Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ނޭނގުމެއްގެތެރޭގައި..(6) ފަހުބައި

Kooji Level 210 Stories100 Comments
June 23, 2017 6 Mins Read
27 Comments

އައިނީ މަޑު ހިގުމެއްގައި ގޮސް ޖެހިގެންއޮތް މަގަށް އަޅާލިއެވެ. އޭރު އެމަގުގެ އަނެއްކޮޅުން ބާރު ސްޕީޑްގައި އަންނަމުންދިޔަ ސައިކަލުގެ މިސްރާބުހުރީ ސީދާ އައިނީއާއި ދިމާއަށެވެ.. އައިނީއަށް އެކަން ރޭކާލިއިރު ސައިކަލުއައިސް އައިނީއާއި އަރާހަމަވަނީއެވެ. އެވަގުތު ފަޒާގެ ތެރޭގައި ގުގުމާލީ އައިނީގެ ވޭނީ ހަޅޭކުގެ އަޑެވެ..

އައިނީ އަތުގައި ހިފާ ކުއްލިއަކަށް މީހަކު ދަމާލިއެވެ. އަމާލްއަށް އެވަގުތު އެތަނަށް ނާދެވުނު ނަމަ އެވަގުތު އެތަނުން ގެންދަން ޖެހޭނީ އައިނީގެ ފުރާނަނެތް މަސްގަޑެވެ . އަމާލް ދުވެފައި ނުކުތީ މަގަށެވެ. ނަމަވެސް އޭރު އެ ސައިކަލު ލޮލުކޮޅަށް އޮބާލައިފިއެވެ. މަގުމަތީގައި ހަރުކޮށްފައި ހުރި ބޮކިން ކޮންމެވެސް ވަރަކަށް މަގުމައްޗަށް އަލިއެޅިފައި ހުއްޓެވެ. މަގުމަތީގައި ހުރި ލޭތައް އެވަގުތު އަމާލްގެ ލޮލުގައި އަޅައިގަތެވެ. ކުއްލިއަކަށް ހަނދާންވީ އައިނީ މަތިންނެވެ. އަމާލް އައިނީ ކައިރިއަށް ދިޔައިރު އައިނީގެ ވައަތު މުލަތްދަޑިން ހޯސްލާފައި ލޭ އަންނަމުން ދިޔައެވެ. އަމާލް އަވަސްވެގަތީ އައިނީ ހޮސްޕިޓަލަށް ގެންދާށެވެ.

އައިނީ ހޮސްޕިޓަލަށް ގެންގޮސްފައި އަމާލް ފުރަތަމަވެސް ގުޅީ އައިނީގެ ބޮޑުދައިތަ އަށެވެ. އަދި އެމައްސަލަ ފުލުހުންނަށް ރިޕޯޓުކުރިއެވެ. އަތް ކަޑައިގެން ގޮސްފައިވަނީ ވަރަށް ފުންކޮށް ކަމުން އައިނީއަށް ޖެހުނީ ހޮސްޕިޓަލުގައި އެރޭ މަޑުކުރާށެވެ. ފުލުހުންގެ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު އައިނީއަކަށް ނުދެވުނެވެ. ހުރިހާ ކަމެއްވެސް ވެ ނިމިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަމުން އައިނީއަށް ސައިކަލު ދުއްވަން ތިބި މީހުން އެއްވެސް ވަރަކަށް ފެންނަ ގޮތެއް ނުވިއެވެ. އެހެންވެ ފުލުހުންނަށް އެމީހުން ހޯދުންވީ ނާދިރުކަމަކަށެވެ. ލަފާކުރެވޭ ގޮތުގައި އެމީހުން ބޭނުންވީ އައިނީ މަރާލާށެވެ. ނަމަވެސް މިފަހަރު އެމީހުންނަށް ކާމިޔާބުވާ ގޮތް ނުވީ އަމާލްގެ ހުޝިޔާރުކަމުންނެވެ.

ހިނގާދިޔަ ކަންތައްތަކަށް ފަހު އެރަށުގައި މަޑުކުރާކަށް ބޮޑުދައިތަ ބޭނުމެއް ނުވިއެވެ. އައިނީއަށް ވެސް ރަނގަޅުވާނީ އެގޮތް ކަންނޭގެއެވެ. އެހެންވެ ޖެހިގެންއައި ދުވަހު އައިނީމެން އެނބުރި މާލެ އައެވެ.
ކޮންމެގޮތަކަށް ކަންތައްވި ކަމުގައި ވީ ނަމަވެސް އެކަމަށް އަލިމަގެއް ނުފެންނަހާ ހިނދަކު އައިނީ އެކަން ހުއްޓައެއް ނުލާނެއެވެ.
*** *** ***
ކަނޑުގެ ލޮނުގަޑު ކަފަމުންދިޔަ ލޯންޗުގެ މިސްރާބު ހުރީ މާލެއާއިވީ ކޮޅަށެވެ. ވާރޭ ނުވެހުނު ނަމަވެސް ކަނޑު އޮތީ ގަދަކޮށެވެ. ލޯންޗުގެ ފަހަތު ސީޓުގައި އިށީދެގެން އިން އަމާލްގެ ނަޒަރު ހުއްޓިފައި ހުރީ އެކި ކުލަތަކުން ދިއްލިފައިވާ މާލޭގެ މަލަމައްޗަށެވެ. އަމާލް ވިސްނަމުން ދިޔައީ އައިނީ އަށް އެހީ ވެދޭނެ ގޮތަކާއި ދޭތެރޭގައެވެ.

އަމާލް މާލެއަންނަ ވާހަކަ އައިނީ ކައިރީ ބުނެފައި އޮތުމުން އަމާލް އަންނަންވާއިރަށް އައިނީ ހުރީ ލޯންޗު ލަފާ ސަރަހައްދުގައެވެ. އަމާލް ހުންނަން ހަމަޖެއްސީވެސް އައިނީމެން ގޭގައެވެ. ކުޑަ ދުވަސްކޮޅަކަށް ބޮޑު ދައިތަވެސް އެ ގެއަށް ބަދަލުވީ އައިނީ އަށް މިވަގުތު އެކަނި އުޅުން ރައްކާތެރި ނުވާނެކަމަށް ވިސްނޭތީއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކޮށް ނިމުމާއިއެކު އައިނީ ދިޔައީ ކޮޓަރިއަށެވެ. އާސިފްއާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ލިބޭތޯއެވެ. ދަތުރު ވަރުބަލި ވެފައި ވުމާއިއެކު އަމާލްވެސް އޮށޯތީ ކުޑަކޮށް ވަރުބަލި ފިލުވާލާށެވެ.

ފައިލުގައި ހުރި ލިޔުންތަކަށް ގެއްލިފައި އިން އައިނީ ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ފައިލު ބާއްވާފައި ގޮސް ދޮރު ހުޅުވިއިރު ދޮރު ކުރިމަތީގައި ފޯނަށް ބަލަހައްޓައިގެން އަމާލް ހުއްޓެވެ.

“އައިނީ.. ފޯނު ހިފައިގެން އާދެބަ ބޭރަށް” ވައި އަޑަކުން އަމާލް ބުންޏެވެ. އައިނީ އަވަސް އަވަހަށް ފޯނު ހިފައިގެން ނިކުތެވެ. އޭރު ސިޓިންގ ރޫމު ސޯފާގައި އަމާލް އިނީ ފޯނުން ވާހަކަ ދައްކާށެވެ.
އައިނީ ދިޔުމުން އަޑު ނީއްވައި އަމާލް ކޮންމެވެސް އެއްޗެކޭ ބުންޏެވެ. އަމާލް ބުނި އެއްޗެއް އައިނީއަށް ދޭހަ ވީ ދެފަހަރަކު ބުނުމުންނެވެ. އައިނީވެސް އަމާލް ކައިރީ އިށީނެވެ. އަމާލް ފޯނު އަޑުބާރުކޮއްލަމުން އެތާހުރި ކުޑަ މޭޒުމަތީ ބޭއްވިއެވެ.

“ސީމާގެ މަރުގެ ހަގީގަތް ހޯދުން ހުއްޓާލާ! އެކަން ކުރީ ރާމިޒުކަން ނުދަންނަ މީހަކު ނުހުންނާނެ.. ސާބިތު ނުވިއެއްކަމަކު ހަމައިން ނެއްޓިފައި ހުރި މީހަކު ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ.. އަހަރެންދޭ ނަސޭހަތެއް ގަބޫލުކުރަންޏާ … ”

“ތިބުނީ ސީމާގެ ގާތިލް އާސިފްދޭ ނަސޭހަތް ގަބޫލުކުރާށޭތަ!!؟؟ އެކޮޅުން ވާހަކަ ދެއްކި މީހާގެ ވާހަކަ މެދުކަޑާލަމުން އަމާލް އެހެން ބުނެލީ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކުރުވަމުންނެވެ.
އެކޮޅުން ވާހަކަދެއްކި އާސިފަށް ލިބުނު ހައިރާންކަމާއި އެއްވަރަށް ރުޅިވެސް އައެވެ.

“އާނނ.. މީ ހަމަ އެ އާސިފް! އަމިއްލަ ފުރާނައިން އަތްދޮވެލަން ބޭނުން ނޫނިއްޔާ ތިކުޅޭ ކުޅިގަނޑު ހަމަ މިހާރު ހުއްޓާލާ! ތި އާއިލާއަށްވެސް ރައްކާތެރި ގޮތަކީ އެއީ..!” އާސިފްގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“ސީމާގެ މަރުގެ މައްސަލައިގެ ގޮތެއް އަހަންނަކަށް ނޭނގެ.. އެކަމަކު މީހަކަށް މަރުގެ އިންޒާރުދިން ކަމުގެ ކުށުގައި ޖަލަށް ލެވޭހާ ހެކި މިހަރު ލިބިއްޖެހެން އަހަންނަށް ހީވަނީ..
ކޮބާ ސިސް.. ރެކޯޑު ވެއްޖެތަ” އައިނީއަށް ބަލާލާފައި އެއްލޯ މަރާލަމުން އަމާލް އެހެން ބުނެފައި އެކޮޅުން އެއްޗެއް ބުނާނެ ފުރުސަތު ނުދީ ފޯނު ކަޑާލިއެވެ.

ހިނިތުންވެފައިވާ މޫނަކާއި އެކު އަމާލް އައިނީއަށް ބަލާލިއެވެ. އައިނީގެ މޫނުމަތިންވެސް ފާޅުވާން ހުރީ ހިތްހަމަޖެހުމެވެ. އެމީހުންގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިއްޖެ ކަމުގެ ހިތްހަމަޖެހުމެވެ.
އައިނީގެ ފޯނުން އެވަގުތު އިވެމުން ދިޔައީ އިރުކޮޅެއް ކުރިން އާސިފް ދެއްކި ވާހަކަތަކެވެ. ފޯނު ހިފައިގެން ތެދުވެ ހިނގައިގަތް ވަގުތު ބޭރު ދޮރުގައި މީހަކު ޓަކިޖަހާލިހެން ހީވެގެން އައިނީ ދޮރާއި ދިމާލަށް އެނބުރުނު އިރު އަމާލް ދޮރު ހުޅުވަނީއެވެ.

ދޮރުހުޅުވާލުމައި އެކު އެތެރެއަށް ވައިން މީހާ ހިފީ އަމާލްގެ ކަރުގައެވެ. އެކަހަލަ ކަމަކަށް ވިސްނައިގެން ނެތުމުން އަމާލްއަށް ލިބުނީ ސިހުމެކެވެ. ކަރުގައި ހިފަހައްޓާފައި ހުރިލެއް ބަރުކަމުން އަމާލް އަށް ނޭވާލާން އުނދަގޫވިއެވެ. އެވަގުތު އައިނީ ހަޅޭއް ލަވައި ގަންނަމުން އަމާލް އާއި ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ހަމަ އެވަގުތު އައިނީއަށް ހުއްޓެއް މަޖުބޫރުވިއެވެ. އެމީހާ އަތުގައި އޮތް ވަޅި އަމާޒުވެފައި ހުރީ ސީދާ އަމާލްގެ ކަރަށެވެ.

“އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް މީނަގެ ބޯ ހަށިގަނޑުން ވަކިކޮއްލާނަން” އެމީހާގެ އިންޒާރުގެ ބަސްތައް ހީވީ އައިނީގެ ހިތަށް ހަރާލި ހަންޖަރެއް ހެންނެވެ. އެމީހާއަށް ރަނގަޅަށް ބަލާލެވުނީވެސް އެވަގުތުއެވެ. އެއީ އާސިފް ނުން ދެވަނަ މީހެއް ނުންކަން އައިނީއަށް ޔަގީންވިއެވެ. އަތްފުރާ އަނގޮޓި އަޅާފައި ހުރިއިރު ކަރުގައި ޗޭނުފަށެއް އަޅުވާފައި އޮތެވެ. އުމުރުން ދުވަސްވެފައި ވީ ނަމަވެސް ލިބިފައިވާ އިސްކޮޅާއި އެއްވަރަށް ހަށިގަނޑު ބިޔަ ކަމަށް ދައްކައެވެ. ބޮލުގައި އިސްތަށި ނެތް ނަމަވެސް ތުބުޅި މަތިމަސް ހުރީ ދިގުކޮށްފައެވެ. އޭނަ ކޮންމެފަދަ ގޮތެއްވެސް ހަދަން ފަސް ނުޖެހޭނެކަން އެނގޭތީ އައިނީ ހުރީ ހުރި ފިޔަވަޅު މަތިން ގުޑިލަންވެސް ނުކެރިފައެވެ. ރޯންވެސް ނޭނގިފައި ޖެހި ބުދެއްހެން އައިނީ ހުއްޓެވެ.

“ކޮބާ ފޯނު؟” ގޭތެރޭގައި ގުގުމާލީ އާސިފްގެ ހަޅޭކުގެ އަޑެވެ. އައިނީ ހުރީ އާސިފްއަށް ބަލަހައްޓައިގެން ގުޑިލަންވެސް ނޭނގިފައެވެ. ހިތް ނެގިނެގިފައި ޖެހެމުންދިޔަ އަޑު ފިޔަވާ އެހެން އަޑެއް ނީވޭ ކަހަލައެވެ.
“ބަލަ މަމި އަހަނީ ކޮބާހޭ ފޯނު” އައިނީއަށް ހޭވެރިކަންވީ އަނެއްކާވެސް އާސިފް ހަޅޭއް ލަވައިގަތުމުންނެވެ. އެވަގުތު ކުއްލިއަކަށް އަތުގައި އޮތް ފޯނު މަތިން އައިނީ ހަނދާންވިއެވެ. އަވަސް އަވަހަށް ފޯނު ދިއްކޮއްލިއެވެ.

އަމާލް ދަމަމުން ކަހަލަ ގޮތަކަށް އައިސް އާސިފް އައިނީ ކައިރީ ހުއްޓެމުން އަތުގައި އޮތް ވަޅި ލައްޕާލަމުން ޖިންސްގެ ޖީބަށް ލިއެވެ. އަދި އައިނީ އަތުގައި އޮތް ފޯނު ޖަހައިގަނެފައި އެއިން އައިނީގެ ކަންކަށިމަތީގައި ޖެހިޖެހީނުން އައިނީ ދިޔައީ ވިއްސިގެންނެވެ. އެވަގުތު އައިނީގެ ހެއަށް ގޮތްވެގެން ވެއްޓުނެވެ. އެ މަންޒަރު ފެނިފައި އަމާލްގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން އަމާލްއަށް ޖެހުނީ ބަލަހައްޓައިގެން ހުންނާށެވެ.

އަތުގައި އޮތް ފޯނު ހުޅުވޭތޯ މަސައްކަތް ކުރަމުން ދިޔައިރު އާސިފްގެ ދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. ފޯނު ނުހުޅުވުމުން ހުރި ބާރެއް ލަފައި ބިންމަތީގައި ފޯނުން ޖެހިއެވެ. ފޯނުގެ އެކިބައިތައް ދިމަދިމާލަށް ބުރައިގެން ދިޔައެވެ. އަދި އެވަރުން ނުވެގެން ފޯނުގެ މެމޮރީ ކާޑް ނަގާ ދަތުން ބުރިކޮށްލިއެވެ.

“ދެން ކަލޭމެން ތިކުރަން އުޅޭ ކަމެއް ކޮށްބަލަ!! ސީމާ މަރާލީ އަހަރެންކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް މިއަދާއި ހަމައަށް އެއްވެސް މީހަކަށް ހޯދިފައެއް ނެތް.. އަދި ހޯދުނަކަވެސް ނުދޭނަން..” އަމާލް ގެ ކަރަށް ކުރިއަށްވުރެ ބާރުކުރަމުން އާސިފް ވާހަކަ ދެއްކިއެވެ.
“ހަނދާންކުރާތި..! މިއީ އަހަރެން ދޭނެ އެންމެ ފަހުގެ އިންޒާރު..!! ކަލޭގެ މަންމައާއި ބައްޕަ މަރުވިތާ އަދި މާ ގިނަ ދުވަހެއް ނުވޭ ، އިތުރު މީހެއްގެ ޖަނަޒާ އުފުލަން ޖެހުމުގެ ކުރިން ތިކަން ހުއްޓާލާ!!!!
އެހެންބުނެފައި ބަންލާފައި ދޮރުޖަހަމުން އާސިފް ނުކުމެގެންދިޔައެވެ.

އެވަގުތު އަމާލް އަށް ހުރި ތަނަށް ތިރިވެވުނެވެ. އަމާލްއަށް ހަމައަށް ނޭވާ ލެވުނީވެސް އިރުކޮޅަކުންނެވެ. ކަރުގައި ފިރުމަމުން އަމާލް ކައިރިވެލީ ވެއްޓިފައި އޮތް އައިނީ ގާތަށެވެ. އަދި އަވަސް އަވަހަށް އައިނީގެ ވިންދު ހުރިތޯ ބަލާލިއެވެ. އެއާއިއެކު އަމާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނެވެ. އެކިދިމަ ދިމާލުގައި ހުރި އައިނީގެ ފޯނުގެ ބައިތައް އަމާލްގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އަމާލް މާޔޫސްވިއެވެ. ލިބުނު ހަމައެކަނި ހެކި ވެސް ގެއްލި ދިޔައިމައެވެ. އައިނީ އަދި ކިހާ ދެރަވާނެހެއްޔެވެ. މި ހުރިހާދުވަހު ކުރަމުންއައި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބި ނިމުމަކަށް އައީމައެވެ.
އެވަގުތު ބަދިގެއިން ނިކުމެގެން އައި ބޮޑުދައިތައަށް އަމާލް ބަލާލީ ހައިރާންވެ ހުރެއެވެ……

** ** **
ހަދަންފަށާފައިވާ އިމާރާތެކެވެ. އެތާ ތެރެއިން ކޮންމެވެސް ބައެއްގެ ހުނުމުގެ އަޑު ކެޑިނޭޅި އިވިއިވި ހުއްޓެވެ. އޭގެތެރޭގައި އާސިފްވެސް ހުއްޓެވެ. އެމީހުން ތިބީ ދުނިޔޭގެ މަޖަލަށް ގެއްލި މަސްތުވާތަކެތީގެ އަވައިގައި ޖެހިފައެވެ. މަސްތުގެ ހާލުގައި ތިބެ ބަދުއަޚުލާގީ އަމަލު ހިންގަމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ.

އެވަގުތު އެތަނަށް ވަދެގެންއައި ފުލުހުން ފެނިފައި އެ އެންމެންނަށް އެއްފަހަރާ ތެދުވެވުނެވެ. އެއްބަޔަކު ދުއްވައިގަތީ ފިލޭނެ ގޮތެއް ވޭތޯއެވެ. ނަމަވެސް އެކަމަށް ތައްޔާރުވެގެން ތިބި ފުލުހުން އެ އެންމެން ހައްޔަރުކުރީ ހުށިޔާރުކަމާއި އެކުއެވެ. ރޭއްސުރެ އެމީހުން އެ އަންނަނީ އާސިފް ހޯދަމުންނެވެ. އާސިފް އާއި ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެންނެވެ. ކިތަންމެ ގަދަހެދިޔަސް މިފަހަރު ސަލާމަތެއް ނެތްކަން އެނގުމުން އާސިފް އެމީހުންނާއި އެކީ ދިޔައީ އެއްވެސް ގަދަދެއްކުމަކާއި ނުލައެވެ.
** **
އައިނީ ކޮޓަރިން ނުކުތީ ބޮޑުދައިތަ ސައިބޯން ގޮވުމުންނެވެ. ބޮލުގައި ރިއްސާތީ މިއަދު އައިނީ ކޮޓަރިންވެސް ނުނިކުމެ އޮތީއެވެ. އައިނީ އައި އިރު އަމާލްވެސް އިނީ ކާމޭޒުދޮށުގައެވެ. އައިނީ އަށް ބަލާލަމުން އަމާލް ހާލު އޮޅުން ފިލުވާލިއެވެ. އައިނީގެ ކަނާތު ކޯތާފަތް އަދިވެސް ހުރީ ދުޅަކޮށެވެ. ލޯކައިރިވެސް ހުރީ ކޮންމެވެސް ވަރަކަށް ކަޅުވެފައެވެ.
މިހާރު ކުޑަކޮށް ރަނގަޅު ކަމަށްބުނެ އައިނީ ވެސް އިށީނީ ސަޔަށް އިންސާފުކުރާށެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަންހުރީ އުފާވެރިކަމެވެ.

“އަހަރެން ހިޔެއް ނުކުރަން ބޮޑުދައިތަ ތީ އެހާ ވިސްނޭ މީހެއް ކަމަކަށް” ސަމާސާ ރާގެއްގައި އަމާލް ބުނެލިއެވެ. އައިނީވެސް ބޮޑުދައިތައަށް ބަލާފައި ހީލިއެވެ.

“އަސްލުވެސް.. ބޮޑުދައިތަގެ ހުށިޔާރުކަމަށް އަހަރެން ހަމަ ސާބަސްދެން.. ބޮޑުދައިތަ ނެތްނަމަ އެ އާސިފް ފަޅާއަރުވާލުން އެއީ ހަމަ ނުވާނެކަމެއް..” މިފަހަރު ވާހަކަ ދެއްކީ އައިނީއެވެ. އަމާލްވެސް އާނއެކޭ ބުނަމުން ބޯޖަހާލިއެވެ.

އެރޭ އާސިފް އެގެއަށް އައިއިރު ބޮޑުދައިތަ އުޅުނީ ބަދިގޭގައެވެ. ހަދާނެގޮތެއް ނޭނގިފައި ހުރިއިރު ބޮޑުދައިތަ ވިސްނަމުންދިޔައީ އާސިފްގެ ކުށް ފަޅާ އަރުވާލާނެ ގޮތަކާއި މެދުގައެވެ. ބޮޑުދައިތަ ހުރިކަން އާސިފްއަށް އެނގިއްޖެނަމަ އެކަން ކުރަން އުނދަގޫވާނެއެވެ. އެހެންވެ ބަދިގެއިން ނުނިކުމެ މަޑުކުރީއެވެ. އެންމެފަހުން ވިސްނުނު އެންމެ ރަނގަޅު ގޮތަކަށް ވީ އެ މަންޒަރު ފޯނުގެ ކެމެރާގައި ރައްކާކުރުމެވެ. ނަސީބަކުން ފޯނުވެސް އެވަގުތު އޮތީ ބަދިގޭގައެވެ. އެހެންވެ ސިއްރު ސިއްރުން އެ ހުރިހާކަމެއް ވީޑިއޯކުރީއެވެ. އާސިފްގެ ވާހަކަތަކުން ސީމާގެ ގާތިލަކީ އޭނަކަން ވަރަށް ރަނގަޅަށް އެނގުނެވެ.

ފުލުހުންނަށް އެމީހުން ހޯދަން އެހީވެދިނީ އައިނީއެވެ. ބައްޕަގެ ޑައިރީގައި ބުނެފައިވާގޮތުން އެމީހުން ހޯދަން އެންމެ ފަސޭހަވާނީ ކޮންމެވެސް ފަޅު ގެއެއް ނޫނީ ހަދަން ފަށާފައިވާ އިމާރާތެއް ކަހަލަ ތަނަކުން ކަމަށް އައިނީއަށް ލަފާކުރެވުނެވެ. އެފަދަ އެތައް ތަނެއް ބެލި ފަހުން އެންމެފަހުން އާސިފް އެވަނީ އަތުލައިގަނެވިފައެވެ.

“މިއަދު ޖެހޭ ކޯޓަށް ދާން.. އަމާލްވެސް ދާންޖެހޭނެނު.. މާމަމެންވެސް އަންނާނެ މިއަދު..” ސައިބޮއެ ނިމިގެން ތެދުވަމުން އައިނީ އަމާލް ކުރެން އަހާލިއެވެ. އަމާލް ބޯޖަހާލިއެވެ.
……..
އާސިފްގެ މައްޗަށް ހުށަހެޅިފައިވަނީ ހަމައެކަނި ސީމާ މަރާލިކަމުގެ ތުހުމަތު އެކަންޏެއް ނޫނެވެ. ބައެއްގެ ގެދޮރަށް ހުއްދައަކާއި ނުލާ ވަދެ މުދަލަށާއި ފުރާނައަށް ނުރައްކާ ކުރި ކަމުގެ މައްސަލައަކާއި، އެކިފަހަރު މަތިން މީހަކަށް މަރުގެ އިންޒާރުދީފައިވާކަމަށް ތިހުމަތު ކުރެވޭ މައްސަލައަކާއި، އަންހެން ކުއްޖެއްގެ އަބުރު ނަގާލަން މަސައްކަތްކުރިކަމުގެ މައްސަލައަކާއި މީގެވެސް އިތުރުން މަސްތުވާތަކެތީގެ އެތައް މައްސަލައެކެވެ.

ކޯޓުގެ މަރުހަލާ ނިމިގެން ދިޔައިރު އާސިފް އޭނަގެ ކުށަށް އިއުތިރާފުވިއެވެ. އެރޭ ކަންތައް ހިނގާދިޔަގޮތް ތަފްސީލުކޮށް ޤާޒީއަށް ކިޔައިދިނެވެ. އާސިފްގެ ވާހަކަތަކުން އާޒިމުގެ ޑައިރީގައި އައްޗުގެ ނަމުން މުޙާތަބު ކުރެވިފައިވީވެސް ހަމަ އާސިފްއަށްކަން އެނގުނެވެ. އޭރު އެވާހަކަތައް އަޑުއަހަން އިން އައިނީއަށް ގިސްލަގިސްލާފައި ރޮވެމުންދިޔައެވެ. ސީމާ މަންމަގެ ހާލަކީވެސް އެއީއެވެ.
………
އާޒިމް ގޮވައިގެން އެރޭ ގެއަށް އައިސްފައި އާސިފް އަނބުރާ ދިޔައީކީއެއް ނޫނެވެ. އާޒިމްއާއިއެކީ އެ ގެއަށްވެސް ވަނެވެ. އާޒިމް ހަމައިގައި ހުރި ނަމަ އެރޭ ތަޅުލާފައި ހުރި ދޮރު ހުޅުވުނުގޮތާކާއި މެދުވެސް ވިސްނާލެވުނީހެވެ. ދޮރު ހުޅުވީވެސް އާސިފްއެވެ. ގޭގެ ތަޅުދަނޑި އާޒިމް އަތުން ގެއްލުނީކީއެއް ނޫނެވެ. އެ ތަޅުދަނޑި ނެގީ އާސިފްއެވެ. މިފަދަ ދަޑިވަޅަކަށް އޭނާ ފާރަލަމުން އަންނަތާ ކިތަންމެ ދުވަހެކެވެ. އާޒިމުއާއިއެކު ގެއަށް ވަދެފައި އާސިފް މަޑުކުރީ ސިޓިންގ ރޫމުގައެވެ. އާޒިމު ކޮޓަރިއަށް ވަންނަންދެން މަޑުކުރީ ސީމާމެން ނިދައިފިކަން ޔަގީންކުރާށެވެ.

ކޮޓަރިއަށް ވަދެފައި އާޒިމް ދޮރު ނުލައްޕައި ހުރުމުން ދޮރުގެ ހުޅުވިފައިހުރި ތަންކޮޅުން ސީމާ ސަޖިދައިން ތެދުވަނިކޮށް އާސިފްއަށް ފެނުނެވެ. އަވަސް އަވަހަށް އަތަށް އަންގިލެއްވިއެވެ. އަދި ލައިގެންހުރި ކަޅުކުލައިގެ ކޯޓު ރަނގަޅުކޮއްލަމުންގޮސް ބަދިގެއިން ވަޅިއެއް ނެގިއެވެ. އަދި މަޑުކުރުމެއްނެތި ގޮސް ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ލެއްޕިއެވެ. ސީމާ ހުރީ ދޮރަށް ފުރަގަހަށް ވާގޮތަށް ކަމުން އާސިފް ވައިންކަމެއް ނޭނގޭނެއެވެ. އާސިފް ބަލާލިއިރު އާޒިމު އޮތީ އެދު މައްޗަށް ވެއްޓިފައެވެ. އާޒިމްގެ ހޭވެރިކަމެއް ނެތްކަން ޔަގީންވުމުން އާސިފްގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

އާސިފް އެނބުރިލީ ސީމާއާއި ދިމާލަށެވެ. އޭރު ސީމާ ހަށަންބަންނަނީއެވެ. އާސިފް އެ ދިޔަގޮތަށްގޮސް ސީމާގެ އަނގަމަތީގައި އަތް އެޅިކަމެއް ނޭނގި ސީމާ އަޅައިގެންހުރި ހުދުކުލައިގެ ނަމާދުދޮޅި ބުރަކައްޓާވީ ދިމާލުން ލެއިން ރަތްވާންފެށީ ސިކުންތުކޮޅެއް ތެރޭގައެވެ. އޭރު އާސިފްގެ އަތުގައި އޮތް ވަޅި ހުރީ ސީމާގެ ބުރަކައްޓަށް ހަރާލެވިފައެވެ.

“މަ ބުނިންދޯ އޭރުވެސް މަށަށް ނުލުބިއްޖިއްޔާ އެހެން މީހަކަށްވެސް ލިބުނަކަ ނުދޭނަމޭ.. މިއޮތީ މަބުނި ދުވަސް އައިއްސަ..ހެހެހެ..” މަރަށް ތެޅެމުންދިޔަ ސީމާގެ ކަންފަތްދޮށުގައި އާސިފް އެހެން ބުނެލީ ނުލަފާ ވައްތަރަކަށް ހެމުންނެވެ. އަދި ސީމާ މަރުވެއްޖެކަން ޔަގީންކުރަމުން އާސިފް ސީމާގެ ހަށިގަނޑު މަޑުމަޑުން ތިރީގައި ބޭއްވިއެވެ. އަދި ސީމާގެ ބުރަކަށީގައި ހުރި ވަޅި ދަމައިގަނެފައި އެތާ ކައިރީ ބާއްވަމުން އެގެއިން ނުކުމެގެން ދިޔައެވެ..
……
އާސިފްގެ މައްޗަށް މަރަށް މަރު ހިފަން އާއިލާއިން ބޭނުމެއް ނުވިއެވެ. ކޮންމެގޮތެއްވިޔަސް އޭނަ މަރުވެގެންދާނީ އޭނަގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކަށް ހުކުމް ތަންފީޒުކުރާހާލުއެވެ.. އާސިފްގެ އުމުރުގެ ބާކީ އޮތްބައި ހޭދަކުރަން ޖެހޭނީ އޭނަ ކުރި ކުއްތަކަށް އަދަބު ލިބުމުގައެވެ. އެއީ އައިނީ ބޭނުންވި ގޮތެވެ.

މަންމައަށް އިންސާފުހޯދައިދީ ބައްޕަގެ ނަމުގައި ޖެހިފައިވާ ލައްގަނޑު ފިލުވާލެވުނީތީ އައިނީ މާތް ﷲ އަށް ހަމްދުކުރިއެވެ. އައިނީއަށް ބައްޕައާއިދޭތެރޭ ކުޑަކޮށް ނަމަވެސް ޝައްކު ކުރެވުނީތީ ހިތާމަކުރާ ހާލު، ބައްޕައަށް މާފް ކުރީ އެއީ މަންމަވެސް ބޭނުންވާނެގޮތް ކަން ޔަގީންވާތީއެވެ. އަދި އަމާލްއަށް އައިނީ މަރުޚަބާކީ އެއީ އައިނީގެ އެއްބަޑުއެއްބަފާ ކޮއްކޮއެއް ކަމަށް ދެކޭ ހާލުއެވެ..!

 

ނިމުނީ..

Share Article

Follow Me Written By

Kooji

Level 210 Stories100 Comments

Wish to do a lot of things in life, and writing is a part of it❤

Other Articles

Previous

“މިލްކު ކޮށްލީ ހިތޭ” ގެ ކިޔުންތެރިންގެ ސަމާލުކަމަށް

Next

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ފަނަރަވަނަބައި)

Next
June 23, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ފަނަރަވަނަބައި)

Previews
June 23, 2017

“މިލްކު ކޮށްލީ ހިތޭ” ގެ ކިޔުންތެރިންގެ ސަމާލުކަމަށް

27 Comments!

  1. Kooji says:
    June 23, 2017 at 8:52 pm

    Hello all ?
    So here’s the last part of the story, thanks all for the support through comments?❤ Hope you like the ending?

  2. Izee says:
    June 23, 2017 at 9:00 pm

    Wow. Nice. Waiting fr nxt part

    1. Kooji says:
      June 23, 2017 at 10:05 pm

      Thanks..? I guess u mean next story, cox this is the last part..

  3. nonns says:
    June 23, 2017 at 9:02 pm

    Wow. Nyc ending. Btw amaal eiy boy ehtha or girl ehtha??

    1. Kooji says:
      June 23, 2017 at 10:04 pm

      Thanks.. Boy eh.. Hehe?

  4. Izee says:
    June 23, 2017 at 9:02 pm

    I mean waiting fr next story from u

    1. Kooji says:
      June 23, 2017 at 10:06 pm

      ?

  5. Anonymous says:
    June 23, 2017 at 9:16 pm

    nice…. well done kooji

    1. Kooji says:
      June 23, 2017 at 10:07 pm

      Thanks Anonymous?

  6. ..Adha? says:
    June 23, 2017 at 9:23 pm

    Story nimuny dw…… Varah reethi mi story… ?❣kooji ge faraathun ithuru story eh kiyaalan libeyne kamah heekuran.. thanks 4 the lovely story…..?

    1. Kooji says:
      June 23, 2017 at 10:08 pm

      Thanks..? Yes for sure In Sha Allah..❤

  7. Hish? says:
    June 23, 2017 at 10:27 pm

    Masha allah story varah reethi?

    1. Kooji says:
      June 24, 2017 at 12:03 am

      Shukuriyyaa?

  8. Lovely? says:
    June 23, 2017 at 10:29 pm

    Varah reethi

    1. Kooji says:
      June 24, 2017 at 12:04 am

      Thanks?

  9. sam♥ says:
    June 23, 2017 at 11:12 pm

    wow..

    1. Kooji says:
      June 24, 2017 at 12:05 am

      ?

  10. Addu manje says:
    June 23, 2017 at 11:26 pm

    Weldone kooji.. kooji ge ehen story eh kiyalan libeyne kamah ummeedhu kuran.. 🙂

    1. Kooji says:
      June 24, 2017 at 12:06 am

      Thanks..?Yes In Sha Allah

  11. E-beyya says:
    June 24, 2017 at 12:39 am

    Varah furihama story eh. Ummeedhu kurany adhi miyahvure reethi story eh kiyaalan libeyne kamah. Best of luck and appreciate the work. Wish for success in writing

    1. Kooji says:
      June 25, 2017 at 12:21 pm

      ❤

  12. yalaa says:
    June 25, 2017 at 3:59 am

    varah rythi mi story

    1. Kooji says:
      June 25, 2017 at 12:22 pm

      Thanks?

  13. Xabaa says:
    June 25, 2017 at 5:21 pm

    Wow!! V nice

    1. Kooji says:
      July 9, 2017 at 6:39 pm

      Thanks?

  14. Only says:
    June 27, 2017 at 4:37 pm

    Story feshi iru huri baeh name thah story nimun iru hurii change vefa. Eii kihineh vaa kameh tho?

    1. Kooji says:
      July 9, 2017 at 6:38 pm

      Yeah i have mentioned that in a comment later.. Thanks?

Comments are closed.



All Right Reserved!