ފެނު ޕަރީ (5)
ޒިޔާން އަށް ސައިކަލްގެ ބުރަކި ހިފާލެވުނީ އޭނާގެ އިޙްތިޔާރަކާއިނުލައެވެ. ލަދު ވެސް ގައްމެއެވެ. ނަމަވެސް ހިތްވަރު ދެރަނުކުރަންވެގެން މަޑުމަޑުން ޒައިޝާ ކައިރިއަށް ގެހިލުމަށްފަހު ވެގެން އުޅޭ ގޮތް އޮޅުން ފިލުވިއެވެ. ޒައިޝާ އިސްޖަހާލުމަށްފަހު ޒިޔާންއަށް ޖަވާބު ދާރީވިއެވެ. ނަމަވެސް ޑްރައިވަރު މަސައްކަތް ކުރަމުން ދާތި އިތުރު އެހީއެއް ބޭނުން ނުންކަމަށް ޒައިޝާ ބުނެލީވެސް އިސްދަށަށް ޖަހައިގެން ހުރެއެވެ.ޒިޔާން އަށްވެސް އިތުރަށް ދައްކާނެ ވާހަކައެއް ނޭގުމުން މަޑުމަޑުން ދަނީ ކަމުގައި ބުނެ ކުރިއަށް ހިގައިގަތެވެ. ސައިކަލަށް އަރަމުން އަދިވެސް އެއްފަހަރު އެބުރި ޒައިޝާގެ ލޯބި މޫނަށް ބަލާލިއެވެ.
ޒައިޝާ ގެއައް އައިރު މަންމަ ފެންނަން ނެތުމުން މަންމަ އަށް ގޮވަމުން މަންމަގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. މަޑުމަޑުން ދޮރުގައި ޓަކިޖަހާލުމުން މަންމަ އެތެރެއިން ވަންނަ ބުނެލިއެވެ. ޒައިޝާ އެތެރެއަށް ވަދެވުމާއި އެކު ހުއްޓުން އެރިއެވެ. މަންމަ ކޮންމެވެސް ތަނަކަށް ދިޔުމަށް ފޮށި ތައްޔާރު ކުރަމުން ދިޔައެވެ. މަންމަގެ ދެލޮލަށް ބަލައިލުމުން ރޮއެފައި ހުރިކަން އެގެއެވެ. ޒައިޝާގެ ރީތި ދެލޯ ވަގުތުން ކަރުނުން ފުރިގެން ދިޔައެވެ. މަންމަ ރޮނީ ކޮންމެވެސް ބޮޑު ކަމެއް ވެގެން ކަން ޔަޤިންވިއެވެ. އޭނާގެ މަންމައަކީ ހިތްވަރުގަދަ މީހެކެވެ. ޒައިޝާ މަޑުމަޑުން ފުރަގަހުން މަންމަގެ ގައިގާ ބައްދާލުމަށްފަހު ވީ ކީއްތޯ ސުވާލު ކޮއްލިއެވެ.؟ އެވަގުތު މަންމަ ކަރުނަ ފޮހެލުމަށްފަހު ލަންޑަންގައި ދިރިއުޅޭ އޭނާގެ ބޮޑު ދައިތަ ކާރު އެކްސިޑެންޓެއްވެ ހޮސްޕިޓަލުގައި އޮތް ވާހަކަ ބުންޏެވެ. ޒައިޝާ ތުރުތުރު އަޅައިގެން ދިޔައެވެ. ނަމަވެސް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމަށްފަހު މަންމަ އަށް ހިއްވަރު ދޭން ފެށިއެވެ. އަދި ބައްޕަ އާއި ދެމިހުން ދިއުމަށް އެދުނެވެ. ނަމަވެސް ޒައިޝާގެ މަންމަ އޭނާ އެކަނި ގޭގައި ބަހައްޓަފައި ދިޔުމަށް އުޒުރުވެރިވިއެވެ. އެހެން ކަމުން ފުރާނީ އޭނާ އެކަނި ކަމަށް ބުންޏެވެ. ޒައިޝާ އިތުރު ދެކޮޅު ހެދުމަސްނެތި މަންމަގެ ބަހާއި ޤަބޫލްވިއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ޒައިޝާ ވަޒީފާ އަދާކުރާތާ 03 މަސްދުވަސް ވެއްޖެއެވެ. ގަވާއިދުން އޭނާއަސް ކޮންމެ ދުވަހަކު ރަތް ފިނިފެންމަލެއް ލިބެއެވެ. އަދި ފޯނަށް ހެނދުނާއި ރޭގަނޑު މެސެޖްތައް އާދެއެވެ. މިހާރު ޒައިޝާއަސްވެސް އެ މެސެޖް ތަކަށް އިންތިޒާރުކުރެވެއެވެ. މަޑުމަޑުން ޒިޔާން އާއި ޒައިޝާގެ ގުޅުންވެސް ބަދަހިވަމުން ދިޔައެވެ. ނަމަވެސް އަދިވެސް ޒިޔާންއަކަށް ލޯބި ހުށަހަޅެމުގެ ހިތްވަރެއް ނުލިބެއެވެ. އޭނާ ޒައިޝާގެ ފަރި ހަރަކާތްތައް ބެލުމަށްފަހު ހިންހަމަޖެހުން ލިބިގަނެއެވެ. ހަމައެގޮތަށް ޒައިޝާވެސް ހިތުގެ ހާލު ފޮރުވައިގެން ޒިޔާންގެ އެކުވެރިކަމަށް އަތް ދިއްކުރަމުން ދިއެވެ. ޒިޔާން އާއި ޒައިޝާގެ ގުޅުން ބަދަހިވުމުން ގިނަ އަންހެން ކުދީންގެ ހިއްތަތަކުގައި ޒައިޝާ އާއި މެދު ހަސަދައިގެ އަލިފާން ރޯވަމުން ދިޔެވެ.
ޒައިޝާގެ މަންމަ ލަންޑަނަށް ދިޔުމަށްފަހު އަބުރާ މާލެ އަންނަ އޮތް ދުވަހު މަންމަ ބަލާ އެއަރޕޯރޓަށް ދިޔުމަށް ޒައިޝާ ތައްޔާރުވަމުން ދިޔައެވެ. ކަޅު ސްޓްރައިޕް ޖީންސްއަކާއި ޓަރކިޝް ކުލައިގެ އަތްކުރު ޓޮޕެއް ލުމަށްފަހު އިސްތަށިގަނޑު ފަހަތައް ދޫކޮށްލިއެވެ. ތުންފަތުގައި ލިޕްގްލޮސް އުގުޅާލުމަށްފަހު އެ ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާލިއެވެ. އެތައް ދުވަހެއް ފަހުން މަންމައާއި ބައްދަލު ވާތީ ޒައިޝާ ހުރީ ނިހާޔަތައް އުފާވެފައެވެ. ލޮލުގައި އަވި އައިނު އެޅުމަށްފަހު ޒައިޝާ ކާރަށް އަރައި އިށީދެލިއެވެ. ޑްރައިވަރު ކާރު އެއަރޕޯރޓާއި ދިމާލަށް ދުއްވާލިއެވެ.
އެއަރޕޯޓުން ދަރިފުޅު ފެނުމާއި އެކު ހާލިދާ ދުވެފައި އައިސް ޒައިޝާ ގައިގާ އުފަލުން ބައްދާލިއެވެ. ލަގެޖް ނެގުމަށްފަހު ގެއަށް ދިއުމަށްޓަކައި ލޯންޗަށް އެރިއެވެ. ކަޑުގެ ލޮނުގަނޑު ދެކަފި ކުރަމުން ލޯންޗް ބާރު ދުވެލީގައި ގޮސް އެއް ނަމްބަރު ޖެޓީއަށް ކައިރި ކޮއްލިއެވެ. ޒައިޝާ މަންމަ އަތުގައި ހިފަހައްޓައިގެން ހުރެ ލޯންޗުން ފޭބުމަށް ފަހު އަނެއް ފަރާތުންގައި އޮތް ކާރާއި ދިމާލަށް ހިގައިގަތެވެ. އެވަގުތު ވަރަށް ބާރަށް ދުއްވާފައި އައި ކާރެއް ޚާލިދާގެ ގައިގައި ޖެހި ޚާލިދާ ވިއްސައިގެން ހިގައްޖެއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Ehn vaahaka tha haadha slw koh dhaneee…. Enmme vaahaka eh thr udate kuraneee…..
vaahak upload kuranee evaahaka ehge liyun theriyaa amilla ah. esfiya ge admin akun noon. ilyun theriyaa ah request kohdheynan avas kurumah… 🙂
aisha naseem vaahaka akaa ehgoiy kameh ebahuri……hiyeh nuveytha….. basmaguves sifakurunves ehgoiy….
ވަރައް ރީތި ވާހަކަ އެއް
haadha kuda thankolhe
story reathi ekm
The story is short but a very heart touching and very beautiful story… basmagu and the way u express the feelings is very nice… May ALLAH make u a very intresting story writer..