Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (5)

Psenhi Level 410 Stories100 Comments100 Login
May 3, 2017 6 Mins Read
27 Comments

އާރޓިފިޝަލް ބީޗް ސަރަހައްދުގައި ސައިކަލް ޕާކް ކޮށްލުމަށްފަހު ޚަލަފް އަހަރެންގެ އަތުގާ ހިފައިގެން ބްރެކް ވޯޓަރ އާއި ދިމާއަށް މިސްރާބުޖެހިއެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. މިއީ ހުވަފެނެއްބާއޭ ހިތައް އެރުމުން ކަނާތުގެ ޝަހާދަތް އިނގިލީގައި ދަތް އަޅާލީމެވެ.

މިއީ ހަޤީޤަތެކެވެ. އެމީހަކާއިއެކު ހުރިހާ ވަގުތެއް ހޭދަކޮށްލުމަށް އިރެއްގާ އަހަރެންގެ ހިތް އެދުނު މީހާއާއި އެކު، ދެމީހުން އެކަނި އެއްމޭޒެއް ދޮށުގައި މިކަހަލަ ތަނަކަށް އާދެވުނީމި އަހަރުތަކެއް ފަހުންނެވެ. އެހެންކަމުން އެރީތި ސޫރައަށް ބަލަހައްޓައިގެން އަހަރެން އިންއިރު ވަށައިގެން ހުރި މޭޒުތަކުގައި މީހުން ތިބިކަންވެސް ހަނދާނެއްނެތެވެ.

ހުދުކުލައިގެ އަތްދިގު ޓާޓްލް ނެކް ޓީޝާޓް އެ ކަސްރަތީ ހަށިގަނޑުގައި ތަތްލާފާވެއެވެ. އަތްކުރިވަނީ އޮޅާލެވިފައެވެ. ތިރިން ކަޅު ޖިންސެއް ލާފާވުމުން ޓީޝާޓާ ވަރަށް ގުޅެއެވެ. އަޅައިގެން އިން ނަންބަރު އައިނުގެ ތެރެއިން އެހިމަ ދިގު ދެލޮލުގެ ތޫނުކަން ފޮރުވިފައެއް ނުވެއެވެ. ފަން އިސްތަށިކޮޅު މޫނުމައްޗަށް ވައްޓާލާފައިވުމުން އަންހެންކުދިން ހިތްކިޔާކަހަލަ ސްޓައިލްއެއް ހުއްޓެވެ. ވަށައިގެން ދިގުކޮށް ހުރި ތުނބުޅިއާއި މަތިމަސްވަނީ ރީތިވަރަކަށް ކޮށާ އެއްވަރުކުރެވިފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.

“ނާން!” ޚަލަފް ގޮވާލުމުން އަހަންނަށް ހޭވެރިކަންވިއެވެ. އެހުރިހާއިރު ވީއިރު ޚަލަފްއާއި ދިމާއަށް ބަލަން އިނދެވުނުކަން ރޭކާލީ އަދިކިރިޔާއެވެ. “ބަލާބަ އެއޮށްކަމެއް!”ޚަލަފް ލޮލުގެ ޢިޝާރާތުން ތަންކޮޅެއް ދުރުން ފެންނަ މަންޒަރެއް ދެއްކިއެވެ. ބަލާބެލުމަށް އެއީ ޓީންއޭޖްގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މޫދާއި ކައިރީގައި ހުރި ގޮނޑާއެއްގާ ދެކުދިން ތިބީ އައިސްކްރީމް ބޯށެވެ. ދެކުދިން އެއް އައިސްކްރީމް ބޮމުން ގެންދިޔައިރު ހީ ސަކަރާތްޖަހާ މަންޒަރާއި ދެމީހުން ގައިގޯޅިވާ މަންޒަރު ފެނެއެވެ. އަހަރެންގެ ހަނދާނަށް އަންނަމުންދިޔައީ ހަމަ މިކަހަލަ ރެއެކެވެ.

…

އަހަރެން މެގްނަމް ބޯހިތުން އުޅޭތީ ޚަލަފް އަހަރެން ގޮވައިގެން ފިހާރައަކަށް ވަދެ މެގްނަމް ގަތެވެ. ދެމީހުންވެސް ބޭނުންވީ ތަންކޮޅެއް ހަމަޖެހިލައިގެން މެގްނަމް ބޯށެވެ. އެހެންކަމުން ޚަލަފްގެ ޚިޔާލާ އެއްގޮތައް ސައިކަލްގާ ދެމީހުން އައިސް މަޑުކުރީ އާރޓިފިޝަލް ބީޗްގައެވެ. ގޮނޑީގެ ބަދަލުގައި ދެމީހުންވެސް ޚިޔާރުކުރީ މޫދާއި މާދުރުނޫން ހިސާބެއްގާ ބިންމަތީ އިށީނދެލާށެވެ.

މެގްނަމް ކެނޑުމަށްފަހު އަނގައާއި ކައިރި ކޮށްލިތަނާ ހަދާލެވުން ގޮތަކުން މެގްނަމް އޮތީ ބިންމަތީގައެވެ. ދެރަވާކަން މޫނުމަތިން ދައްކާލުމުން ޚަލަފްގެ އަތުގައިއޮތް މެގްނަމް އަހަރެންނާއި ދިމާއަށް ދިއްކޮށްލިއެވެ. އަހަރެން އޭގައި ހިފުމަށްފަހު ފުރަތަމަ ބައިޓް ޚަލަފް ނެގުމަށް ބުނީމެވެ. ދެން ދެމީހުން އެއް މެގްނަމް ބޮމުން ގެންދިޔައީމެވެ. އަހަންނަށް އެވަގުތުވެސް ކުރެވުނީ އުފާވެރި އިހްސާސެކެވެ. އެލޮލަށް ބަލަހައްޓައިގެން އެތައް އިރަކު އިނދެވުނެވެ. އެ އަޅާލުމާއި ލޯބި އަބަދަށް ލިބުމަށް ހިތް އެދެވުނެވެ.

…

އަހަރެން އެނބުރި ޚަލަފްއާއި ދިމާއަށް ބަލާލެވުނެވެ. އޭރު ޚަލަފް އިނީ އަހަެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެރޭގެ ހަނދާންތައް އެމޫނުމަތިން އަހަންނަށް ސިފަކުރެވުނެވެ. އަހަރެންގެ ހިތުގައި މިހިނގާފަދަ އިހްސާސެއް އެހިތުގައިވެސް ހިނގަނީ ހެއްޔެވެ؟ ދެމީހުންގެ ހަތަރުކަޅި ބައްދަލުވިވަގުތު ޚަލަފްގެ ލޮލުން ވޭނެއް ފެންނަންހުރިކަން އަހަންނަށް އިހްސާސްކުރެވުނެވެ.

“އައިސް މައިލޯ! އައިސް ކޮފީ!” ވެއިޓަރގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

ގެއަށް ވަދެވުނުއިރު އަހަރެންގެ ބޮލަށް ބަރުވެފަވެއެވެ. އަހަރެންގެ މާޒީ އަހަންނަށް އުނދަގޫ ކުރަނީއެވެ. ކުރަން ބޭނުންނޫން އެތަށް ކަމެއް ކުރުމަށް އަހަރެންގެ ހިތް ގޮވަމުންދަނީއެވެ. އަހަރެންގެ އަމިއްލަނަފްސް ކޮންޓްރޯލް ކުރަން ދަތިވެއްޖެއެވެ. މިއޮއްހުރިހާ ދުވަހު ނިދާފައިވާ އަހަރެންގެ އިހްސާސްތައް ހޭލައިފިއެވެ. އަހެރެން ބިރުގަންނަ ދަރަޖައަށެވެ.

ކޮޓަރީގެ ތަޅު ހުޅުވާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގާ ހިނގައިގަން ނަމަވެސް އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ބާރުގަދަ އަތަކުން އަހަރެންގެ އަތުގާ ހިފާލުމުންނެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލޭނާރުތަކުގެ ތެރެއިން ކަރަންޓް ދައުރުވިހެން ހީވިއެވެ. އަހަރެން ފަސް އެނބުރިބަލާލީމެވެ.

މަސްތުން ފުރިގެންވާ ދެލޯ އަމާޒުވެފައިވީ އަހަރެންގެ މޫނަށެވެ. އަހަންނަށް ހީވީ ނޭވާ ތާށިވީހެންނެވެ. ގުޑިލަންވެސް ނޭނގިފާ އެދެލޮލަށް ބަލަހައްޓައިގެން ހުރީމެވެ. ކުއްލިއަކަށް ޚަލަފްގެ އަތްދަނޑި މައްޗަށް އަހަރެން ނަގާ އުފުލާލައިގެން ގެންގޮސް އެނދުމަތީ ބޭންދިއެވެ. އަދި ޚަލަފްވެސް އަހަރެންގެ ކައިރީގައި އިށީނެވެ.

އިސްޖަހާލައިގެން ޚަލަފް އިނީ ކުއްވެރިއެއް ފަދައިންނެވެ. އެމޫނަށް ބަލަހައްޓައިގެން އަހަރެން އިނީ ޚަލަފްގެ ހިތުގައިވާ އެއްޗެއް މޫނުމަތިން ސާފުވޭތޯއެވެ.

“އަމް ސޮރީ ނާން!” ދުލުން ބޭރުކޮށްލި ޖުމްލައާއިއެކު ފެނުނީ ޚަލަފްގެ ލޮލުން ކަރުނަ ބޮތްކެއް ވެއްޓުނުތަނެވެ. އަހަރެން ދެލޯ ބޮޑުކޮށްލަމުން ޚަލަފްގެ މޫނު އަހަންނަށް ފެންނާނެހެން އަނބުރާލީމެވެ. ފެންކަޅިވެފައިވާ ދެލޮލުގައިވާ ރިހުން ފެނި އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ.

“އައި ލަވްޔޫ ނާން! އެން ޔޫ ވަރ އޯލްވޭސް ދަ ލަވް އޮފް މައި ލައިފް.” ޚަލަފްގެ ދުލުން ބޭރުވި ޖުމްލައަކީ އަހަރެން އަހަރުތަކެއް ކުރިއްސުރެ އަޑުއަހަން ކެތުމަދުވެފައިވާ ޖުމްލައެކެވެ. އެކަމަށްޓަކާ ރޭގަނޑުގެ ނިދިނަގާލީ ކިތައްރޭކަމެއްވެސް ނޭނގެއެވެ. އެދުވަހަކުން އުފާވާނީ ކިހާވަރަކަށް ބާއޭ ދެން ވާނީ ކިހިނެތް ބާއޭ އަމިއްލަ ނަފްސާއި ސުވާލުކުރެވުނީ ކިތަށް ދުވަހު ހެއްޔެވެ؟ އެދުވަސް މިއޮތީ އައިސްފައެވެ. ނަމަވެސް އަހަރެންގެ މޫނުމަތިން އުފާވެރިކަން ނުފެނުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކޯތާފަތް ކަރުނުން ތެމެމުން މިދަނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހިތް ކުދިކުދިވެގެން ފައިބަން އުޅޭހެން ހީވަނީ ކީއްވެހެއްޔެވެ؟

ކީއްވެ؟ ޚަލަފް މިހުރިހާ ދުވަހު ނުބުނެހުރި ވާހަކައެއް މިއަދު ހުރިހާކަމެއް ބަދަލްވުމުން ދެން ތިބުނަނީ ކީއްވެ ހެއްޔެވެ؟ އަހަރެން އިންތިޒާރުކުރީ ކިހާ ވަރަކަށް ހެއްޔެވެ؟ އަހަރެން ލޯބިވާ ވާހަކެ ބުނީ ކިތައް ފަހަރު ހެއްޔެވެ؟ ޚަލަފްގެ ފަރާތުން އެއިން ކޮންމެ ފަހަރަކުވެސް ލިބުނީ އެއް ޖަވާބެކެވެ. “އައި ލަވް ޔޫ ޓޫ ބަޓް އޭޒް އަ ފްރެންޑް” އަހަރެން އެއަޑު އެހުމަށްފަހު ލޮލުން ކަރުނައެޅީ ކިހާވަރަކަށް ހެއްޔެވެ؟ އަހަރެން ދެން އިތުރަށް އިންތިޒާރު ނުކުރަން އަމިއްލަ ނަފްސަށް ވަޢުދުވީ ތިހިތުގާ އެނޫން މަޤާމެއް ނެތްކަމުގެ ޔަޤީންކަން ދިނުމުންނެވެ. އަހަރެން ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ އެއްވެސް މަންޒިލެއް ނެތް މުސާފިރެއް ފަދައިންނެވެ. އަހަންނަށް އަހަރެންގެ ނަފްސަށް ވިސްނާދަވުނީ އެތަކެއް ދުވަހެއްގެ މަސައްކަތުންނެވެ. ދެން މިއަދު ޚަލަފް އެނބުރި ތި އައީ ކީއްވެ ހެއްޔެވެ؟ ކީއްވެ؟

އެތަށް ޝަކުވާއެއް އަހަރެންގެ ހިތުތެރޭ އުފެދިފާވެއެވެ. އެސުވާލުތަކުގެ ޖަވާބުވެސް ބޭނުމެވެ. މިހިތް އެދެމުން ދިޔައީ އަޑުން އަޑުނަގާ ބާރަށް ރޯށެވެ. އޭރުންވެސް ހިތަށް ހަމަޖެހުމެއް ލިބިދާނިއެވެ. ނަމަވެސް އަހަރެން އަމިއްލަ ނަފްސަށް ވިސްނާދިނީ ކުރިމަތީ އިން ޚަލަފްގެ ހާލު ފެނިފައެވެ. ފިރިހެނަކު އެހާވަރަށް ރޯތަން އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ޚަލަފްއަކީ އެހާ ހިތްބަލި މީހަކަށްވީ ކޮންއިރަކު ހެއްޔެވެ؟

ޚަލަފްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލައިދެމުން އަހަރެން ދެން ނުރޯށޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯ ހަލުވާލާމެވެ. އެއާއިއެކު އަހަރެންގެ ގައިގާ ޚަލަފް ބައްދާލީ ވަރަށް ބާރަށެވެ. ދުވަހަކުވެސް ދުރަށް ނުދާނަމޭ ބުނާ ފަދައިންނެވެ؟

އަހަރެންގެ ގައިން މަޑުމަޑުން ދޫކޮށްލުމަށްފަހު ޚަލަފް ވާހަކަ ދައްކަން ފެށިއެވެ.

“އަހަންނަށް ނާންދެކެ ލޯބިވެވުނުކަން އެނގޭ. އެކަމް ސަރާއަށް ދޭނެ ޖަވާބެއް ނޭނގޭތީ ހުރީ. ސަރާ ރުޅިވީމަ ނާންގެ ގާތަށް އެރޭ ދިޔައީ ލޯބިވާ ވާހަކަ ބުނަން. އަކަމަކު… ޚަލަފްގެ އަޑު ބެދޭގޮތް ވުމުން ހުއްޓާލުމަށްފަހު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

އެވަގުތު އަހަރެންގެ ފޯން ރިންގްވާން ފެށީމަ ބަލާލިއިރު ސަރާގެ ދޮންތި. ފޯން ނުނަގަން ބަލަހައްޓައިގެން ހުއްޓަ ކެނޑުނީ. ދެން ލިބުނީ މެސެޖެއް. ކިޔާލިއިރު ސަރާ ގޮވައިގެން ހޮސްޕިޓަލުގައި ކަމަށް އޮތީ. އެހެންވެ ނާން ގެއަށް ލާފަ އަހަރެންވެސް ހޮސްޕިޓަލަށް ދިޔައީ. އޭރު ހިތުގާ ބިރުވެރިކަމެއް އޮތް. އަނެއްކާ އަހަެންގެ ސަބަބުން ސަރާ ސުއިސައިޑް ކުރަން އުޅުނީ ބާއޭ ހިތަށްއެރި. ޚަލަފް އަނެއްކާވެސް ވާހަކަދެއްކުން ހުއްޓާލިއެވެ. ދުރު ބަލަހައްޓައިގެން ވާހަކަދައްކަމުން ދިޔައިރު އަހަރެން އިނީ ޝައުޤުވެރިކަމާއިއެކު އަޑުއަހާށެވެ.

ސަރާއަކީ ހާރޓް ޕޭޝަންޓެއް. އޭނަގެ މަންމަ ހިތުގެ ބަލި ހުންނަކަން ކުރިންވެސް އެނގޭ. ސަރާގެ ހުންނަކަން އެނގުނީ އެރޭ. އަހަރެން އަމިއްލަ ނަފްސް ކުއްވެރިކުރެވުނީ އެހެންވެ. ސަރާމެން ފެމިލީ އެންމެންވެސް ވަރަށް އާދޭސްކުރި ސަރާ އުފަލުގެ ގެންގުޅެދޭށޭކިޔާ. އަހަރެން އެރޭ އަމިއްލަ ނަފްސަށް ވަޢުދެއްވާން. ނާން މަތިން ހަނދާން ނައްތާލުމަށް.ދެން ދުވަހަކުވެސް ފަސް އެނބުރި ނުބެލުމަށް. އެހެންވެ ކުއްލިއަކަށް ހުރެފަ ނާންއާ ދުރުވީ. ސަރާއާއި ދެމީހުން މައްސަލަ ޖެހުނީވެސް އަސްލު ނާންއާ އޮންނަ ގުޅުން ކްލޯޒްވީމަ ސަރާ ޖެލަސްވާންފެށީމަ. އެހެންވެ އަހަރެން ނާންއާ ގުޅުން ކަނޑާލީ. އެކަމަކު ސަރާއާއި އެއްކޮށް އެހުރިހާ ދުވަހެއް ހޭދަކުރިއިރުވެސް ނާންގެ ހަނދާންތައް އާވެ އާވެ ދެންމެވީ ކަމެއްހެން ހުރި. ވަރަށް ބޮޑަށް ދެރަވި އެހެން ހެދުނީމަ. އެކަމަކު ސަރާއާއި އަޅާ ބަލާއިރު ތިއީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްކަން އަހަރެންގެ ސިކުނޑިއަށް ވިސްނާދިނިން. ނުވިސްނުނީ ކިތަންމެ ދުވަހެއްވިޔަސް ދެމީހުން ބައްދަލުވާ ދުވަހަކުން އަނެއްކާވެސް މި އިހްސާސްތައް އާވާނެކަން. މިހިތް އަމިއްލަ ކޮންޓްރޯލުން ބޭރުވެދާނެކަން. އަމް ސޮރީ ނާން. އަހަރެންމީ ކުށްވެރިއެއް. ނާންގެ އިހްސާސްތަކާއި ކުޅެވޭތީ ވަރަށް ދެރަވޭ. ޚަލަފްގެ ލޯ އަނެއްކާވެސް ފެންކަޅިވެފާވެއެވެ. އަހަރެން އިޓްސް އޯކޭއޭ ބުނެ ނޭފަތް ދަމާލުމަށްފަހު ޚަލަފްގެ ކޮނޑުގާ ބޯއަޅާލީމެވެ. އޭރު އަހަރެންގެ ލޮލުގައިވެސް ދެވަނަ ފަހަރަށް ފައިބައިގަންނަން ތައްޔާރުވަމުން ކަރުނަތައް ޖަމާވަމުންދެއެވެ.

އަހަރެން ޚަލަފްގެ މޫނަށް ނަޒަރު ހުއްޓާލީމެވެ. އޭރު ޚަލަފްވެސް އިނީ އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ރޮއިރޮއި ރަތްވެފާވާ ދެލޯފެނުމުން އަހަރެންގެ ހިތުގާޖެހުނެވެ. މަޑުމަޑުން އަހަރެންގެ ތުންފަތް ޚަލަފްގެ ނިތްކުރީގައި ޖައްސާލާލީމެވެ. ޚަލަފް އަހަރެންގެ މޫނުގެ ތެފަރާތުން ހިފަހައްޓާލުމަށްފަހު މޫނު ކައިރިކޮށްލިއެވެ.

ޚަލަފްގެ ފޯނު ރިންގްވާން ފެށީ އެވަގުތެވެ. ޚަލަފް އަވަސް އަވަހަށް ފޯނުނަގާ ކަރު ކެހިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ދެން މަޑުމަޑުން ފޯނުގާ ހުރަގެން ބޭރަށް ނިކުމެ ދޮރު ލައްޕާލިއެވެ.

ހެދުން ބަދަލުކުރުމަށްފަހު އަހަރެން ނިދޭތޯ އޮށޯވެލީމެވެ. ނަމަވެސް މިރޭ ނިދިވަނީ އަހަންނާއި ރުޅިވެފައެވެ. ޙަޔާތުގައި އެންމެ އުފާވާނެ ދުވަސްކަމަށް ކުރިން ނިންމި ދުވަސް ވެފާމިވަނީ އެންމެ ހިތާމަވެރި ދުވަހަށެވެ. އަހަރެން ޝަމްމު މަތިން މާބޮޑަށް ހަނދާންވާން ފެށުމުން ޝަމްމުއަށް ގުޅާލީމެވެ. އެތަށް އިރަކު ވާހަކަދައްކަން އޮތުމަށްފަހު ފޯން ނިންމާލީ ޝަމްމު ނިދަން ފުރުސަތު ދޭށެވެ. ނަމަވެސް އެވުގުތު އަހަންނަށް އިހްސާސް ކުރެވުނީ އަހަރެންގެ މާޒީ އަހަރެންގެ ވަށާލާފައި ވާކަމެވެ.

…

އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށްފަހު އަހަރެން ދެން ކުރިމަތިލީ އޭލެވެލް އާއެވެ. މަންމަމެންނާއި ދުރުގާ އެހެން ރަށެއްގައި ކިޔަވަން ހުންނަން ޖެހުމުން ފުރަތަމަކޮޅު ވަރަށް މާޔޫސްވިއެވެ. ނަމަވެސް ދާދި އަވަހަށް އެއާމާހައުލަށްވެސް އަހަރެން ހޭނުނެވެ. އަހަރެން އޭލެވެލް އިމްތިހާނަށްވެސް ތައްޔާރުވީ ނުގުޑާފަދަ ޢަޒުމަކާއި އެކުއެވެ. ހުރިހާ ވަގުތެއް ކިޔެވުމަށް ހުސްކުރުމުން ހިތްހަމަޖެހޭފަދަ ރަނގަޅު ނަތީޖާއެއްވެސް ލިބުނެވެ.

އެއަށްފަހު އަހަރެން ބޭނުންވީ ޕްރައިމަރީ ޓީޗަރަކަށް ވާށެވެ. ކުޑަކުދިންނަށް ކިޔަވައިދިނުމަކީ އަހަރެން އަބަދުވެސް ކުރާހިތްވާ ކުރަމުން އަންނަ ކަމެކެވެ. އޭލެވެލްގައި އުޅުނުއިރުވެސް ކުދިންނަށް ޓިއުޝަން ނަގައިދެމިވެ. އަހަރެން ހީކުރިގޮތަށް މަންމައާއި ބައްޕަ އަދި އާއިލާގެ އެހެންމީހުންގެ ފަރާތުންވެސް އެރޮނގުން ކުރިއަށްދާން ހިތްވަރުދިނީ ހިނިތުންވެތިބެއެވެ.

އަހަރެން ކުރިންވެސް ދެތިން ފަހަރަކު މާލެ އައީމެވެ. ނަމަވެސް މިފަހަރު މި ކުރެވެނީ އެހެން ފަހަރު ފަހަރަށާއި ތަފާތު އިހްސާސެކެވެ. މިހާ ހިސާބަށް އާދެވުމުން ހިތަށް ހުމަޖެހުންލިބި އުފާވެރިކަން މޫނުމަތިން ފެންނަން ހުއްޓަސް މަންމަމެންނާއި އެހާ ދުރަށް ގިނަ ދުވަސް ތަކަކަށް އަންނަން ޖެހުމުން އަހަރެން ވަރަށް ދެރަވެއެވެ. އަބަދުވެސް މަންމަމެންގެ މަތިން ވަރަށް ހަނދާންވެއެވެ. ޚާއްޞަކޮށް ނިދާ ގަޑީގައެވެ. ފުރަތަމަކޮޅު ކޮންމެ ދުވަހަކު އެތަށް ފަހަރަކު މަންމައަށާއި ބައްޕައަށް އަދި ދޮންބެއަށްވެސް ގުޅެއެވެ.

އަހަރެން އުޅެނީ ޔުނިވާރސިޓީގެ ކުދިން ތިބުމަށް ޚާއްސަކޮށް ޢިމާރާތްކޮށްފައިވާ ދަނާލުގައެވެ. ދެކުދިން ޝެއާވާ ކޮޓަރިއެއް ނެގީ އަހަންނަކީ ކުޑައިރުއްސުރެވެސް ވިއްސާރަ ރޭރޭ އެކަނި ނިދަން ބިރުގަންނަ މީހަކަށްވުމުންނެވެ.

ކަންދިމާކުރިގޮތުން އަހަރެންގެ ރޫމްމޭޓަކީވެސް އަހަންނާއި އެއް ކޯހައްގައި އުޅޭ ކުއްޖެކެވެ. މަލީހާ އަކީ ހިތްހެޔޮ މަޑުމައިތިރި މިޖާޒެއްގެ ކުއްޖެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދެކުދިންގެ އެކުވެރިކަން ބަދަހިވަމުންދިޔައެވެ. ގިނަ ފަހަރަށް އަނެއްމީހާއާއި ވަކިން ދަނާލުން ބޭރަށް ފިޔަވަޅެއްވެސް އެޅޭކަމަކަށް ނުވެއެވެ.

ކިޔެވުމުގެ ކަންތައްތައް މަޑުމަޑުން ކުރިއަށްދެއެވެ. ފުރަތަމަކޮޅު ޕްރެޒެންޓޭޝަންތަކާއި އެސައިންމެންޓްތައް ހަދަން ވަރަށް އުނދަގޫވިއެވެ. ނަމަވެސް ލައިބްރަރީގައި ހޭދަވާ ވަގުތު ގިނަކުރަން ފެށުމުން އެކަންވެސް ފަސޭހަވެއްޖެއެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ކްލާސްތައް ނިންމާލުމަށްފަހު ދަނާލަށް ދިއުމުގެ ކުރިން އަހަރެން ބޭނުންވީ ލައިބްރަރީއަށް ވަދެލާށެވެ. މަލީ މަޑުނުކޮށް ދިޔައީ ތަންކޮޅެއް އަވަހަށް ފެންވަރާލަން ބޭނުންކަމަށް ބުނެފައެވެ.

އަހަރެން ބޭނުންވާ ކަހަލަ ފޮތެއް އަތުޖެހޭތޯ ފަހަރަކު ޝެލްފެއް ބަލަމުން ގެންދިޔައީމެވެ. ހިތްހަމަޖެހޭކަހަލަ ފޮތެއް ފެނިއްޖެނަމަ އެފޮތުގެ ކޮންޓެންޓަށް ކަޅިއެއް އެއްލުމަށްފަހު ބޭނުންވާ މަޢުލޫމާތު ހުރިނަމަ ނަގަނީއެވެ. ނޫންނަމަ އަނބުރާ އެއިންތަނަށް ލަނީއެވެ.

އެއްފަހަރަކު ނެގި ފޮތެއް ހުޅުވާލުމާއި އެކު އަހަރެންގެ ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލްކުރަން ދަތިވުމުންނެވެ. އެފޮތުގައި އެވާ ސްޓޫޑެންޓް ކާޑުގައި އެވަނީ އެހެން ދެވަނަ ފަރާތެއްގެ ފޮޓޯއެއްނޫނެވެ. އަވަސް އަވަހަށް ނަން އޮތް ދިމާއަށް ނަޒަރު ހިންގާލެވުނެވެ.

“މުޙައްމަދު ޚަލަފް” އަހަންނަށް އެނަން ކިޔީލެވުނީ ތަންކޮޅެއްބާރަށެވެ. ހަމައެވަގުތު އެޝެލްފްގެ  އަނެއްފަރާތުގައި ހުރި ކުއްޖަކު ބޯދިއްކޮއްލާފައި އަހަންނާއި ދިމާއަށް ބަލާލިއެވެ. “ހޭ. ތޭންކްސް. ވަރަށް ހޯދައިފީމޭ ތިފޮތް.” މިހެން ބުނެ އަހަރެންގެ އަތުގައިއޮތް ފޮތާއި ކާޑު ހިފައިގެން އެކުއްޖާގޮސްއެރީ ލިފްޓަށެވެ. އަހަންނަށް ހުރެވުނީ ކަޅިޖަހައިނުލާ ބަލާށެވެ.

“ޚަލަފް!” އަހަންނަށް އަދިވެސް ކިޔާލެވުނެވެ. ޔަޤީންނުވާ ފަދައިންނެވެ. އެއީ ހަމަ އެ ތޫނު ނަޒަރެވެ. ނަންބަރު އައިނުގެ ފަހަތުން އެފެންނަ ހިމަދިގު ލޮލަކީ އަހަރެންނަށް އެއްވެސް ހާލެއްގާ އޮޅުންއަރާނެ ދެލޮލެއްނޫނެވެ. މޫނުމައްޗަށް ވައްޓާލާފައިއޮތް އެރީތި ފަން އިސްތަށިކޮޅު ކުރިއަށްވުރެ ދިގުވެފާވުމުން ނިތްކުރިން ބޮޑުބައެއް ފޮރުވިފާވެއެވެ. ކުރިން ތުނިކޮށް ހުރި ތުނބުޅި ބޯވަފައިވާއިރު ރީތި ސްޓައިލްއަކަށް މަތިމަހާއި ތުނބުޅި ހަދާލާފައި ހުއްޓެވެ. އަތުރާލެވިފައިވާ ކުދިކުދި ދަތްތައް އެކީ ފެންނަވަރަށް ހީލުމުން ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ މޫނު އުޖާލާވެގެން ދާނެއެވެ. ލައިގެންހުރި ޓާރކިޝް ގްރީންކުލައިގެ އަތްދިގު ގަމީހުގެ އަތް އޮޅަނބުއްޓާއި ހަމައަށް އޮޅާލާފައިވުމުން އެ ދެއަތުގެ ބާރުގަދަކަން ހާމަކޮށްދޭހެން ހީވެއެވެ. ގަމީހާއިއެކު ލައިގެންހުރި ހުދު ފަޓުލޫނާއި ކަޅު ބޫޓުގެ ސަބަބުން އިތުރަށް ސްމާޓްކަމަށް ދައްކައެވެ.

ކޮޓަރިއަށް ވަދެލުމާއިއެކު އަހަރެން ދަބަސް އެނދުމައްޗަށް އެއްލާލުމަށްފަހު ލޯގަނޑުގެ ކުރިމައްޗަށް ހުއްޓިލީމެވެ.

މިވީ ދެތިން އަހަރުތެރޭ އަހަރެންގެ ސޫރައަށް އައިސްފައިވާ ބަދަލުތަކާއިމެދު ވިސްނާލަން މަޖުބޫރުވެއްޖެއެވެ. ކުރިން ކުރުކޮށް ކޮށާލާފާ އޮންނަ ފަން އިސްތަށިކޮޅު މިހާރު އޮތީ ޝޯލްއެއްގެ ނިވަލުގާ ފޮރުވިފައެވެ. ބުރުގާ އެޅި ނަމެވެސް އަދިވެސް އަހަރެން ގިނައިން ލައި އުޅެނީ ކުރުތާއާއި ގަމިސްޓޮޕެވެ. މާލޭގައި އުޅެންފެށުމުން ހުމުގެ ކުލަ ކުރިއަށްވުރެ އަލިހެން ހީވެއެވެ. ކުރިއެކޭވެސް އެއްގޮތަށް ޚީއްޞަ މުނާސަބާއަކަށް މެނުވީ މާބޮޑު މޭކަޕެއް ނުކުރަމެވެ. އިސްކޮޅުން ކުޑަ ތަންކޮޅެއް ދިގުވެފާ ހިކިކަމަށް ދައްކައެވެ.

ޚަލަފްއަށް އަހަރެން ވަކިކުރަން ނޭނގުނީ ހެއްޔެވެ؟ ހަމަ އެހާ ބޮޑަށް އަހަރެން ބަދަލްވީ ހެއްޔެވެ؟ ނޫނީ ޚަލަފް އަހަރެން ނުދަންނަ މީހަކަށް ހެދީހެއްޔެވެ؟ މިހުރިހާ ދުވަހު އަހަރެންގެ ހުވަފެންތަކުގާ އައިސް އަހަރެންގެ ހިތް ފަތަޙަކުރި މީހަކީ ޙަޤީޤަތުގައި އަހަރެން މަތިން ހަނދާން ނައްތާލާފައިވާ މީހެއް ހެއްޔެވެ؟ އަހަރެން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހިތާހިތާ ޝަކުވާ ކޮށްލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

އާވާ ހަނދާން 19

Next

ލޯބި އަހަރެން ވާނަމޭ

Next
May 4, 2017

ލޯބި އަހަރެން ވާނަމޭ

Previews
May 3, 2017

އާވާ ހަނދާން 19

27 Comments!

  1. maroon says:
    May 4, 2017 at 12:12 am

    Varah nice story❤
    Shammu- varah laobi nameh ?

  2. cenhi says:
    May 4, 2017 at 12:16 am

    Thnkx. Maroonge story me kiyan tym libeyvarakun comment nikurevunas. V reethi asl vaahaka dhagoi

  3. Shaa says:
    May 4, 2017 at 12:23 am

    Mi first dw..
    varah reethi

    1. cenhi says:
      May 4, 2017 at 5:59 am

      2nd dhw. Thnkx

  4. Thuthi says:
    May 4, 2017 at 12:24 am

    Nice story dear.. ❤❤

    1. cenhi says:
      May 4, 2017 at 5:59 am

      Thnkx Thuthi

  5. Mary says:
    May 4, 2017 at 12:25 am

    V rythi ekam kuryge baya ehkon inyma hyvy kuda thankolheh kiyaalan libunu hen…

    1. cenhi says:
      May 4, 2017 at 6:02 am

      Kuryge bays ekkoh inas asl eha kureh nuvane Alan kiyalan libunu partvs. He he Mary maa kiyahithun indha dhw ninmaalevuny. Thnkx

  6. Chum handi says:
    May 4, 2017 at 7:19 am

    wow…. vrh salhi…

    1. cenhi says:
      May 4, 2017 at 9:29 am

      Thnkx chum handi

  7. Maree says:
    May 4, 2017 at 7:35 am

    vvvvv reeethi

    1. cenhi says:
      May 4, 2017 at 9:29 am

      thank u maree

  8. Thihnaaan says:
    May 4, 2017 at 8:58 am

    Keehve kureege bai liuneee ehehve heekuree mieee4part kamah dhn thankolheh dhigukoh liyahchey anyws vvvv reethi story

    1. cenhi says:
      May 4, 2017 at 9:32 am

      Thnkx thihnaan. Ey ask iyye olhumakun publish ah levunyma adafi ga iny storyge half. Ehenve ebai nukiyey myhunnahves kiyeygoi hadhanvegen. N ask mee part 4ge baeh. Same numb nujahanvegen egothah jehy. Will try Inge dhigukureveytho. Can’t promise

  9. Littu says:
    May 4, 2017 at 9:13 am

    Bunaane vaahakayennen ehaaves lobi

    1. cenhi says:
      May 4, 2017 at 9:33 am

      He he thnkx littu

  10. Aisha says:
    May 4, 2017 at 10:09 am

    Dhen kihinehba vaaniee.. This story is amazing waiting 4 the next part

    1. cenhi says:
      May 4, 2017 at 10:16 am

      Thnkx. Hehe dhenvagotheh balaalamaa dhw maadhan

  11. Aminath says:
    May 4, 2017 at 11:16 am

    V reethi

    1. cenhi says:
      May 4, 2017 at 1:16 pm

      Thnkx Amin

  12. Noor says:
    May 4, 2017 at 11:22 am

    Vvv.salhi.

    1. cenhi says:
      May 4, 2017 at 1:16 pm

      Thnkx Noor

  13. lara says:
    May 4, 2017 at 2:09 pm

    V REETHI STORY

    1. cenhi says:
      May 4, 2017 at 2:31 pm

      Thnkx lara.

  14. silver mist says:
    May 4, 2017 at 10:40 pm

    Nice story

    1. Cenhi says:
      May 5, 2017 at 5:15 am

      Thnkx

  15. Umey says:
    May 5, 2017 at 11:29 am

    Konirukunbaa next part kiyaalan libeynee .. vara reeti vaahaka

Comments are closed.

Next Episodeއިންތިޒާރެއް މަ ނުކުރާނަމޭ (6)←


All Right Reserved!