Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (10)

Aisha Level 3100 Comments10 Stories100 Login
May 29, 2017 8 Mins Read
35 Comments

އަމާންގެ އެ ގާތްކަމުން އަފްރީންގެ ހިތުގެ ތެޅުން ދިޔައީ ހިނދެއް ހިނދެކަށް ބާރުވަމުންނެވެ. އަމާން ހުރީ އަފްރީންއަށް ވަމުން ދިޔަ ގޮތުން އެތެރެއިން ހީލަ ހީލައެވެ. އަފްރީން ސައިކަލުގެ ކުރީގައި އިނުމުން އަމާންއަށް ވަމުން ދިޔަ ފިނި ވަނީ ކުޑަވެފައެވެ. ނަަމަވެސް އަފްރީންގެ އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ފަނަރަވަރަކަށް މިނެޓް ދުއްވުމަށްފަހު އަފްރީންއާއި އަމާން ގޮސް މަޑުކޮށްލީ މަގުގެ ކޮޅުގައި މަޑުކޮށްލައިގެން ތިބި އަފްހަމްއާއި ލިއުޝާގެ ކައިރިއަށެވެ. އަފްރީން ސައިކަލުގެ ހަރު ޖައްސާލުމަށްފަހު ސައިކަލުމަތީ ހަމަޖެހިލިއެވެ. އަމާން އަފްރީންގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ކަންފަތް ކައިރީ ބުނެލި ޖުމްލައިން އެތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަމާން އަފްރީންގެ އަތުގައި ހިފާލި ވަގުތު އޭނާ ދިޔައީ ސިއްސައިގެންނެވެ. “އަފޫ އެހާ ފިނި ބޮޑުވިއިރުވެސް ނުބުނީ ކީއްވެ؟” އަމާން އަފްރީންގެ އަތުގައި އޭނާގެ އަތް އުނގުޅަމުން ބުންޏެވެ. “ތިއީ ހަމަ ނޯމަލް ކަމަކޭ.. އަފޫގެ އަތްފައި ފިނިތަންތާގައި އުޅެންޏާ ވަރަށް ފިނިވާނެ އެއީ އަފޫއަށް ފިނިވެގެން ވާކަމެއް ނޫނޭ” އަފްރީން އަމާންގެ އަތާއި އޭނާގެ އަތް ގުޅުވާލަމުން ބުންޏެވެ. އަމާން އަފްރީންގެ ކަންފަތް ކައިރީގައި އެވަގުތުވެސް ލާނެތް އެއްޗެކޭ ބުނެލިއެވެ. ވަގުތުން އަފްރީންގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އަފްރީންމެން ދިހައެއް ޖެހުމުން ގެޔަށް ދިޔައީ މާ ދަންވަންދެން ބޭރުގައި އުޅުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާނެތީއެވެ.

އިޝާ ނަމާދަކޮށް އަވެދިވެގެން އަފްރީން އެނދުގައި އޮށޯތީ އޭނާގެ މަޑު ނޫކުލައިގެ ޑައިރީ ހިފައިގެންނެވެ. އަދި އެނދުމަތީ އޮވެ ވަރަށް މާނަފުން ބަސްތަކަކުން އަމާންއާއި އެކު ހޭދަކުރި ވަގުތުތައް ޑައިރީގެ ޞަފްހާ ތަކުގެ ތެރެއަށް އިތުރުކޮށްލިއެވެ. ޑައިރީ ލިއުމަކީ އަފްރީން ކުރާކަމަކަށް ނުވިޔަސް އަމާން އެދިރިއުޅުމަށް އައި ދުވަހުން ފެށިގެން ހިނގި ހުރިހާކަމެއް އޭނާ ދަނީ އެފޮތާއި ހިއްސާކުރަމުންނެވެ. ލިޔެ ނިންމާލައިފައި ފޮތް ހިފައިގެންގޮސް ކަބަޑުގެ އެތެރޭގައި އިން ޑުރޯވަރަކަށް ފޮތް ލިއެވެ.އަދި އެނދުގައި އޮށޯއްވެލަމުން އައިސް އަމާންއަށް ގުޅާލިއެވެ. އެހެންް އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ފޯނު ބޭއްވީ މިރޭ ހަތަރު މީހުން ބަލަން ރާވައިފައި އޮތް ފިލްމުބަލަން ތައްޔާރުވުމަށެވެ. ތިރިއަށް ފޭބި އަފްރީން ބަދިގެއަށް ވަދެ ޕޮޕްކޯން ހަދަންފެށިއެވެ. ވިއްސާރަ ދުވަސްވަރެއް ކަމުން އަފްރީން ހުރީ ސުވެޓާއެއް ލައިގެންނެވެ. އިސްޓާކީނަށް އަރާލައިގެން ހުރި އިރު އޭނާ ހުރީ ގޭތެރޭ ލާއުޅޭ ފައިވާނަކަށް އަރާފައެވެ. އަފްރީން ދެއަތް ދެއަތާ އުނގުޅަމުން ދިޔައީ ފިނިވާވަރުންނެވެ. ބަދިގޭ ދޮރުން ބޯދިއްކޮށްލި އަމާންއަށް މިތަން ފެނުމުން ގޮސް އަފްރީންގެ ފުރަގަހުން ބައްދާލިއެވެ. އަފްރީން ދެލޯ މަރާލަމުން ހިނިތުންވެލީ އަމާންގެ ގައިގެ ހޫނުކަން އިހްސާސްވުމުން ލިބުނު އަރާމަކުންނެވެ. “ހާދަ ފިންޏޭ ދޯ..އުނދުން ކައިރީ ހުރެ ތިވަރު ވާއިރު އަަދި ބޭރަށް ގޮސްފައި އަންނަ އިރު ހާދަހާ ފިންޏެއް ވާނެއޭ.. އަހޫއާއި އުޝް ނޭނގެ އަންނައިރު ތިބޭނީ ކިހިނެއް ކަމެއް ވެސް ކާރުގައި ދިޔަކަންވެސް އެއީ ނަސީބެއްނު” “އެ އުޝްގެ ކަތުރު ކަށިގަނޑު ހުންނާނެ ތެޅިލާފަ” އަފްރީން މަޖާވެލާފައި އެހެން ބުނުމުން އަމާން އަފްރީންގެ ކަންފަތުގައި ދަތްއަޅާލިއެވެ. އަފްރީން ހީލިކަރުވައިގަތް ވަރުން ބޯ އަރިކޮށްލާފައި ދެކަންފަތްމަތީ އަތްއެޅިއެވެ. ދެޒުވާނުން އެކި ސަކަރާތުގައި ތިބެ ޕޮޕްކޯން ހަދާ ނިންމާލިއެވެ. އަފްރީން ދެ ބިއްލޫރި ތައްޓައް ޕޮޕްކޯން އެޅުމަށްފަހު އެއްތަށި އަމާން އަތަށް ދީފައި އަނެއް ތަށި އޭނަ ހިފައިގެން ގޮސް ސިޓިންރޫމް ސޯފާގެ ކައިރީގައި ހުރި ކުޑަ މޭޒުމަތީ ބެހެއްޓިއެވެ. އަދި އެތާންގައި ފަތްޖަހާލާފައި އޮތް ދެރަޖާއިން އެއް ރަޖާ ނަގާ އޭނާގެ ގައިގައި އެއްބައި އަޅާލައިފައި އަނެތްބައި އަމާންގެ ގައިގައި އަޅާލިއެވެ. އަފްރީން އަމާންގެ އަތުތެރޭގައި އިންއިރު އަމާން ކޮށްލާ ލޯބިވެތި އަމަލުތަކުން އަފްރީންގެ ހިތް ފުރެމުން ދިޔައެވެ. އެހެންތިއްބައި އަފްހަމްމެން އައުމުން ފިލްމު ޕުލޭ ކޮށްލިއެވެ. ލޯބީގެ ރޮމޭންޓިކު ފިލްމެއް ބަލަން ތިބިއިރު އަފްހަމް އާއި އަމާން ދިޔައީ އުޝާއާއި އަފްރީންއަށް ކުދި ކުދި ގޯނާ ކުރަމުންނެވެ. އަފްރީން ސޯފާއިން ތެދުވެ ބަދިގެއަށް ވަނީ އަވަނުގައި ހުރި ހޮޓްޗޮކްލެޓް ތަށިތައް ބަލައެވެ. އަމާންވެސް ބަލާކަށް ނުހުރެ އަފްރީންގެ ފަހަތުން ގޮސް ބަދިގެއަށް ވަނެވެ. އަވާނާއި ދިމާލަށް ހިނގައިގައިތް އަފްރީން ސިއްސައިގެން ދިޔައީ އަމާން އޭނާގެ އަތުގައި ހިފާ ކުއްލިއަކަށް ދަމާލުމުންނެވެ. އަފްރީންގޮސް އަމާންގެ ތަނަވަސް މޭމަތީގައި ލައިގަތްއިރު އެދިގު އިސްތަށިގަނޑުގެ އެއްބައި މޫނުމައްޗަށް ވެރުނެވެ. އަމާން ވަރަށް ލޯބިން އަފްރީންގެ މޫނުމަތީ ހުރި އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ. އޭރު އެމޫނުމަތީގައިވި އަސަރުން އަފްރީންގެ ހިތް ތެޅިގަތީ އެއެއްމިއެއް ބަލާފަކާއެއް ނޫނެވެ. އަމާންގޮސް އަފްރީން ފާރާއި އޭނާއާއި ދޭތެރޭ ފިއްތާލީ ވައިރޯޅިއަކަށްވެސް ނުވަދެވޭނެހާ ބޮޑަށެވެ. އަދި އަފްރީންގެ ދެފެރާތުން އަތްވިއްދާލައިފައި އަފްރީންގެ މޫނާއި މޫނު ކައިރިކޮށްލައި އެތުންފަތުގައި ބޮސްދޭންފެށިއެވެ. އަފްރީންއަށްވެސް އެންމެ ފަހުން އެއަމަލުގައި ބައިވެރިވެވުނީއެވެ. ދެޒުވާނުން ދުރުވެލީ ނެވާ ކޮޅަށް ދިއުމުންނެވެ. އޭރު އަފްރީންގެ ތުންފަތް ހުރީ ކުރިއަށްވުރެ ރަތްކަން ގަދަވެފައެވެ. “އަފޫ.. މާން.. ބަދިގެ މަރާމާތު ކުރަނީތަ؟؟” ވަގުތުން ތެޅިގަނެފައި ދެޒުވާނުން ދުރަށް ޖެހިލިއެވެ. އަފްރީން އަވަނުން ދެހޮޓް ޗޮކްލެޓްތަށި އަމާންގެ އަތައް ދީފައި އަނެއް ދެތަށި އޭނާ ހިފައިގެން ސިޓިން ރޫމް މޭޒުމަތީ ބެހެއްޓުމަށްފަހު އެނބުރި ބަދިގެއަށް ވަދެ އައީ ފެންފުޅިއެއްވެސް ހިފައިގެންނެވެ. އެކި ސަކަރާތާއި މަޖަލުގައި ވަގުތު ހޭދަކޮށްލުމަށްފަހު އަމާންއާއި ލިއުޝާ ގެއަށް ދިޔައިރު އެގާރަވެސް ޖަހައިފިއެވެ.

އަފްރީން އޭނާގެ ކެބިންގައި ލެޕްޓޮޕް ހުޅުވާލައިގެން އިނީ ކުރިއަށް އޮތް ބޯޑު މީޓިންއަށް ތައްޔާރުވުމަށެވެ. ޕީޗު ކުލައިގެ އަތްކުރު ޝިފޯން ފޮތީގެ ފަލަމަސްގަނޑާހަމައަށް އަންނަ ހެދުމުގެ އުނަގަނޑާ ހިސާބުން ކުރިމަތިން ދެފެރާތުން ގުޅުވާފައި އިން ފޮތިކޮޅު ފަހަތައް އިނީ ދިގުކޮށްލާފައެވެ. ލައިފައި ހުރީ ކަޅުކުލައިގެ ޖިންސެކެވެ. އެފަންދިގު އިސްތަށިގަނޑު ހެއާރ ވެންޑްގެ އެހީގައި ރާޅުބާނީ އިސްތަށިގަނޑަކަށް ހަދާލާފައި ފަހަތައް ދޫކޮށްލާފައި އޮތްއިރު އަތުގައި ފެޝަން ރިންގްތައް އަޅާލައިފައި ހުއްޓެވެ. ކުޑަކޮށް އުސްކޮށް ހުރި ކަޅުކުލައިގެ ހީލްސްއަކަށް އަރާލައިފައި ހުރި އިރު ކޮށްފައި ހުރި މޭކަޕުން އެދޮން މޫނު ވިދަމުން ދިޔައެވެ. މީޓިން ފެށެން ފަނަރަ މިނެޓަށް ވުމުން އަފްރީން ރައިހާއަށް ގުޅާލައިފައި މީޓިން ހޯލް ތައްޔާރު ކުރުމަށް ބުންޏެވެ. އަދި ގޮނޑީގައި ހަމަޖެހިލީ ބޭނުންވާވަރަށް މީޓިންއަށް ތައްޔާރު ވެވުމުންނެވެ. އެހެންއިންދައި އަފްރީންގެ ފޯނަށް އަމާން ގުޅުމުން ފޯނު ނަގާ އަމާންއާއި ވާހަކަ ދައްކާލައިފައި ފޯނު ކަޑާލިއިރު އަފްރީންގެ ހިތުގައިވި ނުތަނަވަސްކަންވެސް ވަނީ ފިލާ ގޮސްފައެވެ. ބޯޑު މީޓިންގައި އިނދެ އަފްރީން ވާހަކަ ދައްކަމުން ދިޔަ ގޮތުން ހުރިހާ މެންބަރުންވެސް ތިބީ ހައިރާންވެފައެވެ. އަފްރީންފަދަ އުމުރުން ހަގު އަދި އެއްވެސް ތަޖުރިބާއެއް ނެތް މީހަކު އެހާ ފުރިހަމަކޮށް މީޓިން ގެންގޮސްފާނެކަމަަށް އެއްވެސް މީހަކު އުންމީދުވެސް ނުކުރެއެވެ. އަފްރާހްވެސް ހުރީ އަފްރީންގެ ހުނަރުވެރިކަމުން އޭނާއާއި މެދު ފަހުރުވެރިވެފައެވެ. އަފްރީންގެ ހިޔާލުތައް ހުރި ގޮތުން އެކޮންޕެނީ ކުރިއަށްވުރެވެސް ހައި ޕުރޮފިޓް ހޯދާނެކަން އެއީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

ބަގީޗާ ތެރޭގައި ހުރި ބެންޗެއްގައި އިން އަފްރީން ލެޕްޓޮޕް އުނގައް ލައިގެން އިނދެ ވިސްނަމުން ދިޔައީ ރޯދަމަސް އަންނާތީވެ އޮފީހުގައި މަސައްކަތްކުރާނެ ގަޑިތައް ކަނޑައަޅާނެ ގޮތަކާއި މެދުއެވެ. ބައިގަޑިއިރުން އުޅެގެން ޓޭބަލް ނިންމާލެވުނުއިރު އަފްރީން ހުރީ ޓޭބަލްއާއި ދޭތެރޭ ވަރަށް ހިތްހަމަޖެހިފައެވެ. ވޭތުވެދިޔަ ފަސް މަސް ތެރޭގައި އޭނާވަނީ ކޮސްމެޓިކްސް ވިޔަފާރި އިތުރަށް ފުޅާކޮށް ރަށުގައި ސެލޫންއެއްވެސް ހުޅުވާފައެވެ. އަދިވެސް އޭގެ އިތުރުން އެތައް ޕޮރޮޖެކްޓްތަކެއް ފަށާ އެތައް ޑީލްއެއް ކާމިޔާބު ކަމާއެކު ހާސިލް ކޮށްފައެވެ. އަފްރީންއެކޭ އެއްފަދައިން އަފްހަމްވެސް ވަނީ އޭނާގެ ވެހިކަލްސް އެތެރެ ކުރާ ވިޔަފާރިއަށް އެތައް ބަދަލުތަކެއް ގެނެސް ރާއްޖޭގެ ނަން ހިނގާ ވިޔަފާރިއަކަށް އެވިޔަފާރިވެސް ހަދާފައެވެ. އަފްރާހްއާއި މިޝާ ތިބީ އެމީހުންގެ ދަރިން ހޯދަމުންދާ ކާމިޔާބީއާއި މެދު ފަހްރުވެރިވެފައެވެ. އަދި އެދަރިންގެ މުސްތަޤުބަލް އުޖާލާވުމަށް އެދި ދުއާ ކޮށްލަ ކޮއްލައެވެ.

އާރާމު ނިންޖަކުން ނިދާފައި އޮތް އަފްރީންއަށް ހޭލެވުނީ އެންމެން އެއްއަޑަކުން “ހެޕީ ބާތްޑޭ” އޭ ކިޔާ ހަޅޭއްލަވައިގަތުމުންނެވެ. އޭރު އޭނާގެ ކުރިމަތީގައި އަފްރާހްއާއި މިޝާ އަދި އަފްހަމް އާއި ލިއުޝާގެ އިތުރުން އަމާންވެސް ހުއްޓެވެ. ކޮންމެއަކަސް އަފްރީން އިނީ ނުވެސް އެނގި ހުއްޓާ އެވަރުގެ ސަޕްރައިޒްއެއް ދިނުމުން ހަދަންވީ ގޮތްވެސް ނޭނގިފައެވެ. އެހެން އިންދައި އަފްރާހްއާއި މިޝާ ދެފެރާތުން އައިސް އަފްރީންގެ ކޮލުގައި ބޮސްދިނެވެ. އަފްރީން އެދެމީހުންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަދި އެދެމީހުންނަށް ޝުކުރު އަދާކުރިއެވެ. “ހުރިހާ ކުރެޑިޓެއް މަމްއާއި ޑޭޑަށް އެކަނިތަ؟؟” އަފްހަމް ދެރަވެލާފައި އެހެން ބުނުމުން އަފްރީން ތެދުވެގެން ގޮސް އަފްހަމްގެ ގައިގައި ބައްދާލާފައި “ތެންކުޔޫ ބުރޯ” އޭ ބުނެލިއެވެ. “އަދި ޕާޓީ އޮތީ ތިރީގައޭ”. މިޝާއާއި އަފްރާހް ކޮޓަރިން ނިކުންނަން މިސްރާބު ޖަހަމުން ބުންޏެވެ. “ތިދެމީހުންނަން ދެމިނެޓް އިނގޭ މާލަސްވަންޏާ ގޮވާވެސް ނުލާ އައިސް ވަންނާނަން” އަފްހަމް ލާނެތް ވައްތަރަކަށް ހީލަމުން ބުންޏެވެ. ” އަފްރީން އަފްހަމްއަށް ދެލޯ އަޅާލުމުން އަަފްހަމްގެ ގާތަށް އައީ ހިންޏެވެ. ލިއުޝާވެސް ހީލާފައި އަފްހަމްއާއި އެކު ބޭރަށް ނިކުތެވެ. “ބޭބް ހެޕީ ބާތްޑޭ” އަމާން އަފްރީންގެ ގައިގައި ބައްދާލާފައި އަފްރީންގެ އިސްތަށިގަނޑުގައި ވަސްބަލާލަމުން ބުންޏެވެ. އަފްރީން ވެސް “ތެންކި ޔޫ އޭ ބުނެފައި އަމާންގެ އަތުގައި ހިފާލައިގެން ތިރިއަށް ފޭބިއިރު އޮތީ ލައިޓް ނިއްވާލާފައެވެ. “ހާނދަ އަނދިރިއޭ ކޮބާ މަންމަމެން..” އަފްރީންގެ ވާހަކަ ފުރިހަމަ ނުވަނީސް ކުއްލިއަކަށް ލައިޓްއައެވެ. އަފްރީންއަށް އަނގަމަތީ އަތްއަޅާލެވުނީ އެތަން ރީތި ކޮށްލާފައޮތްލެއް ފުރިހަމަ ކަމުންނެވެ. މަޑު ނޫކުލައިގެ ފުއްޕާހަންތައް ސިޓިންރޫމުގައި ހަރުކޮށްލެވިފައިވާއިރު ޓައިލްސްމަތީވެސް ފުއްޕާހަންތައް ހުއްޓެވެ. މުޅި ތަނުގައި ނުލާއި ހުދުކުލައިގެ ލައިޓިން އޮތްއިރު ސިޓިންރޫމުގެ ކުޑަ މޭޒުމަތީ ޗޮކްލެޓް ކޭކެއް ބަހަށްޓާލާފައި ހުރި އިރު އޭގައި “ހެޕީ ބާތްޑޭ އަފޫ” ޖަހާލައިފައި އިނެވެ. ސިޓިންރޫމުގެ އެކި ތަންތާގައި އުއްބައްތިތައް ބަހަށްޓާލައިފައި ހުރިއިރު މުޅި ތަނުގައި އަދާޔާ ހިލާފު މީރުވަހެއް ހިފާލާފައި ހުއްޓެވެ. “ބޭބް ރިއަލް އޭ ހަމަ” އަމާން އަފްރީންގެ ކޮނޑަށް އަތްވައްޓާލަމުން ބުންޏެވެ. އަފްރީން އަނގަމަތީ އޮތް އަތް ތިރިކޮށްލާފައި ގޮސް ކޭކު ކައިރީގައި ހުއްޓިލިއެވެ. އަދި މަޑުމަޑުން ޓައިލްސްމަތީ އިށީނދެ އިދެ ކޭކު ކައިރީ އޮތް ވަޅި ނެގިއެވެ. އަފްރީން ކޭކުގައި ޖަހާފައި ހުރި އުއްބައްތި ތަކަށް ފުމެލުމުން އެންމެން އަތް ޖަހާލިއެވެ. އަދި އެންމެން އެއް އަޑުން ހެޕި ބާތްޑޭ ކިޔަން ފެށިއެވެ. އަފްރީން އެންމެ ފުރަތަމަ ކޭކު ކޮޅު ނަނގާ ލެއްވީ އަފްރާހްއާއި މިޝާގެ އަނގައަށެވެ. އެޔަށް ފަހު ލިއުޝާއަށެވެ. އެންމެ ފަހުން ގޮސް އަމާންގެ ކުރިމަތީ ހުއްޓިލިއެވެ. އަފްހަމް އެމަންޒަރުތައް ފޯނުގައި ރައްކާކުރަމުން ދިޔައެވެ. އަމާންވެސް އަފްރީންގެ އަނގަޔަށް ކޭކު ކޮޅެއް ލައްވާލައިފައި ހިނިތުންވެލިއެވެ. އެކޭކުގައިި އައިސިން ނުޖަހާ ހުރިކަން އެއީ ނަސީބެކޭ އަފްރީންގެ ހިތައް އެރިއެވެ. އެހެން ނޫންނަމަ އަމާން އެއިން ކޭކު ކޮޅެއްގައި އަތްވެސް ނުލީހެވެ.

އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަކުރަމުމުން ދަނިކޮށް ބަރަކާތްތެރި ރަމަޟޯން މަސް އައިސް އެންމެންނާ މަރުހާބާ ކިއެވެ. އެންމެންވެސް މަސައްކަތްކުުރަމުން ދިޔައީ އެ ބަރަކާތްތެރި މަސްއަރުގައި ވީހާވެސް ގިނައިން އަޅުކަމުގައި ވަގުތު ހޭދަ ކުރެވޭތޯއެވެ. ރަމަޟޯން މަސްގައިވެސް އަފްރީންއާއި އަމާން ދިޔައީ އެމީހުންގެ ދިރިއުޅުގައި އުފާވެރި ހަދާންތަކެއް މާޒީގެ ތެރެއަށް ދޫކުރަމުންނެވެ. ދުވަހަކީ އަމާންގެ އުފަން ދުވަހެވެ. އަފްރީން ހޭލާހުރެ އަމާންއާއި އެކި ވާހަކަތައް ދައްކަމުން ދިޔައީ ބާރަ ޖަހާއިރު އޭނާއަށް ވިޝްކުރުމައްޓަކައެވެ. މިއިންކަމެއް އަމާންއަށް ރޭކާވެސް ނުލައެވެ. ގަޑިން ބާރަޖެހީއިރަށް އަފްރީން އަމާންއަށް އުފާވެރި އުފަންދުވަހަކަށް އެދުނެވެ. އަމާން ހައިރާންވެފައި މިއީ މަގޭ އުފަންދުވަސް ހެއްޔޭ އެއްސެވެ. އަފްރީން މިއަދު މިއީ ޖުލައި ތިނެކޭ ބުނުމުން އަމާން އެހެން ހެއްޔޭ ބުންޏެވެ. އަދި އަފްރީންއަށް ޝުކުރުއަދާކޮށްފައި ދެޒުވާނުން ލޯމަރާލީ ހިނިތުންވެ ތިބެއެވެ.

އާދުވަހަކަށް އިރުއެރީ އެއްބައެއްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ގެންނަމުންނެވެ. އަދި އަނިއްބައެއްގެ ހިނިތުންވުން ނިގުޅާގަންނަމުންނެވެ. އަފްރީން އުތުރު ފަރާތުގެ ބީޗް ތައްޔާރު ކުރަން އަފްހަމްމެންނާ ހަވާލު ކުރުމަށްފަހު އޭނާ އުޅުނީ އަމާން ކައިރީގައެވެ. އަމާންގެ އުފަންދުވަހަށް އޭނާ ތައްޔާރު ވަމުންދާތާ މިހާރު އެއްމަސް ދުވަސް ވަނީއެވެ. ކުރިން ހުރިހައި ކަމެއް ޕުލޭން ކުރެވިފައި ވުމުން އެއްވެސް ދަތިކަމަކާ ނުލާ ހުރިހާކަމެއް ވަރަށް ފުރިހަމައަށް ވަމުން ދިޔައެވެ. އަފްރީން އޭނާގެ ކޮޓަރީގައި އަމާންއާއި ވާހަކަ ދައްކަން އިންއިރު އެލޯބިވެތި މޫނު އެހާ ކައިރިން ފެނުމުން އެހިތަށް އެނގުންވެލައިގެން ދިޔައެވެ. އަފްރީން އަމާންގެ މޫނަށް ބަލަހައްޓައިގެން އިނުމުން އަމާން ބުމަ އަރުވާލީ ކިހިނެއް ވީތޯ އަހާލާފަދަ ގޮތަކަށެވެ. އަފްރީން އަވަސް އަވަހަށް ދެފެރާތައް ބޯހޫމުން ކަމެއް ނުވެޔޭ ބުންޏެވެ. އަފްރީންއާއި އަމާން ދިރިއުޅުމާމެދު އެތަކެއް ފޮނި އުންމީދުތަކެއް ކުރަމުން ދިޔައިރު އަފްރީންގެ ހިތުގެ ކަނަކުން ކަމެއް ގޯސްވާން އުޅޭކަމުގެ ސިގްްނަލް ދެމުންދިޔައެވެ. ނަމަވެސް މީހެއް ގާތުގައި ނުބެނެ ހުރީ އެމީހުން ކަންބޮޑުވެގެން އުޅެފާނެތީއެވެ. ނަމަވެސް އަފްރީންގެ ހިތް ބިރުގެންފައި ހުންނަނީ ކަންބޮޑުނުވާ ވަރަކަށް ނޫނެވެ. އަނެތްކާ އޭނާއަށް އަމާން ގެއްލެން އުޅެނީ ހެއްޔެވެ؟؟ އެހެންވެއްޖެނެނަ އޭނާއަށް ވާނެ ގޮތެއް ބުނެދެންވެސް ހުދު އޭނާއަށްވެސް ނޭނގެއެވެ. “ބޭބް ކިހިނެއްވީ؟؟” އަމާން ވާހަކަ ދައްކަ ދައްކާ އަފްރީން ބަހެއް ނުކިޔުމުން އޭނާ އަފްރީންގެ ފުރަގަހުން އޭނާގެ ކޮޑުގައި ހިފާ ގާތް ކޮށްލަމުން ބުންޏެވެ. އޭރު އެދެލޯ ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އަމާންއަށް އެދެލޯ ފެނުމުގެ ކުރިން އޭނާ އަމާންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. “އަފޫ ކިހިނެއްވީ؟؟” އަމާން އަފްރީންގެ އިސްތަށިގަނޑުގައި ފިރުމާލަލުން ަކަންބޮޑުވެފައި ބުންޏެވެ. “ކަމެއް ނުވެ” “އެކަމަކު ހާދަ ހީނުވޭ” އަމާން އަފްރީންގެ ބޮލަށް ބޮސްދީފައި އެއިސްތަށިގަނޑުން ވަސްބަލާލަމުން ބުންޏެވެ. އަފްރީން ކަމެއް ނުވޭ ބުނެ އެވާހަކަ ހިންދާލިއެވެ. އަފްރީންގެ އެނާގެ ކަންބޮޑުވުންތައް އެއްފަރާތް ކޮށްލާފައި އަމާން ގޮވައިގެން އުތުރު ފަރާތު އަތިރިއަށް ދިއުމަށް އަމާންގެ ސައިކަލާ މިސްރާބު ޖެހިއެވެ. އިއްތިފާގުން އިޝާ ނަމާފަށް ފަހު ދެޒުވާނުން ބައްދަލު ވީއިރު ދެމީހުންނަށްވެސް ތިބެވުނީ ކަޅުކުލައިގެ އެއްޖެހިލައިގެންނެވެ. އަމާން ކަޅުކުލައިގެ ގަމީހަކާ ކަޅު ޖިންސަކާ ލައިގެން ހުރިއިރު އަފްރީންވެސް ހުރީ ރޭނދާފޮތީގެ ކަޅުކުލައިގެ ހިމަބެލްޓެއް އުނަގަނޑުގައި އިން ގައުން ލާފައެވެ. ހެދުމުގައި ރޭދާފޮތިން ކުރު އަތެއް ލާފައި އިނެވެ. އެފަން އިސްތަށިގަނޑު ފަހަތައް ދޫކޮށްލާފައި އޮތްއިރު ކަރުގައި ރަންޕުލެޓެ ފެޝަަން ފަށެއް އޮތެވެ. އަފްރީން އަމާން ގޮވައިގެން އަތިރިމައްޗަށް ފައިބައިފައި ނޭނގޭކަމަށް ހަދައިގެން އަމާންގެ އަތުގައި ހިފައިގެން އަފްހަމްމެން ރެޑީ ކުރި ދިމާލަށް ހިނގައިގަތެވެ. އޭރު ޖެހެމުންދިޔަ ހިތްގައިމު ފިނި ރޯޅިން ދެހިތަށްވެސް ހަމަޖެހުނުް ގެނެސްދެމުން ދިޔައެވެ. އަމާންއަށް ހުއްޓެވުނީ ނޫކުލައިގެ ބޮކިފަތިތަކުން ރީތިކޮށްލައިފައި އޮތް އަތިރި މަތި ފެނުމުންނެވެ. ބައިވަރު އުއްބައްތިތައް އެކި ތަންތާގައި ބަހައްޓާލާފައި ހުރިއިރު އެތަން ރީތިކުރަން ކޮށްފައި ހުރި މަސައްކަތްފެނި އަމާން ހުރީ އާޝޯހްވެފައެވެ. އެއްފަރާތެއްގައި ލެޑްއުއްބައްތިތަކުން “ހެޕީ ބާތްޑޭ މާން” ޖަހާލައިފައި އިން އިރު ޑިނާ ޓޭބަލްއެއް މެދުގައި ހުއްޓެވެ. އޭގަ މަތީ ކޭކެއް ބަހަށްޓާފައި ހުރި އިރު ޒެލްޓޯ ވައިން ގުލާސެސް ދެތަށި ބަހައްޓާލައިފައި ހުއްޓެވެ. އަދި ރީތި އުއްބައްތިތަކެއްވެސް މޭޒުގެ މެދުގައި ބަހައްޓާލައިފައި ހުއްޓެވެ. އެހާވަރުކޮށްފައި އެހުރީ ވަރަށް ބުރަ މަސައްކަތުންކަން ބާލާލައިފައިވެސް އިނގޭނެއެވެ. މަޑު މިޔުޒިކެއް ޖަހާލާފައި ވާއިރު އެތަން ތައްޔާރު ކޮށްލާފައި އޮތްގޮތުން ހީވަނީ ހާއްސަ ހަފްލާއަކަށް ތައްޔާރު ކޮށްލާފައި އޮތްހެންނެވެ. އަފްރީން އަމާންއަށް އޭނާގެ އަތް ދިއްކޮލީ ހިނިތުންވެ ހުރެއެވެ. އަމާންވެސް ހިތްކަތިލާފަދަ ހިނިތުންވުމަކާއެކު އަފްރީންއާއި އެކު ހިނގާފައި ގޮސް މޭޒު ކައިރީ ހުއްޓިލިއެވެ. އަދި އަމާން އަފްރީން އިށީނނަން ގޮނޑި ދުރުކޮށްލައިދީފައި އަފްރީން އިށީނދެ ހަމަޖެހިލުމުން އޭނާވެސް ގޮސް އަނެއް ފަރާތުގައި އިށީނދެލިއެވެ. އޭރު އެތާގައި ދެ ކެމެރާ ބަހައްޓާފައި ހުއްޓެވެ. އެއްކެމެރާއިން ފޮޓޯ ނަގަމުން ދިޔައިރު އަނެތް ކެމެރާއިން ދިޔައީ ވީޑިއޯ ކުރަމުންނެވެ. އެވަގުތު އަފްްހަމްއާއި ލިއުޝާއާއިސް އަމާންކައިރީ ހުއްޓިފައި އުފަންދުވަހުގެ ތަހުނިޔާ ކިއެވެ. އަމާން ސެލެބުރޭޝާން ބޮޓުލް ކާނޑަަލުމާއެކު އެގައި ބުއިން މައްޗަށް އަރައިގެން ދިޔައެވެ. އެވަގުތު އެންމެން ހޭންފެށިއެވެ. އަމާންއައިސް އެތާހުރި ދެތައްޓަށް އޭނގެއިން އެތިފޮދެއް އަޅާލުމަށްފަހު އަފްރީން އޭނާގެ ތަށި އަމާންއަށް ދިއްކޮއެވެ. އަދި އަމާންވެސް އޭނާގެ އަތުގައި ހުރި ތަށި އަފްރީންއަށް ދިއްކޮިއެވެ. ދެޒުވާނުން އޭގެއިން އެތިފޮދެއް ބޯލިއެވެ. އަމާންގެ އަތުގައި ހިފަހައްޓައިގެން ހުރެ އަފްރީން ކޭކު ފަޅާލިއެވެ. އަދި އަމާން އަފްރީންގެ އަނގަޔަށް ކޭކު ކޮޅެއް ލައްވާލިއެވެ. އަފްރީންވެސް އަމާންގެ އަނގަޔައަށް ކޭކުކޮޅެއް ލައްވާލައިފައި އަފްހަމްއާއި ލިއުޝާއަށްވެސް ކޭކު ކާންދިނިއެވެ. ކޭކު ފަޅާ ނިމުމާއެކު ޖަހާފައި ހުރި މިޔުޒިކް ބަދަލްވެގެން ދިޔައެވެ. އަމާން އަފްރީންއާއި ދިމާލަށް އަތް ދިއްކޮށްލުމުން އަފްރީން އޭނާގެ އަތް އަމާންއަށް ދިނީ ހިނިތުންވެ ހުރެއެވެ. ދެޒުވާނުން ކަޕުލް ޑާންސް ކުރަމުން ދިޔައިރު އެތާގައި ތިބި އެންމެންގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އަފްރީން ކަނާތް އަމާންގެ އަތާއި ގުޅުވާލައިފައި ހުރި އިރު އަނެއްއަތް އޮތީ އަމާންގެ ކޮޑުމަތީގައި ބާއްވައިލައިފައެވެ. އަމާންވެސް އޭނާގެ ވާތް އަފްރީންގެ އަތާ ގުޅުވާލައިގެން ހުރި އިރު އަނެއްއަތުން ހުރީ އަފްރީންގެ ހިމަ އުނަގަނޑުގައި ހިފަހައްޓާލައިގެންނެވެ. މިޔުޒިކުގެ ބީޓާއި އެއްވަރަށް ދެޒުވާނުން ހަރަކާތްތެރިވަމުން ދިޔައިރު ދެޒުވާނުން ތިބީ އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައެވެ. އަމާން އަފްރީން އަބުރާލާފައި ގެނެސް އޭނާގެ ކަައިރިއަށް ގެނައުމުން އަފްރީން އަމާންގެ ކަރުގައި އަތްއަޅުވާލިއެވެ. އަމާންވެސް ދެއަތުން އަފްރީންގެ އުނަގަނޑުގައި ހިފައްހައްޓާލައިގެން ހުއްޓެވެ. ލަވަ ނިމުމާއެކު ދެޒުވާނުން އަތުގުޅުވާލައިގެން ފޭބީ ގޮނޑުދޮށަށެވެ. އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަ ބުރު ހަމަ ހަނދުން މުޅިތަނަށް ވަނީ ހަނދުވަރުގެ އަލި އެޅިފައެވެ. “މަޑުކޮށްބަ މާން” އަފްރީން އެހެންބުނެ ކުޑަ ފޮއްޓެއް ނަނގާ ހުޅުވާލިއެވެ. އޭނގެތެރޭގައި އޮތީ ކަޅުކުލައިގެ ވަރަށް ރީތި ގަޑިއެކެވެ. “އޯކޭތަ” އަމާން އެގަޑިއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އަފްރީން ބުންޏެވެ. އަމާން ހިނިތުންވެލަމުން ބޯޖަހާލިއެވެ. އަފްރީން އަމާންގެ އަތުގައި އެގަޑި އަޅުވާދީފައި އަމާންއާއި ދިމަލަށް ބަލާލިއިރު އަމާންވެސް ހުރީ އަފްރީންއަށް ބަލަހައްޓައިގެންނެވެ. އެހެން ހުރެފައި އަފްރީން ފުރަގަސް ޖަހާފައި ދުރަށް ހިނގައިގަންނަން ނެގި ފިޔަވަޅާއެކު އަމާން އަފްރީން ކައިރިއަށް ދަމާލަމުން އަފްރީން އުފުއްލާލައިފައި އެނބުރިލިއެވެ. އެވަގުތު އަފްރީންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. އެއްގަމަށް އަރަންވެގެން އެއްއަތުން ހެދުމުގައި ހިފަހަށްޓާ ލައިގެން އަނެއް އަތުން ބޫޓް ހިފައިލައިގެން ދަނިކޮށް އަމާން އަފްރީން އޭނާގެ އަތްދަނޑި މައްޗަށް އުފުލާލަމުން ލިބުނު ސިހުމުގައި އަފްރީންއަށް ކުޑަކޮށް ހަޅޭއްލަވާ ގަނެވުނެވެ. އޭރު އަމާން ހިނިތުންވެލައިގެން އަފްރީންގެ މޫނަށް ބަލަހައްޓްއިގެން ހުއްޓެވެ. އަފްރީންވެސް އަމާންގެ މޫނު އެހާ ކައިރިން ފެނުމުން ބަލަހައްޓައިގެން ހުރެވުނީއެވެ. އަމާން އަފްރީން ގެންގޮސް ސައިކަލުގައި ބޭންދުމުން އަފްރީން ބޫޓައަށް އަރާލިއެވެ. އަދި ދެޒުވާނުން ސައިކަލު ދުއްވާލީ ވަކި މިސްރާބެއް ނެތިއެވެ.

ރޭގަނޑުގެ ވަގުތުގައި މަގުމަތީގައި ހިނގަމުން ދިޔަ އަންހެންކުއްޖާއަށް ދިޔައީ ގިނަ ބައެއްގެ ނަޒަރު ސީދާވަމުންނެވެ. ނަމަވެސް މިއިން ކަމަކަށް އެޖުއްޖާގެ ފަރުވާލެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ޗާބީ ދީފައި ހުރި ބުދެއްހެން ކުރިއަށް ހިނގަމުންދިޔަ އަންހެންކުއްޖާ ސިއްސައިގެން ދިޔައީ މަގު ހުރަސްކުރަނިކޮށް ކުރިމަތިން އައި ކާރުގެ ބަރުގޮނުގެ އަޑުންނެވެ. ދެލޮލަށް އެޅިގެން ދިޔަ ލައިޓުން ތަނެއް ނުފެނިގެން އުޅެނިކޮށް ބާރު ސްޕީޑުގައި އައި ކާރު އައިސް ގައިގައި ޖެހުނެވެ. މަގުގައި ލޭކޯރު ހެދިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިދު ކޮޅެއް ތެރޭގައެވެ. “ހަޔާ….”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

ޔަނާލް…!! (3)

Next

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ނުވަވަނަބައި)

Next
May 29, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ނުވަވަނަބައި)

Previews
May 28, 2017

ޔަނާލް…!! (3)

35 Comments!

  1. AKI says:
    May 29, 2017 at 12:17 am

    yey mi first dho

    1. Aisha says:
      May 29, 2017 at 12:19 am

      Yes dear ?

  2. Aisha says:
    May 29, 2017 at 12:22 am

    Hi… Hurihaa kudhin kihineh?? Miothiee 10 th part ves up vefa hope u all will like it… Let me know the mistakes igey.. Enjoy ❤ gud nyt all ?

  3. Reader says:
    May 29, 2017 at 12:43 am

    Afham rahtehi vegen ulheny usha or liusha? I think olhigen liyevifa iny. Anyways story v interesting ‘?

    1. Zail says:
      May 29, 2017 at 12:46 am

      Liusha kiyanyh zail ah heevanyh ekm loabin usha ?

    2. Aisha says:
      May 29, 2017 at 12:48 am

      Yes dear liusha kiyaniee.. Loabin kiyaanameh usha eiee.. Thank u ?

  4. Zail says:
    May 29, 2017 at 12:44 am

    Zail hama Best aisha kihineh??ehe yeah vrh salhi …anehkaa Haya ah kihineh vanyh baa? Afreen ah gotheh nuhadhahchey ….b day celebrations great?..
    Waiting for next part Aisha..knirakun up khladheynee ?

    1. Aisha says:
      May 29, 2017 at 12:51 am

      Thank u zail ❤Aisha ves ragalhu?..let’s see dhw tuesdayga next part

  5. Noor says:
    May 29, 2017 at 12:53 am

    Interesting…varah salhi dhaagoiy…keep it up dear??

    1. Aisha says:
      May 29, 2017 at 1:05 am

      Thanks noor.. ? i’m really happy to see u r comments ?

  6. dark lord says:
    May 29, 2017 at 1:17 am

    aley adhi ehpart mirey up kohdhyba..plx plx plx plx

    1. Aisha says:
      May 29, 2017 at 3:30 am

      Alhey Aisha jeheyniee adhi next part liyan.. Roadha mas noon nama maadha ves genesdhinieemes.. Really sorry dear

  7. You'll says:
    May 29, 2017 at 4:39 am

    When nxt part?

    1. Aisha says:
      May 29, 2017 at 1:48 pm

      Insha allah maadhan

  8. Chum handi says:
    May 29, 2017 at 10:15 am

    amazing… hayaa maru v dho….waiting for the nxt prt

    1. Aisha says:
      May 29, 2017 at 1:49 pm

      Let’s see dhw chum handi..thanks dear?

  9. Any says:
    May 29, 2017 at 10:25 am

    Alhey Aman ah dheragotheh nuhadhahchey aishà v reethi vahaka

    1. Aisha says:
      May 29, 2017 at 1:50 pm

      Let’s see dho.. Glad u like it ❤

  10. song joong ki..Korean says:
    May 29, 2017 at 12:37 pm

    i love it. really vv reethi

    1. Aisha says:
      May 29, 2017 at 1:52 pm

      Varah haapy vehje story kamudhiyaima..thank u ?

  11. @l says:
    May 29, 2017 at 1:26 pm

    Varah reethi ??………. kudhi kudhi mistakes eba huri ☺️☺️☺️Misaalakah faivaaneh nueh laane…….araaany ☺️☺️Hehehe???

    1. Aisha says:
      May 29, 2017 at 1:54 pm

      Alhey.. Thank u dear buneladhinieema..

  12. Some one says:
    May 29, 2017 at 1:39 pm

    Alhe v kiyaaa hiy vejje!!! Huvaa!!! Alhe amaan n afriin ah dhera gotheh nuhadhahchey!! Puliiix?

    1. Aisha says:
      May 29, 2017 at 1:56 pm

      Alhey higaaba dho vaagotheh balaalan.. ☺Thank u dear.. Love to see u r comments?

  13. haw shia shaba shi r says:
    May 29, 2017 at 5:31 pm

    Mashaa Allah v reethi mi part ves,keep it up dear, next part soon plx,faivaanah araanee ,laanee eh noon,keeh ve ethan kolhu rangalhu nukuranee,kuree part eh gaves kohmes meehaku ihnaane ekan islaahu kohlan bunefa,story hama habeys,ekan ragalhu kohlan feney

    1. Aisha says:
      May 30, 2017 at 12:05 am

      Yes dear I repeat the same mistake.. Next part ragalhu kohlaanan Ethan.. Thank happy to hear that u like it ?

  14. Kitty says:
    May 29, 2017 at 7:54 pm

    Story vvvvvvvvvv nice…♥♥

    1. Aisha says:
      May 29, 2017 at 8:03 pm

      Oh thank u vvvvvv bodukoh ?

  15. Some one says:
    May 29, 2017 at 9:15 pm

    ?? aishaa kon irakun hen hiivaniii nxt prt genevey varu vaaniii???

    1. Aisha says:
      May 29, 2017 at 9:45 pm

      Maadhan genesdheynan ?

  16. Some one says:
    May 30, 2017 at 2:22 pm

    Owkeyy….. Hama inthixaaarugaaa!! ?

  17. @l says:
    May 30, 2017 at 6:08 pm

    Kobhaatha stry avaskohba……waittttttttiiiiiiinnnnggg????☺️☺️☺️☺️?

  18. cya says:
    May 30, 2017 at 8:09 pm

    Pls avaha up kohdheebala

  19. Aisha says:
    May 30, 2017 at 8:41 pm

    Vaahaka up vaane 9 ga.. Thanks for waittin ?

  20. Saadha Abdhulatheef says:
    May 31, 2017 at 7:49 pm

    V salhi mi vaahaka. Dhen haya ahvaaneekihinei?

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (11)←


All Right Reserved!