Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (10)

Psenhi Level 410 Stories100 Comments100 Login
May 10, 2017 4 Mins Read
31 Comments

ޝެލީގެ ފަރާތުން ޚަލަފްގެ ކާވެނި ސަރާއާއި ކުރެވުނުކަން އެނގުނު ދުވަހުން ފިށިގެން އަހަރެން ވާނީ އަމިއްލަ ނަފްސަށް ވަޢުދެއް ވެފައެވެ. ދެން ދުވަހަކުވެސް ފަސްއެނބުރި ނުބެލުމަށެވެ. މާޒީ ހަނދާންކޮށް ކަރުނަ ނޭޅުމަށެވެ. ނަމަވެސް މިހާތަނަށްވެސް އަހަންނަށް ކުރެވުނުހާވެސް ކަމަކީ ކޮންމެވެސް ދުވަހަކުން ޚަލަފް އެނބުރި އަންނާނެކަމަށް އިންތިޒާރުކުރުމެވެ. ނަމަވެސް ދެން އިތުރަށް އިންތިޒާރުކުރުމުގެ މާނައެއް ކޮބާހެއްޔެވެ؟ އަހަރެން ޝަމްމުއާއި މެރީކުރަން ރެޑީކަމަށް ބުނުމުގެ ކުރިން އަހަރެންގެ ފުރަތަމަ ލޯބި ބީވެގެން ދިޔަގޮތް ކުރުގޮތަކަށް ޝަމްމުއަށް ކިޔީދިނީމެވެ. އަދި އަހަރެން ޝަމްމުދެކެ ލޯބިވެވޭތޯ މަސައްކަތް ކުރާނެކަމަށް ބުނީމެވެ. ޝަމްމު ވަރަށް އުފާކުރިއެވެ. އަދި އަހަރެންގެ ހިތް ޝަމްމު އަތުލާނެކަމުގެ ޔަޤީންކަންވެސްދިނެވެ.

މަޖާ މިޖާޒެއްގެ ދެމީހުން ކަމުގައި ވިއަސް ޝަމްމުއާއި ޚަލަފް މުޅީން ތަފާތެވެ. ޚަލަފްއާއި ޚިލާފަށް ޝަމްމު އަހަރެންނާއި މާބޮޑަށް ގައިގޯޅިވެއެއް ނޫޅެއެވެ. ކައިވެންޏަށް ފަހުގައި ނޫނީ ދެމީހުން މަސްހުނިވެގެން އުޅެން ބޭނުން ނުވާ ވާހަކަ ފާޅުގައި ބުންޏެވެ. އަހަރެން މިކަމާ ވަރަށް އުފާކުރީމެވެ. އެއީ އަހަރެންވެސް ބޭނުންވާ ގޮތެވެ. ޝަމްމުއާއިމެދު އޮންނަ ޔަޤީންކަން ކުޑަވާފަދަ އެއްވެސްކަމެއް ވާކަށް އަހަރެންވެސް ނޭދެމެވެ.

ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި އަހަރެން ހުރީ ހިނިތުންވެލައިގެންނެވެ. ކޮށްފައިވާ މޭކަޕްގެ ސަބަބުން އަހަރެންގެ މޫނުމަތި އަލިވެފާ އޮމާންކަމަށް ދައްކާއިރު ޝަމްމުގެ ފަރާތުން އިރުއިރުކޮޅާ އިވިގެންދާ ތަޢުރީފުގެ ބަސްތަކުން އަހަރެން ހުރީ ރަކިވެފައެވެ.

“ޝަމްމުވެސް މިރޭ އެހެން ރޭރެއަށްވުރެ ހެންސަމްއޭ!” އަހަރެން ބުނެލީމެވެ. “އަދި ތިއަށްވުރެ ގިނައިން މިރޭ ތަޢުރީފު ކުރާނެ! ދެމީހުން އެކަނިވީމަ” ޝަމްމު  އަހަރެން އިތުރަށް ރަކިކޮށްލިއެވެ.

ޝަމްމު ހުދު ގަމީހަކާއިއެކު ކަޅު ޓައީއެއް އަޅާފައިވާއިރު ލައިގެންހުރި ނޫކުލައިގެ ކޯޓާއި ފަޓުލޫނުގެ ސަބަބުން ހަޤީޤަތުގައިވެސް ޝަމްމުގެ ފިރިހެންވަންތަކަން މިރޭ އިތުރަށް ދައްކުވައިދެއެވެ. އަހަރެން މިއަދު މިހުރި މަޤާމަށް އެދިގެން އެތަކެއް އަންހެންކުދިންނެއް އުޅެފައި ވާނެކަން ގައިމެވެ.

ޕާޓީއަށް އަންނަ މެހެމާނުން ގިނަވަމުން ދިޔަ ވަރަކަށް އަހަރެން ދިޔައީ ފިނިވަމުންނެވެ. މިކަން ޝަމްމުއަށް ފާހަގަ ކުރެވުނުހެން ހީވެއެވެ. ޝަމްމު އަހަންނާއި އިތުރަށް ކައިރިވެލަމުން އަހަރެންގެ އަތަށް ފިތާލިއެވެ.

އަހަރެން އެއްލި ކަޅިއަކުން ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކަޅު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެން ފިރިހެންވަންތަ ހިނގުމެއްގައި އަހަރެމެންނާއި ދިމާއަށް ހިނގާލާފައި އެއަންނަ ޒުވާނާއެވެ. އެރީތި ސޫރައަށް މާބޮޑު ބަދަލެއް އައިސްފައެއްނެތެވެ. އެއީ އެ ސޫރަ ދެކެލުމަށް ތާއަބަދު އަހަރެންގެ ހިތް އިންތިޒާރު ކުރަމުންއައި ސޫރައެވެ. އެސޫރައެއް އަހަރެންގެ ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރެވިފައިވާ ސޫރައެވެ. އަހަންނަށް ލިބުނު ހައިރާންކަމުން ޝަމްމުގެ އަތުގައި ހިފައިގެންހުރި އަތް ދޫވެގެން ދިޔައެވެ. އަހަރެންގެ ގައިން ބާރު ދޫވާހެންވެސް ހީވިއެވެ.

އަހަންނެކޭ އެއްގޮތަށް ޚަލަފްގެ މޫނުމަތިންވިސް ފެންނަމުންދަނީ ހައިރާންކަމެވެ. އަހަރެންނާއި މިތަނުން ބައްދަލުވާނެކަން ކުރިން އެނގިފައި ނެތްކަން އެމޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތަކުން ހެކިދެއެވެ.

“ހެލޯ ބްރޯ! މީޓް މައި ވައިފް އަފްނާން، ޔޫ ކެން ކޯލްހާ އަފޫ އޯރ ނާން، އޯ މިސިސް ހައިޝަމް. ނާން ދިސް އިޒް މައި ބެސްޓް ބަޑީ މުހައްމަދު ޚަލަފް ޝޯޓްކޮށްލާފަ މުފް އެން ހިސް ލަވިން ވައިފް ސަރާ. ސަރާ ކަމް މީޓް މައި ވައިފް. އަމް ސޯ ސޯ ހެޕީ ޔޫ އަރ ހިއަރ މޭން.” ޝަމްމުގެ މޫނުމަތީވަނީ ފުޅާ ހިނިތުންވުމެކެވެ.

އަހަންނަށް ވީގޮތް ރޭކާލާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ. ޝަމްމުގެ ބެސްޓް ބަޑީއެއްގެ ވާހަކަ އަބަދުވެސް އަހަރެންގެ ކައިރީ ދައްކައެވެ. އެއީ ކުޑައިރުއްސުރެ އެއް ކްލީހެއްގައި ވަރަށް ގިނަދުވަހު އުޅުމުން އެކުވެރި ވެފައިވާ ދެކުދިންނެވެ. ކައިވެނި ކުރެވެންވާއިރަށް އެމީހަކަށް ނާދެވިގެންވެސް ހުރީ ދެރަވެފައެވެ. ނަމަވެސް ޝަމްމުގެ އެންމެގާތް އެކުވެރިޔާ މުފް އަކީ ޚަލަފްއަށް ވެދީނެކަމަކަށް ދުވަހަކުވެސް އަހަންނަށް ހީކުރެވިފައި ނެތެވެ. އަނެއްކޮޅުން ޝަމްމު އަބަދުވެސް ރައްޓެހިންގެ ގާތުގައި އަހަރެންގެ ވާހަކަ ދައްކަނީ އަފޫ އޭ ކިޔައިގެންނެވެ. އެއީ އެންމެ ފުރަތަމަ އަހަންނާއި މުޚާތަބްކުރި ނަމުންނެވެ. އެހެންކަމަށްވީއިރު ޚަލަފްއަށްވެސް ޝަމްމު ކާވެނިކުރީ އަހަންނާއިކަން ނޭނގި އޮވެދާނެއެވެ.

ޚަލަފް ދިއްކޮއްލި އަތުގައި ހިފާލުމަށްފަހު އެމޫނަށް ފުންކޮށް ނަޒަރު ހިންގާލީމެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ޝަކުވާއިން އަހަރެންގެ ހިތް ފުރުނެވެ. އަތް ދޫކޮށްލަންވެސް ނޭނގިފާ އަހަންނަށް ހުރެވުނެވެ.

“އަހަންނާ ސަލާމެއް ނުކުރާނަންތަ؟” އަހަންނާއި ދިމާއަށް ދިއްކޮށްލެވިފައިވާ ސަރާގެ އަތަށް ބަލާލެވުނެވެ. އަވަސް އަވަހަށް ޚަލަފްގެ އަތުން އަތް ދޫކޮށްލަމުން ސަރާއާއި ސަލާމްކޮށްލީމެވެ. އަދި ގަދަކަމުން ހިނިތުންވެލީމެވެ. ސަރާގެ މޫނުމަތީގައިވެސް ފެންނަންހުރީ ހިނިތުންވުމެކެވެ. ސަރާގެ ބޮޑު ބަނޑު ލޮލުގައި އަޅައިގަތީ އެވަގުތެވެ. އަހަރެން އެދެމީހުންނަށް މަރްޙަބާ ކީމެވެ.

އަހަރެންގެ މިޖާޒު މުޅީން ބަދަލުވެއްޖެއެވެ. އެތަށް ދުވަހަކަށްފަހު ލޯކުރިމަތިން އެ ސޫރަ ފެނުމުން އަހަރެންގެ ފަސްއަޅާ ފޮރުވާފައިވާ މާޒީ އަނެއްކާވެސް އަހަރެންގެ ލޯ ކުރިމަތިން ސިފަވަމުން ދަނީއެވެ. އަހަރެން ފެންކަޅިވެފައިވާ ދެލޮލުން ޚަލަފްގެ ކޮންމެ ޙަރަކާތަކަށް ބަލަމުން ގެންދިޔައީމެވެ. ޚަލަފްވެސް އިރު އިރުކޮޅާ އަހަންނަށް ނަޒަރު ހުއްޓާލައެވެ. އެއަށްފަހު އިސްޖަހާލަނީ ކުއްވެރިއެއް ފަދައިންނެވެ.

ޕާޓީ ނިމުމަށްފަހު އެކި މީހުން އެކި ދިމާއަށް ގޮސް ނިމިއްޖެއެވެ. އަހަރެމެން ދާން ހަމަޖެހިފައިވަނީ ޝަމްމު އަހަރެމެން ދިރިއުޅުމަށްޓަކައި ކުއްޔަށް ހިފާފައިވާ އެޕާރޓްމެންޓަށެވެ. ޕާޓީއަށް އައުމުގެ ކުރިން އަހަރެންގެ ފޮށިވެސް ވާނީ އެގެއަށް ފޮނުވާލެވިފައެވެ.

ކާރުގައި އިންއިރުވެސް އަހަންނަށް ވިސްނެމުން ދިޔައީ ޚަލަފްއާއި ދޭތެރޭގައެވެ. ކުށްލިއަކަށް ހިތަށް އައި ޚިޔާލެއްގެ ސަބަބުން އަހަންނަށް ލޯމަރާލެވުނެވެ.

ޝަމްމު ބުނެފެއިވަނީ އެ އެޕާރޓްމެންޓަކީ ދެކޮޓަރީގެ ތަނެއްކަމަށެވެ. ގާތް އެކުވެރިއަކާއިއެކު ޝެއާވާގޮތަށް ހިފާފައިވާ ތަނެއްކަމަށެވެ. އަނެއްކާ… އަހަރެންގެ ބޮލަށް ބާރުވަމުންދިޔައީ ސިކުނޑީގައި ގިނަވަމުންދިޔަ ސުވާލުތަކުގެ ސަބަބުންނެވެ.

“ވެލްކަމް މައި ލަވް.” އެޕާރޓްމެންޓްގެ ދޮރު ހުޅުވާލަމުން ޝަމްމު ބުނެލިއެވެ. އޭރު ކުރިމަތިން ފެންނަމުންދާ މަންޒަރުން އަހަންނަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގަތް ހެންނެވެ. ސޯފާގައި ޖެހިޖެހިގެން އިށީނދެލައިގެން ނުހަނު ގާތުގައި އެތިބީ ޚަލަފްއާއި ސަރާއެވެ. ޝަމްމު އެބުނި ރައްޓެއްސަކީ ޚަލަފްއެވެ. އާއެކެވެ! އަނެއްކާވެސް ޚަލަފްއާއި އެއް ފުރާޅެއްގެ ދަށުގައި އުޅެން އަހަންނަށް މަޖުބޫރުވީއެވެ.

ކީއްވެ ހެއްޔެވެ؟ އަހަރެން ޚަލަފްއާއި ދުރަށްދާން މަސައްކަތް ކުރި ވަރަކަށް ކުރިމައްޗަށް އަންނަނީ ކީއްވެހެއްޔެވެ؟ އަހަރެން ތި ޚިޔާލުތައް ހިތުން ފުހެލަން މަސައްކަތު ކުރިވަރަކަށް އެ ހަނދާންތައް އާކޮށްދެން ތިއުޅެނީ ކީއްވެހެއްޔެވެ؟ އަހަރެން އުފާވެރި ދިރިއުޅުމަކަށްއެދި ކުރިއަށް އެޅި ފިޔަވަޅުވެސް ހުއްޓުވަން މަސައްކަތް ތި ކުރަނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބީކަން އަންގާނުލާ ދުރަށް ކޮއްޕާލުމަށްފަހު މިހިތަށް އިތުރު ޒަހަމްދޭން އަދިވެސް ބޭނުންވަނީ ހެއްޔެވެ؟ އަދިވެސް މިހިތަށް ކުރެވުނު އަނިޔާއިން ނުފުދުނީ ހެއްޔެވެ؟

ކޮންމެ ދުވަހަކު ޚަލަފްގެ އަތުތެރޭ އެހެން މީހަކު ވާތަން ދެކެން އަހަންނަށް ކެތްވާނެހެއްޔެވެ؟ ކޮންމެ ދުވަހަކު އެހެންމީހަކަށް ލޯބިދޭތަން ދެކެން އަހަރެންގެ ދެލޮލަށް ކުޅަދާނަވެގެންވާނެ ހެއްޔެވެ؟ ނޫނެކެވެ. ތިފަދަ ރަހުމްކުޑަ މީހަކަށް ނުވާށެވެ! އަހަރެންވީ ތެދުވެރި ލޯބީގެ ބަދަލް ޚަލަފް އަބަދުވެސް ދޭން ބޭނުންވަނީ އަނިޔާއިން ހެއްޔެވެ؟ މިހިތް ވަރަށް ރޮއްވައިފީމެއްނުން ހެއްޔެވެ؟ އަހަރެން ވަރަށް ކެތްކޮށްފީމެވެ! އެކަމަކު ދެން ކެތެއް ނުވާނެއެވެ. ޒަހަމްވެފައިވާ މިހިތުގެ ރޯ ފާރުތައް އިތުރަށް ފުންނުކުރާށެވެ! އަހަންނަށް އިހްސާސްވަމުން ދިޔައީ އަހަރެންގެ ވަށައިގެންވާ ތަންތަން އެންބުރެމުންދާކަމެވެ. ދެން ވީގޮތެއް ނޭނގެއެވެ.

ހޭވެރިކަން ވީއިރު އަހަރެން އޮތީ ކޮޓަރީ އެނދުމަތީއެވެ. ދެލޯ ހުޅުވާލުމާއިއެކު އަހަންނަށް ފެންނަމުން ދިޔައީ މިރެއަށްޓަކާ ކޮޓަރި ޒީންތްތެރި ކޮށްފައިވާ މިންވަރެވެ.

ކޮޓަރީގެ އެކި ހިސާބުގައި ބަހައްޓާފައިވާ އުއްބައްތިތަކުގެ އަލި ފިޔަވާ އެއްވެސް އަލިކަމެއް ނެތްއިރު ކޮޓަރީގެ ރީތިކަން އިތުރުކޮށްދެއެވެ. އެނދުގެ ވަށައިގެން ރަތްކުލައިގެ ކުދި މާތަކަކުން ތައްޔާރުކޮށްފައިވާ މާފަތިތައް އެލުވާލެވިފައިވެއެވެ. ތެދުވަމުން އެނދަށް ނަޒަރު ހިންގާލިއިރު އަހަންނަށް އޮވެވުނީ ރަތް ފިނިފެންމާ ފިޔައިން އެނދުމަތީ ޑިޒައިން ކޮށްފައިވާ ހިތުގެ މަތީގައެވެ. އަހަރެންގެ މަގަތުގައި އިށީނދެލައިގެން އިން ޝަމްމުގެ ލޮލަށް ނަޒަރު ހިންގާލީމެވެ. އެ މަސްތުން ފުރިގެންވާ ލޮލުން ޝަމްމު އަހަންނަށް ބޭނުންވާވަރު ހާމަވެގެންދެއެވެ.

“ލޯބި ނިދާލާ ދެން މިރޭ. މިއަދު މާ ބިޒީކޮށްލައިގެން އުޅުނީމެ ވަރުބަލިވެފަ ތިހުރީ.” އަހަރެންގެ ފަނިފޮދު ބޮއި ނިމުމުން ހިތުގެ އެދުން ސިއްރުކުރަމުން ޝަމްމު ބުނެލިއެވެ. ޝަމްމުގެ ރަނގަޅުކަމާއި އަހަރެންދެކެ ވާ ލޯބި އެވަގުތުކޮޅުގައިވެސް ހާމަވެގެންދިޔައެވެ. އެހެންކަމުން ޝަމްމު މާޔޫސްކޮށްލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަވަސް ޙަރަކާތަކާއިއެކު އަހަރެން ޝަމްމުގެ މޭގާ ބޯއަޅާލީމެވެ. ޝަމްމުގެ އަތް އަހަރެންގެ ވަށާލިއެވެ. އަދި ލޯބިން ފުރިގެންވާ ބެލުމަކުން އަހަންނަށް ބަލާލިއެވެ. ލަސްތަކެއްނުވެ ދެމީހުން އަލަތު ކާވެނީގެ ލައްޒަތު ލިބިގަތުމަށް ދަތުރު ފަށައިފީމެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. ހުރިހާ އެންމެންނެކޭ އެއްފަދައިން އަހަރެންވެސް ތައްޔާރުވަމުން ދިޔައީ ދަތުރު ދިއުމަށެވެ. ކާވެންޏަށްފަހު ދަތުރުދާން މާ ކުރިއްސުރެ ޝަމްމު ވަނީ ރާވާފައެވެ. މާލެ އަތޮޅު ކުޑަވާލިގިއްޔަށް ދާން ހަމަޖެހިފައިވާއިރު މި ދަތުރުގައި ޢާއިލާގެ މީހުންނާއި ޝަމްމުގެ ބައެއް ރައްޓެހިންވެސް ބައިވެރިވިއެވެ. ޚަލަފްއާއި ސަރާވެސްމެއެވެ.

އަހަރެން ހުރީ ދަތުރު ދާހިތްވެސް ކެނޑިފައެވެ. ނަމަވެސް ޝަމްމުގެ އުފަލަށްޓަކާ އަހަރެން ދަތުރުދާން ނިންމީއެވެ. އަހަރެން ނުގޮއްސިނަމަ ދަތުރު ފަނިވެދާނެތީއެވެ.

ލާންޗު ކުޑަ ވިލިނގިންޔާއި ގާތްވުމުން ބައެއް މީހުންގެ ހަޅޭކުގެ އަޑު އިވުނެވެ. އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. އަހަރެންވެސް މިރަށަށް ދަތުރު އައީ އަދި އަލަށްކަމުން ފޯނުގައި ރީތި ގޮތްގޮތަށް ނަގާފައިވާ އެރަށުގެ މަލަމަތީގެ ފޮޓޯތައް ސޭވްކޮށްލީމެވެ.

ހެނދުނުގެ ސަޔަށްފަހު އެންމެންފެށީ ފައިގަތަޅާ ކުޅޭށެވެ. އަހަރެން ކުޅޭހާތް ނެތުމުން ތަންކޮޅެއް ދުރުގައި ގޮނޑުދޮށުގައިހުރި ރުކެއްގައި ބުރަކަށި ޖައްސާލައިގެން މޫދަށް ނަޒަރު ހުއްޓާލައިގެން ހުރީމެވެ.

ވިލުނޫ ކުލައިގެ މޫދުގެ ތެރެއިން ފޮނުއަރުވަމުންއައިސް ދޮންވެލިގަނޑު މައްޗަށް ރާޅު ބިންދާލާ މަންޒަރު ބަލަން ހުންނަ މީހެއްގެ ހިތަށް ފިނިކަން ލިއްބައިދޭހާ ހާތްގައިމެވެ. ނަމަވެސް އެ މަންޒަރަކުން އަހަރެންގެ ވިރެމުންދާ ހިތަށް ފިނިކަމެއް ލިއްބައެއް ނުދިނެވެ. އެއަށްވުރެ މިހިތަށް ލިބެމުންދިޔަ ވޭނާއި ހޫނު މާވަރުގަދައެވެ.

“ނާން! އަމް ހިއަރ ފޯރ ޔޫ.” ފަހަތުން އަހަރެންގެ ހަށިގަނޑުގައި ބާރަށް ބައްދާލެވިފާވުމުން އަހަރެންގެ މާޔޫސްވެފައިވާ ހިތަށް ފިނިކަމެއް ލިބުނެވެ. އެމޫނު އަހަރެންގެ މޫނުގައި ޖެހިފައިވާއިރު ތުނބުޅީގެ އިސްތަށިތައް އަހަރެންގެ ކޯތާފަތުގައި ފިރުމަމުން ދިޔައެވެ.

“ޚަލަފް!” އަހަރެންގެ ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (30)

Next

ލޯބި އަހަރެން ވާނަމޭ (3)

Next
May 10, 2017

ލޯބި އަހަރެން ވާނަމޭ (3)

Previews
May 9, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (30)

31 Comments!

  1. ithoo says:
    May 10, 2017 at 1:54 am

    Frst tha mi libuny..hehe

  2. ithoo says:
    May 10, 2017 at 2:02 am

    Wowww..v v nice mi part vx..all the best dearr..???

    1. cenhi says:
      May 10, 2017 at 2:14 am

      Hmm. Thnkx. Ithoo nuves nidhantha?? Good nyt

    2. Kiara says:
      May 10, 2017 at 9:01 am

      Hahah ithoo vs first hoadhan feshee dhw.. ?

  3. jinni says:
    May 10, 2017 at 2:58 am

    rythi. ekam shammu ah naan dheyny ngey. dhn innaany last part dhw cenhi

  4. Shaa says:
    May 10, 2017 at 4:49 am

    V salhi

    1. cenhi says:
      May 10, 2017 at 6:16 am

      Thnkx

  5. Kittiy. says:
    May 10, 2017 at 4:57 am

    Wow!! V v salhi..❤

    1. cenhi says:
      May 10, 2017 at 6:15 am

      Thnkx kitty

  6. rosy says:
    May 10, 2017 at 5:25 am

    Ala shamu aaa naan ge bae ganas diba mi haru 2 kaveni kofiviya ajabaka…..
    halaf mihaka idaga hura ula vatharu…..naan vas marry kuri ma nula hadanun faohalan ema kudaimn masa ka kura aka…..
    pls samuaaa naan ge bae genes diba….

    1. cenhi says:
      May 10, 2017 at 6:17 am

      Thnkx rosy BT cenhi akah ehves ehcheh dheyhaeh nuvi.

  7. Coco says:
    May 10, 2017 at 5:56 am

    How many parts left story v rythi

    1. cenhi says:
      May 10, 2017 at 6:21 am

      Dhen last episode innaany. Thnkx coco

  8. Littu says:
    May 10, 2017 at 7:12 am

    Rovaalaafi ehaaavaha nunimaathi haadha lobi vaahaken

    1. Cenhi says:
      May 10, 2017 at 8:05 am

      Thnkx. Littu ma hibbaliyye dhw. Ramlan mas annanvairah vahaka kurukohlafa ninmalany. Dhen Eid ge fahun new story eh fashan kamah

  9. shafu says:
    May 10, 2017 at 8:53 am

    vvv reethi ………waiting for next part

    1. cenhi says:
      May 10, 2017 at 1:34 pm

      Thnkx shafu

  10. Cherry says:
    May 10, 2017 at 8:53 am

    V rythi. Alhey cherry nama kethen nuvaane eh geyeh therey ulhen jehunyma ??????

    1. cenhi says:
      May 10, 2017 at 1:35 pm

      Thnkx cherry.

  11. Kiara says:
    May 10, 2017 at 9:04 am

    Alhey v salhi vaahaka..
    Ekm haadha awahah vaahaka ninmaalanee..?

    1. cenhi says:
      May 10, 2017 at 1:35 pm

      Thnkx kiara. Ya vahaka maa dhiguvyma hadivedhanethy 😉

  12. nonns says:
    May 10, 2017 at 9:52 am

    Varah reethi story. When next part??

    1. cenhi says:
      May 10, 2017 at 1:36 pm

      Thnkx. Dhen v avahah Insha Allah

  13. silver mist says:
    May 10, 2017 at 11:57 am

    Mi part ves vrh reethi

    1. cenhi says:
      May 10, 2017 at 1:37 pm

      Thank you silver mist

  14. Aisha says:
    May 10, 2017 at 12:35 pm

    Wowww??

    1. cenhi says:
      May 10, 2017 at 1:38 pm

      Yey…

  15. AKI says:
    May 10, 2017 at 10:49 pm

    avahah up kohla dheebaa pls pls

    1. cenhi says:
      May 11, 2017 at 1:59 am

      Hama bxy kamun

  16. Sidhu says:
    May 11, 2017 at 8:49 am

    Woh??vvvvvvvvvvv nice….cenhi ge next story akah wait kureveni. ..mikahala salhi story akah…

    1. cenhi says:
      May 11, 2017 at 1:31 pm

      Thnkx

Comments are closed.

Next Episodeއިންތިޒާރެއް މަ ނުކުރާނަމޭ (ފަހުބައި)←


All Right Reserved!