Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވަނަމޭ (9)

Aisha Level 3100 Comments10 Stories100 Login
May 27, 2017 7 Mins Read
25 Comments

ކަމަކު ނުދޭތަ؟؟ އަފްރީން އައިސް ކައިރީގައި ހުއްޓިލަމުން ބުންޏެވެ. “މާ ބޮޑަށްވެސް ކަމުދޭ އަވަހަށް އާދެ ސައިބޯން” އަފްހަމް އަފްރީންގެ އަތުގައި ހިފާ ދަމާލަމުން ބުންޏެވެ. ސައިބޮއި ނިމުމުން އަފްރާހް އަފްރީން ގޮވައިގެން އޮފީހަށް ދިޔައީ މިހާރު އޮފީހުގައި ކަންކަން ހިނގާގޮތް ބުނެލަދިނުމަށެވެ. ފުރަތަމަ ދުވަހުވެސް ސްޓާފުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން އަފްރީންގެ މަސައްކަތް އިތުރަށް ފަސޭހަވެގެން ދިޔައެވެ. އޭނަގެ އެސިސްޓެންޓް ކަމަށްވާ ރައިހާ އޭނާއަށް މިހާރު ހިންގަމުންދާ ޕޮރެޖެކްޓްތަކާއި ހުރިހާއެއްޗެއް ކިޔާދެމުން ދިޔައިރު އަފްރީން ދިޔައީ ކުޑަ ނޯޓްފޮތެއްގައި އެކަންކަން ނޯޓް ކުރަމުންނެވެ. އޮފީސް ނިންމާލާފައި އަފްރީން ފޯނު ނެނގީ އަފްހަމްއަށް ގުޅުމަށެވެ. އެވަގުތު ނުދަންނަ ނަންބަރަކުން ކޯލެއް އައުމުން ފޯނު ނަނގާ ކަންފަތުގައި ޖައްސާލީ ދެ ހިޔާލެއްގައި ހުރެއެވެ.”ހަލޯ” އެކޮޅުން އިވުނު އަޑުން އަފްރީންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “މާން” އަފްރީން ހިނިތުންވެލަމުން އަމާންއަށް ގޮވާލީއެވެ. “އަފޫއަށް މަގޭ އަޑު ވަކިކުރަން އެގިއްޖެ ދޯ” ލުއި ހިނިތުންވުމަކާއެކު އަމާން ބުންޏެވެ. “އާން.. ދެން އަޑު ވަކިކުރަން އިނގޭނެއެއްނު” “އެހެންތަ.. އޮފީސް ނިމިއްޖެތަ؟؟” “އާން.. އެބަ ދަން ބަލާ އޯކޭތަ އަނެއްކާ” “މާން ދައްކާ ވާހަކަ ދޯ.. އާދޭ އަވަހަށް” އަފްރީން އެހެން ބުނެ ފޯނު ކަޑާލާފައި އޭނާ ބަލާލަން ބޭނުންވާ ދެފައިލެއް ހިފައިގެން އޮފީހުން ނިކުތެވެ. އޭރު އަމާންވެސް އައިސް އޮފީސް ދޮރުމަތީ މަޑުކޮށްލަނީއެވެ. އަފްރީން އޮފީސް ހެދުމުގައި ފެނުމުން އަމާންއަށް ބަލަހަށްޓައިގެން ހުރެވުނީއެވެ. ދުވަހެއް ދުވަހަކަށް އަފްރީން ރީތި ވާހެން އަމާންއަށް ހީވިއެވެ. “ހާދަ ޓައިމިންއޭ ދޯ” އަފްރީން އައިސް ކައިރީގައި ހުއްޓިލުމުން އަމާން ބުންޏެވެ. “އިންތިޒާރު ކުރުވަން ވެދާނެތަ އެހާވަރަށް” އަމާންގެ ސައިކަލު ފަހަތައްއަރާ އިށީނނަމުން އަފްރީން ބުންޏެވެ. އަމާން ހިނިތުންވުމަކާއެކު ސައިކަލު ދުއްވާލިއެވެ. “ކޮންތަނަކަށޭ މިދަނީ” ގެއަށްވަދެ ފައިލްތަކާއި ހޭންޑްބޭގް ލާފައި ނިކުމެ އަމާންގެ ސައިކަލު ފަހަތައް އަރާ އިށީނނަމުން އަފްރީން ބުންޏެވެ. “ދިޔައިމަ އެނގޭނެ” އަފްރީން އިތުރަށް ސުވާލެއް ނުކޮށް މޫނުގައި ބީހެމުން ދިޔަ މަޑު ވައިރޯޅިތަކުން އުފާ ހާސިލްކުރަމުން ދިޔައެވެ. އަފްރީން ސައިކަލަށް އަރާ އިންއިރުވެސް އިނީ އަމާންގެ ގައިގައި ނުޖެހޭ ހިސާބުގައެވެ. ހަޔާއާއި އަފްރީން އުޑާއި ބިމާއި ތަފާތު އެބަހުއްޓޭ އެވަގުތުވެސް އަމާންގެ ހިތައް އެރިއެވެ. ދިހަވަރަކަށް މިނެޓު ދުއްވުމަށް ފަހު އަމާން ސައިކަލު މަޑުކޮށްލީ ވަލާ ދިމާއަށް އޮތް މަގަކަށެވެ. އަދި ސައިކަލުން ފައިބައިގެން އަފްރީންގެ އަތުގައި ހިފައިގެން ގޮސް ވަރަށް ހިމަ މަގަކުންލާފައި ނިކުތީ ވަރަށް ރީތިކޮށް އޮތް އަތިރިމައްޗަކަށެވެ. އަފްރީން “ވާއު” އޭ ކިޔާ ލައިގެން ހުރި ފިޔާތޮށި ކުލައިގެ ބޫޓު ބާލާފައި އަތައް ނެގިއެވެ. އަމާން ހުރީ އަފްރީން އުޅޭލެއް މައުސޫމްކަމުން ހީލަހީލައެވެ. “އަދި ނާންނަން ދޯ މިތަނަކަށް” “އާން.. އަފޫ ދިޔައީ ރަށުގެ ދެކޮޅުގައި އޮންނަ ބީޗަށް އެކަނި” އަފްރީން އަތިރިމަތީގެ ކޮޅު ކޮޅަށް ނަޒަރު ހިންގާލަމުން ބުންޏެވެ. “އަފޫއާއި ކުޑަ ވާހަކައެއް ދައްކާލަން ވެފައި އެބަ އޮތް” އަމާން އަފްރީންގެ މޫނަށް ބަލަހަށްޓައިގެން ހުރެ ބުންޏެވެ. އަފްރީން ހިނގާލާފައި އައިސް އަމާންގެ ކައިރީގައި ހުއްޓިލަމުން ބުނާށޭ ބުންޏެވެ. އަމާން އެ ހުދުކުލައިގެ ހިމުން ދޮންވެލިގަނޑުމަތީ އިށީނނުމުން އަފްރީންވެސް ދޮންވެލިގަނޑުމަތީ އިށީނދެ އަމާންގެ ވާހަކައަށް ސަމާލުވެލިއެވެ. “އަފޫއަށް އުޅެވޭނެތަ އަހަރެންނާއެކު؟؟ އެހެން މީހުން އުޅޭހެން އަހަންނަށް ނޫޅެވިދާނެ.. އައި ނީޑް ޓައިމް” އަފްރީން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން އަމާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. “މާން ބޭނުންވާ ވަރަކަށް މާންއަށް ޓައިމްދޭނަން.. އިރާދަކުރެއްވިއްޔާ ގަސްތަކު މާން ހިތްހަމަނުޖެހޭކަހަލަ އެއްވެސް ކަމެއް ނުކުރާނަން.. ދެން ތިބުނީ އުޅެވޭނެހޭ ދޯ.. މާން އަފޫއާއި އެއްކޮށް އުޅެން ހުރިހާ ދުވަހަކު ދެގޮތެއް ނުވެ އަފޫ މާން ކައިރީގައި ހުންނާނަން.. އިނގޭ ކަންތައްވެފައި އޮތްގޮތުން މާންއަށް ޓުރަސްޓް ކުރަން އުނދަގޫވާނެކަން އެކަމު އެންމެން އެއްގޮތެއް ނުވާނެ” އަމާން ހުރީ އަފްރީންގެ ވާހަކަ ހުރި ގޮތުން ހައިރާންވެފައެވެ. މިހާ ހިތްހެޔޮ އަދި އަންޑަސްޓޭންޑިންގ ކުއްޖެއް އޭނާގެ މުޅި ހަޔާތުގައިވެސް ދިމާވެފައެއް ނެތެވެ. ކޮންމެއަކަސް އަފްރީންއާއި މެދު އެހިތުގައި ހާއްސަ މަގާމެއް ދެވިއްޖެވެ. އަތިރިމަތީގައި ކުޑަކޮށް ހިނގާލާފައި އަފްރީންއާއި އަމާން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ.

އަފްހަމްއާއި ލިއުޝާ ތިބީ އެގޭ ގޯތިތެރޭގައި ހުރި އަނބު ގަސްދޮށުގައި ބައްހައްޓާފައި ހުރި ޖޯލިފައްޗެއްގައެވެ. އަފްހަމް ލިއުޝާގެ ކޮނޑަށް އަތްވައްޓާލައިގެން އިންއިރު އިރުކޮޅެއް ކޮށްލާފައި އަފްހަމް ލިއުޝާގެ އަތައް ބޮސްދޭނޭ ނޫނީ އެ މޫނުމައްޗަށް ވެއްޓިފައި ހުންނަ އިސްތަށިކޮޅު ކަންފަތް ކައިރީ އަޅުވާލަ ދޭނެއެވެ. ލިއުޝާ ހުންނަނީ އަފްހަމްގެ އެ އަޅާލުމާއި ލޯބީގެ ސަބަބުން ހިތް ފުރިފައެވެ. އަފްހަމްފަދަ އޯގާތެރި ބައިވެރިއެއް ކޮންމެ މީހަކުވެސް ބޭނުންވާނެކަން ޔަޤީނެވެެ. އަދި އެ ހެއްވާ މަޖާ ސަމާސާތަކުން އޭނާ ހުންނަނީ އަބަދު ހެއްވާލައިފައެވެ. “މައި ލަވް ފެންފުޅިއެއް ގެނެސްދީބަލަ” އަފްހަމް ލިއުޝާގެ ކޮޑުގައި ދަތްދޮޅި އަޅުވާލަމުން ބުންޏެވެ. ލިއުޝާ ބަދިގެއަށް ވަދެ ފެންފުޅި ހިފައިގެން އައިސް އަފްހަމް އަތަށް ދިނެވެ. އަފްހަމް ކަރުމައްޗައް ޖަހާ ދެފަހަރަކު ފެންފޮދެއް ބޯލުމަށްފަހު ލިއުޝާ އަތަށް ފެންފުޅި ދިނެވެ. “ދެން ދަނީ އިނގޭ މިހާރު އަފޫވެސް ގެއަށް އައިސްދާނެ” އަފްހަމް ލިއުޝާގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ. ލިއުޝާ ޖޯލިން ތެދުުވަމުން “އާއެކޭ” ބުނެފައި އުޅުނީ އެތެރެއަށް ވަންނާށެވެ. ނަމަވެސް ހުއްޓެވުނީ އަފްްހަމް އޭނާގެ އަތުގައި ހިފާލުމުންނެވެ. ލިއުޝާ ހިނިތުންވެލަމުން ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާލާފަދަ ގޮތަކަށެވެ. އަފްހަމް ލިއުޝާގެ ކައިރިއަށް އައިސް ލިއުޝާގެ ނިއްކުރިއަށް މަޑުމަޑުން ބޮސްދިނެވެ. ލިއުޝާ ދެލޯމަރާލީ ކުރެވުނު ފޮނި އިހްސާސެއެއްގެ ސަބަބުންނެވެ. “ދެން އޯކޭ ދިޔަޔަސް” ލިއުޝާއާއި ދުރުވެލަމުން އަފްހަމް ބުންޏެވެ. ލިއުޝާ ހިނިތުންވެލަމުން ގެއަށް ވަންނަން ހިނގައިގަތުމުން އަފްހަމްވެސް އެގެއިން ނިކުމެގެން ސައިކަލުގައި ދުއްވާލީ ގެއަށް ދިއުމަށެވެ.

އިޝާ ނަމާދުކޮށްލައިގެން އަފްރީން ކޮޓަރިން ނިކުތީ ބަނޑުހައިވެފައި ހުރިވަރުން ކާންވެގެންނެވެ. މިޝާވެސް ކޮޓަރިން ނިކުތީ އެވަގުތުއެވެ. “ދަރިފުޅާ ބަނޑުހައިވީދޯ” އަފްރީން ބޯޖަަހާލަމުން އަވަސް އަވަހަށް ސިޑީގެ ހަރުފަތްތައް ގިރާކޮށްލައިިފައި ގޮސް ބަދިގެއަށް ވަދެ ބަތްކާންފެށިއެވެ.”ޕިސް ޕިސް.. ދަރިފުޅާ ކިތައް ފަހަރު މަންމަ ބުނާނީ ފެން ތައްޓެއް ނުލާ ކާން ނީށިިންނާށޭ” “މަަަންމަ ގެނެސްދީބަލަ ފެންތައްޓެއް” އަފްރީން މިޝާގެ މޫނަށް ބަލަހަށްޓައިގެން އިނދެ ބުންޏެވެ. މިޝާ އަފްރީން ކައިރީގައި ފެން ތައްޓެއް ބަހަށްޓާފައި ކާން ހަދަންފެށިއެވެ.

ކޮޓަރީގައި އިން އަފްރީން ލެޕްޓޮޕް ނަގައިގެއިންއިރު އިނީ އޭނާ އޮފީހަށް ގޮސްފައި ގެނައި ދެ ފައިލް ހުޅުވާލައިގެެންނެވެ. ލެޕްޓޮޕުން އެއްޗެއް ޓައިޕްކުރަން އިންއިރު އޭނާ އެމަސައްކަތް ކުރަމުން ދިޔައީ ވަރަށް ގަޔާވެގެންނެވެ. “އަފޫ މަސައްކަތް ނިންމާލާފައި ލެޕްޓޮޕް ލައްޕާލަން އުޅެނިކޮށް އަފްްހަމް ގޮވާލުމުން އަފްރީން ދިޔަައީ ސިއްސައިގެންނެވެ. “އަޅެ އެއޮއް މަޑުން ގޮވާލީމަވެސް ސިއްސައިގެން ހިނގައްޖެޔޭ” އަފްރީން ސައިޑް ކަބަޑްމަތީ ލެޕްޓޮޕް ބަހަށްޓަމުން އައިސް އެނދުގައި އިށީނނެވެ. “މާން އޯކޭތަ؟؟” އަފްހަމް އެނދުގެ ހެޑްބޯޑްގައި ލެގިލަމުން ބުންޏެވެ. “އާން މާން އޯކޭ” “އަފޫއަށް އިނގޭ ދޯ މާން ޓައިމް ބޭނުންވާނެކަން” “އަފޫ މާން ބޭނުން ވަރަކަށް ޓައިމް ދޭށޭ މިހުރީ” އަފްރީން އެހެންބުނުމާއެކު އަފްހަމްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “އޮފީސް ކިހިނެއްވަނީ؟؟” “ތިކަމާ މި ވިސްނަނީ މުވައްޒަފުންނާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ.. އެކަމަކު ބައެއް ޕުރޮޖެކްޓްތައް ދާގޮތާ ދޭތެރޭ އަފޫ އެހާ ހިތްހަމައެއް ނުޖެހޭ” ކުޝަންއެއްގައި ބައްދާލައިގެން އިދެ އަފްރީން ބުންޏެވެ. “އަފޫ ބޭނުން ގޮތަކަށް ގެންދެބަލަ އަފޫގެ ބިޒްނަސްއެއްނު މިހާރު ތިއީ” “އާނ އެކަމު ބައްޕައާއި ވާހަކަ ދައްކާލާފައި ބަދަލެއް ގެންނާނީ” އަފްރީން ސީލިންގައް ނަޒަރު ހުއްޓާލައިގެން އޮވެ ބުންޏެވެ.

ފާހަނައިން ނިކުތް މިޝާ ދޮރު ހުޅުވާލީ މީހަކު ޓަކި ޖަހާ އަޑުއިވުމުންނެވެ. ދޮރުހުޅުވާލިއިރު ދޮރުމަތީ އަފްރީން ހުރުމުން ހިނިތުންވެލަމުން އަފްރީން ވަންނަން ތަންދެއްކިއެވެ. “ބައްޕާ އަޅުގަނޑު ކުޑަ ވާހަކައެއް ދައްކާލަން ބޭނުން” އަފްރާހް ކައިރީ ސޯފާގައި އިށީނނަމުން އަފްރީން ބުންޏެވެ. “އެންމެ ފަހުން ފަށާފައި ހުރި ޕޮރޮޖެކުޓްތަކުގައި އެބަ ހުރި އަޅުގަނޑު ބަދަލުކޮށްލަން ބޭނުންވާ ބައެއް ކަންތައްތައް.. މިހާރު އަލަށް ތައަރަފް ކުރަން ހަމަޖެހިފައިވާ ސޭންޕަލްް ޕޮރްޑަކްޓްތައް ޗެކް ނުކޮށް ގެންނަން އަޅުގަނޑަކަށް ނުފެނޭ… އޭގެއިން ސައިޑް އެފެކްޓެއް ފެނިއްޖިއްޔާ ޒިންމާ ވާންޖެހޭނީ އަޅުގަނޑުމެން އެހެންވެއްޖިއްޔާ މާކެޓްގައި އަޅުގަނޑުމެންގެ އަގު ވެއްޓިގެންދާނެ.. ދެން އަޅުގަނޑު ކުރިންވެސް ބައްޕައާއި ވާހަކަ ދައްކާފައި އޮއްނާނީ ސެލޫން އެއް ހުޅުވަން ބޭނުންވާ ވާހަކަ..އަޅުގަނޑު ބޭނުން ވީ އެންމެ އަވަހަކަށް އެމަސައްކަތް ފަށަން.. ބައްޕަގެ ހިޔާލެއް އަޅުގަނޑު މިކަމުގައި ބޭނުން” “ދަރިފުޅު ބޭނުން ގޮތަކަށް ގެންދިޔައިމަ ރަނގަޅުވާނެ.. ދެން ސެލޫން ހަދަން ރަނގަޅު ބިމެއް ޖެހޭނީ ގަންނަން އެކަން ބައްޕަ ކޮށްދޭނަން.. ވަރަށް އުފާވެއްޖެ ބައްޕަގާތުގައި ވާހަކަ ދައްކާފައި ދަރިފުޅު ގޮތެއް ނިންމަން ވިސްނީމަ” އަފްރީންގެ ބޮލުގައި ފިރުމާލަމުން އަފްރާހް ބުންޏެވެ. އަފްރީން އަފްރާހް އާއި މިޝާއަށް ގުޑް ނައިޓް ކިޔައިފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. “މިހާރު އަހަރެންނަށް ޔަޤީންވެއްޖެ އަހަރެމެންގެ ދަރިން އަހަރެމެންނަށް ރަނގަޅަށް ތަރުބިއްޔަތު ކުރެވިއްޖެކަން” އަފްރާހް އެނދަށް އަރާ އޮށޯއްވެލަމުން ބުންޏެވެ. މިޝާވެސް ކޮޓަރީ ތަޅުލާފައި އައިސް އެނދަށް އަރާ އަފްރާހްއާއިވީ ފަރާތަށް އެބުރިލިއެވެ. “އާނ.. ދެން އަހަރެން އެންމެ ދެކެންބޭނުންވާ ދުވަހަކީ އަހަރެމެންގެ ދަރިން ދިރުއުޅުމެއް ފަށާ ދުވަސް” މިޝާ އަފްރާހްގެ އަތްމަތީ ބޯއަޅާލަމުން ބުންޏެވެ. “އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ނުވެ އަހަރެމެންނަށް އެދުވަސް ފެންނާނެ” އަފްރާހް މިޝާގެ ނިންކުރިއަށް ބޮސްދީފައި ދެމަފިރިން ލޯމަރާލައިފައި ނިދީގެ ތެރެއަށް ފީނައިގަތެވެ.

ފާހަނައަށް ވަދެ ފެންވަރަލާއިގެން ނިކުތް އަފްރީންގެ ކަންފަތުގައި އައިސް ޖެހުނީ ފޯނު ރިންގްވާ އަޑެވެ. އެނދުމަތީ އޮތް ފޯނު ނަގާ ބަލާލިއިރު މާންގެ ނަން ސްކްރީންއަަށް އަރާ އިނުމުން ހިނިތުންވެލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ހަލޯ.. ކީއް ކުރަނީ؟؟”ފެންވަރާލައިގެން މިނިކުތީ” ކަންފަތު ފޯނު ޖައްސާލައިގެން ހުރެ ރީތިވަމުން އަފްރީން ބުންޏެވެ. “އެހެންތަ..” “އާނ.. ކައިފިންތަ” “އަފޫ ކީއްވެތަ ތިހާ ތަފާތީ؟؟.. އަހަރެން ހިޔެއްވެސް ނުކުރަން ތިކަހަލަ ކުދިން އުޅެއެކޭވެސް” އަފްރީން ލުއި ހިނިތުންވުމަކާއެކު ތަފާތު ހެއްޔޭ އެއްސެވެ. “އާނ.. އަހަރެން ހުވަފެނުގައިވެސް މީހަކު ގައިން ނުފެންނަ ސިފަތައް އަފޫގެ ގައިން އެބަ ފެނޭ.. އެހެން އަންހެންކުދިން ވިސްނާ ގޮތަކަށްވެސް ނޫން އަފޫ ވިސްނަނީކީވެސް” އަފްރީން އަމާންގެ ވާހަކަތަކުން ހީލަހީލާ އިންއިރު އަމާން އިރުކޮޅެއްކޮށްލާފައި ބުނެލާ މަޖާ ވާހަކަތަކުން އަފްރީން ހީލާ އަޑު އިވެއެވެ.

ދުވަސްތައް ހަފްތާއަށްވެ ހަފްތާތައް މަސްދުވަހަށްވެގެން ދިޔައިރު އަފްރީންްއާއި އަމާންވެސް މިހާރު އުޅެމުންދަނީ އެކަކު އަނެކަކަށް ލޯތްބާއި އަޅާލުން ދީގެންނެވެ. އެދެމެދުގައި ލެވިފައިވި ފާރު ފުނޑުފުނޑުވެގެން ދިޔައީ އެކަކު އަނެކަކަށް ދެމުން ދިޔަ ލޯތްބާއި އަޅާލުމުންނެވެ. އަމާންގެ ހިތްވެސް މިހާރު އެދެމުންދަނީ އަބަދު އަފްރީންގެ ކައިރީގައި ވުމަށެވެ. އަފްހަމްއާއި ލިއުޝާގެ ގުޅުންވެސް ލޯބީގައި ކުރިލައި ހެދެމުން ގޮސް އެމީހުންވަނީ އަހަރުގެ ފަހު ކޮޅު ކައިވެނި ކުރާ ގޮތައްވެސް ނިންމާފައެވެ. އެއީ ރައްޓެހިވެގެން ގިނަ ދުވަހު އުޅުމުގެ މާބޮޑު ބޭނުމެއް ދެޒުވާނުންނަށްވެސް ނުފެންނާތީއެވެ.

ހުކުރު ދުވަސްކަމުން އަފްރީން އުޅުނީ ވަރަށް ބުރަކޮށެވެ. އާންމުކޮށް ހުކުރު ދުވަހަކީ އޭނާ މުޅިގެ ސާފްކޮށް ލާއެއްޗެހި ދޮންނަ ދުވަސް ކަމުން އެއްޗެހިތައް ދޮންނަން މެޝިނަށްލާފައި އަފްރީން އުޅުނީ އޭނާގެ ކޮޓަރި ސާފްކޮށެވެ. މިޝާވެސް އަފްރީންއަށް އެހީވުމުގެ ގޮތުން ގެ ސާފްކުރުމުގައި އުޅުނެވެ. އަމާން އައިސް އަފްރީންގެ ކޮޓަރިއަށް ވަތްއިރު އަފްރީން ހުރީ ޑުރެސިންޓޭބަލް ގޮނޑިއަށް އަރާ ކަބަޑު މަތި ސާފްކުރާށެވެ. ގޮނޑިއަށް އަރާ ހުރިއިރުވެސް އަފްރީން ހުރީ ކޮރައިގެންނެވެ. އަމާންއަށް މިތަން ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. “އަފޫ” އަމާންއަށް އަފްރީންއަށް ގޮވާލެވުނީ އޭނާ އަރިއަޅާލިތަން ފެނުމުންނެވެ. އަމާން އެންމެ ތަންކޮޅެއް ލަސްވިނަމަވެސް އަފްރީންް ޓައިލްސް މައްޗަށް ވެއްޓުނީހެވެ. އަމާން އަފްރީންއާއި ދިމާލަށް ބަލާލިއިރު އަފްރީން އޮތީ ދެލޯ މަރާ ތަގުޅިކޮށްލައިގެންނެވެ. އަމާން އަފްރީންގެ މޫނަށް އިރުކޮޅެން ވަންދެން ބަލަހަށްޓައިގެން ހުރެފައި އަފްރީން ދެލޯ ހުޅުވާލައިފައި ބަލާލަންވަންދެން ދެބުމަ ކައިރިކޮށްލާފައި ހިތްހަމަ ނުޖެހިފައި އަފްރީންއަށް ބަލާލިއެވެ. އަދި އަފްރީން ބިންމަތީ ބެހެއްޓުމަށްފަހު ގޮސް ކޮޓަރީ ދޮރު ޖަހާލިއެވެ. “އަފޫ ދެންމެ އަހަރެން ނެތް ނަމަ ވާނެ ގޮތް ވިސްނާލިންތަ؟؟…އަހޫ ކައިރީ ބުނެލިނަމަވެސް ތިކަން ކޮށްދިނީހެއްނު” ހާސްވެފައި ހުރި ވަރުން އަމާންއަށް ވާހަކަ ދެއްކުނީވެސް ހިތްހަމަނުޖެހި ހުރެއެވެ. އަފްރީން ހިނިތުންވެލަމުން އައިސް ކޮށްލިކަމަކުން އަމާންގެ ބަސްހުއްޓުނެވެ. އަމާންއަށް ދެލޯ މަރާލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. އަފްރީން އަމާންގެ ގައިގައި ބައްދާލާފައި އަމާންގެ ކޮލަށް ބޮސްދިނީއެވެ. އަމާންވެސް އަފްރީންގެ ގައިގައި ބާރަށް ބައްދާލާފައި އަފްރީންގެ އިސްތަށިގަނޑުގައި އެއްފަރާތުން ބޮސްދިނެވެ. އޭރު އަފްރީންއަށް އަމާންގެ ހިތުގެ ތެޅުން އިހްސާސް ކުރެވެމުން ދިޔައެވެ. “ބޭބް ހަމަޖެހިބަލަ އަފޫއަކަށް ކަމެއް ނުވެއެއްނު” އަފްރީން އަމާންގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. “ކަމެއްވިނަމަ..” “އެކަމަކު ނުވެއެއްނު އަފްރީން އަމާންގެ އަތައް ބޮސްދީފައި އެނބުރި އޭނާ ކަބަޑުމަތި ސާފުކުރަން ގެންގުޅުނު ފެން ފޮތިކޮޅު ނެގިއެވެ. އަމާން ބަލާކަށް ނުހުރެ އަފްރީންގެ އަތުން ފެންފޮތިކޮޅު އަތުލިއެވެ. އަދި ކަބަޑް މަތި ސާފްކޮށްދިނެވެ. “މިރޭ ހަތަރު މީހުން އެއްކޮށް ރައިޑަށް ދާން ހަމަޖެހިފައި އޮތީ” އަމާން އަފްރީންގެ ކައިރީ އެނދުގައި ހަމަޖެހިލަމުން ބުންޏެވެ. އަފްރީން އެންމެ ރަނގަޅޭ ބުނުމުން އަމާން އަފްރީންގެ ކޮނޑަށް ބޮސްދީފައި ނިކުމެގެން ދިޔައެވެ.

ހަވީރުގެ ހިތްގައިމު ވަަގުތުގައި އަފްރީން ފެންވަރާލައިގެން ނިކުމެ މިޝާ ކައިރިއަށް ދިޔައީ މިރޭ ސައިކަލު ރައިޑަށްދާންވެގެން މިޝާ ކައިރިން ހުއްދަ ހޯދުމަށެވެ. ބަގީޗާ ތެރޭގައި ހުރި ބެންޗެއްގައި އިށީނދެލައިގެން އިން މިޝާކައިރީ އަފްރީން ދިޔަޔަސް އެންމެ ރަނގަޅުތޯ އެހުމުން މިޝާ ހިނިތުންވެލައިފައި ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުންޏެވެ. “އެކަމަކު އަފޫ އާއި ދޮންބެ ވެސް ވާނެ ކައިވެންޏާ ހަމަޔަށް ދަންދެން ވަކި ހައްދެއްގެ ތެރޭގައި ހުންނަން.. ދަރިފުޅުމެންނަން އިތުބާރު ނުކުރަނީކީއެއްވެސް ނޫން.. އެކަމަކު މަންމަ ވަރަށް ބިރުގަނެ މަންމަގެ ދެކުދިންނަށް މަގު އޮޅިދާނެތީވެ” “މަންމާ އަޅުގަނޑުމެން މަންމަމެން ރޮއެ ހިތާމަ ކުރަން ޖެހޭވަރުގެ ކަމެއް ދުވަހަކުވެސް ނުކުރާނަން” މިޝާ އަފްރީންގެ ބުރަކަށީގައި ވަރަށް ލޯބިން ފިރުމާލިއެވެ.

“މާން އަފޫ ރެޑީ” އަފްރީން އަމާންއަށް ގުޅާލާފައި އޭނާ ތައްޔާރުވެ ނިމުނު ވާހަކަ ބުނުމުން އަމާން މިދަނީއޭ ބުނެ ފޯނު ކަޑާލިއެވެ. އަމާން އައިސް މަޑުކޮށްލީއިރު އަފްރީން ހުރީ ދޮރުމަތީގައެވެ. މަޑު ނޫކުލައިގެ މަތިކޮޅެއް ލާފައި ހުރި އިރު އަތް ހުރީ ރީތި ހިސާބަކަށް ކަހާލާފައެވެ. ފަލަމަސްގަނޑުގެ މެދަށްވުރެ ތަންކޮޅެއް މައްޗަށް ހުރި ހެދުން ދެފެރާތުން ފަޅާލައިފައި ހުރިއިރު ފަހަތައް ހުރީ ކުޑަކޮށް ދިކުކޮށްލާފައެވެ. ކަނޑުނޫކުލައިގެ ޖިންސެއްލާފައި ހުރިއިރު ޖިންސުގެ ފައިކުރި ހުރީ އޮޅާލާފައެވެ. ކަރުގައި ޓެޓޫ ބޭންޑް ފަށެއް އަޅާލައިފައި އޮތްއިރު އަތުގައިވެސް އޭގެ ބޭންޑަކާއި އަނގޮއްޓިއެއް އަޅާލައިފައި އޮތެވެ. ލޮލުގައި އައިލައިނާ އަޅާލައިފައި ހުރިއިރު ތުންފަތުގައިވަނީ ފިޔާތޮށި ކުލައިގެ ލިޕްގުލޯސްއެއް ޖައްސާލައިފައެވެ. އިސްތަށިގަނޑު އެއްފަރާތަށް ރީތިކޮށް ގަތާލާފައި ގެންގޮސް ކޮޑުމައްޗަށް ވައްޓާލައިފައި އޮތެވެ. ކަޅުކުލައިގެ ތިރި ފައިވާނަކަށް އަރައިފައި ހުރިއިރު އަފްރީން އަރަނީ އަމާންގެ ދަތްދޮޅިއާއި ހިސާބަށެވެ. މިކަމާ އަމާން އަފްރީންއާއި ވަރަށް ދިމާކޮށްވެސް ހެދިއެވެ. އަފްހަމްއާއި ލިއުޝާ އެމީހުންކައިރިއަށް އައީ އެމީހުން އެތާ ތިބޭތާ ދިހަވަރަކަށް މިނެޓް ފަހުންނެވެ. ހަތަރު މީހުން ސައިކަލާ އެކި މަގުތަކުން ދުއްވަމުން ދިޔައިރު އަފްރީން އިނީ އަމާންގެ ފަލަމަސްގަނޑުމަތީ ދެއަތް ބާއްވައިލައިގެންނެވެ. ދުއްވަ ދުއްވާފައި ހަތަރު މީހުން މިސްރާބު ޖެހީ އުތުރު ފަރާތު އަތިރިއަށް ފައިބަން އޮންނަ މަގަށެވެ. އަމާން އެމަގަށް އަރާފައި ސައިކަލު މަގު މެދުގައި މަޑުކޮށްލުމުން އަފްރީން ހައިރާންވެފައި އަމާންއާއި ދިމާލަށް ބަލާލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަމާން ސައިކަލުން ފައިބައިފައި އަފްރީން ކުރިއަށް ކޮއްޕާލައިއެވެ. އަމާން އަފްރީންގެ ފަހަތައް އަރާ އިށީނނެވެ. އަދި ސައިކަލުގެ ހަރު ކަޑާލުމަށްފަހު ސައިކަލް ސްޓާޓް ކޮށްލިއެވެ. އަދި އަފްރީންގެ އަތް މުއްގަނޑު މަތީ ބާއްވައިލަމުން އަމާން އަފްރީންގެ އަތްމަތީ އަތްބާއްވައިލިއެވެ. އަދި މަޑުމަޑުން ސައިކަލު ދުއްވާލީއެވެ. އިރުކޮޅަކު ދުއްވާލުމުން އަފްރީންގެ ބިރުވެސް ކެނޑިގެންދިޔައެވެ. އަމާން އަފްރީންގެ ބަނޑުގައި ދެއަތް ވަށާލަމުން އޭނާގެ ކޮޑުގައި ދަތްދޮޅި އަޅުވާލިއެވެ. އެވަގުތު އަފްރީންގެ ހުރިހާ ލޮލީތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

މަލާކް…

Next

އަންވާރު (ސީސަން 01) ދިހަވަނަ ޕާޓް

Next
May 27, 2017

އަންވާރު (ސީސަން 01) ދިހަވަނަ ޕާޓް

Previews
May 26, 2017

މަލާކް…

25 Comments!

  1. Aisha says:
    May 27, 2017 at 1:19 am

    Ramadan Kareem ?hurihaa kudhinnah.. Might part ves hurihaa kudhinnah kamudhaanekamah.. unmmedu kuran.. Mistake thah buneladhehchey igey.. Radhamasvieema Aisha ah faharaku mihaaru up kuraa gotheh up nuve higaidhaane but I will try my best.. Mihaaru mi genesdheygothah genesdheveytho.. Gud nyt all ❤

  2. Zail says:
    May 27, 2017 at 1:52 am

    Kndhuvas thakehga mi story genesdheynee dhn? Any changes roadha mahu?..hehe..mi part vx vrh reethi hama …n its loalithah* nt loly …vaahakaige fahu baiga innword…ramazaan Mubarak Aisha?.
    Waiting for next part ..hope avaha kiyaalan libeyne kamah ?

    1. Aisha says:
      May 27, 2017 at 3:36 am

      Thank u zail..? And thank u mistake buneladhineema.. Yes Aisha faharaku eh dhuvas varau delay vedhaane roadhamas vieema hope u guys will understand ekamu mihaaru genesdheygothah genes dheveytho varah masahkaiy kuraanan.. Ramadan Kareem dear ?

  3. Zail says:
    May 27, 2017 at 1:53 am

    Zail ah dho first vx mibunyh???
    Gudnyt Aisha..

    1. Zail says:
      May 27, 2017 at 1:53 am

      Milibuny*

    2. Aisha says:
      May 27, 2017 at 3:37 am

      Yes u r first zail ?

  4. luhan says:
    May 27, 2017 at 4:54 am

    V salhi…

    1. Aisha says:
      May 27, 2017 at 9:05 am

      Than u luhan ?

  5. Laishaa says:
    May 27, 2017 at 8:55 am

    Lobi mi partves

    1. Aisha says:
      May 27, 2017 at 9:05 am

      Thank u dear ?

  6. Any says:
    May 27, 2017 at 11:40 am

    Ramadan Kareem story v reethi

    1. Aisha says:
      May 27, 2017 at 12:42 pm

      Ramadan Kareem.. ?Thank u dear ?

  7. Some one says:
    May 27, 2017 at 1:10 pm

    Ramadan mubarak aisha!?
    Mi prt es v v v v v lwbi hama as olwyxx…. Dhen ingey rwdha mas viima bxy vaane kan!!! Itss owkeyy!! Btw when nxt part genesdheveyniii??? Hiivaa gothuga?

    1. Aisha says:
      May 27, 2017 at 2:06 pm

      Ramadan Mubarak.. ?Thank u dear happy to hear that..maadhan genesdheveytho mi balaniee.. Ekamu enme lasvegen mondayga genesdheynan

  8. Ni her says:
    May 27, 2017 at 1:37 pm

    Vrh salhi mi part vx ♥️Ramadan mubarak dear ✨keep it up n waiting for the next part?♥️

    1. Aisha says:
      May 27, 2017 at 5:42 pm

      Ramadan Mubarak niher ? thank u ❤

  9. Chum handi says:
    May 27, 2017 at 2:00 pm

    vrh reethi…. waiting for the next part so eagerly….

    1. Aisha says:
      May 27, 2017 at 2:07 pm

      Thank u chum handi ?.. Insha Allah viee enme avahakah genesdheynan

  10. shaDiman says:
    May 27, 2017 at 3:22 pm

    Salhi Masha Allah

    1. Aisha says:
      May 27, 2017 at 5:42 pm

      Thank u shaDiman ?

  11. Some one says:
    May 27, 2017 at 3:31 pm

    Owkeyy…
    Waiting. . . . . . . . . . . . . . . .
    Waiting. . . . . . . . . . . . . . . .
    ☺☺

  12. ithoo says:
    May 28, 2017 at 11:12 am

    Hey dearr.. Ramxan mubaarik ingey…v v reethi mi stry dearr..keep it up??

    1. Aisha says:
      May 28, 2017 at 11:19 am

      Ramazan Mubaarik.. Thank u ithoo ??

  13. Tia says:
    May 28, 2017 at 10:33 pm

    Varah salhi story eh
    Waiting 4 next part?

    1. Aisha says:
      May 28, 2017 at 11:10 pm

      Thank u Tia ❤

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (10)←


All Right Reserved!