Skip to content
އެސްފިޔަ

ލޯބި ވެވުމުން ……….15

ހުދު ކުލައިގެރީތި ވެޑިން ޑްރެސްގައި ލުއި މޭކަޕެއްގައި ޝަނާޔާގެ ރީތިކަންވަނީ ދެގުނައަށް އިތުރު ވެފައެވެ.

ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އަލަތު ކައިވެންޏަށް ތައްޔާރުވެގެން އިން ޝަނާޔާގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމެވެ.އޭނާގެ ހަށިގަނޑުން އެއްބައި މަދުވެފައިވާ ކަހަލައެވެ.އެހިތަށް ލުޔެއް ލިބޭތޯ ވެސް ވާހަކަ ދައްކާނީވެސް ކާކު ގާތު ކީކޭ ކިޔާފަކަމެއްވެސް އޭނާ އަކަށް ނޭނގެއެވެ.އިނގޭހާވެސް ކަމަކީ އޭނާގެ ހިތުން ބައެއް މަދުވާ ކަމެވެ.އަދި ޔާނިޢުގެ ލޯބިން ޝަނާޔާގެ ހިތް ނުފުރޭ ކަމެވެ.

“ޖިއާން ދަރިފުޅާ!މަންމަ މިއައީ ދަރިފުޅު ވަރަށް އުފާވާނެ ޚަބަރެއް ހިފައިގެން”ޒިންނީރާ ގެ އަޑަށް ޝަނާޔާގެ ހަނދާން ތަކުގައި ނިމިދާން ކައިރި ވެފައިވާ ޖިއާންއަށް ދެލޯ ހުޅުވައި ބަލައިލެވުނެވެ.ޒިންނީރާ އައިސް ދަރިފުޅުގެ މަގަތުގައި އިށީންނަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.”މަންމަ ހަމަ ހައިރާން ވެއްޖެ ދަރިފުޅު ހީވި ހީވުމަކަށް ދަރިފުޅުގެ ޙަޤީގަތް އެނގި ދަރިފުޅުދެކެ އިންތިހާއަށް ލޯބިވި ކުއްޖަކަށް ކުޑަކޮށްވެސް އިތުބާރު ނުކުރީތީ..”މަންމަ ދައްކަން އުޅޭ ވާހަކައެއް ސާފުނުވާތީ ޖިއާން ތެދުވެ ހަމަޖެހިލީ އެވާހަކައަކަށް ޝަޢުޤުވެރި ވީލެއް ބޮޑުކަމުންނެވެ.”އާނ ދަރިފުޅާ…އެކަމުގައި އެ އަންހެން ކުއްޖާގެ ކުށެއް ނެތް.ކޮންމެވެސް ސަބަބަކާއި ހުރެ އެ އަންހެން ކުއްޖާގެ ހަނދާނުން ފޮހެވިފައިވާ ހަނދާން ތަކުން އެއްބައި ދަރިފުޅު ތީ.މަންމަ މިއައީވެސް އެކުއްޖާއަށް ފާރަ ލާފައި….މިހާރުވެސް އޭނައަށް ނޭނގި އެ ހިތުގައި ރަސްކަން ކުރަމުން ދަނީ ދަރިފުޅު.އަވަހަށް ދޭ ދަރިފުޅާ ވަގުތު ފާއިތުނުވަނީސް އޭނައާއި ވާހަކަ ދެއްކޭތޯ ބަލާ..ކިހިނެތް އެނގެނީ…ފަހަރެއްގައި ދަރިފުޅުގެ ވާހަކަތައް އަޑު އަހާފައި އޭނާގެ ހަނދާންތައް އައުވެސް ވެދާނެއްނު.މަންމަގެ ދަރިފުޅު އެހާ ލޯބިވާ ކުއްޖަކު އެހެން މީހެއްގެ ޙައްޤަކަށް ވެދާނެތީ މަންމަ މިއައީ..އަވަހަށް ދޭ ދަރިފުޅާ…”މަންމަގެ ވާހަކަ ތަކުން ހިތްވަރު ލިބުމުން ޖިއާންް އަވަސްވެގަތީ ދުވަސްތަކަކަށްފަހު އޭނާގެ ހިތުގެ ރާނީއާއި އަލުން ބައްދަލު ކޮށް ވާހަކަ ދެއްކުމަށެވެ.ޝަނާޔާ ޔާނިޢު އާއިއެކު އުޅޭތަން ފެނުމުން ޖިއާންގެ ލޭ ކެކޭތީ އޭނާ ޝަނާޔާ ފެންނަ ހިސާބަށްވެސް ނުދާތާ ކިތަންމެ ދުވަހެކެވެ. ހަމަ ޔަޤީނުންވެސް ޖިއާން އޭރު ޝަނާޔާއާއި ވާހަކަ ދައްކަން މަސައްކަތް ކުރިނަމަ ދެމީހުންގެ ދެމެދަށް މިވަރުގެ ބޮޑު ދުރުކަމެއް ނައީހެވެ.

ޖިއާންއަށް އައިސް ކައިވެނިކުރެވޭ ތަނަށް ހުއްޓިލައި ލޯބިން ފުރިގެންވި ނަޒަރަކުން ޝަނާޔާއަށް ބަލައިލެވުނެވެ.ހިތުގައި ނޭނގޭ ރިޙުމެއް އުފެދިފައިވި ޝަނާޔާއަށްވެސް އިސް އުފުލައި ބަލައިލެވުނު އިރު ލޮލުގައި އަޅައިގަތީ ދުރުގައި ޝަނާޔާއަށް ބަލަހައްޓައިގެން ރޮވިފައި ހުރި ޖިއާންއެވެ.އެވަގުތު ޝަނާޔާއަށް އެއީ ހޮސްޕިޓަލުންނާއި ހުވަފެނުންވެސް ފެނުނު ޒުވާނާކަން އެނގުމުން އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ.

އެވަގުތުވީ ޔާނިޢު އަނބި ޤަބޫލުކުރިވެސް ވަގުތަށެވެ.ޖިއާންއަށް ޝަނާޔާއާއި ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުލިބި އޭނާގެ ކުރިމަތީގައި އޭނާ މިއޮއްހުރިހާ ދުވަހު ބަލަމުން ދިޔަ މާ އެހެން މީހަކު އެ ބިނދެލީއެވެ.ޖިއާންގެ އެ ރީތި ދެލޯ ފުރިގެން ބަންޑުން ވަމުންދިޔަ މަންޒަރު ފެނި ޝަނާޔާގެ ދެލޯވެސް ފެންކަޅިވިއެވެ.އަދި އެއީ އޭނާ ހިތުގައި ފޮރުވިފައިވާ ލޯބިކަން އެނގޭ ދުވަހަކުން އެހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟

ޝަނާޔާގެ ލޮލުން ފައިބައިގެން ކަރުނަތައް ޔާނިޢު ފޮހެލައިދިނީ ނުހަނު ލޯބިންނެވެ.މަންޒަރު ބަލަން ތިބި ހުސްނާއާއި ފިރާޝާގެ މޫނު މަތީ ނުފިލާ ހިނިތުންވުމެއްވިއެވެ.ޔާނިޢު އެކޭ އެއްގޮތަށް ދެ މަންމައިންނަށްވެސް ޝަނާޔާގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަ ކަމަށް ހީކުރެވުނެވެ.

ޖިއާން ޝަނާޔާއަށް ފަސްދީފައި ހިނގައިގަތްތަނާ ޝަނާޔާއަށްވެސް ބޭއިޚްތިޔާރުގައި ޖިއާންގެ ފަހަތުން ހިނގައި ގަނެވުނެވެ.އެވަގުތު ޔާނިޢު ޝަނާޔާގެ އަތުގައި ހިފަހައްޓަމުން ވާހަކަ ދެއްކިއެވެ.؛”ދޫންޏާ ކޮންތާކަށް..އަދި ޕާޓީ ނިންމާލާފައޭ ރޫމަށް ދެވޭނީ”.ޔާނިޢު ލާނެއް ރާގެއްގައި ބުނި އެއްޗަކުން ޝަނާޔާ ލަދުގަންނަ ގޮތްވިއެވެ.އަދި ދެއަތުން އެ ބޮޑު ހެދުމުގައި ދެފަރާތުން ހިފަހައްޓައި ހިއްލައިގެން ޔާނިޢު އާއި އެއްކޮށްގޮސް ޕާޓީކުރެވޭ ހޯލަށްވަދެ އެދެމީހުންނަށް ޚާއްސަ ކުރެވިފައިވާ ޖާގައިގައި މަޑުކޮށްލިއެވެ.

ޔާނިޢުގެ ހިތް އުފަލުން ފުރިފައިވީއިރު އެ އުފާވެރިކަން އޭނާގެ މޫނުމަތިންވެސް ހާމަ ވޭވޭ ހުއްޓެވެ.އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.އޭނާގެ މީހަކަށް ޝަނާޔާ ހެދުމަށް ހިތުގައި ލައިގެން އުޅޭތާ ހާދަ ދުވަހެއް ވެއްޖެއެވެ.އެ އާދަޔާއި ޚިލާފު ހުވަފެން ފެނުމުގެ ކުރިން ޝަނާޔާގެވެސް ހިތުގެ ހަމަޖެހުމަކީ ޔާނިޢުއެވެ.ނަމަވެސް އެހުވަފެން ޝަނާޔާގެ ހިތުގައި ހަމަ ޔަޤީނުންވެސް ހާޖާނު ގަނޑެއް އުފައްދައިފިއެވެ.ޝަނާޔާގެ މޫނުމަތިން ފައުޅުވަމުންދިޔަ ނުތަނަވަސްކަން ހުސްނާއަށް ފާހަގަވިޔަސް އޭނާ އަޅާނުލީ އެއީ އައު ކައިވެނީގައި އިޙްސާސްތައް އެފަދަ ގޮތަކަށް ހުރުމީ އެކަށީގެންވާ ކަމަކަށް ވާތީއެވެ

ކަތިލެވިފައިވާ ހިތަކާއިގެން ޖިއާން އަށް ގޮސް ހުއްޓިލެވުނީ ޒިންނީރާގެ ކުރިމައްޗަށެވެ.ދަރިފުޅުގެ މޫނުމަތީގައިގާ މާޔޫސްކަމުގެ ފަހަތުގައި ފޮރުވިފައިވާ ޙަޤީގަތް އޭނާއަށްވުރެ ބޮޑަށް އެނގޭނެ މީހަކުވެސް ނުހުންނާނެއެވެ.ބީވެގެން އެ ދިޔަ ލޯތްބަކީ އެދަރިފުޅު އެ ލޯތްބަކަށްޓަކައި މުޅި ދުނިޔެއާވެސް ހަނގުރާމަ ކުރަން ތައްޔާރަށް ހުރި ލޯތްބެވެ.މަންމަ ފެނުމުން ޖިއާންގެ ކެތްތެރިކަން ކޮޅުންލާ މަންމަ ގައިގައި ބައްދައިގަނެގެން އޮވެ ރޮމުން ދިޔައެވެ.ދަރިފުޅުގެ ހިތާމައިން ޒިންނީރާގެ ހިތަށްވެސް ވަނީ ވަރަށް އަސަރުކޮށްފައެވެ.

ޕާޓީގެ ހުރިހާ ކަމެއްވެސް ދިޔައީ ނުހަނު ފުރިހަމަކޮށެވެ.ހުސްނާގެވެސް ހުރިހާ އުއްމީދެއް ފުރިހަމަ ވެފައިވާ ކަހަލައެވެ.ނަމަވެސް ދަރިފުޅާއި ވަކިވާން ޖެހޭތީ ހިތްވަނީ ކޮންމެވެސް ވަރަކަށް ނާއުއްމީދު ވެފައެވެ.އެކަން ފިރާޝާމެންގެ ދެމަފިރިންނަށް އެނގޭތީ ޝަނާޔާއާއިއެކު ހުސްނާވެސް އެގެއަށް ބަދަލުވުމަށް އެދުނެވެ.އޭނާ އެކަނި ވާނެވަރު ހިތަށް އަރައިފައެވެ.ނަމަވެސް ހުސްނާ އެގޮތެއް ބޭނުމެއް ނުވިއެވެ.އެއީ މާ ރަނގަޅު ގޮތަކަށްވެސް ނުވާނެތީއެވެ.

ފިރާޝާ ޝަނާޔާ ގޮވައިގެން ކޮޓަރިއަށް ދިޔައިރު ޔާނިޢު ދިޔައީ ހުސްނާ ގެއަށް ލާށެވެ.ގެއަށްއައިސް ކާރުން ފޭބުމާއިއެކު އަވަސް ފިޔަވަޅު ތަކެއްގައި ޔާނިޢު ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.އެނދުގައި އިށީންދެލައިގެން އިން ޝަނާޔާގެ ހިތް ތެޅެމުންދަނީ އޮބި ނޯންނަ ވަރަށެވެ.މީ ކައިވެނީގެ ފުރަތަމަ ރޭ ކޮންމެ މީހެއްގެވެސް އިޙްސާސްތައް ހުންނަގޮތް ބާވައެވެ.ކޮޓަރި ދޮރު ހުޅުވުނު އަޑަށް އެދިމާ ބަލައިލެވުނު އިރު ކުރިމަތީގައި ހުރި ޔާނިޢު ފެނިފައި ޝަނާޔާގެ އަތް ފައި ފިނިވެގެން ދިޔައެވެ.އެއީ މިއަދާއި ހަމައަށް އޭނާގެ ހުރިހާ ހިތާމައަކާއި،ތަކުލީފެއްގައި ބައިވެރިވެ ޝަނާޔާއާއި އެންމެ ގާތުގައި ވެދިން ބައިވެރިޔާއެވެ.މިރެއިން ފެށިގެން އޭނާގެ ހުރިހާ އުފަލަކީ ޔާނިޢު ކަމުގައި ހަދާނެއެވެ.އަދި ޝަނާޔާގެ ކުރިމައްޗަށް އެއައި ޒުވާނާއަކީ އޭނާއާއި ގުޅުންހުރި މީހަކަށް ފަހަރެއްގައިވެސް ވިޔަސް އެހަނދާންތައް އޭނާގެ ހިތުގައި ނެތުމަކީ ވެސް ތަޤުދީރެވެ.ވީއިރު ތަޤްދީރާއި ދޭތެރޭ ސުވާލު އުފައްދާ އަންނަން އޮތް މުސްތަޤްބަލް ހަރާބު ކުރުމަކީ ބޭކާރު ކަމެއް ނޫންހެއްޔެވެ؟ކޮންމެ ގޮތެއްވިޔަސް ޝަނާޔާ އެވަނީ ޔާނިޢުގެ ޙައްޤަކަށްވެ އޭނާގެ ޙަޔާތުގައި ޔާނިޢުނުވާ ހުރިހާ ހަނދާތަކެއް މާޒީއަށް ދޫކޮށްފައެވެ.

“އަހަރެން ކުރިމަތީގައި ހުންނައިރުވެސް އަހަރެންގެ ހުވަފެން ދެކެނީތަ؟”ޝަނާޔާއަށް ދުނިޔޭގެ ހޭވެރިކަން ވީ އެތެރެއަށް ވަދެގެން އައި ޔާނިޢުގެ ލާނެތް ބަސްތަކުންނެވެ.ލަދުން އިނދެފައިވެސް އެނދުން ތެދުވެ ޔާނިޢުގެ ކޯޓު ބާލައިދީ ކޮނޑުގައި އަޅުވަމުން އަލަމާރިއަށް ލާން ދޮރުހުޅުވާލިތަނާ ޔާނިޢުގެ ދެއަތުން ޝަނާޔާގެ ބަނޑުގައި ވަށާލިއެވެ.ހީލިކަރުވާލިލެއް ބޮޑުކަމުން އޭނާގެ އަތުން ކޮނޑު ދޫވިއެވެ.ޝަނާޔާގެ މުޅިހަށިގަނޑުގައި ރާޅުބާންޏެއް އުފެދިގެން ދިޔައެވެ.އޭނާގެ އަވަސްވެފައިވާ ނޭވާތަކުން ޔާނިޢުގެ ކެތްތެރިކަންވެސް ކޮޅުންލިއެވެ.ޝަނާޔާގެ ޝޯލްނަގައި ސޯފާއަށް އެއްލަމުން އެރީތި ދޮން ކަނދުރާގައި ބޮސްދެމުންދިޔައީ ވަރަށް ލޯބިންނެވެ.ދެމީހުންގެވެސް ހަރަކާތްތައް އަވަސްވެ އެކަކު އަނެކެއްގެ ފަރާތުން ލޯބި އޭގެ ފުންމިނުން ލިބިގަންނަމުން އެދަނީ ހިތް ފުރޭ ވަރަށެވެ.ދުރުގައި އެމަންޒަރު ބަލަންހުރި ހޫރީންގެ މޫނުމަތީގައި ވަނީ ހިންހަމަ ޖެހުމެވެ.އޭނާއަށް ޖިއާން ލިބުމަށް މަގުފަހި ވަމުންދާތީއެވެ.އެކަމަކު އޭނާ އަދި ޝަނާޔާ އެހާ ފަސޭހައިން ދުލެއް ނުކޮށްލާނެއެވެ.ޝަނާޔާގެ ފޮހެވިފައިވާ ހަނދާންތައް ހަމަ ކޮންމެ ވަގުތެއްގައިވެސް އައިސްދާނެއެވެ.އެދުވަހަކުން އެހިތުގައި އަނެއްކާވެސް ރަސްކަން ކުރާނީ ޖިއާންކަން ޔަޤީނެވެ.ޖިއާންއާއި އެކު ލޯބިން ހޭދަކުރި ވަގުތުތައް ހަނދާނަށް އަޔަސް އެލޯތްބަށް ޝަނާޔާ ނަފްރަތު ކުރާހާ ވަރަށް ޖިއާންއަށްވެގެން ޝަނާޔާއަށް އަނިޔާދޭން އޭނާ ބޭނުން ވެއެވެ.

ޔާނިޢުގެ އަތުތެރޭގައި ނިދާލާފައި އޮތް އޭނާގެ އަނބިމީހާއަށް ބަލަހައްޓައިގެން ޔާނިޢުއަށް އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ.އޭނާ ޝަނާޔާދެކެ ވަރަށް ލޯބިވެއެވެ.ނަމަވެސް ޝަނާޔާއަށް ކުރިމަތިވެފައިވާ ކަންތައްތައް އެނގޭ ހަމައެކަނި މީހަކީވެސް އޭނާއެވެ.ވީއިރު އެކަމުގައި އޭނާ ޝަނާޔާ ކުއްވެރި ނުކުރި ކަމުގައިވިޔަސް ޝަނާޔާގެ ހަށިގަނޑުގައިވާ ނިޝާންތަކާއި އެރޭ އެ ފެނުނު މަންޒަރުން އޭތި ޝަނާޔާާގެ ޢިއްފަތް ފޭރިގަނެފައިވާ ކަމަށް އޭނާއަަށް ހީކުރެވުނެވެ.ނަމަވެސް އޭނާއަށް ޝަނާޔާގެ ފަރާތުން އަލަތު އަނބިމީހާގެ ފަރާތުން ލިބެންޖެހޭ ހުރިހާ އުފަލެއް އެއްވެސް އުނިކަމަކާއި ނުލާ ލިބިފައި ވެއެވެ.ވީއިރު އޭތި ޝަނާޔާއާއި އެފަދަ ގޮތަކަށް ދިމާކުރުމުގެ މަޤްސަދަކީ ކޮބާ ބާވައެވެ.ޝަނާޔާ މޯޅިއަކަށް ދެމިލާ ދެލޯ ހުޅުވާލިއިރު ޔާނިޢު ޝަނާޔާއަށް ބަލަހައްޓައިގެން އޮތް ތަން ފެނުމުން ލަދުންގޮސް ރަޖާތެރެއަށް ވަދެ މޫނު ފޮރުވާލިއެވެ.ޔާނިޢުވެސް ދެރަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.ރަޖާ ގަނޑާއި އެއްކޮށް ޝަނާޔާ ނަގައިގަނެގެން ގެންގޮސް ފާޚާނައަށް ވެއްދިއެވެ.

ދެމަފިރިން އެކުގައި ފެންވަރައި ލައިގެން ނިކުމެ ތައްޔާރުވެލައިގެން ނިކުތްއިރު ފިރާޝާ ހުރީ ސައި ތައްޔާރު ކޮށްފައެވެ.އޭރު ގަޑިން ހަތެއް ޖަހައިފިއެވެ.ފިރާޝާ އެކަނި ސައިތައްޔާރު ކުރުމުން ޝަނާޔާ ހުރީ ވަރަށް ދެރަވެފައެވެ.ނަމަވެސް ރޭގަ އެހާ ލަހުން ނިދާފައި އޭނާއަށް ހޭވެސް ނުލެވުނީއެވެ.”މަންމާ އަޅުގަނޑަށް ތަންކޮޅެއް ލަހުން ހޭލެ………………”ފިރާޝާ ޝަނާޔާގެ ވާހަކަ ހުއްޓުވިއެވެ.”އެއީ އެވަރުގެ ކަމެއް ނޫނޭ ދަރިފުޅާ..އާދޭ އަވަހަށް ސައިބޯން”އެދެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ޝާހިދުވެސް އައިސް ސައިބޯން އިށީނެވެ.އެ ކުޑަކުޑަ ޢާއިލާ ހެނދުނުގެ ނާޝްތާއަށް އިންސާފު ކުރަމުން ދިޔައިރު ޝަނާޔާއިނީ މަންމަ މިއަދު އެކަނިވާނެ ވަރު ހިތަށް އަރައި ދެރަވެފައެވެ.ޔާނިޢުއަށް އެކަން ފާހަގަ ވުމުން ފިރާޝާގާތު ބުނެލާފައި ޝަނާޔާ ގޮވައިގެން ގެއަށް ދިޔައެވެ.ޔާނިޢު ޝަނާޔާގެ އުފާތަކަށް އެވަރަށް ވިސްނާތީ ޝަނާޔާގެ ހިތުގައި ޔާނިޢުގެ ލޯބި ފުންވަމުން ދިޔައެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައީ ޝަނާޔާއާއި ޔާނިޢުގެ ޙަޔާތް އިތުރަށް ބާއްޖަވެރި ކުރުވަމުންނެވެ.ނަމަވެސް ޝަނާޔާގެ ހަނދާންތަކުން ޖިއާންގެ ދުނިގެއަށްވަނީ ހުސްކަމެއް އައިސްފައެވެ.އޭނާގެ ހިތުގެ ތަޅުދަނޑި ނަގާލާފައިވާއިރު ޑަބަލް ކީ ވަނީ ޝަނާޔާގެ އަތުގައެވެ.ޝަނާޔާގެ ލޮލުން ޖިއާން ދުށުމަށްއެދި ކަރުނައެއް ވެއްޓޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާނެއެވެ.

ކޮޓަރި ތެރޭގައި ޔާނިޢުގެ އިންތިޒާރުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝަނާޔާގެ ފިޔަވަލުތަކަށް ހުއްޓުން އެރީ ކޮޓަރި ތެރޭގައި ދިއްލާފައި ހުރި ބޮކި ނިވި ދިއްލެން ފެށުމުންނެވެ.ބޯކޮށް ވާރޭ ވެހެން ފެށީވެސް ހަމަ އެވަގުތުއެވެ.އޭރު ގަޑިން އެކެއް ޖަހަން ދަނީއެވެ.ޔާނީޢު ގުޅާފައި އޮފީހުން އެ ނިކުންނަނީ އޭ ބުނިފަހުންވެސް މިހާރު ގަޑިއެއްގެ އިރުވީއެވެ.މިނޫނީ ދުވަހަކުވެސް ޔާނިޢު މިހާ ލަސްވެފައެއް ނުވެއެވެ.ޝަނާޔާ ބިރުންހުރެ ތުރުތުރުލަމުންދިޔަ އަތަކުން ފޯނުހުޅުވާ ޔާނިޢުގެ ނަމްބަރަަށް ޑައިލް ކޮށްލިއެވެ.ނަމަވެސް ދެފަހަރު ޑައިލް ކުރީމަވެސް ހަމަ ރިންގުވެލާފަ ކެނޑެނީއެވެ.އޭނާގެ ހާސްކަންވީ އިތުރެވެ.ކުއްލިއަކަށް ޖަހާލި ވިދުވަރާއިއެކު އެއްކަލަ ބިރުވެރި ސޫރަކުރިމަތިން ފައުޅު ވޭވޭފަ ގެއްލެމުން ދިޔައެވެ.ޝަނާޔާގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔަވަރުން މުޅި މީހާ ފިނިވެ ފައިކޮޅުން ބާރުދޫވާހެން ހީވިއެވެ.ކޮޓަރިން ނިކުތުމަށް ދުއްވައިގަތްތަނާ ކުއްލިއަކަށް އޭތި އައިސް ޝަނާޔާގެ މަގު ބެއްދިއެވެ.އަދި އޭތީގެ އިނގިލީގެ ތޫނު ވަކިތަކުން ޝަނާޔާގެ މޫނާއި ކަރުގައި މަޑުމަޑުން ކާއްތަމުން ދިޔައެވެ.ބިރުން ފިއްކެނޑިފައިވާ ޝަނާޔާހުރީ ހުރި ފިޔަވަޅުމަތީ ގަނޑުވެފައެވެ.ލޮލަށް ޖަމާވެފައިވާ ކަރުނަތައްވެސް ބިރުންގޮސް ގަނޑުވެފައިވާ ކަހަލައެވެ.އޭތީގެ ތޫނު ވަކިތަކުން ވަތްކެއް ޝަނާޔާގެ ކަރަށް ހަރާލުމުން ވީތަދުން ޝަނާޔާއަށް ރޮއިގަނެވުނެވެ.އެވަގުތު މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ.ހީވީ ދިހަބާރަ ލައިޓް އެކުގައި ދިއްލާލިހެންނެވެ.

އަލިވެގެން ދިޔަލެއް ބޮޑުކަމުން ޝަނާޔާއަށް މޫނުގައި ދެއަތްތިލަ ހުރަސް ކޮށްލެވުނެވެ.ބިރުންހުރެ ދެއިނގިލި ދޭތެރެއިން ބަލައިލިއިރު ކުރިމަތީގައި ރުޅިއައިސް ރަތްވެފައި ހުރި ޒުވާނާ ފެނި ޝަނާޔާގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.އެވަގުތު ޝަނާޔާ ޖިއާންއާއި ދިމާއަށް ކޮށްޕާލުމަށްފަހު އޭތި ދިޔަ ނުދިޔަ ތަނެއް ނޭނގި ގެއްލުނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. Raakiu

    Nice story.. Dhn Kon irakh next part.. ????

    1. Noor
      Raakiu

      Thanx..hopefully tomorrow❤

  2. Akkyy

    Nice story. Thankolheh kury

    1. Noor
      Akkyy

      Thanx dear..❤❤

  3. ssss?

    Wow….. Haadha rychey??… Waiting for next part

    1. Noor
      ssss?

      Thanx dear..❤❤

  4. Eeny

    Varah nala, reethi ??????????

    1. Noor
      Eeny

      Thanx Eeny..❤❤

  5. Shai

    Nice one. Waiting 4 the next part

    1. Noor
      Shai

      Thanx Shai..❤

  6. Lu

    Varah reethi..<3

    1. Noor
      Lu

      Thanx Lu..❤

  7. Ana

    Alhey

    1. Noor
      Ana

      Hehe..❤

  8. Faree

    Wow..cant wait for the next part?

    1. Noor
      Faree

      Thanx Faree..❤

  9. Hunana

    Alhey noon varah kiyaahithun kiyanikon e nimunee… Pls pls pls miyadhu 16 neridhechey pls.

    1. Noor
      Hunana

      Thanx Hunana…❤

  10. Fary

    Nudey thi jiaan a shanaya vvv nice waiting for next part when??

    1. Noor
      Fary

      Thanx Fary..❤

  11. Aai

    Haadha reechey ?? waiting for the next one ??????????loved it

    1. Noor
      Aai

      Thanx Aai..❤

  12. sheni

    v reethi.. next part ves up kolachey….. ??? nice story..

    1. Noor
      sheni

      Thanx sheni..❤

  13. Rainy princess

    Nice as always <3

    1. Noor
      Rainy princess

      Thanx Rainy princess..❤

  14. lily

    Ibaaraayy kurun v fashuvivefa ehaame reethi me kiyamundhaa enmme nice story…thanx for noor…waiting..waiting…

    1. Noor
      lily

      Thanx lily.❤

  15. Princess Yaa

    Ehenveema eiee jiaan eh noon dho aslu shanaayaa ah undhagoo kury. Story anehkkaa ves v thafaath vehje. Varah reethi. Waiting for ths next part

    1. Noor
      Princess Yaa

      Thanx Princess Yaa..❤

  16. Jinn

    Interesting…keep it up
    Waiting for the next part….

    1. Noor
      Jinn

      Thanx Jinn..❤

  17. Khadheeja

    Wwoooow Vv reethi

    1. Noor
      Khadheeja

      Thanx Khadheeja..❤❤

  18. Zee

    Vvvvvvvvvvvvv reethi

    1. Noor
      Zee

      Thanx Zee..❤

  19. Ana

    Loabi vevumun life ah v gina badhal thakeh annaane! All changes r vvvvv nice! Going like that.waiting….????

    1. Noor
      Ana

      Thanks for the lovely comment Ana.??????

  20. Sidhu

    Nice….buxy kamun comment eh vex nukohlevuny…dhn konirakun next part. …..v wait kurevey next part ah

    1. Noor
      Sidhu

      Thanx dear..hopefully today..??

  21. Shifa

    I ship shanaaya and jiaan?.. please jiaan maraanulahcheyyy….. ?..

    1. Noor
      Shifa

      Sure…❤❤

  22. rim

    V v v v v v v ves riiiiithi noor haadha molhey mivaahakaiga kithah prt tha innaanii

    1. Noor
      rim

      Thanx rim..❤❤❤adhi nenge..hama liyany mi reethi ninmumeh genevendhen

Comments are closed.