Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (އެގާރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
June 12, 2017 4 Mins Read
23 Comments

މިއޮއްވީހާއިރު އަލާނިޔާ ރުއިމުގެ ސަބަބުން ލައިތްއިނީ ހިތްކުދިކުދިވެފައެވެ. އެކަކު ގާތު ނުބުންޏަސް އެ ނާޒުކު އަންހެން ކުއްޖާއެއީ އޭނާގެ ހިތުގެ މަލަކާއެވެ. ނަމަވެސް އެންމެ ކުރިންވެސް މުލައިލް އާހެދި އަލާނިޔާއަށް ވާވަރު ފެނުމުން ލައިތްއަށް ފަސްޖެހެވެނީއެވެ. އެހެންނޫނަސް އޭނާއެއީ އަބަދުވެސް މަޑުން ހުންނަ ކުއްޖެއްކަމުން ބުނަން ނުކެރެނީއެވެ. މިހާރުވެސް އަލާނިޔާ މުލައިލް އާހެދި މޮޔަވެފަ ހުންނަވަރުން ނުބުނެވެނީއެވެ. އެހެންކަމުން އަލާނިޔާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކަކީވެސް ލައިތްއަށް ނުހަނު ވޭންދެނިވި ކަމެކެވެ. އަލާނިޔާ ކިތަންމެ ހަމަޖެހޭ ގޮތް ދެއްކިޔަސް ލައިތްއަށް އަލާނިޔާ އިނގެއެވެ. އެއީ އަބަދުވެސް އެތެރެއިން ބަލިކަށި ކުއްޖެކެވެ. ނަމަވެސް އަލާނިޔާ އެ ނިންމި ނިންމުމަށް ލައިތްގެ ފުރިހަމަ އެއްބާރުލުން ދީ އޭނާގެ އެންމެ ފަހު ނޭވާއާ ހަމަޔާ ޖެހެންދެންވެސް އެ ނާޒުކު މާ ހިމާޔަށް ކުރުމަށް ހިތުގެ އަޑިން އަޒުމު ކަނޑައަޅާލިއެވެ.

ހަމަ އެވަގުތެވެ. މުލައިލްމެން ގޭގެ ބެލްކަނީގައި ހުރި މުލައިލް ހަށަން ބަނދެލައިގެން ހުރީ އޭނާގެ ސިކުނޑީގައި ހިނގަމުންދާ ހައިޖާނުގެ ބޮޑުކަމުންނެވެ. ޔުސްރާ ކިޔައިދިން ވާހަކަތަށް ހުވަފެންތަކެއްގެ ސިފައިގައި ފެނިފައި ވިޔަސް އެއީ ހަގީގަތްކަމަށް އޭރު މުލައިލް ގަބޫލުކުރަން ބޭނުން ނުވީއެވެ. ނަމަވެސް ހަގީގަތް ހާމަވެ އެ ހުރިހާ ވާހަކަތަކެއް އަޑުއިވުމުން ބުނާނެ އިތުރު އެއްޗެއް ނޭންގުމުން ހަމަހިމޭންކަން އިހުތިޔާރު ކުރީއެވެ.

“އަހަންނަށް ތިހުރިހާ އެއްޗެސްވެސް ވަނީ ފެނިފަ. ހުވަފެންތަކެއްގެ ސިފައިގަ. އެކަމު އެއްވެސް ހާލެއްގަ އެއީ ހަގީގަތްކަމަކަށް ގަބޫލެއް ނުކެރެވޭ. ދެން ކިތަންމެ ބޭނުންނުވިޔަސް ގަބޫލުކަރަން ދޯ ޖެހޭނީ..ލާނީ އަށް ހާދަ ދެރައެކޭ އަހަންނަށް ދެވުނީ..އާހް. ޕްލީޒް، އަހަންނަށް އިނގޭ ވާހަކަ ނުބުނާތި. ކީއްވެ ކަން އިނގޭތަ؟ އެއީ އަދިވެސް މިހިތުގަ ވެރިކަން ކުރަނީ ރޫކަމަށް ވާތީ..އެކަމަކު ދެން އިތުރަށް ލާނީއަކަށް ދެރައެއް ނުދެވޭނެ. އެ ހިތްވަރެއް ނެތް. އަހަރެން ދެންވެސް އުޅޭނީ ހަމަ ކުރރިން އުޅުންހެން. ދެރަވެސް ވޭ. އެކަމު މިނޫން ގޮތެއްނެތް!”

އެހެން ބުނެލުމަށްފަހު މުލައިލް ކަރުނަތަށް ފޮހެލަމުން އެތެރެއަށް ވަނެވެ. ފަހަތުން ޔުސްރާވެސް ވަނެވެ. އެވަގުތަކީ އަލާނިޔާ އަދި ލައިތްވެސް ގެޔަށް ވަތް ވަގުތެވެ. އަލާނިޔާ އަދި ލައިތްގެ ރަތްވެފައިވާ ދެލޯ ފެނުމުން މުލައިލް އަދި ޔުސްރާގެ ހިތަށްވެސް ތަދުވިއެވެ. ނަމަވެސް ކޮންމެ މީހަކުވެސް އަނެކަކަށް ދައްކަމުންދިޔައީ ކެތްތެރި ކަމުގެ ލާމަސީލު މިސާލެކެވެ. ހިތްވަރުގެ އިނާމު ހައްގުވާ ހަތަރު ކުދިންނެވެ. އެ ގޭގައި ހުންނަނީ ދެކޮޓަރިކަމުން އަލާނިޔާ އަދި ޔުސްރާ ނިދަން ވަނީ އެއް ކޮޓަރިޔަށެވެ. ލައިތްމެން ވަނީ މުލައިލްގެ ކޮޓަރިއަށެވެ. ނިދަން ތައްޔާރުވެލައިގެން އަލާނިޔާ އެނދުގައި އިށީނދެ ކައިރީގައި ފުނާ އަޅަން ހުރި ޔުސްރާ އާ ވާހަކަ ދައްކަން ފެށިއެވެ. “ލާނީ ހީކުރީ ލާނީ އުޅެމުން އައީ ވަރަށް ނޯމަލް ލައިފެއް ކަމަށް. މިހާރު އަހަރެމެންގެ ލައިފްއަށް ބޭސްކޮށް ފިލްމެއްވެސް ކުޅެވިދާނެ ކަންނޭންގެ.! އަހަރެން ހިޔެއް ނުކުރަން ކާފަ…ޔުސް!! އަހަރެން ދެން އިތުރަށް ފިނޑި ވާކަށް ބޭނުމެއް ނޫން. ކުރީގަ ނުވިކަންތަށް މިހާރު ކުރަން ބޭނުން. މަންމަ މެން އެންމެނަށް އިންސާފު ހޯދަދޭން އަހަރެން ބޭނުން.!”
ޔުސްރާވެސް އައިސް އަލާނިޔާގެ ގައިގައި ބައްދާލުމަށްފަހު އަވަހަށް އޮށޯންނަށް ބުނެ މާދަމާގެ ދަތުރުގެ މަތިން ހަނދާން ކޮށްދިނެވެ. އަލާނިޔާވެސް ހަނދާން ވުމާއެކު އަވަހަށް ނިދޭތޯ ބެލިއެވެ. އެރެޔަކީ އަނެއްކާވެސް އެތަށް ދުވަހަކަށް ފަހު އެކުދިންނަށް އަރާމުކޮށް ނިދާލެވުނު ދުވަހެކެވެ. ކޮންމެ މީހަކުވެސް ނިދަމުން ދުއާ ކުރީ ކޮންމެ ރެއަކީވެސް އަމާން ރެޔެއްގެ ގޮތުގައި ލައްވާތޯއެވެ. ނަމަވެސް ތަގްދީރުގެ ނިޔާ އިނގޭނީ ކާކަށް ތޯއެވެ؟

އާދުވަހަކަށް އިރު އެރިއިރު އަލާނިޔާމެން ތިބީ ހަނަންބަރު ފާލަން ދަށުގައެވެ. ޔުސްރާއާއެކު ޝިފާންއަދި އިތުރު ހަތަރު ނަރަހުންނާ ލައިތްމެން ފުރަން ތައްޔާރުވެގެން ތިއްބާ ލޯންޗުއައުމުން އެންމެންވެސް އަރަންފެށިއެވެ. ޔުސްރާމެންގެ ޓީމު އެއްފަޅީގައި ތިބިއިރު އަނެއްފަޅީގައި އަލާނިޔާމެން ތިއްބެވެ.އަލާނިޔާއާ ދިމާކުރިމަތީގައި ޝިފާން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަލާނިޔާއަށެވެ. ފޯނާކުޅެންއިން އަލާނިޔާ އާދިމާއަށް ޝިފާން ބަލަމުންދިޔައިރު އޭނާގެ ތުންފަތްމަތީގައި ވީ ސާދާ ހިނިތުންވުމެކެވެ. އެމަންޒަރު ލައިތް މުލައިލް އަދި ޔުސްރާއަށްވެސް ފެނުނެވެ.

ރަށަށް ލެފުމާއެކު ޔުސްރާމެން ދިޔައީ ހޮސްޕިޓަލަށެވެ. އަލާނިޔާމެން ހިފައިފައިވާ އެޕާޓްމަންޓަށް ގޮސް ދަބަސްތަށް ބެހެއްޓުމަށްފަހު ނިކުތީ ރަށުތެރެ ބަލާލާށެވެ. މީހުން ވަރަށްވެސް މަދެވެ. އެއީ އެމީހުން ތިބެން ހަމަޖެހުނީ ވަލުފަރާތު ގެއެއްގައި ކަމަށް ވީތީއެވެ. މާދުރަށް ނުދިއުމާއެކު މާގިނަ މީހުން ނުފެނުނީ ކަމަށްވެސް ވެދާނެތާއެވެ. ދެފިރިހެން ކުދިންގެ މެދުގައި ހުރި އަލާނިޔާ ހީވީ ތަނެއްގެ އިސްވެރިއެއްހެނެވެ. އެހެނީ މުލައިލް އަދި ލައިތްވެސް ފެންނަނީ ދެ ބޮޑީގާޑުން ކަމަށް ވީތީއެވެ. ކުއްލިއަކަށް އަލާނިޔާ ދުވެފައި ގޮސް ފަޅުގެއެއްތެރެއަށް ވަނެވެ. މުލައިލްމެން އަލާނިޔާ އުޅޭ ގޮތުން ހިނިއައިސްފައި ތިއްބާ އަލާނިޔާ ތެޅެމުން ފޮޅެމުން އެތަނުން ނުކުމެގެން އައިގޮތަށް އައިސް ލައިތްގެ އަތުގައި ހިފާލިއެވެ.

“އެތާ ފާޑެއްގެ މީހާގަނޑެއް އެބަހުރި. ލާނީ ދިމާލަށް ހަމަ ބަލަނީ..އީ!!! ހިނގާ ގެޔަށް.” ލައިތްގެ މެޔަށް ފިނިވެގެން ދިޔައީ އަލާނިޔާ އޭނާގެ އަތުގައި ހިފާލުމުންނެވެ. ނަމަވެސް އަލާނިޔާ ތުންދަމާފައި އެހެން ބުނެލުމުން ލައިތްގެ ގާތަށް ހިނިއައެވެ. މުލައިލްގެ ފަރާތުންވެސް ލުއި ހީލުމެއްގެ އަޑު އިވިގެން ދިޔައެވެ.
ތިން މީހުން އުޅެން ޖެހުނީ އެކަންޏެވެ. ޔުސްރާގެ މަސައްކަތް ހުރި ގޮތުން ކާންވެސް ނައުމުން ތިންމީހުން ކާންވެސް ދިޔައީ ބޭރަށެވެ. އެރަށަށް އާދެވުމުން އެންމެންވެސް ވަރަށް ހަމަޖެހިލައިގެން ތިބީ އެއްވެސް ކަހަލަ ފޯނުކޯލެއްފަދަ އެއްވެސް ކަމަކާ ދިމާނުވާތީއެވެ. ކޮންމެ މީހަކުވެސް އަޑިއަޑިން ދުއާ ކޮށްލަނީ އެގޮތުގައި ދުވަސް ނިމޭތޯއެވެ.
ޔުސްރާއަށް ގެތަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އަނދިރިކަން ވެރިވާންފެށުމާއެކު އަލާނިޔާ ހަމަހިމޭން ވާން ފެށިކަން އެއެންމެނަށް ވެސް ފާހަގަ ކުރެވުނެވެ. އެއީ ކީއްވެކަންވެސް އެމީހުންނަށް އިނގެއެވެ. މީހުންނަށް ކިތަންމެ އުފާވެ ހަމަޖެހޭ ގޮތް ދެއްކި ކަމުގައި ވިޔަސް އަލާނިޔާގެ ހިތުގައި އަދިވެސް ވަނީ ބިރާ ސިހުމާ ހިތާމަކަން އިނގޭހާލުވެސް އެމީހުން ތިބެންޖެހެނީ އަތްއުރާލައިގެންނެވެ. މުލައިލް އަކަށް އެގޮތެއްކަމަކު ނުދިޔައެވެ.
“އަމް..މެރޭ ތުންޑިއަށް ގޮސްލަންވީނު. ނަމާދު ކޮށްލައިގެން ނިކުންނަން..އޯކޭތަ؟” އެންމެ ފަހުން ބުނަން ނުބަން އިނދެފައި މުލައިލް ބުނެލިއެވެ. އެހިޔާލަށް އެންމެ ފުރަތަމަވެސް ތާއީދުކުރީ އަލާނިޔާއެވެ. އެގޮތަށް އިންނަން އޭނާވެސް ބޭނުން ނުވީ ކަންނޭންގެއެވެ. ޔުސްރާ ކަންބޮޑުވެފައި އިނދެވެސް އެއްބަސްވީ އަލާނިޔާ އުފާކޮށްލަދޭށެވެ. “މިބަލާލަނީ ކާކުތޯ އެކޮޅުގަ ހުރީ އިނގޭ..” ޔުސްރާ އޭނާގެ ޓީމަށް ގުޅާލުމުން ޝިފާންވެސް އެތާ ހުރިވާހަކަ ބުނުމުން ހަމަޖެހިލީ ދެން އޭނާ ދާން ނުޖެހޭނެތީއެވެ. އަދި ނަމާދަށް އައުމަށް އަލާނިޔާގާތު ބުނުމަށްފަހު ޔުސްރާމެން ދެމީހުން ކޮޓަރިއަށްވަނެވެ.

“މުލް..ކައެ މިހާރު ތިއުޅޭގޮތް ސަޅި. ކުރިން މާ މަޑުންނޭ އަސްލު ހުންނަނީ.. އަހަންނަށް އިނގޭ ލާނީއަށް ދެރައެއްދޭން މުލް ބޭނުން ނުވާނެކަން. އެހެންވެ އެއްނު އެހާ ކްލޯޒް ނުވަނީ..މައްސަލައެއް ނޫން އެއީ. އިން ޝާ ﷲ އަހަރެމެންގެ ރޫ އަދި ފެންނާނެ.” މުލައިލްގެ ކޮޑުގައި ޖަހާލަމުން ލައިތް ބުނެލިއެވެ. މުލައިލްވެސް ބޯޖަހާލީ ރޫ މަތިން ހަނދާންވުމުންނެވެ. އެންމެން ތައްޔާރު ވަމުން ދިޔައިރު އެންމެ ފުރަތަމަ ރީތިވެ ނިމުނީ އަލާނިޔާއެވެ. “އެބަ އަންނަން އިނގޭ ރާސްޓަސް އެއް އަޅައިގެން.” ލައިތްމެން ކޮޓަރިއަށް ބޯދިއްކޮށްލަމުން އަލާނިޔާ ބުންޏެވެ. އެންމެ ފުރަތަމަ ލައިތް އެއްބަސް ނުވިޔަސް ފަހުން އެއްބަސް ވެލީ އެފިހާރަ އެގެޔާ ނުލާހިކު ކައިރިފެވައި ދުވާލުވެސް ދެފަހަރަކު އަލާނިޔާ ގޮވައިގެން އެފިހާރަޔަށް ދެވިފައި ވާތީއެވެ.
ތިންމީހުން ރީތިވީއިރު ވެސް އަލާނިޔާ ނައުމުން ޔުސްރާ ކަންބޮޑުވާން ފެށިއެވެ. ލައިތްމެންވެސް ހާސްވެފައި އެ ފިހާރަޔަށް ތިންމީހުން މިސްރާބުޖެހިއެވެ.

“މިކުއްޖާ އައިތަ؟” ފޯނުން އަލާނިޔާގެ ފޮޓޮއެއްދައްކާލަމުން ހަރުކަށި ފާޑަކަށް މުލައިލް އަހާލިއެވެ. ސޭޓަކަށް އިން ކުއްޖާ ބޯހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. “އޭ.. ރީއްޗައް ބުނޭ އިނގޭ!! އަހަރެމެން މީ ފުލުހުން.!!” މުލައިލް ގާތަށް ރުޅިއައުމުން އެކަން ހުއްޓުވަން ޖެހުނީ ލައިތްއަށެވެ. ޔުސްރާ އާ ލައިތްވެގެން މުލައިލް ފިހާރައިން ނެރުނެވެ. ތިންމީހުން ވެސް ހާސް ވެފައި ތިބިއިރު އަލާނިޔާ ވީތަނެއް ނޭންގިގެން އަލާނިޔާ ފޯނަށް ފަހަކަށް ވުރެ ގިނަ ފަހަރަށް ގުޅަންވެސް ގުޅައިފިއެވެ.
“އަޅެ. ނުގުޅޭ!!! ނަންބަރަކަށް ހިދުމަތެއް ނުދެޔޯ. ބޭނުން ކުރާ ނަންބަރެއް ނޫނޯ..” ޔުސްރާ ބުނެލިއެވެ. އޭރު ލައިތް ފުލުހުންނަށްފެސް ގުޅައިފިއެވެ. އެރަށުގައި ފުލުހުން އުޅޭކަން އެއީ ނަސީބެކޭ ލައިތްގެ ހިތަށް އެރިއެވެ. ” އޭރު ވެސް އަހަރެން ބުނިން ނުދާށޭ އެކަނި. އަޅެ އަހަންނަށް ދެވުނު ނަމަ. ލާނީއަށް ގޮތެއް ވެއްޖެޔާ އަހަރެން ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މާފެއް ނުކުރާނަން..” ލައިތް އެންމެ ފަހުން ބުނެލިއެވެ. ތިން މީހުންވެސް ރަށުތެރޭގައި ހިނގަން ފެށިއެވެ. އޭރު ފުލުހުންގެ ޓީމުވެސް އަލާނިޔާ ހޯދުމަށް މަސައްކަތް ފަށައިފިއެވެ. ކުއްލިއަކަށް ހުއްޓުމަށް ފަހު ޔުސްރާ ޝިފާންގެ ނަންބަރަށް ގުޅާލިއެވެ. އެ ފޯނަށް ނުގުޅުމުން ހޮސްޕިޓަލާދިމާއަށް ދުއްވައިގަތެވެ. ފަހަތުން މުލައިލްމެންވެސް ދިޔައެވެ. ވާނުވާ ނޭންގޭ ހާލުއެވެ.

“ޝިފާން..ޝި..ޝިފާން ކޮބާ؟” ޔުސްރާ އޭނާގެ އެކުވެރިޔެއް ގާތު އަހާލިއެވެ. އެކުއްޖާ ބުނީ ގަޑިއެއްހާއިރު ކުރިން އެތަނުން ދިމާވި މީހަކާއެކު އޭނާ ދިޔަކަމަށެވެ. އެންމެ ފަހުން ނުހުރެވިގެން ލައިތް މިވަނީ ކިހިނެއްތޯ އަހާލިއެވެ.” ލައިތް..ލައިތް.. އަހަންނަށް ހީވަނީ އެމީހަކީ ޝިފާންހެން. ކުރިން ދުވަހުވެސް ފާޑަކަށް ވާހަކަ ދެއްކީ. މިއަދުވެސް ލާނީ ދިމާލަށް ވަރަށް ބެލި!!!” ޔުސްރާ އަވަސް އަވަހަށް ކިޔައިދިނެވެ. އެމީހުންނަށް ވެސް އެ މަންޒަރު ފެނިފައިވުމާއެކު ބޯޖަހާލެވުނެވެ. ދެން އެމީހުން މަސައްކަތް ފެށީ ޝީފާން ހޯދަން ށެވެ.
ވަރަށް ބުރަ މަސައްކަތަށްފަހު އެންމެ ފަހުން ޝިފާން ފެނުނީ ބާރަޖަހަން ގާތްވެފައި ވަނިކޮށެވެ. އޭރުވެސް އޭނާއިނީ އެބުނާ ރައްޓިއްސެއްގެ ގޭގައެވެ. ޝިފާން ފެނުމާއެކު ލައިތް ދިޔަގޮތަށްގޮސް ޝިފާންގެ ގިރުވާނުގައި ހިފާ ބާރު ކޮށްލިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (47)

Next

ނޭނގުމެއްގެތެރޭގައި..(01)

Next
June 12, 2017

ނޭނގުމެއްގެތެރޭގައި..(01)

Previews
June 11, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (47)

23 Comments!

  1. imagination ?? says:
    June 12, 2017 at 2:20 am

    ik varah gina readers dissapoint kohllevihjje kan. ekamu bunelan othi aslu varah baliveyey miulheni. ekamu mirey okey velima online veliiru fenun varah dheravaakahala comment thakeh. ehen ve hama dhera vegen mi up kuri. kurin part up kuri iru i was fine.ekamu even im a human. hama baluvedhaane dhw. ammukoh imagination ge stories kiyaa kudhinnah ingeyne gavaidhun upp kuraakan. ingey sorry akun nufudheyne kan ves. ekamuves hama hithuge emme adin kiyun theringe arihun mafah mi edheni ??????

    1. ShaYan YoOsuf says:
      June 12, 2017 at 2:33 am

      Hey Dnt be sad pls.. Jst be cool..
      Balive Ulheykan Neyngey Kudhin Kanney Sad Vaa Gothah E Comments Kohffa Ehury… But thats not so hard feelings.. Imagination ge story reethi vegen keiy madhu vefa kanney e thibeveny.. eheheheh be happy nd keep smiling Okaii..
      GetwellVvvvvvVvvvvSoon ?
      Keep it with great work.. God Bless Yah ?????

    2. Yaz ge one&only❤ says:
      June 12, 2017 at 4:32 am

      Don’t be sad girl ?
      Cheer up ?
      I’m pretty sure every ones gonna be satisfied cuz you write awfully good for a school girl??
      May Allah Bless you!!
      Avas shifa akah edhen??????❤

    3. Chum handi says:
      June 12, 2017 at 11:02 am

      hey…. its ok…. there might be some people who doesn’t understand… but always remember that there are people with you too… and ShaYan YoOsuf buni henn balive ulheykan neyngey thyve ekudhin ehen comment kuryy… now smile ingeyy… btw story hama habeys as always…. ekam laany maraanulachcheyy…. bye and see you soon…

  2. ShaYan YoOsuf says:
    June 12, 2017 at 2:34 am

    Wwwwwwoah…. SpeeechleSs.. Varah Salhi ???

  3. hope says:
    June 12, 2017 at 3:46 am

    Yey me 2nd

  4. luhan says:
    June 12, 2017 at 3:55 am

    V reethi…Nxt prt kn irakn?n thankolheh dhigu kh genes dhehchey ingey nxt prt..Thank a lot balikoh ulhemun vc stry up kohdhinyma..

  5. Zee says:
    June 12, 2017 at 3:56 am

    V v v kei kohfin kiyaa hithun.. Rangalhah nuvs nidhey.. Plx plx plx anehbai avahah up kohdhehchey..

  6. sam♥ says:
    June 12, 2017 at 4:14 am

    stry v salhii igey .. ekm kurukamun dhww .. next part dhigukohla dheh chey plx .imagination balikamun dhwww . get well soon igey… … hope next part dhigukohla dheyne kamah …. waiting waiting …..alhey laanii ah dheraa gotheh nuhadhah chey plx…. keep it up imagination … next part konirakhuu???? …. lovely story♥♥♥

  7. Yaz ge one&only❤ says:
    June 12, 2017 at 4:42 am

    OMG
    I’m speechless
    This part was totaly amazing?
    Chin up princess or the crown slips?

    1. Yaz ge one&only❤ says:
      June 12, 2017 at 7:22 pm

      I have one question!!
      Mi story ge name aa mi story aa connect wey tha???

  8. Psenhi says:
    June 12, 2017 at 4:48 am

    V inthixar kurevijje. BT its k ye. Shifakallah.

  9. Khajja says:
    June 12, 2017 at 5:05 am

    Hey don’t be up sad readers ah imagination balive ulheykan neyngeythy ehen evy adhi mi stry ah hunna intrestegge bodukamun ehen evy mi stry asluves v rythi aee e vaagothaky n shafaakallah??? anyway stry v rythi but laanee ah dheragothennuhadhachchey plx plx n stry v v v rythi masha allah thanks 4 the luvly stry????❤❤❤?

  10. nonns says:
    June 12, 2017 at 5:06 am

    Alheyy. Varah reethi story. Next eposide kiyaalan libeyny kondhuvahakun? Get well soon ingey dear.

  11. Boss says:
    June 12, 2017 at 7:24 am

    Mi part v salhi…
    Keep it up for the good work dear….
    Get well soon n be strong…
    Libeyne postive comment and negative comments….
    Take negative comment as your weapon…
    Thanks 4 d lovely atory

  12. Someone says:
    June 12, 2017 at 9:36 am

    Hey imagination! This is my first comment for this story! Ekam feshun iruves kiyan gavaidhun ? N don’t be sad! Komme meehaku ves balivaane dhw ? So its okay… Varah inthizaaru kurin mi story up vaane dhuvahakah. And finally ? Mi part ves varah reethi! Mihaaru maa interesting vejje ? Waiting For The Next Part ? Get Well Soon Dear ❤❤

  13. Shii says:
    June 12, 2017 at 11:00 am

    Alhey v salhi…

  14. LEE MIN HO says:
    June 12, 2017 at 11:45 am

    heyyyy!!! don’t feel so sad!! 🙁 just chill 🙂 we can understand ur feelings!! mi part vv furihama. hama speechless. vvv salhi ingeyy. keep it up!! 🙂 🙂 🙂

  15. Jjey:) says:
    June 12, 2017 at 11:49 am

    Finally you are back dho. Missed u dear ?. B salhi and interesting ingey. When is next part?

  16. Adha? says:
    June 12, 2017 at 12:30 pm

    Wow! Varah furihama..?curiously waiting for next part..? ly…Get well soon dear.. ??

  17. Aisha says:
    June 12, 2017 at 3:19 pm

    Its okay dear beh kudhinnah nuvisneniee hama kiehkuraaniee?.. But I love this story so much varah inthizaaru kurevey story eh miee. ❤ waiting hama and get well soon dear ?

  18. Blume says:
    June 12, 2017 at 4:01 pm

    Blume v suspect kurevey e myhun maraa myhakii Ruu..Noony rua..Noony Shifan..By the way..mi stry v rythi..GWS imagination❤❤

  19. who am i? says:
    June 12, 2017 at 8:14 pm

    v salhi
    waiting 4 nxt ep

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (ބާރަވަނަ ބައި)←


All Right Reserved!