Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ……..01

Noor💙 Level 710 Stories100 Comments100 Login500 Comments
June 20, 2017 5 Mins Read
73 Comments

ފަލަކު ފެންވަރައިގެން ނިކުތް އިރުވެސް ޝައިބާ އޮތީ ގަދަނިދީގައެވެ.އޭރު ގަޑިން ހަތެއް ޖަހާ ދެމިނެޓް ހިނގައިފިއެވެ.”ޝައީ އަޅެ ދެން މިއަދުވެސް ތިހެން އޮއްވަ ގަޑި ޖެހޭނީ…މިހާރު މަންމަވެސް އައިސް ގޮވާފަ އެދިޔައީ”.ފަލަކު ޝައިބާގެ މޫނުގައި އަޅާފައި އޮތް ރަޖާ ނަގަމުން ވާހަކަ ދެއްކިއެވެ.

ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލުމަށްފަހު އެއޮތްގޮތަށް އޮވެ ބޯލާކޮޅުގައި އޮތް ފޯނުނަގާ ގަޑިބަލާލުމަށްފަހު ފުންމައިގެން ތެދުވެ ޝައިބާ އަވަސްވެގަތީ ފާޚާނައަށް ވަންނާށެވެ.ވަކި ދުވަހެއް ނޫން ،އެއީ ހަމަ ކޮންމެ ދުވަހެއްގެވެސް ޙާލެވެ.އެފަކީރަށް ގަޑި ނުޖެހި ޑިއުޓީއަށް ދެވޭ ދުވަސްތައް އަތުގެ އިނގިލިތަކުން ގުނާލެވޭހާވެސް މަދު ވާނެއެވެ.

“ޝައީ އަހަރެން މިދަނީ އެމަޖެންސީ ޕޭޝަންޓެއް އޮތީމަ ތަންކޮޅެއް އަވަހަށް ދާން ޖެހޭތީ….ކޮޓަރި ތަޅުލާފަ މިދަނީ..”ފަލަކު ކޮޓަރިން ނިކުތުމުގެ ކުރިން ފާޚާނައާއި ތަންކޮޅެއް ކައިރި ވުމަށްފަހު ގޮވާލިއެވެ.

ކޮޓަރިން ނިކުތް ފަލަކު ފެނުމުން ކާމޭޒު ދަށުގައި ސައިބޯން އިން ޒުހޭރު ޑިއުޓީއަށް މިއަދުވެސް ދަނީ ސައި ނުބޮއިތޯ ފަލަކުއާއި ސުވާލުކޮށްލިއެވެ.”އަޅެ ބައްޕާ، ވަރަށް ޙާލުދެރަ ޕޭޝަންޓެއް އޮތީމަ މިދަނީ…މިހާރުވެސް ވަރަށް ލަސްވެއްޖެ.އެކޮޅަށް ގޮސް ކުޑަގޮތެއް ހަދާލާނީ..”ބައްޕައަށް ޖަވާބުދެމުން މަޑުވެސް ކޮށްނުލާ ފަލަކު ނިކުމެގެން ދިޔައީ ޙާލަތުގެ ނާޒުކު ކަމުންކަން ގައިމެވެ.އޭނާއަކީ އޮޕަރޭޝަން ޑޮކްޓަރެކެވެ.

“އެމަންޖެ ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޑިއުޓީއަށް އެދަނީ ހުސްބަނޑާހުރެ…އަފީފާ ހަމަ އެކައްޗެކޭވެސް ނުބުނެ ތިޔައިނީ ކީއްވެތަ؟”ޒުހޭރު ހިންހަމަ ނުޖެހިފައި ސުވާލުކޮށްލިއެވެ.”އަހަރެން ދެން ކީކޭތަ ކިޔަންވީ..ޒުހޭރު ބުނުމެކޭ އަހަރެން ބުނުމެކޭ ކޮބާތަ ތަފާތަކީ”އަފީފާވެސް ފިރިމީހާ ކޮށްލި ސުވާލާއި ވިއްދާފައި ސުވާލެއް ކޮށްލަމުން ގޮނޑި ދުރުކޮށްލާފައި ތެދުވެގެން ގޮސް ޝައިބާމެން ކޮޓަރި ދޮރުގައި ހިފާލަމުން ގޮވާލިއެވެ.”ދަރިފުޅާ އަވަސް ކޮށްލާ..މިހާރު ގަޑިޖެހެން ދިހަ މިނެޓަށް ވެއްޖެ..ދެން ހިޔެއްނުވެ ގަޑިއަށް ޑިއުޓީއަށް ދެވޭނެ ހެނެއްވެސް..”އެވަގުތު ކޮޓަރި ދޮރުހުޅުވާލާފައި ނިކުތް ޝައިބާ އަވަސް އަރުވާލާފައި އައިސް ކާމޭޒު ދަށުގައި އިށީނެވެ.އަފީފާވެސް އަތްމަތި ހަލުވި ކޮށްލާފައި އަވަހަށް ދަރިފުޅަށް ކިރުތައްޓެއް ގިރާލައިގެން ގެނެސް ދިނެވެ.އެވަގުތު އަފީފާ ފަލަކު އާދޭތެރޭވެސް ހަމަ އެވަރަށް އަޅާލާ ލޯބިން އުޅޭނެ ނަމައޭ ޒުހޭރު ހިތާއި ހިތާއި ކިޔާލިއެވެ.

ހަލުވި ހިނގުމެއްގައި އެތެރެއަށް ވަދެގެން އައި ފަލަކުގެ މޫނުމަތީގައި ނުފިލާ ހިނިތުން ވުމެއް ވިއެވެ.ފަލަކުގެ ހުންނަ ހިތްހެޔޮ މިޒާޖަކުން ފަސޭހަ ކަމާއިއެކު ވަށައިގެންވާ މީހުންގެ ހިތްތައް ފަތަޙަ ކޮށްލައެވެ.އިސްކޮޅުން މާދިގު ނޫން ހަމުގެ ކުލަ އަލި ތަފާތު ރީތިކަމެެއް ލިބިފައިވާ އެ އަންހެން ކުއްޖާގެ ރީތިކަމަށް ތަޢުރީފު ކޮށްނުލެވޭ ލޮލެއް ހަމަ މަދުވާނެއެވެ.

“ފަލަކު..ޑޮކްޓަރ ޒީލް އެބަހުންނެވި ފަލަކް ގެ އިންތިޒާރުގައި ތިއޭޓަރގަ.”އޮޕަރޭޝަން ތިއޭޓަރއިން ނިކުމެގެންއައި ފިޒާންގެ އަޑަށް ޑޮކްޓަރ އަރޫޝާއާއި ވާހަކަ ދައްކަން މަޑުކޮށްލައިގެން ހުރި ފަލަކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޮޕަރޭޝަން ތިއޭޓަރަށް ވަނެވެ.

“ހޭއި..މިއަދުވެސް ގަޑި ޖެހުނީ ދޯ..މާދަމާރޭ އެބައޮތެއްނު ޑޮކްޓަރުންގެ ޚާއްސަ މީޓިން އެއް..އަނެއްކާ އެ މީޓިންއަށް ގަޑި ނުޖެހޭތި”އަރޫޝާއަށް ސައިން އިން ވުމަށްފަހު ޑޮކްޓަރސް ލާންޖަށް ވަންނަން އައި ޝައިބާ ފެނުމުން ދިމާކޮށްލިއެވެ.”ހޫމް…މި މޯނިން ޑިއުޓީ ޖެހެންޏާ ވަރަށް ފޫހިވޭ”ތުންކޮޅު އަނބުރާލަމުން ޝައިބާވެސް ބުނެލިއެވެ.ޝައިބާއަކީ މިޒާޖުގައި ފޮނި ގޮތެއް ހުންނަ، އަރޫޝާއެކޭ އެއްފަދައިން އާއްމު ބަލިތަކުގެ ޑޮކްޓަރެކެވެ.

“އަހަރެން މިވިސްނަނީ މާދަމާރޭ އޮންނަ މީޓިންގ ގަ ޔޫލް ހުރިހާ ޑޮކްޓަރުންނަށް ތަޢާރަފް ކޮށްދީފަ ޑިޕާޓްމެންޓް ތައް ރަނގަޅަށް ބަހާލާ އޯގަނައިޒް ކޮށްލަން.އަދި ބުނަން..އަހަރެން ބޭނުމެއް ނޫން އެއްވެސް ސްޓާފަކަށް ޔޫލް އެއީ އަހަރެންގެ ދަރިފުޅުކަން އެނގޭކަށް.އިޒް ދެޓް ކްލިއަރ.”ހަނީފްގެ ވާހަކައަށް އާނއެކޭ ބުނުމުގެ ގޮތުން އޭނާގެ އެސިސްޓެންޓް ފަޔާޒް ބޯޖަހާލިއެވެ.

“ޑޮކްޓަރ ފަލަކް މިއަދު މޯނިންގ ޑިއުޓީ ނޫނީތަ؟ފަލަކުވީ ޑޮކްޓަރ ޒީލްއާއިއެކު އޮޕަރޭޝަން ތިއޭޓަރގައި ކަމަށްބުނެ ކޮންސަލްޓޭޝަން ރޫމުން ނިކުމެގެންއައި ފިޒާން ޑޮކްޓަރ ޝިނާންގެ ސުވާލަށް ޖަވާބުދިނެވެ.ހަމައެވަގުތު ޒީލްއާއި ވާހަކަ ދައްކަމުން ތިއޭޓަރއިން ނިކުމެގެން އެމީހުންނާއި ދިމާއަށް އަންނަން އައި ފަލަކު އޭނާގެ ރޫމަށް ދިއުމަށް ހިނގައިގަތީ ހޮސްޕިޓަލް ކައުންޓަރުން ގުޅާފައި ދައްކަން އައިސް އިން ޕޭޝަންޓަކު އިންކަމަށް ބުނުމުންނެވެ.

ޑިއުޓީ ނިންމާލާފައި ނިކުތް ފަލަކު ހޮސްޕިޓަލް ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ޝައިބާ ނިކުންނާނެ އިރަކަށެވެ.ގެ ހުންނަނީ މާ ދުރުގައި ނޫންކަމުން ދެކުދިންވެސް އެއް ޑިއުޓީއަކަށް ދިމާވާ ދުވަހެއްނަމަ ގެއަށްދަނީ ހިނގާލާފައެވެ.މާގިނަ އިރެއްނުވެ ޝައިބާ ނިކުތުމުން ދެކުދިންވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ.

“މޯމް..އަޅުގަނޑު މިދަނީ ޝާން މެންނާއިއެކު ބޭރަަށް..ތަންކޮޅެއް ލަހުން އާދެވޭނީ…މޯމް ޑޭޑް ކައިގެން ނިދާ އިނގޭ…”ބޭރަަށް ދާން ނިކުތް ޔޫލް ސީމާ ފެނުމުން އައިސް ސިޓިން ރޫމް ސޯފާގައި މަންމަކައިރީ އިށީންނަމުން ވާހަކަ ދެއްކިއެވެ.”އެންމެ ރަނގަޅު އެކަމަކު މާދަންވަންދެން ނޫޅެ ގެއަށް އަންނާތި. ބައްޕަ ބޭނުންވޭ ދަރިފުޅު މާދަމާ ހޮސްޕިޓަލަށް ނިކުންނަން އެހެންވީމަ އަވަހާ ހޭލަންވެސް ޖެހޭނެއްނު…ބައްޕަ ދަރިފުޅުގާތު އެވާހަކައެއް ނުބުނޭތަ؟”ސީމާވެސް ދަރިފުޅާ ވާހަކަ ދައްކަމުންގޮސް ސުވާލު ކޮށްލީ ހޮސްޕިޓަލަށް ނިކުންނަ ވާހަކަ ދެބަފައިންގެ ދެމެދުގައި ދެކެވިފައި ނުވާހެން ހީވުމުންނެވެ.”ނޫން. ޑޭޑް ބުނި މާދަމާރޭ އޮންނަ މީޓިންއަށް ގަޑިއަށް ދައްޗޭ. އެހެންވީމަ މީޓިންއަށްފަހު އަނެއްދުވަހު ޑިއުޓީއަށް ޖޮއިން ކުރާގޮތަށް.އޯކޭ މޯމް .ދިޔައީ އިނގޭ.”.މަންމަގެ ސުވާލަށް ޖަވާބު ދެމުން ރިންގުވާން ފެށި ފޯނު ޖީބުން ނެގުމަށްފަހު ބަލައިލަމުން ޔޫލް އަވަހަށް ގޮސް ނިކުތީ ޝާންމެން އައިސް ބޭރުގައި މަޑުކޮށްގެން ތިބީމައެވެ.

ފަލަކުއާައި ޝައިބާއާްއި ދެކުދިން ތިބީ ލެޕްޓޮޕުން ސީރީސް އެއް ބަލާށެވެ.ގެއަށް އައިސް ލިބޭ ހުސްވަގުތު ތަކުގައި ދެކުދިން ކުރާކަމަކީ އެއީއެވެ.އެހާ ބުރަކޮށް ޑިއުޓީ އަދާކުރަމުންވެސް އަމިއްލަ ހިތްހަމަ ޖެހުމަށް ވަގުތު ހޯދާ އެކަކު އަނެކެއްގެ ލައިފްގެ ހުރިހާކަމެއް ދެކުދިން ޝެއަރ ކުރެއެވެ.އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމަށް ވުރެވެސް އެދެމެދުގައި އޮންނަ އަންޑަސްޓޭންޑިން އެއްގެ ބޮޑުކަމުން އެއީ ދެ ބެސްޓް ފްރޭންޑުން ފަދައެވެ.”ފަލްކީ…އެނގޭތަ މާދަމާރޭ އެއީ ކީއްކުރަން ބާއްވާ މީޓިން އެއްކަމެއް؟”ޝައިބާގެ ސުވާލަށް ސީރީސްއަށް ގެއްލިފައި އިން ފަލަކު ނޭނގެއޭ ބުނާފަދަ ގޮތަކަށް ބޯހަލުވާލީ އެއީ އޭނާއަށްވެސް އެކަމާ ބެހޭ އެއްވެސް މަޢުލޫމާލެއް ލިބިފައި ނެތީމައެވެ.”އަރޫވެސް ބުނި އޭނާވެސް ވަރަށް އުޅެފީމޯ ބައްދަލް ވުމާ ބެހޭ މަޢުލޫމާތެއް ލިބޭތޯ.އެހެންޏާ އެކަހަލަ ހުރިހާ ޚަބަރެއް ލިބިފަ ހުންނާނީ ޝިނާންއަށް.އެކަމަކު އޭނަވެސް ބުންޏޯ މިފަހަރު ވަރަށް އެތެރެ އެތެރެއިންނޭ ހުރިހާ ކަމެއްވެސް އިންތިޒާމް ކުރަމުން ދަނީ”.ސީރީސް ޕޯސް ކޮށްލަމުން ފަލަކު ޝައިބާއަށް ބަލައިލީ އެވާހަކައަށް ކުޑަކޮށް ވިސްނާލަމުންނެވެ.މީގެ ކުރިން ބައްދަލްވުމެއް އޮތަސް ކުރިއަށްލާ އޭގެ ހުރިހާ ތަފްސީލް ލިބޭނެއެވެ.ވީއިރު މާދަމާރޭގެ ބައްދަލްވުމުގައި މާ ޚާއްސަވެގެން މިއުޅެނީ ކޮންކަމެއްބާއެވެ.ފަލަކުވެސް ހިތާއި ހިތުން ކިޔާލިއެވެ.

މެންދުރު ބްރޭކްގަޑި ކަމުން ހުރިހާ ޑޮކްޓަރުން ކަހަލަ ގޮތަކަށް ތިބީ ލަންޗު ނަގަން ހޮސްޕިޓަލް ކެންޓީންގައެވެ.ފަލަކުއާއި،ޝައިބާއާއި،އަރޫޝާ އެއް މޭޒުގައި ތިބިއިރު، ފިޒާންއާއި،ޝިނާންއާއި،ލަހުފާ އިނީ އަނެއް މޭޒުގައެވެ.”މަށަަށް ނެތްތަ ތަންކޮޅެއް؟”.އެތެރެއަށް ވަދެގެން އައި ޒީލްގެ އަޑަށް ޝައިބާ ފަލަކުގެ ފައިގައި ކޮށްޓާލުމަށްފަހު ލޮލުން އިޝާރާތެއް ކޮށްލަމުން ފަލަކު އާއި ދިމާކޮށްލިއެވެ.ޒީލްއަކީ ސީނިއަރ ޑޮކްޓަރަކަށް ވެފައި ފަލަކުއާއި ދޭތެރޭގައި ބަހައްޓާ ޚާއްސަ ގޮތަކުން ހުރިހާ ޑޮކްޓަރުން ކަހަލަ ގޮތަކަށް އެދެމީހުންނާއި ދިމާކޮށް ހަދައެވެ.ނަމަވެސް ފަލަކުއަކީ އެންމެނާއިވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއްކަމުން އޭނާ އެއީ މާބޮޑު ކަމަކަށް ނުހަދައެވެ.އެންމެންވެސް ދިމާކުރަނީ މަޖަލަކަށް ކަމުގައި ވިޔަސް ޒީލްގެހިތް ޙަޤީގަތުގައިވެސް ފަލަކުގެ ކޮންމެ އަދާއަކަށް ލެނބެމުންދަނީ އަޅަކު ސާހިބުމީހާއަށް ކިޔަމަން ވަމުންދާ ފަދައަކުންނެވެ.އަދި އެކަމާ ފަލަކު ނުރުހުންތެރި ކަމެއް މިވީހާ ދުވަހުވެސް ފައުޅު ކޮށްފައި ނުވާތީ ޒީލް ދެކެނީ އެއީ ފެހި ސިގްނަލެއްގެ ގޮތުގައެވެ.

“ނޫނޭ..އެހެނެއްދެން ނުވާނެއްނު.މި މޭޒުގައި އެބަހުއްޓޭ ތަން..ދޯ ފަލްކީ..އަވަހަށް އާދޭ،”.ފަލަކުއަށް ދޯ ދެމުން ޝައިބާ އެހެން ބުނެލިއިރު މޫނުމަތީގައި ލާނެތް ހިނިތުން ވުމެއްވިއެވެ.ފަލަކުވެސް ދެރަ ނުވާންވެގެން އޭނާގެ ގޮނޑި ޝައިބާއާއި ކައިރި ކޮށްލަމުން ޒީލްއަށް ތަން ދައްކަމުން އަވަހަށް އަންނާށޭ ބުނެލިއެވެ.ޒީލްއަކީ އިސްކޮޅުން ދިގު ބަލާލަން ރީތި ފިރިހެންވަންތަ ހަށިގަނޑެއް ލިބިގައިވާ ރީތި ޒުވާނެކެވެ.ޒީލްއައިސް ފަލަކުގެ ގާތުގައި އިން ގޮނޑީގައި އިށީނދެ ފްރައިޑް ރައިސް އަކަށް އޯޑަރު ދިންއިރު އޭނާގެ ހިތްވަނީ އުފަލުންގޮސް ފުރިގެން ބަންޑުންވާންް ކައިރިވެފައެވެ.ނަމަވެސް ފަލަކުއާއި އެހާ ގާތުގައި ވެވުމުން ޒީލްގެ ހިތް އުފަލުން ނަށާ ކަން ފަލަކުއަށް ރެއަކާނުލާތާ،އޭނާ ބެލީ ގެނެސްފައިހުރި ކްލަބް ސޭންޑްވިޗް ތަށި އަވަހަށް ކާލައިގެން ދެވޭތޯއެވެ.

“މިރޭވެސް ހޮސްޕިޓަލަށް ދާ ރެއެއްތަ؟”ބައްދަލްވުމަށް ދާން ތައްޔާރުވަމުން ދިޔަ ފަލަކުއާއި ޝައިބާއަށް އެކީކަހަލަ ގޮތަކަށް ދޮރާ ދިމާއަށް ބަލައި ލެވުނީ އަފީފާގެ އަޑު އިވުމުންނެވެ.”ލައްބަ މަންމާ..ޑޮކްޓަރުންގެ ވަރަށް ޚާއްސަ ބައްދަލްވުމެއް އޮންނާތީ..ކެއުމަކާވެސް އެއްކޮށްނޯ އޮތީ”.މަންމަގެ ސުވާލަށް ޖަވާބު ދިނީ ޝައިބާއެވެ.އަފީފާ އެންމެ ކުޑައިރުއްސުރެވެސް ފަލަކުއާއި ޝައިބާ ވަރަށް ތަފާތު ކުރެއެވެ.ފަލަކުއާއި އަނގައިން ބުނާނީވެސް ކޮންމެހެން ނުބުނެ ނުވެއްޖިއްޔާއެވެ.ވާހަކަ ދައްކައި ނޫޅޭތަނުގައި ފަލަކުއާއި، އުޅޭ އުޅުމުގައިވެސް ހަތަރުކަޅި ހަމަ ވިޔަސް އެ ތޫނު ދެލޮލުގައިވާ ނުރުހުމަކުން އެފަކީރު ފިއްސާލާހާވެއެވެ.އެހެންވެ ފަލަކުވެސް އަފީފާގެ ލޯތްބައް ހިތުން ރޯލަރޯލާ ޝަކުވާތައް ހިތުގެ ކަނެއްގައި ފޮރުވައިގެން ހުންނަނީއެވެ.ބައްޕައަށްވެސް އޭގެން ކަމެއް ނުއަންގަ ވޭތޯ ބަލައެވެ.ނަމަވެސް އެފަކީރަށް ނޭނގުނު ކަމުގައި ވިޔަސް އަފީފާގެ ހިތުގައި ފަލަކުއަށްވާ ނުރުހުމާއި،އެ ނުރުހުމުގެ އަސްލު އެންމެ ރަނގަޅަށް އިނގޭ މީހަކީވެސް ޒުހޭރުއެވެ.

ފަލަކުއާއި ޝައިބާއަށް ގޮސް ހޮސްޕިޓަލަށް ވަދެވުނުއިރު އަރޫޝާއާއި ލަހުފާ ގޮސް މީޓިން ހޯލަށް ވަންނަނީއެވެ.އެދެމީހުންވެސް އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ގޮސް އެތެރެއަށް ވަނެވެ.ޝައިބާ ކަޅުކުލައިގެ ދިގުމެކްސީއެއްގައި ހުރިއިރު ފަލަކު ލައިގެން ހުރީ ގަދަ ރަތް ކުލައިގެ ޓޮޕް ކޮޅަކާއި ހުދުލޭސްއެއް ލާފައިވާ ރަތްކުލައިގެ ސްކާޓެކެވެ.ބޮލުގެ މެދަށްވަނީ ރީތިގޮތަކަށް ހުޅިއެއް ޖަހާލެވިފައެވެ.އެރީތި ދޮން ކަނދުރާ ހާމައަށް ފެންނަން ހުރިއިރު އެރީތިކަމުގެ ޖާދޫގައި ނުޖެހޭނެ ލޮލެއް ނުދާނެކަން ގައިމެވެ. އެމީހުންނަށް ވަދެވުނުއިރު ހުރިހާ ޑޮކްޓަރުން ކަހަލަ ގޮތަކަށް ތިބީ ހަމަވެފައެވެ.

ފަލަކުގޮސް އަރޫޝާ ގާތުގައި އިން ގޮނޑީގައި ހަމަޖެހިލިއިރު،ޝައިބާ ގޮސް އިށީނީ ފިޒާން ކައިރީގައި އިން ގޮނޑީގައި ތަންކޮޅެއް ފަހަތުގައެވެ.”ކޮބާ ޝައީ…މީޓިންނަށް ނާންނަނީތަ؟”.އަރޫޝާ ފަލަކު އައިސް އޭނާގާތުގައި އިށީނުމުން ސުވާލު ކޮށްލިއެވެ.”އަރޫއަށްވެސް އިނގެއެއްނު މީޓިންތަކަށް އައިސް އޭނަ ކުރާކަންތައް..އޭނީނު ފަހަތަށްގޮސް ފިޒާން ކައިރީ ފިލާ..”ޝައިބާމެންނާއި ދިމާއަށް ނިއް އެއްލަމުން ފަލަކު ބުނެލިއެވެ.އަރޫޝާވެސް ހިނިގަނޑެއް ޖަހާލީ ކުރީރޭގެ ބައްދަލްވުމުގެ ފޮޓޯ ތަކުގައިވެސް ޝައިބާ ނިދާފަ އިންދަ ފެނުމުން އެންމެން މަޖާކޮށްކޮށްފައި އެވާހަކަ ދެއްކި ހަނދާން ވުމުންނެވެ.

އަރޫޝާއަށް ހައިރާންވެފައި ފަލަކުއަށް ބަލައިލެވުނީ ފަލަކު ދައްކަމުން ދިޔަ ވާހަކައިގެ އެއްބައި ދުލުގައި އޮއްވާ އަނގަހާވެފައި ދޮރާއިދިމާައަށް ބަލަހައްޓައިގެން ހުއްޓިފައި އިނުމުންނެވެ.އަރޫޝާއަށް އެދިމާ ބަލައިލެވުނުއިރު އެހެންޏާ ހޮސްޕިޓަލުން ނުފެންނަ ރީތި ޒުވާނަކު އެމީހުންނާއި ދިމާއަށް އާދެެއެވެ.ފަލަކު ހަމަ އެއިންގޮތަށް ކަޅި ޖަހާވެސް ނުލާ އެ ޒުވާނާއަށް ބަލަހައްޓައިގެން އިނީއެވެ.އަރޫޝާ ކުޑަކޮށް ކަރު ކެހިލުމުން ފަލަކުއަށް ސިހުންވެގެން ނޫންކަމަށް ހަދާލަމުން އަތުގައި އޮތް ފޯނާއި ކުޅެންފެށިއެވެ.އަރޫޝާއަށް އަނގަމަތީ އަތްއަޅައިލެވުނީ ގަދަކަމުން ކޮންޓްރޯލް ކުރަމުންދާ ހިނިގަނޑު ފަޅައިގެން ގޮސްދާނެތީއެވެ.

އެޒުވާނާ އައިސް ފަލަކުގެ ގާތުގައި އަނެއް ފަރާތުން އިން ގޮނޑީގައި އިށީންނަމުން ފަލަކުއަށް ބަލާލުމަށްފަހު އަނެއްކާ ރިޒާވްޑް ގޮނޑިއެއްތޯ ސުވާލު ކޮށްލިއެވެ.ފަލަކުއަށް އަވަސް އަވަހަށް ބޮލުން ނޫނެކޭ ބުނެވުނު ގޮތުންވެސް އެޒުވާނާގެ ތުންފަތުގައިވީ ހިނިތުންވުން އިތުރަށް ފުޅާ ވެގެން ދިޔައިރު އެ ދެލޮލުގައިވާ މަސްތީ ކަމަކުން ފަލަކުގެ ހިތަށް ނޭނގޭ ގޮތެއް ވެގެން ދިޔައެވެ.

ހަނީފް އައިސް އެތެރެއަށް ވަނުމާއިއެކު މުޅި ހޯލް އެކީކަހަލަ ގޮތަކަށް ހަމަ ހިމޭން ވިއެވެ.ހަނީފް އަކީ އެ ބޮޑު ހޮސްޕިޓަލުގެ ވެރިޔާއެވެ.އޭނާއަކީ މިޒާޖުގައި ހަރުކަށި ގޮތެއް ހުރިނަމަވެސް ތަނުގައި މަސައްކަތްކުރާ ސްޓާފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް އިންސާފަށް ލޯބިކުރާ އެކުގައި މަސައްކަތް ކުރަން ފަސޭހަ މީހެކެވެ.ހުރިހާ ސްޓާފުންވެސް ގޮނޑީގައި އިށިނީ ވެރިމީހާ އިށީނުމުންނެވެ.

އެބޭފުޅާގެ ވާހަކަފުޅުގައި ހުރިހާ ޑޮކްޓަރުން ކުރަމުންދާ ބުރަ މަސައްކަތަށް ތަޢުރީފު ކުރައްވާ އިތުރަށް ރަނގަޅު ކުރަންހުރި ކަންތައްތަކަށް އަލި އަޅުވާލިއެވެ.އަދި ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ޑިޕާޓްމެންޓްތަކަށް ޑޮކްޓަރުން ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ވާހަކަ ބުންޏެވެ.އަދި ހޮސްޕިޓަލާއި އަަލަށް ގުޅިފައިވާ ޑޮކްޓަރ ޔޫލް އެންމެނަށް ތަޢާރަފް ކޮށްދިނެވެ.

ފަލަކުއިނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.އެޒުވާނާއަކީ ކުޑަ ކުދިންގެ ޑޮކްޓަރެއްގެ އިތުރުން ހިތުގެވެސް ޑޮކްޓަރެކެވެ.އެހާ ކުޅަދާނަ ރީތި ޒުވާނަކު އޭނާގެ ހިތާއި ކުޅެލި މީ ފުރަތަމަ ފަހަރެވެ.ހަނީފްގެ ވާހަކަ ކުރުކޮށްލަމުން ޑޮކްޓަރސްގެ ނޯޓިސްބޯޑުގައި ޑޮކްޓަރުން ބަހާލެވިފައިވާ ގޮތުގެ ތާވަލު މިހާރު ނެރެވިފައި ހުންނާނެ ވާހަކަ ބުންޏެވެ.

އެހެންޏާ ކޮންމެ ރެއަކު މީޓިންގައި ނިދާ ޝައިބާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.ވާނީވެސް އެހެންތާއެވެ.އޭނާއަށް ކަމުދާ ކަހަލަ ފިރިހެނަކު އަދި އެފެނުނީ އަލަށްވިއްޔާއެވެ.ޔަޤީނުންވެސް އެހިތުގައި ޔޫލްގެ ނަން ކަފައިގެން ނެގިއްޖެއެވެ.

ހުރިހާ އެންމެންވެސް ގޮސް ވަނީ ކެއުމަށް ތައްޔާރު ކުރެވިފައިވާ ރޫމަށެވެ.ރޫމްތެރެ ވަނީ ނުލާއި ފެހިކުލައިން ދިއްލާލާފައެވެ.ސޯސްކުކުޅު އަޅަން ހުރި ފަލަކުގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި އައިސް ހުއްޓުނު ޔޫލްގެ އަތް އޭނާގެ ކަނދުރާގައި ބާއްވައިލުމުން ފަލަކުގެ ނޭވާ ހީވީ އަރުގައި ތާށިވީހެންނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ޒީކް…2

Next

ވާށެ އޯގާ ހިތާ 5

Next
June 20, 2017

ވާށެ އޯގާ ހިތާ 5

Previews
June 20, 2017

ޒީކް…2

73 Comments!

  1. Noor says:
    June 20, 2017 at 8:25 pm

    Here is the first part of the “milku kollee hithey”..mistakes hurinama bunela dhinun edhen..hurihaa kiyun therinnahves mi part kamudhaane kamah heekuran…

  2. Reader says:
    June 20, 2017 at 8:26 pm

    Feshun V salhi. Heevey kurih oiythaanga ves rangalhu vaane kamah

    1. Noor says:
      June 20, 2017 at 8:27 pm

      Thanx Reader.?

  3. yaanaa says:
    June 20, 2017 at 8:32 pm

    Wow Noor varah reethi…..when is next part???

    1. Noor says:
      June 20, 2017 at 8:40 pm

      Thanx yaanaa..in sha Allah Thursday..?

  4. Reader says:
    June 20, 2017 at 8:36 pm

    Ehbaehge vaahaka ninmaafa aneh bayah dhaairu **********************
    Jahaaliyyaa noonee thankolheh faseyha vaane kanneynge. In my opinion

    1. Noor says:
      June 20, 2017 at 8:41 pm

      Ur opinion is noted..thanks.

  5. Reader says:
    June 20, 2017 at 8:37 pm

    Noonee thankolheh bodu space dhookolliyyaa*

    1. Noor says:
      June 20, 2017 at 8:42 pm

      Thanx…

  6. Reader says:
    June 20, 2017 at 8:37 pm

    Mi bunee kiyuntherinnah faseyha vaa vaahaka ingey

    1. Noor says:
      June 21, 2017 at 3:50 am

      Next part ga ekanthah rangalhu kollaanan. In Sha Allah

  7. maroon says:
    June 20, 2017 at 8:38 pm

    Noor.. love this.. waiting… ?⏱?⏱

    1. Noor says:
      June 20, 2017 at 8:42 pm

      Thanx maroon..?

  8. Reader says:
    June 20, 2017 at 8:38 pm

    Dhn aanmukoh up kuraa dhuvas bunela dhinun edhen

    1. Noor says:
      June 20, 2017 at 8:43 pm

      Sunday
      Tuesday
      Thursday

  9. sem says:
    June 20, 2017 at 9:02 pm

    Love it

    1. Noor says:
      June 20, 2017 at 9:04 pm

      Thanx sem..?

  10. sheen says:
    June 20, 2017 at 9:05 pm

    v nice story

    1. Noor says:
      June 20, 2017 at 9:08 pm

      Thanx sheen..?

  11. ReeXa says:
    June 20, 2017 at 9:25 pm

    Reethi…. mi vaahaka varah reethi vaane kamah ummeedhu kuran.. best of luck noor

    1. Noor says:
      June 20, 2017 at 9:29 pm

      Thanx ReeXa..?

  12. Rau says:
    June 20, 2017 at 9:40 pm

    Vaahaka up vaanee Kn dhuvasthakehgga.. V reethi vaanehen heevey mi story n first part ves v salhi
    Good luck???

    1. Noor says:
      June 21, 2017 at 3:07 am

      Thanx Rau.
      Sunday
      Tuesday
      Thursday
      ?

  13. Aysha says:
    June 20, 2017 at 9:42 pm

    Vrh reethi mi part…… Waiting for the nxt part ?

    1. Noor says:
      June 20, 2017 at 9:54 pm

      Thanx Aysha..?

  14. Flower pririncess says:
    June 20, 2017 at 9:50 pm

    Mi part varah reethi and heevey dhen oi parts thah ves reethi vaane hen.waiting. ………

    1. Noor says:
      June 20, 2017 at 9:55 pm

      Thanx Flower pririncess..?

  15. Azu says:
    June 20, 2017 at 10:31 pm

    Yool ey buneema heekuree girl ah kamah…vaahaka feshun v nala….kuriyah huri baithah ves reethi vaanehen heevanee…..thanx noor..

    1. Noor says:
      June 21, 2017 at 2:50 am

      Thanx Azu..?

  16. nonns says:
    June 20, 2017 at 10:44 pm

    Wow. The starting is awesome. Ehenveema overall story ves varah obi vaane dhw. Keep it up darling. When next ep???

    1. Noor says:
      June 21, 2017 at 2:51 am

      Awwwh thanx nonns..Thursday..?

  17. Agii says:
    June 20, 2017 at 10:47 pm

    Nice story.. Wait4 next part….

    1. Noor says:
      June 21, 2017 at 2:52 am

      Thanx Agii..thursday..?

  18. Adha? says:
    June 20, 2017 at 10:55 pm

    First part ves varah interesting…. mi story varah reethivaanehen heevey.. ?iraadhakurehviyya hurihaa part eh ves kiyaanan??❣

    1. Noor says:
      June 21, 2017 at 2:54 am

      V.happy to know that…thanx Adha..?

  19. sam♥ says:
    June 20, 2017 at 11:02 pm

    wow haadha lobii lobii lobii stry ekey noor thigeness dhenyyy …♥♥♥ waiting next part … really vvvv lovely mi stry I like it ♥ hehe thankx noor …

    1. Noor says:
      June 21, 2017 at 2:55 am

      Happy to know that dear…thanx sam.?

  20. tara says:
    June 20, 2017 at 11:23 pm

    looks like its going to be a good story. Can’t wait for the next part.

    1. Noor says:
      June 21, 2017 at 2:56 am

      Thanx tara..?

  21. Naana says:
    June 20, 2017 at 11:49 pm

    Masha allah….vv rythi mi part vx….waiting 4 the nxt part….❤

    1. Noor says:
      June 21, 2017 at 2:58 am

      Thanx Naana..?

  22. ????❤ says:
    June 21, 2017 at 12:08 am

    Wow.rythi vaane hn hyvey.kn dhuvas thakegga up vaani?

    1. Noor says:
      June 21, 2017 at 2:59 am

      Thanx dear..sunday
      Tuesday
      Thursday..

  23. neem says:
    June 21, 2017 at 12:14 am

    V kamudhey. How many parts…

    1. Noor says:
      June 21, 2017 at 3:02 am

      Thanx dear…its an open story…adhi kithah parts kameh decide eh nukurevey..alhuganduliyamun dhaagothaa readers hinhama jehey varakun story dhigu kuran ingeyny…it depends on the interest of the story among readers..?

  24. remoo says:
    June 21, 2017 at 2:55 am

    v reethi mu part ….hafthaa aku kithah part nikunnaane ?

    1. Noor says:
      June 21, 2017 at 3:04 am

      Thanx remoo….In sha Allah konme
      Sunday
      Tuesday
      Thursday egga

  25. eer says:
    June 21, 2017 at 3:37 am

    Nice story.. waiting for the next part ♥

    1. Noor says:
      June 21, 2017 at 3:49 am

      Thanx eer..?

  26. Athoo says:
    June 21, 2017 at 8:03 am

    V reethi mi stry … Kiyaahithun indaa nimunee ….. Unmeedu kuran nimenden kiyaalan libeyne kamah … All d bst

    1. Noor says:
      June 21, 2017 at 9:16 am

      Thanx Athoo…in sha Allah..?

  27. Star gurl says:
    June 21, 2017 at 12:09 pm

    V nice mi story..?

    1. Noor says:
      June 21, 2017 at 12:20 pm

      Thanx Star gurl.?

  28. nim says:
    June 21, 2017 at 3:41 pm

    Dhemyhunnah ekaku dheke dhw loabi mi vevuny .. hmm interesting .. hehe feshun varah rythi .. i hope dhn kuriyah huri baithah vess rythi vaane kamah ?❤

    1. Noor says:
      June 22, 2017 at 11:01 am

      Thanx nim..

  29. hayyu fan says:
    June 21, 2017 at 3:48 pm

    dheene baives himeniyya va salhi vaane.. mibuny geah ais kuraa kamaky series belun ekani kamugai nahadhaa.. alhukamuge baives liyya va reethi vaane.. heevey reethi vaane hen.. gud wrk 🙂

    1. Noor says:
      June 21, 2017 at 4:02 pm

      Thanx for the idea..thank u

  30. Chor says:
    June 21, 2017 at 3:59 pm

    mifaharu kaakuge story akunbaa baibai nagaigen genaani. Kurin liyunu story ves othi ehen writers ge story thakun baibai nagaigen liyefa. V foohivey thikala writers dheke.

    1. Noor says:
      June 21, 2017 at 4:06 pm

      Vakkan kuraany chorun..anyways mi site ga alhugandu noonas vaahaka liyey..ehenveema chor ah kamudhaa vaahaka keema mi maaiy massaruga thigothah zaathy vegen ulhumahvure thibaa ahves rangalhu vaane..

    2. mimmi says:
      June 21, 2017 at 4:45 pm

      ekan mimmi ah ves faahaga kurevun. ekm dhn eche bunaaka nuvaane ennu. Truth is I also have seen it in your previous story. Hope this story be your own & good luck. Starting reethi. waiting for next part.

  31. Lammu says:
    June 21, 2017 at 4:55 pm

    Hahahahaa… Furathama vaahaka v ma ehn vedhaane dhw Noor.. Alah liyaani konmeves writer ehge faraathun inspire vegennu.. Mivaahaka v salhi.. Doctors ulhey stories v kiyaahive.. aneh bai maadhan dhw.. waiting.. waiting..

    1. Noor says:
      June 21, 2017 at 5:02 pm

      Thanx Lammu..no..in sha Allah tonight..

  32. Beauty says:
    June 21, 2017 at 7:32 pm

    Nice story.. Waiting for next part.

    1. Noor says:
      June 21, 2017 at 7:46 pm

      Thanx Beauty..?

  33. Saadhu says:
    June 21, 2017 at 8:28 pm

    Noor ge story v sali abadhuves.heekura vaahaka medhukedume nethi genes dheyne kama.vara kiyaahithun mihuree?

    1. Noor says:
      June 21, 2017 at 8:53 pm

      Thanx Saadhu..?

  34. M33ma says:
    June 22, 2017 at 4:46 am

    Salho ingey

    1. Noor says:
      June 22, 2017 at 5:02 am

      Thanx M33ma..?

  35. Mahir says:
    June 23, 2017 at 4:15 pm

    WOW that’s awesome

    1. Noor says:
      June 23, 2017 at 5:59 pm

      Thanx dear..

  36. areen adam says:
    July 10, 2017 at 6:36 am

    V v v v salhi mi vaahaka

    1. .Noor says:
      July 25, 2017 at 8:24 am

      ThanQ dear

  37. riyaa says:
    March 10, 2018 at 6:04 pm

    I really like this story

Comments are closed.

Next Episodeމިލްކު ކޮށްލީ ހިތޭ…….02←


All Right Reserved!