Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (4)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 7, 2017 9 Mins Read
48 Comments

“އަހަރެން ވަރަށް ލޯބިވާކަން އަބަދުވެސް ހަނދާންކުރައްޗޭ.” އިއުނާސްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ މިއުވާން ބުނެލިއެވެ.

“އަހަރެންވެސް ވާންދެކެ ވަރަށް ލޯބިވޭ. އަހަރެން ދުވަހަކުވެސް ވާންއާ ވަކިވާކަށް ބޭނުމެއްނޫން.” އިއުނާސްވެސް އޭނާގެ ހިތުގެ ގޮވުން މިއުވާންއަށް އިއްވާލިއެވެ.

“އިރާދަކުރެއްވިއްޔާ އަހަރެމެން ދެމީހުން ވަކިވާން ޖެހޭނެ ދުވަހެއް އެހާ އަވަހަކަށް ނާންނާނެ.” މިއުވާން އިއުނާސްގެ މޫނުގައި ހިފަހައްޓައިގެން ހުރެ މަޑުމަޑުން އޭނާގެ މޫނު އިއުނާސްގެ މޫނާއި ގާތްކުރަމުން ދިޔައެވެ. މިއުވާންގެ ހޫނު ނޭވާތައް މޫނަށް އެޅޭހާ ގާތްވެލުމުން އިއުނާސްއަށް ލޯމަރާލެވުނީ ބޭއިޚްތިޔާރުގައެވެ. މިކަން ވެގެންދިޔައީ މިއުވާންއަށް ދެވުނު ދަޢުވަތަކަށެވެ. މިއުވާން މަޑުމަޑުން އިއުނާސްގެ ތުންފަތުގައި ބޮސްދިނެވެ. ކުރެވުނު އާ ތަޖުރިބާގެ ފޮނިކަން ދެމީހުންވެސް ލިބިގަތީ އެހެން އެއްވެސް ކަމަކާމެދު ވިސްނާނުލާ ތިބެއެވެ. މިއުވާންގެ އަތުން އިއުނާސް ލައިގެންހުރި ކަކުލާއި ހަމައަށް އަންނަ ހެދުމުގެ ކޮނޑު ތިރިކޮށްލުމުން އިއުނާސްއަށް ހަމަބިމަށް އާދެވުނެވެ. ދެވަނަ ފަހަރަށް މިއުވާން އިއުނާސްގެ ތުންފަތުގައި ބޮސްދޭން އުޅުނު ވަގުތު އިއުނާސް މިއުވާންގެ އަނގަމަތީ އަތްއެޅިއެވެ.

“ވާން! ނޫން. އަހަރެމެންނަށް މިކުރެވެނީ ރަނގަޅުކަމެއް ނޫން.” މިއުވާންގެ އަތް ދުރަށް ޖައްސާލައި ހެދުން ރަނގަޅުކޮށްލަމުން އިއުނާސް ބުނެލިއެވެ. މިއުވާންވެސް ދެކޮޅެއް ނުހަދައެވެ. އޭނާއަށްވެސް އަމިއްލަ އިޚްތިޔާރުން ބޭރުވެވުނީތީ ދެރަވިއެވެ. އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ.

“ސޮރީ! ގަސްތުގައެއް ނޫން. ދެން އެހެނެއް ނުވާނެ. ހިނގާ ދަމާ.” މިއުވާން މަޢާފަށް އެދުނެވެ.

“ވާން ސޮރީ ބުނާކަށް ނުޖެހޭނެ. މިކަމުގަ ދެމީހުންވެސް އެއްވަރަށް ކުށްވެރިވޭ. ދެން އަހަރެމެން ބަލަންވީ ކައިވެންޏާ ހަމައަށް މިލޯބި ސާފު ޠާހިރުކަންމަތީ ބޭއްވޭތޯ.” އިއުނާސް ވިސްނުންތެރިކަމާއެކު ބުނި ވާހަކައަށް މިއުވާންވެސް އެއްބަސްވިއެވެ. އިއުނާސްފަދަ ވިސްނޭ ކުއްޖަކު އޭނާގެ ހަޔާތަށް ހޮވުނުކަމުން އޭނާ އުފާކުރެއެވެ.

**********

މިއުވާންއަށް ޚިޔާލުތަކުން ބޭރުވެވުނީ އޭނާގެ ލޮލުން ކަރުނަތައް އޮހިގަތީމައެވެ. އޭނާ އަވަސްއަވަހަށް ދެލޯ ފޮހެލާ ހަމަޖެހިލީ އޭނާއަކީ މީހެއްގެ ފިރިއެއްކަން ހަނދާންވުމުންނެވެ. ރުކާންއަށް އޭނާއަކީ ފިރިމީހާކަން ޤަބޫލުކުރެވެންދެން އޭނާ ކެތްތެރިވާނެއެވެ. އެއީ އެތައް ބައެއްގެ ދިރިއުޅުމާއި ގުޅިފައިވާ ކަމަކަށް ވާތީއެވެ. ރުކާންގެ އާއިލާގެ ހިތްހަމަޖެހުމަށްޓަކައެވެ. އޭނާގެ އާއިލާގެ އުފަލަށްޓަކައެވެ. އަދި އިއުނާސްގެ އާއިލާއިން އެދޭ އެދުމަކަށް އެކަން ވާތީވެސްމެއެވެ. އަދި ހަމައެހެންމެ އޭނާއަށްވެސް އެންމެ ރަނގަޅުވާނީ އިއުނާސްގެ މަތިން ހަނދާން ނައްތާލުންކަމުގައި ވިސްނޭތީއެވެ. ނަމަވެސް ސުވާލަކީ މިއުވާންއަށް އެކަން ކާމިޔާބު ކުރެވޭނެބާއޭއެވެ. މިއުވާން ހުރީ ނުގުޑާފަދަ އަޒުމެއްގައެވެ. ކޮންމެފަދަ ކަމަކާ ކުރިމަތިލާން ޖެހުނަސް އޭނާ އެހުރީ އެކަމަކާ ކުރިމަތިލާން ތައްޔާރަށެވެ.

ފަތިސް ނަމާދަށް ބަންޤި ގޮވީވެސް މިއުވާން އެގޮތަށް އެކި ޚިޔާލުތަކުގައި އޮއްވައެވެ. އޭނާ ތެދުވެ ނަމާދުކޮށްލައިގެން އޮށޯވެލީ ރޭގައި ނުނިދުމުން ބޮލަށް ބަރުވެފައިވާތީއެވެ. އޭރު ރުކާންވެސް ތެދުވެއްޖެއެވެ. ރުކާންގެ މޫނުމަތިން ފެންނަމުންދިޔަ މަޑުމޮޅިކަމުން ރޭގައި އޭނާއަށް ކަންތައް ކުރެވުނު ގޮތުން ދެރަވެފައިވާކަން ހާމަވެއެވެ. ނަމަވެސް މިއުވާން އެއްވެސް އެއްޗެކޭ ނުބުނީ ނިދަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. އޭނާ ދެލޯ މަރާލައިގެން އޮއްވާ ނިދުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ދެން ހޭލެވުނީ ނުވައެއްވެސް ޖެހިފަހުންނެވެ. އޭނާއަށް ބަލާލެވުނީ ރުކާން އޮތްތޯއެވެ. އޭރު ރުކާންވެސް އޮތީ ނިދާލާފައެވެ. އެހެންކަމުން ރުކާންވެސް ނުނިކުމެ ނިދީތާއޭ މިއުވާންގެ ހިތަށްއެރިއެވެ. ރޭގައި ރުކާންއަށްވެސް ނުނިދޭކަން މިއުވާންއަށް އެނގުނެވެ. އެހެންކަމުން އޭނާ ފާޚާނާއަށް ވަދެ ތާޒާވެލައިގެން ނުކުމެ ރުކާންއަށް ގޮވާލިއެވެ.

“ކީއްވެ އަހަރެންނަށް ކުރިން ނުގޮވީ؟” ރުކާން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“އަހަރެންނަށްވެސް ދެންމެ މި ހޭލެވުނީ.”

“ސޮރީ ރޭގަ ވީގޮތުން. އެކަމު ރޭގަ އެހެންވީމަ ވާންއަށް ހީކުރެވުނީ ރަނގަޅަކަށް ނޫން. ރޭގަ ވާން ގުދުވި ގަޑީ އަހަރެންނަށް ފެނުނީ ވާންގެ ބުރަކަށިމަތީ ތަތްކޮށްލައިގެން އޮތް ބިރުވެރި އެއްޗެއް. އެހެންވެ ބިރުން އެހެން ހެދުނީ.” ރުކާން ދެރަވެފައި އިނދެ ރޭގައި ކަންވީގޮތް އޮޅުންފިލުވައިދިނެވެ. ރުކާންގެ ވާހަކަ އަޑުއަހާފައި މިއުވާން ފެށީ ހޭށެވެ.

“އަހަރެންގެ ބުރަކަށީގަ ތަތްކޮށްލައިގެން ބިރުވެރި އެއްޗެއް އޮތީއޭ..” ހެމުން ހެމުން މިއުވާން ބުނެލިއެވެ. ރުކާން ބޯޖަހާލިއެވެ.

“ގައިމު އަހަރެންގެ ބުރަކަށީގަ އެއްޗެއް އޮތްނަމަ އަހަރެންނަށް ނޭނގި ހުންނާނެތަ؟ ތިވާނީ ރުކޫ މާގިނައިން ބިރުވެރި ފިލްމު ބަލާ ބިރުވެރި ވާހަކަ ކިޔާތީ ހީވާ ގޮތަކަށް. ހުސް ވަހުމޭ އެއީ.” މިއުވާން ބުނެލިއެވެ.

“ވާން ޤަބޫލެއް ނުކުރަންތަ ރޫޙާނީ އެއްޗެހި އުޅޭ ކަމަކަށް؟” ރުކާން ސީރިއަސްވެފައި އެހެން އަހާލުމުން މިއުވާން ބޯހޫރާލިއެވެ.

“ނޫނޭ. އަހަރެން ޤަބޫލުކުރަން ރޫޙާނީ އެއްޗިއްސަކީ އުޅޭ އެއްޗެހިކަން. އެކަމަކު ރުކޫ މިހާރު ތިދައްކާ ވާހަކަ އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ.” މިއުވާން ބުނެލިއެވެ.

“ހޫމް. ދެން ހިނގާ ސައިބޯން ދާން. މަންމަމެން ގާތު ތިކަހަލަ ވާހަކައެއް ނުދައްކާތި. ނޫނީ އެމީހުން ވަރަށް ހާސްވާނެ. އެނގެއެއްނު އެއުމުރުގެ މީހުންގެ ގޮތް.” މިއުވާން އެހެން ބުނެލުމުން ރުކާން ބޯޖަހާލިއެވެ.

“ސޮރީ! އަދިވެސް ވަރަށް ރިއްސާތަ؟” ރުކާން ދެރަވެފައި އެހެން އަހާލުމުން މިއުވާން ބޯޖަހާލިއެވެ.

“ހިނގާ ސައިބޯން. އައިސްފަ އެއްޗެއް އުނގުޅާލާނީ.” މިއުވާން އެހެން ބުނެލުމުން ރުކާންވެސް މިއުވާންއާއެކު ހިނގައިގަތެވެ.

“އަނހާ. ދަރިފުޅުމެން އައީތަ؟ އަވަހަށް އިށީނދޭ ސައިބޯން.” ބަދިގެއަށް ވަނުމާއެކު މުނީޒާ ބުނެލިއެވެ. ރުކާން އިނީ އެގެއަށް އައި ފުރަތަމަ ދުވަހުވެސް އެހާ ލަހުން ހޭލެވުމުން ލަދުގަނެފައެވެ.

“ދައްތާ! އަޅުގަނޑު ހަދާލަފާނަން.” މުނީޒާ ކޮފީ ގިރަން އުޅެން ފެށުމުން ރުކާން ބުނެލިއެވެ.

“އަދިވެސް ދައްތަތަ ކިޔަނީ؟ މީގެފަހުން ކިޔަންވާނީ މަންމަ އިނގޭ.” މުނީޒާ އެހެން ބުނަމުން ރުކާންއާ ކޮފީ ހަދަން ހަވާލުކުރިއެވެ. ސައި ބޮއިގެން މިއުވާން ދިޔައީ ކޮޓަރިއަށެވެ. ރުކާން އުޅުނީ ބަދިގެތެރޭ މަސައްކަތުގައި މުނީޒާއަށް އަތްގާތްކޮށްލަދީއެވެ.

ރުކާން ކޮޓަރިއަށް ވަތްއިރު މިއުވާން އެނދުމަތީގައި ފޯނާއި ކުޅެލަ ކުޅެލާ އޮތެވެ. އޭނާ ފޯނު އެނދުމަތީ ބާއްވާފައި ފާޚާނާއަށް ވަތްތަނާ ފޯނު ރިންގުވާން ފެށިއެވެ. ތަކުރާރުކޮށް ގުޅަން ފެށުމުން ފޯނު ނުނަގަން ހުރެފައިވެސް މިއުވާން ފޯނު ނެގީ ލައިލާގެ ނަން އަރާފައި އޮތުމުންނެވެ.

“ކަމަނާފާނު އަދިވެސް ނިދަނީތަ؟ އަދިވެސް ސުހާގްރާތު ނުނިމެނީ ދޯ؟ އޭތް މިއުވާން ވަރަށް މޮޅުތަ؟ ވަރަށް ތަދުވިތަ؟ ހޭނެތޭވަރު ކޮށްލިތަ؟” މިއުވާންއަށް އެއްޗެއް ނުބުނެވެނީސް ލައިލާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ.

“ރުކޫ ވީ ފާޚާނާގަ.” މިއުވާން އެހެން ބުނެލުމާއެކު އިވުނީ ލައިލާ ފޯނު ކަނޑާލި އަޑެވެ. މިއުވާން ގާތަށް ލާނެތް ހިންޏެއް އައީ މިވަގުތު ލައިލާއަށް ވާނެގޮތް ހިތަށް އެރުމުންނެވެ.

“ވަޓް ދަ… އޯހ ޝިޓް! މިއުވާން ކީކޭބާ ހިތަށް އަރާނީ؟ އޭނަ ހިތަށް އަރާނެ ކަންނޭނގެ މަމީ ހާދަ ހަޔާތްކުޑަ މީހެކޭ. ލައިލާ! އައި ހޭޓް ޔޫ.” ލައިލާ އެގޭ ގޯތިތެރޭގައި ހުރި ބޮޑު އަނބުގަސްދޮށުގައި ހުރި ޖޯލިފަތީގައި އިނދެ، ފޯނުން ނިތްކުރީގައި ތަޅަމުން އަމިއްލަ ނަފްސަށް މަލާމާތްކުރިއެވެ.

ރުކާން ފާޚާނާއިން ނުކުތްއިރު މިއުވާން އަމިއްލައަށް އޮވެ ހޭތީ ސުވާލުކުރިއެވެ. މިއުވާން ވީގޮތް ކިޔައިދިނުމުން ރުކާން ގާތަށްވެސް އައީ ނުލަފާ ހިންޏެކެވެ.

“އަހަރެން އެބަ އަންނަން އިނގޭ ލައިލާމެން ގެއަށް ގޮސްލާފަ.” ރުކާން މަޖާވެލާފައި އެހެން ބުނެލުމުން މިއުވާން އެންމެ ރަނގަޅޭ ބުނެލިއެވެ.

ރުކާން ގޮސް ލައިލާމެން ގެއަށް ވަތްއިރު ޖޯލިފަތީގައި ލައިލާ އޮތްގޮތް ފެނި ދެންމެގައި މިއުވާން ދެއްކި ވާހަކަ ހަނދާންވެފައި ބާރަށް ހެވުނެވެ.

“ކިހިނެއްވީ ތި ހެނީ؟” އެއްވެސް ކަމެއްނުވާ ކަމަށް ހެދެމުން ލައިލާ ބުނެލިއެވެ.

“އޭތް މަށަށް އޮޅުވާލާނެ ކަމެއްނެތް އިނގޭ. ބޮނޑިއެއް ބޮއިފީމެއްނު ދެންމެ.” ރުކާން ޖޯލީގައި އިށީނދެ ލައިލާގެ ކޮނޑުގައި އަޅާ ކޮއްޕާލަމުން ބުނެލިއެވެ.

“މަަ ކޮން ބޮނޑިއެއް ބުއީ؟” ލައިލާ ވަރަށް ނޫންކަމަށް ހެދެން މަސައްކަތްކުރިއެވެ.

“ލައިއަކަށް ނޭނގެއެއްނު ދޮގެއްވެސް ހަދާކަށް. ބަލަ ވާން މަ ގާތު ބުންޏޭ.” ރުކާން އެހެން ބުނެލުމުން ލައިލާ ލަދުން ޝަހާދަތް އިނގިލި އަނގަޔަށް ލަމުން ނިޔަފަތި ހަފަން ފެށިއެވެ.

“ތި ނިޔަފަތި ކައި ހުސްކޮށްލިޔަސް އެއޮތީ ވާންއަށް އެހުރިހާ އެއްޗެއް އަޑުއިވިފަ.”

“ހުވާ މިބުނީ މަ ކަޑަވެގެން ނޭނގުނު އުޅެވުނު ނޫޅެވުނު ގޮތެއްވެސް. ބިން ފަޅާފަ އަޑިއަށް ދެވޭނެނަމައޭވެސް ހިތަށްއެރި. ދެން ނުކެރޭނެ މިއުވާން ފެންނަ ހިސާބަށްވެސް ދާން.” ލައިލާ އެހެން ބުނެލުމުން ރުކާންއަށް އަނެއްކާވެސް ބާރަށް ހެވިއްޖެއެވެ.

“އެހެންނޭ ވާނީ. އަދިވެސް ބަލާތި މީހުންނާ ދިމާކުރެވޭތޯ. ރީތިވެއްޖެއެއްނު.” ރުކާން ބެލީ އަދިވެސް ބޮޑަށް ލައިލާ ލަދުގަންނަވާލެވޭތޯއެވެ.

“ދެން ނޭނގޭނެއެއްނު އޭނަ ފޯނު ނަގާނެކަމެއް. ހައްތާވެސް ރުކޫގެ ކަންތަކޭ. ފޯނު ނުލާ ޖެހޭތަ ވަންނަން؟” ލައިލާ ބުނެލިއެވެ.

“އަޖައިބެއް. ފެންވަރަން ވަންނައިރު މީހުން ފޯނު ހިފައިގެން ވަދޭތަ؟” ރުކާންވެސް ދުލެއްނުދެއެވެ.

“ދެން އެކަމްވެސް އެ މިއުވާން ޖެހޭތަ ފޯނު ނަގަން؟” ލައިލާ މިފަހަރު ކުށްވެރިކުރީ މިއުވާންއެވެ.

“ދެން ބަލާތި ކޮންމެވެސް އެހެން މީހެއްގެ ބޮލުގަ ތިކަން އެޅުވޭތޯ. ލައި އެހާ ގިނަފަހަރު ގުޅީމައެއްނު ވާން ފޯނު ނެގީ. މަ ފާޚާނާގަ ހުއްޓާ އިވުނޭ ދެތިން ބުރަށް ފޯނު ރިންގުވެފަ ކެނޑުނު އަޑު. ދެންވެސް ފޯނު ނަގާފަ ވާހަކަދެއްކުމުގެ ކުރިން ކާކުތޯ ބަލާތި. ނޫނީ ތިކަހަލަ ލަނޑު ލިބޭނީ.” ރުކާން މިއުވާން ދިފާޢުކުރިއެވެ.

“ހޫމް ހޫމް. ދެން މިހާރު ވާނީވެސް ތިހެންނޭ. އެންމެ ރަނގަޅޭ.” ލައިލާ ދެރަވާކަމަށް ހެދެމުން ދިމާކޮށްލިއެވެ.

“އޯހ ކަމޯން. މާ އިމޯޝަނަލް ވާނެކަމެއް ނެތް އިނގޭ ޑްރާމާ ކުއީން.” ރުކާން އެހެން ބުނެލުމުން ލައިލާވެސް ބާރަށް ހީނގަތެވެ. އެގޮތުގައި ދެމީހުން ވާހަކަދައްކަން ތިބެލާފައި ރުކާން ގެއަށް ދިޔައީ މެންދުރު ނަމާދަށް ބަންޤި ގޮވަން ފެށުމުންނެވެ.

“ދަރިފުޅާ ރުކާން. ކޮންތާކުން ތިއައީ؟ މަންމަ ހީކުރީ ކޮޓަރީގަ ކަމަށް.” ގެއަށް ވަދެގެން އައި ރުކާން ފެނިފައި މުނީޒާ އަހާލިއެވެ.

“މިއައީ ލައިލާމެން ގެއަށް ގޮސްފަ.” ރުކާން ކުރު ޖަވާބެއް ދިނެވެ.

“އެހެންތަ؟ ދެން ދޭ އަވަހަށް ނަމާދުކޮށްލަން. މަންމަވެސް ދެން މިދަނީ ނަމާދުކޮށްލަން.” މުނީޒާ އެހެން ބުނެލުމުން ރުކާން ބޯޖަހާލާފައި ގޮސް ކޮޓަރިއަށް ވަނެވެ.

ރުކާން ކޮޓަރިއަށް ވަތްއިރު މިއުވާން މިސްކިތަށް ދާން ތައްޔާރުވަނީއެވެ. ކަޅު ފަޓުލޫނަކާއި ކަޅު ކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރިއިރު މިއުވާންއާ ނުހަނު ގުޅެއެވެ. ރުކާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި މިއުވާން މިސްކިތަށް ދަމުން ދިޔައީ ރުކާން ގާތު އަވަހަށް ނަމާދުކޮށްލަން އުޅޭށޭ ބުނެފައެވެ.

އާދައިގެ ގޮތަކަށް ދުވަސްތައް ފާއިތުވަމުންދެއެވެ. މިއުވާންއާއި ރުކާންއާ ދެމެދު ދެމަފިރިއެއްގެ ދެމެދުގައި އޮންނަން ޖެހޭފަދަ އެއްވެސް ގުޅުމެއް ނޯވެއެވެ. މިއުވާން ރުކާންއާ ގާތްވެވޭތޯ މަސައްކަތް ކުރާވަރަކަށް ރުކާންގެ ފަރާތުން ފެންނަނީ ދުރުކަމެވެ. އެހެންކަމުން އިއުނާސްގެ ހަނދާންތަކާ ދުރަށް ދިޔުން މިއުވާންއަށްވަނީ ދަތިކަމަކަށް ވެފައެވެ. ރުކާންވެސް މިއުވާންއާ ގާތްވެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް ނޭނގޭ ބާރަކުން އެދެމީހުން ދުރުކުރުވަނީއެވެ.

ރޭގަނޑު ކެއުމުގެ ވަގުތުގައި މިއުވާން އިނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. ހީވަނީ ގަޔާނުވެ އިނދެ ކަމުން ގެންދާހެންނެވެ. އޭނާގެ ހިތަށް އެތައް އެއްޗެއް އަރާފައިބަމުން ދިޔައެވެ. އޭނާގެ ދިރިއުޅުމާމެދު މާޔޫސްވާން ފަށައިފިއެވެ. އޭނާ މާހިރުއާ އެވާހަކަ ހިއްސާކޮށް އެކަމުގައި މާހިރުގެ ލަފައެއް ހޯދަންވީބާއެވެ. ނޫނެކެވެ. އޭނާއަކަށް އެފަދަ ވާހަކައެއް މާހިރު ގާތުގައި ދައްކާކަށް ނުކެރޭނެއެވެ.

“ދަރިފުޅާ މިއުވާން. މިރޭ ހާދަ ފާޑަކަށް ތި އިންނަނީ. ކާއެއްޗެހި ނުބައީތަ؟” މިއުވާން އިންގޮތުން މާހިރު ސުވާލުކުރިއެވެ.

“ނޫން. ވަރަށް މީރު. މިރޭ އަޅުގަނޑު މިއުޅެނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ.” މިއުވާން ހަޔާތުގައި ފުރަތަމަ ފަހަރަށް މާހިރުއަށް ދޮގު ހެދިއެވެ. ހަޤީޤަތުގައި އޭނާ އެއިނީ އޭނާގެ ދިރިއުޅުމުގައި ކަންތައްތައް ވަމުންދާގޮތުން ކާހިތް ނުވެފައެވެ. މީހަކާ އިނދެގެން ހުރިނަމަވެސް އޭނާއަކަށް އެކަމަކުން އެއްވެސް އުފަލެއް ނުލިބެއެވެ. އަނެއްކޮޅުން މާހިރުގެ އެދުމަކަށް އޭނާ ކައިވެނި ކުރިނަމަވެސް މިހާރު އޭނާ ބޭނުންވަނީ އިއުނާސްގެ މަތިން ހަނދާން ނައްތާލާފައި ދިރިއުޅުމައިގެން ކުރިއަށްދާށެވެ. ނަމަވެސް ކަންތައްތައް ވަމުންދާގޮތުން އޭނާއަށް އެކަމުގައިވެސް ވަނީ އަލިމަގެއް ނުހޯދިފައެވެ.

“އެހެންތަ؟ ކައިގެން، ބޭސްކައިގެން ގޮސް އަވަހަށް ނިދާލާ އިނގޭ. ދަރިފުޅާ ރުކާން. މިއުވާންއަށް ބޭސް ދެއްޗޭ. އޭނަ ބޭސް ނުކާން ވަރަށް މަސައްކަތް ކުރާނެ.” މާހިރު ހިނިތުންވެލަމުން އެހެން ބުނެލުމުން ރުކާން ބޯޖަހާލިއެވެ.

ކައިގެން މިއުވާންއާއި ރުކާން ދިޔައީ ކޮޓަރިއަށެވެ. މިއުވާން ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ރުކާން ދިޔައީ މުނީޒާ އަތުން ބޭސް ހިފައިގެންނެވެ.

“އަން. މި ބޭސްގުޅަ ކާލައިގެން ނިދާލާ. އޭރުން ވަރަށް އަވަހަށް ރަނގަޅުވެދާނެ.” ރުކާން ގެނައި ބޭސްގުޅައާއި ފެންތަށްޓެއް މިއުވާންއަށް ދިއްކޮށްލަމުން ރުކާން ބުނެލިއެވެ.

“ތި ކެޔަކަސް އަހަރެންގެ ބޮލުގެ ރިހުމެއް ނުފިލާނެ. އެއަށްވުރެ އަހަރެންގެ ފިކުރުތައް މާގިނަ.” މިއުވާން ބުނެލިއެވެ. އެއަޑުގައިވީ ނުރުހުން ރުކާންއަކަށް ސިއްރެއް ނުވިއެވެ.

“އެކަމަކު ބައްޕަ…”

“ގުޑް ނައިޓް!!” ރުކާންގެ ވާހަކަ މެދުކަނޑާލަމުން މިއުވާން އެހެން ބުނެލާފައި ދުރަށް އެނބުރި ދެލޯ މަރާލިއެވެ. މިއުވާން ކަންތައް ކުރިގޮތުން ރުކާން ވަރަށް ހިތުގައި ޖެހުނެވެ. އޭނާގެ ކުށަކާނުލާ މިއުވާން ކުއްލި ކުއްލިއަށް އޭނާދެކެ ރުޅިއަންނަނީ ކީއްވެ ހެއްޔެވެ؟ އޭނާ ދައްކާ އެއްވެސް ވާހަކައެއް މިއުވާން ޤަބޫލު ނުކުރަނީ ކީއްވެ ހެއްޔެވެ؟ މިއުވާންގެ ހުންނާނީ އެބުނާހާ ގިނަ ކޮން ފިކުރުތަކެއް ހެއްޔެވެ؟ ޔަޤީނެވެ. މިއުވާން ވިސްނާ ފިކުރުކުރާނީ ހަމައެކަނި އިއުނާސްއާ ދޭތެރޭގައެވެ. އޭނާއާއި އިނދެގެން އުޅުނަސް މިއުވާންއަށް އޭނާއަކީ އެއްވެސް މީހެއް ނޫނެވެ. މިއުވާންގެ ޢަމަލުތައް ހުންނަގޮތުން އޭނާއަށް ވިސްނެނީ އެގޮތަށެވެ. މިއުވާން އޭނާއާ އެ ބަހައްޓާ ދުރުކަމަކުން އޭނާ ނުހަނު ދެރަވެއެވެ. ނަމަވެސް އެދެމެދުގައިވާ ދުރުކަމުގައި އޭނާގެ ކުށެއް ވާކަމަށް ޤަބޫލު ނުކުރެވެނީ އިންސާނީ ޠަބީއަތުގައިވާ އަމިއްލަ ކުށް ޤަބޫލު ނުކުރެވުމުގެ ނޭދެވޭ ސިފައިގެ ސަބަބުންނެވެ.

މިއުވާންއަށް ބަލަހައްޓައިގެން ހުރިއިރު ރުކާންގެ ލޮލުން އޮހިގަތް ކަރުނަތައް ފޮހެލަމުން އޭނާ ހިނގައިގަތީ ކޮޓަރީގެ އެއްފަރާތުގައި ހުރި ބޮޑު މޭޒާއި ދިމާއަށެވެ. އޭނާގެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. ނަމަވެސް އެ ޝަކުވާތައް ދުލާއި ހަމައަށް ގެންނާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. މި ހުރިހާ ކަމަކީވެސް އޭނާއަށް ކުރެވުނު ކުށުގެ ސަޒާއެވެ. މިއީ އޭނާ އަމިއްލައަށް ބުއި ބޮނޑިއެކެވެ. މިއުވާން ލޯބިވަނީ ހަމައެކަނި އިއުނާސް ދެކެކަން އެނގިހުރެ އެކައިވެންޏަށް އާނބަސް ބުނުން އެއީ އޭނާއަށް އެޅުނު އެންމެ ބޮޑު ޅައެއްޗެވެ. މިއުވާންގެ ހިތުގައި އިއުނާސްއަށްޓަކައިވާ ލޯބީގެ ޒައްރެއްގެ މިންވަރުވެސް އޭނާއަށް މިލްކުކުރެވިދާނެކަމަށް އުއްމީދުކުރެވުން އެއީ އޭނާގެ މޮޔަކަމެވެ.

މިއުވާން ލޯ މަރައިގެން އޮވެފައި ލަސްލަހުން ކުޑަކުޑަކޮށް ލޯ ހުޅުވާލީ ރުކާންގެ ޚަބަރެއް ނުވުމުންނެވެ. އޭނާ ބަލާލިއިރު މޭޒު ކައިރީގައި ހުރި ގޮނޑީގައި ރުކާން އިށީންނަނީއެވެ. ގޮނޑީގައި އިށީނދެ މޭޒުގައި ބޯއަޅާލުމާއެކު އިވިގެން ދިޔައީ ރުކާންގެ ރުއިމުގެ އަޑެވެ. އެ ރުއިން މަޑުމަޑުން ގިސްލުމަކަށް ބަދަލުވި ގޮތުން މިއުވާންވެސް ދެރަވިއެވެ. އޭނާއަށް މި އަންހެންކުއްޖާއަށް މި ދެވެނީ ހާދަ ބޮޑު ހިތްދަތިކަމެކޭ ހިތަށް އެރިއެވެ. އެގޮތަށް ހިތާމަކޮށް ރުކާން ކަރުނަ އެޅީ ކިތައް ދުވަހު، ކިތައް ރޭބާއޭ މިއުވާންގެ ހިތަށް އެރިއެވެ. ރުކާންގެ ހާލާއިމެދު ހަމްދަރުދީ ވެވުނަސް ރުކާން ހުއްޓުވަން ދިއުމަށް އޭނާގެ ޟަމީރު ދެކޮޅު ހެދިއެވެ. އޭނާގެ އިހުސާސްތައް ނޭނގުނު މީހެއްގެ އިހުސާސްތައް އޭނާއަށް އެނގެން ނުޖެހޭނެކަމަށް ސިކުނޑި ވިސްނައިދެމުން ދިޔައެވެ. އޭނާގެ އިހުސާސްތައް ރުކާންއަށް ވިސްނޭނީ ރުކާންއަށްވެސް އެކަން އިހުސާސްކުރެވިގެންކަމަށް އޭނާގެ ހިތް ބުނެދެމުން ދިޔައެވެ. ހިތާއި ސިކުނޑި އެއްގަލަކަށް އެރުމުން މިފަހަރު މިއުވާންއަށް ގޮތް ހުސްވިއެވެ. އެހެންކަމުން އޭނާ ހިމޭނުން އޮތީ މާހިރުގެ ލަފައެއް އެކަމުގައި ހޯދަން ނިންމައިގެންނެވެ. އެހެން އޮއްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގުނެވެ.

ފަތިސް ނަމާދު ބަންޤީގެ އަޑަށް މިއުވާންއަށް ހޭލެވުމާއެކު ބަލާލެވުނީ އިއުނާސް ކޮބައިތޯއެވެ. އެނދުގައި ރުކާން ނެތުމުން މިއުވާން ކޮޓަރިތެރެ ހޯދާލިއެވެ. ރުކާން ފެންނަން ނެތުމުން ކަންބޮޑުވެފައި އިންދާ ފާޚާނާއިން ފެންވަރާ އަޑު އިވުމުން ރުކާން ވީ ފާޚާނާގައިކަން މިއުވާންއަށް އެނގުނެވެ. އެހެންކަމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މިއުވާން އިނީ މާހިރުގެ ގާތުގައި އެވާހަކަ ދައްކާނެ ގޮތަކާއިމެދު ވިސްނާށެވެ. އޭނާ އެކަމާ ވިސްނަން އިންދާ ރުކާން ފާޚާނާއިން ނުކުތީ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ބޮލުގައި ތުވާލި އޮޅާލައިގެންނެވެ. ބޮލުން ފެން ހިއްކަމުން ނުކުތް ރުކާންއަށް މިއުވާން ފެނުމުން ހީލީ ރޭގައި ވީ އެއްވެސް ކަމެއް ހަނދާން ނެތްކަން އަންގައިދޭންހެން ހީވެއެވެ. މިއުވާންގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނީ ނިދި އައިސްފައި ހުރިލެއް ބޮޑުކަމުންނެވެ. ނަމަވެސް އޭނާއަކީ ބަރާބަރަށް ނަމާދުކުރާ މީހަކަށް ވާތީ އިތުރަށް ނިދަން އޮންނާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ.

މިއުވާން ފެންވަރާ ތާޒާވެލައިގެން ނުކުތްއިރު ރުކާން ކޮޓަރީގައި ނެތުމުން މިއުވާން ހައިރާންވިއެވެ. ރުކާން ނަމާދުވެސް ނުކުރަނީބާއޭ ހިތަށް އެރިއެވެ. ފަހަރުގައި ރުކާންއަށް މިދުވަސްކޮޅު ނަމާދު ނުކުރެވެނީ ކަމަށް ވެދާނެއޭ ހިތަށް އެރުމުން މިއުވާންއަށް ބޮލުގައި ޖަހާލެވުނީ ތިމާގެ މޮޔަކަމާމެދު އަމިއްލަ ނަފްސަށް މަލާމާތްކުރަމުންނެވެ. ނަމަވެސް މިވީ ދެމަސްތެރޭ ދުވަހަކުވެސް ރުކާން ނަމާދެއް ކުރަނިކޮށް މިއުވާން ނުދެކޭކަން ހަނދާންވުމުން އޭނާގެ ބޮލުގައި ރިއްސާލިއެވެ. ނަމަވެސް މިވަގުތު އެޚިޔާލު ހިތުން ނެރެލަމުން އޭނާ އަވަހަށް މިސްކިތަށް ދިއުމަށް ތައްޔާރުވީ ޖަމާޢަތަށް ދާން ބޭނުންވާތީއެވެ. މިސްކިތުން އައިސްފައި ރުކާންއާ އެވާހަކަ ދައްކަން އޭނާ ނިންމިއެވެ. މިއުވާން ތައްޔާރުވެލައިގެން މިސްކިތަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ފަތިސް ނަމާދުން ފައިބައިގެން މިއުވާން އައީ މާހިރުއާ އެކީގައެވެ. އޭރު ރުކާންގެ އިތުރުން މުނީޒާވެސް ބަދިގޭގައި އުޅެއެވެ. މިއުވާން ވަރަށް ރަނގަޅަށް ރުކާންގެ ހަރަކާތްތަކަށް ބެލިއެވެ. ރުކާންގެ ފަރާތުން އެ ފެންނަ މުރާލިކަމަކީ މިޒަމާނުގެ ވަރަށް މަދު އަންހެންކުއްޖެއްގެ ފަރާތުން ނޫނީ ނުފެންނާނެ ސިފައެކެވެ. ފަތިހު ހޭލުންވެސް ގިނަ ކުދިންނަށް ވާނީ ބޮޑު ކަމަކަށެވެ. ނަމަވެސް ރުކާން މުޅިން ތަފާތެވެ. ވަރަށް މަދު ރެޔަކު ނޫނީ މިއުވާންއަކަށް ރުކާންއަށް ފަތިހު ގޮވާކަށް ނުޖެހެއެވެ. އަނެއްކޮޅުން ގޭތެރޭގައި އޭނާ ނުދަންނަ އެއްވެސް މަސައްކަތެއް ނޯވެއެވެ. ސާފުތާހިރުކަންވެސް އިންތިހާއެވެ. މިއުވާންއަށް ފުރަތަމަ ފަހަރަށް ރުކާންއާމެދު ފުންކޮށް ވިސްނާލެވުނެވެ. އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ އިންތިހާއަށެވެ. އެފަދަ ރަނގަޅު އަނތްބަކު ލިބުމުންވެސް އޭނާއަށް ޝުކުރުކުރަން ނޭނގުނެވެ. އަމިއްލަ އެދުމުން ފޯވެފައިވާ އިންސާނެކެވެ.

“ދަރިފުޅާ! ދަރިފުޅު ވަޒީފާއަކަށް ދާކަށް ގަސްތެއް ނުކުރަންތަ؟” މާހިރު ކޮށްލި ސުވާލުން ހައިރާންވީ މުނީޒާ އެކަންޏެއް ނޫނެވެ. ރުކާންވެސް ހައިރާންވެފައި މާހިރުއަށް ބަލަން އިނެވެ. އެމީހުންގެ ވިޔަފާރީގައި މިއުވާން ބައިވެރިކުރަން ނުވިސްނާ އޭނާ އެހެން ވަޒީފާއަކަށް ފޮނުވަން މާހިރު އުޅޭތީއެވެ.

“ނޫން. އަޅުގަނޑު މިހާރުވެސް ދެތިން ތަނަކަށް ފޯމު ލައިގެން މި އުޅެނީ. އަދި ވަކި ޖަވާބެއް ނުލިބޭތީ މި މަޑުކުރަނީ.” މިއުވާން އެހެން ބުނެލުމުން މާހިރު ވަރަށް ހިތްހަމަޖެހުނެވެ.

“އެހެންތަ؟ ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅު ދިރިއުޅުމާ ދޭތެރޭ ތިހާ ބޮޑަށް ވިސްނާތީ. ކޮން ތަންތަނަކަށްތަ ފޯމު ލައިގެން ތި އުޅެނީ؟” މާހިރު އެހެން އަހާލީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ނިންމުމާމެދު ފަޚުރުވެރިވާ ހާލުގައެވެ.

“ސްކޫލް އޮފީސް ބައިގެ ދެ މަޤާމަކާ ދިވެހި ޓީޗަރެއްގެ މަޤާމަށް ފޯމު ލީ. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ތިން މަޤާމު ވީމަ. ދެން އެތަނުން ކޮންމެ މަޤާމެއް ލިބުނަސް އެންމެ ރަނގަޅު.” މިއުވާން އެހެން ބުނެލުމުން މާހިރުވެސް އެކަމާ އެއްބަސްވިއެވެ.

“އާނ ދަރިފުޅާ. ތީ ވަރަށް ރަނގަޅު މަސައްކަތެއް. ހަލާލު ކޮންމެ މަސައްކަތެއްވެސް ރަނގަޅު ގޮތުގަ ކޮށްފިއްޔާ ރަނގަޅުވާނެ. ބައްޕައަށް އެނގޭ ދަރިފުޅު އެހާ ގަޔާވާ ކަމެއް ނޫންކަން ވިޔަފާރީގެ ދާއިރާއަކީ. އެހެންވެ ބައްޕަ އެވަރަކުން ދަރިފުޅު މިކަމުގެ ތެރެއަށް ވައްދަން ނޫޅުނީވެސް.” މާހިރު މިއުވާންއަށް ބަލާލަމުން ބުނެލިއެވެ.

“ލައްބަ ބައްޕާ. އަޅުގަނޑު ގަޔާވާ ދާއިރާއެއް ނޫން ވިޔަފާރީގެ ދާއިރާއަކީ. އެކަމަކުވެސް ބައްޕަ އެކަމަށް އެދިލައްވަފާނެތީ އަޅުގަނޑު ވިޔަފާރީގެ ދާއިރާއިން ކިޔެވީ. އަދި އަޅުގަނޑު ގަޔާވާ ކަންތަކާ ގަޔާނުވާ ކަންތައްތައް އެންމެ ރަނގަޅަށް އެނގިލައްވާނީ ބައްޕައަށް.” މިއުވާން މާހިރުއަށް ބަލާލީ ތިޔައީ އެފަދަ ދެވަނައެއް ނުވާ ބައްޕައެކޭ ބުނާ ފަދައަކުންނެވެ.

“ދެން މަންމައަށް އެކައްޗެއްވެސް ނެތީތަ؟” މުނީޒާ ދެރަވާކަމަށް ހެދެމުން ބުނެލިއެވެ.

“ނޫން. ކިހިނެއްތޯ އެހެންވާނީ؟ ތިކަހަލަ ސަޕޯޓިވް މަންމައެއް ނުލިބުނުނަމަ ކިހިނެއްތޯ އަޅުގަނޑަށް ކަންކަމާ ކުރިމަތިލާނެ ހިތްވަރު ލިބޭނީ؟ ތީ ހަމަ ނަންބަރ ވަން. ނޫންތޯ ބައްޕާ؟” މިއުވާން ބުނެލިއެވެ.

“ދަރިފުޅު ތިބުނީ ހަމަ ރަނގަޅަށް.” މާހިރު އެހެން ބުނެލުމުން މުނީޒާ ހިނިތުންވެލީ ލޯބިވާ ފިރިމީހާއާއި ދަރިފުޅުގެ ފަރާތުން ތަޢުރީފްގެ ބަސްތަކެއް އަޑުއިވުމުން އުފަލުންނެވެ.

މެންދުރުގެ ވަގުތެވެ. މެންދުރު ކައިގެން ނުކުމެ މިއުވާން ބޭރަށް ދާން ހިނގައިގަތްތަނާ މާހިރު ގޮވާލިއެވެ.

“ކީކޭތޯ ބައްޕާ؟” މިއުވާން އަދަބުވެރިކަމާއެކު އަހާލިއެވެ.

“ދަރިފުޅާ! ބައްޕަ ބޭނުން ދަރިފުޅާ ވާހަކައެއް ދައްކާލަން.”

“އަޅުގަނޑުވެސް މި ހުންނަނީ ބައްޕަ ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވެ ރަނގަޅު ވަގުތެއް ނުލިބިފަ.” މިއުވާން އެހެން ބުނެލުމުން މާހިރު “އެހެންހޭ” ބުނެލިއެވެ.

“ހިނގާ ބޭރަށް ނުކުމެލަމާ ތިވާހަކަ ދައްކާލަން.” މާހިރު އެހެން ބުނެލުމުން މިއުވާން މާހިރުއާއެކު ހިނގައިގަތީ އެގޭ ގޯތިތެރޭގައި ހުންނަ އުނދޯލި ގެއަށެވެ. އެއީ ނުހަނު ފުރިހަމައަށް ތައްޔާރުކޮށްފައި ހުރި ކުޑަވަރެއްގެ ސިޓިންގރޫމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިޔާކޮށްފައި އޮތްއިރު އެއްފަރާތުގައި ސޯފާއާއި ގޮނޑިވެސް ބަހައްޓާފައި ހުރެއެވެ. ގޯތި ތެރެއިން އުނދޯލިގެއަށް އަންނަން ހިމަ މަގެއް އޮންނައިރު އެމަގުގައި ވަނީ ގާ އަތުރާފައެވެ. އެމަގާއި އުނދޯލިގެ ވަށައިގެން ބަހައްޓާފައިވާ ގަސްމުށިތަކުގައި އިންދާފައިވާ އެކި ވައްތަރު ވައްތަރުގެ މާގަސްތަކުން އެމާހައުލު އިތުރަށް ހިތްގައިމު ކުރުވައެވެ. ވައި ވަންނަ ގޮތަށް ހުރުމުން އެތަން ނުހަނު އަރާމެވެ.

“ހޫމް. ދަރިފުޅު ކޮން ވާހަކައެއް ދައްކަން ބޭނުންވެގެން ތިއުޅެނީ؟” އުނދޯލީގައި އިށީނދެ ހަމަޖެހިލަމުން މާހިރު އަހާލިއެވެ.

“ފުރަތަމަ ބައްޕަ ދައްކަވަން އުޅުއްވި ވާހަކަ ދައްކަވާ.” މިއުވާން އެހެން ބުނެލުމުން މާހިރު އެންމެ ރަނގަޅޭ ބުނެ އޭނާގެ ވާހަކަ ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އާވާ ހަނދާން 20

Next

ލޯބިވެވުމުން………10

Next
May 7, 2017

ލޯބިވެވުމުން………10

Previews
May 6, 2017

އާވާ ހަނދާން 20

48 Comments!

  1. Mash says:
    May 7, 2017 at 7:21 am

    Me first dhw stry is nice

    1. Saandy says:
      May 7, 2017 at 10:44 am

      ThanQ Mash… Aan thy first 🙂

  2. Nafnaf says:
    May 7, 2017 at 7:30 am

    Varareethi vaahaka

    1. Saandy says:
      May 7, 2017 at 10:45 am

      ThanQ NafNaf 🙂

  3. Zee says:
    May 7, 2017 at 8:05 am

    V v v salhi..

    1. Saandy says:
      May 7, 2017 at 10:46 am

      ThanQ Zee 🙂

  4. myly❤ says:
    May 7, 2017 at 8:30 am

    Interesting??

    1. Saandy says:
      May 7, 2017 at 10:53 am

      ThanQ Myly 🙂

  5. Chum handi says:
    May 7, 2017 at 8:59 am

    vrh salhi…. whn nxt prt….

    1. Saandy says:
      May 7, 2017 at 10:46 am

      ThanQ Chum handi… Next part Tuesdayga 🙂

  6. maroon says:
    May 7, 2017 at 9:16 am

    Story ???
    Varah varah reethi story…
    Rukaan ah dhera gotheh nuhadhachey(i ❤ the name)
    Miuvaange iunaas ah vee kihineibaa? Waiting for the next episode ? ❤

    1. Saandy says:
      May 7, 2017 at 10:50 am

      ThanQ Maroon… Rukaanah vaagothaa Iunaas ah veegoiy balamaa dhw… Next part Tuesdayga 🙂

  7. Maree says:
    May 7, 2017 at 9:55 am

    vvvv reethi

    1. Saandy says:
      May 7, 2017 at 10:50 am

      ThanQ Maree 🙂

  8. Star says:
    May 7, 2017 at 9:57 am

    Vvv salhi..

    1. Star says:
      May 7, 2017 at 9:58 am

      When next part??

    2. Saandy says:
      May 7, 2017 at 10:51 am

      ThanQ Star… Next part Tuesdayga 🙂

  9. ithoo says:
    May 7, 2017 at 10:20 am

    V v reethi mi part vx saandy..keep it up ??

    1. Saandy says:
      May 7, 2017 at 10:52 am

      ThanQ Ithoo 🙂

  10. Saandy says:
    May 7, 2017 at 10:43 am

    Assalaam A’laikum… Miothy “IUNAAS” vaahakaige 4 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Adhi ran’galhu kollanvy kanthahthah bunedheyne kamah… Hurihaa kudhinnahves baajjaveri dhuvahakah edhen… Love u all 🙂

    1. Iunaas says:
      May 7, 2017 at 1:57 pm

      story ge description bai thankolhe ginaee ehenve heevanee haasaru gina hen. scene the ehaa dhigu nukoh maigadu point ah dhaanama shauguverikuruvaa goi hunaane storyga. mihaaru maaboda dhiguvanee. detail kuran hadhaigen goss. waiting for next part. Good Job.

    2. Saandy says:
      May 7, 2017 at 3:06 pm

      ThanQ Iunaas… Ehentha?? Description bai ginatha?? Adhi evves kujjaku faahaga kollaafa neiy kameh thi faahaga kolly… ThanQ in’gey buneladhineema… Kuriyah huri baithakugai thikan ran’galhu kolleveythoa masakkaiy kollaanan… Next part Tuesdayga… Insha Allah!! 🙂

    3. Princess Yaa says:
      May 7, 2017 at 4:46 pm

      Aslu story v reethi. Ekam ebunaahen thankolheh ithuru baithah ginaee. Misaalakah ehaa muhimmu noon dhima dhimaa in maa bodah describe kohdhinun. Ekankan rangalhukohllanikoh vaahaka varah furihama vefa reethi vaane. Vaahaka varah intrestine. Waiting for the next part

    4. Saandy says:
      May 7, 2017 at 10:40 pm

      ThanQ Princess Yaa… Aslu hamaekani thihen buneleema neyngeyne kanneynge ran’galhu kollakah… Maabodah describe kureveny konkahala thanthanehkan buneleemaehnu ran’galhu kollan en’geyny… Muhinmu kamah fenna thanthan aslu ehen describe ves mi kurany… Ehen veema thikudhinnah muhinmu noon kamah fenna thanthan buneladhy in’gey… Eyrun ran’galhu kollan en’geyny 🙂

  11. Pinkish says:
    May 7, 2017 at 12:37 pm

    V v v reethi ??

    1. Saandy says:
      May 7, 2017 at 3:07 pm

      ThanQ Pinkish 🙂

  12. boom says:
    May 7, 2017 at 12:44 pm

    love it somuch.. <3 <3:* :*

    1. Saandy says:
      May 7, 2017 at 3:08 pm

      ThanQ Boom 🙂

  13. silver mist says:
    May 7, 2017 at 1:16 pm

    Vrh vrh reethi mi part ves

    1. Saandy says:
      May 7, 2017 at 3:08 pm

      ThanQ Silver mist 🙂

  14. silver mist says:
    May 7, 2017 at 1:17 pm

    V v v nice

    1. Saandy says:
      May 7, 2017 at 3:09 pm

      ThanQ Silver mist 🙂

  15. Appy says:
    May 7, 2017 at 1:26 pm

    V rythi mi bai vx …4 vana bai kiyan fashaafa vaanuvaaeh neyngigen balaali iru 3 nuky iny heheh miadhu 2 part vx mikiyaaly vaahaka kuriyah dhaagoii v rythi …nimen dhn vx rythi kohdhehchey saandy. ….

    1. Saandy says:
      May 7, 2017 at 3:10 pm

      ThanQ Appy… Hehehe… Baeh faharu ehenves vaane… Vaahaka hadikohnulaa vaahaka ninmaaleveythoa masakkaiy kuraanan… Insha Allah!! 🙂

  16. Ummu Maleek says:
    May 7, 2017 at 4:39 pm

    Nice mee anehkkaa biruveri vaahaka eh tha,?

    1. Saandy says:
      May 7, 2017 at 10:35 pm

      ThanQ Ummu Maleel… Yes loabeege biruveri vaahakaeh

  17. nonns says:
    May 7, 2017 at 4:39 pm

    Wow saandy. Varah reethi mi part. Rukaan and miuvaan ah dhera gotheh nahadhachey. Im Waiting for next part 😀 😀 😀

    1. Saandy says:
      May 7, 2017 at 10:36 pm

      ThanQ Nonns… En’gidhaanethaa dhw e 2 meehunnah vaagothehves… Next part Tuesdayga… Insha Allah!! 🙂

  18. Rainy princess says:
    May 7, 2017 at 4:41 pm

    sry vara reethi… waiting waiting

    1. Saandy says:
      May 7, 2017 at 10:51 pm

      ThanQ Rainy princess 🙂

  19. No one says:
    May 7, 2017 at 6:33 pm

    Vvvv nice
    Keep it up…..

    1. Saandy says:
      May 7, 2017 at 10:51 pm

      ThanQ No one 🙂

  20. Saandee fan says:
    May 7, 2017 at 8:26 pm

    Saandee.. v reethi story.

    1. Saandy says:
      May 7, 2017 at 10:52 pm

      ThanQ Saandee fan 🙂

  21. Love says:
    May 7, 2017 at 10:51 pm

    Wow . mi part ves v v habeys

    1. Saandy says:
      May 7, 2017 at 10:52 pm

      ThanQ Love 🙂

  22. Pinkish says:
    May 8, 2017 at 9:06 am

    haadha gulhey nan namey kiyaafa mihunnany dhemafirinnahvx..
    is this a coincidence!!!

    1. Saandy says:
      May 8, 2017 at 8:08 pm

      Nooney… Eheneh noon… Hama hithah ery gulhuvaalaafa nan kiyan 🙂

Comments are closed.

Next Episodeއިއުނާސް (5)←


All Right Reserved!