ދުރުގައިވިޔަސް… (15ވަނަ ބައި)
ކިތަންމެ ކުުރުގޮތަކަށް މާޔާ ކަންވީގޮތް ކިޔައިދިން ނަމަވެސް ނަކީލްއަށް ހުރިހާ ކަމެއް ސިފަވާފަދައެވެ. ފުރަތަމަ ފަހަރަށް މާޔާ ދެއްކި ވާހަކަ ތަކާއި މެދު ވިސްނަން މަޖްބޫރުވިއެވެ. މާޔާ ނާކީލްއަށް އެވަރަށް ގުޅިނަމަ އެކަމެއް ނަކީލްއަށް ނޭނގުނީ ކީއްވެހެއްޔެވެ. މާޔާ ނަކީލް ހޯދަން ގުޅީކަމެއް ނަކީލްއަކަށް އެގިފައެއްނެތެވެ.މިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ މާޔާގެ ބޭވަފާތެރިކަން ހެއްޔެވެ..ނުނީ ބައެއްގެ މޮޅު ރޭވުންގަނޑެއް ހެއްޔެވެ.ކޮންމެ ގޮތެއްވިޔަސް ހަޤީޤަތާއި ހަމައަށް ވާސިލްވާން ނަކީލް އަޒުމް ކަނޑައެޅިއެވެ.
މާޔާގެ ގިސްލުމުގެ އަޑު ކެނޑުނުހެން ހީވުމުން ނަކީލް މާޔާ ދުރުކުރުމަށް އުޅުނެވެ. އެެހެން ނަމަވެސް އެއްވެސް ހަރަކާތެއް ނެތި ހަބަރުހުސްވެފައި އޮތް މާޔާފެނިފައި ނަކީލްގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ.
” މައި…ހޭ…މައި… ލޯ ހުޅުވަބަ.. މައި…” ނަކީލް މާޔާގެ ބޯގެނެސް ފައިމަތީ ބާއްވަމުން ވަރަށް މަޑުން ކޮލުގައި ދެފަހަރު ޖަހަލީ މާޔާ ހޭ އަރާތޯއެވެ.
” ލޯ ހުޅުވަބަ މައި… ޑޭމްއިޓް..” ނަކީލް ހާސްވާންފެށީ މާޔާއަށް ކަމެއްވީކަމަށް ހިތައެވެ. އެހެންޏާ ކުރިންވެސް މާޔާ އަކީ ވަރަށް ހޭނެތޭ މީހެއްވެސް ނޫންވިއްޔާއެވެ. ނަކީލް މާޔާ ދެއަތުގެ މައްޗަށް އުފުލާލީ ލުއިފަތެއްހެންނެވެ. ވަރަށް އުދަނގުލުން ކަހަލަގޮތަކަށް ބެލްކަނީގެ ދޮރު ކަހާލުމަށްފަހު މާޔާ ގެނެސް އެނދުގައި ބޭއްވީ ވަރަށްވެސް ބަލައިގެންނެވެ. އަދި މާޔާގެ ގައިމަތީ ކުއިލްޓް އަޅައިދިނީ ފިނިބޮޑުވެދާނެތީއެވެ. މާޔާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތަށް އެއްފަރާތްކޮށްލާ ނިތުގައި ބޮސްދެވުނީ އެހިތުގައި އުތުރި އަރަމުންދިޔަ ޝުއޫރުތަކަށް ދޭނެ ނަމެއް ނޭނގިއެވެ. އޭރުވެސް ނަތީޤް އޮތީ ގަދަނިދީގައިކަމުން ނަކީލް އުޅުނީ ވަރަށް ވެސް ބަލައިގެންނެވެ. މާޔަގެ މަގަތުގައި އިނދެ ސައިޓް ޓޭބަލްމަތީ ހުރި ފެންފުޅިން އަތަަށް ފެން އެޅުމަށްފަހު މާޔާގެ މޫނުގައި އުޅުގައިލީ ހޭ އެރުވުމުގެ ނިޔަތުގައެވެ. އެގޮތުގައި ދެތިން ފަހަރު ތަކުރާރުކޮށްލުމުން މާޔާ އެސްފިޔަތަށް ތަޅުވާލިއެވެ. އަދި ވަރުބަލި ކަމާއި އެކީ ލޯ ހުޅުވާ ބަލާލީ އޮވެވުނުތަނާއިމެދު ޝައްކުވެފައެވެ. ނަމަވެސް ކައިރީ ނަކީލް މާޔާއަށް ނަޒަރުވަކިކޮށްލުމެއްނެތި ބަލަމުންދިޔަގޮތުން މާޔާގެ ތުންފަތްމަށްޗަށްވެރިވީ ފަޑުހިނިތުންވުމެކެވެ. އެތަންފެނި ނަކީލްއަށް ހިނިތުންވެވުނު ގޮތެއްވެސް ނޭނގެއެވެ.މާޔާ އަދި މިގޮތަށް ފަޑުކޮށްނަމަވެސް ހިނިތުންވިތަން ނަކީލްއަށް މިނޫނީ ފެނިފައެއް ނެތެވެ. އަބަދުވެސް ނަތީޤްއާއި ވާހަކަ ދައްކާއިރު ހިނިތުންވެގެން ހުއްޓަސް އެ ހިނިތުންވުމުގެ ފަހަތުގައިވާ ވޭންވެސް ކޮންމެވެސް ވަރަކަށް ނަކީލްއަށް ވަނީ ފާހަގަވެފައެވެ. ކިތަންމެ ނޫންކަމަށް ހެދިއަސް އެހިތް އެދިގޮވަނީ ހަމަ މާޔާއާއި އެކީ ވުމަށެވެ. ދުރުގައިވިޔަސް އެލޯތްބަކަށް އަދިވެސް ބަދަލެއް އައީކީއެއްނޫނެވެ.
އެހެނަސް ނަކީލްގެ ހިނިތުންވުން ފަޑުވީ މާޔާގެ މޫނުމައްޗަށް ގެނައި ކުލަވަރުންނެވެ. ދެވަނަ ސިކުންތުގައި ފެނުނީ އިސްތަށިގަނޑުތެރެއަށް އަތްމަހާލައި އެއްތަނެއް މަސާޖްކުރާ އުސޫލުން އުނގުޅަމުން ދިޔަގޮތުންނެވެ.ނަކީލް މާޔާގެ އަތުގައި ހިފައި އެކަން ހުއްޓުވަމުން މާޔާގެ އަތް ދުރުކުރިއެވެ. އަދި މާޔާ ކަންތައްކުރިގޮތަށް ނަކީލް އިނގިލިތަކުން މާޔާގެ ބޯ މަސާޖްކޮށްދެމުންދިޔައެވެ.
” އަދިވެސް ތަދުވޭތަ..” ސީދާ މާޔާގެ ލޮލަށް ބަލަން ހުރެ ބުނެލިގޮތުން މާޔާގެ އަށް ވެސް ކުރެވުނުކަމަކީ އަނގަހުޅުވިފައި ނަކީލްއަށް ބަލަން ހުރުމެވެ. މާޔާ ހުރިގޮތުން ނަކީލް ގާތަށް ހިނި އައި ނަމަވެސް ހިނިގަނޑު މައިތިރިކޮށްލީ މާޔާ ހީކުރާނެ އެއްޗެއް ނޭނގޭތީއެވެ. އެއީ ކުރީގެ މާޔާއެއްވެސްނޫނެވެ. ހަމައެހެންމެ ކުރީގެ ނަކީލްއެއްވެސް ނޫނެވެ. ވަގުތާއި ހާލަތުގެ ގޮތުން އެދެމުގައި ވަނީ ބޯފާރެއްލެވިފައެވެ. ދިރިއުޅުމުގެ ތޫފާނުގައި ޖެހި ދެހިތްވަނީ މިސްރާބު ގެއްލިފައެވެ. ނަކީލްއަށް ޖަވާބެއް ނުދީ މާޔާ ތެދުވެވޭތޯ އުޅުމުން ނަކީލް މާޔާގެ ދެކޮނޑުގައި ހިފައި ބޭއްވިއެވެ.
” ތެދުވާނެ ކަމެއް ނެތް.. އެބަ އަންނަން ބޭސް ހިފައިގެން…ތިހުރީ އަދި މިއަދު އެއްވެސް އެއްޗެއް ނުކައެއްނު ދޯ… ” މާޔާވެސް ދެކޮޅު ނުހެދީ ގައިގައި ކޮޅަށް ހުންނާނެވަރެއް ނެތުމުންނެވެ. ބޮލުގެ ރިހުމަކަށް ބަދަލެއް ނައިނަމަވެސް ވެފައި ހުރި ބަނޑުހައިކަންވެސް އިހްސާސްކުރެވުނީ ދެެނެވެ. އެކަނި ބޭރަށް ގޮސް ކާންވެސް ނުކެރޭނެތާއެވެ. ފަހަކަށް އައިސް މިގޮތަށް ގަދައަށް ބޮލުގައި ރިއްސާލެއްވެސް ގިނަ ހެން ހީވާންފަށައިފިއެވެ. އެހެންނަމަވެސް އެއީ މާބޮނޑު ކަމަކަށް ނުހެދީ ކަންކަމާ މާވަރަށް ފިކުރުކުރާތީ ވާކަމެއްކަމަށްބަލާފައެވެ.
ލޯމައަރިގެން އޮތް މާޔާ ލޯހުޅުވާލީ ނަކީލް ގޮވާލި އަޑަށެވެ. ސޭންޑްޗިޒް އަކާއި ޖޫސް ތަށްޓެއް ބޮއެގެން ބޭސްގުޅަ ކެއުމަށް ފަހު މާޔާ ބެލީ ނިދޭތޯއެވެ. އެހެނީ ބޮލުގެ ރިހުމަކަށް އަދިވެސް ބަދަލެއް ނާދެއެވެ. މާޔާގެ މަގަތުގައި ނަކީލް އިނދެ މާޔާގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔަގޮތުން މާޔާއަށް ނިދެން މާކަ ގިނައިރެއް ނުނަަގައެވެ.
ނިދިފައި އޮތް މާޔާ އާއި ދިމާލަށް ނަކީލް ބަލަހައްޓައިގެން ހުރި އިރު ހިތް ދަނީ އެތަށް ކަމަކާއި ޝަކުވާކުރަމުންނެވެ. މިއަދު މާޔާ ބަލިވާންޖެހުނީ ނަކީލްގެ ސަބަބުންކަމަށް ޤަބޫލުކުރެވެންފެށީވެސް ކަންތައްކުރެވުނު ގޮތުންނެވެ. މަންމަމެން އެހާ ނުރުހޭ އިރު މާޔާއަށް ކޮޓަރިން ބޭރަށްވެސް ނިކުންނަން ނުކެރޭނެކަން ހަދާންނެތުނީވެސް ކިހިނަކުންހެއްޔެވެ. ނަތީޤްއަށްވެސް މިއަދު ކާންދިނީ މުޅިންވެސް ނަކީލް ވިއްޔާއެވެ.
ނަކީލްއަށް ހެނދުނު ހޭލެވުނީ ފޯން އެލާމްވާ އަޑަށެވެ.އަވަސް އަވަހަށް އެލާމް އޮފްކުރުމަށްފަހު ބަލާލީ ނަތީޤް ހޭލިތޯއެވެ. ނަސީބު ރަގަޅުކަމުން ނަތީޤްވެސް މާޔާވެސް ނުހޭލައެވެ.މާޔާގެ ގައިމަތީ އޮތް ފޮތިގަނޑު ރަގަޅުކޮށްދިނުމަށްފަހު އަވަސް އަވަހަށް ފެންވަރައި ތާޒާވެލައިގެން ކޮޓަރިން ނިކުތީ މާޔާއާއި ނަތީޤް ހޭލަންވާއިރަށް ކާނެ އެއްޗެހި ކޮޓަރިއަށް ގެނެސްދިނުމަށް ލީކައިރީ ބުނާށެވެ. ނަކީލް ބަދިގެތެރޭ ހުރީ ލީއަށް ކަންތައްކުރަންވީގޮތް ކިޔައިދިނުމުން އެކަމާއި ލީ އެއްބަސްވީ މެޑަމްމެން ނުރުހޭ ކަމަށްވީތީ ބިރުންހުރެއެވެ. އެހެންނަމަވެސް ނަކީލްއަށް މާ ބިރުގަންނަހެން ބައެއްފަހަރު ކަންތައްކުރާގޮތުން ހީވެއެވެ.
ނަކީލް ޖޮގިން އިން އައި އިރު މެލިސާމެން އުޅެނީ ހޭލައެވެ. ނިހާލްވެސް ނޫހެއް ކިޔަން އިން އިރު މެލިސާ ކައިރީ ޖެނީެވެސް އިނީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ.ހެދުނު ނާސްތާއަށް މޭޒުމަތި ތައްޔާރުކޮށްފައިވީއިރު ހީވާގޮތުން އެންމެން އިންތިޒާރު ކުރަމުން ދިޔައީ ނަކީލްއަށެވެ. ނަކީލްވެސް ގޮސް ލިލީއާއި ޖެހުގެން ހުރި ސޯފާގައި އިށީނދެ ޖެނީއަަށް ހިނިތުންވުމެއް ހަދިޔާކޮށްލީ އެއީވެސް ނަކީލްގެ އަތްބަކަށްވުމުންނެވެ.އިއްޔެ ލިލީގެ ފަރާތުން ފެނުނީ ނަކީލް ކިތަންމެ ހިތްހަމަ ނުޖެހޭ ކަމަކަށް ވިޔަސް އެފަދަ ހާލަތެއްގައި ކަންތައްކުރެވޭނީވެސް އެފަދަ ގޮތަކަށް ކަން އަމިއްލަހިތަށް ވިސްނައިދިނީއެވެ.
” ކީލް ދެން އުޅެނީ އޭނަ ކައިރީތަ ހަމަ…” ޖެނީ ކުސްތަޅާލިއެވެ.
މެލީސާއާއި ނިހާލް ކުރިމަތީ ލިލީ އެވާހަކަ ފެށުމުން ނަކީލް ކުޑަކޮށް ހައިރާންވިނަމަވެސް އެއްވެސް ކަމެއް މޫނުމަތިން މުދައްކާވޭތޯ ބެލިއެވެ. މިއޮތީ ބޮޑުތާ ޖެހިފައޭ ނަކީލްގެ ހިތަށް އެރުމުން ބޯކަހާލީ އެވާހަކައެއް އެއްޗެއް ބުނަން ބޭނުން ނުވުމުންނެވެ. މާޔާ ކައިރީ ހުރެވޭހާ ހިދަކު ނަކީލް ހިތްހަމަޖެހެއެވެ. މާޔާއާއި ދުރުގައި ހޭދަވި ކޮންމެ ދުވަހެއް ނަކީލް ވޭތުކޮށްފައިވަނީ ހުސްކަމާއި ފަޅުކަމުގެތެރޭގައޭ ބުންޏަސް ދޮގަަކަށް ނުވާނެއެވެ. ޖެނީ އަށް ހިތް ކިލަބު ކުރަން ބޭނުން ނުވިޔަސް ނަކީލް ލޯބިވަނީ މާޔާ ދެކެކަމާއި ޖެނީއާއި މެދު އެފަދަގޮތަކަށް ނުދޭކޭ ކަން އެނގޭއިރުވެސް ޖެނީ އެހެން އެހުމުން ހިތްހަމަނުޖެހުނެވެ.
” ތެދެއް ދަރިފުޅު…ޖެނީ ދެން ގެސްޓްރޫމްގަ ބެހެއްޓީމަ އެފަކީރު ރޭވެސް އުޅުނީ ނުނިދިގެން… އެހެން ހަދާކަށް ނުވާނެނު ދަރިފުޅާ… އެހެން ނޫނަސް އެ ސުންޕާ އަންހެނާ އެތާ ބެހެއްޓިއަސް ނަތީޤްއަަށް އޭނައަށް އަޅާލެވޭނެއެއްނު..ނަކީލްގެ ބޭނުމަކީ އޭނަ ލައްވާ ދަރިފުޅު ބެލުމެއްނު..ކޮންމެހެން އެއްކޮޓަރިއެއްގައި އުޅުމުގެ ބޭނުމަކީ ކޮބާ..ޖެނީ އެކަހެރި ކޮށްފަ..” މެލިސާ ބެލީ ނަކީލް ގެ ވިސްނުން ބަދަލުކޮށްލާށެވެ. ކޮންމެ ގޮތެއް ވިޔަސް މާޔާއާއި އެއް ކޮޓަރިއެއްގައި ނަކީލް ރޭ ނިދީތީވެސް މެލިސާ ލޮލަކަށް ރޭ ނިންޏެއްނާދެއެވެ.
” ދެން މަންމަމެން ދައްކާ ވާހަކަ.. ގެސްޓް ރޫމް އެއީ ދެން މިގޭގަ ހުރި އެންމެ ފެންވަރު ރަގަޅު އެއް ކޮޓަރި. އެތާ އޮވެގެން ޖެނީ ކޮން ބިރެއްތަ ވަކީ ގަންނާނީ… ހަމަ ނިދާނީ ވިއްޔާ.. ” ނަކީލް ބުނެލިއެވެ. އޭރު ޖެނީގެ މޫނުމަތިން ހީވަނީ އަލިފާންކަނި ބުރާހެނެވެ. މާޔާާއާއި މެދު އެހިތުގައި އަދަމުންދާ އަލިފާންގަނޑު ހައްތަހާވެސް ދަނީ ވަރުގަދަވަމުންނެވެ.
” ދެން މެލިސާ ތިކަމާ ނުބެހިބަ…އޭނަ އެހެސީ އެ ސުންޕާ އަންހެނާގެ ސުހުރުގަ ޖެހިފަ… މިފަހަރުވެސް އަންނާނީ އަހަރުމެން ފައިދަށް ރޯން … ބަހައްޓާ…އެހެންނޫނަސް އޭނާގެ މަޤާމަކީ ކުދިންބަލަހައްޓާ މީހެއްގެ މަޤާމެއް ނޫންތަ..” ނިހާލް މެލިސާއާއާއި މުހާތަބުކޮށްބުނެލީ މަލާމާތްވެސް އެކުލެވޭ ރާގަކަށެވެ.
” މަންމާ…ބައްޕާ.. އެންޑް ޖެނީ… އަހަރެން ވަރަށް ސާފުކޮށް މިބުނަނީ މާޔާ ހުންނާނީ އަހަރެން ދެއްކި ތާކު..އެއީ އަހަރެންގެ ކޮޓަރި… އެތާގައި އުޅޭނީ އަހަންނާއި އަހަރެންގެ ދަރިފުޅާއި އެދަރިފުޅުގެ މަންމަ..މާޔާ އަކީ ނަތީޤްގެ މަންމަ…ކުދިން ބަަލަހައްޓާ މީހެއްނޫން އެއީ… މަންމަ އާއި ދިމާލަށް މިހެން ބުނާކަށް ބޭނުމެއްނޫން އެކަމް މާޔާ އަކީ ކުދިން ބަލަހައްޓާ މީހެއް ވިއްޔާ މަންމަވެސް ތީ ހަމަ… އޫޕްސް..ސޮރީ…” ނަކީލް މަޑުން ވާހަކަ ދެއްކިއެއްކަމަކު ހިތްހަމަނުޖެހިފައިވާ ވަރު އަޑުންވެސް ހާމަވެއެވެ. އެހެންނަމަވެސް އެތާ އިތުރަށް މަޑުނުކޮށް ސިޓިން މައްޗަށް އެރަައިގެން ދިޔައީ ކޮޓަރިއަށެވެ.
” ކޮބާ..ފެނޭތަ…އެހެންވެ އޭ އޭރުވެސް އަހަރެން ބުނީ މާބޮޑަށް ދޮންފުތުކޮށްގެން ނުގެންގުޅޭށޭ…ރީއްޗެއްނު..ކިހާ ތާހިރު…” މިފަހަރުވެސް ނިހާލްގެ ފާޑުކިޔުންތަށް އަމާޒްވީ މެލިސާއަށެވެ. މެލިސާ ހިތާހިތުން މާޔާއާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައީ އައި ރުޅިންނެވެ. އެއްފަހަރު ގެއިން ބޭރުކޮށްލީމަވެސް ފަހަތުން ނެއްޓެން ނޭގުނު ވިއްޔާއެވެ.
” ތި މާޔާގެ ޒިންދަގީ ޒަހަރަށް ނަހަދައިފިއްޔާ މަށަކަށް މެލިސާއެއް ނުކިޔާނެ..” ނެލިސާ ދަތްކުޑިވިކާލަމުން ބުނެލީ ނިހާލް އާއި ޖެނީއަށްވެސް އަޑުއިވޭވަރަށެވެ. ތިން މީހުންގެ މޫނު މައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.
“އަންހާ..ޑޭޑީގެ ޕްރިންސް ހޭލީތަ… ” ކޮޓަރިއަށް ވަތް ނަކީލްއަށް އެނދުގައި ދެފައިވަށްކޮށްގެން މާޔާއަށް ބަލަން އިން ނަތީޤްފެނުމުން ބުނެލިއެވެ. އެއާއި އެކު ނަތީޤްވެސް ނަކީލްއާއި ދިމާލަށް ބަލާލީ ނިދިބަރުވެފައިވާ ލޮލަކާއި އެކީގައެވެ. ނަކީލްއައިސް ނަތީޤް އުރާލީ މާޔާއަށް އުދަނގޫކޮށްފާނެހެން ހީވީތީއެވެ.
” ހިނގާ އަވަސްކޮށް ޑެޑީއާއި އެކީ ފެންވަރާލައިގެން ކާންދާން ދޯ..” ނަތީޤްގެ ގޮވައިގެން ފާހަނައާއި ދިމާލަށް ދަމުން ކަންފަތްދޮށުގައި ބުނެލީ މަޖާ ރާގަކަށެވެ.އެއާއި އެކު ނަތީޤްގެ ހިނިގަނޑު ފަަޅައިގެންދިޔަކަހަލައެވެ. އެކި އެކި ސަކަރާތުގައި ނަތީޤް ރީތިކޮށް ނިންމާލެވުނުހުރީ ހަމަ ރަގަޅަށްވެސް ވަރުބަލިވެފައެވެ. ކޮންމެ ދުވަހަކުވެސް މާޔާ މިހާ ވަރުބަލިވާނެ ބާއޭ ނަކީލްގެ ހިތަށްއެރިއެވެ.
” ޑޭޑީ…ލެޓްސް ވޭކް މޮމީ…” ނަތީޤްއަށް މާޔާ ނިދާފައި އޮތުމުން ކަންބޮޑުވީކަންނޭގެއެވެ. އޭރު ނަކީލްގެ އަތުން ވީއްލިގެން ގޮސް އެނދަން އަރާއި ހަމަޖެހިލީ މާޔާއަށް ގޮވަން ތައްޔާރަށެވެ. ނަކީލް އަވަސް އަވަަހަށް ގޮސް މާޔާ އާއި ނަތީޤް ދުރުކުރުވީ ކޮންމެވެސް ބަހަނާއެއް ދައްކަމުންނެވެ.
” މަންމީ ބާއްވަބަ ނިދަން…މަންމީ ހޭލައިފިއްޔާ ކިހިންނެތްތަ ޑޭޑީ އާއި ދެކުދިންނަށް އައިސްކްރީމް ބޯން ދެވޭނީ.. އަދި ޑޭޑީގެ ޕްރިންސްއަށް ދޭން ބައިވަރު ޓޯއިސްވެސް ގަންނަން އެބަހުރި ވިއްޔާ..ހިނގާ އަވަހަށް ތިރިއަށް ސައިބޯން… ރައުންޑް އަކަށް ދާނީ…” ނަކީލްް ބެލީ ފަރުވާތެރިކަމާއި އެކީ ދަރިފުޅުގެ ސިކުނޑިއާއި ކުޅެލެވޭތޯއެވެ. މާޔާއަށް ރަގަޅަށް ނިދާލެވިއްޖެ ނަމަ ބޮލުގެ ރިހުމަށް ލުޔެއް ލިބިދާނެތީއެވެ. އެހެންކަމުން ނަކީލްބޭނުން ވީ ވީހަވެސް ގިނަ އރު މާޔާ އަރާމްކުރުމަށް ބޭއްވުމަށެވެ.
“ޑޭޑީ…” ނަކީލް އާއި އެކީ ލަސްލަހުން ސިޑިންފައިބަމުން ދިޔަ ނަތީޤްގެ އަަޑުގައިވަނީ ބިރުވެރިކަމެވެ. ދަރިފުޅުކޮންމެވެސް ކަމަކާއި ހާސްވެއްޖެކަމުގެ އިހްސާސްކުރެވުމުން އުރާލީ ހިމާޔަތްދޭފަދަގޮތަކަށެވެ. ދެބަފައިން ސިޑިންފައިބައިގެން އައި މަންޒަރު ސޯފާގައި ތިބި މެލިސާމެންނަށް ފެނުމުން ދަތްތައް ފެންނަ ވަރަށް ހީލިއެވެ. މާޔާދެކެ ކިތަންމެ ނަފްރަތެއް ކުރިއަސް މާމާ ދަރިއަކަށް ކުރެވޭނީ ކޮންނަފްރަތެއްހެއްޔެވެ. ހީވަނީވެސް ހަމަ ނަކީލްގެ ކުޑައިރުގެ ތަސްވީރެއްހެން ވިއްޔާއެވެ. ސޯފާއިން ތެދުވެގެން ގޮސް ނަތީޤް އުރާލުމަށް ޓަކައި ދެވުނު ގޮތެއް ވެސް ނޭނގުނީ އެެހެންވެ ކަންނޭނގެއެވެ.
” ޑޭޑީ… ކާފަ އާއި މާމާ ދެމީހުން ދިބޭނީ އަދިވެސް ކޮއްކޮ ދެކެެ ރުޅިއައިސްފަތަ…” މެލިސާގެ ފިޔަވަޅު ހުއްޓުމަކަށް އައީ ކުޑަކުޑަ ނަތީޤް ކޮޑުގައި ބޯއަޅައިގެން ބުނެލި ގޮތުންނެވެ. ނިހާލްއަށްވެސް ވީހަމަ އެވަރެވެ.
” މާމާ އާއި ކާފަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ… އާދެބާ މާމާ ކައިރިއަށް..” މެލިސާ ނަފްސު ހަމައަކަށް އަޅުވަމުން ނަތީޤް އުރާލުމަށް އަތްދިއްކޮށްލިއެވެ. އަދި އިއްޔެ ފެނުނު ފަދަ މަންޒަރެއް ދެން ނަތީޤްއަށް ނުދެއްކުމަށް އަޒުމްކަޑައެޅީ އެ ލޯބިން މަހްރޫމް ވާން ނޭދޭތީއެވެ. ހަމަ އެއާއި އެކު ނަތޤްވެސް މެލިސާކައިރިއަށް ދިޔައީ ދާހިތުންނެވެ.
” މިއަދު ކާނީ މާމާއާއި އެކީ ދޯ..” މެލީސާ ނަތީޤްގެ ބޮލުގައި ފިރުމާލަމުންް ބުނެލިއެވެ.
” އުހުން… މިއަދު ކާނީ ކާފާ އާއި އެކީ..ކާފަގެ ކުއްޖެކޭ ދޯމިއީ..” ކުރަން ހުރި މަސައްކަތް ހުއްޓަލުމަށްފަހު ނިހާލްވެސް ނަތީޤްކައިރިއަށް ޖެހިލާއި ބުރަކަށީގައި ފިރުމާލިއެވެ.
“ކޮއްކީ އަކަށް ނޭނގެ ކާންވީ ކާކާއި އެކީ ކަމެއް… ޑޭޑީ ބުނީ ޑޭޑީއާއި އެކީގައޭ…މާމަ ބުނީ މާމައާއި އެކީއޭ… ދެން ކާފަ ބުނީ ކާފައާއި އެކީއޭ…ކޮއްކީ ކިހިނެތް ހުރިހާ އެއްޗެއްކާނީ..” ކަންބޮޑުވުން ފާޅުކުރަމުން ނަތީޤް ބުނެލިލެއް މައުސޫމްކަމުން ދެން އިވިގެން ދިޔައީ އެންމެންވެސް ހީގަތްއަޑެވެ.
މިކަމުން އެއްވެސް އަސަރެއް ނުކުރީ ޖެނީއަށެވެ. ނަތީޤްއާއި ހެދި މީހުން އުޅެގޮތް ފެނުމުން ވީ ފޫއްސެވެ. އެންމެންވެސް ދެން މިވަރަކުގެ ކަމެއްނެތިގެން މިއުޅެނީ ކީއްވެހެއްޔެވެ. ޖެނީގެ މީހަކަށް ނަކީލް ހަދަން އެކިގޮތްގޮތުން ކުރަމުން އައި މަސައްކަތްފެނަށް ވެދިޔައީ މިކުއްޖާގެ ސަބަބުން ކަމަށް ދެކެއެވެ. ކޮންމެ ގޮތެއްވިޔަސް ނަކީލް މިލްކުކުރަން ޖެނީ ބޭނުމެވެ. މާޔާއާއި އިދެގެން އުޅެނީވެސް މިކުއްޖާގަނޑުގެ ސަބަބުންތާއެވެ. ހިތަށްވެރިވި ނުބައި ހިޔާލަކުން މޫނުމަތިން ދުވެލީ ވިހަ ހިނިތުންވުމެކެވެ. އެހާ ފަސޭހައަކުން މާޔާއަކަށް ދެނެއް ނަކީލްއެއް ނުލިބޭނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.



here it is episode 15.
thankolheh avahah upload mikohdhiny readers understanding v varun as a gift… still my eyes arent better… keep reading… have a nice day
V nice maalahee up kuran next part konirakun
upkuraaleh las vany busy kamunaa eye ge health huna gothun
i am a student.. thedah bunanya i get three hours laptop time eves i have to take 20 mins break in every 20mins fotheh kiyas i shouldnt read it for more than 8hours… i am sure that if it was another writer would have gave up on it…this is the best i can do.. :D.. hope u can understand
next part with in three days upload kureveytho balaanan
Thank you brah reethi
thank you
Wow… Varah rythi… Next part thankolheh avahah up kohla dheythi
i ll try…
Plz this time dnt let then tear apart cute nathygs daddy n mommy. Let their plans flop. Love it
higaa vaagotheh balamaa dho mifaharu…
Nice.. bt story maa lahun up vaa iru ves haadha kurey..mi ah vure dhigukoh genesba.. next part ah inthixaaru kuran..
Dear Maly and other readers..
let me give u a scenario. lets say u all are students and lets say u have endless amount of chapters to finish and read around 200 to 500 pages.endless exams and still u have this desire to write stories. on top of it ur eyes arent with u willing to let u do all of those peacefully. crazy eye pains u get and endless warning from doctors not to injure it more than now it is.and specially if its have a condition that cant be treated. all u can do is not to let it get worse. so if u get 3hours per day infront of laptop and plus u have other important thingies to do as well including studying. will u still write long long episodes in every one or other day or atleast a week it will still be next to impossible.
tell me honestly how u ll act according to this scenario.
keep in mind that i am not being rude… this is just a friendly guesture asking for an opinion.
thanks readures… varah avahah next part upload kuraanan iraadakurehviyya
Mi vaahaka medhu kadaalan vnu..
Dhn eye ragalhu vma continue kuraanee..
Ehaa haalun hurihaa kudhin ge shakuva adu ehumah vuren, eye ragalhu ve continue koh up kurevey varu vma up kuran fashaanee..
Mihaaru dhn vaahaka vs ehaa reethi koh nun dhany..
Vedhaane ehaa haalun liyaathy kamah..
Better to stop..ragalhu vma continue kuraa gothah..
thankyou for your kind opinion. mivaahaka ehfaharu mi sababaa hure medhu kadaalaafa mifeshy niman kamah…i have been having this problem for past lets say seven years but now its getting worse… vaahaka ah varah bodu twist eh anaane kuriah oi thaaga i am hoping it will make this story interesting.
thankyou…
Wow varah shalhi
thankyou and keep reading
Varah reethi mi part ves ??
thankyou and keep reading
Vrh reeethi. ??? tikuraa hihvrh saabas dear ? may Allah heal u soon. Ameen??
thankyou
v reethi mi vaahaka
thankyou
vvvv reethi mi baives
thank you
jeny dhw… jeny ves kuran ulhey kameh balamaa higaa dhen…:P
alhe jeny fonuvalabala.v foohi meeheh?
KURYGE PART THAH NUEH FENEY.. IS THERE ANYWAY I CAN READ ALL CHAPTERS TILL DATE?
🙂 THANKS
Click on name and go to page 2 or 3
My opinion.. What ure doing is incredible.. M sure no other writer would b able to do this.. Readers are complaining because they can’t wait to read the next part. Do u know the meaning of it.. It means ure story is awsome.. I guess with your condition if u can write an episode per week is also good.. Look at professional writers like binmma.. They write twice a week.. So u being a student n with ure eye problem even if u write once a week also we readers should appreciate urw hard work.. Anyways I appreciate urw hard work n wish u all the best.. Let me tell u something.. U can get many fans by writing but u will never get an eye.. The pain u go through, no body would understand it.. So take care if ure eyes..no offense to any if the readers.. Please try to understand her guys n b thankful that atleast she is writing a good piece for us to read.. Thank you so much dear.. Good luck n get well soon.. 🙂
thanks Amin for understanding…:D
Writer ur story is v.nice..gdluck..???
thank you Noor… same goes to you
E jenyy nathiq ah kameh kuran dho e ulhenuoo.. Anihka Maya ah kihinehvieeba.. Love this story writer ? get well soon dear
thanks Aisha… jeny kuran visnaa kameh balamaa higaa dhw.. keep reading