Skip to content
އެސްފިޔަ

ލޯބި ވެވުމުން……7

\”ޝަނާ ބޭނުންވަނީ ތިގޮތަށް އަހަރެންގެ ކުރިމަތީގައި އިނދެ އަހަރެންގެ ހިއްސުތަށް ހޭލައްވަންތަ؟\”ލާނެއް ރާގެއްގައި ޝަނާޔާގެ ފިނިފެން މަލެއްފަދަ އެރީތި ތުންފަތަށް ނަޒަރު ހުއްޓާލައިގެން އިނދެ ޖިއާން ބުނެލިއެވެ.

އެވަގުތު ޝަނާޔާގެ މުޅި ހަށިގަނޑު ފިނިވެގެން ގޮސް ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ.އަދި އޭނާއަށް މިއޮއް ހުރިހާއިރު ޖިއާންގެ ކުރިމަތީގައި އެހާ ނިވާކަން ކުޑަގޮތެއްގައި އިނދެވުނަތީ އަމިއްލަ ނަފްސަށް ލަދުވެތި ވިއެވެ.އަދި އަވަސް އަވަހަށް ފާޚާނައަށް ދިޔުމަށްޓަކައި އަވަސްވެގަތެވެ.ހަމަ އެވަގުތު ޖިއާންވެސް ތެދުވެ ހުށިޔާރުކަމާއިއެކު ޝަނާޔާގެ އުނަގަނޑުގައި ހިފާ އޭނާއާއި ކައިރި ކޮށްލުމަށްފަހު އެ ރީތި ދޮން ކަނދުރާގައި ބޮސްދިނެވެ.އަދި އަބަދުވެސް ޝަނާޔާއާއި އެކުގައި ވާނެކަމަށް ބުންޏެވެ.އަދި ޝަނާޔާގެ ހިމާޔަތުގައި އަބަދުވެސް
ހުންނާނަމޭ ބުނެ އޭނާގެ ހަށިގަނޑުން އަތް ދޫކޮށްލިއެވެ.އަދި \”ބާއި ލަވް\” އޭ ބުނެ ޝަނާޔާގެ ލޯމަތިން ގެއްލުނެވެ.

ޝަނާޔާ އެވަގުތު ކުޑަކޮށް ބިރުވެސް ގަތެވެ.ނަމަވެސް މިހާރު ޝަނާޔާ އެވަނީ ޖިއާންގެ ލޯބި ގަބޫލުކޮށް، ކޮންމެ ޙާލެއްގައިވިޔަސް ޖިއާންގެ ލޯތްބަށް ވަފާތެރި ވުމަށް ވަޢުދު ވެފައެވެ..ޖިއާންގެ އެ ބިރުވެރި ސިފަދެކެ ކިތަންމެ ބިރުގަތަސް ދުވަހަކުވެސް ޖިއާންގެ ފަރާތުން އެސިފައިގައިވިޔަސް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަކަށް ޝަނާޔާގެ ހިތް ޤަބޫލެއް ނުކުރެއެވެ.އެހެންކަމުން ހިތާއި ސިކުނޑި ހަމައަކަށް އަޅުވާލުމަށްފަހު ގޮސް ފާޚާނައަށް ވަދެ ތެތްހެދުން ބާލައި ނިދާ ހެދުން ލައިގެން އައިސް އެނދުގައި އޮށޯތެވެ.އޭރު ދަންވަރު ދެގަޑި ބައި ވަނީއެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ.ޝަނާޔާގެ މޫނުމަތިން މިހާރު ބަލާލި ކޮންމެ މީހަކަށްވެސް ފެންނާނީ އުފާވެރިކަމެވެ.އެކަމާއި އެންމެ އުފާވަނީ ހުސްނާއެވެ.އެދަރިފުޅުގެ މޫނުމަތިން ފާޅުވާން އެ ހުންނަ އުޖާލާކަމަކީ ކޮންމެ މަޔަކުވެސް އެމީހެއްގެ ދަރިންގެ ކިބައިން ދުށުމަށް އެދޭނެ ކަމެކެވެ.

މިރެއަކީ ޝަނާޔާއަށް ވަރަށް ޚާއްސަ ރެއެކެވެ.އޭނާގެ އުމުރުން ތޭވީސް އަހަރު ފުރެނީއެވެ.ޝަނާޔާއަށް އިންތިޒާރު ކުރެވެމުން އެދަނީ ރޭގަނޑުގެ ބާރަ ޖަހާނެ ވަގުތަކަށެވެ.އަދިވެސް ބާރަ ޖަހަން ހަތް މިނެޓް ހުރީތީ ޝަނާޔާ އޮތީ ފޯނާއި ކުޅެލަކުޅެލައެވެ.ކުއްލިއަކަށް ކޮޓަރި ތެރެއިން ދުވައިގަތް މީރުވަހަކުން ޝަނާޔާއަށް ފޯނުން ނަޒަރު ވަކި ކޮށްލަމުން ކޮޓަރި ތެރެއަށް ބަލައިލެވުނެވެ.އެވަގުތު ކުރިމަތީގައި ހުރި ޖިއާން ފެނުމުން ޝަނާޔާ ގެ ހިތް އުފަލުން ފުރުނެވެ.އޭނާ އުއްމީދުކުރި ފަދައިން އޭނާގެ އުފަންދުވަސް ޖިއާން ހަނދާން ހުރީތީއެވެ.

ދެ ލޯބިވެރިން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްފަހު ޖިއާންގެ އެދުމުގެ މަތިން އެބާރުގަދަ އަތުތެރޭގައި އޮތް ޝަނާޔާ ދެލޯމަރާލިއެވެ rxcare.net/.އެގޮތުގައި މިނެޓެއް ވުމަށްފަހު ޖިއާންގެ އެދުމަށް ލޯ ހުޅުވާލިއެވެ.ޝަނާޔާގެ ލޯ ތައްމިނަށް ބޮޑުކޮށްލެވުނީ ވަށައިގެން އެ ފެންނަމުންދާ ފުރިހަމަ އަޖައިބެއްފަދަ ރީތި ގަނޑުވަރު ފެނުމުންނެވެ.ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ. ޝަނާޔާ މީގެ ކުރިން ހުވަފެނަކުންވެސް ދެކެފައި ނުވާފަދަ ރީތި ބޮޑު ގަނޑުވަރެކެވެ.ޝަނާޔާއަށް ހޭވެރިކަންވީ ޖިއާން ކަރުކެހިލަމުން އެތެރެއަކަށް ނުވަންނާނަންހޭ އަހާލުމުންނެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ޝަނާޔާއަށް ހަމަ ޖިއާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.މީ ކޮންތަނެއް ހެއްޔެވެ،؟މި ބޮޑު ގަނޑުވަރުގައި އުޅެނީ ކޮންބައެއް ހެއްޔެވެ؟ ޖިއާން ޝަނާޔާ މިތަނަށް ގެނައީ ކީއްކުރަން ހެއްޔެވެ؟\”މީ މަގޭ ހުވަފެންތަކުގެ ރާނީއަށް އުފަންދުވަހުގެ ގިފްޓެއްގެ ގޮތުގައި ހަދިޔާ ކުރާ ގަނޑުވަރެއް…ޑޫ ޔޫ ލައިކް އިޓް މައި ޕްރިންސެސް؟ ޖިއާން ޝަނާޔާދެކެ އިންތިހާ ދަރަޖައަށް ލޯބިވާކަން އެއީ ޝަނާޔާ އެކަމުގައި ކުޑަވެސް ޝައްކެއް ކުރާ ކަމެއް ނޫނެވެ. ނަމަވެސް މިވަރު ބޮޑު ހަދިޔާއަކަށް ޝަނާޔާ ފަހަރެއްގައިވެސް އުއްމީދު ނުކޮށް ހުރުމުން އޭނާގެ ރީތި ދެލޮލުން ކަރުނަ ފާއްދާލިއެވެ.

ޖިއާންގެ ހިތުގައި ޝަނާޔާގެ މަޤާމް އެހާ ހާއްސަކަން އެނގުމުން އޭނާގެ ހިތް ޖިއާންގެ ލޯބިން ފުރިގެންދިޔައެވެ. އަދި ކުޑަކުއްޖަކަށް އާ ކުޅޭ އެއްޗެއް ލިބިގެން އުޅޭހެން ދުވެފައި ގޮސް ގަނޑުވަރުގެ ދެފަރާތުގައި އެކި ކުލަކުލައިގެ ފިނިފެންމަލުން ޖަރީކުރެވިފައިވާ މާމެލާމެލީގެ ދެޕާކުގެ ކުރިމަތީ ހުއްޓިލައިގެން ހުރެ ވަރަށް ބާރަށް \”ތޭންކްސް މައި ޕްރިންސް \” އޭ ކިޔައި ހަޅޭއް ލަވަމުން ދިޔައެވެ. ޝަނާޔާ އުފަލުން ޕާކުތެރެއަށް ވަދެގެން ފޮޅިފައިވާ ބޮޑެތި ފިނިފެންމާ ތަކުން ވަސް ބަލަމުން ދިޔައިރު، ޝަނާޔާގެ އެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދެ ޖީބަށް އަތްޖަހައިލައިގެން ހުރި ޖިއާންގެ މޫނުމަތި އުޖާލާ ވެފައި ވަނީ ފުޅާ ހިނިތުން ވުމަކުންނެވެ.

އިރުކޮޅަކު ޝަނާޔާއަށް ބަލަން ހުރުމަށްފަހު ޖިއާންގޮސް ޝަނާޔާގެ ކުރިމަތީގައި ހުއްޓިލައި އެއްފައި މައްޗަށް ތިރިވުމަށް ފަހު ޝަނާޔާއަށް އޭނާގެ އަތް ދިއްކޮށްލިއެވެ.އެވަގުތު ޕްރިންސެސްއެއް ފަދައިން ޝަނާޔާ ޖިއާންގެ އަތުގައި ހިފީ ދެން ދުވަހަކުވެސް އެއަތުން ދޫކޮށްލަން ބޭނުން ނުވާ ފަދައަކުންނެވެ. ޖިއާން ޝަނާޔާގެ އަތުގައި ހިފާލައިގެންގޮސް ކުރިމަތީއޮތް ރަތްދޫލަ މަތިންލާފައި ގޮސް އެ ބޮޑު ގަނޑުވަރުގެ ދޮރުކޮޅު މައްޗަށް ހުއްޓުނެވެ.އިސާހިތަކު އެ ދޮރުކޮޅު ހުޅުވިއްޖެއެވެ.ހީވީ އެމީހުން ގޮސް ދޮރުމައްޗަށް އަރާނެ އިރަކަށް ބަލަބަލާ ހުރި ހެންނެވެ.ޝަނާޔާއަށް ލިބެމުންދިޔައީ ސަޕްރައިޒަކަށްފަހު ސަޕްރައިޒެކެވެ.ހަމަ ޖެހިގެން އައި ސިކުންތުގައި ގަނޑުވަރުގެ އެތެރެއަށް ވަނުމަށްޓަކައި ފިޔަވަޅެއް އަޅާލިތަނާ ޝަނާޔާގެ ބޮލަށް އެއްޗިހި ތަކެއް ފާބައިގަތުމުން އެކަހަލަ ކަމަކަށް ނުވިސްނާހުރި ޝަނާޔާއަށް ސިހިފައި ދެލޯ މަރާލެވުނެވެ.ހަމަ އެހާ އަވަހަށް ލޯ ހުޅުވާލެވުނީވެސް ޝަނާޔާގެ ކުޑަ ކުޑަ ނޭފަތުގައި ޖެހުނު މީރުވަހަކުންނެވެ.

އާނ އެކެވެ. މުޅި ގަނޑުވަރު ތެރެއަށް ވެހެމުން އެދަނީ ފިޔާތޮށި ފިނިފެންމަލުގެ ވާރޭއެކެވެ.ކޮންފަދަ ހިތްގައިމު މަންޒަރެއް ހެއްޔެވެ؟ދުވަމުންދާ މީރުވަހުން ޝަނާޔާގެ ހަށިގަނޑަށް ތާޒާކަން ލިއްބައިދެމުން ދިޔައެވެ.އަދި \”އޯ ޖިއާން.\”.އޭ ކިޔާ ޖިއާންގެ ގައިގައި ބައްދާލީ ޝަނާޔާއަށް ކުރެވެމުންދިޔަ ބުނަންނޭނގޭފަދަ އުފާވެރި އިހުސާސަކުންނެވެ. ފަނަރަ މިނެޓްގެ ފިނިފެންމާ ވާރޭއަށްފަހު ޖިއާން ޝަނާޔާގެ އަތުގައި ހިފައިގެން ގަނޑުވަރުގެ ކޮޓަރިތައް ދެއްކުމަށް ހިނގައިގަތެވެ.

ކޮޓަރީގެ މެދުގައި ކަހަލަ ގޮތަކަށް ހުއްޓިލައިގެން ހުރި ޝަނާޔާގެ މޫނުމަތީ ނުފިލާ ހިނިތުން ވުމެއް ހުއްޓެވެ.މަޑުމަޑު ހިނގުމެއްގައި ހުރެގެން ގޮސް ކޮޓަރިތެރޭގައި ހުރި އެއްޗިއްސަށް ބަލަމުންދިޔައެވެ.އޭނާގެ ފަސް ފަހަތުން ޖިއާން އުޅޭކަން ޝަނާޔާ ހަނދާންވެސް ނެތްކަހަލައެވެ.

އަޖައިބެއްފަދަ ފުރިހަމަ ރީތިކަމެއް ލިބިފައިވާ އެކޮޓަރި ތެރެއަށް ބަލަމުން ދިޔަ ޝަނާޔާ ސިހުނީ ޖިއާން އޭނާގެ އެ ބާރުގަދަ އަތްދަނޑި މައްޗަށް ޝަނާޔާ ނަގައިގަތުމުންނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (104)

  1. Somi

    Ehen bahakun hunnany liyefa nukiyey

  2. Cherry

    Dear nukiyey
    Huss P akuru thakeh fennany ????

  3. Pary

    Mee koncheh

  4. ainth

    Mieh neygeyne kiyaakah urudhoobas tha mifaharumee.kiyaahithun hureema meeveegothakee

  5. Naanii

    Meedhy Jiyaan ge languages in liyefa

  6. Jaan

    Kon bahakun mihuree. Kiyaakah nenge.

  7. Aisha

    hey dear we cnt read this language

  8. Noor

    Frnds ….i have talked to admin…they r goin to solve it

  9. ushaaa

    Ekmmm. . . alhugadah feney hma dhivehin. v reethi mi prt

    1. Noor
      ushaaa

      Thanx

  10. Hunana

    Hama dhivehin huree. I finish reading

    1. Noor
      Hunana

      Thanx ?

  11. Aish

    Aharen kiyaafin varah sali

    1. Noor
      Aish

      Thanx dear..?

  12. LOL

    Thee konthaaku huri ganduvarehbaa? Jinni ge bolu therey huri thaneh dhw ???

    1. Noor
      LOL

      Thanx for the comment?

    2. LOL
      LOL

      Noor ge javaabe hoadhan eh suvaalu kuree.

    3. Noor
      LOL

      Obviously not….

    4. LOL
      LOL

      Haadha foni meehekey dho. Reader eh suvaaleh kohlaigen ves nuvey dho. Javaabu dheyn neygenyaa ehenves buneli nama ennu. Vara foohivejje mi Noor eh dheke. Ihthiraam kuranves neygey meeheh.

    5. Noor
      LOL

      Hey…wat i was trying to say was aee jinni ge bolu therey huri thaneh nooney…sorry if i was rude…

  13. Shabyyy

    Varah reethi..ekam haadha kurukoh liyefa mihuree..aneh part thankolheh dhigukoh up koh dhehchey

    1. Noor
      Shabyyy

      Thanx dear..will try

  14. Lee Min Ho

    Kon vahe tha e dhuvi shanaaya room thereyn jian ai vaguthu.

    1. Shiff
      Lee Min Ho

      baburuvas kaneyge ?

    2. LOL
      Lee Min Ho

      Noor bunaane thi suvaala javaab dheykah nujeheyney.

    3. Suzy Bae
      Lee Min Ho

      I know.. E vaanee jiaan ulhey gahuga huri maluge vas kamah. Jiaan men ulheyny ves enme myruvas dhuvaa maathah hunna gasthakuga 🙂

    4. Vasee
      Lee Min Ho

      Guireefa dandin thelheema thiki buraane, vas ves dhuvaane. Eyrun ves mi vaahaka kiyaa readers bunaane haadha salhi design ekey eh huree, mivaruge design eh dhuvahaku ves nudhekemey & haadha meeru vahekey eh dhuvanee. Dhen Hevidhilifa liyuntheriyaa emeehunna reply dheyn ulheyne heart jahajahaafa. Bohalaaku mihaaruge liyuntherinaa hedhi. Vasee bunaane vaahaka akee mi vaahaka liyaa liyuntheriyaa akee thanedhoreh neygey liyuntheriye ekey. Kiyuntheringe feedback akee liyuntheriyaa kihaa muhinmu ehche kan neygenee ehenve. Eyna ah beynunvanee hama ekani varah reechey kiyaa comment ekani. Eyakun Eynaa ah faidhaa ves kuraanee eh noon.

    5. Noor
      Lee Min Ho

      Lee Min Ho…alhugandu reply nukuryky noon..but mi commentah ithuru dhekujjaku comment koffa inyma alhugandah ignore kollevifa einy…my mistake…sorry…

  15. IshXyf

    Vr reethi mi part ves…nxt part avahah up kohdhehchey…

    1. Noor
      IshXyf

      Thanx dear ❤

  16. Chum handi

    i can see this from dhivehi…. story salhi… gdnyt……

    1. Noor
      Chum handi

      Thanx . Gdnight

  17. triplets

    v v v v v foohi vaahaka eh.

    1. Noor
      triplets

      Thanx for the comment?

  18. zzzzaaaaauuuu

    v salhi vaahaka .. bt thankolheh kury… n good nyte .. honey dreams

    1. Noor
      zzzzaaaaauuuu

      Thanx dear…gdnight

  19. Rasheed

    kuda kujjaku liaa vaahaka ehtha mee.

    1. Noor
      Rasheed

      Thanx for reading…

  20. nadhaa

    Miadhuge bai ehaa eh noon. Please dhigukoh genesbaa. I also wonder… shanaa lomaraaleema eh dhevunee konthaakah baaey. Jiaan eyee prince jinni eh dhw. Shanaa & Jiaan ah fanditha handhaanee kanneyge shanaa mom. Eyru shanaa Jiaan ah preg vaanee hen v heevey.

    1. Noor
      nadhaa

      Lets c dhw…next part dhigukohdheveytho balaanan…thanx for the comment…

  21. Lee Min Ho

    Ahanna writer hih hama nujehe eche bunevunytha writer respond nukury

    1. Suzy Bae
      Lee Min Ho

      Hehe .. Miothy ma dhanna myhakaa jehifa..lee min ho calm down. Noor bxy ee kamah ves vedhane. By the way aharen ingey dhoa …

    2. " "
      Lee Min Ho

      Kaleyney… LMH n Suzy.. Dhivehi dhaskury kon iraku???

  22. Reyva

    Vvv salhi Hama dhivehi bahun huree ma kiyaifin pls next up..

    1. Noor
      Reyva

      Thanx dear

  23. sheni

    Haadhahaa “REECHEY VAAHAKA” i love it so much.. ???dhen vaanii kihine enme reethi hisaabaya aess miothy..?
    Next part up kolachey avaha… witting for it!!…

    1. Noor
      sheni

      Thanx dear

  24. Maree

    vvv reethi

    1. Noor
      Maree

      Thanx dear

  25. You

    Ekahala eacha sha dhakaana nun e meehun beynu vAa gotha ka comm kuraa meehun ves than kolha kan tha bodu vaneee yaaa

    1. Noor
      You

      Thanx dear

  26. Mary

    Vaahaka v rythi. Bt thankolhrh kuru dear.. v kiyaahih vey. Waitingg…….

    1. Noor
      Mary

      Thanx

  27. ssss?

    Wow…. Varah varah rythi mi part vess

    1. Noor
      ssss?

      Thanx

  28. hajja hadhy

    V v reethi… Hadha kurey.. Plx next part dhikoh genes dhechey…

    1. Noor
      hajja hadhy

      Thanx

  29. Aisha

    mives vaahaka ehtha. heekury trailer eh kamah

    1. " "
      Aisha

      Mee vaahaka episode eh.??

  30. " "

    Noor.. I hav a sujjestion baivaru kudhin vaahaka episode kurukamah bunaathy.. Im guessing noor dhivehi type kurun slow kamah noony vaguthu nulibeny kamah.. So hw abt konme dhedhuvahakun story up kurun..

    1. Noor
      " "

      Thanx for understanding…ya im having difficulty in typing…as im typing frm my phone..

  31. shahu

    Mihaa reethi vaahaka eh esfiya ga ves neh ???

    1. Noor
      shahu

      Thanx shahu.

  32. nonns

    Wow. Varah reethi. Kon irakun next part up kohdheny.

    1. Noor
      nonns

      Thanx nonns…soon

  33. Fary

    ? nice next part when ?

    1. Noor
      Fary

      Thanx Fary…soon

    2. Noor
      Fary

      Thanx Fary..soon

  34. rainy princess

    i dnt understand why everyone is giving negetive comments to noor..:/
    your stry is amazing noor..<3 the only prblm is its v short..make the next part little long ok ?

    1. Noor
      rainy princess

      Thanx rainy princess…will try to make it longer…?

    2. Jiaan
      rainy princess

      Yeah dho. Kudhinney ehnn nuhadhachey ingey. Hiyy hama nujehey kameh ulheynama reethikoh evahaka bunefa comment kohlaa. Noor ge vahaka inn aharen gehllendhen i will be here watching u ( not funny joke dho) becox mee mivahakaige fan eh. Vaahaka eh genesdheythy shukuruverive liyuntheri yaa ge ihsaas thakaai medhuves visnaalaa. Majaa vegen mi ulhen jeheny ves ekahala comment kuraathy.

    3. Lee Min Ho
      rainy princess

      I also dnt understand why Noor reply to some and Ignored others. If writer is having prblm with me should tell me without ignoring. I didnt bad mouth

    4. Jiaan
      rainy princess

      Ei reply kohfa huryma kmh vedane . Moniker ehn myhun.

  35. Fathun

    V reethi dhigukohladheynveenu. ☺☺

    1. Noor
      Fathun

      Thanx Fathun…will try dear

    2. Noor
      Fathun

      Thanx Fathun…will try

  36. shafu

    vv reethi…..

    1. Noor
      shafu

      Thanx shafu

  37. Cherry

    Hey noor. Now kiyey. Salhi igey mi part ves. Dhn cherry varah bodu kamaku edhen tha. Abadhuves jinni ulhey story thakuga v hama nujehun Gina vefa jinni family myhunge dhutthuraa varah bodu vaane. Badhaluga unique kollan mi story ge jinni family aky varah swyt varah gulhigen ulhey bayakah hadhaifhyba. Adhi varah rythi life egga 2 family myhun ulhey vaahaka eh kiyaalaa hiyvey. Dhn Jiaan aa hedhi ulhey ehn jinni egge udhagu foariyas jiaan ge family swyt koddhyba igey dear

    1. Noor
      Cherry

      Cherry..thanks for the comment…i really was xpecting such ideas frm readers…ehenvyma shanaaya ge mom n jian family thibi goiy hingaabala balamaa

    2. Cherry
      Cherry

      Yeahhh dhw. Abadhu ekaccheh kiyaa kiyaa vai. Hehheheh

  38. Haasaru

    Story is good
    Ekam thankolhe sifa kohdhinun Gina Kama fehnanee
    Hope you will improve it
    ???????????????

    1. Noor
      Haasaru

      Thanks for the comment… will try to improve…?

  39. Aif

    Story reethi. Sifakurun adhi kudakoh rangalhu koffa story dhigukohlyma ok vaane… Waiting for the next part. Best of luck dear!!☺

    1. Aif
      Aif

      Nd dnt get disappointed by the negative comments… Jst give ur best nd keep improving urself to turn those negative comments to positive ones…?☺

    2. Noor
      Aif

      Thanx Aif

  40. vifaa

    Aharunnah vx dhivehin feney… btw i love it…

    1. Noor
      vifaa

      Thanx vifaa

  41. princess

    I love this story v reeti ekamaku e ee kongaduvareh…. anehkaa denkihinehbaa vaanee e jinni shanaya moya kohnulaane baa… eagerly waiting for the next nd ahves meehaky anme furihama meeheh noon aharemen vaane ehen meehunge ihsaas thakah ihtiraam kuran

    1. Noor
      princess

      Thanx princess…ehaa loabivaairu moya kollan kereynebaa dhw

  42. Shaa

    V reeethi

  43. Noor

    Thank u all readers for supporting me…i will try to give my best…

  44. Hai

    Wow noor vrh rythi mi part vxx.. Alhe avahah up kh dhehchey next part vxx.. Waiting for it igey hama and keep it up dear ???

    1. Noor
      Hai

      Thanx Hai

  45. Abdulla

    vasee ah vaahaka liyanves adhi kiyanves neygeythy J vanytha? rulhi aissaves vaahakaeh liyefa kiyuntherinnah genesdhyba thiha molhiyya….

  46. Ridha

    WOW! WOW! WOW! Dhuniye mathin ves mihaa reethi vaahaka eh nuliyeveyne meehakah. Ehaa perfectu. Dhen negative comment nukohbala. Hahahaaaa

    1. Noor
      Ridha

      Thanx Ridha…kiyun therin unmeedhu kuraakahala vaahakaeh genesdheveytho try kuraanan

  47. Jiaan

    Koba 6 vana part

    1. Noor
      Jiaan

      Innane up koffa dear

  48. ?

    Mi story ge 8 vana part up vejje kamah adafi ga eba dhakka. Ekam esfiya in nufeney. Adafi in kiyan ulhunyma ekkala gothah P akuru thakeh hunnany. Nueh kiyey

    1. aleena
      ?

      Aaan esfiiyaiin wx up Wii 8wana part bt huhhnaanyy p akuru thakehh.. Ekam miihaar esfiiya akunwx nufenayy… Kihhinehhba miiwanyy.. Alhe dhn oii part kiiyan wrhh bayynun.. Stwryy wrhh habyys… Hama obiiness iingayy.. Gud nyyt all..

    2. Noor
      ?

      Dear thanx for waiting. Mihaaru innaane 8th vana part up koffa.eyru kuda error eh araigen ehenvy…

  49. rym

    v reethi v reethi.. keep it up…

    1. Noor
      rym

      Thanx dear

Comments are closed.