ހަވީރުގެ ފިނި ވަގުތުގައި ކަނީރާގޭ ޓެރަސްމަތީ ހުރި މޭޒެއް ކައިރީ ތިން ކުދިން ލެޕްޓޮޕް ހުޅުވައިގެން އެއަށް ގެއްލިފައި އެތިބީ އައި ވަރަށް މުހިންމު އީ މެއިލް އެއް ކިޔާށެވެ. ތިން ކޮފީތަށި މޭޒުގެ އެއްފަރާތުގައި ހުރިއިރު އެންމެންވެސް ތިބީ އެ މެއިލް އަށް ގެއްލިފައެވެ.
ޕްރިންސެސް
އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ވާތްފަރާތުން އެއްފަރާތް ކޮއްލާފައިވާ އިސްތަށިގަނޑު ފަހަތުން އަޑިއަށްވާ ގޮތައް ހުޅި ޖަހާ، ކަނާތްފަރާތުން ކުޑަކޮއް ވެއްޓިފައިވާ ގޮތައް އިސްތަށިގަނޑު ދޫކޮއްލައިފައި ވާއިރު، ކަނާތްފަރާތައް ބޮޑަށް ފެންނަ ގޮތައް އެކި ހިސާބުތަކުގައި ވިދަމުންދާ ތަރިތަކެއް ފަދަ ކުދި ދަތިތަކެއް ޖަހާލާފައިވެއެވެ. މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ލަކްމޭ ބްރޭންޑްގެ ޕައުންޑޭޝަނުން މޫނު އޮމާންކުރެވިފައިވާއިރު، ހަމަ އެ ބްރޭންޑްގެ އައިލައިނާރ އަކުން ލޮލުގެ ބަށްޓަން ރީތި ކޫރެއް ފަދައިން ދަމާލެވިފައިވެއެވެ. އެވޯން ބްރޭންޑްގެ ގަދަ ރަތްކުލައިގެ ލިޕްސްޓިކުން ތުންފަތް ދަނީ ގަދަ ރަތް މަލެއް ފަދައިން ވިދަމުންނެވެ. ކަންފަތުގައިވެސް ތަރިއެއްގެ ބަށްޓަމަށް އިން ވިދާ ބަބުޅާ ކަންފަތުފޫކެއް ހަރުކުރެވިފައިވާއިރު އަރައިން ހުރީވެސް މިއު މިއު ބްރޭންޑްގެ ޑައިމަންޑްސް ހައި ހީލް އަކަށެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ.
އާލިޔާގެ މޫނުމަތިން ކުޑަ ހިނިތުން ވުމެއް ފެންނަ ހިނދު ހީވަނީ މީ އޭނާ މިހާތަނައް އެންމެ ހިތްހަމަޖެހުން ސްޓައިލް ހެންނެވެ. އާލިޔާ ކަބަޑު ހުޅުވާލުމަށްފަހު ޕްރާޑާ ބްރޭންޑްގެ އަތްދަބަސް ނެގުމަށްފަހު މިރޭގެ ހާއްސަ އިވެންޓައް ދިޔުމަށް ނިކުތެވެ. ގޭދޮރުމައްޗައް ނިކުމެވުންއިރު މޯޑް ކާރުގައި އާލިޔާ ބަލާ އައިސް އޮތެވެ. ކާރުގެ ކުރީ ސީޓައް އެރުމަށްފަހު މޯޑުއަށް ބަލާލާފައި އާލިޔާ ހިނިގަނޑެއް ޖަހާލިއެވެ. މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ. އާލިޔާ އަކީ ފިލްމީތަރި އެކެވެ. މޮޑެލް އެކެވެ. އަދި އޭގެ އިތުރުން ރޭޑިޔޯ ޗެނަލް އެއްގެ މަޝްހޫރު ޕޮރޮގްރާމެއް ހުށަހަޅައިދޭ މަޝްހޫރު އާރް ޖޭ އެކެވެ. މިޒަމާނުގައި އެކަމަކައް ހުރިހާ އެންމެން ބޭނުންވާ “މަޝްހޫރުކަން” އޭނާ ހޯދާފައިވެއެވެ.
ކެލްވިން ކްލެއިން ބްރޭންޑްގެ އޮބްސެސަން ސެންޓްގެ މީރުވަހާއެކު، ޖުންޑެލީގެ ޓެރަހުގައިވާ ހާއްސަ ޕާރޓީ ތެރެއަށް އާލިޔާ ވަދެގެން ދާއިރު އެންމެންގެ ލޯތައްވަނީ އޭނާގެ ރީތި ހަށިގަނޑައް ނަޒަރު ހުއްޓިފައެވެ. ފަލަމަސްގަނޑުގެ މެދާއި ހަމައަށް އަރާ އަތްނެއް ކުރުހެދުމެއް ލައިގެން ހުރިއިރު އޭނާ އަށް އިހްސާސްވަނީ އިތްޒަތްތެރި ރާނީ އެއްފަދަ އިހްސާސް ތަކެކެވެ. އަދި މި ޕާރޓީގެ ހާއްސަ މެހެމާނަކީ އޭނާ ފަދައެވެ. އެއީ ވަރަށް ފަހުން ރިލީޒްކުރި އޭނާ ކުޅެފައިވާ ލަވަ އަކަށް ލިބުނު ބޮޑު ތަރުހީބު ފާހަގަ ކުރުމުގެ ގޮތުން އޭގެ ޑައިރެކްޓަރު ބޭއްވަމުންދާ ޕާރޓީ އެކެވެ. ރާއްޖޭގެ މަޝްހޫރު ފިލްމުސްޓާރުންނާއި ބައެއް ވިޔަފާރިވެރިންގެ އިތުރުން އެ މީހުންގެ ރައްޓެހީންތަކުން ފުރިފައިވާ އެ ޕާޓީގައި ގަދަޔައް ލަވަޖަހާފައިވެއެވެ. އެންމެންތައް ނަށާ ކޮޅުކޮޅައް ދުވެ ގުޑުގުޑާ ބޮއި އެކި ކަހަލަ މޮޅެތި ޑްރިންކް ތަށިތައް ހިފައިން މަޖާ ނަގަނީއެވެ. އާލިޔާ ވަށައިގެން ފިރިހެނުން އޭނާޔާއެކު ނަށާ ގައިގާ ކޭއްތި ޖެހޭހާ ސަކަރާތެއް ޖަހަމުން ދިޔައިރު މަޝްހޫރު އެހެން އަންހެންތަރީން ތައް ހަސަދައިގެ ނަޒަރުން އާލިޔާ އަށް ލޯ އަޅަމުންދެއެވެ. ނެށުމާއި، ތައުރީފާއި، މަޖަލާއި ސަކަރާތުގައި ފިރިހެނުންނާއި އަންހެނުންތައް މަސްހުނިވެ މިޔުސިކަށް މަސްތުވެފައިވީ އިރު ވަގުުތުތައް ފާއިތުވާ ގޮތެއްވެސް ހަނދާން ނެތެވެ. ދެތިން ގަޑި އިރަށްފަހު ޕާރޓީ ނިމި އެމީހެއްގެ މަންޒިލައް އެމީހަކު ދިޔުމަށް ނިކުތެވެ. އާލިޔާ ދިޔައީ މޯޑްގެ އެ ގެސްޓް ހައުސްގައި މޯޑް އަށް ހާއްސަ ކޮއްފައިވާ ހާއްސަ ކޮޓަރިއަށެވެ. މޯޑް އާއެކު އެތައް ވަގުތެއް އެ އެނދުމަތީ ވަގުތީ އަރާމާއި ލައްޒަތުގައި ހޭދަކުރުމަށްފަހު މޯޑްގެ ކާރުގެ ތަޅުދަނޑި ހިފައިން އޭނާ ނުކުތީ ގެއަށްދިޔުމަށެވެ.
އެހެން ނަމަވެސް ކާރަށް އެރުމުން އަދިވެސް ހިތްފުރޭ ވަރަށް މަޖާ ނުކުރެވޭ ކަހަލަ އިހްސާސް ތަކެއް ކުރެވެން ފެށިއެވެ. އެހެންކަމުން ކާރު ރަސްފަންނު ބީޗާ ދިމާއަށް މިސްރާބު ޖެހީ އަދި ކުޑަ އިރުކޮޅަކު ދުއްވާލާ މާލެތެރެ ބަލާލުމުގެ ނިޔަތުގައެވެ. ބޭރުމަގުން ހަލުވި ދުވެއްޔެއްގައި ކާރު ދުއްވަމުން ދަނިކޮއް ކުއްލިއަކަށް އެ މަގައް ތެޔޮ ބަރުކޮއްގެން ނިކުތް ބޮޑު ޓްރަކެއް ކައްސާލާ ކޮންޓްރޯލް ގެއްލި އަރިއަޅާލައިގެން އައިސް ޖެހުނީ އާލިޔާގެ ކާރުގައެވެ. އެވަގުތު އެ ކާރުވެސް ފަހަތައް ޓްރަކްގެ ބާރުން ގެންދަމުން ދާއިރު އާލިޔާ އިން ކާރު އެއްފަރާތައް އަރިއަޅާލައިފައިވީއިރު ކާރުގެ އެ ފަރާތް މަގުމަތީގެ ގާތަކުގައި ކޭތްތެމުން ދިޔަ ހިނދުކޮޅުގައި، އެޅުނު އަލިފާން ކަންޏަކުން، ޓްރަކުން ފައިބަމުންދިޔަ ތެޔޮތަކުގައި ހުޅުހިފާ ކާރާއި ޕިކަޕް ބާރު ގޮވުމަކުން ގޮވައިގެން ދިޔައެވެ.
ބޮޑު ގަނޑުވަރެއްފަދަ ރީތި، ތަނަވަސް ގެއެއްގައި އުޅެ ބޮޑުވި އާލިޔާގެ މައިންބަފައިންނަކީ މާލޭގެ މުއްސަނދި އާއިލާ ތަކައް ނިސްބަތްވާ ދެމަފިރިންނެވެ. އާލިޔާގެ ބައްޕަ އަލިމަނިކަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މުއްސަނދި އެންމެ ބޮޑު އެއް ވިޔަފާރިވެރިއެއްގެ އިތުރުން ވަޒީރެއްގެ މަޤާމު ފުރުއްވާ ބޭފުޅެކެވެ. އަދި އާލިޔާގެ މަންމަ ނާދިޔާ އަކީވެސް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެކެވެ. އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިއަކީ އާލިޔާއެވެ. އާލިޔާ ބަލާ ބޮޑުކުރީ އޭނާ ބޭނުން ކޮންމެ އެއްޗެއްދީގެން ބޭނުންވާހާ ކަމެއް ކޮއްދެމުން ފުރިހަމަ މިނިވަނެއްގެ ގޮތުގައެވެ. ރަސްކަލެއްގެ ދަރިއަކަށް ނުވިޔަސް ޕްރިންސެސް އެއް ފަދައިން ދުނިޔޭގައި އުޅުމުގެ ފުރުސަތު ލިބިދިނީ އެމީހުންގެ ހުރިހާވެސް އެއްޗަކީ އެދަރިފުޅު ކަމަށްދެކިގެންނެވެ.
އެ ބޮޑު ގަނޑުވަރެއްފަދަ ގޭތެރެއިން މިއަދު އެއިވެނީ އޭނާގެ އާއިލާ މީހުންތައް ރޯއަޑެވެ. ގައިގެ އެކިތަންތަން ފިހިފައިވާ ފުރާނަ ނެއް ހަށިގަނޑު ކަފުނުން ނިވާ ކޮއްފައިވާއިރު ބޮކަރާއި ކާފޫރުގެ ވަސް މުޅިތާ ހިފާލާފައި ވެއެވެ. އޭނާ ކުރި މޭކަޕް ތަކުގެ އެއްވެސް ކުލައެއް މިއަދަކު އެ ހަށިގަނޑަކު ނެތެވެ. ބޭނުން ކުރަމުންދިޔަ އަގުބޮޑު ސެންޓް ތަކުގެ މީރުވަހެއް މިއަދަކު ނެތެވެ. ލަމުންދިޔަ މޮޅެތި އަގުބޮޑު، މަޝްހޫރު ބްރޭންޑް ތަކުގެ ހެދުންތަކުން އޭނާގެ ކަބަޑު ފުރިފައިވީނަމަވެސް މިއަދު އެ ހަށިގަނޑުގައި އެވަނީ އަގެއްނެއް ހުދު ފޮތިގަނޑެކެވެ. އޭނާ ދުނިޔޭގެ ކުރިމަތީގައި ނިވާކަންކުރު، ގަޔައްބާރު ހެދުންތައް ލައިގެން މީހުންގެ ތައުރީފުގެ ބަސްތައް ހޯދަމުން ދިޔަ ނަމަވެސް މިއަދު ފުރަތަމަ ފަހަރައް ދުނިޔޭގެ ކުރިމަތީގައި ހެ ހަށިގަނޑު އެވަނީ އެއްކޮން ކަފުންކޮއް ނިވާ ކުރެވިފައެވެ. އޭނާ ދުނިޔެއަށް އުފަންވި ވަގުތު ކަންފަތް ކައިރީ ބަންގި ގޮވުނެވެ. މިއަދު ދުނިޔެ ދޫ ކޮއްފައި ދިޔުމުން އޭނާގެ މައްޗައް ކަށިނަމާދު ކުރެވުނެވެ. ދުނިޔޭގައި ގަނޑުވަރެއްފަދަ ބޮޑު ރީތި ގެޔެއްގައި އުޅެ ވުން ނަމަވެސް މިއަދު އެ ވަޅުލެވުނީ ބިމުގެ ފަސްތަކު ތެރޭގައި އެކަނިމާ އެނަންޏެވެ.
………………………………………………………….
ކިތަމެ މޮޅު، އަގުބޮޑު، ތަނަވަސް ދިރިއުޅުމެއް އުޅުނު ނަމަވެސް ކޮންމެ މީހަކަށްވެސް މަރު ބައްދަލު ވާނެއެވެ. ދެންއޮތީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ ހަށިގަނޑު ފަނާވެދަންދެން އެ ވަޅުތެރޭ އޮންނާނީ ހެއްޔެވެ؟ މަރުވުމުން އެ ނިމުނީ ހެއްޔެވެ؟ ނޫނެކެވެ. އެ ކަށްވަޅުތެރޭގައި އޭނާއާ ސުވާލު ކުރެވޭނެއެވެ. އޭނާގެ ދީނަކީ ކޮބައިކަމާއި، އޭނާގެ ރަށްބަކީ ކޮބާތޯ އާއި މުހަންމަދުގެ ފާނަކީ ކާކުތޯ ސުވާލު ކުރެވޭއިރު އޭނާ އަށް އެއަށް ޖަވާބު ދެވޭނެބާއެވެ؟ ކައްވަޅުގެ ބާރުގަދަ ފިއްތާލުމުން އެ އިންސާނާ ފިއްތާލެވި އޭގެ އިތުރުންވެސް ވޭންދެނިވި އެތައް އަޒާބެއް ލިބޭނެކަން ކަށަވަރެވެ. އޭނާ އަށް ހެޔޮ އަމަލެއް ކުރެވިފައި ނުވާތީއެވެ. ﷲ އަންގަވާފައިވާ ގޮތައް ނޫޅެ، ފާފަ އިން ފުރިފައިވާ ނުބައި ކަންތައްތައް ކުރަމުން، އެއީ ރީތި މޮޅު ގޮތެއް ކަމުގައި އެހެންމީހުނައް އޭނާ ދެއްކިއެވެ. ވީމާ އޭނާ ނަމޫނާ އަކަށް ބަލައި އޭނާގެ ސަބަބުން މަގު އޮޅި ފާފަ ކުރާ ކޮންމެ މީހެއްގެ ފާފަވެސް އޭނާއާ ހިއްސާ ވާނެކަން ކަށަވަރެވެ. މާތް ﷲ އައުރަ ނިވާކުރަން އަންގަވާފައިވާއިރު އައުރަ ހާމަ ކުރަމުން ގޮތްގޮތައް ނަގާފައިވާ ފޮޓޯ ތަކާއި ވީޑިއޯތައް އޭނާގެ އިންސްޓާގްރާމާއި ފޭސްބުކް ފުރާލާފައިވާއިރު އެތަކެތި ހިލޭ ފިރިހެނަކު ބަލާ ކޮންމެ ފަހަރަކު އޭނާގެ ފާފަތައްދާނީ އިތުރު ވަމުންނެވެ. އަދި އޭނާ ކުޅުން ފިލްމްތަކާއި ލަވަތައް ކޮބާތޯއެވެ؟ ކުރި ޒިނޭގެ އަމަލުތައް ކޮބާތޯއެވެ؟ އަންހެނާގެ އަޑަކީވެސް އައުރަ އަށް ވާހިނދު އޭނާގެ ރީތި އަންހެން އަޑުން އެންމެންގެ ސަމާލުކަމާއި މަޝްހޫރުކަން ހޯދަން ކުރި މަސައްކަތްތައް ކޮބާތޯއެވެ؟ އެތަކެތިން އޭނާ އެ ހޯދައިގަތީ އޭނާއަށް އެ ދާއިމީ ދުނިޔޭގައި އެއްވެސް ނަފާ އެއް ނުކުރާ ބިރުވެރި ވޭނުން ފުރިފައިވާ ދިރިއުޅުމެކެވެ.
ޓްވިޓަރ، ފޭސްބުކް، އިންސްޓާގްރާމް، ވަޓްސްއެޕް އަދި މި ނޫންވެސް އެތައް އެޕެއްގައި އޭނާގެ 2 ލައްކަ އަށްވުރެ ގިނަ ފޮލޯވަރުން އުޅޭއިރު އެއިން އެއްވެސް މީހެއްގެ ހެޔޮދުއާ އަކުން އޭނާގެ ފާފަތައް ފޮހެވޭނެ ހެއްޔެވެ؟ އޭނާގެ އެކައުންޓްގައި ޖަމާކޮއްފައިވާ އެތައް ލައްކަ ރުފިޔާއަކުން އޭނާއަށް އޭނާގެ ފާފަތަކުގެ ކައްފާރާ ދެވޭނެ ހެއްޔެވެ؟ އެ ފައިސާ ވެސް ހޯދާފައިވަނީ ހަށިގަނޑުގެ ރީތިކަން ހާމަކޮއްގެން ކަމަށްވާއިރު އެއިން ވެސް އޭނާގެ ފާފަތައް އިތުރުވެ އަޒާބުގެ ރަހަ ހިތިވާނޭކަން ކަށަވަރެވެ. އާއެކެވެ. އޭނާ އަށް ދުނިޔޭގައި މަޝްހޫރުކަން ހޯދުނެވެ. ބޭނުން އެއްޗެއް އެއްވެސް އުނި އިތުރެއް ނެތި ހޯދުނެވެ. ދުނިޔެ އިން ބޭނުންތަނަކަށް ބޭނުންވަގުތަކު ދެވުނެވެ. އޭނާގެ މުޅި ދިރިއުޅުން ހޭދަކުރީ މީހުން ކިޔާ އެއްޗަކަށް ބެލުމެއް ނެތި އަމިއްލަ އެދުމާއި، އުފަލާއި މަޖަލުގައެވެ. އޭނާ ބޭނުން ކަމެއް ކުރުމުގެ އަމިއްލަ މިނިވަންކަމާއި ތަނަވަސްކަން ލިބިފައިވިއެވެ. ނަމަވެސް މިއަދު އެ ކައްވަޅު ދަތިވެފައިއެވަނީ އޭނާގެ ނުބައި އަމަލު ތަކުގެ ސަބަބުންނެވެ. އޭނާ އެ ހުރިހާ އެއްޗެއް ހޯދީ ހަރާމް ގޮތުގައެވެ. އަދި އެ ތަކެތި ބޭނުން ކުރީވެސް ﷲ ނުރުއްސަވާ މަގުގައެވެ. އޭނާގެ މައިންބަފައިންނަކީ ތަނަވަސް ގަދަރުހުރި މަތީ މަޤާމުތަކުގައި ތިބި ބައެއް ނަމަވެސް އެމީހުންގެ ދަރިފުޅައް ދެވުނީ ކޯއްޗެއް ހެއްޔެވެ؟ ނަރަކައިގެ އަލިފާންގަނޑު ތެރެއަށް އެއްލާލާނޭ މަގު ތަނަވަސް ކުރުން ނޫން އެހެން ކަމެއް ކޮއްދެވުން ހެއްޔެވެ؟
މިއަދުގެ ބޮޑެތިވަމުން އަންނަ ކުދިންގެ ލޮލުގައި އަޅުވަމުން މިދާ ޕްރިންސެސް ގެ އަދުނުގެ ވިހަގަދަކަން އިހްސާސް ކޮއްލަބަލާށޭވެ. ތިބާ މިފަދަ ޕްރިންސެސް އަކަށް ވާން ބޭނުންވަނީ ދުނިޔޭގެ މި ކުޑަކުޑަ ވަގުތުކޮޅު އާޙިރަތުގެ އުފަލައް ވިއްކާލަން ހެއްޔެވެ؟ އެ އިންސާނާ ބުނާނެއެވެ. ތިމަންނާއަށް އަދި އެއްފުރުސަތު ދޭށެވެ. ތިމަންނާ ހެޔޮކަންތައް ކުރުމަށް އަލުން ދުނިޔެއަށް ފޮނުއްވާށެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ލިބެނީ އެންމެ ފުރުސަތެކެވެ. އަޖަލު އައުމުގެ ކުރިން، އަދި ހުޅަނގުފަރާތުން އިރު އެރުމުގެ ކުރީން ތައުބާވެއްޖެ އަޅެއް ބާއްޖަވެރިވެދާ ހުއްޓެވެ.
މައިމީހާގެ ރަހިމުތެރޭ އެ އިންސާނާ އަށް ފުރާނަ އަޅުއްވާ ދުނިޔޭގައި ލައްވަނީ ﷲގެ ތޯހިރު އަޅެއްގެ ގޮތުގައެވެ. އިންސާނާ ބޮޑުވެ ބޭނުންހާ ގޮތަކަށް އުޅުނު ނަމަވެސް އޭނާގެ އަޖަލު ޖެހުމުން އަނބުރާ ﷲގެ ހަޟްރަތައް އޭނާ ދާން ޖެހެއެވެ. އެދުވަހަކުން އޭނާގެ އަމަލުތަކާމެދު ސުވާލު ކުރެވި ހިސާބު ބެއްލެވޭނެއެވެ. އާއެކެވެ. ތިބާ ކޮއްފައިވާ ހުރިހާ އަމަލެއްގެ ހިސާބު ބެއްލެވޭނެއެވެ. ކިތަމެ ކުޑަކުޑަކަމެއް ނަމަވެސް މެއެވެ. ނަސީބު ލިބިގެންވަނީ މި ދުނިޔެމަތީގައި ﷲ އެންގެވި ގޮތައް އުޅެ ހެޔޮކަމުގެ ތިލަފަތް ބަރު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރި މީހެކަށެވެ.
“ތިޔަބައި މީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައި މީހުންގެ މެދުގައި އެކަކު އަނެކެއްގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރީންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަ ކަމަށްބުނެ މޮޅު ވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެން ލިބިގެން ފެޅި ގަސްތަކެއް ދަނޑުވެރިން އަޖާއިބު ކޮއްފައިވެއެވެ. ދެން އެ ގަސްތައް ހިކި ދެއެވެ. ދެން އެގަހުގެ ފަތްތައް ރީނދޫވެފައިވަނިކޮއް ތިބާއަށް ފެންނާނެތެވެ. ދެން އެހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޙިރަތުގައިވަނީ، ގަދަފަދަ ވެގެންވާ އަޒާބެވެ. އަދި ﷲގެ ހަޟްރަތުންލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ.” ޤުރުއާން 57:20
“ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ އަމަލު ތަކަށް) ތިޔަބައި މީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެއަށް ވެއްދެވެވި މީހާ (ދަންނާށެވެ!) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.” ޤުރުއާން 3:185
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.




V furihama…
Vvvv iburay thari stry e
Masha allha.v furihama
Vvv reethi
Nice
This is the first time I read a story as dawah from esfiya. I really loved it and trust me I got goose bumps while reading the story. Allahumma baarik. I hope to see more dawah in the form of stories from this website instead of romance. May Allah show us the right path and save us from the punishment of the grave. Thumma Aameen
Jazakallah khair.
In Shah Allah. u will see more. This is just a start. 🙂
I agree
v furihama
May Allah bless u and guide us all to the right path…v.furihama..
Heebihi nagaifi hama.. varah furihama. Ibrathun furigenva vaahaka eh. Mikahala ehen vaahaka eh kiyaalan libeyne kamah unmeedhu kuran.. Maa sha allah ❤
Jazakallah Khair. In Shah Allah. Kuriah oithanuge kiyan libeyne. Keep waiting for next part. 🙂
v furihamer.. lolun karuner vers aissi… allahmathin hadhumers verjer.. hope adhi mikahler baivaru vaahker thah esfiyer site medhuveri koh up verner kamer,, :):) :’) <3
Masha Allah iburathunfurigenvaa v reethi vaahakaeh..
Varah furihama iburathun furigenvaa liyun kolheh..hama rangalhahves rovijje..??
iburathun furigenvaa reethi vahakaeh maa sha Allah yaa Allah alhamennah seedhaa vegenvaa magah magu dhakavaadheyve Ameen
Thank you all. So happy to see all the positive comments. Can’t reply everyone separately. Furathama part ves thihaa kamudhiyaeethee varah hihvaru libijje. May Allah bless u all.
wow varah furihama hama rovihje
V.v.v furihama thanks mifadha ibraitheri vahakaeh liyunythy
V v v v v v v v furihama gina gina in mikahala iburathun furigen vaa vaahaka thah kiyaalan libeyne kama ummii dhu koh v v v v ufalun mihurii dhuniyeah gehli hus vumuge kurin aahirathaa medhu visnumah magufahivumah mikahla vaahaka thah v v v v muhimmu thikaha muloomaathun furigen vaagina dharin vumah edhen
V v v vmolhu v v v riiiiiiiiiiiiithi v v v v furihama vvvv ufaavehje allh mathin hadhumavumah vaguthu kolheh libumn dhen kon irakun up koh dheyniiii plx plx plx plx plx plx plx avas avas avas lasnukurahchey rodhamas ves annii beynun mikahala gina vaahakakiyn thankiu so so so so much
Masha Allah. Vahaka v furihama. Unmeedh kuran ithuru vahakathah fennanekam. Jazakallah khairan
Masha Allah! Varah iburai theri story eh! I really loved it… Hope to see more story’s like this than romance in this website. May allah bless you… Masha Allah..
V furihama iburaiytheri.
V iburaitheri furi hama liumeh. V reethi. <3 🙂 adhi vx mikahala liyumeh musthag bolugai genesdhey nekamah unmeedhu kuran.
vv furihama ????????????????
v nice…….
liyun theringe faraathun mi kahala stories mi site in gina in fennaane kamah unmeedhu kuran.
Furatha heekuree mii vaahaka akee muniyeyge hurii molhethi brandthah isthihaaru kuran liyaa vaahakaeh kamah…cox writer says, lakme foundation, lakme eyeliner, miu miu high heel, avon lipstick..ekamu mii vaahaka kiyaaleema vrh shauguverii vejje.. Maa Sha Allah.. Good Job..
Masha Allah .nic
Masha Allah.. Mikahala vaahaka liyaa myhun ithuru vaane nama…
V reethi.keep it up??
Thank you all. In Shah Allah. Will try my best to include more writings.
Masha Allah varah furihama