Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 18

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
May 1, 2017 8 Mins Read
28 Comments

އޭޝް އޭ ބުނެ އަޝްފާގަށް އިގިލި ދިއްކޮށްލިތަން ފެނި އެންމެންގެ ލޯ ބޮޑު ވެގެން ދިޔައެވެ. އެވަގުތު ފެން ކޯވަރެއް ބޯން އިން ފަޒުނާއަށް ކޮށި އަރާގޮތްވިއެވެ. “އޭޝް އޭ” އަޝްފާނާއި އަރޫޝާއަށް ހައިރާންކަމާއި އެކީ އަހާލެވުނެވެ.

“އަމްމްމް.. އައި ޝުޑް ގޯ” ހިތުގައި އުފެދުނު ހުރިހާ ޝަކުވާއެއް ބޭރުކޮށްލި އިރު އިޝާއަށް އޭޝްއަކީ ކާކު ކަން ބޭޒާރުކޮށްލެވުނުކަން އެނގި ތިރީ ތުންފަތުގައި ދަތްއަޅައި ގަނެވުނެވެ.

“ދަނީ” އިޝާ ރޮބެޓެއްހެން ދާން އުޅުމުން އަރޫޝާ ގޮސް އޭނާ ހުއްޓުވިއެވެ. “މާ ފަސޭހައިން ނުދެވޭނެ. އޭޝް އޭ. މަގޭ މިހިރަ ބޭބެ”

“ބުނެބަލަ ކީއްވެ ކުއްލިއަކަށް އަނގަ ބަންދުތިވީ” އިޝާއާއި ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޖަވާބު ލިބޭނެ ގޮތެއް ނުވިއެވެ.

“ޑޯންޓް ވޮރީ.. މިހިރީނު ލޯބިވާ އޭޝްގަނޑު” އަޝްފާން އަޝްފާގު ކުރިމަތީ ހުރި މޭޒުމަތީ ބާރަށް އަތް ބޭއްވިއެވެ. “މަ ހުވާ މިހިރީ ބުނާނެ އެއްޗެއް ނޭނގިފަ. ކީއްވެތަ ނުބުނީ މިއީ ތިމަންނަގެ މިސްޓީރިއަސް ގާރލްއޭ… އޯ މައި ގޯޑް. އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ” އަޝްފާންގެ އިތުރުން އެންމެންވެސް ތިބީ ކުއްލިއަކަށް އެގުނު މި މައުލޫމާތު ސިކުޑީއަށް ނަގައި ގަންނާނެ ގޮތެއް ނޭގިފައެވެ. މިއީ އެއްވެސް މީޙަކު އުއްމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. އަޝްފާގު ނިތް ކުރީގައި އިގިލިތައް ޖައްސައިލައިގެން ހުރެ އިޝާއާއި ދިމާލަށް ބަލަންހުއްޓެވެ. އިޝާ އޭނާވެސް ބޭޒާރުކޮށްލީއެވެ. ރުޅިވެރިކަން ފެންނަން ނެތް އެމޫނުން ލުއި ހިނިތުންވުމެއްގެ އަސަރު ފާޅުވާން ހުއްޓެވެ.

އަރޫޝާ އަޝްފާގު ކައިރީ ހުރި ގޮނޑީގައި އިޝާ ބޭންދިއެވެ. ތިން މީހުން ދެމީހުންނާއި ސުވާލަކަށް ފަހު ސުވާލެއް އަމާޒު ކުރަމުން ދިޔައީ އެދެމީހުން ކުށެއް ކޮށްގެން އެކަން ސާބިތުކުރާހެންނެވެ. އަމާޒުވި ގިނަ ސުވާލުތަކަށް ޖަވާބު ދިނީ އަޝްފާގެވެ. އިޝާ ދޭތެރެއަކުން އެއްޗެއް ބުނެލިއަސް މާބޮޑު އެއްޗެއް ނުބުނެއެވެ. އިޝާ އިނާ ގެޔަށް ނުދެވިފައެވެ. ދޭތެރެއަކުން ދޮރާއި ދިމާލަށް ބަލައިލިއަސް ކުރިމަތީ އަރޫޝާމެން ތިބުމުން ދެވޭނެ ފުރުސަތެއް ނުލިބެއެވެ.

“އިޝާ ދަނީ. މަންމަ އުޅޭނެ ލަސްވެގެން” އިޝާ ބަހަނާއަކަށް ދެއްކީ މަންމައެވެ.

“އުހ.. އަދި އެއްސުވާލު އެބަ އޮތް” ފަޒުނާ އިޝާ އަށް ހުރަސްއެޅިއެވެ.

“ކޮން ސުވާލެއް. އަވަސްކުރޭ” ލަސްވެގެން އުޅޭ ކަމަށް ހަދައިލައި އިޝާ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ.

“ކީއްވެ ނުބުނީ. މިހާ ކުލޯސްކޮށް އުޅޭ އިރު ހީކުރީ ބުނާނެ ކަމަށް. ކީއްވެ ދެމީހުންވެސް ފޮރުވައިގެން އުޅުނީ” އެއްމެންވެސް އިޝާގެ މޫނަށް ބަލައިލިއެވެ. އަޝްފާގުވެސް ހިމަނައިގެންނެވެ.

“ކީއްކުރަން ބުނަންވީ ދޯ. އަހަރަމެން ދެމީހުންގެ ގުޅުން އޯކޭއޭ މިހާ ވަރަށް. އެއްވެސް ޝަކުވާއެއް ނެތް” އިޝާ ދޯ އެއް ދެމުން “އަހަރަމެން” ތެރޭގައި އޭނާވެސް ހިމެނީތީ އަޝްފާގު ހިތަށް ތޫނު ހަންޖަރެއް ހަރާލި ކަހަލައެވެ. އިޝާއަށް ދެމީހުންގެ މުސްތަގުބަލެއް ނުފެންނަނީހޭ ހިތާއި ސުވާލުކޮށްލެވުނެވެ. އޭގެ ނަސީބެއް ނެތީ ހެއްޔެވެ.؟ އެވަގުތު ރުޅި އައުމަށް ވުރެ ބޮޑަށް ހިތާމަ އޭނާ ވަށާލިއެވެ. އިތުރަށް އެތާ ނުހުރުމަށް ބާރު ހިގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. މިތަން ފެނި އިޝާ މޫނަށް ގޮތެއް ހަދާލައި އިޝާވެސް ދާން ހިގައިގަތެވެ.


 

ޖެހިގެން އައި ދުވަހު އިޝާ އޮފީހަކަށް ނުދެއެވެ. އިއްޔެވީ ކަންތަކަށްފަހު އޮފީހަށް ދާނެ މޫޑެއް ނެތީއެވެ. ރޭގަ ކޯޅުންގަނޑަށްފަހު އަރޫޝާމެން ދެމީހުން ސުލްހަ ވޭތޯ އުޅުނެވެ.

އިޝާ ރެސްޓޯރެންޓުގައި އަޝްފާންގެ އިންތިޒާރުގައި އިނެވެ. ކަންފަތުގައި ޖަހައިފައި ހުރި ހެޑްސެޓުން މަޑު ލަވައެއްގެ އަޑުއިވެމުން ދެޔެވެ. ދެއަތް މޭޒު ދޮށަށް ލައިގެން އިނީ ފިނިވާތީ އެއިން ރައްކަލަކަށެވެ. ގާތްގަނޑަކަށް 10 މިނެޓް ފާއިތުވެ ދިޔަތަނާ އަޝްފާނާއި ފަޒުނާ ދޮރުން ވަދެގެން އަންނަތަން ފެނުނެވެ.އިޝާ ކަންފަތުގައި އިން ހެޑްސެޓް ނައްޓާލައި ދެމީހުންނަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.

“ސޮރީ ލަސްވީމަ . އެގެޔެއްނު ފަޒޫ ގޮވައިގެން ތަނަކަށް ދާން ޖެހިއްޖެއްޔާ ލަސްވާނެވަރު” އަޝްފާން ސަމާސާކޮށްލުމުން ކައިރީގައި އިން ފަޒުނާ އޭގެ ރައްދުގައި ލޯއަޅާލިއެވެ.އެއްމެން އިށީދެ ހަމަޖެހުމުން ފިނި ބުއިންތަކަށް އޯޑަރ ދިނެވެ.

“ކީއްކުރަން މީޓްކޮށްލަން ބުނީ” އޯޑަރ ދިނުމަށްފަހު އިޝާ ސުވާލު އަމާޒުކޮށްލިއެވެ.ދައްކަން އުޅޭ ވާހަކައިގެ މައުޟޫ އެގިހުރެއެވެ.

“ދެން ތި ދެމީހުން މިގޮތަށްތަ އުޅޭނީ”ފަޒުނާ އަހާލިއެވެ. ކައިރީގައި އިން އަޝްފާންވެސް ހުރީ އެސުވާލު ކޮށްލަން ބޭނުންވެފައިކަން މޫނުމަތިން އެގެއެވެ.

“ކޮބާ މިހެން އުޅުމުން މައްސަލައަކީ” ދެބުމަ ކޮޅަށްޖަހައިލައި އިޝާ ލުއިކޮށް ހިނިތުންވެލިއެވެ.

“ތިދެމީހުން ބޭސިކަލީ އަބަދު އެއްކޮށްހެން ތިއުޅެނީ. މިބުނީ އޮފީހުގައިވެސް އިޝާ ކުރިމަތީ ބޭބެ އިންނަނީ. އަހަރަމެން ގެޔަށް އަޔަސް އެއްކޮށް މިއުޅެނީ. ކިހިނެތްތަ ތިހާ ވަރަށް ފީލިންގްސް ފޮރުވަން ދެމީހުން ދަސްކުރީ. އަހަރެން މިހުރީ އަދިވެސް އަޖައިބުވެފަ. މަށާ ރައްޓެހިވެގެން އުޅުނު އިރު އިރުވެސް އެއްވެސް ގޮތަކަށް ފާހަގަ ނުވޭ. އަހަރެން ނަމަ ލޯބިވާ މީހާ ކުރިމަތީ އެހާ އުފަލުން އުޅެން ކެތްވެސް ނުވާނެ. ޑޯންޓް ޔޫ ލަވް ހިމް އެހާ ވަރަށް” އަޝްފާން އަދިވެސް ހުރީ ހައިރާންވެފައި ކަން އޭނަގެ ވާހަކަތަކުންނާއި މޫނު މައްޗަށް ގެންނަ ކުލަވަރުން އެގެއެވެ.

“އިޝާ އަކަށްވެސް ނޭނގެ އިޝާ އަށް ސާވައިވް ވެވޭ ގޮތެއް. ދެމީހުން ކުރީގެ މިސްއަންޑަސްޓޭންޑިންސް ފިލީ މާފުށީ ދަތުރުން. އޭގެ ކުރިން އިޝާ އަށް ވަރަށް އުނދަގޫވި އަޝްފާގު ކުރިމަތީ އުޅެން. އެކަމަކު ހަގީގަތް އެނގުނު ފަހުން އިޝާ ހިތަށް ވިސްނައިދިނީ ކުރީގެ ހަނދާންތަކާއި ދުރުވަން. އެއީ ނުވާ ކަމަކަށް ހަދާލަން. އަޝްފާންގެ ބޭބެ ދެކެ ލޯބިވެޔޭ ކިޔާފަ އިޝާވީ އަޝްފާނާއި ދުރުވަންތަ. އިޝާ މީ މީހެއް ފެންނަ އިރަށް ފަހަތުން ދުވާ މީހެއްނޫން. ހާއްސަކޮށް އިޝާއަށް ހާރޓް ކުރި މީހެއްގެ ފަހަތުން ބޭކާރު އާދޭސްތަކެއް ކުރާކަށް ނެތިން” އިޝާގެ ވާހަކަ ހުއްޓާލީ ވެއިޓަރު ބުއިންތައް ހިފައިގެން އައުމުންނެވެ.

“އެކަމަކު އިޝާ އަހަރެން އިޝާ ދޫކޮށްލިތާ އެއްމަސް މިވަނީ. އަހަރެން މިހާރަކު ނެތީމެއްނު ތިދެމީހުންގެ ގުޅުމަށް އޮތް ހުރަކަށް. އެހެންނޫނަސް ބޭބެ އަކީ ކޮންމެ މީހެއް ނޫނެއްނު. ހީ އިޒް ދަ ލަވް އޮފް ޔޯރ ލައިފް. އިޝާއަށް ހަނދާން ނައްތާނުލެވިގެން އުޅޭ “އޭޝް” . ބޭބެ އަށް އިޝާއަށް ހާރޓް ކުރެވުނީ ހެދުނު މިސްޓޭކަކުން. އެރި އޮޅުމަކުން. މާފްކުރާކަށް ނުވޭތަ”

“އަހަރަމެން އެއްމެނަށް އެނގޭ އިޝާ އޭޝްދެކެ ލޯބިވާ ވަރު. މިއަދު އޭޝް އެހެރީ އިޝާ ކުރިމަތީ. އަޅައެއް ނުލާނަންތަ” ފަޒުނާ އަޝްފާންގެ ވާހަކައަށް އިތުރުކޮށްލިއެވެ.

“އާން . އިޝާ ހަނދާން ނައްތައެއްނުލަން. ކިތައްމެ ވަރަކަށް އުޅުނަސް ނުވެވޭ. ކިހިނެތް ހަނދާން ނައްތާލާނީ ކެހި ދިން މީހެއް މަތިން. އަދި އިތުރަށް މާބުރެއްހެން އަބަދު ކުރިމަތީ އުޅެންޏާ” މޭޒު ކައިރީގައި އިން އިޝާ ފަހަތަށްޖެހި ގޮނޑީގައި ލައްވެލުމަށްފަހު ހަށަމް ބަދެލިއެވެ. މޫނުމަތިން ނުތަވަސްކަން ފެންނަން ހުއްޓެވެ.

“އިޝާ އަބަދުވެސް ބުނަމެއްނު ސެކަންޑް ޗާންސް ދޭންވާނޭ. ހަނދާންވޭތަ ތިގޭން ވައްކަން ކުރަން އުޅުނު މީހާއަށް އިޝާ ސެކަންޑް ޗާންސެއް ދިން ހަނދާން. އަހަރަމެން އެއްމެން ތިބީ އެދުވަހު އިޝާ އެހާ ކައިންޑް ހާރޓެޑް ކަން އެގުމުން ޝޯހުވެފަ. ކީއްވެތަ އަޝްފާގަށް ޗާންސެއް ނުދެވެންވީ” އަޝްފާން އިން ފަރާތުން ތެދުވެ ފަޒުނާ  އިޝާ ކައިރީ އިށީނެވެ.

“އިނގޭތަ ކިތައްރޭ އޭނަ ގުޅާތޯ އިޝާ ނުނިދާ އޮތްކަން. ނޭނގެންޔާ އަހާބަ މަންމަ ކައިރީ. އެއްމެ ފަހަރަކުވެސް އިޝާ ފޯން ނިއްވައެއް ނުލަން. އަބަދުވެސް ޗާޖްކޮށްފަ ރިންގް އެއްމެ ބާރުކޮށްފަ ބަހައްޓަނީ. އިޝާ އަށް ފޯނެއް އަންނަ ކޮންމެ ފަހަރަކު ހަމަ ކޮންމެ ފަހަރަކު އުއްމީދުކުރަން އޭޝް ކަމަށް ގުޅަނީ. ޓޫ މަޗް ހޯޕް ކިލްޑް މައި ޓުރަސްޓް ފޯ ހިމް. ދެން އަޝްފާނާއި ރައްޓެހިވިތާ ކުޑަ ދުވަސްކޮޅެއް ފަހުން އައިމަ އިޝާ ކަންތައް ކުރަންވީ ކިހިނެތް. ފައިބުޑަށް ވެއްޓި ރޯންތަވީ. އަތުގަ ހިފާ އާދޭސްކުރަންތަ ވީ. ސެކަންޑް ޗާންސް ދިނީމުސް. އެކަމަކު އެނގޭތަ އޭނަ އިޝާ ބޮލުގަ އެޅުވި އިލްޒާމް. ކޮން ޔަގީންކަމެއް އިޝާއަށް އޮތީ ދެވަނަ ފަހަރަށް އޭޝް އެހެން ނުހަދާނެ ކަމުގެ.” ނުރޯން އަޒުމް ކަނޑައަޅައިގެން އިން އިޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެއްވެސް މީހަކަށް އޭނާގެ ހާލަތު އެނގޭނަމަ އަޝްފާގުގެ ވާހަކަ ނުދެއްކީސްކަމެވެ. އަވަހަށް ޓިޝޫއެއް ނަގައި ލޮލުން އޮހެރުނު ކަރުނައިގެ ތިކިތައް ފޮހެލީ ހިތްވަރުގަދަކަން ދައްކާލުމަށެވެ.

“ދެން އެވާހަކަ ނުދައްކަމާ. އިޝާ ނުދަންތަ ޗުއްޓީއަށް ރަށަށް” އަޝްފާން މައުޟޫއު ބަދަލުކޮށްލީ އިޝާއަށް އިތުރު ވޭނެއް ނުދިނުމަށެވެ.

“އަރޫ ވެޑިން ނިއްފާ ދާން ކަމަށް މިއުޅެނީ. މާމަ ވަރަށް ގުޅާ ރަށަށް ނައިސްގެން”  އަޑު ބެދިފައިވާ އިޝާއަށް ވާހަކަ ފަށައިގަތުމަށް ކުޑަ ވަގުތުކޮޅެއް ނެގިއެވެ.


 

އަޝްފާން މެއިން ރޫމަށް ވަނުމާޢި އެކު ސަކަރާތުގައި ތިބި އެއްމެންގެ އަޑު މަޑުވިއެވެ. ގޮނޑިން ތެދުވެގެން އުޅޭ ކުދިންކޮޅުވެސް އަވަހަށް ގޮނޑީގައި އިށީދެ މަސައްކަތާއިގެން ކުރިއަށް ގެންދިޔައެވެ. އަޝްފާންއަކީ މަޖާ މިޒާޖެއްގެ މީހެއް ނަމަވެސް އެއްމެންގެ އިހްތިރާމް އޭނާއަށް ލިބެއެވެ.

“ކޮބާ ބޭބެ އާއި ވާހަކަ ދެއްކިއްޖެ” އަޝްފާން ގޮސް އިށީނީ އަރޫޝާ އިން މޭޒު ކުރިމަތީ ހުރި ގޮނޑީގައެވެ.

“ނޫން. ވާހަކަ ދައްކާ ވަރު ވޭތަ. އަހަރަމެން އެތަނަށް ވަނަސް ފަހައި ބޭރުކޮށްލަނީ. ހަމަޖެހިގެންނު އެހޭ ބޮޑު ވާހަކައެއް ދެއްކޭނީ. އިޝާ އޮފީހަށް ނާންނާތީ އެރުޅިގަނޑު އެބާލަނީ އަހަރަމެންނަށް. މިއިން މީހަކަށް ނުކެރޭ އެއްޗެއް އަހާލަން ދާކަށްވެސް. ދީނާ ދިޔަ އެއްފަހަރު ރުޅި އައިސްގެން ހަޅޭއްލަވައިގަތީމަ މިތާ ހުރި ރޮވިފަ.” އަރޫޝާ މޭޒުމަތީ ހުރި ގަނޑުތައް އެއް ފަރާތް ކުރުމަށްފަހު އަޝްފާނަށް ވަގުތު ހުސްކުރިއެވެ. ބޭބެ އާޢި އިޝާގެ ހާލަތަށް އޭނަވެސް ހުރީ ކޮންމެވެސް ކަހަލަ ހައްލެއް ބޭނުންވެފައެވެ.

“އިޝާ އެބުނާ ގޮތަށް ބޭބެއަށް އެނގޭނީ ކަމެއް ވާއިރަށް ފިލަން. މައްސަލަ ހައްލުކުރާކަށް ނޫޅޭނެ އެއްފަހަރުވެސް. އިޝާ ވެސް ބޭބެ ކައިރިން ދަސްކުރީ ތޯއްޗެއް އޮފީހަށް ނައިސް އެއުޅެނީ. ދޮންބެ އަންނާނަން މަސައްކަތް ކޮށްލާފަ. ކުރިން ދުވަހު ކޮށްލި ވަރު ނުކޮށްފިއްޔާ ރަގަޅު” އަޝްފާން މިހެން ބުނެލުމަށްފަހު ހިގައިގަތީ އޭނާގެ ބޯހަރު ބޭބެއަށް ވިސްނައިދިނުމަށެވެ.

“ކޮބާ ބިޒީތަ. ހިނގާބަލަ ކޮފީއަކަށް. އަބަދު ތިހެން ފައިލް ތެރެއަށް ބޯކޮއްޕައިގެން އިންނަންޏާ ބޭބެ ތީގެން ގަނޑަކަށް ވެދާނެ ކަންނޭނގެ”  އަޝްފާންގެ ވާހަކަ ފެއްޓީ ސަމާސާއަކުންނެވެ.

“ބިޒީ މި ވަގުތު. މއ.ނަޔާ ގެ ސާމްޕަލް ޝީޓްތައް ނުފެނިގެން މިއުޅެނީ. އަދި އެބަ ޖެހޭ މިތާނގެ ރިވިޔު ރިޕޯޓެއް ލިޔަންވެސް”  އަޝާފާގުގެ ނަޒަރު އަދިވެސް ހުރީ ކުރިމަތީ އޮތް ފައިލަށެވެ. އޭރު ފުންޏަކަށް ފައިލްތަކާއި ގަނޑުތައް މޭޒުމަތީ އަތުރާލާފައި ހުއްޓެވެ. ކެބިން ގައި ހުރި މުޅި ފައިލް ކަބަޑު ވަނީ އެއްކޮށް ހާވާލާފައެވެ.

“ދެން ތި ހޯދިދާނެ އެއްނު ކޮފީއިން އައިސްވެސް. އެހެން ނޫނަސް މިއޮފީހަށް މުވައްޒަފުން ލައިފަ އެތިބީ ބޭނުމަކުއޭ. ގޮސް ދީނާ ކައިރީ ބުނެބަލަ ތި ހޯދާ އެއްޗެއް ހޯދަދޭން. ދެން ހާޝިމް ކައިރީ ބުނޭ ޑްރާފްޓު ރިޕޯޓެއް ލިޔެގެން ގެންނާށޭ. އޭނަ ކުރިން ދުވަހުވެސް އަހަރެން ބުނެގެން ލިޔުނު ތިކަހަލަ އެއްޗެއް” އަޝްފާން ބެލީ އަޝްފާގުގެ މަސައްކަތަށް ލުޔެއް ހޯދައި ދެވޭތޯއެވެ. އިޝާ ނެތުމުން ބޭބެއަށް ވާ ޓެންޝަން އިހުސާސް ނުކުރެވުނު ނަމަވެސް އެހީ ވެދޯތޯ އުޅުނެވެ.

އަޝްފާގު އިތުރަށް ދެކޮޅު ނުހަދައި ޖީބަށް ފޯން ލަމުން އަޝްފާނާއި އެކީ ބޭރަށް ހިގައިގަތެވެ. ބޭބެ އެހާ ފަސޭހައިން ރުއްސުނީތީ އަޝާފާންގެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް އައެވެ.

މޭޒުމަތީ ހުރި ދެކޮފީ ތަށިން އަރާ ވަހާއި އެކުވެގެން ޖެހޭ މަޑު ވައިރޯޅިއާއި އެކީ ކޮފީގެ މީރުވަސް ޖައްވުން ދުވަމުން ދިޔައެވެ. އެކި ވާހަކަ ދައްކަމުން ދިޔައިރު އަޝްފާން އިނީ ދައްކަން އައި މައުޟޫއު ފަށާނެ ގޮތެއް ނޭނގިފައެވެ.

“ބޭބެ މިއުޅެނީ ފަޒޫ ކައިރީ އިންނަން އަހަން. ކިހިނެތްވާނީ” ގައިމުވެސް މިއީ ދައްކަން އައި “ބޮޑު” ވާހަކަ ނޫނަސް މިއީ ކުޑަ ވާޙަކައެއް ނޫނެވެ. މިއީ އަޝްފާން ހިތު ތެރޭގައި މިހާރު އުފެދެމުން އަންނަ ހިޔާލެކެވެ. ކުރިމަތީ އިން ބޭބެ ގެ ހިޔާލު އަހައިލީ ގޮތް ނިއްމުމުގެ ކުރިން އެހެން މީހެއްގެ ހިޔާލަށް ބޭނުނުންވާތީ އެކަމަށް ދެވަނަ މީހެއް ނެތުމުންނެވެ.

“ވަރަށް ރަގަޅު ކަމެއްތީ. ފަޒޫ ކަހަލަ ކުދިން ނުލިބޭނެ މިޒަމާނަކު . ކުޑަ އިރުއްސުރެ އެހާ އެކަނިވެރިކޮށް އުޅެފަ އާއިލާ އަކަށް ބޭނުންވެފަކަން ޔަގީން ހުންނާނީ. ގޭތެރޭ އެހެން އުޅުނަސް މުޅިން މިއާއިލާ މެމްބަރަކަށް ވުމުން ކިހާ އުފާވާނެ. މަންމަމެނާއި ރުޝްވެސް ވަރަށް އުފާވާނެ. ގައިމު ބޭބެ ބޭނުމެއްނޫން ދެވަނަ އެހެން ފަހަރިއެއް. ދެމީހުން އެކަކު އަނެކަކު ދެކެ ކިހާ ލޯބިވޭ، ކީއްކުރަން ލަސްކުރަންވީ” އަޝްފާގު އޭނާގެ ހިޔާލު ފާޅުކުރިއެވެ.

“ބޭބެ އަށް އިނގޭތަ އިޝާ ކަހަލަ ކުދިންވެސް މިޒަމާނަކު ނުލިބޭނެކަން. ދެވަނަ އެހެން އިޝާއެއް ބޭބެއަށް ނުހޯދޭނެ ކަން މަށަށް ޔަގީން. ކީއްވެތަ ތިދެމީހުން ގުޅެން ނޫޅެނީ. ގައިމު މަށެއް ބޭނުމެއް ނޫން ދެވަނަ އެހެން ފަހަރިއެއްވެސް. މަންމަމެންވެސް  ނުލާހިކު ކަމުދާ ކުއްޖެއް އިޝާއެއީ.  ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ވަރަށް މަށަކަށް ހިޔެއް ނުވޭ އެއްވެސް  މީހަކަށް ލޯބި ވެވިދާނެހެން. މިއޮތް ހާ ދުވަސް ފާއިތުވެގެން މިދަނީ ބޭބެ ނުބަލައޭ ތި ނަޒަރުން އެހެން އެއްވެސް އަންހެން ކުއްޖަކަށް. އެކަމަކު ދެމީހުން އަނެކާ ފެންނަ އިރަށް ހީވަނީ ބިރެއް ފެނިގެން ދުރަށް ދާތަން” އަޝްފާގު ކުރިން ދެއްކި ވާހަކާއިގެ ތީރުގެ މިފަހަރު ބަދަލުވެގެން އައީ އޭނާއާއި ދިމާލަށެވެ.

“އަހަރަމެން ތަފާތު. އަޝްފާނަކަށް ނޭނގޭނެ” އަޝްފާގު ހުރީ އިޝާގެ ވާހަކަ ދައްކަން ބޭނުންނުވެފައެވެ.

” ތަފާތޭ.. މަށަށް އެނގޭ އަދި ވިސްނޭ އިޝާ ދެކޮޅު ހަދާފާނެ ސަބަބު. އެކަމަކު ބޭބެ ކީއްވެ ދުރަށް ދާން ތިއުޅެނީ. ދެމީހުންގެ މިސްއަންޑަސްޓޭންޑިންގސް ހައްލު ވެއްޖެ. އެކަމަކު ހައްތާ ދުރަށް ދާތަން މިފެންނަނީ. ކީއްވެތަ. މިހާރު އެހެން ކުއްޖެއް ދެކެ ލޯބިވަނީތަ. ދީނާގެ މަޅީގައި ޖެއްސީދޯ” ފުރަތަމަ މަޑުމައިތިރ ކަމާއި އެކު ވާހަކަ ދައްކަން ފެއްޓި އަޝްފާންގެ އަޑު ދިޔައީ ބާރުވަމުންނެވެ.

“ދީނާ އޭ” އަޝްފާގު ޗުސްކަނޑާލުމަށްފަހު ހީލިއެވެ. ފުރަތަމަ އެއްވެސް އަންހެން ކުއްޖަކަށް އޭނަ ނުބަލާ ވާހަކަ ދައްކާފަ މިހާރު ދީނާ ގެނައިމަ ކުޑަކޮށް ހިނިއަންނަ ގޮތްވެސް ވިއެވެ.

“ބޭބެ އަބަދުވެސް ލޯބިވާނީ އިޝާ ދެކެ. އެހެން މީހަކަށް ނެތް ޖާގައެއް ނެތް. ތެދަށް ވާހަކައެއް ބުނަންތަ. ބޭބެ އިޝާ ދެކެ ކިތައްމެ ލޯބި ވިޔަސް ނޭނގޭ ބިރުވެރިކަމެއް ބޭބެ ހުއްޓުވާ. އައި ޑޯންޓް ޓުރަސްޓް މައިސެލްފް ވިތް ހާ. ބޭބެއަށް ހީވަނީ ބޭބެއަށް އަދިވެސް އިޝާއަށް ހާރޓް ކުރެވިދާނޭ. ދެވަނަ ފަހަރަށް އިޝާ އެހާލުގައި ޖައްސަން ބޭބެ ބޭނުމެއް ނޫން. ކުރިން ދުވަހު އަޝްފާން ގައިގަ ޖެހީވެސް އެހެންވެ. ބޭބެއަށް އަޑުއިވުނީ އޮފީސްތެރޭ ދެމީހުން ވަކިވި އަޑު. އެދުވަހު އެއްވެސް ސަބަބެއް ނުބުނީ އެހެންވެ”  އަޝްފާގުގެ އަޑުގައި ވި ވޭން އަޝްފާން ދެނެގަތެވެ.

“ހުވާތަ. ވަރަށް ތަދުވިއޭ. މާފްކޮށްފިން.. އެވާހަކައެއް ނޫނޭ. ތިހެން ދުރުގައި ހުރީމަ އިޝާގެ ހުރިހާ ހިތާމައެއް ފިލައިގެން ދޭތަ. ޝީ ނީޑްސް ސަމްވަން. އަހަންނަށް އިޝާއަށް ހާރޓް ކުރެވިއްޖެ. ބޭބެއަށްވެސް. ޔޫ ހޭވް ޓު ޓުރައި ޕްލީސް”

“ޓުރައި ކޮށްގެން ނިކުންނަ ނަތީޖާ ހިތިވެއްޖެއްޔާ ޔޯ. މިހާރު އިޝާ ބޭބެއަށް މާފްކޮށްފި. އަހަރެން ބޭނުމެއްނޫން ދެވަނަ ފަހަރަށް އިޝާ އެހާލަށް ގެންދާކަށް. މިހާރު ހެޕީ ކޮށް ހުއްޓާ ބޭބެ އަށް އެހެން ހެދިދާނެ. އޭރުން ދުވަހަކުވެސް އިޝާގެ މާފެއް ލިބުމެއް ނެތް” ޖެހިލުންވެ ހުރެ އަޝްފާގު ހިތުގެ އަޑު އިއްވާލިއެވެ.

“އިޝާ ހެޕީއޭ. ބޭބެއަކަށް އޭނަ ދަހެއް ނުވޭދޯ އަދިވެސް. ޔާ ކުރިން ކަމެއް ވާއިރަށް އޭނަ ލޮލުން ކަރުނަ ކޯރެއްހެން އޮއްސާލާނެ. އެކަމަކު މިހާރު އެއީ އެ އިޝާއެއް ނޫން. މިހުރިހާ ކަންތަކަށްފަހު އިޝާ ވަރަށް ބޮޑަށް ބަދަލުވެއްޖެ. މާ ހިތްވަރު މީހަކަށް ވާން ވަރަށް މަސައްކަތް ކުރޭ. އެންޑް އިޝާއަށް އެކަން ހާސިލްއެބަވޭ. އަހަރެން އިޝާ ދޫކޮށްލި ދުވަހަ ހީކުރީ ރޮއިރޮއި މުޅި މީހާ ފޯވާނެކަމަށް. އެކަމަކު އެނގޭތަ ހަމަ އެކަނި ލުއި ހިނިތުންވުމެއް އެކަނި އަހަންނަށް ލިބުނީ. ދެން އަހަރެން ކުރިމަތީ އުޅުނީ އެއްވެސް ކަމެއް ނުވާކަމަށް ހަދާފަ. އަހަރެން ކުޑަކޮށް ރުޅިވެސް އައި. އެކަމަކު ބޭބޭ އިޝާ ބޭރުން ކިތައްމެ ހެޕީކޮށް އުޅުނަސް އިންސައިޑް ޝީ އިޒް ޑައިން. ފީލިންގސް ނުހުންނަ މީހަކަށް ވަމުން އެދަނީ. އަހަރެން އެކަމަށް ފަހުރުވެރިވާތީ އެއްނޫން މިހެން މިބުނަނީ. އަހަރަމެން ދެމީހުން އިޝާއަށް އެހެން ހެދީ. ހިތް ބަލި ކުއްޖަކުން އަމިއްލަ ނަފްސަށް ހިތް ހަރު ކުއްޖަކަށް އެވަނީ. އަހަރެމެން އެހީ ނުވެ އިޝާއަށް އެހީ ވާނީ ކާކު. އެހާލަތަށް އިޝާ ގެންގޮސް އެއްލާލަންތަވީ. ޔޫ ލަވް ހާ. އެޓްލީސްޓް ހެލްޕް ބޭބޭ” އަޝްފާން ބޭބެއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ކުރިންރޭ އިޝާ ދެއްކި ވާހަކަތަކަށް ވިސްނާފައި ހުރިކަން ވާހަކައިން ހާމަވެއެވެ.

“އައި ޑިސްޓްރޯއިޑް ހާ” އަޝްފާންގެ ވާހަކައަށް ފަހު އަޝްފާގަށް ބުނެވުނެވެ.

“ބޭބެ އެކަންޏެއް ނޫން. އަހަރެންވެސް ހިމަނައިގެން. ބަޓް ވީ ކޭން މޭކް ހާ ހެޕީ. އިޝާ ބޭނުން ކޮންމެ އެއްޗެއް އިޝާއަށް ދޭން އަހަރެން މިހިރީ ތައްޔާރަށް. އެއީ ވަރިހަމަ ބޭބެ ގުރުބާން ކުރަން ޖެހުނަސް. ” ދެރަވެފައިވާ އަޝްފާގު ފެނި އަޝްފާން ހިތަށް ކުލުނު ވަނެވެ. ސަމާސާއެއް ކޮށްލީ ބޭބެ ހިތަށް ލުޔެއް ހޯދުމަށެވެ. އަޝްފާގު ބޯ ޖަހައިލީ ކޮއްކޮގެ ވާހަކައަށް ތާއީދުކުރާކަން އަންގައި ދިނުމަށެވެ.


 

“ދޮންބެ ވާހަކަ ދައްކައިފިން ބޭބެއާއި . ބޭބެ އޯކޭ ވެއްޖެ. ދެން ރުޝް ބަލާބަލަ އިޝާ ރުއްސޭތޯ. ދޮންބެ ކޮންމެ ރެއަކު ގުޅާފަ އެވާހަކަ ދައްކަން ފެށީމަ ރުޅި އައިސްގެން ފޯން ކަނޑާލަނީ” ހަވީރު ލާމިއު އާއި އެކީ ސައިބޯން އިން އަރޫޝާއާއި އަޝްފާން ވާޙަކަ ދެއްކިއެވެ.

“އެވެސް ވަކު ބޭބެއަށް ދޫކުރާ މީހެއްތަ. އަޅުގަނޑު ފަހެ ކީކޭ ބުނާނީ. އެންމެ ފަހުން އެވާހަކަ ދެއްކުމުން ހަމަ ދޮންބެއަށް ތި ހަދާލި ގޮތް މަށަށް ވެސް ހަދާލީ”

“އަސްލު މަ އިޝާއަށް ތާއީދު މިކަމުގަ. ނޯ އޮފެންސް. ބަޓް ތިނޫން ކޮން ކޮމެއް ތިމީހުން އުއްމީދު ކުރީ އިޝާއަށް އެވަރު ކޮއްލާފަ. މަ ނަމަވެސް ހަދާނީ އެހެން” ލާމިއު އިޝާއާޢި އެއްކޮޅަށް ހިފާލިއެވެ.

“ލާމީ.. އެއްޗެހި ނުކިޔާ ބުނެބަލަ ރަގަޅު ޕުލޭނެއް އެދެމީހުން ގުޅުވަން” އަރޫޝާ މޫނަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ. ތިން މީހުންވެސް ވިސްނަމުން ދިޔައީ އިޝާގެ ރުހުން އަޝްފާގަށް ލިބޭނެ ގޮތަކާއި މެދުގައެވެ.

“އަހަރެން ބުނެފާނަން ގޮތެއް. އެކަމަކު ހިޔެއް ނުވޭ އަރޫ އެހާ ލައިކް ވާނެހެން. ހިނގާ މި ވީކެންޑުގަ ފަޅު ރަށަކަށް ދަތުރުދާން. ހުކުރު ދުވަހު ހަވީރު ގޮސް ހޮނިހިރު ދުވަހު އަންނަ ގޮތަށް. ގާއިމު އޭރުން އިޝާއާއި އަޝްފާގު ވާހަކަ ދައްކަން ފުރުސަތު ލިބޭނެ އެއްނު. މިހާރު ދެމީހުން އެއްތަން ނުކުރެވޭ މައްސަލަ ހައްލުވާނެ” އެވަގުތު އެތަނަށް އައި ފަޒުނާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.

“ކީއްވެ އަހަރެން ލައިކް ނުވާންވީ. އަންނަ ވީކުގެ ފުރައިޑޭ މެރީ ކުރަނީ. އޭގެ ކުރިން ޖެހޭނެއެއްނު ކުޑަކޮށް ދަތުރު ގޮސް މަޖާކޮށްލަން. އިޝާ ކައިރީ ބުނެގެން ނުވާނެ ބޭބެ ދާ ވާހަކަ. އެހެންނޫނީ ނުދާނެ. ގޮތް ދޫނުކުރާ އަންހެނެއް ހުވާ” އަރޫޝާގެ އިތުރުން އެއްމެންވެސް އެހިޔާލަށް ތާއީދު ކުރިއެވެ. އަދި ދަތުރުގޮސް ކަންތައް ކުރާނެ ގޮތް ރާވާލިއެވެ.

ދަތުރުގެ އެއްމެހާ ބައިވެރިން ދޯންޏަށް އަރައި ހަމަޖެހިލިއެވެ. އަޝްފާގު ކުރިން ގޮސް ހުރީ އިޝާއަށް ނުފެންނަ ހިސާބުގައެވެ. އިޝާ ގެންނަން ބަހަނާއަކަށް ދެއްކީ އޮފީސް ދަތުރަކަށް ވުމުން އެންމެން އަންނަން ޖެހޭނެކަމެވެ. އަންނަން ދެކޮޅު ހެދި ނަމަވެސް އަޝްފާގު ނުދާ ވާޙަކަ ބުނުމުން ދޫ ދިނީއެވެ. ދީނާ މިދަތުރުގައި ނުގެންނަން އަރޫޝާމެން ބޭނުންވި ކަމުގައި ވިޔަސް އޮފީސް ދަތުރަކަށް ވުމުން ނައުމަށް އެދެން އެއްވެސް މީހަކަށް ނުކެރުނީއެވެ. އޮފީސް ތެރޭގައި ދެކެވޭ ސިއްރު ވާހަކަތަކުން އިޝާއާއި އަޝްފާގުގެ މާޒީ ދީނާއަށް ވަނީ އެގިފައެވެ. އަދި އެދެމީހުންގެ މެދުގައި އަދިވެސް ލޯބިވާކަން އެނގި އެކަން ހުއްޓުވަން ހިތުގައި ވަނީ ވަރަގަދަ އަޒުމެއް ކަނޑައަޅާފައެވެ. މި ދަތުރު ވެގެން ދާނީ އެކަން ހާސިލްކުރުމަށް ފެށޭ ފެށުމަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބި އަހަރެން ވާނަމޭ

Next

އިންތިޒާރެއް މަ ނުކުރާނަމޭ (3)

Next
May 1, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (3)

Previews
May 1, 2017

ލޯބި އަހަރެން ވާނަމޭ

28 Comments!

  1. maroon says:
    May 1, 2017 at 3:46 pm

    Sorry for the delay. Hope you would like it. Maroonge vaahakaiga mistake ulhenya bunedhinun edhen. If you like leave a comment

  2. i sher says:
    May 1, 2017 at 4:09 pm

    Woww!!v.v.v. reethi.❤

  3. ? says:
    May 1, 2017 at 4:10 pm

    Now vai mihaaa dhigu wait eh kuran jehunyma. Nuves kiyaa mi comment kolly. I really don’t like mihaa lahun up vaa vaahaka thakah. Komme hen mihen up vaa vaahaka nukiyas kiyaalan vaahaka mi site ga ves gavaaidhun up vey. Sorry if rude

    1. maroon says:
      May 1, 2017 at 4:13 pm

      It is okay. ?
      Emme furathama buni gothah abadhuves week aku 3 episodes up kuran.

  4. Chum handi says:
    May 1, 2017 at 4:11 pm

    Vrh salhi… but dheena ge plan kaamiyaabu viya nudhey thi… waiting for the next part….❤

    1. maroon says:
      May 1, 2017 at 6:15 pm

      In sha allah
      Thanku

  5. Cherry says:
    May 1, 2017 at 4:17 pm

    V salhi. Haadha wait eh koffymey ash aky kaaku kan emmenah egi edhemyhun gulhuvan emyhun try kuran. Finally ekan ves mi vany.
    Dhen dheena ehn nuhadhaba. Plz. Aslu ash dhyna ehn use kuryma badhalu hifumige roohu aee thoaccheh. Ekam ekuveri kamaky gadhafadha baareh. Ehn vyma emmen ekkolhakah thibi kolhu gadhavaany. Hehhehe
    Salhi igey mi part ves ??

  6. nonns says:
    May 1, 2017 at 4:37 pm

    Wow.next part varah reethi vaane dhw. Kon irakun up kohdheyny. I’m waiting….

  7. Hood girl says:
    May 1, 2017 at 4:40 pm

    Sorry to be negative but I feel the female lead is over dramatic!!!!

    1. maroon says:
      May 1, 2017 at 4:53 pm

      It is okay . Help me to improve

  8. shafu says:
    May 1, 2017 at 5:44 pm

    nice…when next part

  9. RiMu says:
    May 1, 2017 at 5:56 pm

    knmes kujjeh bunefi dhww knmeh dhuvahaku vaahaka up nuvaa vaahaka, ekujja v nu vaahaka liyan fashan alhe knmeh dhuvahaku up veythw.. btw story salhi igeyy.. kiyun therin kehtheri vaan vaane.. eehaa las vaaheneh hiyeh nuvey story kiyaalan libuneema.. keep up the good work dear MAROON <3 😉

  10. Maly says:
    May 1, 2017 at 6:36 pm

    Wow.. v reethi mi part ves.. bt dheena e ulheny konmeves kahala fanyeh hadhan.. yageen.. bt ekan dheena ah hasil nuveythw dhua kuraanan.. keep it up.. next part ah inthizaaru kuran.. thanks.. luv u

  11. Anr says:
    May 1, 2017 at 6:46 pm

    Koiraku next episode up kuraanee??

  12. maroon says:
    May 1, 2017 at 10:51 pm

    Thanku anr maly rimu shafu nonns isher and cherry.
    Kuri ah oiy episode 2 days therey up kohdheynan. Thanku once again for the support.

  13. Amm says:
    May 2, 2017 at 12:06 am

    V reethi ❤️❤️❤️
    Waiting 4 next
    Pls avahah up kohlahchey
    Dathuru gosfa nagaa majaa kiyaahithun miulhenee ??

  14. Maree says:
    May 2, 2017 at 8:16 am

    vvvvvv reethi

  15. Afy says:
    May 2, 2017 at 9:02 am

    Hama ekani negative comment thakah ekani liyuntheriya reply kuraakan faahaga kurevey. Hithah mi arany negative comments ekanibaaey balaigannany. Abadhu mihn vaathy aharen comment nukoh mi suvaalu mikolly. Coz aharen ge nei negative comment eh

    1. Mau says:
      May 2, 2017 at 9:03 am

      Me 2 ah thikan eba faahaga kurevey. As there are some swyt positive comments which has been unanswered dhw

    2. maroon says:
      May 2, 2017 at 10:55 am

      afy abadhuves alhugadu vee varakun hurihaa episodehga ves reply kuran hurihaa comment thakahves. mi episodega ehen nuvi kamugai vias. i am sorry for that. but it is ur support that encourages me. kurinves huriha kudhinge nan ganefa thanku bunin. busy kamun huriha ehchakah reply nuvevunee. varah bodah sorry .

  16. Mau says:
    May 2, 2017 at 9:07 am

    Cherry, nonns, shafu, rimu, maly, anr, amm, Mary mihurihaa kudhinge comments thah ves v positive loabi encouraging dho. Ekam balaeh nuganey

  17. Shaayan says:
    May 2, 2017 at 9:32 am

    Oh
    . haadha salhi

  18. haw shia shaba shi r says:
    May 2, 2017 at 10:45 am

    Mashaa Allah v reethi mi part ves,keep it up,next part soon plx,dheenaa ge plane kaamiyaabu viyanudheythi plx,a run reethi vaanee

  19. maroon says:
    May 2, 2017 at 10:59 am

    amm, maree shayaan mau afy thanku for the support.. busy koh ulheythy huriha kudhinge commentah vaki vakin reply nukureveny.

  20. Faithful ithoo says:
    May 2, 2017 at 11:25 am

    Aslu yeah me 2 agree positive comments ignore kurikan
    Busy vyma negative ah time dhinhen positive ah ves veven jeheyne

    1. maroon says:
      May 2, 2017 at 2:40 pm

      Dhn ehen nuhadhaanan
      Really sorry for that. ?

  21. Sheryn says:
    May 3, 2017 at 8:24 am

    Dhioonyaa.. Avahah anei part nerebalaa.. V kiyaa hithun mi iny…??

  22. Shaaa says:
    May 3, 2017 at 8:35 pm

    Haadha lahey miadhu vaaka up ves nukuraa dhuvaheh tha???
    Kiyaahithun hureveny eh ves noon mihaaru…
    Nice story???

Comments are closed.

Next Episodeއާވާ ހަނދާން 19←


All Right Reserved!