Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (5)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 9, 2017 8 Mins Read
62 Comments

“ހިނގާ ބޭރަށް ނުކުމެލަމާ ތިވާހަކަ ދައްކާލަން.” މާހިރު އެހެން ބުނެލުމުން މިއުވާން މާހިރުއާއެކު ހިނގައިގަތީ އެގޭ ގޯތިތެރޭގައި ހުންނަ އުނދޯލި ގެއަށެވެ. އެއީ ނުހަނު ފުރިހަމައަށް ތައްޔާރުކޮށްފައި ހުރި ކުޑަވަރެއްގެ ސިޓިންގރޫމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިޔާކޮށްފައި އޮތްއިރު އެއްފަރާތުގައި ސޯފާއާއި ގޮނޑިވެސް ބަހައްޓާފައި ހުރެއެވެ. ގޯތި ތެރެއިން އުނދޯލިގެއަށް އަންނަން ހިމަ މަގެއް އޮންނައިރު އެމަގުގައި ވަނީ ގާ އަތުރާފައެވެ. އެމަގާއި އުނދޯލިގެ ވަށައިގެން ބަހައްޓާފައިވާ ގަސްމުށިތަކުގައި އިންދާފައިވާ އެކި ވައްތަރު ވައްތަރުގެ މާގަސްތަކުން އެމާހައުލު އިތުރަށް ހިތްގައިމު ކުރުވައެވެ. ވައި ވަންނަ ގޮތަށް ހުރުމުން އެތަން ނުހަނު އަރާމެވެ.

“ހޫމް. ދަރިފުޅު ކޮން ވާހަކައެއް ދައްކަން ބޭނުންވެގެން ތިއުޅެނީ؟” އުނދޯލީގައި އިށީނދެ ހަމަޖެހިލަމުން މާހިރު އަހާލިއެވެ.

“ފުރަތަމަ ބައްޕަ ދައްކަވަން އުޅުއްވި ވާހަކަ ދައްކަވާ.” މިއުވާން އެހެން ބުނެލުމުން މާހިރު އެންމެ ރަނގަޅޭ ބުނެ އޭނާގެ ވާހަކަ ފެށިއެވެ.

“ބައްޕައަށް މި ހީވަނީ ރަނގަޅަށްތަ؟” މާހިރު މިއުވާންގެ މޫނަށް ރަނގަޅަށް ބަލާލަމުން އަހާލިއެވެ.

“ކޮން އެއްޗެއްތޯ؟” މާހިރު އެ އެހި އެއްޗެއް ނުވިސްނިފައި މިއުވާން އަހާލިއެވެ.

“ދަރިފުޅާ ރުކާންއާ ދެކުދިންގެ ގުޅުމާ ދޭތެރޭ ބައްޕައަށް މި ހީވަނީ ރަނގަޅަށްހޭ؟” މާހިރު ތަންކޮޅެއް ތިލަކޮށް އަހާލިއެވެ.

“ތި ބުނުއްވީ ކިހިނެއްތޯ؟ އަޅުގަނޑަކަށް ނުވިސްނޭ ބައްޕަ ތި ކިޔުއްވާ އެއްޗެއް.” މިއުވާން މާހިރުއާ ދިމާއަށް ނުބަލާ އިނދެ ބުނެލީ މާހިރު އެބުނި އެއްޗެއް އޭނާއަށް ފަހުމްވުމުންނެވެ.

“ދޮގު. ބައްޕައަށް އެނގޭ ބައްޕަ މިބުނި އެއްޗެއް ދަރިފުޅަށް ހަމަ ރަނގަޅަށް އެނގޭނެކަން. ދެން ބުނެބަލަ.” މާހިރު ޔަޤީންކަމާއެކު ބުނެލިގޮތުން މިއުވާންއަށް މާހިރުއާ ދިމާއަށް ބަލާލެވުނެވެ. މާހިރުއަށް އޭނާގެ ހުރިހާ ކަމެއް އެނގޭތީ އޭނާ ނުހަނު ހައިރާންވެ އުފާވެސްވެއެވެ. ދަރިއެއްގެ ކޮންމެ އިހުސާސެއް ދެނެގަންނަން އެނގޭނީ ދަރިންދެކެ ހަޤީޤީ ލޯބިވާ މައިންބަފައިންނަށްކަމަށް މިއުވާން ޤަބޫލުކުރެއެވެ. މައިންބަފައިންނާއި ދަރިންނާ ދެމެދުގައި މިވާ ގުޅުމަކީ ޤުދުރަތީ އަޖައިބެކޭވެސް މިއުވާން ހިތަށްއަރައެވެ.

“އަޅުގަނޑު ކީކޭތޯ ބުނަންވީ؟” މިއުވާން ވަރަށް ނޫންކަމަށް ހެދެމުން އަހާލިއެވެ.

“ދަރިފުޅާ! ޖެހިލުންނުވޭ. ކުރިންވެސް ބައްޕަ ބުނީމެއްނު ދަރިފުޅު ބޭނުން ކޮންމެ ވާހަކައެއްވެސް ބައްޕަ ގާތު ދެއްކޭނެޔޭ. މީ އެންމެ ގާތް ރަޙުމަތްތެރިޔާއޭ ހީކޮށްފަ ހުރިހާ ވާހަކައެއް ކިޔައިދީ. ދަރިފުޅާ ރުކާންގެ ގުޅުން ރަނގަޅެއް ނޫނެއްނު ދޯ؟” މާހިރު އެހެން އަހާލުމުން މިއުވާންއަށް އިސްޖަހާލެވުނީ ދެރަވިވަރުންނެވެ.

“މިވީ ދެމަސްތެރޭ ބައްޕަމެންނަށް ވަރަށް ރަނގަޅަށް އެކަން ފާހަގަ ކުރެވިއްޖެ. ދަރިފުޅާ! ތިއީކީ ރަނގަޅު ގޮތެއް ނޫން. އަނެއްކާ ދަރިފުޅުގެ ސަބަބުންތަ އެހެން އެވަނީ؟” މާހިރު އެހެން އަހާލީ މިއުވާން ކައިވެނީގެ ކުރިން އޭނާގެ ގާތުގައި ދެއްކި ވާހަކައެއް ހަނދާންވުމުންނެވެ. މިއުވާން ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ދެން ކީއްވެ؟” މިއުވާން ޖަވާބެއް ނުދިނެވެ.

“ދަރިފުޅާ! ބައްޕަ މިވާހަކަ މިދައްކަނީ ހަމަ ތިދެކުދިންނަށް ރަނގަޅަކަށް. ލަދުނުގަނެ ކިޔައިދިނީމަ ބައްޕައަށްވެސް ތިކަމުގަ އެހީއެއް ވެވޭނީ.” މާހިރު އެހެން ބުނެލުމުން މިއުވާން ފުން ނޭވައެއް ދޫކޮށްލިއެވެ. ލަދަކާހުރެ ތަދެއް ނުފިލާނެޔާ ބުނާއަޑު އޭނާވެސް އަހައެވެ. އެންމެފަހުން އޭނާ މާހިރުއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެންމެ ވާހަކައެއް ފިޔަވައެވެ. ރުކާންއަށް ފެންނަކަމަށް އެބުނާ ބިރުވެރި ކަންތައްތައް އޭނާ ސިއްރުކުރީ އެވާހަކަތައް އަޑުއިވުމުން މާހިރުމެން ކަންބޮޑުވާނެވަރު ވިސްނާފައެވެ. އަދި އެކަން އޭނާއަށްވެސް ޔަޤީން ނުވާތީއެވެ. އެކަން އޭނާއަށް ޤަބޫލުކުރެވެނީ ރުކާން އޭނާއާ ގާތްނުވާން ދައްކާ ބަހަނާއެއްގެ ގޮތުގައެވެ.

“ބައްޕަ ބުނަންތަ ވާހަކައެއް؟ ދެމަފިރިންގެ ދޭތެރޭގަ އޮންނަ ދުރުކަން ނައްތާލެވޭނީ ދެމަފިރިން ރީތި ގޮތުގަ ވާހަކަ ދައްކައިގެން. މައްސަލަތައް ހައްލުކޮށްގެން. ދަރިފުޅު ރުކާންއާ ވާހަކަދައްކާ އަސްލު މައްސަލައަކީ ކޮބައިތޯ ބަލާ. ތިކަން ހައްލު ނުކުރެވިއްޖެއްޔާ ދެން ޖެހޭނީ ވަކިވާން. އޭރަކުން މާ ރަނގަޅެއް ނުވާނެ ދޯ؟ އޭރުން ދެއާއިލާގެ އެކުވެރިކަންވެސް ކެނޑުނީ. ރަށުތެރޭ ފާޑުފާޑުގެ ވާހަކަތައް ދެކެވެން ފަށާނެ. އެހެން ވެއްޖެއްޔާ ދަރިފުޅާ ރުކާންއާ ދެކުދިންނާ ކައިވެނިކުރަން ބޭނުންވާ އެތައް ކުދިންގެ ހިތުގައި ފޫހިކަންވެސް އުފެދުމަކީ ވެދާނެ ގޮތެއް. އޭރުން ދެން ޖެހޭނީ މީހަކާ ނީނދެ އުމުރު ހުސްކޮށްލަން. އެހެންވީމަ މިކަހަލަ ކިތަންމެ ކަމަކާ ވިސްނަން ޖެހޭނެ.” މާހިރުގެ ވާހަކަތަކުން މިއުވާންއަށް އާ ހިތްވަރެއް ލިބުނެވެ. ކަނިވަމުން ދިޔަ އޭނާގެ ހަޔާތުގެ ހުޅުކޮޅު ދިއްލިގެން ދިޔަހެން އޭނާއަށް ހީވިއެވެ. އޭނާ މާހިރު ގައިގައި ބައްދާލީ އޭނާއަށް އެފަދަ ބަފައަކު ލިބުނީތީ ﷲއަށް ޙަމްދުކުރަމުންނެވެ.

މިއުވާން މިއުވާން ގޭތެރެއަށް ވަންނަން ގޮސްގޮސް ހުއްޓާ ފޯނު ރިންގުވާ އަޑު އިވުނެވެ. ޖީބުން ފޯނު ނަގާ ބަލާލިއިރު ގުޅަނީ ޔާމިންއެވެ. އަވަހަކަށް މަރެއްވެސް ނުވާނެއޭ މިއުވާންގެ ހިތަށްއެރިއެވެ.

“މަނިކުފާނަށް މިހާރު އަހަރެންނާއެކު ކޮފީގަނޑަކަށްވެސް އަރާލެވޭވަރެއް ނުވޭ ދޯ؟ ހަމަ އެހާ ބިޒީތަ؟ އާނ ދެން އެހެންތާ ދޯ ވާނީވެސް. ސައުވީސް ގަޑިއިރު ކަމުގަ ވިއްޔަ އުޅެނީ.” މިއުވާން ފޯނު ނެގުމާއެކު ޔާމިން ފައްޗަކަށް އަމުނާލިއެވެ.

“އޭތް ޔާމްބެ. ބޭކާރު ވާހަކަ ނުދައްކާ އިނގޭ. ކޮންތާކު ތިހުރީ؟” މިއުވާން އަހާލިއެވެ.

“އައްދޭ. ހާދަ ވަރެކޭ ތިވީ. އަދި އަހަރެން އެހާވަރު އެއްޗެއްވެސް ނުބުނަމެއްނު.”

“ހޫމް. ދެން މައްސަލައެއް ނެތޭ. ކޮންތާކުތަ ތިހުރީ؟” މިއުވާން އެހެން އަހާލުމުން ޔާމިން ބުނީ އޭނާ މިއިނީ ގޭގައި ކަމަށެވެ.

“މަޑުކުރައްޗޭ. އަހަރެން މިދަނީ.” މިއުވާން އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ. ދެން އޭނާ މިސްރާބުޖެހީ ބޭރަށް ނުކުންނާށެވެ. އޭނާ ނުކުމެ ނުކުމެ ހުއްޓާ ރުކާން ގޮވާލި އަޑު އިވުނެވެ.

“ކޮންތާކަށް ތިދަނީ؟”

“މިދަނީ ޔާމްބެމެން ގެއަށް. ކިހިނެއްވީ؟” ރުކާންގެ ސުވާލަށް ޖަވާބުދެމުން މިއުވާން ސުވާލުކޮށްލިއެވެ.

“އަހަރެން މަންމަމެން ގެއަށް ލައިދީފަ ދާން ކުޑަ އިރުކޮޅަކު މަޑުކޮށްލަދެވިދާނެތަ؟” ރުކާން އެހެން އަހާލުމުން މިއުވާން ބޯޖަހާލިއެވެ.

“މި އަންނަނީ އިނގޭ.” ރުކާން އެހެން ބުނެލާފައި އެތެރެއަށް ވަނެވެ. ދިހަ ވަރަކަށް މިނެޓް ފަހުން އައީ ކުޑަކޮށް ނަލަ ހެދިލައިގެންނެވެ. މިއުވާން ކަޅިޖަހާނުލާ ރުކާންއަށް ބަލަން ހުރީތީ އޭނާ ހުރީ ލަދުންނެވެ. މިއުވާންއަށް ރުކާންގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. އިއުނާސްހާ ރީތި ނުވިނަމަވެސް ރުކާންއަކީވެސް ހުތުރު ކުއްޖެއް ނޫނެވެ. މާ ދޮން ނޫނަސް ކަޅޭ ބުނާވަރެއް ނުވެއެވެ. އާދައިގެ އިސްކޮޅަކާއި އިސްކޮޅާއި ގުޅޭ ރޫފައެއް ލިބިފައިވެއެވެ. އެ ލޫޅާފަތި ހަށިގަނޑަށް މަހާލާ ޒަމާނީ ހެދުންތަކުން ހުރިހާ އުނި ސިފަތަކެއް ފޮރުވާލާ ފަދައެވެ. މީގެކުރިން މިއުވާންއަށް އެކަން ފާހަގަކުރެވިފައި ނުވަނީ އޭނާގެ ހިތުގައި އަބަދުވެސް އިއުނާސްގެ ސޫރަ ބިންވަޅު ނެގިފައިވުމާއެކު ކޮންމެ އަންހެންކުއްޖަކާ އިއުނާސްއާ އަޅާކިޔޭތީއެވެ. އެފަދަ ރީތިކަމެއް ދެވަނަ އިންސާނަކަށް ލިބިގެންވާނެ ކަމަށް އޭނާ ޤަބޫލެއް ނުކުރެވޭތީއެވެ.

“ހިނގާ ދާން.” ލަދުން ހުރެ ރުކާން އެހެން ބުނެލުމާއެކު މިއުވާން ކުޑަކޮށް ސިހޭގޮތްވެފައި ދޮރާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ރުކާންވެސް އައެވެ.

“ވާން އެތެރެއަކަށް ނުވަންނާނަންތަ؟” ރުކާންގެ ގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމުން ސައިކަލުން ފައިބާފައި ރުކާން އަހާލިއެވެ.

“މިފަހަރަކު ނޫން. އެހެން ފަހަރަކުން ދެމީހުން އެއްކޮށް އަންނާނީ. މިހާރު ޔާމްބެ ހުންނާނީ އަހަރެން ލަސްވެގެން ރަތަށް އަރާފަ. މިދަނީއޭ ބުނި މީހާ ވިއްޔަ މިއުޅެނީ. ހެހެހެ.” ހީލަމުން މިއުވާން އެހެން ބުނެލުމުން ރުކާންވެސް އެހެންވިއްޔާ އަވަހަށް ދާށޭ ބުނެލިއެވެ. މިއުވާން ސައިކަލު ދުއްވާލުމުން ރުކާންވެސް ވަނީ އެތެރެއަށެވެ.

މިއުވާން ސައިކަލު ޕާކުކޮށްލާފައި އެތެރެއަށް ވަތްއިރު ސިޓިންގރޫމުގައި ޔާމިންގެ މަންމައާއި ކޮއްކޮ ތިއްބެވެ. ޔާމިން ވީ ކޮޓަރީގައި ކަމަށް ބުނުމުން މިއުވާން ހިނގައިގަތީ ޔާމިންގެ ކޮޓަރިއާ ދިމާއަށެވެ. މިއުވާން ކޮޓަރި ދޮރު ހުޅުވާލުމާއެކު އައިސް އޭނާގެ މޫނުގައި ޖެހުނީ ބާލީހެކެވެ. އެފަދަ ކަމެއް ކޮށްފާނެކަމަށް ނުވިސްނާ ހުރުމުން ބާލީހުން ޖެހިފައި މިއުވާން ފަހަތަށް އެއްލިގަތް ގޮތަށް ބޯޖެހުނީ ދޮރުގައެވެ.

“ސާބަހޭ! މި ލަސްވީ…” ދޮރު ލައްޕާލާފައި ބޮލުގައި އަތް އުނގުޅަމުން އެނދާއި ދިމާއަށް ދަމުން މިއުވާން ބުނަންފެށި ޖުމްލަ މެދުކަނޑާލަން ޖެހުނީ ޔާމިން އަތުން އެކަން މަނާކުރުމުންނެވެ.

“ނުބުންޏަސް މަށަށް އެނގެޔޭ ލަސްވީ ކީއްވެގެންކަން. އަލަށް ވިއްޔަ މީހަކަށް މީހަކާ އިނދެވިގެން މިއުޅެނީ.” ޔާމިން އެހެން ބުނެލުމުން މިއުވާންއަށް ބޯހޫރާލެވުނެވެ.

“ސާބަހޭ! ތި ރުޅި މަޑުކޮށްބަލަ. ތިހެން އިނީމަ މަށަށް ހީވަނީ މަމީ ދެއަނތްބަށް އިނދެގެން އުޅޭ މީހެއްހެން. ގެއަށް ނައިސް ލަސްވެގެން އަންހެނުން ޝައްކުމަތީ އިންދާ އައިސް ގެއަށް ވަދެވުނުހެން ހީވީ.” މިއުވާން އެހެން ބުނެލުމުން ޔާމިން މޫނު ކުނިކޮށްލިއެވެ.

“ރުޅި މަޑެއް ނުކުރެވޭނެ ދޯ ތިހެން ކަންތައް ކުރަންޏާ. މަނިކުފާނަށް އެނގޭތަ މަނިކުފާނު އަންނަ ވާހަކަ ބުނެގެން ހާދަ މުހިންމު މީޓިންގއެކޭ ކެންސަލްކޮށްލީ. އެކަމަކު ތިހިރީވިއްޔަ އައި ގަޑި. ނަގާނެހާ މަޖަލެއް ނަގާފަ އައިސްފަ ރުޅި މަޑުކުރާށޭ ތިބުނީ.” ޔާމިން އަދިވެސް އިނީ ފުސްމޫނު ހަދައިގެންނެވެ. ޔާމިން އިންގޮތުން މިއުވާންއަށް މަޖާވިއެވެ.

“ތީ ކޮންފަދަ މުހިންމު މީޓިންގއެއްބާ؟ އަނެއްކާ ބިޓެއްގެ ކަމެއްތަ؟”

“އާނ. އުހުނ.” ޔާމިން އަވަސްއަވަހަށް ބުނެލިއެވެ.

“ޔަޤީނޭ ބިޓެއްގެ ކަމެއްކަން. އަދިވެސް ރަނގަޅު ލައިފެއް ފަށާކަށް ނުވިސްނަން ދޯ؟” މިއުވާން ބޯހޫރާލަމުން ބުނެލިއެވެ.

“ލައިފެއް ފަށަންވެގެން ސީރިއަސް ރިލޭޝަންޝިޕެއްގައޭ މިއުޅެނީ. އެހެންވެޔޭ ރުޅިގަދަވެފަ މިއިނީ. މީޓިންގ ކެންސަލްކުރީމަ އޭނަ ހިތްހަމަނުޖެހިފަ ހުރީ. އޭނަވެސް އޭނަގެ ފްރެންޑްސްއާއެކު މެންދުރު ކެއުމަށް ތަނަކަށް ދާން ރާވާފަ މަށާ މީޓްކުރަންވެގެންވިއްޔަ އެކަން ކެންސަލްކުރީ.” ޔާމިން އެހެން ބުނުމުން މިއުވާންއަށް ހީލެވުނެވެ.

“ކީކޭ!!؟ ސީރިއަސްއޭ!!؟ ހާދަ ހީނުވެޔޭ އެކަމް.” މިއުވާން ބެލީ އިތުރަށް ޔާމިން ރުޅިއަރުވާލެވޭތޯއެވެ.

“ދެން ޤަބޫލުކޮށްބަލަ ދޯ. ހަމަ އަހަރެން ކަޅުވެ ހަޑިވެ ދޯ ޤަބޫލުނުކުރަން ތިއުޅެނީ.” ޔާމިން އެހެން ބުނެލުމުން މިއުވާންއަށް ބާރަށް ހެވުނެވެ.

“އުހުނ. އެހެންވެއެއް ނޫން. ޔާމްބެ ސީރިއަސްވެދާނެ ކަމަށް ހަމަ ޤަބޫލު ނުކުރެވެނީ. އާނ އެހެންޏަ. އަހަރެން ހަމަ ސީރިއަސްވެބަލާށޭ ބުނާއިރަށް ބުނާނެވިއްޔަ ތިމަންނައަކަށް ނޭނގެޔޭ ސީރިއަސްއަކީ ކޮން އެއްޗެއްކަމެއް.” މިއުވާން ހީނފައި އިނދެ ބުނެލިއެވެ.

“އެއީ ކުރީގައެއްނު. ވަގުތާ ހާލަތާއެކު ހުރިހާ ކަމެއްވެސް ބަދަލުވާނެ. އޭރު އަހަރެން އުޅުނީ ކަމުދާ ކުއްޖަކު ނުފެނިގެން. އެކަމަކު މިހާރު ފެނިއްޖެ. އޭނަގެ އުޅުމާއި މިޒާޖު އަހަރެންނަށް ވަރަށް ކަމުދޭ. ބަލާލަންވެސް ރީތި. މިހެންގޮސް ކިޔާނެކަމެއް ނެތް. އަހަރެން ބޭނުންވާ ހުރިހާ ސިފައެއް އޭނަގެ އެބަހުރި. އޭނަގެ ފެމިލީއާވެސް ބައްދަލުކޮށްފިން. އެމީހުންވެސް ވަރަށް ޤަބޫލު. އަހަރެމެން މިއުޅެނީ އަންނަ މަހު މެރީކުރަން.” ޔާމިން ބުނެލިގޮތުން މިއުވާންއަށް ހީލެވުނީ އެކުވެރިޔާގެ ދިރިއުޅުމަށް އުފާވެރިކަމެއް ލިބުމުންނެވެ.

“ބަލާބަލަ ހުންނަލެއް ވަގުކަން. ހުރިހާ ކަމެއް ނިންމާލިއިރު އަންގާވެސްނުލާ. އެކަމް ބުނާނެ މީ ބެސްޓީއޭ.”

“ބަލަ އެއްޗެއް އެންގޭނީ ބޭފުޅާއަށް ކޮޓަރިން ނުކުމެވިގެނެއްނު. އަބަދު ކަމުގަ ވިއްޔަ.” ސަމާސާއަކަށް ހަދާފައި ޔާމިން އެބުނި އެއްޗަކުން މިއުވާންގެ ހިނިތުންވުން ފަނޑުވިއެވެ. އެކަން ޔާމީންއަށް ފާހަގަކުރެވުމުން އަވަސްއަވަހަށް ސޮރީއޭ ބުނެލީ މިއުވާން ހިތްހަމަނުޖެހުނީކަމަށް ހީކޮށްފައެވެ. އެގޮތުގައި ދެ އެކުވެރިން އެތައްއިރަކު ވާހަކަދައްކަން ތިބެފައި މިއުވާން ގެއަށް ދިޔައީ އަޞްރު ނަމާދު ވަގުތު ކައިރިވުމުންނެވެ.

**********

“އަހަރެން ރުކޫއާ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް.” ރޭގަނޑު ނިދަން އޮށޯވެފައި މިއުވާން ބުނެލިއެވެ.

“ކޮން ވާހަކައެއް؟”

“މިއަދު ބައްޕަ ދެއްކީ އަހަރެމެންގެ ވާހަކަ. އަހަރެމެންގެ ގުޅުން ރަނގަޅު ނޫންކަން ބައްޕަމެންނަށް ފާހަގަ ކުރެވޭ ވާހަކަ.” މިއުވާން އޮޅުންފިލުވައިދިނެވެ.

“ދެން ވާން ބުނީ ކީކޭ؟” ރުކާން އޮތީ މިއުވާން މާހިރު ގާތުގައި ބުނީ ކީކޭބާއޭ ހިތަށް އަރައަރައެވެ.

“ދެން އެވާހަކަ ބާއްވާ. ވީކަމެއް ނުވާ ކަމަކަށް ނުހެދޭނެއެއްނު ދޯ؟ ދެން ހިނގާ އަހަރެމެން ދެމީހުންނަކީ ދެމަފިރިންކަން ޤަބޫލުކުރެވެންދެން، ކުރިންވެސް އުޅުނުހެން ފްރެންޑްސްގެ ގޮތުގަ އުޅެން. އޭރަކުން މަންމަމެންނަކަށްވެސް އަދި އެހެން މީހުންނަކަށްވެސް އަހަރެމެންގެ ގުޅުމާ ދޭތެރޭ އެގޮތަކަށް ފީލްއެއް ނުވާނެއެއްނު.” މިއުވާން ބުނެލިއެވެ.

“ހޫމް. އަހަރެން ވާހަކައެއް އަހާލަންތަ؟” ރުކާން އެހެން އަހާލުމުން މައްޗަށް ބަލަހައްޓައިގެން އޮތް މިއުވާން ބޯޖަހާލިއެވެ.

“މިހާރު ވާން ހިތަށްއަރާ ދޯ އަހަރެންނާ މެރީ ނުކުރެވުނުނަމައޭ؟” ރުކާންގެ ސުވާލުން ކުޑަކޮށް ސިހިފައި މިއުވާން ރުކާންއަށް ބަލާލިއެވެ. އެއީ އޭނާ އަބަދުވެސް ހިތަށްއަރާ އެއްޗެކެވެ. ރުކާންއާ ކައިވެނިކުރުން އެއީ އޭނާއަށް ކުރެވުނު ކުށެއްކަމުގައި އޭނާއަށް އިހުސާސްވަނީއެވެ. އޭނާގެ ސަބަބުން ރުކާންގެ ދިރިއުޅުން ބަނަވެގެން ދިޔައީކަމަށް އޭނާއަށް ޤަބޫލުކުރެވެނީއެވެ. އަނެއްކޮޅުން އޭނާއަށް އެކައިވެނިން އެއްވެސް އުފަލެއް ނުލިބޭތީ އެއީ ކުރެވުނު ބޭކާރު ކަމެއްކަމުގައިވެސް ދެކެވެނީއެވެ.

“ކީއްވެ އެހެން ހިތަށް އަރަންވީ؟” މިއުވާން އޭނާގެ ހިތުގެ އުދާސްތައް ފޮރުވަމުން އަހާލިއެވެ.

“އެއީ ވާން އަހަރެންދެކެ ލޯބިނުވާތީ. އަދިވެސް ވާންގެ ހިތުން ނާސްގެ ހަނދާންތައް ނުފިލާތީ. އަހަރެންގެ ފަރާތުން ވާންއަށް ކައިވެނީގެ އެއްވެސް އުފަލެއް ނުލިބޭތީ.” ރުކާން އެހެން ބުނެލުމުން މިއުވާން ލޯމަރާލިއެވެ.

“ނޫން. އެހެން ހިތަކަށް ނާރާ. އެކަމަކު.. އަހަރެން ވަރަށް ހިތަށްއަރާ އަހަރެންނަކީ ސިއްޙަތު ސަލާމަތުން ހުރި ހިއްސުތައް ހަމަ ފިރިހެނެއްކަން ރުކޫއަށް ވިސްނޭނީ ކޮން ދުވަހަކުންބާއޭ. ދިރިއުޅުމުގެ ވަރަށް މުހިންމު ކަމެއް އަހަރެންނަށް އުނިވާކަން ރުކޫއަށް ވިސްނޭނީ ކޮން ދުވަހަކުންބާއޭ. ކައިވެންޏެއްކޮށް އެއް ތަންމަތީ ނިދާ ހަދާއިރުވެސް އެއްވެސް އުފަލެއް ނުލިބި ހުރުން އެއީ ކޮންކަހަލަ އިހުސާސެއް ކުރެވޭ ކަމެއްކަން ރުކޫއަށް ވިސްނޭނެނަމައޭ. އަހަރެންނަށް މިހެން އަބަދު ހުރެވޭނެބާއޭވެސް އަހަރެން ވަރަށް ހިތަށްއަރާ. އަހަރެން ބިރުގަނޭ އަހަރެންނަށް އެފަދަ ނުބައި ކަމަކަށް އަރައިގަނެވިދާނެތީ. އަހަރެންނަށް ކިތަންމެ އުނދަގޫވިޔަސް އަހަރެން ކެތްކުރާނަން. އިރާދަކުރެއްވިއްޔާ އަހަރެންނަށް ކެތްކުރެވޭނެ. ރުކޫ ތީ އަހަރެންގެ އަންހެނުންނަށްވިޔަސް ރުކޫގެ ނުރުހުމުގަ އަހަރެން އެފަދަ ގޮތަކަށް ރުކޫ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާނަން. އަހަރެންނަކީ އެހާ އަމިއްލަ އެދުން ބޮޑު، އެހާ ރަޙުމުކުޑަ މީހެއްނޫން.” މިއުވާންގެ ވާހަކަތަކުން ރުކާން ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ހިތުގައި ޖެހުނުވަރުން އޭނާއަށް ވަގުތުން ރޮވިއްޖެއެވެ.

“ރުކޫ ރޮނީތަ؟”

“އަހަރެންވެސް ޤަބޫލުކުރަން އަހަރެންނަށް އަނތްބެއްގެ ވާޖިބު އެންމެ ފުރިހަމައަށް އަދާނުކުރެވޭކަން. އެކަމަކު އަހަރެން ވާންގެ އެއްވެސް އުފަލަކަށް ހުރަސް އަޅާކަށް މަސައްކަތެއް ނުކުރަން. އަހަރެން ވާންގެ އަނތްބަކަށްވީ ވަގުތުން ފެށިގެން އަހަރެންގެ މި ހަށިގަނޑަކީ ވާންގެ ޙައްޤެއް. އަހަރެން މިހުރީ އެޙައްޤު ވާންއަށް ދީގެން. އެކަމަކު އަހަރެންނަކަށް ނޭނގެ އަހަރެންނާ ވާންއާ ދެމެދަށް ހުރަސް އަޅަނީ ކޮންކަމެއްކަމެއް. އަހަރެން ވާންއާ ގާތްވާ ކޮންމެ ވަގުތަކު އަހަރެންނަށް ތަފާތު އުނދަގޫތަކެއްވޭ. ފާޑުފާޑުގެ އަޑުއަޑު އިވި ބިރުވެރި އެއްޗެހި ފެންނަނީ ކީއްވެކަމެއް އަހަރެންނަކަށް ނޭނގެ. އަދި އަހަރެންނަކަށް ނޭނގެ ވާންއަށް މިކަން ޤަބޫލުކޮށްދޭން ހަދާނެ ގޮތެއްވެސް. އަހަރެންނަށް އެނގޭ ވާންއަށް މިކަން ޤަބޫލު ނުކުރެވޭނެކަންވެސް.” ރުކާން ރޮމުން ވާހަކަދެއްކިއެވެ. އެއަޑުންވެސް އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފިކަން މިއުވާންއަށް އެނގުނެވެ.

“ވީކަމެއްވެ ނިމުނީ. އެވީ ހުރިހާ ކަމަކަށް އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން. އެކަމަކު އެއީ އަހަރެން ގަސްތުގަ ކުރި ކަންކަމެއް ނޫން. އަހަރެން ވާންއަށް އެއްވެސް ދެރައެއް ދޭކަށް ބޭނުމެއްނޫން. އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން މި ކައިވެންޏަށް އެއްބަސްވީ ހިތުން ރުހުމުންނޭ. އެއީ އަހަރެން ވާންދެކެ ލޯބިވާތީ.” ރުކާން ދެލޯ ފޮހެލަމުން ބުނެލިއެވެ. ރުކާން އެންމެފަހުން އެބުނި އެއްޗަކުން މިއުވާންއަށް ސިހިފައި ބަލާލެވުނީ ރުކާން އެބުނި އެއްޗެއް ޔަޤީން ނުކުރެވިގެންނެވެ.

“ވަޓް؟ އާރ ޔޫ ސީރިއަސް؟ ނޫނީ…”

“ނޫން ވާން. މީ ހަމަ ތެދެއް. ހަޤީޤަތެއް. އަހަރެން ވާންދެކެ ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އެއީ އިއްޔެއަކު މިއަދަކު ވީ ލޯތްބެއް ނޫން. މާ ކުރީއްސުރެވެސް އަހަރެން ވާންދެކެ ލޯބިވޭ. އެކަމަކު ރަޙުމަތްތެރިކަން ގެއްލިދާނެތީ ބުނަން ނުކެރުނީ. އެހެން ހުއްޓާ ވާން ނާސްއާ ގުޅުނީ. އެހިސާބުން އަހަރެން ނިންމީ…”

“ދެން އެވާހަކަ ނުދައްކާ.” މިއުވާން އެހެން ބުނަމުން ރުކާން އޭނާގެ ގަޔާލާ ބޮނޑިކޮށްލިއެވެ. ރުކާންވެސް މިއުވާންގެ ގައިގައި ބައްދާލީ މިއުވާންގެ ހިތް އޭނާއަށްޓަކައި ސާފުވީކަމުގެ ހިތްހަމަޖެހުމާއެކުގައެވެ. މިއުވާން ރުކާން ގަޔާ ދުރުކޮށްލަމުން ރުކާންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލިއެވެ. ދެން މަޑުމަޑުން އެތުންފަތުގައި ލޯބިކޮށްލިއެވެ. މިއުވާންގެ ލޮލުން ފެނުނު މަސްތުކަމަކުން ރުކާންގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. މިއުވާންގެ އަތުން ރުކާން ނިދަންލާ ޓީޝާޓް ހިއްލާލަން ހިފުމާއެކު ރުކާން މިއުވާންގެ އަތުގައި ހިފެހެއްޓިއެވެ.

“ރުކޫ ތިއުޅެނީ އަހަރެންގެ ކެތްތެރިކަން އިމްތިހާން ކުރަންތަ؟ ޕްލީޒް މިރޭ ނުހުއްޓުވާ. މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި.” ރުކާންގެ ކަންފަތްދޮށުގައި ވައި އަޑުން މިއުވާން ބުނެލިއެވެ. އެހެން ބުނެފައި މިއުވާން އަނެއްކާވެސް ރުކާންގެ ޓީޝާޓްގައި ހިފާލިއެވެ.

“ސޮރީ ވާން. އަހަރެން ޗުއްޓީ.” މިއުވާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ރުކާން އެބުނީ ކީކޭކަން ވިސްނުމުންނެވެ.

“އޯކޭ. ނިދާލާ އިނގޭ.” ހިނިތުންވެލާފައި މިއުވާން ބުނެލިއެވެ. މިއުވާންގެ އަޑުގައި އެއްވެސް ނުރުހުމެއް ނުވީތީ ހިތްހަމަޖެހުނެއްކަމަކު މިއުވާން އެކަމަށް އެހާ ބޭނުންވެގެން ބުނުމުން ކޮށްދެވޭގޮތް ނުވީތީ ރުކާން ދެރަވިއެވެ. ނަމަވެސް މިއުވާންއަށް އެ ހާލަތު ވިސްނޭނެކަން އެނގުމުން އޭނާ ހިތްހަމަޖައްސާލިއެވެ.

އިރުކޮޅަކު އެހެން އޮވެލާފައި މިއުވާންގެ ޚަބަރެއް ނުވެގެން އޭނާ ބަލާލިއިރު މިއުވާން އޮތީ ލޯމަރާލައިގެންނެވެ. މިއުވާންއަށް ނިދުމަކީ ހަމަ އެހާ ފަސޭހަ ކަމެއްބާއޭ ރުކާންގެ ހިތަށްއެރިއެވެ. ނޫނެކެވެ. އެހެން ރޭރޭ މިއުވާންއަށް ނުނިދިގެން އުޅޭ ހާލު އޭނާއަށް ދާދި ގާތުން ފެނެއެވެ. މިރޭ އެހާ ފަސޭހައިން އެ ނިދުނީ ހިތަށް ލިބުނު އަރާމެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. މިއުވާންއަށް ނިދުނީކަން ޔަޤީންވުމުން ރުކާން އެނދުން ތެދުވެގެން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ދެން މަޑުމަޑުން ތަޅުދަނޑި ނަގާ، ތަޅުލާފައި ހުރި ވަތްގަނޑު ހުޅުވާލާފައި އެއިން ނެގީ ފޮތެކެވެ. އެއީ އޭނާގެ ހަޤީޤީ އެކުވެރިޔާއެވެ. އޭނާގެ ޑައިރީއެވެ. އޭނާގެ އުމުރުން ފަނަރަ އަހަރުން ފެށިގެން އޭނާގެ ދިރިއުޅުމުގައި ހިނގާ ކޮންމެ ހާދިސާއެއް އޭނާ އެ އަންނަނީ އެފޮތުގައި ހިއްސާކުރަމުންނެވެ.

ފޮތް ހިފައިގެން ގޮސް ރުކާން އިށީނީ ކޮޓަރީގައި ހުރި ސޯފާގައެވެ. އޭނާ އެއްވެސް ފިކުރެއްނެތި ލިޔަމުން ދަނިކޮށް ކުއްލިއަކަށް ސިހުނީ އޭނާގެ ކަނދުރާއަށް ހޫނުވެލުމުންނެވެ. އޭނާއަށް ފަހަތް ބަލާލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ. އޭނާ ބަލާލި ވަގުތު ކުއްލިއަކަށް ދުންގަނޑެއް މައްޗަށް އަރާތަން ފެނުމުން އޭނާ ހައިރާންވިއެވެ. ހިތަށް ވެރިވި ޚިޔާލަކުން އޭނާ ދާހިއްލާލިއެވެ. އޭނާގެ އަތްވެސް ތުރުތުރުއަޅަން ފަށައިފިއެވެ. އިތުރަށް އެންމެ އަކުރެއްވެސް ނުލިޔެވޭނެކަން އެނގުމުން އޭނާ ފޮތް ލައްޕާލިއެވެ. އޭނާ އެނދަށް ބަލާލި ވަގުތު މިއުވާން ދެފަރާތަށް އަވަސްއަވަހަށް ފުރޮޅެލި ތަން ފެނުމުން އޭނާ އަވަސްއަވަހަށް ގޮސް ފޮތް ވަތްގަނޑަށްލާ ތަޅުލިއެވެ. އެފޮތް މިއުވާންއަށް ފެންނާކަށް އޭނާ އަދި ބޭނުމެއްނޫނެވެ.

ރުކާން ގޮސް އެނދުގައި އޮށޯވެ ލޯމަރާލީ ނިދޭތޯއެވެ. ނަމަވެސް މިރޭ އޭނާއަށް އާދަޔާ ޚިލާފު ހޫނެއް އެބަވެއެވެ. އެހެންކަމުން އޭނާ ނިދުމުގެ ކުރިން ފެންވަރާލަން ބޭނުންވިއެވެ. އެހެންކަމުން އޭނާ ތެދުވުމުގެ ކުރިން އެނދުގެ އަނެއް ފަރާތަށް ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ އެތެރެހަށީގައި ނޭވާ ތާށިވީހެން ހީވިއެވެ. އޭނާއަށް އެނދުން ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. މިއުވާންގެ ގައިން ދުން އަރަމުން ދިޔައިރު ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. އަތަށް ވާންވެ ކަށިތައް އަރާފައިވާއިރު މަޑުމަޑުން ސިފަ ބަދަލުވަމުން ދިޔައެވެ. ގައިން ހުޅުނބުތަކެއް ފަޅަމުން ހަށިގަނޑު ފުފެމުން ދިޔަގޮތުން މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހެޔަށް ގޮތްނުވެ ނުދާނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އިންތިޒާރެއް މަ ނުކުރާނަމޭ (9)

Next

ޝައިން (ޕާޓް-23)

Next
May 9, 2017

ޝައިން (ޕާޓް-23)

Previews
May 8, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (9)

62 Comments!

  1. Addu manje says:
    May 9, 2017 at 7:23 am

    Good as always.. keep it up saandy.. 🙂

    1. Saandy says:
      May 9, 2017 at 9:18 am

      ThanQ Addu manje 🙂

  2. Zee says:
    May 9, 2017 at 7:33 am

    V v v v rythi mi bai vs..

    1. Saandy says:
      May 9, 2017 at 9:19 am

      ThanQ Zee 🙂

  3. afu says:
    May 9, 2017 at 7:33 am

    Wow v nice story…

    1. Saandy says:
      May 9, 2017 at 9:20 am

      ThanQ Afu 🙂

  4. nuz says:
    May 9, 2017 at 9:04 am

    alhy haadha reehchay mi vaahaka kiyaahithun hureveny ehnoon avahah up kohladheeba ???????well done dear love you

    1. Saandy says:
      May 9, 2017 at 9:22 am

      ThanQ Nuz… Masakkaiy kuraanan… Ekam midhuvaskolhu Saandy miulheny v bixykoh… Ehenveema promise eh nukureveyne… Ekam Thursayga yageen 🙂

  5. Saandy says:
    May 9, 2017 at 9:17 am

    Assalaam A’lailum… Miothy “IUNAAS” vaahakaige 5 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Adhi ran’galhu kuran jehey kanthahthah bunedheyne kamah… Hurihaa kudhinnahves baajjaveri dhuvahakah edhen… Love you all 🙂

    1. Saandy says:
      May 9, 2017 at 1:37 pm

      Assalaam A’laikum*

  6. warah vaahaka says:
    May 9, 2017 at 9:32 am

    haadha kurey !!!!!!!!!!!! waahaka reethiweema fukeh gehnany.kiyaa meehaa kehkoh koh moyawaa fahun -.-

    1. Saandy says:
      May 9, 2017 at 1:56 pm

      ThanQ Warah vaahaka… Abadhuves Saandyge vaahakathah genesdhey dhiguminuga mi genesdheny… Saandy akah neynge mivaahaka kurukamah baeh kudhinnah feelvany keevve kameh… Dhen kurinves bunihen konme dhuvahaku upkoh nudheveny midhuvaskolhu Saandy ulheyleh bixykamun… Ummeedhu kuran understand vaane kamah 🙂

  7. luhan says:
    May 9, 2017 at 9:49 am

    V interesting..Waiting 4 nxt prt…?

    1. Saandy says:
      May 9, 2017 at 2:05 pm

      ThanQ Luhan 🙂

  8. Yal says:
    May 9, 2017 at 10:13 am

    iunaas ah dhera dhiny rukaan dhw…eyge badhalu hifanee e…gud job saandy…

    1. Saandy says:
      May 9, 2017 at 2:07 pm

      ThanQ Yal… Thihen kamahves vedhaane 🙂

  9. nonns says:
    May 9, 2017 at 10:19 am

    Wow. Vreethi mi part. Keep it up saandy. When next part

    1. Saandy says:
      May 9, 2017 at 2:09 pm

      ThanQ Nonns… Insha Allah!! Thursdayga 🙂

  10. Thuthi says:
    May 9, 2017 at 10:40 am

    I guess naas maraaly rukaan?? ?? Omg omg.. Magey heyahves gotheh vejje.. Story obiness to the maxxxx… ????❤❤❤

    1. Saandy says:
      May 9, 2017 at 2:10 pm

      ThanQ Thuthi 🙂

  11. Rainy princess says:
    May 9, 2017 at 11:45 am

    mihaaru madu madun biruveri vamun eba dhey.. 😀 keep it up saandy <3
    waiting waiting 🙂

    1. Saandy says:
      May 9, 2017 at 2:12 pm

      ThanQ Rainy princess 🙂

  12. Sam says:
    May 9, 2017 at 12:09 pm

    Vedhaane dw komme reyaku iunaash r dhemyhun ehthanakun meet kuraathy ethanun jinnieh avaly kamahvx..ehnnoony kyhvve hulhunbu hunnanvyky dhw..vedhaane iunaash maraalyvx e jinni kamahvx e dhemyhun mary koffaanethy..dhn rukaan ah e undhagoo kurany edhemyhun kairivedhaanethy kamahvx……ehn noony vedhaane faharegga rukaan miuvaan ge beynumuga iunaash maraaly kamahvx..ehnve iunaash badhal hifan aee kamahvx..vaan bungnehnnu dw eynayakah feel eh nuvey iunaash dhuniyeyga neih hnneh..dhn engidhaanethaa dw vaa gotheh…btw story vv reethi

    1. Saandy says:
      May 9, 2017 at 2:15 pm

      ThanQ Sam… Thi-in konme gothakeeves hama vedhaane gotheh… Dhen vaagotheh balamaa dhw 🙂

  13. zaaa says:
    May 9, 2017 at 12:52 pm

    Varah interesting mi story.. keep up the good work Saandy.. kithah episodes ge story eh mii?

    1. Saandy says:
      May 9, 2017 at 2:17 pm

      ThanQ Zaaa… Adhi neynge kithah episodes kameh… Heevany 10 varuhen vaany 🙂

  14. Coco says:
    May 9, 2017 at 1:07 pm

    How many parts r in this story

    1. Saandy says:
      May 9, 2017 at 2:19 pm

      Coco! Adhi neynge kithah bai kameh… Heevany 10 varuhen vaany 🙂

  15. Looohaaa says:
    May 9, 2017 at 1:13 pm

    As I said before… vaahaka Gai reethi unique names beynun kuryma mihaar mi vaahaka kiyaa hiy vey v nice

    1. Saandy says:
      May 9, 2017 at 2:20 pm

      ThanQ Looohaaa 🙂

  16. silver mist says:
    May 9, 2017 at 2:33 pm

    Vaan eii jinni ehtha???

    1. Saandy says:
      May 9, 2017 at 3:11 pm

      ThanQ Silver mist… Maybe dhw 🙂

  17. Appy says:
    May 9, 2017 at 2:55 pm

    Oh no kihineh mi vany iunaas maraaly rukan hen vx hyvey …ekam miuvaan ah fenunu huvafenuga buney rukan aa gulhey vz …oh noooooo vvvv kiyaahiyvehje dhn in bai …….

    1. Saandy says:
      May 9, 2017 at 3:13 pm

      ThanQ Appy… En’gidhaanethaa dhw 🙂

  18. Eeny says:
    May 9, 2017 at 4:33 pm

    Beautiful ????

    1. Saandy says:
      May 9, 2017 at 8:10 pm

      ThanQ Eeny 🙂

  19. Maree says:
    May 9, 2017 at 4:52 pm

    vvvv reeethi

    1. Saandy says:
      May 9, 2017 at 8:10 pm

      ThanQ Maree 🙂

  20. Aish says:
    May 9, 2017 at 5:56 pm

    Vaahakaigen name In gothun nukiyan indhefaves hama mi kiyaaly ekkoh.. Vvv salhi masha Allah. Ekam haadha biruveri ey. Mirey neyge Dhn nidheyne kameh ves..

    1. Saandy says:
      May 9, 2017 at 8:12 pm

      ThanQ Aish… Hama ehaa biruveritha?? Hehehe… Ummeedhu kuran vaahaka nimendhen kiyaalaane kamah 🙂

  21. Wasee says:
    May 9, 2017 at 10:24 pm

    Vvvv reethi…☺️

    1. Saandy says:
      May 10, 2017 at 1:11 pm

      ThanQ Wasee 🙂

  22. Story lover says:
    May 9, 2017 at 11:26 pm

    V v v v v loabi… waiting for thursday… Hope ebai ves hama mihaa nyc vaane kamah… I guess wt will happen next?

    1. Saandy says:
      May 10, 2017 at 1:11 pm

      ThanQ Story lover 🙂

  23. Chum handi says:
    May 9, 2017 at 11:56 pm

    Wow… vrh reethi…. hithah arany kihinei baa eey dhen vaanee…. waiting for the nexr part… gdnyt saandy…..

    1. Saandy says:
      May 10, 2017 at 1:12 pm

      ThanQ Chum handi… Balamaa dhw vaagotheh… Next part Thursdayga 🙂

  24. ithoo says:
    May 10, 2017 at 1:51 am

    Alhe miuvaan ah ehen vumuge sirrakee kobaa baa dww.. Hus ans ingey beynun vaa kanthah stry ga adhi jury..hehe..mi part vx v v v reethi ingey saandy..best of luck??

    1. Saandy says:
      May 10, 2017 at 1:13 pm

      ThanQ Ithoo… Ekamuge haqeeqaiyves adhi en’geyne… Thi suvaaluthakah madumadun javaabu libemun dhaany 🙂

  25. Natha says:
    May 10, 2017 at 3:18 am

    Wow varah salhi❤❤ waiting for next part.

    1. Saandy says:
      May 10, 2017 at 1:14 pm

      ThanQ Natha… Next part Thursdayga… Insha Allah!! 🙂

  26. Malsa says:
    May 10, 2017 at 11:56 am

    amazing! this story is getting interesting! waiting for an update. 🙂 🙂

    1. Saandy says:
      May 10, 2017 at 1:15 pm

      ThanQ Malsa… Next part Thursdayga… Insha Allah!! 🙂

  27. Aish says:
    May 10, 2017 at 12:45 pm

    Kobaahey next part? Check kohlan kohlaa mi innany hama kiyaa hithun

    1. Saandy says:
      May 10, 2017 at 1:17 pm

      ThanQ Aish… Adhi liyamun midhany… Saandy hiyyhama jehey varah liyevuneema up kolleveyny… Mirey up kohdheveythoa masakkaiy kuraanan… Ekam yaqeenkameh nudheveyne in’gey… V bixykoh mi ulheny ehenve… Ekam Thursdayga yaqeen 🙂

  28. pritty says:
    May 10, 2017 at 8:35 pm

    saandy.. cant wait for the next part… its so intresting n lovely……. when up kurany??
    any ways love d it ingey …… cant wait for the next part ???????

    1. Saandy says:
      May 10, 2017 at 9:37 pm

      ThanQ Pritty… Kuda inthizaareh kollan jeheyny next part kiyaalan… Maadhamaa up kolladheynan… Insha Allah!! 🙂

  29. remoo says:
    May 11, 2017 at 5:52 am

    v reethi mi part vx

    1. Saandy says:
      May 12, 2017 at 2:04 am

      ThanQ Remoo 🙂

  30. Ur fan says:
    May 11, 2017 at 4:31 pm

    Koyaa thr story.. Vvv kiyaa hithun mihuryy

    1. Saandy says:
      May 12, 2017 at 2:05 am

      ThanQ Ur fan… Mihaaru up kollaafa innaany 🙂

  31. Juu says:
    May 11, 2017 at 6:39 pm

    Saandy kobaa that story haadha lahey

    1. Saandy says:
      May 12, 2017 at 2:06 am

      Sorry Juu… Kuda kameh dhimaa vegen lasvy… Mihaary up kollaafa innaany 🙂

Comments are closed.

Next Episodeއިއުނާސް (6)←


All Right Reserved!