ޔުސްރާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އެ މީހާ ހޯދަންދިޔަ ދުވަހެވެ. އެދުވަހު އެ މީހާވެސް ބުނީ އެއީ އާލް ކަމުގައެވެ. އެހެންވިރު އެއީ އަލާނިޔާއަށް ވެދާނެކަމަށް ޔުސްރާގެ ހިތްބުނެލިއެވެ. އެއީ ކުރީގައި އަލާނިޔާ އަމިއްލަޔަށް ކިޔާ އުޅުނީ އާލްކަމަށް ވުމުންނެވެ. “ލާނީ… އެކަހަލަ މީހުންގެ ގައިތެރޭގައި އެކި އެކި މީހުން އުޅޭނެހެން ހީވާނެ. އެކަމަކު ހަގީގަތަކީ އެމީހާގެ ސިކުނޑީގަ އަސްލު އެމީހުންގެ ކަންކަން ނަގައިގަނެފަ ހުންނަކަން.އަހަންނަށް ހީވަނީ ލާނީގެ ރޫ މަރެއް ނުވޭހެން. ލާނީ…އެއީ ރޫ..ރޫއަށް ލާނީގެ ޕާސަނިލިޓީ ލިބިފަ އެހެރީ..” ޔުސްރާ ކަންބޮޑޫވެފައި ބުނެލިއެވެ. އެޔާއެކު އަލާނިޔާ ދެލޯބޮޑުކޮށްލުމަށްފަހު ޔުސްރާއާ ދިމާއަށް ބަލައިލިއެވެ.
“އެހެން ވެއްޖެޔާ މީހުންމަރާ ޕާސަނަލިޓީ އަކީ ކާސިމް…އަހަރެންގެ ކާފަ!!!!!” އަލާނިޔާ ހީވީ ޔުސްރާގެ ސިކުނޑި ކިޔާލިހެންނެވެ. ޔުސްރާއަށް ހަމައެކަނި ބޯ ޖަހާލެވުނީއެވެ. އޭރު އެވާހަކަތަށް އަޑުއިވިގެން ލައިތްވެސް އައިސް އެތާހުއްޓެވެ. “މް…މު..ލް… ކޮބާ؟ ” އަލާނިޔާގެ އަޑު ތުރުތުރު އަޅައިގެން ދިޔައެވެ.
ހަމައެވަގުތެވެ. މުލައިލް އޮތީ ބިންމަތީގައެވެ. މޫނު ނިވާކޮސްގެން ހުރި މީހާ އައި ގޮތަށް އައިސް ޖެހި އިންޖިކްޝަނަކުން ވާގި ނެތުނީއެވެ. މުލައިލް ގަދަހަދާ ކަމަށް ދައްކާލައިގެން އޮތަސް ހަގީގަތުގައި އޭނާ މާބޮޑު ކަމެއް ނުކުރެއެވެ. އެވަގުތު އެ މީހާ ވާހަކަ ދައްކަން ފެށިއެވެ. “ކަލޭ ބުނީ އަހަންނަކީ ކަވާޑް އެކޭ ދޯ…ހަހަހަ..މިހާރު ޔަގީން ވާނެ ކަންނޭންގެ އަހަންނަކީ ކެރޭ މީހެއްކަން. ކަލޭމެންގެ ލޯބީގެ ކުޅިގަނޑު ބޮޑުކަމުންވެސް ދޯ… މަށަށް ފެންނަނީ ފިލްމެއް ކުޅެން. އޭ…. އާނ!! ކަލޭބުނީ އަހަރެންމީ ކާޚު ކަން އިނގެޔޭ ދޯ..ހާދަ މޮޅޭ.. އެކަމަކު އެންމެ މޮޅީ ހަމަ ހާޝިރް. އޭނަ ނެގީ އެންމެ ދެދުވަހޭ…އަހަރެން ހަމަ އަޖައިބުވި.”
ހާޝިރްގެ މަތިން ހަނދާން ވުމާއެކު މުލައިލް ދެރަވިއެވެ. އެވެސް އޭނާއަށް ސަލާޟަތް ނުކުރެވުނު ރަހުމަތްތެރިއެކެވެ. ނަމަވެސް އޭނާގެ މިހާރުގެ އަޒުމަކީ ދެންތިބި މީހުން ސަލާމަތް ކުރުމެވެ. އެހެންކަމުން ވަގުތު ނަގާނުލާ މުލައިލްވެސް އެ މީހާޔާ ވާހަކަދައްކަން ފެށިއެވެ.
“އަހަރެންގެ އޮތީ އެންމެ ސުވާލެއް…ކީއްވެ؟.. ރޫ..ކީއްވެ؟ ލާނީ އެއީ ރޫގެ އެއްފަޅިއެއްނު؟ އަހަރެން މީ ރޫގެ ލޯބިވެރިޔާއެއްނޫންތަ؟ އެއީ ހުސް އަވާމެންދުރު ދޯ… ރޫ.. އަދިވެސް ވަގުތު އެބައޮތް. ތި އުޅުން ދޫކޮށްލާ. އަހަރެން އަދިވެސް ރޫދެކެ ވަރަށް ލޯބިވޭ… ހަނދާންވޭތަ.. ރޫ ބުނީމެއްނު އެރޭ..އެދެމޭ ކަލާޔާ ގާތުގާ ވުމަށް…ކޮންމެ ހިނދުކޮޅަކުވެސް، ކޮންމެ ކަހަލަ ކަމަކާ ކުރިމަތި ލާންޖެހުނަސް. ދެން ކީއްވެ؟” އޭރު މުލައިލްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އެއީ އެމީހުންގެ ހަޔާތުގެ ބަހާރުމޫސުމެވެ. އެ ހަޔާތަށް ހަރީފު މޫސުމުގެ އަސަރު ފޯރާލިލެއް ފިސާރި އަވަސްތާއެވެ.
“ހައް…ރޫ އޭ…!! ތި ދުލުން އަހަންނަށް ތިހެން ނުކިޔާތި! ކަލޭ ލޮއެއްބޭ ކިޔާފަ ކޮންމެހެން އަހަރެން ކާރީގަ ވާހަކަނުދައްކާ. މަށަށް ފެނެޔޭ ކަލޭ އަލާނިޔާ އާއެކު އުޅޭ ވައްތަރު. ކޮންމެހެން މަތި އޮމާން ނުކުރިޔަކަސް ހެޔޮ! ކަލޭމެން އެއްފަހަރުވެސް އަހަރެން ހޯދަން އޭރު އުޅުނިންތަ؟! އަހަރެން މަރުވިތޯ ނުވަތަ ދިރިހުރިތޯ ވެސް ބަލާލިންތަ؟! ހުއް… އެންމެނަށްވެސް މުހިއްމުވީ އެ އަލާނިޔާއެއްނު. ނަސީބެއް ކާސިމު ގެ ޕާސަނަލިޓީ ލިބުންކަން.އަހަންނަށް އިނގޭ އޭނަ ގެންނާނެ ގޮތްވެސް.”
އެއާއެކު މުލައިލް ރުއާއޭ ކިޔާ ހަޅޭއްލަވައިގަތުމަށްފަހު އެ މޫނުމަތި ނަގާލިއެވެ. ނަމަވެސް މުލައިލް ކޮއްޕާލުމަށް ފަހު ބާރުބާރަށް ރުއާ ގޮސް އޭނާގެ ބޯ ފާރުގައި ޖައްސާލިއެވެ. އެއާއެކު މުލައިލް ފާރުގައި ބޯ ނުތަޅާށޭ ކިޔާ ހަޅޭއްލަވަން ފެށިއެވެ. މަގްސަދަކަށްވީ ރިކޯޑަރަށް އަޑު އެރުވުމެވެ. ފަސްވަރަކަށް މިނެޓުފަހުން ރުއާ ލޯހުޅުވާލިއެވެ. އަދި ފާޑަކަށް މުލައިލް އާދިމާއަށް ބަލާލުމަށްފަހު ހީލިއެވެ. ބިރުވެރިކަމުން ފުރިގެންވާ ހީލުމެކެވެ. ދެންފެނުނީ ތޫނު ކަނޑިއެއްފާޑު ޖަހާވަޅިއެއް ނެގި ތަނެވެ.
“ކަލޭމެން ކުދިންދޯ….އެ އަލާނިޔާ އެއީ ހަމަ އޭނާގެ މަންމަޔާ ބައްޕަކަހަލަ ނުލަފާ ކުއްޖާ ގަނޑެއް. އެހާ ލޯބިން ގެންގުޅުނީމަވެސް……ހައް…މިފަހަރު އަހަރެން މި މަރާލަނީ އޭނާ އެންމެ ލޯބިވާ ފަރާތް..ނިކަން އުފަލުގަ އުޅުނަ ދޭނަމޭ” މުލައިލް އަށް ކުރެވުނުހާވެސް ކަމަކީ ލޯ މަރާލުމަށްފަހު ޝަހާދަތުގެ ދެކަލިމަ ކިޔާލުމެވެ. ދެން ފެނިގެން ދިޔައީ ބިރުވެރިކަމުން ފުރިގެންވީ މަންޒަރެކެވެ. އެއްވެސް ރަހުމެއް ނެތި ރުއާ އޭނާ އެންމެ ލޯބިވާ ފަރާތުގެ މެޔަށް އެ ވަޅި ހަރާލިއެވެ. އެއްދަހަރު ދެފަހަރެއް ނޫނެވެ. ބަރާބަރު ދިހަފަހަރެވެ. އެއަށްފަހު މުލައިލްގެ ފުރާނަނެއް މަސްގަނޑު ކަފަން ފެށިއެވެ. އެންމެ ފުރަތަމަ އަތުގެ މެދުން މައްޗަށެވެ. ދެން ކަރުން ފެށިގެން ފޫޅާހިސާބަށެވެ.
އެއަށްފަހު އެންމެ ސިކުންތެއްވެސް ނަގާނުލާ ދެފަރާތަށް ފޭކޮށްލުމަށްފަހު ހަންގަނޑު އިރާލިއެވެ. ދުނިޖަހާފައި ލޭތަށް ބުރަބުރައިގެން ދިޔައެވެ. ތެޅިފައިވާ ކުޑަ ދޮރުގެން ބިއްލޫރިތަށް ނެގުމަށްފަހު ބަނޑާ ގޮހުރު ފަޅާލުމަށްފަހު އެތެރެއަށް އަޅާލުމަށްފަހު ބަނޑުގައިވި މައިކްރޯޗިޕް ނެގުމަށްފަހު ރުއާ އެތަނުން ދިޔައެވެ. ދިއުމުގެ ކުރިން ދެ އަތްތިލަވެސް ބުރިކޮށްލިއެވެ. “އެއީ ކަލޭ އަހަރެންގެ ހައްގަކަށްވެ ހުރެ އަލާނިޔާގެ ގައިގަ އަތްލީމަ.” އިވުނީ ރުއާގެ އަޑެވެ. އެއީކީ ހަމަ ޔަގީނުންވެސް ކާސިމެއް ނުވަތަ އޭނާގެ ބާރެއްވެސް ނޫނެވެ.
މުލައިލް އެވީ ހާދަހާ ބޮޑޫ ގުރުބާނީއެކެވެ. ކެމެރާވެސް ހަރުނުކުރީ އަލާނިޔާމެންނަށް އެ މަންޒަރު ފެންނަން ނޭދޭތީ ތާއެވެ. ކޮށާލައިފައިވާ ހައިވާނެއްފަދައިން މުލައިލްގެ ހަށިގަނޑުސިފަވަމުން ދިޔައިރު އެ މޫނުވެސް ވަތްކެއް ނުވެއެވެ. ތަގްދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. ދިމާވި ހާދިޘާއެއްގެ ސަބަބުން ރުއާގެ ހިތުގައިވި ރަހުމު އެވަނީ އެއްކޮށް ފުހެލެވިފައެވެ. އޭނާއަށް އެމީހުން އޭނާ ހޯދުމަށް ކުރި މަސައްކަތް އިނގޭނަމަތާއެވެ. ކުށެއްނެތް އެތައްބަޔެއްގެ ފުރާނަ ނުދިޔައީސްކަން ޔަގީނެވެ.
ލައިތްމެން ދިޔައީ މުލައިލް ހޯދުމަށް މުޅި މާލެތެރެ ބަލަމުންނެވެ. އެންމެފަހުންލައިތްއަށް ނުހުރެވިގެން ޝިފާންގެ ލެބަށްދިޔައެވެ. އެކުގައި އަލާނިޔާ އަދި ޔުސްރާވެސް ދިޔައެވެ. އެތެރެޔެއަށް ވަދެވުމާއެކު ޔުސްރާ ބެލީ ހޭނެތިފައި އޮތް ޝިފާން ހޭ އެރުވޭތޯއެވެ. ލޯ ހުޅުވާލުމަށްފަހު ޝިފާން އަވަސް ކަމާއެކު ވާހަކަ ދައްކަންފެށިއެވެ.
“ލައިތް….މުލައިލް ސަލާމާތް ކުރޭ..ތި މީހުންނަށް ހަބަރު ދީފާނެތީ ބޭރަށް ގޮސްފަވެސް އަލުން އައިސް އަހަރެނގަޔަށް މިތަނުން ސިރިންޖެއް ހަރާލާފަ ދިޔައީ….ގެ…އ…އަވ..އަވަސް” ޝިފާން އިންތަނަށް ދޫކޮށްލުމަށްފަހު ތިން މީހުން ދުއްވައިގަތީ ވޭނާ ދިމާއަށެވެ. އޭރު ކޮންމެ މީހެއްގެ ހިތްވެސް ބާރުބާރަށް ތެޅެމުން ދިޔައެވެ.
“ލާނީ އެންޑް ޔުސް ވޭންގަ ވެއިޓް ކުރަންވީނު. އެތަނުގެ ސިޗުއޭޝަން ނޭންގޭތީ…އަމް..އަހަރެންގެ ޓީމްވެސް އެބައާދޭ…”ލައިތްގެ ވާޙަކަ ފަޅާލުމަށްފަހު އަލާނިޔާ އަވަސްއަވަހަށް ކޮންމެ ގޮތެއްވެސް ވަރިހަމަކަމަށް ބުނުމަށްފަހު ހިމޭންވިއެވެ. ލައިތްވެސް ބޯޖަހާލީ ބުނާނެ އިތުރު އެއްޗެއް ނުވިސްނުމުންނެވެ. ލައިތް އަލާނިޔާމެންގެ އަތަށް އަންގިއާ މަށްކުވެސް ދިނެވެ. ޔުސްރާވެސް އޭތި އަޅާލީ ކޮންމެ ކަމެއް ދިމާވިއަސް އަލާނިޔާގެ ގާތުގައި ހުންނަން ބޭނުންވާތީއެވެ.
އެތެރެއަށް ވަންނަން ނުވަންނަން ހުރެފައި ލައިތް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ލައިތްގެ ބލަށްވެސް އެނބުރުން އަރައިގެންދިޔައެވެ. މުޅިތަނުގައި ލޭގެ ކޯރެއް ހެދިފައި ވީއިރު މުލައިލްގެ ހަށިގަނޑު ވަނީ ކޮށާލެވިފައެވެ. ލައިތް ދުރުކޮށްލުމަށްފަހު އެތެރެއަށް ދެމިގަތް އަލާނިޔާއަށް ހުރިތަނަށް ތިރިވެވުނީ އޭނާގެ ހިތަށް އެރި އެއްޗެހި ގިނަކަމުންނެވެ. މަޑުމަޑުން ގޮސް މުލައިލްގެ ފުރާނަނެތް މަސްގަނޑުގެ ކާރީގައި އިށީނެވެ.”ރޫ…ކީއްވެ؟!!..އަހަރެމެން ރޫއަށް ކީއްކޮށްގެން…މުލައިލް…އަހަންނަށް މާފުކުރޭ…މުލައިލް..ދުވަހަކުވެސް އަހަންނަކަށް މިހިތުގައި ވި ލޮއެއްބެއް ހާމައެއް ނުކުރެވުނު. އެކަމަކު އަހަރެން މުލައިލް ދެކެ ވަރަށް ލޯބިވޭ…ޕްލީޒް..އަހަރެން ދޯކޮށްފަ ނުދޭ…އަހަރެން ގާތު އަބަދަށް ހުރެދީ” އަލާނިޔާ އެތަނުން ދުރުކުރާކަށް އެކަކުވެސް ނޫޅުނެވެ. ލައިތްމެންގެ ފުލުސް ޓީމްވެސް އެތަނުގައި ވާނުވާ އިނގޭ ހާލު ތިބީ އެ އަންހެން ކުއްޖާގެ އަމަލުތަކުން ހިތް ކުދިކުދި ވެފައެވެ. އެގޮތުގައި ފަނަރަމިނެޓު އިނުމަށްފަހު އަލާނިޔާ އެތަނުން ތެދުވެގެން އައިސް ލައިތްގެ ގައިގައި ބައްދާލިއެވެ. އަދި މަޑުމަޑު ގިސްލުމެއްގެ ސިފައިގައި ހިތާމަތަށް ބޭރުކުރަން ފެށިއެވެ. ގާތުގައި ތިބި މީހުންނަށް މަސައްކަތައިގެން ކުރިޔަށްދާން އެންގުމަށްފަހު ލައިތް ވެސް އަލާނިޔާގެ ބުރަކަށީގައި ފިރުމާލަދި ނުމަށްފަހު އަލާނިޔާ ޔުސްރާއާ ހަވާލުކުރުމަށްފަހު މުލައިލްގެ ހަށިގަނޑު ތަހުގީގު ކުރަންދިޔައީއެވެ. ލައިތްވެސް ދުވަހަކުވެސް އިނސާނަކަށް އެހާވަރު ކޮށްފައިވާތަން ފެނިފައި ނުވުމާއެކު ހުރީ ހިތްބިރުގަނެފައެވެ. އަދި އަމުދުން ތަންދޮރު އިނގެން ފެށީއްސުރެ އެންމެ އެއްކޮށް އުޅުން އެކުވެރިޔާއަށް އެހާލު ޖެހިފައިވާތަން ފެނުމުން އިތުރަށް އެ ހަށިގަނޑަށް ގެއްލުމެއް ދެވުދާނެހެން ހީވާތީ ހުރެވެނީއެވެ.
ޔުސްރާމެން އުޅުނު ކޮޓަރި ފިޔަވާ ހުރިހާ ތަނެއް ބެލުނެވެ. އެކޮޓަރީގެ އެއްވެސް ތާކަށް ގެއްލުމެއް ދީފައި ނުވާތީ އެތަން ނުބެލީއެވެ. އެއްފަހަރުވެސް އެތަން ބަލާލިނަމަ ކުރަމުން ގެންދާ ތަހުގޒިގަށް ކުރިއެރުން ލިބުނީސްކަން ޔަގީނެވެ.
މުލައިލްގެ ހަށީގަނޑުގައި އިތުރު އެއްވެސް ކޫރުމެއް އެޅެން ބޭނުން ނުވާތީ ލައިތްމެން ޕޯސްޓްމޯޓަމް އެއްވެސް ނުހަދައެވެ. ހިނަވާ ކަފުން ކުރުމަށްފަހު މޫނުދެއްކުމުގެ ކަންތަކުގައި ތިން މީހުންވެސް އަވަދިނެތި އުޅެމުން ދިޔައިރު މުޅި ރާއްޖެ ވަނީ ހަލަބޮލިވެފައެވެ. ވާނީވެސް އެހެންތާއެވެ. ބިރުވެރި ގޮތަކަށް އެތައްބަޔަކު އެދަނީ މަރުވަމުންނެވެ. އެންމެ ފަހުންވެސް މަރާލައިފައިވަނީ ފުލުހުންގެ ސްޕެޝަލްފޯހުގެ އިސްވެރިޔެކެވެ. ގައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެމުންދިޔަ އިސްވެރިޔެކެވެ. އެތައްބަޔެއްގެ ލޯބި ލލިބިފައިވާ ދިވެހި ދަރިއެކެވެ.
ޔުސްރާމެން ކޮންމެ މީހަކާ ކުރިމަތިލީ ހިނިތުންވުމަކާއެކުއެވެ. އަލާނިޔާ އަދި ލައިތްވެސް ހިތްވަރު ކުރީ ކައިރީގައި ތިބެ ރޯނަމަ މައްޔިތާއަށް އަޑުއިވޭނެޔޭ ބުނާތީ އާހާތީއެވެ. ހަގީގަތުގައި އެޔަކަށް ހިނިތުން ވުމެކޭވެސް ނުކިޔާނެއެވެ. ހިތާމައިގެ އަސަރެކޭ ބުނެވިދާނެއެވެ. ކޮންމެއަކަށް އެ ތިން ކުދިން ދިޔައީ ވަރަށް ހިތްވަރު ކުރަމުންނެވެ. އެކަކުވެސްނުބުންޏަސް ކޮންމެ މީހަކުވެސް ދަނީ ހިތާހިތުން އެކުދިންގެ ހިތްވަރަށް ތައުރީފު ކޮށްލާފައެވެ.
“ލައިތް. އަމް. އެގޭގަ އޮތް ހޭންޑް ބޭންގެ ބަލާ…”އަލާނިޔާ ފަކީރުގެ އަޑު ނުވެސް ނިކުމެއެވެ. އެކަނިވާ ހުރިހާ ވަގުތެއްގައި ރޮއެރޮއެ އެފަކީރު ވަނީ ބަލިވެފައެވެ. ލައިތް އަލާޏިޔާ ދިޔުން މަނާކުރިއެވެ. އަދި ސިނާއަށް ގުޅާލުމަށްފަހު އެ ގެނަސްދިނުމަށް އެދުނެވެ. ދެން ހަގީގަތް ފަޅާއަރާކަށް ގިނައިރެއް ނޯންނާނެތާއެވެ. ނަމަވެސް އޭގެ ކުރިން އެ އެންމެ ސަލާމަތުން ތިބެންވެސް އެބަޖެހޭ ނޫންހެއްޔެވެ؟
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.





Me first tha..me esfiya ah me kura first comment..mi story v thafaathu n reethi
aawwnn.. and congra.. ahhha thanks love ??
omgg..here you go…ehhehe ai vaalhuvehjje lol…hope u like this part.. good nyt?
Khnh Thi Hedhii..
Mulail Maraalii.. No No No.. ???
BTW The Story Is Mind Blowing.. Comment Nukurias Kiyan Engey Storyy..
wow vvv nyce ❣
alhey mulail vess maruvy??
v nice ingeyy! v thafaathu, but mulail !!!!! ?
Owwwwh. Mey bodu vehjje kiyaalaafa. Keehvve mulail maraalee? So sad. Huvafenakah vaane nama alhe. Ehen nuhadhaa
alhey mulail maraa thily kyve … so sad …ekm vess stry nice igey ..waiting next part ….. mulail maraa nulii nama
V salhi
Alhey noooooon…why himm…. And aslu bunan tha.. Roo ah ehen vefa hurima v dheravehjje. She had to go through a lot dhw… Story vvvvv exciting…. Dayummm… Girrll??????
Nice ingey. Mi vahaka nimenytha?
Dhn konirakn next part kiyaalan libeyny??I’m waiting alhey avax kurahchey..v reethi mi partvx..can’t wait for much longer imagination..
V salhi… Alhe Mulailves maraaly e… Haadha dhera gothekey thi hadhany… Ekam dhen thibi meehun salaamaiy kurahchey… Waiting for the next part… Keep it up Imagination 🙂
Wow masha allah.v rythi v interesting ???❤❤❤
vrah salhi.dhn kn dhuvahaku up kuraany
A v unique mysterious story unlike other Maldivian stories.. Keep up the good work. M sure u will be an awsome writer one day in sha Allah. Keep writing..
v nice. And sorry for that day. Maabodhah intizaru ga hure kiyaalan nulibuneema egotha msg kuree. Once again sorrryyy.
Haadha dhera ey dw.. mulial e maruvee.. dhen annehkaa laith maraa nulahchey imagination.. alaaniaa ekani vaanee ehnu dw? Varah reethi mi part ves..
Waiting for next part…?❣?
V reethi ingey stry..?..Nxt prt up vaany kn irakn??waiting ingey..
Alhey. Haadha biruveri and rahumu kuda gothakashey mulail e maraalee. Alaania ah varah hurt vaane dhw. And this storuy is very unique.nonns adhi nukiyan mi kahala story eh
Muail noooo?
Imagination your so good at describing !!!!!
I could just imagine the way roo killed her beloved bf?
So sad.. ???
haadha rulhi eky dho roo eh ahnaanee lani dheke..?? best friend change v dho best adversary friend ah…. laobivaa mehakh rahumeh vx huri meheh nooney dho. .. atlest maaf koh fyaa ham hin ham nujehny tha??
bt i have question dear…?? keve roo buni naseebeky KASIMU ge faraathun DID bali libuny❔❔❔
does dat mean it got transmitted from him???
n muul ge 2 ai buri kohfa e buny ehcge maan ehaa vrakh nagi nugane vey… mibuny muul kon haisee athakun laani gaiga ailematha?? just laani save kuran mash kai kuryma tha??? this is getting more interesting than before…. hama aslo koh
v nice ingey… when next part dear??
cant wait to know whats next… and what will happen next
v salaam
friends
??priTTy ??
Vrh vrh rythi ingey story.. Vrh dhuvas vehje mikahala vaahaka eh kiyaalaa hithun ulheythaa.. kiyan knme part eh vx.. haadha ryhchey..
next part up kohdhybaa avahah. Plsss..
Keiy vany ehnun kiyaalaa hithun. ❤❤❤
Next part maadhan. In sha allah
Nice part? avahah aneh part up kohlladhee.. ????