ.. ދެން އަޅުގަނޑު އެކަނިވާނެވަރު ހިތައްހަމައަރަނީ.. އެހެންވެ..” މަލާކްއަށް ރޮވޭގޮތްވާންފެށިއެވެ. “ދަރިފުޅާ ހިތްވަރުކުރަންވާނެ ކިތަންމެދުރަށްދިޔަސް އަބަދުވެސް ދަރިފުޅާއެކު ހެއްްދެވިފަރާތްވާކަން ހަނދާންބެހެއްޓުމުން ހުރިހާކަމެއްވެސް ހަމަޖެހޭނެ.. އަނެއްކާ ތިދަނީ ދޮންތަބޭގެ މަންމަމެންގެ ކައިރިއަކަށްނު.. އެމީހުންވެދް ދަރިފުޅަށް ހެޔޮވާނެކަން ބައްޕައަށް ޔަޤީން.. ދޮންތަވެސް ދާނެ ދުވަސްކޮޅަކު ހުރެލަން ދަރިފުޅާއެކު .. ” ލިބުނު ހަބަރުން މަލާކްގެ ހިތް އުފަލުން ނަށާލިއެވެ.  ދޮންތައަކީ އެންމެ ކުޑަދުވަހުއްސުރެ މަންމައެއްގޮތުގައި ހުރިމީހާއަށް ވުމުންނެވެ. ދެބަފައިން ވާހަކައިގައި ތިބެފައި ނިކުތްއިރު މިޝާ އާއި މައިޝާ ކާންހަދެމުގައި ބަދިގޭގައި އުޅެއެވެ. މީރާން ސޯފާގައި ފޮތަކަށް ގެއްލިފައި އިނީ މައިޝާމެން ނިމިގެން ގޮވާލާނެ ވާހަކަބުނުމުންނެވެ. “އަހައްދަރިފުޅު.. ކޯއްޗެއްތިކިޔާލަނީ.. ” ހިޝާމްގެ އަޑުޖެހުމާއެކު މީރާންއަށް އެދިމާބަލާލެވުނީ ކުއްލިއަކަށެވެ.

ފްލައިޓްް ވެލާނާއިންޓަރ ނޭޝަނަލް އެއަރޕޯޓްގައި ޖެއްސުމާއެކު ލަސްވެފައި ތިބި ބަޔަކުހެން ހަތަރުމީހުން އެކީގަހެން ފެއިބީ ހިތްއަވަސްވެފައި ތިބިިހާލުގައެވެ. ޝަމާލްއާއި އަރޫންވެސް ބޭނުންވީ އަރޫންމެންނާއި އެކުގައި ހޮސްޕިޓަލަށް ދާށެވެ. ވުމާއެކު އެންމެންގެ މިސްރާބު އަވަސްވެފައިހުރީ ލާންޗްތަކާއިދިމާއަށެވެ  ފްލައިޓަށް އަރަމުން އޮފްކޮށްފައިވާ ފޯން ޝަމާލްހުޅުވާލީ މިޝާއަށްް ގުޅާހޮސްޕިޓަލަށް ދިޔަތޯ ބަލާލުމަށެވެ. ” ހެލޯ   އަޅެ ފޯނަށް ކިހިނެއްހަދައިގެންތަ ތިއުޅެނީ.. ކިހާވަރަކަށްގުޅައިފިން.. ” ގުޅާލިމާއެކު މިޝާގެ ޝަކުވާގެ އަޑު ޝަމާލްގެ ކަންފަތުގައިޖެހުނެވެ. “މިޝް ސޮރީއޭ.. މާ ހާސްވެފަ ހުރީމަ ބުނެނުލެވުނީ.. ކޮންތާކުތިހުރީ.. ޑިއުޓީއަށް ނުދަންތަ.. ” “އަޅެ ޝަމާލޫ.. މީ މިޝްގެެ އޮފްޑޭ އޭ.. “ދަމާލާފައި ޝަާލްގެ ނަންބުނުމާއެކު ޝަމާލްއަށް ހިނިތުންވެވުނީ އެއްވެސް އިހްތިތޔާރަކާއި ނުލައެވެ. ” މިޝް އަޑުއަހާބަލަ.. އިނގޭތަ ސަމީހުބެ އެކްސިޑެންޓް ވެގެންއުޅޭކަން.. އެހެންވެ އަހަރުމެން މިއައީ މިކޮޅަށް އަރޫންގެ މަންމަ އަރޫންއަށްވެސް ގުޅާފަބުނީ.. ” “އޭން ކީކޭ..” މިޝާ އަށް އަޑުއިވުން ވާހަކަ ގަބޫލުކުރަން ދަތިވުމުން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ  އެއާއެކު ގޭތެރޭވގައި ތިބިއެންމެންގެ ސަމާލުކަން މިޝާއަށް ހުއްޓުނެވެ. ޝަމާލް ހަމަޖެހިގެން އެބަގުޅަމޭބުނެ ފޯންބޭއްވުމާއެކު “ބައްޕާ އަޅެ ސަމީހުބޭއަށް ގުޅާބަލަ.. ” މިޝާއަށް ބުނެވުނީ އެހާވަރަށެވެ. އޭނާގެ އަޑުކުރެހިގެން ދިޔައެވެ. ހިޝާމް ހާސްކަންމަތީގައި ހުރެ ނަމަވެސް އަވަހަށް ސަމީހުއަށް ގުޅާލީ ވެގެން އުޅޭގޮތް އޮޅުން ފިލުވާލުމަށެވެ.

“ހެލޯ.. ސަމީހު ކިހިނެއްވެގެންތަ ތިއުޅެނީ.. އަނެއްކާ ކަމެއްގޯސްވީތަ.. ” ފޯންނެގުމާއެކު ހިޝާމް އެއްފައްޗަކަށް އަމުނާލިއެވެ. “އެހާ ހާސްވެފައި ވާހަކަ ދެއްކުމުން ސަމީހުވެސް އިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. ” ކިހިނެއްތަވީ .. ” ސަމީހުއަށްވެސް ބުނެވުނީ އެހެންނެވެ. މިޝާ އޭނަގެ ބައްޕައަތުން ފޯންދިނުމަށއެދުމުން މިޝާއަތަށް ފޯނުދިނުމާއެކު ވާހަކަދައްކަންފެށިއެވެ. ” ހެލޯ. ބޭބެ ރަންގަޅުތޯ.. ކޮންތާކުތޯ ތިހުންނެވީ.. ދެންމެ އަޅުގަނޑަށް ޝަމާލްގުޅާފައި ބުނި ބޭބެ އެކްސިޑެންޓްވެގެން އައިސީޔޫގައި ބާއްވާފައި އޮތްވާހަކަ.. ” މިޝާގެ ވާހަކައިން ގޭތެރޭގަ ތިބިމީހުން ގެ ސުވާލުތަށް އިތުރުވުން ނޫންކަމެއް ނުވިތާންގަ ސަމީހުއަށްވެސްވީ އެވަރެވެ. ” ބަލަ.. ދަރިފުޅު ކީކޭ ތިކިޔަނީ.. ބޭބެ މިހުރީ ބޭގެ ރިޒޯޓްގަ މީޓިންއަކަށް އައިގޮތަށް .. ” މިޝާ ޝަމާލްބުނި ވާހަކަ ސަމީހުއަށް އަވަހަށް ކިޔާދިނެވެ. އެއާއެކު އެބަގުޅަމޭ ބުނެ ސަމީހު އަވަހަށް އަރޫން އަށް ގުޅަަން އުޅުނެވެ. ނަމަވެސް އަދިވެސް އަރޫންގެ ފޯން ނުހުޅުވާ އޮތުމުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. މިޝާވެސް އަވަހަށް ޝަމާލްއަށް ގުޅަާ އެހަބަރުދިނީ އެމީހުން ހޮސްޕިޓަލަށް ދާނެތީއެވެ. ނަމަވެެސް އޭރު އެމީހުން ތިބީ އޭޑީކޭ ކައިރީގައެވެ. ލިބުނުހަބަރާއެކު އަރޫން ހިތްހަމަނުޖެހުނު ނަމަވެސް އެވަގުތު އެކަން ނުުދައްކާވޭތޯ ބެލިއެވެ. ޖަޒްލާން އާއި ޝަމާލް އަދި ބިންޔާއަށް ވެސް ހަމަ އެވަރެވެ. އަވަހަށް އެމީހުން ގެއަށް ދާން ނައްޓާލީ ކުރެވުނު ބޭކާރު ދަތުރުގެ ސަބަބުން އިތުރަށް ބޯގޮއްވަން ބޭނުން ނުވާތީ އެކަނިވެެލުމުގެ ބޭނުމުގައެވެ.

ގެއަށް އައިސް ވަދެވުމާއެކު އެންމެ ފުރަތަމަވެސް އަރޫންގެ މިސްރާބު ހުރީ މަންމަމެންގެ ކޮޓަރިއާދިމާއަށެވެ. ޓަކިޖަހާލުމެއްނެތި ދޮރުގެ ތަޅުގައި ހިފާލިއިރު ތަޅުލާފައިހުރުމުން ރުޅިގަނޑު އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. އެާއެކު ދޮރުގައި ތަޅާގަތީ އެޔެއްމިޔެއް ބަލާފައެއްނޫނެވެ. އަޑުފައްގަނޑު ގަދަވެގެން ގޭގައި ގެންގުޅޭ ހާދިމުންތައް އެތަނަށް އެއްވުމާއެކު އެމީހުނަށް ވެސް ސިހުން ގެނުވީ އެވަގުތު އަރޫން ފެނުމުންނެވެ. އަދި ދުވަހަކުވެސް އެހާ ރުޅިއައިސްފައި ވަނިކޮށް އެމީހުނަށް ފެނިފައެއްނުވެއެވެ. “އަރޫން .. ހަމަޖެހިލައްވާ.. މެޑަމް ގޭގަ ނެތީ.. މިރޭ ރިޒޯޓްދަނީ.. ބުނަނީ ޕާޓީ އޮންނަނީ.. ” ހިތްވަރުކޮށްލާފައި އގޭގައި އެނމްދުވަސްވީ އެއް ހާދިމު ރާޖޫ ވާހަކަ ދެއްކިއެވެ. އަރޫން އަށް ހަމަބިމަށް އާދެވުނީ ދެނެެެ  ދުވަހަކުވެސް އެގޮތަށް ގޭތެރޭގައި އުޅެފައިނުވާއިރު ފުރަތަމަވެސް ގޭގެ ހާދިމުންގެ ކުރިމަތީގައި އެހެން އުޅެވުމުން ކުޑަކޮށް ލަދުވެސް ގަތެވެ. އިސްޖަހާލާލައިގެން ސޯފާގައި އޮތް ބެކްޕެކް ނަގައިގެން ކޮޓަރިއަށް ވަންނަމުން ” ރާޖޫ ކޮފީ.. ” އޭ ބުނެލިއެވެ. ބިންޔާ ވެސް އައިސް ކޮޓަރިއަށް ވަތް ގޮތަށް ފެންވަރާލައިގެން ޖައްސާލެވުން ތަނާހެން ލޯމެރުނީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.

އަށެއްޖެހުމާއެކު ފިހާރަތަށް ހުޅުވުމާއެކު މައިޝާއާއި މިޝާގެ އިތުރުން މަލާކް މަޖީދީމަގުގައި ހިނގަންފެށީ ފުރުމުގެެކުރިން ބައެއް އެއްޗެހި ގަނެލުމަށެވެ. އޭރުވެސް އަރޫންގެ ފޯނު ނުހުޅުވާތީ މަލާކްހުރީ މޫޑީވެފައެވެ. މިހާރު ވައިބަރ އިންވެސް މެސެޖް ކުރެވުން އަދަދެއް ނޭންގެއެވެ. ރިޕްލައިއެއް ނާދެއެވެ. އަރޫންމެން މާލެ އައިކަން ވެސް މަލާކްއަށް ނޭންގުނީ ކައިގެން އެގަޑީ ކޮޓަރިއަސް ވަދެވުމުންނެވެ. މިޝާ ހަމަ ގަސްދުގައި އެވާހަކަ ނުުބުނީ އެވެ. ކުއްލިއަކަށް އަރޫން ފެނުމުން މަލާކް ސަޕްރައިޒްވާތަން ދެކޭހިތުންނެވެ. ރީތިވާާ ބައެއް ސާމާނާއި ހެދުންވެސް ތިންކުދިން ގަތެވެ. ހައްތަހާވެސް ބޭރަށްދާއިރަށް މައިޝާއާއި މަލާކް ގަތް ތަކެއްޗެވެ. ” ދޮން.. މަލްކޮ.. ހިނގާބަ މިތަނަށް ވަދެލަން.. ” އޭރު އެކުދިންތިބީ ކައުންޓްލައިންއާއި ހަމައިގައެވެ. މަލާކްގެ މޫޑުއެންމެ އަވަހަށް މޫޑު ރަނގަޅުވަނީ ފޮނިއެެއްޗެއް ކެއުމުކަން މިޝާއަށް އޮތީީ މާކުރިންވެސް އެނގިފައެވެ. ކޮންމެ ޓެސްޓް ދުވަސް ވަރަކުވެސް ހާސްވީމައި މަލާކް ހުރިހާ ވަރެއްބާލާނީ ފްރިޖްގައި ހުންނަ އައިސްކްރީމް ތަށިތަކަށް ކަން އެންމެ ގާތުން ދެކެފައި ހުރީ ހުދުއޭނާ ވީމައެވެ. ކައުންޓްލައިން ވަނުމާއެކު މަލާކްގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ޗޮކްލެޓް ބޯލްސްތަކެވެ. ވަގުތުން މީހާގެ މޫޑު ރަނގަޅުވެގެން ދިޔައެވެ. ތިންކުދިންވެސް ބޭނުންވާ އެއްޗެހި ނެގިއެވެ. “މީ ކުޑާގެ ޓްރީޓެއް އިނގޭ ދޮން އެން މަލްކޮ ފުރާތީވެ.. ” މައިޝާ ޕޭކުރަން އުޅެން ފެށުމުން މިޝާ އެކަން ހުއްޓުވިއެވެ. މަލާކް އެހެން ބުނިމާއެކު ” ދެން  އަވަހަކާވެސް ކުޑާއަތުން އެއްޗެއް ނުލިބޭނެ ދޯއޭބުނެ އިތުރު ޗޮކްލެޓް އެއް ނެގިްެވެ.

އަަރޫން އަށް ކޮޓަރިއަށް ވަންނަމަވެސް ހަމަޖެހުމެއް ނުލިބުނެވެ. ފޯން ނަގާ ޝަމާލް އަށް ގުޅާލުމަށް ބަލާލިއިރު އެވެސް އޮތީ ނިވިފައެވެ. ހައްތަހާވެސް ރުޅިގަދަވުން ނޫންގޮތެއްނުވެއެވެ. “ބިންކޮ.. ބިންކޮ.. ” ތެދުވެގެން ގޮސް ބިންޔާއަށް ގޮވަންފެށީ ބިންޔާފެ ފޯނު ހުޅުވާފަ އޮންނާނެކަން ޔަގީންވުމުންނެވެ. ބިންޔާއަށް ހޭލެވުމާއެކު އަވަހަށް އައިސް ދޮރުހުޅުވީ ދޮންބެގެ އަޑު މާބާރަށް އިވޭތީއެވެ. ” ބިންކޮ ދީބަލަ ފޯނު ދޮންބެގެފޯނު ނިވިފަ އޮތީ ބައްޕައަށް ގުޅާލަން.. ” ދޮރުހުޅުވުމާއެކު އަރޫން ވާހަކަދެއްކިއެވެ. ބިންޔާ އަވަހަށް އަރޫން ކޮޓަރިއަށް ވައްދާ ސޯފާގައި ބޭންދިއެވެ. “އަން .. ދޮންބެ ފެންފޮދެއްބޯލަބަލަ.. ” ބިންޔާއަވަހަށް ފެންތައްޓެއްގެނެސް އަރޫން އަސް ދިއްކޮއްލިއެވެ. އެއްނޭވައިން ފެންތަށިދަމާލުމަށްފަހު އަރަުން ދެންވެސް އެދުނީ ފޯނަށެވެ. އޭރު ބިންޔާ ބައްޕައަށް ޑައިލްކުެަނީއެވެ. ” ހެލޯ .. ސަމީހުގެ އަޑުޖެހުމާއެކު އަރޫންގެހިތަށް ހަމަޖެހުން ގެނުވިއެވެ. ސަމީހުއަށް ވީގޮތް ކިޔާދިނުމާއެކު ވީގޮތް އޭނާއށް ނަގައިގަނެވުނެވެ. ” ދަރިފުޅާ ބައްޕަ މިހާރު މިފުރަނީ މާލެދާން .. ބައްޕަ ގޮޮސްސަ އޮޅުންފިލުވައިދޭނަން.. ” އެހެންބުނުމާއެކު ސަމީހު ފޯންކަޑާލާފައި އަވަސްވެގަތީ ލާންޗް ރެޑީތޯ ބެލުމަށެވެ.  ސަމީހުއަށް ނިކުމެވުންތަނާހެން މުޅިތަން އަލިކޮށްލާފައި ވިދާލިވިދުވަރާާއެކު ވައިބާރުވެގެްދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ވާށެ އޯގާ ހިތާ 8

Next

ވާށެ އޯގާ ހިތާ 9

Next
June 27, 2017

ވާށެ އޯގާ ހިތާ 9

Previews
June 27, 2017

ވާށެ އޯގާ ހިތާ 8

22 Comments!

  1. Layaa says:
    June 27, 2017 at 9:31 am

    Sry dear! All fends..! Reyga haarukaigen upkohlanhuree.. Bt heylevunleh lasskamun handhaan nethunee.. once again I’m really sry .. unmeedhukuran hurihaa fends ah mibaivess kamudhaanekamah..

  2. Flower princess says:
    June 27, 2017 at 9:53 am

    Wow.

    1. Layaa says:
      June 27, 2017 at 10:28 am

      Thank you my dear FP.. ??❤

  3. Some one says:
    June 27, 2017 at 10:22 am

    Nice!! Waitin 4 da nxt prt!

    1. Layaa says:
      June 27, 2017 at 10:30 am

      Awwn thank you my dear some one ?❤

  4. nonns says:
    June 27, 2017 at 11:14 am

    Wowwww. Vvvv reethi mi part. And aroon haadha rulhigadhvee e. Nonns asluves hama varah biruganejje. When next ep? 😀

    1. Layaa says:
      June 27, 2017 at 12:29 pm

      Assludhw rulhuaima! Layaavess jehilunvey.. hehe. Btw thank you so much dear nonns ?❤???

  5. sam♥ says:
    June 27, 2017 at 12:34 pm

    wow .. waiting next part layaa

    1. Layaa says:
      June 27, 2017 at 12:37 pm

      Thank you so much my dear sam♥

  6. Adha? says:
    June 27, 2017 at 1:30 pm

    Balgis gandu Dhoguhadhaafa aroon malé genaee e noora aa bahdhalu kuruvan dw.. varah foohi? aroon e noora gandaa meet vumuge kurin malaak aa meet kohdhehchey ngey layaa? varah reethi mi part ves.. waiting for next part ??

    1. Layaa says:
      June 27, 2017 at 3:19 pm

      Hey adha thankyou my dear so much ?? ?

  7. Robin says:
    June 27, 2017 at 1:58 pm

    Mi part ves varah nice.? varah curious vey eba dhn vaane gothakaa medhu..waiting for next part?❤

    1. Layaa says:
      June 27, 2017 at 3:12 pm

      Thankyou so much my dear Robin ?????

  8. Star gurl says:
    June 27, 2017 at 3:12 pm

    wow… Layaaa….. mi story vv nice.. ekm balgis kyhvebaa dhogu Hedhy…?

    1. Layaa says:
      June 27, 2017 at 3:16 pm

      Aee balgis ge hobby kanneynge .. ? hehe btw thank you much my dear star gurl? ????

  9. Z,M says:
    June 27, 2017 at 5:06 pm

    Vaahaka varah salhi ??

    1. Layaa says:
      June 27, 2017 at 10:07 pm

      Thank you my dear Z,M ??

  10. maroon says:
    June 27, 2017 at 9:15 pm

    Layaa v salhi mi part?

    1. Layaa says:
      June 27, 2017 at 10:06 pm

      Thank you my dear maroon .. comment eh kohnulevunass maroonge vaahakavess varahreethi.. ? konme partakahvess varah inthizaarukuran.. ??

  11. Layaa says:
    July 5, 2017 at 3:33 pm

    Online nuvevyneema migothah msg kohlanee mi
    Vaahakaliyun layaa vrh foohivey meehaky layaa ah liyedhin bhk eh voppy past kohfa mee
    Sorry all
    Layaa mee dhiveh vaahaka kiyaa meeheh noon hehe

    1. Layaa says:
      July 10, 2017 at 4:50 pm

      What is this layaa

  12. Mysha says:
    July 12, 2017 at 7:51 pm

    Omg…
    Vvv nice.

    Waitin……………

Comments are closed.

Next Episodeމަލާކް… 15ވަނަބައި←


All Right Reserved!