Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރީން…(6)

Aufyy <3 Level 1100 Comments10 Stories
June 28, 2017 4 Mins Read
22 Comments

އަހަންނަށް ސަހީމްދެކެ ލޯބިވެވުނީބާއޭ އަނެއްކާވެސް އަހަރެންގެ ހިތަށް އެރިއެވެ.
ނުވާންވީ ސަބަބެއް ނެތެވެ. އަންހެން ކުދިން ބޭނުންވާ ހުރިހާ ސިފައެއް ސަހީމްގެ ކިބައިގައި އެބަހުއްޓެވެ. އަހަރެންނަށް ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އެސްފިޔަޖަހާލާ ހިނދުކޮޅެއްގެ ތެރޭ އަހަރެންގެ ހިނިތުންވުން ފަނޑުވީ އިރުކޮޅެއް ކުރިން ސަހީމް ބުނި އެއްޗެއް ހަނދާން ވެގެންނެވެ.

ސަހީމް ލޯބިވަނީ ކާކުދެކެބާއެވެ. އަހަރެން ހިތުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ނޭނގޭ ހާލު ސަހީމް ބުނެލިއެވެ. “އަނެއްކާ ނަމާއަށް ލޯބިވެވުނީތަ؟؟” އަހަރެން އަވަސްއަވަހަށް ދެފަރާތަށް ބޯހުރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ސަހީމްގެ ހިތުގައި ފޮރުވިފައިވާ ނަަން ނޭނގޭއިރު އަހަރެންގެ އިހުސާސްތައް ބޭޒާރުވާކަށް އަހަރެން ބޭނުމެއްނޫނެވެ.

“ސަހީމް ލޯބިވަނީ ކާކު ދެކެ؟؟” އަހަރެން ހިތުގައި އުފެދުނު ސުވާލު ކޮށްލީމެވެ. ދުރު ބަލަމުންނެވެ. “އަދި ނެތް ނަމެއް ބުނެވޭކަށް..އެކަމް ނަމާއަށް ވަރަށް ރަނގަޅަށް އެކުއްޖާ އެނގޭނެ…ވަރަށް ރީތި ކުއްޖެއް އެއީ….ބައެއް ފަހަރު އުޅޭގޮތުން ހީވަނީ ކުޑަ ކުޑަ ކުއްޖެއްހެން…އެންޑް ސްމައިލް ކޮށްލީމަ އަދި ވަރަށް ލޯބިވާނެ…” ސަހީމް އެކުއްޖާއަށް ތަޢުރީފް ކުރަމުން ދިޔައިރު އަހަރެން ހިތުގައި އެކުއްޖާއާ ދޭތެރޭ ހަސަދަވެރިކަމުގެ އަލިފާންގަނޑު އަނދައިގެން ދިޔަ ގޮތްވެސް ނޭނގެއެވެ. “އޯކޭ އޭދެން…ބުނަން ބޭނުންވި އިރަކުން ބުނޭ…ދަނީދެން…” އަހަރެން ރުންކުރު ގޮތަކަށް ބުނެ އެތަނުން ދާން ހިނގައިގަތީ ދެން އެކުއްޖާ އާ ބެހޭގޮތުން ސަހީމްގެ ދުލުން ބުނާ ބަސްތަކަށް ކެތްނުކުރެވޭނެތީއެވެ.

ފޫހިކަމާއެކު އަހަރެން ރޫމަށް ވަތްއިރު ހުރިހާ އަންހެންވެރިން ތިބީ އޮލަ ވާހަކައެއްގައެވެ. ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި އަހަރެންވެސް އެމީހުންނާ ބައިވެރި ވީމެވެ.

ޢަސްރު ނަމާދުން އަވަދިވެގެން އެންމެން ނުކުތީ ބީޗަށެވެ. ދަތުރުގެ ފޯރި ފެށުނީ ދެނެވެ. ފުރަތަމަ ކަމަކަށްވީ ދެބަޔަށް ޓީމު ބަހާލާ ފައިގަ ތަޅާ ކުޅުމެވެ. ކަން ދިމާ ކުރި ގޮތުން އަހަރެން ޖެހުނީ ސަހީމާއި އިދިކޮޅު ބައިގައެވެ. އެއީ އަހަރެންގެ ނަސީބު ކަމެއް ބަދުނަސީބު ކަމެއް ބުނާކަށް ނޭނގުނެވެ.

ފުރަތަަމަ މެދަށް އަރަން ޖެހުނީވެސް އަހަރުން ބަޔާއެވެ. ސަހީމްމެން އެއްލި ބޯޅަތަކުން ފަހަރަކު މީހެއް އަހަރެމެންގެ ބައިން ނުބައި ވަމުން ދިޔައެވެ. އެންމެ ފަހުން ސަލާމަތުން ތިބީ އަހަރެންނާއި ސަމީރާއެވެ. އަހަރެމެން ދެމީހުންވެސް ބޯޅައިގަ ނުޖެހެން ވެގެން ހުއްޓުމެއް ނެތި ގޮޅި ވަށާ ދުވީއެވެ. އެންމެ ފަހުން އަހަރެން ވަރުބަލި ވެގެން މަޑު ޖެހިލި ވަގުތު ސަހީމް އަހަރެންނާ ދިމާލަށް ބޯޅަ އެއްލިއެވެ. އަހަރެން އޭގެން ރެކެންވެގެން ދުއްވައިގަންނަން އުޅުނު ބޮނޑީގައި ފައި އޮޅިގެން އަނގަ ވަތަށްވެއްޓުނެވެ.

ވަގުތުން އެންމެންގެ ހިނިގަނޑު ފަޅައިން ދިޔައެވެ. އަހަރެން އޮތީ އިސްއުފުލާ ބަލާލަން ވެސް ނުކެރިފައެވެ. ނަމަވެސް ކައިރިން ސަހީމް ގޮވާލި އަޑު އިވިގެން އަހަރެންނަށް ބަލައިލެވުނު ގޮތްވެސް ނޭނގެއެވެ. އެއާއެކު އަހަރެންގެ މޫނަށް ފްލޭޝް އެޅިގެން ދިޔައެވެ. އަހަރެން ތެދުވެ ދުއްވައިގަތީ ސަހީމް އަތުގައި އޮތް ކެމެރާ އަތުލާށެވެ.

ސަހީމްވެސް އަހަރެންގެ އަތުގައި ނުޖެހެން ވެގެން ދުއްވައިގަތެވެ. އަހަރެން ހުރި ބާރެއްލާފައި ދުއްވައިގަތްތަނުން ފައިދަށުގައި އޮތް ގަލެއްގައި އަޅައިގަނެގެން ވެއްޓެން ދިޔައިރު އަހަރެންނަށް ހިފުނީ ދުވެފަ ދިޔަ ސަހީމްގެ ޓީޝާޓް ފުރަގަހުގައެވެ. މިކަމަށް ނުވިސްނާހުރި ސަހީމްވެސް ވެއްޓުނީ އަހަރެންގެ ގައި މައްޗަށެވެ. އަހަރެންނަށް ތަދުވިނަމަވެސް އަހަރެންނަށް އެކަން އިހުސާސެއް ނުވުއެވެ. އަހަރެންނަށް އޮވެވުނީ ސަހީމްގެ އެ ސިހުރެއް ފަދަ ދެލޮލަށް ގެއްލިފައެވެ. އޭރު އެ ދެލޮލުގައި ތަފާތު އަސަރެއް ހުރިކަން އަހަރެންނަށް ފާހަނގަ ކުރެވުނެވެ. ނަމަވެސް އަހަރެންނަށް ނޭނގުނީ އޭގެން ނަގަންވީ މާނައެވެ.

“ނަމާ ހާދަ ކްލަމްސީއޭ…ތިހެން އުޅިނިކޮށް އަނިޔާއެއް ލިބިދާނެ…” އަހަރެން ސިހުނީ ސަހީމްގެ އަޑަށެވެ. އަހަރެންނަށް ލަދުންގޮސް ސަހީމް މޭމަތީ މޫނުފޮރުވާލެވުނެވެ. “އަހްމް….ހާދަ ވަރަކަށް މާ ފޮޅުވަނީ..” ސަމީރާގެ އަޑަށް އަހަރެމެން ދެމީހުން ވެސް މިފަހަރު ދިޔައީ ސިހިގެންނެވެ. ހީވީ ވައްކަމެގައި އުޅެނިކޮށް ވެރިމީހާއަށް ފެނުނު ހެންނެވެ.

ސަހީމް ހީވީ މީހަކު އޭނަ ގައިގަ ކައްޓެއް ޖަހައިން ތެދުވިހެންނެވެ. މިފަހަރު އޭނައަށް ވީގޮތުން އަހަންނަށް ނުހީއްއެއް ނުހުރެވުނެވެ. ސަހީމް ލޯއަޅާފައި އަހަރެންނާއި ދިމާލަށް ބަލައިލި ގޮތުން އަހަރެންގެ ހުނުން މަޑުވުމުގެ ބަދަލުގަ ވީ ހައްތަހާ ގަދައެވެ. ދަތުރުގެ ބާކީ ބައިވެސް ވޭތުވީ މަޖަލާއި ސަކަރާތުގައެވެ.

ސިކުންތުތައް މިނެޓަށް ބަދަލުވަމުން މިނެޓް ގަޑިއިރަށް ބަދަލު ވަމުން ގޮސް އާއަހަރުގެ ދުވަހަށް ބާކީ އޮތީ އެންމެ ގަޑިއިރެކެވެ. އަތިރި މަތީ އަލިފާން ގަނޑެއް ޖަހައިން އެވަށާ އެންމެން ތިބި އިރު އަހަރެންގެ އެއްފަރާތުގައި ސަމީރާ އިންއިރު އަނެއް ފަރާތުގައި ސަހީމް އިނެވެ. ހަޝިދު އިނީ ސަމީރާ ގާތުގައެވެ. ސަމީރާގެ ހިތްފުރިގެން ބަންޑުން ވާނެކަން ގައިމެވެ. އޭނަ ހުންނަނީ ހާޝިދުއާއި ހެދި މޮޔަވާވަރު ވެފައެވެ. އަބަދު ހުންނާނީ ހާޝިދުގެ ރީތި ކަމުގެ ވާހަކަ ނުދެއްކިފައެވެ.

ސަމީރާއެކޭ އެއްފަދައިން އަހަރެންވެސް ހުރީ އެތެރެއިން ނަށާލަ ނަށާލައެވެ. ނަމަވެސް މިއަދު ސަހީމް ދެއްކި ވާހަކަތަކުން އަދިވެސް ހިތްވަނީ ނުތަނަވަސްވެފައެވެ. ނުވާންވީ ކީއްވެ ހެއްޔެވެ؟ ސަހީމް އެއީ އަހަރެންގެ އަލަތު ލޯތްބެވެ. އަހަރެންގެ ހިތް ލަންބާލުމުގެ ކުޅާދާނަކަން ހުރި ހަމަ އެކަނި ފިރިހެނެވެ. ވީ އިރު ސަހީމް އެހެން މީހެއް ދެކެ ލޯބިވާކަން އެނގުމުން އަހަރެންގެ ހިތަށް ކެތްވާނެ ހެއްޔެވެ.

ވާހަކައިގަ ތިބެފަ އެންމެންވެސް ނިންމީ ލަވަ ބާޒީ ކުޅުމަށެވެ. ފޯރިއާއިއެކު ދެބައިން ވެސް ލަވަކިޔަމުން ދިޔައެވެ. އަހަރެމެންނަށް ޖެހުނީ ‘ތ’ އަކުން ލަވައެއް ކިޔާށެވެ. ވިސްނާ ވިސްނާވެސް އަހަރެމެންނަށް އެ އަކުރުން ފެށޭ ލަވައެއް ހަނދާންވާ ގޮތެއް ނުވިއެވެ. އެއާއެކު ފިރިހެން ގުރޫޕުން ގުނަން ފެށުމުން ވިސްނަން އުދަނގޫވެސް ވިއެވެ. ކުއްލިއަކަށް އަހަރެންގެ ބޮލަށް އެރި ލަވައެއް އަހަރެން ކިޔަން ފެށީމެވެ.

” ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތް ވޭ
ތިޔަ ހީލުން ފެނި ހައިރާން ހިތްވޭ
ދީވާނާ ލޯބިން ވެއްޖޭ…
ގޮތް ނޭނގޭ އިހުސާސެއް އެބަ ވޭ
ޖާދޫވީ މަންޒަރު ސިފަވޭ
ދުލުން ބަޔާން ކުރަން ދަތިވޭ…
ހުވާކޮށްފާ ބުނަން ލޯބިވޭ…
ކަލާދެކެ އިންތިހާ ލޯބިވޭ…
ހުވާކޮށްފާ ބުނަން ހިތްގަޔާވޭ….
މުޅި ޖާނު ދޭނަމޭ ލޯބިން ހުވާ….”

އަހަރެން ލަވަ ނިންމާލުމުން ފުރަތަމަވެސް ޖެހުނީ އެންމެންގެ ތަަޢުރީފުގެ ބަސްތަކާއި ކުރިމަތިލާށެވެ. އަދި ހަމައެހެންމެ އެހާ އަސަރާއެކު އެ ލަވަ ކިޔުމުން ދިމާކޮށްވެސް ހެދިއެވެ. ” އޭ ދެން ކޮންމެހެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް…’ވ’ އަކުން ކިޔަން ވީ!” އަހަރެން ލަދަގަތްކަން ނުދައްކަން ވެގެން ލޯއަޅާލަމުން ބުނެލީމެވެ. އެއާއެކު އަނެއްކާވެސް ވާދަވެރިކަމާއެކު ކުޅިވަރު ފެށުނެވެ.

އެއިން އެކަކަށް ނޭނގުނަސް އަހަރެން ލަވައެއްގެ ސިފައިގަ ބޭރުކުރީ އަހަރެން ހިތުގެ ހާލަތެވެ. ދުލާ ހަމައަށް ގެންނަން ނުކުޅަދާނަވި ބަސްތަކެވެ. ސަހީމަށް އެކަން އިނގޭނެ ނަމައެވެ. އެހެން ނަމަވެސް އެ އެންމެން އަހަރެންނަށް ތަޢުރީފްކޮށް ހެދިއިރު ސަހީމް އެކައްޗެކޭވެސް ނުބުނެއެވެ. މީގެ ސަބަބުން އަހަރެންގެ ހިތަށް ތަދުވިއެވެ.

ސަކަރާތުގައި ތިއްބާ 00:00 ޖަހަން 5 ވަރަކަށް މިނެޓަށް ވިއެވެ. ސަހީމް ތެދުވެ އަހަރެން އަތުގައި ހިފައިން އެންމެންގެ މެދަށްވާ ގޮތަށް ހުއްޓުމުން އަހަރެން ހައިރާންވިއެވެ. ވާނުވާ ނޭނގޭ ހާލު އެންމެންގެ މޫނަށް ވަކި ވަކިން ނަޒަރު ހިންގާލީމެވެ. އެއްބައި މީހުން ހަމަޖެހިފައި ތިބިއިރު އަނެއްބައި މީހުން ތިބީ މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެރި ކޮއްގެންނެވެ.ހީވާ ކަހަލައެވެ. އަހަރެން ނޫން އެންމެންނަށްވެސް އެތާ ވާންއުޅެނީ ކީއްކަން އެނގެއެވެ.

އަހަރެން ހުރިގޮތަށް ހުއްޓުން އަރާއިފައި އިންދާ ސަހީމް ގެނުވި ހަރަކާތަކާއެކު އަހަރެންގެ ހައިރާންކަން އިތުރުވެ ދެލޯ ބޮޑުކޮށްލެވުނެވެ. އަހަރެން ލޯމަރައިފައި ހުޅުވާލީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ ހަގީގަތެއްކަން ގަބޫލު ކުރަން ދަަތިި ވުމުންނެވެ. ރަތް ފިނިފެން މަލެއް އަހަރެންނާ ދިމާލަށް ދިއްކޮލައިން އެއްކަކޫ މައްޗަށް ހުރިއިރު އެލޮލުން އަހަރެންނަށް ފެނުނީ ބަޔާން ކުރަން ދަތި ލޯތްބެކެވެ.

“ނަމާ…ނަމާތީ އެންމެ ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތާ ކުޅެލި ކުއްޖަކީ…ނަމާގެ ކޮންމެ އާދައަކަށްވެސް އަހަރެންގެ ހިތް ކިޔަމުން ދިޔަ…އަހަރެން ވަރަށް ދުވަސްވެއްޖެ މިވާހަކަ ނަމާ ކައިރި ބުނަން ބޭނުން ވެގެން އުޅޭތާ…އެކަމްވެސް ނަމާ އަހަރެންދެކެ ލޯބިނުވާނެއޭ ހީކޮށް ފަސްޖެހެވެނީ….އެކަމްވެސް މިރޭ ކޮންމެ ކަމެއް ވިޔަސް ވަރިހަމަ…އަހަރެން ނަމާގެ ފަރާތުން ބޭނުމީ ތެދުވެރި ޖަވާބެއް…އަހަރެން ނަމާދެކެ އިންތިހާއަށް ލޯބިވޭ….އަހަރެން ބޭނުން ނަމާ އާއި އެއްކޮށް އަހަރެންގެ ދިރިއުޅުން ހުސްކުރަން…ވިލް ޔޫ ބީ މައިން ފޯއެވާ؟؟”

އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ބަބުޅަމުން ދިޔައެވެ. ސަހީމް އަތުގައި އޮތް ފިނިފެން މަލުގައި ހިފާލަމުން އަހަރެންނަށް ބުނެވުނުހާ ވެސް އެއްޗަކީ”ޔެސް”އެވެ. ސަހީމަށް ލިބުނު އުފަލަކުން އަހަރެންގެ ގައިގައި ބައްދާލީ ލޯތްބާއި އެކުއެވެ. ދުވަހަކުވެސް ވަކި ނުވާށޭ ބުނާފަދަ ގޮތަކަށެވެ.

“އައި ލަވް ޔޫ..” ސަހީމް އަހަރެން ކަންފަތް ކައިރިން ވައި އަޑުން ބުނެލި ބަސްތަކުން އަހަރެންނަށް ލޯމަރާލެވުނެވެ. އެއީ އަހަރެން ސަހީމް އަނގައިން އަޑުއަހަން އެންމެ ބޭނުންވި ލަފްޒުތަކެވެ. އަހަރެންނަށް ކުރެވުނީ ދުނިޔެމަތީ އެންމެ އުފަލުގަ އުޅޭ މީހަކަށް ކުރެވޭ ކަހަލަ އިހުސާސެކެވެ. ދަތުރު ނިމިގެން ދިޔައީ އަހަރެންގެ ހަޔާތަށް ބަހާރު މޫސުމެއް ގެނެސްދީފައެވެ.

އަހަރެންނާއި ސަހީމް ލޯބީގެ އެތަށް ވަޢުދާއި އަހުދުތަކެއް ކުރީމެވެ. އުފަލާއި މަޖަލުގައި ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ކައިވެންޏަށް ސަހީމް އެދުނެވެ. މަންމަ އަދި ބައްޕަވެސް އެއްބަސްވީ ވަރަށް އިތުބާރު ކޮށްގެންނެވެ. ނަމަވެސް އަހަރެން ނުތަނަވަސް ވާންފެށީ ކައިވެނީގެ ކުރިއަށް އޮތްރޭ ހާޝިދު އަހަރެންނާ ދެއްކި ވާހަކައަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

އަންވާރު ސީސަން 2 (އެއްވަނަ ބައި)

Next

ޞަފަރު (6 ވަނަ ބައި)

Next
June 28, 2017

ޞަފަރު (6 ވަނަ ބައި)

Previews
June 27, 2017

އަންވާރު ސީސަން 2 (އެއްވަނަ ބައި)

22 Comments!

  1. Reader says:
    June 28, 2017 at 4:50 pm

    Me first. Kiyaalaafa comment eh kollaanan

    1. kiaara says:
      June 28, 2017 at 6:03 pm

      Hey guyxx…vr bodahh sorry las vaathy…kiaa mi 3 dhuvahu family aa ehko maafuhtah dhaan jehunyma las v…and miadhu mikolhah aissa liyevifa oii baii up kohla dhiny…mistakes huredhaane….i promise dhbln oii baii dhigu kohla dheynan…insha allah dhn hama regular kohh up kohh dheveytho balaanan…thank you 4 your support guyxx..?

  2. Reader says:
    June 28, 2017 at 4:54 pm

    Salhi. Ekam maa kuru

    1. kiaara says:
      June 28, 2017 at 6:04 pm

      Thanks reader…?

  3. Lovely? says:
    June 28, 2017 at 5:34 pm

    Salhi ekam kuree dhww

    1. kiaara says:
      June 28, 2017 at 6:12 pm

      Thank you…?

  4. sam♥ says:
    June 28, 2017 at 7:04 pm

    wow♡

    1. kiaara says:
      June 28, 2017 at 9:32 pm

      Thanxx sam..?

  5. Maly says:
    June 28, 2017 at 7:45 pm

    V reethi. Thanks kiaa.. heekuran next part miah vure dhigu vaane kamah

    1. kiaara says:
      June 28, 2017 at 9:33 pm

      Thanx…insha allah i wont let yuh down..?

  6. Adha? says:
    June 28, 2017 at 9:01 pm

    Wow.. beautiful..???
    Waiting for next part ?❣

    1. kiaara says:
      June 28, 2017 at 9:34 pm

      Thank you adha…?

  7. neem says:
    June 28, 2017 at 11:39 pm

    V dhuvas vehje inthizaaaru kuraathaa mi vaahaka ah dhen konirakun next part

    1. kiaara says:
      June 30, 2017 at 2:52 am

      awwwn…insha allah maadhan up kohla dheynan… 🙂

  8. nonns says:
    June 29, 2017 at 12:23 am

    Varah salhi ingey mi part ves. As usual. When next ep?

    1. kiaara says:
      June 30, 2017 at 2:54 am

      thnq… 🙂 insha allah maadhan…

  9. Arisal says:
    June 29, 2017 at 5:02 am

    Salhi

    1. kiaara says:
      June 30, 2017 at 2:53 am

      thnq… 🙂

  10. Shau says:
    June 29, 2017 at 9:21 pm

    V salhi

    1. kiaara says:
      June 30, 2017 at 2:55 am

      thnq… 🙂

  11. Butterphly RiFakko says:
    June 29, 2017 at 10:53 pm

    Same part ?

    1. kiaara says:
      June 30, 2017 at 2:55 am

      is it???????

Comments are closed.

Next Episodeއައިރީން…(7)←


All Right Reserved!