ބަރުވެފައިވާ ދެލޯ ހުޅުވާލަމުން ޝިމްލާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.
“އަހަރެންނަށް މި ފަޅުގޭގެ ތެރެއަށް ވަދެވުނީ ކިހިނެތް؟”
ޝިމްލާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ދިއްލާފައިހުރި ފުޅިި ބައްތީގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނުފެނެއެވެ. ކުރިން އޭނާއަށް ފެނުނު ބޮޑުކޮޓަރީގެ ބަދަލުގައި އޭނާއަށް މިހާރު ފެންނަނީ އެންމެ އިހުގެ ގޮތަށް ހަދާފައިވާ ގެއެއްގެ އެތެރެގެއެވެ. އެބޮޑު އެނދުގެ ބަދަލުގައި ދެންމެ އެއޮވެވުނީ އާދައިގެ ރޯނު ފުރި އެނދެއްގައެވެ. ކުރިން ފެންނަންހުރި ޒަމާނީ ފަރުނީޗަރުތަކުގެ ބަދަލުގައި އެވަނީ ބާވެ ހަސްނެތިފައިވާ ފޮތިއަލަމާރިއަކާއި ކުޑަ މޭޒެކެވެ. ތެޅިގަލުން ރާނާފައިވާ ފާރުތައް ވަނީ ކަޅުވެފައެވެ. ބައެއް ދިމަދިމާލުގައި ރެނދުލާފައެވެ. އެކި ދިމަދިމާގައި މަކުނުވާ ހެދިފައިވާއިރު ބައްތީގެ އަލިކަމުގެ ސަބަބުން ފާރަށް އެޅިފައިވާ ހިޔަނިތައްވެސް ދައްކުވައިދިނީ ބިރުވެރިކަމުން ފުރިގެންވާ ސޫރަތަކެކެވެ.
“ލަބް ޑަބް ލަބް ޑަބް”
ޝިމްލާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭފަޅާލާފައި ނިކުމެދާނެހެންނެވެ. ރޭގެ ޙާދިޘާ ހިތަށް ވެރިވުމާއިއެކު ޝިމްލާއަށް ހީކުރެވުނީ ނުފެންނަ ބާރަކުން އޭނާ ގައިދުކޮށްފައިވާކަމަށެވެ.
“الله اكبر الله اكبر”
ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ޝިމްލާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގައި ފުނިޖެހިފައިވާ ސުވާލުތައް އެއްފަރާތް ކޮށްލަމުން އެ ބިރުވެރިކަމުން ފުރިގެންވާ ތަނަށް އަދި އެއްފަހަރު ނަޒަރު ހިންގާލިއެވެ. އެއާއިއެކު ޝިމްލާގެ ލޮލުގައި އަޅައިގަތީ ދޮރުފަތް ފީވެ ނައްޓާލާފައިވާ ދޮރެކެވެ. ޝިމްލާ ފަޔަށް ލެވުނުހާ ބާރެއްލާފައި އެދޮރާއި ދިމާއަށް ދުއްވައިގަތެވެ.
ފަޅު ގެއިން ނިކުމެގެން ބާރަށް ދުވެފައި ގޮސް ޝިމްލާގެ ފިޔަވަޅުތައް މަޑުޖެހުނީ ގޭގެ ހަތަރު ފާރު ތެރެއަށް ވަދެވުމުންނެވެ. އޭރު އޭނާއެށް މާނޭވައި ލެވެއެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ.
އެތައް އިރަކު ދޮރުގައި ތެޅުމެށްފެހު މާޔޫސްކަމާއިއެކު ޝިމްލާ ގޮސް އިށީނީ ކާގޭ އޮޅިމަތީގައެވެ. އޭރު ޝިމްލާގެ ކޯތާފަތް ތެމިފައިވަނީ ހޫނު ކަރުނައިންނެވެ. ވާރޭ ހުއްޓާލާފައިވިއަސް އުޑުމަތި ބައްދާލާފައިވާ ކަޅު ވިލާތަކުގެ ސަބަބުން އަނދިރިކަން ވެރިވެފައިވެއެވެ. އިރުއިރުކޮޅާ އެކި ކޮޅުކޮޅަށް ނަޒަރުހިންގަމުންދިޔައިރު ޝިމްލާގެ ހިތުން އެނާމާންކަން އެންމެ ވަގުތުކޮޅަކަށްވެސް ފިލައިގެނެއް ނުދެއެވެ. އަދިވެސް އޭތި އޭނާގެ ގާތުގައި ވާކަމަށް ޝިމްލާގެ ހިތް ބުނަމުންގެންދިޔައެވެ.
“އެއީ ޖިންނިއެއްބާ؟ އެކަމަކު އެޒުވާނާގެ ފަރާތުން އޯގާތެރިކަން ފިޔަވާ އެއްވެސްކަމެއް އަހަންނަކަށް ނުފެނޭ. މީހުން ބުނާއަޑު އަހަރެން އަހަން ޖިންނިން އިންސާނުންގެ ސިފައިގާ އައިސް ގޯނާ ކުރާ ވާހަކަ. އެކަމަކު އޭތި އަހަންނަށް… ކިހިނެތްބާ މިވަނީ؟ މިއީ އަހަންނަށް ފެންނަ ހުވަފެނަކަށް ވާނެނަމަ… އާހް…” ޝިމްލާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ.
ގަޑިންް ހެނދުނު ހަތެއް ޖަހައިފިއެވެ. ގޭގެ ދޮރު ހުޅުވުން އަޑު އިވުމާއިއެކު ޝިމްލާ އަވަސް ފިޔަވަޅު ތަކަކާއިއެކު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
އެހެން ދުވަސްތަކާއި ޚިލާފަށް ޝިމްލާގެ މޫނުމަތިން ބިރުވެރިކަން ފެންނަން ހުރުމުން ޙަލީމައަށް ލިބިގެންދިޔައީ ވަރަށް ބޮޑު އުފަލެކެވެ.
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވެގެންދެއެވެ rxcare.net/. އެރެއަށްފަހު އެ ސޫރަ ޝިމްލާގެ ހިތުގައި ކުރެހިފައިވިއަސް އެރޭގެ ޙާދިސާގެ ސަބަބުން ޝިމްލާގެ ހިތުގައި ބިރުވެރިކަން އަށަގެންފައިވެއެވެ. ކުރިން އެހާ ހިތްވަރުގަދަ ކެތްތެރި ކުއްޖާ މިހާރު އެކަނި ހުންނަން ބިރުގަނެއެވެ. އަދި ބޭރުގައި ނިދަން ޖެހިއްޖެ ރެއަކު ވިއްޔާ އެކުއްޖާ ހުންނަނީ އަބަދުވެސް ސިހިސިހިއެވެ. ރޮއިރޮއި ލޮލުން ކަރުނަ ހިކޭ އިރެއް ނާދެއެވެ.
އަނެއްކޮޅުން ޙަލީމައަށް ޝިމްލާގެ ލޮލުން ބިރުވެރިކަން ފެންނަން ފެށީއްސުރެ އެކުއްޖާއަށް ކުރާ ޖެއްސުން ކުރިއަށްވުރެ ގިނަކޮށްފައިވެއެވެ. އޭނާގެ އަމަލުތައް ހުންނަގޮތުން ހީވަނީ ކޮންމެ ދެރޭން އެއްރޭ އެކުއްޖާ ބޭރަށް ނެރެން ވަޢުދެއް ވެފައިވާހެންނެެވެ.
***
ގަޑިން މެންދަމު ދޭއް ޖެހީއެވެ. އަލްވިންގެ ނިދި މިރޭވެސް ވަނީ މާދުރަށް ގޮސް އޮބާލާފައެވެ. އެނދުމަތީ ދެފަރާތައް ފުރޮޅިލަފުރޮޅިލާ އޮތްއިރު އޭނާގެ ހަނދާނަށް އަންނަމުންދިޔައީ މައިޝާއާއި ރައްޓެހިވެގެން ހޭދަވީ އުފާވެރި ދުވަސްތަކެވެ. އޭނާ ބަލިވެއްޖެނަމަ މައިޝާގެ އަމަލުތައް ހުންނަގޮތެވެ. އެއްގޮތަކަށްވެސް ކައިރިން ދުރަށްދާކަށް ބޭނުމެއް ނުވާނެއެވެ. ގަދަވެ ހުންނައިރު ތަފާތު ވައްތަރުގެ ކާއެއްޗެހި ހަދައިގެން ކާންދެން އުޅޭގޮތެވެ. ބައެއްފަހަރު އަތުން ލަވައިގެން ކާންދޭނެއެވެ. އެކަކު އަނެކަކު ލޮލަށް ނުފެނި އެންމެ ދުވަހެއް ހޭދަކުރަން ޖެހުނަސް ރޭގަނޑު ނުނިދިގެން ދެމީހުން ކުރާ ޝަކުވާތަކެވެ. މިގޮތުގައި އަލްވިން ކިތަންމެ ރެއެއް ނުނިދިގެން ހޭލާއޮވެއެވެ.
***
މިރޭވެސް ޝިމްލާ ހުރީ ގެއިން ބޭރަށް ނެރެފައެވެ. ޙަލީމަގެ ހެދުމެއްގައި ލައްފިލުވާ ޖަހާ ކުލަ ވައްޓާލާފައި ކަމަށް ބުނެއެވެ. ނަމަވެސް ހަޤީޤަތުގައި އެކަން ކުރި މީހަކީ ހުދު ޙަލީމައެވެ. ޝިމްލާ ރޭގަނޑު ގެއިން ބޭރަށްލުމަށް މިފަދަ ކަންތައްކޮށް އޭނާގެ ކުށްތައް ހޯދުމަކީ މިހާރު އާކަމެއްނޫނެވެ.
މިއަދު އެއްޗެތި ދޮންނާށާއި ގޭތެރޭ މަސައްކަތްތަކުގައި އެހާ ބުރަކޮށް އުޅެން ޖެހުމުން ޝިމްލާވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ކަންމިހެން އޮތުމާއިއެކު ކޮޅަށް ގިނައިރު ހުރުމުގެ ސަބަބުން ފައިވާޅަވެގެން ބަނބުކެޔޮ ގަސްދޮށުގައިހުރި ޖޯލިފަތިން ޖޯއްޔެއްގައި ޝިމްލާ ގޮސް އޮށޯވެލިއެވެ. އެއާއިއެކު ފުން ނިންޖެއްގެ ތެރެއަށް އޭނާ ގެނބިގެންދާކަށް މާގިނައިރުތަކެއް ނުވިއެވެ.
ޝިމްލާއަށް ހޭލެވުނީ އޭނާގެ މޫނުގައި އަތް ބީއްސާލުމުންނެވެ. ކުއްލިއަކަށް ޝިމްލާގެ ޚިޔާލަށް އައީ އެރޭގެ ޙާދިސާއެވެ. އެއާއިއެކު ކުއްލިއަކަށް ތެދުވެ ދުއްވައިގަންނަން ކުރި މަސައްކަތްވީ ބޭކާރެވެ. ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ގޮސް ލައިގަތީ މީހެއްގެ މޭމަތީގައެވެ. ކަނު އަނދިރީގެ ތެރެއިންވެސް އެއީ ސާޝާކަން ޝިމްލާގެ ހިތް ބުންޏެވެ.
ސާޝާގެ ހޫނު ނޭވާތައް ޝިމްލާގެ މޫނަށް އެޅެމުންދިޔައިރު ޝިމްލާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ބާރުބާރަށް ހިތް ތެޅެމުން ދިޔަ ނަމަވެސް އެހިތުގައި ކުރިންވީ ބިރުވެރިކަމުގެ އަސަރެއް މިހާރަކު ނެތެވެ.
ސާޝާއަށް ކަންތައްމިކުރެވުނީ އޭނާ ބޭނުންވި ގޮތަކަށްނޫނެވެ. އޭނާ ބޭނުންވީ ހަމައެކަނި ޝިމްލާގެ ރައްކާތެރިކަމަށް އެތަނުގައި ހުންނާށެވެ. ނަމަވެސް އޭނާގެ ބަސްނާހާ ހިތުގެ އެދުމަށް އެމޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތްކޮށް އެމޫނުގައި ފިރުމާލެވުނީއެވެ.
ދަހިތުގައިވެސް ޖަހަމުންދިޔައީ އެއްވިންދެކެވެ. ސާޝާއަށް އިތުރަށް ކެތްކުރަން އުނދަގޫވުމުން އޭނާގެ ދެއަތް ޝިމްލާގެ ހަށިގަނޑުގެ ވަށާލާ ބާރަށް ބައްދާލިއެވެ . ޝިމްލާއަށްވެސް އިތުރަށް ސާޝާއާއި ގާތްވެލެވުނެވެ.
“މިޔައު މިޔައު . . .”
ޝިމްލާއަށް ސިއްސައިގެންގޮސް ދުރަށް ޖެހިލެވުނީ ކައިރިން ބުޅަލެއް ގޮވާލިއަޑު އިވުމުންނެވެ. ތެޅިތެޅިއޮތް ހިތަކާއިއެކު ފަހަތް ބަލާލިއިރު އެކަނު އަނދިރީގެތެރެއިން ޝިމްލާއަށް ފެނުނީ އޭނާއާއި ދާދިގާތުގައިވާ ރަތް އަނގުރުފަދަ ދެލޮލެވެ. ވަގުތުުުުން ޝިމްލާގެ ހެއަށް ގޮތްވިއެވެ.
ވެއްޓެންދިޔަ ޝިމްލާގެ ހަށިގަނޑު ހިކި ފަތެއް އުފުލާލާ ފަދައިން އަތްދަނޑިމައްޗަށް އުފުލާލައިގެން ހުރި ސާޝާގެ ލޯ އަމާޒުވެފައިވަނީ ޝިމްލާގެ މެރިފައިވާ ބޮޑު ދެލޮލަށެވެ.
“ކަލެއަށް މިހާރު ތިނޫން ކަމެއް ނޯވެ ދޯ؟ އަބަދު މިއަންހެނާ ފަހަތުން މުގޯލިއަޅަމުން ތިދުވަނީ އޭނާގެ ކޮންސިފައެއް ރީތިވެގެންތަ؟ އަހަރެމެންނަށްވުރެ އެ އިންސާނުން ކަލެއަށް ކީއްވެތަ މާ ކަމުދަނީ؟” ބުޅަލެއްގެ ސިފައިގައި އިނދެ އަލްކާ ވާހަކަދެއްކިއިރު އޭނާގެ ތޫލި އަޑުގައި ތުރުތުރެއް ހުއްޓެވެ.
“އަލްކާ ކިހިނެތް ވެގެންތަ ތިއުޅެނީ އަހަރެން ފަހަތުން ނުނެއްޓިގެން؟ އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އަލްކާ ނުޖެހޭނެ އަހަންނަށް ފާރަލާކަށް. ހަމަ މިހާރު މިތަނުން ދޭ!” ސާޝާވެސް ރުޅިވެރިކަމާއިއެކު އަލްކާއަށް ބަލާލަމުން ބުނެލިއެވެ https://erektilemed.de/.
“ސާޝާ! އަހަރެން ސާޝާދެކެ ވަރަށް…” އަލްކާގެ ޖުމްލަ މެދުކަނޑާލީ ސާޝާގެ ފިރިހެންވަންތަ އަޑުގައިވީ ހަރުކަށިކަމެވެ.
“ހުއްޓާލާ! މިހާރު ކިތައް ފަހަރު ބުނެފިން އަހަރެން އަލްކާދެކެ ލޯތްބެއް ނުވެޔޭ! ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރައްދޭ. މިބުނީނު ދާށޭ!” ސާޝާގެ ބަސްތައް އަޑުއިވުމުން އަލްކާގެ ހިތުގައި ރިއްސާލިއެވެ. އަދި އަވަސްއަވަހަށް އެތަނުން ދިޔައެވެ.
ޝިމްލާއަށް ލޯ ހުޅުވާލެވުނުއިރު އޮތީ އޭނާގެ ކޮޓަރީގައެވެ. އަނދިރީގެ ތެރެއިން އެއްޗެއް ފެނޭތޯ އޭނާ ލޯ ހިންގާލިއެވެ.
“ޝިމް! ދެން އެހެނެއް ނުވާނެ. ދެން އެއްވެސް މީހެއްގެ ފަރާތުން ޝިމްއަށް އެއްވެސް ގެއްލުމެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން. ސާޝާ އަބަދުވެސް ހުންނާނަން ޝިމްގެ ގާތުގަ ޝިމްގެ ހިޔަނި ފަދައިން. ދެން އަވަހަށް ނިދާލާ.” ދާދި ގާތުން ސާޝާގެ އަޑު އިވެމުންދިޔައެވެ. ޝިމްލާއަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ. މަޑުމަޑުން އެސްފިޔަތައް ތިރިކޮށްލަމުން އެނދުގައި އޮށޯވެލުމާއިއެކު ޝިމްލާއަށް ނިދިއްޖެއެވެ.
“ޝިމްލާ!”
އަޑު އައިލެއް ބާރުކަމުން ޝިމްލާއަށް ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.




Vahaka geneshenbuni dhuvahah nugenesdhevi lasvythy v bodah Sry. Engey mipart kurukanvs ekm Eid chuttyah dhiyaeema veegoi. Unmeedh kuran mi partves rythi vanekamah
woww amzing, gud job, keep it up..
Thnkx HARLEY quinn
Lol
😀
Piss psenhi haadha dhigu inyhizaarekey this kuruvee.. vaahaka reethi..ekum dhen yaanaa ekahala inthizaarehga nubahattachey ingey?ruli akun nunnney mi bunee…story Hama baraabaru? all u did is you kept us in a long waiting…??????????????????????????????????
Ya I know. Thnkx yaanaa
Ehaa reeche nunn psenhi ge mi vaahaka eh
Thnkx 4 commenting. Aavyma kannenge biruveri vahaka nuliyathy 😉
waiting next part… love it♡
Thnkx sam
Reethi hama mi part.. But than kolheh avhah mi story ge baithah up kohdheebala
Thnkx Err. Will try
wow v reethi can’t wating plx next part avass kohladheeba
Thnkx nux.
Salhi hama
Thnkx shan
Furathama part ga in mee biruveri vaahakaeh kamah?…….mihaaru matheega iny loabeege vaahakaeh kamah ekani♥️…..by the way this part is beautiful???……keep it up …..??mihaaru kudakoh boring viyas fahun reethi vaanekamah unmedhu kuran..??waiting for next ep??is Sasha a boy…..bodah vathary girl name aka ehenve ahaaly ??
Sry. Now k dhw. Thnkx Aly
Salhi?…..is Sasha a boy or a girl.??….keep it up.?….mi biruveri vaahakaeh tha nuni loabeege?♥️……mi part ga matheega nei biruveri vaahakaeh kamah jahaafaeh?kuran part ga in …….just asking …..???
Salhi?…..is Sasha a boy or a girl.??….keep it up.?….mi biruveri vaahakaeh tha nuni loabeege?♥️……mi part ga matheega nei biruveri vaahakaeh kamah jahaafaeh?kuran part ga in …….just asking …..???
Sry. Now k dhw. Thnkx Alythnkx loabyge biruveri I guess
V.reethi I love it
Thnkx
Salhi
Is Sasha a boy or a girl
Are u gamaaru .???Lol .
Thnkx Anonymous. V Gina kudhin ahaa dhw EBA girl name ehhey. No its a boy name. Ey boy eh.
Oh wow masha allah v rythi ekam haadha lahunneythi up kollaadheny adhi ehaakurukoh?? v intizaaru kuraa stry eh miee thankolhen avahan up kolladhybala plx plx❤❤❤
Thnkx khajja. I’m tryn my best miharvs
Its really a nice story.. varah reethi mi part.. waiting for next part ???
Thnkx Adha. 🙂
wow ??
🙂
reethi mivaahaka ekam thankolheh kuruveema dheravey
Thnkx. Dheranuvey Dhen dhigukureveytho balaany
haadha reethi story ekay wow amaxing well done psenhi????when next part plx avass kohladhybaa
Thnkx. V ufavejje rythivyma. Dhen kurin vyha laheh nuvane Insha Allah
V amazing story.. waiting for next part.. psenhi kurin name innany mihenthaa???????
Thnkx maroon. Good question. Kurin cenhi. Now psenhi. Don’t u think its just same thing haha 😉
Hehe…same ?❤
Wow haadha rychey
Thnkx Neel
Vvv salhi
Thnkx
V rythi kiyaahithun keiyvany ennoon kon irakuntha nxt prt ??
Thnkx. Tomorw Insha Allah
Wow v salhi