މަލާކް… 5ވަނަބައި
“މަލާ.. އަސްލު އަހަރެންބޭނުން މަލާތީ ވަރަށް މޮޅުކުއްޖަކަށްވާން…” ދައްކާނެ ވާހަކައެއްނޭންގުމުން އެންމެފަހުން އަރޫން އެހެންބުނެލީ މަލާކްވެސް އެކަމާ އެއްޗެކޭބުނާނެހެން ހީވުމުންނެވެެ. “މަލާާ އަސްލުކިޔަވަނީ ކޮންސްޓްރީމެއްތަ..” “ކޮމާސް..އެންޑް ބިޒްނަސް..” މަލާކްވެސް މަޑުމަޑުން ވާހަކަދެއްކިއެވެ. ނަމަވެސް އަރޫން އެފެށިވާހަކައަކުން ކުރިން މަލާކް އަށް ހީވިހީވުން ގޯސްވެއްޖެއޭހިތާހުރި ވަރަށް ކަންބޮޑުވެފައެވެ. “އެހެންވީމަތިވީމާރަނގަޅަކައްނު.. އަހަރެންވެސް ކިޔަވަނީ ބިޒްނަސް.. އަދިމިވީ އެންމެ ދެއަހަރު އެކަމަކު އިރާދަކުރެއްވީޔާ ކިޔެވެންއޮތް އެނމެ މައްޗަށް ކިޔަވާނިންމާ ކުރިޔަށް އޮތް ދެއަހަރުތެރޭގަ ނިންމާލެވޭނެ.. ” ” އެހެންތަ .. އެހެންވީޔާ މަލާގެ ފައިނަލްއިޔާގަ އަރޫންގެ ހެލްޕްލިބޭނޭދޯތިބުނީ.. ” އަރޫންޖޯޝާއެކު ދައްކަމުން ދިޔަ ވާހަކައިގެތެރެއަށް މަލާކްވެސް އިތުރުކޮށްލިިއެވެ. “ހޫމް .. ގައިމެއްނު.. ގިނައިން އެކޮޅުގައަހަރެންނާ ދިމާވާނެ ވައިބަރ އިން .. ބިޒީނުނީޔާ އަބަދުވެސް ރެސްޕޮންސްލިބޭނެ.. އެހެންނޫނަސް މަލާ ތީ.. ވަރަށް ސްޕެޝަލް ކުއްޖެއް.. ” އަރޫންއެހެން ބުނުމާއެކު މަލާކް ބްްލަޝްވީތިޔަހެނެއްނޫނެވެ. އަރޫންއަށް އެކަންވީ ވަރަށް މަޖާކަމަކަށެވެ.
ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ބައްޕައަންނަގަޑި ޖެހެނީއޭ ބުނެ މަލާކް އެތެރެއަށް ވަނުމުން އަރޫން ވައިބަރ އިން އޮންލައިންވެލީ ކުލާސްކުއްޖަކު ގުޅާނަމޭ ބުނިހަނދާން ވުމުންނެވެ. ފޯނުުން ވާހަކަދައްކަމުން އައިސް ޓެރަހަށްނިކުތް ހިޝާމްއަށް އުނދޯލީގައި ފޯނާކުޅެންއިން އަރޫން ލޮލުގައި އަޅައިގަތީ އެވަގުތުގައެވެ.
“އަހައް އަރޫން މިތާކިހިނެއްވެފަ.. ” ސިހިފައި އަރޫން ބަލާލިއިރު ދާދިގާތުގައި ހިޝާމްހުރުމުން ބިރުންމޭނުވިރުނީކިރިޔާއެވެ. ” މީ.. މީ.ފޯނެއްއައިސްގެން ވާހަކަ ދައްކަމުން ޓެރަހައް އަރާލީރު މިއުންދީލިފެނުނީމަ އައިސް އިނށީންދެލީ.. ” އަޅައިގަންނަމުން ކަހަލަގޮތަކަށް އަރޫންޖަވާބުދިނެވެ. ” އެހެންތަ.. އަސްލުމާލޭގަ މިކުޑަކުއިޑަ ޖާގަކޮޅުުގަވެސް ހިތްހަމަޖެހޭދޯ މިގޮތައްހުރުމުން .. ” ހިޝާމް އައިސް ކައިރީއިށީންނަމުން އެހެންބުނުމުން އަރޫންވެސް ބޯޖަހާލީ އެކަމަށް އެއްބަސްވުުމުގެ ގޮތުންނެވެ. އަރޫންއަށް ހަމަނޭވާލެވުނީ އިތުރަށް އެނާއެތަނަށް އައިި ބޭނުމާމެދު ސުވާލުނުކުރުމުންނެވެ.
“އަރޫންތީ ކޮންގެއަކު ކުއްޖެއްތަ.. ” އެންމެފަހުން ހިޝާމްގެ ހިތުގައި އޮތްސުވާލު އަރޫންއާއި ކޮށްލިއެވެ. ” އަޅުގަނޑުމީ.. މ.ތުޅާގިރި ސަމީހް އާއި ބަލްޤިސްގެ ދަރިއެއް.. ކިހިނެއްތޯވީ.. ” އަރޫން އެހެންބުނެ ބަލާލިއިރު ޤަބޫލުކުރަ ދަތިވެފައިހުުރި ގޮތަކަށް ބަލަން ހިޝާމްހުރުމުން އަރޫންވެސް ހުރީ ވާނުވާނޭންގިފައެވެ. “ސަމީހް..” މިނަންކިޔާލިއިރު ހިޝާމްގެ ހިތުގައި ނޭންގޭރިހުމެއްވިއެވެ.
“ބޭބެ އަޅުގަނޑުގެ ބައްޕަނޭންގެނީތޯ..” ހިޝާމްގެ ހިތުގައި ހިގާހައިޖާނުުގަނޑު ނޭންގޭ ހާލު އަރޫން ސުވާލުކޮށްލިއެވެ. އެއާއެކު އެބަަންނަމޭބުނެ ހިޝާމްގޮސްވަނީ އޭނާގެ ކޮޓަރިއަަށެވެ. ހަމަގޮސްވަނުމާއެކުހެން ނިކުމެގެން އައި އިރު އަތުގައި ވަރަށް ދުވަސްވެފައިވާ ފޮތަކާއި ފޮޓެއެއްހިފައިގެން އައިސްއަރޫން އަތައްދީ ” ތި އެއްޗެހި އަމާނާތްތެރިކަމާއެކު ބައްޕައަށް ރައްދުކޮއްދެވިދާނެތަ” އަހާލިއެވެ. “ލައްބަ. ” އޭބުނެ އޭގައި ހިފާ އެފޮޓޯ ފޮތުތެރެއަށް ލީއިރުވެސް އަރޫން އިނީ ޖަވާބުނުލިބޭ އެތަކެއްސުވާލުތަކެއްގެ ތެރޭގައެވެ.
އެމެޖިމެންސީކޮށް ގެނައި ޕޭޝަންޓްްއަކަށް ފަރުވާ ދިނުމަށްފަހު ލިބުނުހުސްވަގުތުކޮޅުގައި ޖަޒްލާން ދިޔައީ ބިންޔާގޮވައިގެން ކެންޓީންއަށް ކޮފީއެއްބޯލުމަށެވެ. އޭރު އެތާތިބި އެތަކެއްބައެއްގެ ކަޅިތައްވަނީ އެދެކުދިންނަށް އަމާޒްވެފައެވެ. ނަމަވެސް އެއިން ކަމަކަށް ފަރުވާލެއްނުބަހައްޓާ ކަނެއްގައި އިން މޭޒެއްކައިރީގައި އިށީންދެ އޯޑަރުދިނީ މީީހުންގެ ނަޒަރުތަކަށް އެދެކުުދިންވެސް ހޭނިފައިވުމުންނެވެ. “ދޫނިއަށް މިޑްރެސްކަމުދޭތަ.. ” ފޯނިގައި އިން ފޮޓޮއެއް ދައްކާލަމުން ބިންޔާ އަހާލިއެވެ. “ވޯވް.. ވަރަށް ރީތި.. މިހެދުން ބޭނުންވީތަ ބޭބްް.. ” ޖަޒްލާން ލޯތްބާއެކު އަހާލިއެވެ. “އަޅެ.. ދޫންޔާ ތިހެދުމަށް ބިން އޯޑަރ ކޮށްފިން.. އިނގޭތަ ތީ މިޝާމެންގެ ދޮންތަގެ ވެޑިންއަށް ބިން ލާން..” “އާތިހެން ބުނީމަ މިހަނދާންވީ.. މައިދޮންތި ބުނި ރޭގަގުޅާފަ ނެކްސްޓް މަންތްގެ ޓޫ އަށް ރެޑީވާން . ވާނެދޯ އޭގެ ކުރިން އެގެއަށްގޮސް މައިދޮންތިއާ މީޓްކޮށްލަން .. ” “ލައްބަ.. ދޫންޔާ.. ބިން ބޭނުން ދޫނިގެ ފެމިލީގެ އެންމެނާވެސް ގުޅުން ބަދަހިކުރަން.. ”
އަރޫން އައިސް ގެއަށް ވަންއިރު ގޭތެރެއަމާންކޮށް އޮތުމުން ގޭގަ މަންމަމެން ނޫޅެނީކަން އެނގުނެވެ. ކޮޓަރިއަށް ވަދެ ސައިޑްޓޭބަލްމަތީގައި ހިޝާމްދިން ފޮތް ބާއްވާފައި ފާހާނަޔަށް ވަދެލީ ވެފައިވާ ހޫނާއި ބޮލުގައި އެނބުރެމުންދާ ސުވާލުތަކުގެ ސަބަބުުންް ބޯހަމަޖައްސާލަން ފެންވާރާށެވެ. އޭރުބަލްޤިސް އައިސް އަރޫންގެ ކޮޓަރިއަށް ވަނީއެވެ ފާހާނައިގައި އުޅޭއަޑުއިވުމުން ނިކުތުމަށް ހިނގައިގަތް ބަލްޤިސްގެ ލޮލުގައި އެއްކަލަފޮތް އަޅައިގަތުމުން އެދިމާއަށް ދިޔައެވެ. އެހާދުވަސްވެފައިވާ އެއްޗެއް އަރޫންގެންގުޅުމުގެ ބޭނުމެއް އޭނައަކަށް ނުވިސްނުނެވެ. އެހެންނޫނަސް އެއްވެސްކަމެއް އުނިވިޔަނިދީ އެހާލޯބިން ގެންގުޅުން ދަރިއަކު ފޮރުވައިގެން އެއްވެސް އެއްޗެއް ގެންގުޅުމަކީ ބަލްޤިސްއަށް ކުޅަދާނަކަމަކަށް ނުވާނެއެވެ. ސައިޑް ޓޭބަލްކައިރީގައި ހުއްޓިލާފައި އެފޮތާދިމާއަށް އަތްދިއްކޮށްލި ތަނާހެން ސަމީހް އައިސް އަރޫންއަށް ގޮވަމުން އެކޮޓަރިއަށްވަނެވެ. ބަލްޤިސް ސިހުން ވީވަރުން ހީވީ ވަގު ހިފުނީހެންނެވެ. އެއީ އަރުންވެސް އުނނަގަނޑާ ހަމަޔަށް ތުވާލި އަނދެލައިގެން ފާހާނައިން ނިކުތް ވަގުތެވެ.
“މަންމާ .. ބައްޕާ.. މިކޮޓަރީގަ .. ” ބަސްހުއްޓިފައި އަރޫންއަށް ހުރެވުނީއެވެ. “ދަރިފުޅުު ތައްޔާރުވެލައިގެން އާދެބަލަ ..” މިހެންބުނުމާއެކުހެން ސަމީހު ބޭރަށް ނިކުތުމުން ބަލްޤިސްއަށްވެސް އިތުރުގޮތެއް ނެތުމުން އެފޮތަށް ބަަލާލާފަވެސް އަވަހަށް ނިކުތެވެ. ވީ އެންމެ އަވަހެއްކޮށްލައިގެން ތައްޔާރުވެލައިގެން އަރޫން ނިކުތް އިރު ސަމީހު އޭނާގެ އިންތިޒާރުގައި ސޯފާގައި އިންތަން ފެނުނެވެ. ގޭތެރޭގެ ހަމަހިމޭން ކަމުން މަންމަވީ ކޮޓަރީގައިކަން އަރޫން އަށް އެެނގުނެވެ. “އަހައް.. ދަރިފުޅުތިއައީ ދޯ.. ހިނގާބަލަ ބައްޕައާއިއެކު ބައްޕަގެ އޮފީހަށް ވަދެލަން.. ” ތެދުވެ ހިނގައިގަންނަމުން ސަމީހު ވާހަކަދެއްކިއެވެ. ދެބަފައިންވެގެން ކާރުގައި ދާންވީމަންޒިލަށް ދިއުމަށް މިސްރާބުޖެހިއިރު ބަލަންހުރި ބަލްޤިސް އަވަސް އަވަހަށް އައިސް ދެކޮޅުބަލާލުމަށްފަހުު އަރޫންގެ ކޮޓަރިއަށް ދެމިގަތެވެ. ގެއަށްވަދެގެން ކޮޓަރިއާއި ދިމާލަށް ދިޔަ ބިންޔާއަށް މިމަންޒަރު ފެނުމުން ހައިރާންވެފައި ބަލަން ހުރެވުނެވެ. “ހަމަޔަގީނުންވެސް ދޮންބެނެތް ގެއަކު.. ދެންމަންމަ ކީއްކުރަންބާ އެކޮޓަރިއަށް.. ” ހިތައްވަތް އެއްޗަކުން ބިންޔާއެދިމާލަށް ދިޔަނަމަވެސް ދެވަނަސިކުންތުގައި މަންމައަށް އޭނަ ބަލާކަންއެނގި ވާނެގޮތަކާމެދު ކަންބޮޑުވެ ހުއްޓުންއެއެވެ. އަރޫން އަށް މެސެޖް ކޮށްލުމަށް ފަހު ބިންޔާއަވަހަަށްް ކޮޓަރިއަށް ދިޔައީ ބްލޤިސް ނިކުންނައިރު އެތާންގާއި އޭނާހުރުން ރަނގަޅުނޫން ކަމުގައި ވިސްނުމުުންނެވެ.
ގ.ޒިޔާދާމަންޒިލްއަށް އީދެއްއައިސްގެން އުޅޭފަދައެވެ. މީރާންގެ އާއިލާގެ މެންބަރުންނާއި ހެކިވެރިންގެ އިތުރުން ޝަމާލް އާއި ޖަޒްލާންވެސް ހުރީ މައިޝާ ރަންކިއުމުގެ ހާއްސަ ސަޔަށް އިންސާފުކުރާށެވެ. ” ތުއްތޮންބެމެން މެރީކުރަނީ ކޮންއިރަކުންތަ.. އަހަރުމެންނާއެކު މެރީކުރަން ނިންމައްޗޭ.. ” މިޝާ މިހެން ބުނުމުން ” ހޫމް ތޮގޮތަށް މިވިސްނަނީ.. އަދި ބޭޭއާ މައިދޮންތަ އަށް ފަހަރިދައްކާލަންވެސް ގެންނަންޖެހޭނު.. ” ޖަޒްލާންވެސް އެވާހަކާއި ބައިވެރިވެލީ ވަރަށް ގަޔާވެ ހުރެއެވެ.
އޮފީހަށް ދެވުމާއެކުހެން ސަމީހުގޮސް އޭނާގެ ކެބިންއަށް ވަންއިރު ފަހަތުން އަރޫންވެސް ވަނެވެ. ” ދަރިފުޅާ ކޮޅަށްނުހުރެ އިށީންދެބަލަ..” އަރޫން އައިސް އިށީންދެލުމުން ސަމީީހު ގެ ވާހަކަ ފެށިއެވެ.
“ދަރިފުޅާާ.. ބައްޕަމިވާހަކަ ދައްކަން ބޭނުންވެފަ ހުންނަތާ ވަރަށް ދުވަސްވެއްޖެ.. އެކަމަކު ދެން މިހާރު ދަރިފުޅާއި ކޮއްކޮވެސް ތިހުރީ ބައްޕަދެކޭގޮތުގަ މިކަން އެނގޭން ވާވަރަށް ބޮޑުވެފަ..” ސަމީހު ފުންނޭވައެއް ދޫކޮށްލިއެވެ. ދައްކަންޖެހޭ ވާހަކައިގޮތުންް ހުދުއޭނާާއަށްވެސް އުނދަގުވަނީއެވެ. އަމިލަނަފްސު ކުއްވެރި ކުރެވެނީއެވެ. “ދަރިފުޅާ ރަނގަޅަށް އަޑުއަހާ .. ދަރިފުޅިމެން ދެބެންތީ އެއްމާބަނޑު ދެބެން.. ” ސަމީހު ބުނެލި ޖުމްލައިން އަރޫން އަށް އިންތަނުން ތެދުވެވުނީ ގަބޫލުކުރަން ދަތިވުމުންނެވެ. އޭނައަށް އެނގެންފެށީސުރެ ކޮއްކޮއަކީ އެއްއަހަރު ކުޑަކުއްޖެއްކަމަށް އޭނާގެ މަންމަވަނީ ބުނެދީފައެވެ. “ހަމަޖެހިބަލަ ދަރިފުޅާ.. ބައްޕައަށް އިނގޭ ދަރިފުޅަށްވެސް ކޮއްކޮއަށްވެސް މިކަން ގަބޫލުކުރަން އުނދަގުވާނެކަން.. އެކަމަކު މިއޮތީހެކި” ސަމީހުއޭނަގެ ސީކްރެޓް ޑްރޯވާ ހުޅުވާލާފައި ދިއްކޮއްލީ ލިއުމެކެވެ. އަރޫން އަވަހަށް އެކިޔާލީއެވެ. ތެދެކެވެ. އޭގައިވާގޮތުން މަންމައަށް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ. ފިރިހެންކުއްޖަކާއި އަންހެންކުއްޖެކެވެ. ” އެކަމަކު ބައްޕާ ދެން ކިހިނެއް ބިންކޮގެ އުފަންދުވަސް ތަފާތުވެ އުމުރު ބަދަލްވާންވީ..” ” ދަރިފުޅުމެން ގެ އުމުރުން ތިންމަހުގަ ބައްޕަ ވަރަށްމުހިތްމު ބައްދަލްވުމަކަށް ރާާއްޖެއިން ބޭރަށް ދާންޖެހުނީ.. ތިންހަފްތާފަހުން ބައްޕަ އައިރު ދަރިފުޅިގެ ކޮއްކޮ ގެންގުޅެނީ ނެނީއެއް.. މަންމަފަރާތުން އެހާބޮޑު އަޅާލުުމެއް ނުލިބޭ.. ބައްޕަ މާ ސުވާލުގިނަކުރަން ފެށުމުން މަންމަ އެނގީ ކޮއްކޮ ނުބެލޭނެކަމަށް..” ސަމީހުގެ އަޑު ކުރެހިގެން ދިޔައެވެ. އަރޫންގެލޮލުންވެސް އޭރު ކަރުނަ ފާއްދާލައިފިއެވެ. “މަންމަބޭނުންވީ ފިރިހެން ދަރިން އެކަނި.. އަވަހަށް މުސްކުޅިވެދާނެތީއޯ.. އެހިސާބުން ބައްޕަ އަށް ގޮތްހުސްވީ.. އޭރު މަންމަ އޮތީ ތިޔަދެބެއިންގެ އުފަންދުވަހުގެ ރެޖިސްޓްރީ ހަދާ ހުރިިހާ ކަމެއްނިންމާފަ.. މަންމައަތުގަ އޭރު ފައިސާހުރެ އެހާނުފޫޒުވެސް އޮތީމަ… ބައްޕަ އަށް އެކަން އެނގިިއެއްޗެކޭ ބުނީމަ މަންމައުޅުނީ ބައްޕައާ ކޮއްކޮ ބަހައްޓާފަ ދާން .. ބައްޕަ އެތަކެއް އާދޭހެއްކޮށްގެން ހަމަަޔަކަށް އެޅުނީވެސް މިއިންކަމެއް ދަރިފުޅިމެންނަށް ނޭންގުމަށްބުނެ.. އެދުވަހު ބައްޕަ ތިލިޔުން ރައްކާކުރީ.. މިހާރުވެސް ދަރިފުޅަށް އިނގޭން ދަރިފުޅާާ ކޮއްކޮ އުޑާބިހާވެސް ތަފާތުކޮށް ތިއުޅެނީ.. ކޮއްކޮއަށް ނުކެރޭނެ މަންމަ ނުރުހޭނެކަން އިނގޭ ކަމެއްފަހުން ކުޑަތަން ވެލަންވެސް.. ” ސަމީހުގެ އަޑުބެދޭގޮތްވާން ފެށުމުން ހުއްޓާލީ ހިތައްކެތްނުވެގެންނެވެ. ” ބައްޕާ އަޅުގަނޑުތިކަން ގަބޫލުކުރަން .. ކޮއްކޮ އަށް ނުކެރޭ މަންމަހުންނަތާކު އަޅުގަނޑުކައިރީ އިށީންދެލަންވެސް.. އަޅުގަނޑަށް ވެސް ތިހުރިހާކަމެއް ފެނޭ.. އެކަމަކު މަންމަ މިވަރުގެ ބޮޑުއޮޅުވާލުމެއް އޮޅުވާލާނޭ ދުވަހަކުވެސް ހިތަށްނާރާ.. ” އަރޫންއަށް ރޮވޭހާާލުގަވެސް އެކަމާ އެއްޗެއްނުބުނެ ނުހުރެވުނެވެ. “ދަރިފުޅާ ބައްޕަައަށް މައާފްކޮށްދީ.. ” ސަމީހު އަައިސް އަރޫން ގައިގަ ބައްދާލީީ ކުއްވެރިއެއް ފަދައިންނެވެ. “ނޫން ބައްޕާ ތިހެން ނުބުނޭ.. ބައްޕަަ އަކަށް ދުވަހަކުވެސް އަޅުގަނޑުމެން ކިބައަކުން މާފަށް އެދެން ނުޖެހޭނެ.. ” ސަމީހު އަށް ﷲ ގެ ކިބަފުޅަށް ހަމްދުކޮއްލެވުނީ އެފަދަ ދަރިއަކު އޭނާ ދެއްވުމުންނެވެ.
“އަދި ބައްޕަ އެބައޮތް ދަރިފުޅުކައިރީ ދައްކަންޖެހޭ ވާހަކައެއް.. މިއަދު ބައްޕަ ދުށިން ދަރިފުޅުގެ ކޮއްކޮ އެކަހެރިކޮށް ފިރިހެންކުއްޖަކާއެކު ކޮފީބީން ތިއްބަ.. ބައްޕައަށއ ވުރެ ދަރިފުޅަށް ފަސޭހަވާނެ އެކާކުތޯބަލަން.. ނޫންތަ..” އަރޫން އަށް ބައްޕަ އެބުނީ ކާކުކަން ވަގުތުން އެނގުންވެލިއެވެ އެއާއެކު ޖަޒްލާންގެ ވާހަކަ ހިއްސާކޮށްލީ އޭނާގެ ބައްޕައަށް ކުުރެވުން އިތުބާރެއްގެ ބޮޑުކަމުންްނެވެ. “އެހެންތަ.. އެހެންވީމަ ދަރިފުޅުތިއުޅެނީ ބައްޕައަށްވުރެކުރީގަ ދޯ.. ބައްޕަވެސްބޭނުން ތިޔަކުއްޖާއާއި ބައްދަލްކޮށްލަން ކޮއްކޮއަށް ސަޕްރައިޒެއްގޮތައް ކެއުމަކަށް ދާން ރާވާ ދަރިފުޅު.” ސަމީހުގެ މޫނު އުޖާލާވެގެން ދިޔައެވެ. އޭނާގެ ދެދަރިން ހީކުރިވަރަށްވުރެވެސް މާގަތްވެފައި އެއްކުއްޖަކު އަނެއްކުއްޖަކު ދެކެ ލޯބިވާކަން އެނގުމުންނެވެ. ކޮންމެ މީހަކުވެސް ދަރިން އެކުގައި އުޅެތަން ދެކެން ބޭނުންވާނެއެެވެ. ނަމަވެސް ސަމީހުގެ ހުވަފެންތަކުގައި ކުލަޖެހެން ފެށުނީ އަދި ކިރިޔާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.






Varah reethi mi part
Wow I ah first dhw milibuny. Yayy
Than you nonns .. yess manje Hama first .. ??
Wowwww….
Thank you book lover ??
So Aroon and Binyaa akee twins dho.. haadha bodu olhuvaalumekey dho balgis e olhu vaaly eyna dharinna adhi mulhi dhuniye ah ves.. kihineh vegen ulhey mamma eh tha e ee????
ooooohhh… mee second ey… yeyy!!??
Assalaam alaikum.. mipart kudakoh lass vejjedhw.. keehkuraanee..network massalaulheythee Lassvee.. 4 faharah typekoh gen mid upkohlevunee.. unmeedhukuran thiyahurihaa kudhinnahvess kamudhaa bayakah mibaivess vaane kamah .. and.. ehevess kuhjaku faadukiyamah fassnujehechaa.. layaa konmekujjehge faadukiunvess ufalaaeku gaboolukuraanan ? ?
Ehen part thah hen mi part ves hama Varah reethi ? waiting for next part?
Thnakyou ashamed ??
Sry dear adha,* ?
Hama varah furihama..keep it up dear..???
Thank you my dear Noor .. ? ?
Varah reethi.varugadha balgis ehtthaa.btw naanu ah varah reethi “binyaa” e nan.and i told dho ship name eh hadhan.so i came up with MAROON ei malaak he “ma” and aroon “roon” ??varah reethi mibai ves
Thank you naaanu ? thi ship name vakihadeh nuney .. yah binyaa aee Layaa ahvess varah reethi name eh.. ?
V lwbi!! When nxt part??
Thank you some one ?? insha allah maadhamaa nun anehdhuvahu
oooooo so swt .♥♥♥.. waiting next part layaa thankxx .. storyy up kohladhinyy maaa
Thank you Sam ??
vvv salhi ingey! fudheyvarakah reethi kh ibaaraiyy kuraakan faahaga kurevey! thankolheh dhigukh dhnfaharaku up kohlahchey plx, waiting for the nxt part!
Thank you for the lovely comment KIM ?
Nyc
Cover pic vx v loabi?
Thank you 5hrt ?
Vvvv nice
Oh mee anehkka konlayaaeh ? hehe btw thankyou layaa
V v v reethi
Thank you silver?
Varah salhi
Thank you Z,M?
Varah reethi. I love it waiting…….
Thank you flower princess ??
Varah reethi ❤ keep it up
Thank you dear aisha ??
V salhi ……next part konirakun…..
Thank you dear ainth.. ?
Reethi mibai vess…..adhi kuriyah thi genndhaa goth vess ?dhenn huri baithah vess thigothah kuriyah genn dhaane kamah hykuran gavaaidhunn kiyann nulibennya vaahaka mathinn foohivey ☺☺
Hehe dhw dear.. insha allah foohivaavarah genessdheveuthw balaanan ? btw thank you my dear ?
V reethi avaha vahaaka up kodheeba?
Thank you dear saadhu .. dhen maadhigu inthzaareh nathey.. mihaaru innaanee publish kuraanan fonuvaafa.. ??
Very nice . Waiting 4 next part
Thank you so much dear ?