Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ދެވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 2, 2017 6 Mins Read
40 Comments

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އަލާނިޔާ ރީތިވަމުން ދިޔައީ އެކުވެރިންނާ ބައްދަލު ކޮށްލުމަށް ރަސްފަންނަށް ގޮސްލާށެވެ. ހުދުކުލައިގެ ކްރޮޕް ގަމީސްކޮޅަކާ ކަޅު ސިކިނީ އެއްލައިންހުރި އިރު އެބައްޓަން ރީތި ހަށިގަނޑު ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑަށް އެއްވެސް ގޮތެއް ނުހަދާ މިނިވަންކަމާއެކު ދޫކޮށްލެވިފައިވާއިރު އެ ސާދަކަމަށް އެތައްބައެއް ފިދާވާހާ ވެއެވެ. އަނެއްކޮޓަރީގައި އުޅޭ ޔުސްރާވެސް ރީތިވެލައިން ނިކުތްއިރު ހީވަނީ ހޫރު ޕަރީއެއްހެނެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު ރަތް ލޭކުލަ ޖައްސާލެވިފައިވާ ތުންފަތް އެ ދޮން މޫނު ފުރިހަމަ ކޮށްދީފައިވެއެވެ. ދަނބު ކުލައިގެ ކަކުލާ ހިސާބަށް އަރާހެދުމުގައު ހުރިއިރު އިސްތަށިގަނޑުވަނީ ދެފަރާތުން ނަގާ ފުރަގަހަށް ވާގޮތަށް ގަތާލެވިފައެވެ. ހީވަނީ ބޭންޑެއް އަލާލައިން ހުރިހެންނެވެ. ދެމީހުން އެކަކު އަނެކަކަށް ތައުރީފު ކޮށްލަމުން ފޮޓޯއެއް ނެގުމަށްފަހު ދާންވީ މަންޒިލާ ދިމާއަށް މިސްރާބު ޖެހިއެވެ.

“މަށަކަށް ހިޔެއް ނުވޭ އެދެމީހުން އަންނާނެހެން. ނުލާހިކު ރީތިވެގެން މިތަނަށް މިއައީ. އައި ޓުކް ތްރީ އަވާރޒް..” ލައިތް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ކައިރީގައި އިން މުލައިލް އާއެވެ. ނަމަވެސް މުލައިލް އިނީ ފުން ހިޔާލެއްގެ ތެރޭގައެވެ. “ބްރޯ…ކިހިނެއްވެފަތަ ތި އިންނަނީ..އައި ތޯޓް ވީ އޯލްވާ ބެސްޓީސް..ކީއްވެތަ މުލް ޝެއާ ނުކުރަނީ…” ލައިތްއަށް ކެތްނުވެގެން އެންމެފަހުން މުލައިލްގެ ކޮނޑުގައި ބާރަކަށް ޖަހާލަމުން ޝަކުވާކޮށްލިއެވެ. މުލައިލް އޭނާގެ ތޫނު ނަޒަރު އަމާޒުކޮށްލަމުން ލޯހަނި ކޮށްލިއެވެ.

މުލައިލްގެ އެތޫނު ނަޒަރަކީ އަންހެން ކުދިންގެ އިތުރުން ފިރިހެނުންވެސް ޖެހިލުންވާފަދަ ބެލުމެކެވެ. މުލައިލްއަކީ ކުރިން ނުހަނު އުފާވެރި މީހެއްނަމަވެސް ފަހުންދިމާވި ހާދިޘާއެއްގެ ސަބަބުން މުޅި މިޒާޖަށް ހަމަހިމޭންކަން ވެރިވީއެވެ. ހިތާމަޔަކީ މިއަދު އެއިން އެކަކުވެސް އެ ހާދިޘާ ހަނދާން ނުހުންނަކަމެވެ. މުލައިލް އަކީ ރީތި ކުއްޖެއްނަމަވެސް އޭނާ އަންހެން ކުއްޖަކާ ދިމާއަށް ބަލައިވެސް ނުލައެވެ. އެރީތި ކަމަށް އެތަށް އަންހެންކުދިންނެއް މަރުދެމުން ދާއިރު މުލައިލް އަޅާވެސްނުލައެވެ. އެފާޑަށް މޫނުހަދައިން އިންދާ ޔުސްރާ އަދި އަލާނިޔާ ވެސް އެތަނަށް އައިސް އެމީހުންގެ ގާތުގައި އިށީނެވެ.

އަލާނިޔާއަށް މަޑުން ނީންދެވިގެން ކޮން ހަނގުރާމައެއް ހިނގީތޯ އަހާލިއެވެ. މުލައިލްވެސް ކޮޑުއަރުވާލަމުން މޫދާ ދިމާއަށް ނަޒަރު ހުއްޓާލިއެވެ. “އައި އިންވައިޓެޑް ސަމްވަން..އެންޑް ހީ އިޒް އޮން ދަ ވޭ…” އަލާނިޔާ އެހެން ބުނުމާއެކު އެންމެންވެސް ހައިރާންވެގެން ބަލަންފެށިއެވެ. ޔުސްރާވެސް އިނީ ސުވާލު މާކެއްގެ ތެރޭގައެވެ.”ހީ؟؟!!. ހޫ ހީ؟؟!” ލައިތް އަތުގެ އިށާރާތުން ކޮމާކޯޅި އަލާލަމުން އެހެން އަހާލީ މިއިން ދުވަހަކުވެސް އަލާނިޔާ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކައިފައި ނުވާތީއެވެ. މުލައިލްވެސް ބުމަ އަރުވާލީ ލައިތް އެކުރި ސުވާލުގެ ޖަވާބު ބޭނުން ވެފައި އިނުމުންނެވެ.

ރަސްފަންނުގައި ހުރި ވައް މޭޒެއްގެ ދަށުގައި އެ މީހުންތިބިއިރު މުލައިލް އަދި ލައިތްގެ ފަހަތުން ހިތްގައިމު ފިރިހެން ވަންތަ އަޑެއް އިވިގެން ދިޔައެވެ. ސިހިފައި އެދެމީހުން އެދިމާއަށް ބަލައިލިއިރު ދާދި ގާތުގައި ރީތި ހިނިތުންވުމެއް ހަދިޔާކޮށްލައިން ހުރި ކުއްޖަކު ހުއްޓެވެ. ކަޅު ޓީޝާޓަކާއި  ފެހި ކުލައިގެ ސޯޓެއްލާފައިވާއިރު އިސްތަށިގަނޑު ވަނީ ކޮޅަށްނަގާ ހިއްލާލާފައެވެ. މިއަދު ހެނދުނު ފެނުނު ހާޝިރް އާ މިހާރު ފެންނަމުންނިދާ ހާޝީރްއާ ހާސްބައި ތަފާތު ކަމުން އަލާނިޔާވެސް އިނީ ހައިރާންވެފައެވެ. އެ ޖާދުވީ ހިނިތުންވުން ފެނުމުން އަލާނިޔާވެސް އުފާވިއެވެ. އަދި އިށީނުމަށް ބުނެލިއެވެ.

އެދުވަހު އެންމެނަށް ހާޝިރް ތައާރަފް ކުރެވުނެވެ. ހަތަރު މީހުންގެ ގުރޫޕަށް އާ މީހަކު ވަނުމުން އެންމެންވެސް އުފާ ފާޅު ކުރަމުން ދިޔައެވެ. އެންމެންވެސް މަޖާކުރަމުން ދިޔައިރު އަލާނިޔާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ކުރިމައްޗަށް ވާގޮތަށް އިން މުލައިލްއަށެވެ. އޮއްސެމުން ދިޔަ އިރުގެ ރަން ދޯދިތަށް އެ މޫނަށް އެޅިފައިވީއިރު ނުހަނު ހިތްގައިމެވެ. އަލާނިޔާގެ ކުޑައިރުގެ ކޮންމެ ހަނދާނެއް ހަނދާނުން ފޮހެވިފައިވާއިރު ވެސް އަލާނިޔާ އެ މޫނު ހަނދާން ހުއްޓެވެ. އަބަދުވެސް އެ ހިތް ހަދިޔާ ކޮށްފައިވަނީ މުލައިލްއަށް ކަމަށް ހިތް އަބަދުވެސް ދައުވާކުރެއެވެ. އެ ލޮލުގައިވާ ސިހުރުގައި އަލާނިޔާ އަބަދުވެސް ޖެހިވައިވާކަމަށް ސިކުނޑިވެސް ބުނަމުންދެއެވެ. ނަމަވެސް އަލާނިޔާ ދެރަވަނީ އެއިން އެއްކަމެއްވެސް ހަނދާން ނުހުންނާތީއެވެ.

އަލާނިޔާ މުލައިލްގެ ސިހުރުގައި ޖެހިފައި އިން އިރު ހާޝިރް ދިޔައީ އިރު އިރުކޮޅާ އަލާނިޔާއާ ދިމާއަށް ބަލަމުން ނެވެ. ލައިތްގެ އަނގަގަދަކަމުން ހާޝިރްއަށް އަނގައިން ބުނެލާނެ ފުރުސަތެއް ނުލިބުނު ނަމަވެސް ހާޝީރްއަށް އަލާނިޔާ ފެންނަމުންދާތީ ބަޔާކުރަން ދަތި އުފަލެއް ލިބެއެވެ. މިހުރިހާކަމެއް ބަލަން އިން ޔުސްރާ އިނީ ބޯހަލާކުވާން ކައިރިވެފައެވެ. އެންމެން އެއްތަންވެއްޖެޔާ ލައިތްގެ ކަމަކީ ހުއްޓާނުލާ އަނގަތެޅުމެވެ. އަލާނިޔާ އިންނާނީ މުލައިލްއަށް ނަޒަރު ހުއްޓާލައިންނެވެ. ނަމަވެސް މުލައިލް އިންނާނި ފޯނާ ކުޅެން އިސްދަށަށް ޖަހާލައިންނެވެ. ލައިތްގެ ބައެއްވާހަކަތަކަށް ބޯ ހަލުވާލާ ފަހަރުވެސް އާދެއެވެ. ނަމަވެސް އިތުރު އެއްވެސް ކަމެއް އޭނާއަކަށް ރޭކާނުލާނެއެވެ. ޔުސްރާ އިންނަން ޖެހޭނީ ކުޅިވަރު ބަލާށެވެ. އަނެއްކާ އާ ބައިވެރިޔަކު އިތުރު ވީއިރު މިކުޅިގަނޑު ބޮޑުވާނެކަމަށް ޔުސްރާގެ ހިތް ބުނެލިއެވެ.

އެންމެންވެސް ނުހަނު ފޯރީގައި ތިއްބާ ހާޝިރް އަށް ފޯނެއް އައުމުން ދަނީކަމަށް ބުނެ އޭނާ އެތަނުން ދިޔައެވެ. އަދި އެމީހުންގެ ގުރޫޕުގެ މެންބަރަކަށް ވެވުމުން އުފާކުރާކަމަށްވެސް ބުނެލިއެވެ. ހާޝިރް ދިޔަތާ ފަސްމިނެޓުވެސް ނުވެ ޔުސްރާއަށް ވެސް ފޯނެއްއައެވެ. ” ސޮރީ ގައިޒް. ޕޭޝަންޓެއް އެބައުޅެޔޯ މުޅިތަނުގަ އަޑުގަދަ ކޮށްލައިން. ދަނީ.. ދެން އޮންނަ ފްރެންޑްލީ މީޓިންގެ އޮންނަނީ އަންނަ ހަފަތާގައެއްނު ދޯ.. ލާނީ…ގެއަށްދެވޭނީ ތަންކޮޅެއް ލަހުން ހެން ހީވަނީ އިނގޭ. ޖަސްޓް ޓޭކް ކެއާ އެންޑް ސްލީޕް. މަޑު ކުރާނެ ކަމެއް ނެތް ޔުސް އަކަށް” ޔުސްރާ އަބަދުވެސް ތަންތަނަށް ދަމުން އެހެން ބުނާތީ އެންމެންވެސް ހައިރާންވެއެވެ. ނަމަވެސް އެކަކުވެސް އެކަމެއް ނުދައްކައެވެ. އެންމެންވެސް ދެކޭގޮތުގަ ޔުސްރާ އަލާނިޔާދެކެ ލޯބިވަނީ ކޮއްކޮއަކަށްވުރެވެސް ބޮޑަށްކަމަށްވާތީއެވެ.

ޔުސްރާ ދަބަސް އަޅުވާލައިން ނިކުންނަން ހިނގައިގަތުމާއެކު  މުލައިލްވެސް ކުއްލިއަކަށް ތެދުވިއެވެ.” އޭ.. އަހަރެން ހަނދާނެއްވެސް ނެތް. އެބަ ޖެހޭ އޮޓޯޕްސީ ރިޕޯޓެއް ނަގަން ދާން.. ޔުސް.. ލިފްޓެއް ދީ ފާނަން.. ” އަވަސްއަވަހަށް އެހެން ބުނެލުމަށްފަހު މުލައިލް ބާއި އޭ ބުނެލަމުން ސައިކަލު ތަޅުދަނޑި ނަގަމުން އެތަނުން ނިކުތެވެ. ޔުސްރާވެސް ދެކޮނޑު އަރުވާލަމުން މުލައިލްގެ ފަހަތުން ދާން ހިގައިގަތެވެ.

“ފަރިހިނގުމެއްގައި މިތުރާ ދާއިރު.. ފަރިމިތުރާ އުފަލުން ދާއިރު..” ހިޔާލީ ފޮލާ ކައްކަމުން ދިޔަ އަލާނިޔާ ސިހިފައި ފޯނާދިމާއަށް ބަލާލީ މީހަކު ގުޅާތީއެވެ. ނުދަންނަ ނަންބަރަކުން ގުޅަމުން ދިޔައިރު އަލާނިޔާއަށް ހަމަހޭވެރިކަން ލިބުނީ ފޯނު ކެނޑުމުންނެވެ. މީހެއްގެ ހިލަމެއްނުވުމުން އަލާނިޔާ ވަށައިގެން ނަޒަރު ހިނގާލިއިރު ލާނަތް ފާޑަކަށް ހީގަނެގެން އިން ލައިތް ފެނުނެވެ. “ކޮންފާޑަކަށް ތި ބަލަނީ..ހިނގާ ލާނީ ގޮވައިން ބުރެއްޖަހާލަން..”

އަލާނިޔާ އާއި ލައިތް އެކުގައި ދިޔައިރު ލައިތް ދިމާ ކުރަމުން ދިޔައީ އަލާނިޔާ ރިންގްޓޯނަށް ދިވެހި ލަވައެއް ލާފައި ވުމުން ނެވެ. އެހެން އެއްޗަކަށް އެ ބަދަލު ކުރަން ދެން ލައިތް އަލާނިޔާއާ ބެހުނެވެ.

ބޮޑު ތަކުރުފާނު މަގުދިޔައިރު ފިނި ފިނި ވައި ރޯޅި ގައިގައި ބީހިލާތީ މުލައިލް އިނީ ނުހަނު އުފާވެފައެވެ. ސައިކަލު ފަހަތުގައި އިން ޔުސްރާގެ މޫނު ކުޑަ ކުޑަ ލޯކޮޅުން ފެންނައިރު ވަރަށް ވެސް ފުރިހަމައެވެ. ނިވާވަމުން ދިޔަ އިރުގެ ރަން ދޯދިތަށް އެޅިފައި ވުމުން އެމޫނު ރަންކުލައިން ވިދަމުން ދިޔައިރު މުލައިލްއަށް ކުރީގެ ހަނދާނެއް އާވާން އުޅޭހެން ހީވިއެވެ. ނަމަވެސް ހަމަ އެއްގޮތަކަށް ވެސް ހަނދާނެއް ނުވިއެވެ. އެއީ މުލައިލް އެންމެ ރުޅި އަންނަކަންތަކެވެ. މުލައިލްގެ ކުޑައިރު ގެ އެވެސް ކަމެއް ހަނދާނެއް ނުހރެއެވެ. ކުޑައިރު އެކުވެރިންނާ އެއްކޮށް އުޅެނިކޮށް އަލިފާނުގެ ހާދިޘާއެއް ހިނގިކަމަށް އެންމެން ވެސް ބުނެއެވެ. ނަމަވެސް ހިތާމައަކީ އެކަކުވެސް އޭރުގެ އެއްވެސް ހަނދާނެއް ނުހުންނަކަމެވެ.

މަންޒިލާ ހިސާބަށް އާދެވުމުން ޔުސްރާވެސް އަވަސްވެގަތީ ކްލިކަށް ވަންނާށެވެ. ނަމަވެސް ހުށިޔާރު ކަމާއެކު މުލައިލް އެތަގައި ހިފާލުމުން ލޯ ބޮޑުކޮށްލައިފައި ޔުސްރާ މުލައިލް އާ ދިމާއަށް ބަލައިލިއެވެ. މުލައިލް ރަކި ވިނަމަވެސް އަވަހަށް އެއަތުން ދޫކޮށްލުމަށްފަހު ބޮލަށް އަތްމަހާލަމުން އެމީހުން ހިންގާ އޮޕަރޭޝަންގެ ވާހަކަތަށް ކިޔައިދޭން ފެށިއެވެ. ކުރިން އެއްވެސް ކަމެއް ހިއްސާނުކުރާ މުލައިލް އެގޮތަށް ކަމެއް ހިއްސާކުރުމުން ޔުސްރާ ހައިރާންވި ނަމަވެސް ކަނުލާ އެވާހަކަތަށް އަޑުއެހިއެވެ.”އަހަރެން އަސްލު މިވާހަތަށް މިކިޔައިދިނީ ޔުސްއަށް ވަރަށް ޓްރަސްޓް ކޮށްފަ. އެ މީހަކީ ޑީ.އައި.ޑީ ހުންނަ މީހެކޭ ސިނާ އޮތީ ބުނެފަ. އެހެންވެ ސައިކޮލޮޖިސްޓެއްގެ އެހީ ވަރަށް ބޭނުން ވޭ..އަސްލު މިމަހު ތެރޭވެސް ހަތަރު މީހުން އެގޮތަށް ހަމަ ނޮޅާލާފަ އޮއްވާ އަހަރެންގެ މިދެލޮލުން ދެކުނިން. އެކަމު ހަޔާ އޮތޯރިޓީސް އެންޑް އަހަރެންގެ ޓީމް މީހުންނަށް އެކަނި މިކަންކަން އިނގޭނީ.. އެން މިހާރު ޔުސް.. ޔުސް.. މި އުޅެނީ ވަރަށް ބޮޑުކަމަކު ކިޔަން.. އުންމީދުކުރަން އަހަރެންގެ އެދުމުގަ ކޮޅުފައިން ނުޖަހާނެކަމަށް.. އެކަމުވެސް ބޭނުން ނެތިއްޔާ ބުނޭ..”

މުލައިލް ދެއްކި ވާހަކަތަކުން ސިހުން ލިބިފައި ހުރި ޔުސްރާ އަށް އިތުރު ސިހުމެއް ލިބުނީ ބޮޑުކަމަކު ކިޔަން މުލައިލް ތައްޔާރު ވަމުން ދާކަން އިނގުމުންނެވެ. ލޯ ބޮޑުކޮށްލައިގެން ހުރެ ޔުސްރާ ބޯ ހަލުވާލީ އަވަހަށް ތިވާހަކަ ބުނާށޭ ބުނާފަދަ ގޮތަކަށެވެ.” ޔުސް.. އަހަރެމެން ހޯދަން މިއުޅޭ ސައިކޯ ހޯދަން ހިންގާ އޮޕަރޭޝަން ޓީމްގެ މެންބާއަކަށް ވާންވީނު؟ ވީ ނީޑް ޔުއާ ހެލްޕް. އެކަމު ބޭނުން ވީމަ ޖަވާބެއް ދިނަސް އޯކޭ..އަމް.. މާދަން މެންދުރުގެ ކުރިން އެކަމު.”

ޔުސްރާއަށް ބުނެދޭން ނޭންގޭކަހަލަ ގޮތްތަކެއް އެވަގުތު ވިއެވެ. މުލައިލް ކަމަކު ކިޔުމުން އުފާވި ނަމަވެސް ކޮންމެ ގޮތަކަށް ގޮތް ނިންމިނަމަވެސް ދެ ބިރުވެރިކަމެވެ. އެއްކޮޅުން މުލައިލް އާ އޭނާގެ ޒަމާންވީ އެކުވެރި ކަމެވެ. އަނެއްކޮޅުން މީހުން މަރަމުން ދާމީހެކެވެ. ދޭނެ ޖަވާބެއް ނޭންގުމުން ޔުސްރާ ބޯޖަހާލުމަށް ފަހު އެތެރެއަށް ވަދެގެން ދިޔައެވެ. މުލައިލް ހިނިތުން ވެލީ ޔުސްރާ އޭނާގެ އެދުމުގައި ކޮޅުފައިން ނުޖަހާނެކަން ޔަގީން ވާތީއެވެ.

******

ގަޑިން ރޭގަނޑު ނުވައެއް ޖެހިއިރުވެސް ނިހާއަށް އޮތީ ނުނިދިފައެވެ. ނަމަވެސް މިވަގުތަކީ އޭނާއަށް ބޭރަށް ނިކުތުން މަނާ ގަޑިއެއްކަމުން ފޯނު ހިފައިން އޮތީއެވެ. ކަރުހިތްކައިގަނެގެން ފެންޖަގު ނެގިއިރު ޖަގު ވަނީ ހުސްވެފައެވެ. އިތުރު ގޮތެއް ނެތުމުން ނިހާ ގަސްތު ކުރީ ކާގެއަށް ވަގަށް ވަންނާށެވެ. އެހެން ކަމުން ވަރަށް މަޑު އަދި ލަސް ފިޔަވަޅު ތަކެއްގައި ނިހާ ބޭރަށް ނިކުމެލިއެވެ.

ހަވޭލީއެއްފަދަ އެގެ ވަނީ އެއްކޮށް ނިއްވާލާފައެވެ. އަނދިރި ކަމުގެ ކިއްލާއެއްކަހަލަ ތަނެކެވެ. ބިރުން ހުރި ނިހާ އަވަސް އަވަހަށް ޖަގަށް ފެން އަޅާލައިން ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ދާދި ގާތުން ދިރޭ އެއްޗެއްގެ ހިލަމެއްވުމުން އަނގަމަތީ އަތް އަޅާލަމުން ދުއްވައި ގަނެވުނީ ގަނެފައިވާ ބިރެއްގެ ބޮޑުކަމުން ނެވެ. ކޮޓަރިއަށް ވަދެވުނު އިރުވެސް ނިހާ ގެ މޭ ނެގިނެގިފައި ޖެހެއެވެ. ނިކުންނަމުން ކޮޓަރީގެ ބޮކި ނުނިއްވާކަން ނިހާ ހަނދާން ހުއްޓެވެ. ނަމަވެސް މިހާރު އެވަނީ އެތަނުގެ ހުރިހާ ބޮތްކެއް ނިއްވާލާފައެވެ. ހައިރާން ވެ ހުރެ ބޮކި ދިއްލި ނިހާއަށް ލިބުނީ އިތުރު ސިހުމެކެވެ. އޭނާއަށް ވަދެވިފައި އެވަނީ އޭނާގެ ކޮޓަރިއަކަށް ނޫނެވެ. ރުއާގެ ކޮންމެސް ކޮޓަރިއަކަށެވެ. އެތަނުގެ ތެރޭގައި ހުރީ ހުސް މާސްކާ އަނގި އަދި ކޯޓު ފަދަ އެއްޗިއްސެވެ. އަދި އެއްބިތް ފުރާލާފައިވަނީ އެކި ވައްތަރުގެ ވަޅިޔާ ކަނޑިފަދަ ތަކެތިން ނެވެ. އަނގަމަތީ އަތް އަލާލަމުން ނިހާ އެތަނުން ނިކުމެ އަނެއްކާވެސް ދުއްވައިގަތީ އޭނާގެ ކޮޓަރި ފެނޭ ތޯއެވެ.

އަނދިރީގެ ތެރެއިން އަލިވަމުން ދިޔަ ކޮޓަރި ފެނުމުން ނިހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދެންމެ ފެނުނު އެއްޗެހީގެ ސަބަބުން ހައިރާންވެ ބިރުގަނެފައިވާ ނިހާ އޭނާގެ ނަފްސަށް ވިސްނައި ދިނީ އެއީ މިހާރު ރުއާ ކުޅެމުންދާ ފިލްމަށް ބޭނުންކުރާ ތަކެތި ކަމުގައެވެ. އެގޮތުގާ ވިސްނަން އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނިހާއަކަށް ނޭންގުނެވެ.  ނިދީގެ ފުން ކަނޑަށް އޭނާއަށް ފުންމާލެވުނީ މެންދަމުން އަލިވެ އެކެއްޖަހަނިކޮށެވެ.

ހަމައެވަގުތެވެ. އަލާނިޔާއަށް ފެންނަމުން ދިޔައީ އަލިފާންގަނޑެކެވެ. އަލާނިޔާގެ އަތުގައި ހިފައިން މުލައިލް ހުރި އިރު ލައިތް ވެސް ހުއްޓެވެ. އަލާނިޔާގެ އަނެއް އަތުގައި އެހެން އަނހެއްކުއްޖަކު ހިފައިގެން ހުއްޓެވެ. ނަމަވެސް އެއީ ޔުސްރާއެއް ނޫނެވެ. “ރުހާ..ރުހާ…” އަލާނިޔާއަށް އެނަމުން ގޮވާލިއެވެ. ދެން ފެންނަން ފެށީ އަލާނިޔާ އެއްއިރެއްގައި އެންމެ ލޯބިވި ކާފައެވެ. ދެން ވީނުވީއެއް ނޭންގުނެވެ. ހަޅޭއްލަވައިގަނެފައި އަލާނިޔާ ފުންމައިގެން ތެދުވިއިރު ކައިރީގައި ހާސްވެފައި ޔުސްރާއިނެވެ.

“ލާނީ..ކިހިނެއްތަ ވީ..؟ ކޮން ރުހާއެއްތަ؟ ކިހިނެއްތަ ވީ…؟!!” އަލާނިޔާ ވެސް އިނީ ހާސްވެފައެވެ. ނަމަވެސް ދެންމެ ހުވަފެނުގައި އޭނާއަށް އެފެނުނީ މަޒީގެ ސޮފްހާއެއްކަން އަލާނިޔާއަށް އެނގުންވީ އެހުވަފެން ޔުސްރާއަށް ކިޔާ ދިނުމުންނެވެ.

“ލާނީ.. ތި ފެންނަނީ ކުރީގަ ހިނގާފަ ހުރި ކަންކަން. ހުވަފެނުގެ ސިފައިގަ. ލާނީ މިހާރު މާ ބޮޑަށް އެކަމާ ވިސްނަނީ ދޯ؟… ބުނީމެއްނު ނުވިސްނާށޭ…ލާނީއަށް ނޭންގުނަސް ކުރީގަ ތި ދިމާވި ކަމެއްގެ ސަބަބުން ދެ އަހަރު ކޯމާގަ އޮތް ވާހަކައެއް ނުބުނަންތަ؟ ދެން އަނެއްކާ ތިހުރިހާ ކަމެއް ކޮންމެހެން ކޮނުމުގެ ބޭނުމެއްނެތެއްނު.. މީގެ ފަހުން އެކަމާ ނުވިސްނާތި..!” ރުޅި އައިސްފައި ހުރި ޔުސްރާ ކޮޓަރިން ނިކުމެގެން ދިޔަ އިރު އަލާނިޔާ ވެސް އިނީ ދެރަވެފައެވެ. އަލާނިޔާގެ ހިތަށް އަރަމުން ދިޔައެވެ. “އެއީ ކޮން އަންހެނެއްބާވައެވެ؟ ކާފަ ވެސް އެފެނުނީ ކީއްވެ ބާއެވެ؟” އެގޮތުގައި ބޯސްހާސް ކުރަން އޮތް އަލާނިޔާ އަށް ނިދުނު އިރެއްވެސް ނޭންގެއެވެ.

“ދައްތާ.. އަނެއްކާވެސް ލާނީއަށް ކުރީގެ ހަނދާންތަށް އެބަ އާވޭ… އަހަރެން އެބަ ވަރަށް މަސއްކަތް ކުރަން އޭނަ މިކަމުން ދުރުކުރުވޭތޯ.. އެކަމު މިފަހަރު އަހަރެން އެކަން ކޮށްދޭނީ ދައްތަ ވެސް އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދިނީމަ. މާދަން އަހަރެން ތިރަށަށް ދާން ފުރާނަން. އެ ބޮޑު މާޒީ އިނގެން.. އަހަނަށް އިންތިޒާރު ކުރާތި.”

މަޒީނާގެ ޖަވާބަކަށް ބެލުމެއްނެތި ޔުސްރާ ފޯނު ކަނޑާލިއެވެ. އެވަގުތު ޔުސްރާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އަލާނިޔާ އާއި ދިމާވި ދުވަހެވެ.

****

“މަގޭ ދަރި.. ހެލްޕް.. ޕްލީޒް…ތީ ދިވެހި ކުއްޖެއް ދޯ.. އަހަރެންގެ އާލް.. ގްރެގުއޭޝަން ތެރޭ ހުއްޓާ މިހެން ވީ.. ” ޔުސްރާ ވެސް އަލަށް އޮފީހަށް ނިކުތްދުވަސް ކަމުން ކުޑަކޮށް އާވެފައި ހުރި ނަމަވެސް އަލާނިޔާ އަށް ފަރުވާ ކުރިއެވެ. ބައިގަޑިއިރުގެ މަސައްކަތަށް ފަހު އަލާނިޔާ ހޭއެރިއެވެ.

“ޕޭޝަންޓް ގެ މަންމަ ތޯ؟ އަމް.. އަސްލު އަޅުގަނޑުވެސް ވަރަށް އާ މިކަމަށް. އަދި މާދަން ރާއްޖެވެސް ދާން ކަމަށް. ސޯ ތިބޭފުޅުން މިކޮޅުގަ ހުންނަންޏާ އެހެން ޑޮކްޓަރަކާ ހަވާލް ކޮށްލަ ދީފާނަން..” ޔުސްރާ އޭޏާ ކަން ކުރަން އުޅޭގޮތް އެ ނުދަންނަ އަންހެން މީހާއަށް ކިޔާލަދިނެވެ.

“ނޫން. އަސްލު އަހަރެން މިކޮޅަށް މިއައީ ވެސް މިއަދު. އާލް އަކަށް ވެސް އެކަމެއް ނޭންގޭނެ. އާލް ކާރިއަށް މިއައީވެސް ހޭނެތުނު ފަހުން. އަހަރެން ފެނުނީމަ އާލްއަށް ޝޮކްޖެހޭނެ. އެއީ ކުރީގެ ހަނދާންތައް އާވާތީ.. އުމުރުން ތޭރަ އަހަރުގަ އާލްގެ ރަހުމަތްތެރިން ނާ އާލް ވަނީ ހިނގި އަލިފާނުގެ ހާދިޘާއެއްގަ މަޒީ ހަނދާން ނެތިފަ. އެ ހުރިހާ ކަމަކުން ވެސް އެންމެ ބޮޑުވަރުވީ މަގޭ ދަރިއަށް. ދެއަހަރު ކޯމާގަ އޮތުމަށްފަހު އޯލެވެލް ވެސް ހެދީ ވަރަށް ހާލުން. އެކަމު އެއީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް.

ނަމަވެސް އަހަރެން ފެނުނީމަ އަބަދުވެސް ހޭނެތި، ބިރުގަންނާނެ. އެހެންވެ އާލް އެހެން މީހަކާ ހަވާލު ކުރީ. އޭނަ އާލް ބެލީ މިހުރިހާ ދުވަހު. އެކަމު މިއަދު އަހރެން ބޭނުމީ ތި ޑޮކްޓަރުގެ އެހީ. އަހަރެންގެ އާލްއަށް އެހީވެދީ..ޑޮކްޓަރުގެ ރައްޓިއްސެއްގެ ގޮތުގައި އާލް ތި ގޭގައި ބަހައްޓަދީ. ހުރިހާ ހަރަދެއް އަހަރެން ކުރާނަން. އެކަމު މި ނިކަމެތި މަންމަޔަށް އެހީވެދީ…”

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (26)

Next

އިއުނާސް (2)

Next
May 3, 2017

އިއުނާސް (2)

Previews
May 2, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (26)

40 Comments!

  1. imagination says:
    May 2, 2017 at 3:40 pm

    okey so here is the second part..hope u like it. and v gina suvaal thakehgge javaabu libunu kamah ves heekuran. kuriyah dhaavarakah ithurah ingemun dhaane.. let me know what u think .. <3

  2. i sher says:
    May 2, 2017 at 4:01 pm

    Woww❤….very nice… when is next part?

    1. imagination says:
      May 2, 2017 at 4:23 pm

      thanks i sher.. glad to see ur comments.. dhives fennane kamah ummedhu kuran. in sha allah next part on friday ?

  3. Maree says:
    May 2, 2017 at 4:31 pm

    vv reeethi

    1. imagination says:
      May 2, 2017 at 5:14 pm

      thanks maree ?

  4. Crzy grl says:
    May 2, 2017 at 6:38 pm

    Mi story mi Mentalist srl in vaagothaa gulhaa story ein dho…..don t feel bad… Jst ask…bt story v reethi..??????

    1. imagination says:
      May 3, 2017 at 2:52 pm

      umm yeah dont feel bad. haha.. ei koacheh kameh ves neynge.. thanks ?

  5. Jjeyツ says:
    May 2, 2017 at 6:46 pm

    Nice and interesting. But adhi ves ‘gen’ use kuraathan thaanga vahakk dhahkaa style ah liyefa huhnaathii reecheh noon ethan than kolhu… v alhigandey…. looking forward for next part dear?❤

    1. imagination says:
      May 3, 2017 at 2:52 pm

      okey. point noted.. heeehhe.. thanks a lot ?

  6. shafu says:
    May 2, 2017 at 8:22 pm

    alhey kiyaa hithun indhaa eh nimuny mi part………..v reethi…..waiting for next part…

    1. imagination says:
      May 3, 2017 at 2:54 pm

      awwn.. thanks shafu ?

  7. Saandy says:
    May 2, 2017 at 8:40 pm

    V salhi… V interesting… Next partge inthizaaruga mihury… Imagination!! Saandy buny Imaginationge fb id dhevidhaanetha? Don’t mind in’gey… I like ur stories… Keep it up dear 🙂

    1. imagination says:
      May 3, 2017 at 3:03 pm

      ooh yes. saandy edhuvahu ehen bunima i made a page. imagination ge namuga.. hehe thanks a lot saandy. and sorry bunan handhaan nethunima ??

  8. Xaa says:
    May 2, 2017 at 8:41 pm

    Ok wait!!!
    Muail loves yusraa
    Alaaniyaa loves muail
    Haashir loves alaaniyaa??
    Whaaaat??
    I’m feeling really confused ?

    1. Yal says:
      May 3, 2017 at 11:13 am

      loabi aee v ehn kahala kamehnu dhw xaa…ehnvyma ehnves vaaney…

    2. imagination says:
      May 3, 2017 at 3:05 pm

      hahah.. mulail does not lloves yusra.. yusra fenunima past mathin handhaan vani .. alaniya loves mulail and haashir loves aaal.. ei vaa gothaki.. ehehe?.. and yes yal.. ei v wired ehcheh dhw?

  9. Shaa says:
    May 2, 2017 at 8:47 pm

    Anekka alun vahaka kiyanjehuni..ekamuves salhi

    1. imagination says:
      May 3, 2017 at 3:13 pm

      alhey.. hama ehaa ves confusing?.. sorry v bodah ekm ves thanks..ehhe ?

  10. Azu says:
    May 2, 2017 at 8:58 pm

    Interesting story….waiting for the next part…..??

    1. imagination says:
      May 3, 2017 at 3:15 pm

      thanks azu ???

  11. ithoo says:
    May 2, 2017 at 8:59 pm

    Last part vx keen ingey dearr..aslu stry v unique kan faahaga kohlan..n v reethi stry vx..??☺☺☺

    1. imagination says:
      May 3, 2017 at 3:16 pm

      thanks ithoo.. aslu v ufaavey emme like vaa writers ge positives comments libeythi.. thanks ????

  12. Ethan says:
    May 2, 2017 at 9:05 pm

    mi bai kiyaaleema mi story kiyaa hiy vee …. faahanga kurevunu ibaaraaiy kurumuga massala hurikan….veehaaves ginain dhivehi bas beynun kurun muhinmu…unmeedhu kuran 3 vana bai miah vure rangalhu vaane kamah

    1. imagination says:
      May 3, 2017 at 3:24 pm

      okey.. dhen liyaa iru v balaanan vi haaves dhivehi bas gina kurevey thoa.. thanks ethan ???

  13. Zail says:
    May 2, 2017 at 10:02 pm

    Interesting..vrh salhi mibaivx … Wen is nxt part?

    1. imagination says:
      May 3, 2017 at 3:26 pm

      awwn.. thanks zail nest part in sha allah on friday ?

  14. Arkaa says:
    May 2, 2017 at 10:04 pm

    Is dis kill me heal me series? Jus asking dnt mind me ?..n its nice looking forward for next part.

    1. imagination says:
      May 3, 2017 at 3:28 pm

      nun.. kill me heal me eh nun.. d.i.d idea ei eythin aisfa.. ekam meege story v different vaane.. thanks arkaa.. ??

  15. aysh says:
    May 2, 2017 at 10:17 pm

    wow…
    vrh vrh vrh rythi mi partves…
    interesting…
    waiting for the next part..
    luv ur stories..

    1. imagination says:
      May 3, 2017 at 3:30 pm

      aawnn.. thanks aysh ????

  16. Que says:
    May 2, 2017 at 10:20 pm

    …….???? ?
    Emmen vs hadhaan nethifa..?? ?

    1. imagination says:
      May 3, 2017 at 3:31 pm

      thin meehun dhw memory loss hunnani.. ei because of the fire accident.. hope u read the next part too.. ?

  17. Chum handi says:
    May 2, 2017 at 10:43 pm

    Hmmm…. interesting ? Mee aslu film eh ge shooting therey ga vaa goii tha or mulail menn ge life ga vaakan thakuge vaahaka tha?… aslu Gina suvaalu hureema salhi…. cuz eyrah hithah araane dho dhen vaane kihineh baaeyy….. waiting for the next episode ? Gdnyt? Ly?❤️

    1. imagination says:
      May 3, 2017 at 3:39 pm

      mee hama emyhun ge life. ekm meega eba ulhey dhw fil star eh. eyna ge roles ga ehbai faharu shooting ge than than kolhuves genas dhyfa hunnaane. next part in ekm past ge bodu bayeh ingeyne.. lymm?? thankss ?

  18. Jjj says:
    May 2, 2017 at 11:33 pm

    Noiiice ❤❤❤

    1. imagination says:
      May 3, 2017 at 3:40 pm

      welicoomee.. eheh ???

  19. hajja hadhy says:
    May 3, 2017 at 4:39 pm

    Wow mi part vx v reethi Mashaa Allah… When is next part…

    1. imagination says:
      May 3, 2017 at 5:08 pm

      thanks? friday

  20. Noor says:
    May 4, 2017 at 8:17 am

    Varah reethi unique story eh.??

  21. Star says:
    May 4, 2017 at 1:36 pm

    Ok mi part gothah dhigu koh upkohdheche.. Waiting… V salhi adhi dha goeh story

Comments are closed.

Next Episodeއެދެމޭކަލާޔާ ގާތުގާ ވުމަށް (ތިންވަނަބައި)←


All Right Reserved!