މަލާކް… 2ވަނަބައި
“ދަރިފުޅާ.. އަރޫން.. ”
ސަމީހްގެ އަޑުޖެހުމާއެކު އަރޫން އަވަހަށް އޭނަގެ އާއިލާއާއި ދިމާއަށްބަލާލެވުނެވެ. މަލާކް ވެސް ސިހުންވެހުރެފައި ބަލާލީ އަޑުއައިދިމާއަށެވެ.
“އޭތް މިޝާ.. ” ބިންޔާއަށް މިޝާފެނުމާއެކުހެން އައިސް ބައްދާލިއެވެ. މިޝާވެސް އެހާދުވަސްކޮށްފައި އެކުވެރިޔާފެނުމުން ހުުރީ ވަރަށް އުފާވެފައެވެ. މަލާކްއަށްވީ އެހެންގޮތެކެވެ. ސަމީހު މަލާކް އަށް ބަލާގޮތުން ހަދާނެގޮތްހުސްވެފައި ހުންނަންޖެހުނީއެވެ. ބަލްޤިިސް އޭނާގެ ދަރިފުޅުގައިބައްދާލުމަށްފަހު އަވަހަށް މާލެދިއުމަށް އެދުމުން ޝަމާލްމެންވެސް ދިޔައީ އަވަހަށް އެދިމާއަށެވެ.
މާލެގެ ހަލަބޮލި މާހައުލާގާތްވިވަރަކަށް އަރޫން އިނީ ބޮލަށް އުނދަގުވެފައެވެ. ނަމަވެސް ކުރިމަތިން ފެންނަންއިން މަލާކް އަށް ސިއްރުންސިއްރުން ބަލާމުން ހިތަށް ހަމަޖެހުންލިބޭތީ ހަނުހުރީއެވެ. މަލާކް އަށްވީއެކަމުން އުނދަގުލެވެ. އަލަށްފެނުންއިރު އެވީއެއްވެސް ކަހަލަ އިހްސާސެއްމިހާރަކުނުވެއެެެ. ޝަމާލްއެހާވަރަށްނުކީނަމަ އެލާންޗަށް ނުވެސް އެރީހެވެ. ހަޤީޤަތަކީ އެވީ ކުޑަކުޑަ ވަގުތުކޮޅުގެތެރޭގައި ބަލްޤިސްގެ ހުރީ ބޮޑާކަމާއި ދެއްކުންތެރި ޝާހީކަމުގެ ބޮޑުކަމުން އަރޫންމަތިން ވެސް އޭނާފޫހިވީއެވެ.
މާލެފޭބުމާއެކު ސަމީހުގެ އާއިިލާ ޕްރައިވެޓަކާރުގައި އެމީހުންގެ މަންޒިލަށް ދަތުފެށިއިރު މަލާކްމެންވެސް ޓެކްސީއެއްގައި ދަތުރުފެށީ ޝަމާލް މިޝާގެ ބައްޕައާއި ބައްދަލްކޮށްފައި ގެއަށްދާންބުނުމުން އޭނަވެސްގޮވައިވެންނެވެ.
މ.ތުޅާގިރި ގޭޓްކައިރިއަށް ކާރުގޮސް މަޑުކޮށްލުމުން އަރޫންހުުރީ ގެއަށްއައިސްފައިވާ ބަދަލްފެނި އާޝޯހުވެފައެވެ. ކުރިން ދެބުރިއަށްހުރިގެ އެހުރީ ދިހަބުރީގެ އިމާރާތަކަށްބަދަލްވެފައެވެ. އަދިހަމައެހެންމެ ގެއާއި އިންވެގެން ބޮޑުގަރާޖެއްހުރިއިރު، އެއްކަނެއްގައި ދެބުރީގެ އިތުރު އިމާރާތެއްވެސްހުއްޓެވެ. ކުރިން ހަނަފަސްކޮށް އޮތްބިންގަނޑުގައި މިހާރުއެވަނީ ކާޕެޓްވިނަހައްދާ ފެހިކޮއްލާ ފައެވެ. ގޭޓުންފެށުގެން ގެއާއިހަމަޔަަށް ގާއަތުރާމަގުހަދާލާފައިވާއިރު އެއްފަރާތެއްގައި ހަޓެއްވެސްހުރީ އިތުރުވެފައެވެ. ގެއަށްވަދެގެން އައިރު ގޭކުރިމަތީގައި އިންދާފައިވާ ފިނިފެންމާގަސްތަކުން ދުވާމީރުވަހުން ހިތްފުރިއަރާހާވެއެވެ.
ގޭގެ މައިދޮރުހުޅުވާލާފައި މަލާކްވަދެގެން ދިޔަގޮތަށްވަނީ ކޮޓަރިއަށެވެ. މާޝަލްއާއި މިޝާ އޭނާގެ ބައްޕައާައި ވާހަކަދައްކަންމަޑުކޮލުމުން މައިޝާ އަވަހަށް އެމީހުނަށް ފިނިބުއިމެއްގެނެސްދިނުމަށް ފަހުގައި އެމީހުނާބައިވެރިވެލިއެވެ.
“ކީއްވެ.. ކީއްވެހޭ.. އަހަންނަށްދުވަހަކުވެސް ފިރިހެންކުއްޖަކުފެނިގެން މިކަހަލަގޮތެއްނުވޭ.. އެކަމަކު މިއަދު އެހާފަސޭހައިން ތަފާތުއިޙްސާސްތަކެއްވެފަ އެހާފަސޭހައިން ފޫހިވެއްޖެ.. ” ލޯގަނޑުންފެންނަންހުރި އެނާގެ ސޫރަޔާާ މަލާކްވާހަކަދައްކަމުން ދިޔައިރު ހީވަނީ ހިތްހަލާކުވެފައިވާ މުސާފިރެއްހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އަރޫންގެ އާއިލާފެނުމާއެކު އެއީ މާލެގެ އެންމެމުއްސަނދި ވިޔާފާރިވެރިންކަން މަލާކްއަށްއެނގުނެވެ. ވީއިރު އޭނާކަހަލަ ނިކަމެއްޗަކަށް އެއާއިލާއަށް ވައިއެޅެވޭނީވެސް ކިހިނަކުންހެއްޔެވެ. އެރޭނިދަންއުޅެއުޅެވެސް މަލާކްއަށް ނިދޭގޮތެއްނުވެއެވެ. ލޯމަރާލަންވާއިރަަަށް އަރޫންގެ ސޫރަފެންނަނީއެެވެ. ހުދުއަރޫންއަށްވެސްވީ ހަމައެވަރެވެ. މަލާކްގެ ސޫރަ އޭނާއަށް އުނދަގުކުރަނީއެވެ. އެރީތި އިސްތަށިކޮޅު މިނިވަންކަމާއެކު ފަހަތައްދޫކޮށްލާފައިވާއިިރު ލައިގެންހުރި ސިންޕަލްހެދުމުގަ އެހާމެހިތްގައިމެވެ. އަވިއައިނުުންލޯފޮރުވާލައިފައިވީނަމަވެސް އެމޫނުހެ މަސޫމުކަން ހުރީ ހާމަޔަށްފެންނާށެވެ. ” އަނެއްކާ އެރީތިކުއްޖާއަަށް ކިޔަނީ ކޮންނަމެއްބާ.. ހަމަގައިމުވެސް އެއީ ޝަމާލްގެ ބިޓެއްނުން..” ހިތައްވަތް އެއްޗަކުން ޝަމާލްއަށް ގުޅާލަންފޯނުނަގާފަވެސް އެގަޑީ އުނދަގޫނުކުރަން ވެގެން އެހައްމަޑުކޮށްލީ ކޮންމެހެންވެސް މާދަމާ އެކަމާއުޅެނީޔޭކިޔާފައެވެ.
މަލާކްއާއި އަރޫން ނުނިދިގެން އެނބުރެމުން ދިޔައިރު ސަމީހުއަށްވީ ހަމައެކަހަލަގޮތެކެވެ. މަލާަކްފެނުނީއްސުރެ އޭނާގެ މަޒީ ހަނދާންވަނީއެވެ.
އެއީމީގެ
24ހަކަށްއަހަރުކުރިއެވެ. އޮސްޓްރޭލިއާއިން ބިޒްނަސްދާއިރާއިން ކިޔަވާނިންމާލުމަށްފަަހު ސަމީހުއައީ އޭނާގެ ބައްޕަ އަލަށްފަށާާވިޔަފާރިއާއި ހަވާލުވާށެވެ. އޭރުގޭގައި ގެންގުޅޭޭ ރާއްޖެތެރޭ ތިންކުއްޖަކުވެސް ގޭގައިއުޅެމުންދެއެވެ. ސަމީހުމާލެއެރުމާއެކު އޭނާގެ އެންމެގާތްރަހްމަތްތެރިޔާއަަށް ގުޅާާކޮފީއަކަށްދިޔައީ ގެއިން ވިޔަފާރިފާށާވާހަކަ ހިއްސާކޮއްލުމާއި ދުވަސްވީ ދުވަސްވީއެކުވެރިކަން އާލާކޮށްލުމަށްބުނެެއެެވެ. ނަމަވެސް ސަމީހުގެ އެކުވެރިޔާދިމާވުމާއެކު މަދަރުސާދައުރު ހަނދާންވެ ދެއްކުނީ މުޅިންވެސް އޭރުގެ ވާހަކަތަކެވެ.
” އޭތް ހާޝިމް .. ތިއެއްނޫނޭ.. މިއަދުގެއަށް އައިސްވަންގަޑީގަަ ހުރިހާދުވަހު ހިތުގަލައިގެން ފޮރުވައިގެން ހުރި މަންްޖެ އަހަރުމެންގޭގައި ހުއްޓަަ.. އަޅެމަފޮންޏެއްނުވާނެތަ..” ދުފަންއަނގަޔަށްލީ ފޯއްކޮޅައެކު ކުއްލިއަކަށް ހަނދާވެގެން ސަމީހުއެވާހަކަދެއްކިއިރު އޭނާއުފާވެފައިވާމިންވަރު ހާޝިމްއަށްވެސް ނަގައިގަނެވެ. “އަދި އެނގޭތަ އެއީއަހަރެންގެ ހާއްސަ ހާދިމް.. ދުވަސްކޮޅަކުން އަހަރެންގެ ހަޔާތުގެ ބައިވެރިޔާ.. އެއްވެސްވަރަކަށް ހީނުކުރަން އަހަރެންމިހާނަސީބުގަދަވާނެކަމަށް..” “ސަމީހް އަޅެ ޒިޔާދާ އަދިވެސް އާނބަސްނުބުނޭދޯ..” “ހޫމް.. އެއީ ސްކޫލްގަ އުޅުންއިރުގަ އެއްނު.. އިއްޔެ އަހަރެންފެނުންއިރަށް ހީލިގޮތުންއިނގޭ އޭނަޔަށް އަހަރެން ވަރަށް ކަމުދާކަން..”
“ފިރިމަނިކުފާނު.. ކޮންހިޔާހެއްގަ؟ ..” ސަމީހުގެ މާޒީއިން އެނބުރި އާދެވުނީ ބަލްޤިސް އައިސްގޮވާލިމުންނެވެ. “އެއްވެސްހިޔާލެއްގައެއްނުން.. މިހިތައްއަރަނީ އަނެއްކާވެސް ޗުއްޓީހަމަވީމަ އަރޫން ދާނެޔޭ..އޭރުން ހާދަފޫއްސެއް ބިންޔާވާނޭ.. އަރޫންއާއިއެކު ބިންޔާވެސް މިފަހަރު ފޮނުވަންވީއޭ..” ސަމީހުބޭނުންވީ އޭނާގެ ހިތިމާޒީގެ އެއްވެސްވާހަކައެއް ބަލްޤިސްއަށް ނޭންގުމަށެވެ. “ތީވަރަށްރަނގަޅުގޮތެއް އޭރުން އޭނަގެވެސް ކިޔެވުމިގެބާކީއޮތްްބައި ނިންމާލެވޭނެއްނު.. އެކަމަކު އޭނަދާނެތަ.. އަބަދުވެސް އެކިޔަނީ އެކުވެރިންގެއްލޭނޭ.. އަދިވަޒީފާއަށް ނިކުތްތާމިވީ ހަމަސް އެކަމަކު މިހާރު މުޅި އޭ.ޑީ.ކޭގެ އެންމެންހެން އޭނާދަނޭ..” މޫނުފުސްކޮށްގެން ހުރެ ބަލްޤިސް އެހެންބުނެލިއިރު ސަމީހުއިނީ ކިޔާނެއެއްޗެއްނޭންގިފައެވެ.
ފޯންއެލާމްވާއަޑަށް ދެލޯހުޅުވާލުމާއެކު އެލާމްކަނޑާލާފައި މަލާކް މޯޅޮއަކަށް ދެމިލީ ކަންނެތްކަންފިލުވާލުމަށެވެ. ބަންގިގޮވުމުގެކުރިން އަވަހަށް ފެންވަރާތައްޔާރުވުމަށް ތެދުވެލިއެވެ. ކޮންމެރެއަކުވެސް ވަގުތަށް ނަމާދުކުރުމަކީ ހިޝާމްގެ އިތުރުން އޭނާގެ ހުރިިހާދަރިންވެސް އެންމެއިސްކަމެއްދީގެން ކުރާކަންތަކެެވެ.
ބިންޔާއަށްހޭލެވުނީ ފޯންރިންގްވާއަޑަށެވެ. ސްކްރީނަށް ޖަޒްލާންގެ ނަންއަރާފައިވުމާއެެކު ނިދިވެސް ކުއްލިއަކަށް ކެނޑުނެވެ. ” ހެލޯ.. ބޭބް ހޭލަބަލަ.. އިރުކޮޅަކުން ބަންޤިގޮވާނެ.. ” ޖަޒްލާން އޯގާތެރިކަމާއެކު ވާހަކަދެއްކިއަޑުއިވިގެންދިޔައެވެ. “ލައްބަ.. އަޅުގަނޑުގެ ޕްރިންސްޗާމިން.. މިހާރުމިހުރީތެދުވެ.. ނަމާދުކޮއްލައިގެން އެބަ ހަބަރެއްވެލަން.. ” ބިންޔާވެސް ރައްދުދިނީ ޖަޒްލާން އެންމެ ބޭނުންވީގޮތަށެވެ. މިދެކުދިންގެ ގުޅުމަކީ އަދި އެއްވެސް މީހަކަށް އަންގަންބޭނުންނުވާ ގުޅުމަކަށް ވުމުން ދެކުދިންވެސް އުޅެނީވަރަށް ސިއްރުންނެވެ. ޖަޒްލާންއަށް އެންމެފުރަތަމަވެސް ބިންޔާފެނުނީ އޭ.ޑީކޭ ހޮސްޕިޓަލުންނެވެ. އެއީ ބިންޔާ އަލަށް ވަޒީފާއަށް ނިކުތް ދުވަސްވެސްމެއެވެ. ހަމައެދުވަހު ގެނައި ޕޭޝަންޓަކަށް ފަރުވާދިނުުމަށް ޖަޒްލާއާއިއެކު ހަރަކާތްތެރިވާން ނެގި ނަރުހުންގެ ތެރޭގައި ބިންޔާހިމެނިގެންދިޔައީ އެދެކުދިންގުޅެން ހުޅުވާލެވުނު ދޮރެއްގެ ގޮތުގައެވެ.
ނަމާދުކޮށްލައިގެން ބަދިގެއަށްވަން މަލާކްގެ ފަހަތުހެން މިޝާއާއި މައިޝާވެސް ވަނެވެ. ކޮންމެ ހުކުރުދުވަހަކުވެސް މިއީ އާދައެވެ. ތިންކުދިން ކޮފީއެއްހަދާލައިގެން އެބޯންއިށީންދެލީ ދައްކާލަންވެފައި ވަރަށްގިނަވާހަކަތަކެއް ކޮންމެކުއްޖަކުވެސް އޮތުމުންނެވެ. ” ދޮންތަމިވިސްނަނީ މިބަންދުގަ މެރީކުރަން.. ” އެންމެފުރަތަަ މައިޝާ އޭނާބުނަންބޭނުންވާހަކަ ބުނެލިިއެވެ. އޭރު މިޝާއާއި މަލާކް ގެ މޫނުމަތީގައި ނުފިލާއުފާވެރިކަމެއް ހިނަގާލައިފިއެވެ. ” ދޮންތަ އަދިވެސް ދޮންތަގެ ވާންއުޅޭޕްރިންސް ދައްކާވެސްނުލާ .. މިހާރު ކުޑާގެ ޕްރިންސްފެނިއްޖެ.. “މަލާކް ތުންއޫކޮށްލާފައި ބުނެލިގޮތުން ދެމީހުންހޭފެށެެމިއެވެ. ” ސާބަހޭކޮއްކޯ ކުޑާއާއި މަލާއަށްނުފެނުނަސް މިހާރު ބައްޕައާއިވެސް މީޓް ކޮށްފި.. ދޮންތަ މިވިސްނަނީ މިއަދު މެންދުރުކެއުމަށް ބައްޕަގެ ވާންއުޅޭ ދެދަނބިދަރިންވެސް ގެންނަންކަމަށް .. ” މިޝާއަށް ނިއްއެއްލަމުން މައިޝާއެހެންބުނުމާއެކު މައިޝާވެސް އެއީއޭނަ ބުނަންބޭނުންވި ވާހަކަކަން ހާމަކޮށްލިއެވެ. ” ދެން އެހެންވީމަ އުޅެމާބައްޕަކައިރީ ބުނެލާފަ އަވަހަށް މެންދުރުހަދާނެ އެއްޗެއް ރާވަމާ..” މަލާކްބޭނުންވީ އަވަހަށް އޭނާގެ ދޮންތަބޭ ފެންނާާށެވެ.
މެންދުރުގެ މަސައްކަތް ނިންމާލާފައި ނަމާދުކޮށް ތައްޔާރުވެލައިގެން މަލާކްނިކުތީ ގެއަށްއަންނަ އާމެހެމާނާގެ މޫނުދެކެލިމަށެވެ. އޭރު މިޝާއާއި މައިޝާވެސް ކޮޓަރިން ނިކުންނަނީއެވެ. ” އައްދެމަލާ ހާދަ އަވަސްކޮށްލާފަ..” ހަމަދޮންތަބޭ ބަލާލާހިތުން.. ” މައިޝާއަށް ރަނގަޅަށް ވާހަކަނުދެއްކެނީސް މަލާކް ޖަވާބުދިނުމުން މިފަހަރުވެސް ތިންކުދިން ހީލެވުނެވެ.
“އައްސަލާމްއަލައިކުމް..” ސަލާމްގޮވާލުމާއެކު ޖަވާބުދެމުން ގޭދޮރުމަތީގައިހުރި މީހަކުބަަލަންދިޔަ މަލާކްގެ ދެލޯދިޔައީބޮޑުވެގެންނެވެ. އޭރުމާޝަލްއާއިއެކުގައި އަރޫންއައިސް ހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.






me firsto..v reethi vaahaka
Pumpskin hama first ? jazakallah
Me frst tha??hehe..Wow..v nyc story..?whn next prt?? kyp it up dear.ramadhan mubaarak.❤
Nuney mifaharu manje 2nd kamah balamaa ..? dhenfaharakun first kiyaalaaneedhw.. ohh yess ramazaankareem.. and thank you so much
Varah reethi ❤.. Konirakun next part
Thank you aisha ? .. insha Allah next part maadhamaarey upkohdheynan.. aee delayveema .. 2nd part.. ?
Ey Layaa!!!
Mi part ves v salhi ingey(kury part ah vureh) ekam haadha avakashey dho malaak e foohi vee aroon dheke… oh and aroon ves malaak dheke like vey dhoo!! Varah reethi….??
Dhen alhe book lover.. aee vessel vaagothekey barge kudhinnah.. Hehe btw thankyou?
hehe
Assalaam alaikum. Enemefurathamavess hurihaaekuveringe kibain maafahedhen.. vaahakalassveema.. Bt ehvess sababeh nethiehnun vaahakalassvee.. layaa kudakoh balivegen vaahakalassvee.. insha Allah dhen vaahaka lassviyakanudheynan.. baraabarah dhedhuvahun ehdhuvahu vaahaka upkureveythw balaanan. ? unmeedhukuran mibaivess thiya hurihaa ekuverinnah kamudhaanekamah..?
Maashal ainee olhigen jehifa asslu innaanee shamaal ..?
Nice..keep it up dear.❤
Thank you Noor ?
Adhi lwbi hama story… V hiivey riithi vaanehen! Dhn try kuraaathi avahah nxt prt genesdheyn..☺ btw aroon akiii malaak ge dhonthabe tha???
Thank you.. some one .. insha allah trykuraanan.. my best.. Oki.. Hehe dhen hingaadhw balamaa dhonthabeythw…
??????reethi mibai vess denn inn baii thank kolheh digu kohliyeba plx
Thank you.. ?
what the….. aroon???? is he misha or maisha’s to be hus….. well the story is awesome… when next part….
Hehe dhonthayakee maishaaey chum handi ..
wow.. story v salhii . when next … thankxx layaa stry up kohladhinymaa …. plx up next part
when next part …
Thank you sam?
vvv reethi vaahakae …. dhen konirakun up kohla dhey nee
vvv reethi vaahaka…. dhen konirakun up kohla dhey nee
Thank you.. insha allah varah avahah.. ?
hey layaa thanx… sameeh n shamaal mi dhe name knmes sifa ehga beynun kuryma… thanx once again..
Well come dear.. ?
Nice story
Ramazan Mubarak ?
Thank you zail. N u too?
Ramazan mubarak all and vvv teethi mi story
Thank you sis ?
v reethi story eh … When nxt part??? Can’t wait…
Thank you silver.. mirey kiyanlibeyne mihaaru vaanee publish kuraanan fonuvaafa
Wlc love