Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި ވެވުމުން ……….16

Noor💙 Level 710 Stories100 Comments100 Login500 Comments
May 17, 2017 5 Mins Read
82 Comments

ޝަނާޔާ ޖިއާންއާއި ދިމާއަށް ކޮށްޕާލުމަށްފަހު އޭތި ދިޔަ ނުދިޔަ ތަނެއް ނޭނގި ގެއްލުނެވެ.

ޖިއާން ކުޑަކޮށް ގުދުވެލުމަށްފަހު އޭނާގެ ފައިބުޑަށް ވެއްޓެން އައި ޝަނާޔާގެ ދެކޮނޑުގައި ހިފަހައްޓާ ނެގިއެވެ.ޝަނާޔާ ކަޅިވެސްޖަހާ ނުލާ ޖިއާންއާއި ދިމާއަށް ބަލަމުންދިޔަ ގޮތުން ޖިއާންއަށް ކުޑަކޮށް އުނދަގޫ ވެގެން ކަރުކެހިލިއެވެ.

ޝަނާޔާއަށް ހޭވެރިކަން ވީ ދެނެވެ.ނަމަވެސް ނުވާކަމަކަށް ހަދާލާފައި ޖިއާންއާއި ދުރަށް ޖެހިލަމުން އަނެއްކާވެސް ޖިއާންއަށް ބަލައިލިއެވެ.އެވަގުތު ޝަނާޔާގެ ކަރުން ލޭ ފައިބަމުން ދިޔަތަން ޖިއާންގެ ލޮލުގައި އަޅައިގަތެވެ.އޭނާގެ ހިތަށް ހީވީ ތޫނު ކައްޓެއް ހަރާލި ހެންނެވެ.ނަމަވެސް އެދެމެދުގައި ލެވިފައިވާ ފާރެއްގެ ސަބަބުން ލޯބިން ކިތަންމެ ފިރުމާލަދޭން ބޭނުންވިޔަސް ޝަނާޔާގެ ހަށިގަނޑުގައި މިހާރު އެއްވެސް ޙާލެއްގައި ބީހުމަކީ ޖިއާން ކުރަން ބޭނުންވާ ކަމެއް ނޫނެވެ.ޝަނާޔާ އެވަނީ ރުހި ޤަބޫލުވެގެން އެހެން މީހަކަށް އެ ޙައްޤު ދީފައެވެ.ޖިއާންގެ ނަސީބުގައި ޝަނާޔާ ވާނަމަ އޭނާގެ އިންތިޒާރަށް ނިމުން އައިސް އޭނާގެ ހުވަފެން ތަކުގައި ކުލަ ޖެހިގެންދާ ދުވަސްވެސް އަދި އަންނާނެއެވެ.އެދުވަސް ނައިނަމަވެސް ޝަނާޔާދެކެ ވާ ލޯބީގެ ޙައްޤުގައި ޝަނާޔާގެ ކޮންމެ ނިންމުމަކަށް އޭނާ ޤަދަރު ކުރާނެއެވެ.

“އަހަންނަށް އިނގޭ ތީ އިންސާނެއް ނޫންކަން..ކީއްވެ އަހަރެންގެ ހިމާޔަތުގައި ތިއައީ..އަހަރެން ދަންނަންތަ؟،”ޝަނާޔާ ހަމަޖެހިލައިގެން ހުރެ ޖިއާންއާއި ސުވާލުތައް ކުރިމަތި ކޮށްލި އިރު އެއީ ހޮސްޕިޓަލުން ޖިއާން ކުއްލިއަކަށް ގެއްލުނު ތަން ފެނި ކިރިޔާ ދުނިޔެއިން މޮޔަނުވި މީހެއްހެންވެސް ހީނުވެއެވެ.ޖިއާން ހީކުރި ގޮތާއި ޚިލާފަށް އެއްވެސް ޖެހިލުމެއް ބިރެއް ނެތި ޝަނާޔާ ވާހަކަ ދެއްކުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެެ. ޙަޤީގަތަށް ބުނަންޏާ އެޙާދިސާއަށްފަހު ޝަނާޔާ ޖިޢާންދެކެ ބިރުން އުޅުންވީ ޖިއާންގެ ހިތަށް ކެތްކުރަން އެންމެ ދަތިވި އެއްކަންތަކަށެވެ.

“އަހަންނަށް ޝަނާޔާ އެނގުނަސް ޝަނާޔާ އަހަރެން ދަންނަހެނެއް ހިޔެއް ނުވޭ.ދަންނަ މީހަކު މުސީބާތެއްގައި ވާތަން ފެނި ކެތްނުކުރެވުނީމަ މިގޮތަށް އަންނަން ޖެހުނީ.”ޖިޢާން ޝަނާޔާއަށް އެ ހެދީ މުޅިއަކުން ދޮގެއްވެސް ނޫންތާއެވެ.ޖިއާން ޝަނާޔާ ޙާސިލް ކުރަން ކިތަންމެ ބޭނުންވި ކަމުގައިވިޔަސް އެލޯބީގެ ދިޔަ ކުށެއްނެތް ޔާނިޢުގެ ފަރާތުން ހިފާކަށް ބޭނުމެއް ނުވެއެވެ.ޖިއާންއަށްވަނީ ޝަނާޔާ ޖިއާންގެ ލޯބީގައި ހައްދު ފަހަނަ އަޅައި ގޮސްފައިވާ ވަރާއި، ޔާނިޢު ދެކެވާ ވަފާތެރި ލޯބި ފެނިފައެވެ.ތަޤުދީރު އެމީހުންނާއި ކޮށްފައިވާ ސަމާސާއަކަށް ވަކި ނިންމުމެއް ގެންނަން އޭނާ އެއީ ކާކު ހެއްޔެވެ؟

ޖިއާންގެ ފަރާތުން އިވިގެން އެދިޔަ ޖަވާބަކީ އަދި ޝަނާޔާ އުއްމީދު ކޮށްގެން ހުރި ޖަވާބެއް ނޫނެވެ.އޭނާގެ ހަނދާނުގައި އެއްވެސް ކަމެއް ނެތަސް އޭނާ ހީކޮށްގެން ހުރީ ޖިއާންއާއި އޭނައާއި ދެމެދު އިރެއްގައި ލޯބީގެ ގުޅުމެއް ހިނގާފައި ވަނީ ކަމަށެވެ.ޖިއާންގެ އެ ޖަވާބުން ޝަނާޔާގެ ހިތުގައި އުފެދިފައިވި ސުވާލު ކަފިވުން ނޫންކަމެއް ނުވިއެވެ.އެއީ އެ ދިން ޖަވާބަކާއި ޖިއާންގެ ޙަރަކާތްތަކާއި އެއްވެސް ގުޅުމެއްވެސް ނެތީމައެވެ.އެއީ ތެދަކަށް ވާނަމަ ޝަނާޔާގެ ކުރިމައްޗަށް ޖިއާން އަންނަ ކޮންމެ ފަހަރަކު ކަރުނައާއި އެކު އޭނާވަނީ ކީއްވެ ހެއްޔެވެ؟އަދި އެކަރުނައިން ޝަނާޔާގެ އެސްފިޔަތައްވެސް ތެމިދަނީ ކީއްވެ ހެއްޔެވެ؟

ކޮންމެއަކަސް ޝަނާޔާއަށް މަޢުޟޫ ބަދަލުކޮށްލަން މަޖުބޫރުވީ އެވާހަކައަށް ޖިއާން މާބޮޑު ޝަޢުޤުވެރި ކަމެއް ފައުޅު ނުކުރީތީ އެވެ.ޖިއާން ހިތާއި ދެކޮޅަށް ޝަނާޔާއާއި އެކުވެރި ކަމަށްވުރެ ގާތް ގުޅުމެއް ނުދައްކަ ވޭތޯ އެ މަސައްކަތް ކުރަނީ އޭނާ ޝަނާޔާދެކެ އިންތިހާއަށް ލޯބިވެފައި، އެހާ ލޯބިވާ ކުއްޖަކު އޭނާދެކެވީ ލޯބިން ގޮތް ހުސްވެ ލޯބީގައި ގޮތްހުސްވެ ހަތަރު އަނގޮޅި ކަންމައްޗަކަށް ގެނުވާ އެހިތަށް ހިތްދަތި ކަން ދޭން ބޭނުން ނުވާތީއެވެ.ޝަނާޔާ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ޖިއާންގެ ނަން އޮޅުން ފިލުވާލިއެވެ.އަޑު އިވިގެން ދިޔަ ނަމުންވެސް ޝަނާޔާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ.އެއީ އޭނާ އަލަށް އަޑުއެހި ނަމެއްހެން ހަމަ އެއްގޮތަކަށްވެސް ހީނުވަނީއެވެ.

ހަމައެވަގުތު ކޮޓަރި ދޮރު ހުޅުވާލައި އެތެރެއަށް ވަދެގެން އައި ޔާުނިޢު ފެނި ޝަނާޔާއަށް ޖެހިލުންވެފައި ކުރިމަތީގައި ހުރި ޖިއާންއަށް ބަލައިލެވުނެވެ.ނަމަވެސް ޖެހުނުތާ ލަކުނުވެސް ނެތްހެން ޖިއާންގެ ހިލަމެއްވެސް ވާން ނެތުމުން ޝަނާޔާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.ޝަނާޔާއަށް ކުށްހީއެއް ކުރެވުނު ކަމުގައި ވިޔަސް ޖިއާން ފަހަރެއްގައިވެސް ޝަނާޔާގެ ކުރިމައްޗަށް އެއައީކީ އެދެމަފިރިންގެ ދެމެދަށް ހުރި ހުރަހަކަށް ވާކަށް ނޫނެވެ.ނަމަވެސް ޝަނާޔާ އެވަގުތު ޖިއާންއަށް ބޭނުންވެފައި ވާތީއެވެ.ޝަނާޔާގެ އެއްވެސް އުފަލަކަށް ހުރަސްއަޅާ ވަރަށްވުރެ ޖިއާން ޝަނާޔާދެކެ ވަނީ މާ މަތިވެރި ލޯތްބެކެވެ.

ޝަނާޔާގޮސް ޔާނިޢުގެ ގައިގައި ބައްދާލަމުން އެ ތަނަވަސް މޭމަތީގައި މޫނު ފޮރުވާލީ މީހާ ހާސްވެފައި ހުރި ވަރުންނެވެ. ނަމަވެސް އޭނާގެ ފުރަގަހުން ވަށާލި ތުރުތުރު އަޅަމުންދިޔަ އަތާއި ޔާނިޢުގެ މޭގައި ހަލަބޮލިވެ ނެގިނެގިފައި ޖެހެމުންދިޔަ ހިތުގެ އިހުސާސްކުރެވުމުން ޝަނާޔާގެ ހިތަށްވަތް ބިރަކުން އޭނާއަށް ޔާނިޢުއާއި ކުޑަކޮށް ދުރު ވެލަމުން ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ.އެވަގުތު ޔާނިޢުގެ މޫނުމަތީގައިވި ނުތަނަވަސްކަން ފެނި ސުވާލުކޮށްލަން އަނގަ ހުޅުވާލިތަނާ ޔާނިޢުއަށް ޝަނާޔާގެ ކަރުގައި ލޭއައިސް ހިކިފައި ހުރި ތަން ފެނުނެވެ.”އޭތި އަނެއްކާވެސް އައީތަ؟”ޔާނިޢު ވަރަށް ހާސްވެހުރެ ޝަނާޔާގެ ކަރުގައި މަޑުމަޑުން އަތް ޖައްސާލަމުން ވަރަށް އަސަރާއި އެކު ސުވާލު ކޮށްލިއެވެ.ނަމަވެސް ޔާނިޢު މިހާރުވެސް އެކަމާއި ވިސްނާވަރު ހިތަށް އަރާފައި ޝަނާޔާ ކިހިނެތް ހަލާކުވެފައި ހުރި ތަނެއްކަމެއް ނޭނގެއޭ ކިޔައި ދޮގުހަދަމުން ޔާނިޢު މިރޭ މާ ލަސްވީ ކީއްވެތޯ ސުވާލު ކޮށްލިއެވެ.

ޔާނިޢުވެސް ވިއްސާރައިގައި ޖެހިގެން ތަނެއްގައި މަޑުކޮށްލިތަނާ ރައްޓެއްސަކާއި ޖެހިގެން އަނގަ ތަޅާލަން އިނދެވުނީ ކަމަށްބުނެ ދޮގު ހަދައިލިއެވެ.އޭނާއާއި މިރޭ ދިމާވި ކަންތައް ކިޔައިދީފިނަމަ ޝަނާޔާ އެކަމާ ވިސްނާނެވަރު އިނގޭތީއެވެ.ޚުދު ޔާނިޢުވެސް އެހުރީ އެވީ ކިހިނެތް ކަމެއް ނޭނގިފައެވެ.އެހެންޏާ ކާރުގައި އޮފީހުން ގެއަށް އަންނަށް 20 މިނެޓްވެސް ނުނަގާއިރު މިރޭ އެގާރަ ޖެހީއްސުރެ ދުއްވާ ދުއްވާ ގެއަށް އެފޯރީ އަދި ކިރިޔާއެވެ.މިހާރު އެހެރަގެން އެއްގަޑި ވިހިވާން ދަނީއެވެ.ޔާނިޢު ޝަނާޔާ ގެންގޮސް އެނދުގައި ބޭންދުމަށްފަހު އަލަމާރިން ފަސްޓް އެއިޑް ބޮކްސް ނަގައި ކަރުގައި ހަލާކުވެފައިހުރި ތަނުގައި
ބޭސްކޮޅެއް ހާކާލުމަށްފަހު މަލަންކޮޅެއް އަޅާލަދީފައި ވަރަށް ލޯބިން ޝަނާޔާ އެނދުގައި ބާއްވަމުން ގާތުގައި އޮށޯވެލީ ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމުން މިންޖުވުމަށް އެދޭ ޙާލުގައެވެ.ޝަނާޔާވެސް ނުހަނު ލޯބިން ޖިއާންގެ ފަން އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައްލާ މަސާޖު ކޮށްދެމުން ދިޔައީ ލޯބިވާ ފިރިމީހާގެ މޫނުމަތިން ފައުޅުވާން ހުރި ވަރުބަލިކަމުން އެ ހަށިގަނޑަށް އަރާމު ނިންޖެއް ލިއްބައިދެވޭތޯއެވެ.ވަމުންދިޔަ އަރާމަކުން ޔާނިޢުއަށް ޝަނާޔާގެ މޭމަތީގައި މޫނުފޮރުވައިގެން، ކުޑަކުއްޖަކު ފަދައިން ކުރުގެޅިގެން އޮވެ އިސާހިތަކު ނިދިއްޖެއެވެ.ޝަނާޔާއަށް ނުފެނުނަސް ދުރުގައި ހުރި ޖިއާންއަށް އެ މަންޒަރު ބަލަން ކެތް ނުކުރެވިގެން ފުރަގަސްދިނީ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަ ތަކާއި އެކުގައެވެ.

ދެމަފިރިން އެކުގައި އޮފީހަށް ވަދެގެން އަންނައިރު ފެންނަލެއް ފުރިހަމަ ކަމުން ހަމަ ކޮންމެ ސްޓާފަކަށްހެން އެދެމީހުންނަށް ހިތާއި ހިތުން ތަޢުރީފުކޮށްލެވޭއިރު، ހިތުގައި ނުބޭއްވިގެން ދުލުން ބޭރުކޮށްލެވޭ ސްޓާފުންވެސް މަދެއް ނޫނެވެ.ޝަނާޔާ ކައިވެނީގެ ފަހުންވެސް އޮފީހަށް ނިކުންނަން ފެށީ ހަމަ އެކަނި ޔާނިޢު ބޭނުންވާތީ އެއްނޫނެވެ.ނަމަވެސް ފިރާޝާގެ އެދުމުގެ މަތިންނެވެ.ޔާނިޢުގެ އެސިސްޓެންޓަކަށް ޝަނާޔާ ނޫން މީހަކު ހުރުމަށް ފިރާޝާ ނޭދެނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ.

އެއީ ދުވަހުގެ ބޮޑުބައެއް އޮފީހުގައި ހޭދަކުރާއިރު ޝަނާޔާއަށްވުރެ ގިނަ ވަގުތު ޔާނިޢުއަށް ހޭދަކުރަން ޖެހޭނީ އެސިސްޓެންޓާއިއެކު ކަމަށްވެފައި،އެ މަޤާމަށް ކުރިމަތިލާފައިވަނީވެސް ހުސް އަންހެން ކުދިން ކަމަށް ވާތީއެވެ.ފިރާޝާ ޝަނާޔާއާއި ދޭތެރޭ ދެކެނީ އަމިއްލަ އުފަން ދަރިއެއް ފަދައިންނެވެ.ދުނިޔެމަތިން މީހަކަށް ލިބޭނީ އެވަރުގެ ހެޔޮ މައިދައިތައެކެވެ.އަބަދުވެސް އެދެކުދިންނަށް ވަގުތު ހޯދައި ދެވޭތޯ އޭނާ ބަލައެވެ.

ދެމީހުން އެކުގައި ކެބިންއަށް ދާންދިޔަ މަގުމަތީގައި ޝަނާޔާ ނިޢުމާމެންގާތު މަޑުކުރުމުން ޔާނިޢު އެތެރެއަށް ވަދެގެންގޮސް އޭނާގެ ކެބިންއަށް ވަނެވެ.އޮފީހުގައި ސްޓާފުންގެ ކުރިމަތީގައި އެދެމީހުން އުޅޭ ގޮތުން ބޭރުން އަންނަ މީހަކަށްް އެއީ ދެމަފިރިންކަން ނުވެސް އެނގޭނެއެވެ.ނަމަވެސް ޔާނިޢުގެ ނަޒަރު އަބަދުވެސް ޝަނާޔާގެ ކޮންމެ ހަރަކާތަކާއި އެކުގައި ވެއެވެ.

ކެބިންގައި މަޑުކޮށްލައިގެން އިން ޔާނިޢު އިނީ ފުން ހިޔާލެއްގެ ތެރޭގައެވެ.ރޭގައި އެދިމާވި އާދަޔާއި ޚިލާފު ކަމަކުން އޭނާގެ ސިކުނޑިއަށް ބަރުވެފައިވަނީ މާބޮޑަށެވެ.އަނެއްކޮޅުން އޭނާގެ ލޯބިވާ އަނބިމީހާވެސް ތަހައްމަލް ކުރަމުން އެދަނީ ކޮންފަދަ ބޮޑު ވޭނެއް ހެއްޔެވެ؟އޭނާ އެވާހަކަ ޝަނާޔާގާތު ނުދައްކާ ހުއްޓަސް ޔާނިޢުއަށް އަބަދުވެސް ވިސްނެމުންދަނީ ކޮންމެ ވަގުތެއްގައިވެސް ޝަނާޔާއަށް އޭތީގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކުން ޝަނާޔާ ސަލާމަތް ކުރާނެ ގޮތަކާއި ދޭތެރޭގައެވެ.އެރޭ އޭތި އެހާ ފަސޭހައިން ދިޔަޔަސް ކޮންމެ ފަހަރަކު ނަސީބު އަތުގައި ނުހިފާނެކަން އޭނާ ރަނގަޅަށް ދަނެއެވެ.ޔާނިޢު އަށް އޭތި ނުފެނުނު ކަމުގައިވިޔަސް ޝަނާޔާގެ މޫނުމަތިން އެރޭ ފެނުނު ބިރާއި، ޝަނާޔާއާއި އެ ދިމާކުރި ނުރައްކާތެރި ރަޙުމުކުޑަ ގޮތުންވެސް އެއީ ނުލަފާ ކަމުގައި އަރާހުރި އެއްޗެއްކަން އެނގި ހާމަވެއެވެެ.

އެތެރެއަށް ވަދެގެން އައި ޝަނާޔާއަށް ގޮނޑީގައި ހަށިގަނޑު ދަމާލައިގެން ކަރުމައްޗަށް ޖަހައިގެން ލޯމަރާލައިގެން ގޮނޑީގެ ދެފަރާތު އަތްގަނޑުގައި ހިފާލައިގެން އޮތް ޔާނިޢު ފެނުމުން އޭނާގެ ތުންފަތުގައި ލާނެތް ހިނތުންވުމެއް ކުޅެލިއެވެ.ކެބިންގެ ދޮރު ތަޅުލުމަށްފަހު ސިއްރު ފިޔަވަޅު ތަކެއްގައި އައިސް ޔާނިޢުގެ އެ ތުނިތުނި ރީތި ތުންފަތަށް ކުޑަކޮށް ގުދުވެލުމަށްފަހު ވަރަށް ލޯބިން ބޮސްދިނެވެ.ޝަނާޔާގެ އެ ހަރަކާތުން ލޯމަރާލައިގެން އޮތް ޔާނިޢު ހުށިޔާރު ކަމާއިއެކު ގޮނޑިން ތެދުވެ އޭނާގެ އަތުތެރޭގައި ޝަނާޔާ ހައްޔަރު ކޮށްލާފައި މަސްތީ ލޮލަކުން ޝަނާޔާއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.”ދެން ތި ކުރާ ކަމެއް ކޮށްބަލަ..މިހިރީ ވަރަށް ކެތްތެރިކަން ކުޑަވެފަ އިނގޭ”.ޝަނާޔާ ގަތީ އަމަށަކު ލަދެއް ނޫނެވެ.ޔާނިޢުގެ އަތުތެރެއިން ނިކުންނަން ތެޅިގަތީ ގަތް ލަދެއްގެ ބޮޑު ކަމުންނެވެ.ނަމަވެސް ޔާނިޢު ހުރީ ލޯބިވާ އަނބިމީހާގެ ހޫނު ނޭވާތައް އެހާ ކައިރިން އިޙްސާސްވަމުންދާތީ އޭނާގެ ހިއްސުތައް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ މާމައްޗަށް ގޮސްފައެވެ.އެއްވެސް ކެތްތެރިކަމެއް ނެތި ޝަނާޔާގެ ތުންފަތުގެ މީރުކަން ހޯދަމުން ދިޔައެވެ.ޝަނާޔާއަށްވެސް އެކަމުގައި ބައިވެރި ވެވުނީ ޔާނިޢުދެކެ ލޯބިވާލެއް ބޮޑުކަމުންނެވެ.ޔާނިޢުގެ ބާރުގަދަ ދެއަތުން ޝަނާޔާގެ އުނަގަނޑުގައި ހިފައި ދެހަށިގަނޑު ފިއްތަމުންދިޔައީ ހިތުގައި އުތުރި އަރަމުންދިޔަ ފޮނި ޖަޒުބާތަކުންނެވެ.ދުނިޔޭގެ ޚިޔާލެއް ފިކުރެއްނެތި ހިތުގެ ގޮވުމަށް އިޖާބަ ދެމުންދިޔަ ޔާނިޢު އާއި ޝަނާޔާއަށް ހަމަ ހޭވެރިކަންވީ ކެބިންގެ ދޮރުގައި ޓަކިޖެހި އަޑަށެވެ.ދެމީހުންވެސް ނޭވާ ހަމައަކަށް އަޅުވާލަމުން ޔާނިޢު ބެގީއާއި ޓައީ ރީތި ކޮށްލުމަށްފަހު ގޮސް ގޮނޑީގައި އިށީނުމުން ޝަނާޔާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި އައިމަން ފެނުމުން އެތެރެއަށް ވަންނަން ތަން ދެމުން ނުވާ ކަމަކަށް ހަދާލާފައި ކެބިން އިން ނިކުމެގެން ދިޔައެވެ.

އޮފީސް ނިންމާފައި ޔާނިޢުއާއިއެކު އައިސް ގެއަށް ވަތްއިރު ފިރާޝާގާތު ސިޓީންގ ރޫމުގައި އިން ހުސްނާ ފެނުމުން ޝަނާޔާގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ.ޔާނިޢުވެސް ޝަނާޔާއާއިއެކު މަންމަގާތުގައި މަޑުކޮށްލުމަށްފަހު ގޮސް ކޮޓަރިއަށް ވަނީ މުހިންމު ކްލައިންޓެއް ގުޅުމުން އެ ކޯލަށް ޖަވާބު ދިނުމަށެވެ.

ރޭގަނޑުގެ ކެއުމަށްފަހު މަންމަ ގެއަށްލާފައި ދެމަފިރިން ދިޔައީ ރަސްފަންނުގެ ހިތް ގައިމު މާޙައުލަށެވެ.ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތަކުން ހިތާއި ސިކުނޑި ތާޒާަވަމުންދިޔައެވެ.ޝަނާޔާގެ އަތުގައި ހިފާލައިގެެން އިން ޔާނިޢު ހިތުގެ އަޑިން އުފާކުރަމުން ދިޔައީ ޝަނާޔާފަދަ އަޚްލާޤު ރަނގަޅު އޯގާތެރި ބައިވެރިއަކު އޭނާގެ ނަސީބުގައި ވީތީއެވެ.

އެގޮތުގައި ޔާނިޢުއާއި ޝަނާޔާ ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަމުން ދިޔައީ އެކަކު އަނެކެެއްގެ ހިތަށް ލޯބީގެ ވާރޭ އޮއްސަމުންނެވެ.ކައިވެންޏަށް އަހަރު ވެގެންދިޔައިރު ވެސް ދެމީހުންގެ ލޯތްބަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ.ހޫރީންއަށްވެސް އެރޭގެ ފަހުން ޝަނާޔާއާއި ދިމާކުރާކަށް ނުކެރުނެވެ.ޖިއާން ޝަނާޔާގެ ލޮލަށް ނުފެނި އޭނާގެ ހިޔަނި ކަމުގައި ވެގެން ޝަނާޔާ ޙިމާޔަތް ކުރަމުން ދާތީއެވެ.

“ހުރިހާ އެއްޗެއް ދޯންޏަށް އެރުވުނީތަ”.ދޯނީގެ ދިރުނބާ ކޮޅުގައިތިބި އަޝްފާންއާއި އައިމަން އެކީކަހަލަ ގޮތަކަށް ފެންކޭސްތައް ފިޔަވައި ހުރިހާ އެއްޗެއް އެރުވިއްޖެޔޭ ގޮވާލަމުން ޔާނިޢުއަށް ޖަވާބު ދިނެވެ.އޭރު ޔާނިޢުގެ ފަހަތުން ފެން ކޭސްތައް ހިފައިގެން ޒާލިފް އާއި ސަމާހުއާއި އިތުރު ދެ ސްޓާފުން އައިސް ދޯންޏަށް އަރަނީއެވެ.ޔާނިޢުވެސް އެންމެން ދޯންޏަށް އަރާނިމުމުން ޝަނާޔާގެ އަތުގައި ހިފައިގެން އައިސް ދޯންޏަށް އެރިއެވެ.

މިދިޔަ އަހަރުގެ އަހަރީ ދުވަހަށްފަހު ހުރަސްފަރަށް ދެވޭ ދެވަނަ ދަތުރަށްވާތީ ނިޢުމާމެންވެސް ތިބީ ވަރަށް އުފާވެފައެވެ.އެދަތުރުގައި މަޖާކުރިވަރު އެއްވެސް ސްޓާފެއްގެ ހިތުން ނުފިލާ ކަހަލައެވެ.އެންމެންވެސް ތިބީ ވަރަށް ފޯރީގައެވެ.ޔާނިޢު މިދަތުރު ރޭވީ ޝަނާޔާއާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤުސަދުގައެވެ.އަދި ހުރިހާ މުވައްޒަފުންނަށް ބައިވެރި ވެވޭނެހެން ދަތުރު ރޭވީ ޝަނާޔާއަށް އޭނާގެ އެކުވެރިންނާއިއެކުވެސް ވަގުތު ހޭދަކޮށްލާ ސިކުނޑި ތާޒާކޮށްލަން ފުރުސަތު ލިބޭނެތީއެވެ.

ހުރިހާ ސްޓާފުން ދޯނިމަތީގައި ލަވަކިޔާ ބެރުޖަހާ މަޖާކުރަމުން ދިޔައިރު ނިޢުމާމެން ކައިރީގައި އިން ޝަނާޔާ އިނީ މޭ ނުބައިކޮށް ހޮޑު ލަވާފައެވެ.ނިޢުމާ ޝަނާޔާގެ ގައިގައި ކޮއްޓާލުމަށްފަހު ބޯ ސަކަރާތް ވަނީ ހޭ ކިޔާ ސުވާލުކޮށްލިއެވެ.އެވަގުތު ޝަނާޔާއަށް މޭނުބައި ކުރަމުން ދިޔަވަރުން ކެތް ނުކުރެވިގެން އަނގަމަތީގައި އަތް އަޅާލިތަން ފެނި ފިރިހެނުންތައް ތެރޭގައި އިން ޔާނިޢު ދުވެފައި ކަހަލަ ގޮތަކަށް ޝަނާޔާގެ ކައިރިއަށް އާދެވުނުއިރު ޝަނާޔާއަށް ހަމަ ރަނގަޅަށް އޯކަށް ދެމެވެން ފަށައިފިއެވެ.

ހޮޑުލާލާ ވަރުބަލިވެފައިވާ ޔާނިޢުގެ އުނގުގައި އޮތް ޝަނާޔާ އޮތީ ދެލޯ މެރިފައެވެ.ޝަނާޔާގެ ބޮލުގައި ޔާނިޢު ފިރުމާލަ ފިރުމާލަ އިންތަން ފެނުމުން އޮފީހުގެ އަންހެން ސްޓާފުންނަށް ޔާނިޢު ޝަނާޔާދެކެ ވާލޯބި ފެނިފައި ހަމަ ބެލެމުން ދިޔައީ ޝަނާޔާއަށްޓަކައިވި ޔާނިޢުގެ ލޯބިވެތި ހަރަކާތް ތަކަށެވެ.އެފަދަ އޯގާތެރި ލޯބިދޭނެ ފިރިއަކު ބޭނުން ނުވާނީވެސް ފަހެ ކާކު ހެއްޔެވެ؟

ދޯނިގޮސް ހުރަސްފަރަށް ލެފުމާއިއެކު ޔާނިޢު ޝަނާޔާއަށް ގޮވާލުމުން މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު ކުރިމަތީގައި ފެންނަން އޮތް ރަށަށް ބަލައިލިއެވެ.މަލަމަތި ފެންނަލެއް ހިއްގައިމު އެރަށަށް ބަލައިލުމުން ޝަނާޔާގެ ހިތަށްވެރިވެގެން އެދިޔައީ އެރީތި ތުނޑިމަތީގެ ކޮންފަދަ ކުލަނުވާ ހަނދާންތަކެއް ހެއްޔެވެ؟

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އެސްފިޔަ ދީނީ ވާހަކަ މުބާރާތް 1438

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (34)

Next
May 17, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (34)

Previews
May 17, 2017

އެސްފިޔަ ދީނީ ވާހަކަ މުބާރާތް 1438

82 Comments!

  1. Natha says:
    May 17, 2017 at 2:54 pm

    Yeah.? Me first. Kiyaalaafa comment eh kohlaanah.

    1. Noor says:
      May 17, 2017 at 2:56 pm

      Thanx for waitinggg..?

  2. Kai says:
    May 17, 2017 at 3:01 pm

    Miadhu story haadha las v kihine v

    1. Noor says:
      May 17, 2017 at 3:14 pm

      Lastha? Aslu konme dhuvahakuves baeh genesdheveytho mi balany hama liyevey varakun..❤

    2. Kai says:
      May 17, 2017 at 3:17 pm

      Ehen dhw

    3. Noor says:
      May 17, 2017 at 3:18 pm

      ??

  3. Xum says:
    May 17, 2017 at 3:07 pm

    V v reethi

    1. Noor says:
      May 17, 2017 at 3:09 pm

      Thanx..❤

  4. max says:
    May 17, 2017 at 3:07 pm

    Me second.. Vrh salhi stry.. Keep going on..

    1. Noor says:
      May 17, 2017 at 3:10 pm

      Thanx..❤

  5. im says:
    May 17, 2017 at 3:08 pm

    v.reethi

    1. Noor says:
      May 17, 2017 at 3:12 pm

      Thanx..❤

  6. Maree says:
    May 17, 2017 at 3:12 pm

    vv reethi

    1. Noor says:
      May 17, 2017 at 3:15 pm

      Thanx.❤

  7. AKI says:
    May 17, 2017 at 3:12 pm

    alhe hadhaan anuvaathi eyrun yaaniu dhera vaane ..pls pls

    1. Noor says:
      May 17, 2017 at 3:16 pm

      Asluves dhw..❤

  8. Zzzaauuu says:
    May 17, 2017 at 3:23 pm

    Vvv obi

    1. Noor says:
      May 17, 2017 at 3:31 pm

      Thanx.❤

  9. mishel says:
    May 17, 2017 at 3:24 pm

    Yaniu and sanaya pls

    1. Noor says:
      May 17, 2017 at 10:56 pm

      Thanx dear..???

  10. Zee says:
    May 17, 2017 at 3:25 pm

    V v v rythi ..

    1. Noor says:
      May 17, 2017 at 3:31 pm

      Thanx.❤

  11. Samee says:
    May 17, 2017 at 3:38 pm

    V nyc mi prt vess.. Waiting 4 nxt prt..

    1. Noor says:
      May 17, 2017 at 3:46 pm

      Thanx.❤

  12. Shifa says:
    May 17, 2017 at 3:40 pm

    Alheyy haadha reehchey ..?. Ekam jiaan ah dheragotheh nahadhahcheyy..

    1. Noor says:
      May 17, 2017 at 10:57 pm

      Thanx dear..yageenthaa..??

  13. Thaa says:
    May 17, 2017 at 3:41 pm

    Wow very nice

    1. Noor says:
      May 17, 2017 at 3:47 pm

      Thanx.❤

  14. rim says:
    May 17, 2017 at 3:43 pm

    miprt ves hama best jiyaan haadha ragalhe dhow kehtheri kamuge misaaleh neh fadha ginafaharu badhal hifaanii dhow nxt prtah v v v v v v v vinthiaaru kuran igey

    1. Noor says:
      May 17, 2017 at 3:48 pm

      Thanx.❤

  15. rim says:
    May 17, 2017 at 3:54 pm

    komme dhuhuku ves mivaahaka up vaane dhow

    1. Noor says:
      May 17, 2017 at 3:57 pm

      Hama liyeveyvarakun daily koh up kohdheveytho balaanan..❤

  16. rim says:
    May 17, 2017 at 4:00 pm

    alhey shanaayaa kihineh baadhow hadhaanii eyna mifaharu hadhaan nuve nudhaane

    1. Noor says:
      May 17, 2017 at 4:04 pm

      Dhemeehun dhekeves nengi loabivevunyma dhw…Lets c who she choose..❤

  17. shanna says:
    May 17, 2017 at 4:03 pm

    waitimg for the next part…. v nice story

    1. Noor says:
      May 17, 2017 at 4:06 pm

      Thanx.❤

  18. i_far says:
    May 17, 2017 at 4:06 pm

    Maa Shaa ALLAH. V reethi.

    1. Noor says:
      May 17, 2017 at 4:07 pm

      Thanx.❤

  19. Desert Rose says:
    May 17, 2017 at 4:40 pm

    Ma sha Allah .. v.reethi ….

    1. Noor says:
      May 17, 2017 at 5:02 pm

      Thanx.❤

  20. Anonymous says:
    May 17, 2017 at 4:42 pm

    woww vvvv salhi.. sanaayaa handaanah annnaytha? yaaniu haadha rangakhey dhw.. mihar thikahala firin v mahdu vaane.. waiting for another part..

    1. Noor says:
      May 17, 2017 at 5:04 pm

      Thanx..❤

  21. Sidhu says:
    May 17, 2017 at 5:11 pm

    Wow v salhi mi part vex. ..yaaniu haadha ragalhey dhw. …shanaaya preg vee kanneyge…waiting for next part

    1. Noor says:
      May 17, 2017 at 5:29 pm

      Thanx.❤

  22. Mary says:
    May 17, 2017 at 7:11 pm

    Nice story dhn Kon irakh next part.. ?????

    1. Noor says:
      May 17, 2017 at 7:26 pm

      Thanx.hopefully tomorrow

  23. Ana says:
    May 17, 2017 at 8:10 pm

    Alhey dhn memory aeema kihineh baa vaany sanaaya fakeeru kaaku ba choose kuraany… Ehaa rangalhu firieh ehery. Sanaya akee naseebu rangalhu dharieh.. Egohyah vaa loabivaane myhun libey.. Adhi eves inthihaa ah

    1. Noor says:
      May 17, 2017 at 10:59 pm

      Hehe..asluves dhw..thanx Ana.??

  24. Ana says:
    May 17, 2017 at 8:22 pm

    Aaah…! mmm..haadha haadha reech’ ey.. ???asarukuruvaa..thnks..waiting..?

    1. Noor says:
      May 17, 2017 at 8:42 pm

      Thanx Ana..

  25. Ana says:
    May 17, 2017 at 8:22 pm

    Aaah…! mmm..haadha haadha reech’ ey.. ???asarukuruvaa..thnks..waiting..?

    1. Noor says:
      May 17, 2017 at 8:43 pm

      ❤❤❤

  26. sheni says:
    May 17, 2017 at 8:41 pm

    v reethi.. next part ves up kolhachey….

    1. Noor says:
      May 17, 2017 at 8:44 pm

      Thanx..sheni..❤❤❤

  27. lily says:
    May 17, 2017 at 9:14 pm

    Ohhh wow v salhi…..

    1. Noor says:
      May 17, 2017 at 9:19 pm

      Hehe.thanx lily..❤❤❤

  28. Faree says:
    May 17, 2017 at 9:29 pm

    v v reethi.. I love this story ..noor…

    1. Noor says:
      May 17, 2017 at 9:37 pm

      ??thanks Faree..??

  29. Shaaa says:
    May 17, 2017 at 9:30 pm

    Oh nooooo. Vv.kiyaahithun indha enimuneee. Can’t wait dear. Make it fastý

    1. Noor says:
      May 17, 2017 at 9:37 pm

      ??thanks Shaaa..??

  30. Eeny says:
    May 17, 2017 at 9:31 pm

    Wow beautiful ??????

    1. Noor says:
      May 17, 2017 at 9:38 pm

      ??thanks Eeny..??

  31. Eeny says:
    May 17, 2017 at 9:32 pm

    ❤❤❤

    1. Noor says:
      May 17, 2017 at 9:39 pm

      ❤❤❤❤❤

  32. Zee says:
    May 17, 2017 at 9:49 pm

    V vvvvvv salhi mipart ves

    1. Noor says:
      May 17, 2017 at 9:50 pm

      ?thanx dear..?

  33. Princess Yaa says:
    May 17, 2017 at 10:43 pm

    Woww. Varah reethi. Konirakun next part. Waiting for next part.

    1. Noor says:
      May 17, 2017 at 11:01 pm

      Thanx Princess Yaa..hopefully tomorrow…???

  34. Aisha says:
    May 17, 2017 at 11:28 pm

    Nuves egi indhaa vaahaka e nimuniee.. Waiting 4 the next part ?

    1. Noor says:
      May 18, 2017 at 1:17 am

      Thanx dear..???

  35. ithoo says:
    May 18, 2017 at 1:52 am

    Awwhh…finally kiyaa levihje..mi part vx hama superb dearr..masha Allah v reethi mi stry dearr..keep it up???

    1. Noor says:
      May 18, 2017 at 6:59 am

      Thanx ithoo
      ❤❤❤

  36. remoo says:
    May 18, 2017 at 3:20 am

    wow this part is v beautiful….

    1. Noor says:
      May 18, 2017 at 7:00 am

      Thanx remoo
      ❤❤❤

  37. shaya says:
    May 18, 2017 at 7:08 am

    woww v v reethi mi vaahaka..

    1. Noor says:
      May 18, 2017 at 8:01 am

      Thanx shaya???

  38. liu says:
    May 18, 2017 at 9:52 am

    Kiyaa hithun indha nimuni 🙁

    1. Noor says:
      May 18, 2017 at 11:30 am

      Thanx dear…will up soon the next part

  39. nonnx says:
    May 18, 2017 at 10:22 am

    KOBAA STORY??WEN UP VAANY??

    1. Noor says:
      May 18, 2017 at 11:31 am

      Thanx dear…will up within a while

  40. shaayan says:
    May 18, 2017 at 3:03 pm

    Hadhasalhi ey… maash Allah… Avahah anei part nerebalàa

    1. Noor says:
      May 18, 2017 at 3:22 pm

      Thanx.❤

Comments are closed.

Next Episodeލޯބި ވެވުމުން ……….17←


All Right Reserved!