ލޯބި ވެވުމުން……6
އިންސާނެއްގެ ސިފައިގައި ޝަނާޔާގެ ޙަޔާތަށް އައި އެ ރީތި ސޫރަ މިވަގުތު ލޮލަށް ފެނިއްޖެ ކޮންމެ މީހެއްގެ ހިއްސުތަކުގެ ބާރު ކަނޑުވާލާ ދުނިޔެއިން މޮޔަކޮށްލާހާ ވެއެވެ.ބިރުވެރިކަމުގެވެސް އިންތިހާ އެވެ. ޙަތަރުމޮއްގަނޑު ޖަހާފައި ބިރުވެރި ސިފައެއްގައި ޝަނާޔާގެ ކުރިމަތީ އެއޮތީ ހަމަ ޖިއާން ހެއްޔެވެ؟
ގައިން ހީބިހި ނަގަމުންދިޔަ ޝަނާޔާ ހުރީ ކުރިމަތީއޮތް ބިރުވެރި ސޫރައަށް ބަލާލަންވެސް ނުކެރިފައި ހުރި ފިޔަވަޅު މަތީ ގަނޑުވެފައެވެ.މިވަގުތު ޝަނާޔާގެ ހިތަށް ކުރެވެމުންދާ ބިރުވެރި އިހުސާސް މީހެއްގެ ދުލަކުން،އަދި ގަލަމަކުންވެސް ބަޔާނެއް ނުކުރެވޭނެއެވެ.އެއީ ޝަނާޔާގެ ހިތުގައިވާ ބިިރު އެހެން ހިތަކަށް އަންދާޒާވެސް ކޮށްލަން ނޭނގޭނެތީއެވެ.
ޖިއާންއަކީ އިންސާނަކަށް ނުވުމުން ޝަނާޔާގެ ހިތަށްކުރެވުނު އިހުސާސާއި އެހިތަށް ވެރިވި ބިރުވެރިކަން ކުޑައީ ހެއްޔެވެ؟އެތަށް ރެއެއްގެ ނިދި ނަގާލައިގެންވެސް ޖިއާންގެ ހަނދާންތަކާއި ދުރު ނުވެވުމުން ޖިއާންއަށް މިއޮއް ހުރިހާ ދުވަހު އިންތިޒާރު ކުރެވެމުން އެއައީ ޖިއާންގެ އެ ބިރުވެރި ސިފަ ޝަނާޔާއަށް ނުފެނި އޮތުމުން ހެއްޔެވެ؟
ޝަނާޔާ ޖިއާންގެ ހަނދާތަކާއި ކިތަންމެ ދުރުވާން މަސައްކަތް ކުރި ކަމުގައިވިޔަސް އޭނާގެ ހިތް ބުނަމުން އައީ އެހިތުގެ ޔާރަކީ ޖިއާން ކަމުގައެވެ.ދިރިއުޅުގެ ބައިވެރިއަކަށް ޖިންނިއެއް އިޚްތިޔާރު ކުރުމަކީވެސް އާދައިގެ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ.ނަމަވެސް ހިތުގެ އެދުމާއި ހަނގުރާމަ ކޮށްކޮށް ޝަނާޔާއަށް ބަލި ގަބޫލުކުރަން މަޖުބޫރުވީ ހަމަ މިދުވަސް ދެކެން ހެއްޔެވެ؟
ބޮލުން ފެށިގެން ފައިތިލައާއި ހަމައަށް ތުރުތުރު އަޅަމުންދާ ޝަނާޔާގެ ހިއްސުތައް ވަނީ މަަސައްކަތް ކުރުމަށް ނުކުޅެދިފައެވެ.ހަށިގަނޑުގެ ލޭހިނގުންވެސް ހުއްޓިފައިވާ ކަހަލައެވެ.ކޮޓަރި ތެރޭގައި ތިބި އެނުލަފާ ހަތަރު ޝައިޠާނުންވެސް ގަތްބިރުން އެކި މީހުން އެކި ދިމާއަށް ގޮސް ފިލައިފިއެވެ.ބަނޑުހައިވެ ކަރުހިއްކައިގެންފައިވާ ޖަނަވާރެއް ފަދައިން އޭތީގެ ބޮޑު ދޫ ބޭރަށް ނެރެގެން އޮވެ ދަހިވެތި ނަޒަރަކުން ޝަނާޔާއަށް ބަލަމުން އެދާ ބިރުވެރި ސޫރަ ކޮންމެ ވަގުތެއްގައިވެސް އޭނާގެ ފުރާނައާއި ހަށިގަނޑު ދެތަން ކޮށްލަފާނެ ކަމަށް ޝަނާޔާގެ ބިރުގަނެފައިވި ހިތް ބުނަމުން ދިޔައެވެ.
ޝަނާޔާގެ ހިތް ބުނަމުން ދިޔަ ވާހަކަ މުޅިއަކުން ދޮގަކަށް ނުވިއެވެ.ހަތަރު މޮއްގަނޑު ޖަހައިގެން އޮވެ ބަރު ފިޔަވަޅު ތަކެއްގައި އޭތި ޝަނާޔާއާއި ކައިރި ވަމުން ދިޔައެވެ.ގޮތްހުސްވެފައިވާ ޝަނާޔާގެ ލޮލުގައި ހިފެހެެއްޓިފައި ހުރި ކަރުނަތައް ފާބައިގަތީ ބަސް ބުނާހާ ހިނދުގައެވެ.
އޭނާއަށް ފަހުނޭވާ ދޫކޮށްލަން ޖެހިފައި އެވަނީ ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ؟އޭނާގެ ހިތުގައި އެމީހަކަށްޓަކައި ބިންވަޅު ނެގިފައިވި، ނޭންގުމެއްގެ ތެރެއިންވެސް އޭނާގެ މޭގައި އެވާ ނިކަމެތި ހިތް ހަދިޔާ ކުރެވުނު އޭނާގެ ހިތުގެ ވެރިޔާގެ އަތްދަށު ވެގެން ހެއްޔެވެ؟އެއްވެސް އަންހެން ކުއްޖަކަށް މިއަށްވުރެ ބޮޑު ހިތާމައެއް ތަހައްމަލް ކުރަން ޖެހިދާނެ ހެއްޔެވެ؟މިއަށްވުރެ އެނުލަފާ ހަތަރު މީހުންގެ އަތުން އޭނާގެ ފުރާނަ ދިޔަނަމަވެސް ހިތުގައި އަޅަމުން އެދާ ވޭން ކުޑަވީހެވެ.
ޝަނާޔާގެ ހިތް ފުރިފައިވަނީ ރިހުމާއި ޝަކުވާ އިންނެވެ.ހިތުގައި ސުވާލުތައް ފަށްފަށް ކުރަމުންދިޔަ ޝަނާޔާގެ ކުރިމައްޗަށް އެ ބިރުވެރި އެތި އައިސް ހުއްޓުމުން އޭނާގެ ފެންކަޅިވެފައިވާ ދެލޯ މަރާލީ ތަޤުދީރާއި ދެކޮޅު ހެދޭނެ ގޮތެއް ނޯންނާނެތީ،އެ ނިކަމެތި ހަށިގަނޑު އޭތީގެ އަތުތެރޭގެ ވަކިތަކާއި ޙަވާލު ކުަރަމުންނެވެ.ރޮއި ރޮއި ވަރުބަލި ވެފައިވާ ޝަނާޔާގެ ހަށިގަނޑުގައި ހަމަ އެކަނި ފުރާނަ ހުރި ކަމެވެ.އޭނާގެ ހިތުގައި ޖަހަމުންދިޔަ ވިންދުވެސް ވަނީ ގަނޑުވެފައެވެ.
ލިބުނު ސިހުމާއިއެކު ޝަނާޔާގެ ދެލޯ ހުޅުވާލެވުނީ އޭނާގެ ބިރުންގޮސް މުށްކެވިފައިވި އަތުގެ ނުފުށަށް ތެތްކަމެއް އިހުސާސް ވުމުންނެވެ.އާނ އެކެވެ.އެ ބިޔަ ޖަނަވާރުގެ މަހުލޮލެއްފަދަ ބޮޑު ރަތް ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ.ޝަނާޔާގެ ކުރިމަތީގައި އޮވެ އިންސާނަކު ފަދައިން ރޮނީއެވެ.ބިރުގަނެފައިވި ޝަނާޔާއަށް އިތުރު ހައިރާން ކަމެއް ލިބުނީ އެ ބިރުވެރި ލޮލުގެ ތެރެއިންވެސް ޝަނާޔާއަށްޓަކައި އުތުރި އަރަމުންދިޔަ ލޯބި ފެނުމުންނެވެ.އަދި އެ ދެލޮލުގައިވި ރިހުމުން ޝަނާޔާގެ ހިތަށް ކުރި ފުން އަސަރުންނެވެ.އެވަގުތު ކުޑަކޮށް ގުދު ވެލުމަށްފަހު އޭތީގެ ގައިގަ ބައްދާލެވުނީ ނުރޯށޭ ބުނާ ފަދައަކުންނެވެ.
ޝަނާޔާގެ އެ ހަރަކާތް ފެނިއްޖެ މީހަކު އޭނާ ހަމަހޭގައި ހުރިކަމަކަށް ޤަބޫލެއް ނުކުރާނެއެވެ.ނަމަވެސް އޭނާގެ އިޚްތިޔާރަކާއި ނުލާ އެކުރެވުނު ކަމަކުން ޝަނާޔާގެ ހިތަށް ލިބިގެން އެދިޔައީ ކޮންފަދަ ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ ބޭރުފުށުން ނުފެނުނު ކަމުގައި ވިޔަސް އޭނާގެ ގަނޑުވެފައިވި ހަށިގަނޑަށް އަލުން ދިރުން ލިބުނު ކަހަލައެވެ.ހަމަ އެވަގުތު އެ ބިޔަ ޖަނަވާރުގެ ސޫރަ އިންސާނަކަށް ބަދަލުވެގެން ދިޔައެވެ.ޤަބޫލު ނުކުރެވުނަސް އޭނާގެ ކުރިމަތީ އެހުރީ ހަމަ ޖިއާން އެވެ.ޖިއާންގެ އެރީތި ސޫރަ ދެން ދުވަހަކުވެސް ފެނިދާނެ ކަމަށް އުއްމީދު ކަނޑައިލައިގެން ހުރި ޝަނާޔާއަށް އަނެއްކާވެސް ޖިއާންގެ ގައިގަ ބައްދާލެވުނީ އެކަމަށް އޭނާގެ ހިތް އެދެމުންދިޔަ ވަރުންނެވެ.ޝަނާޔާ ކިތަންމެ ފަހަރަކު ޖިއާންގެ ލޯތްބަށް ފުރަގަސް ދިންކަމުގައި ވިޔަސް އޭނާގެ މޭގައި ޖިއާން އަށްޓަކައި ވިންދު ޖަހަމުން އެދާ ހިތް ފަޅި ސިކުންތަކަށްވެސް ޖިއާން އާއި ދޭތެރޭގައި ނާއުއްމީދު ނުވެއެވެ.ޝަނާޔާ ޖިއާންގެ ގައިގަ ބައްދާލައިގެން ހުރެ ރޮމުން ދާއިރު ދާދި ދެންމެއާއި ޖެހެންދެން އޭނާގެ ކުރިމަތީގައި އޮތް ބިރުވެރި ސޫރަ ހަނދާނުން ފިލާފައި ވާކަހަލައެވެ.
ޝަނާޔާ ގިސްލަ ގިސްލާފައި ރޮމުންދާއިރު ހީވަނީ އެހިތުގެ ޙާލު ހިތުގެ ވެރިޔާއަށް އަންގަން މަސައްކަތް ކުރާހެންނެވެ.ނަމަވެސް ޖިއާން ހުރީ ހަދާނެ ގޮތެއްނޭނގިފައެވެ.ދުލުން ބަހެއް ބޭރުނުކުރިތާ އަތްވެސް ޖައްސާލަން ނުކެރިފައެވެ.ޝަނާޔާގެ ހިތުގައި އޮތް އެއްޗެއް ނޭނގޭތީއެވެ.ޖިއާން ޝަނާޔާ ދެކެ ވީ ލޯބީގައި ކޮޅުފައިން ޖެހީވެސް ޚުދު ޝަނާޔާ ނޫން ހެއްޔެވެ؟
ޖިއާންއަށް ވެގެން ވާނަމަ ދުވަހަކުވެސް ޝަނާޔާގެ ކުތިމައްޗަށް ނައީހެވެ.ނަމަވެސް ޝަނާޔާ ފަދައިން އިންސިއަކަށް ނުވިކަމުގައިވިޔަސް އެމޭގައިވެސް ހިތެއް ވެއެވެ. އަދި އެހިތުގައި ވިންދުވެސް ޖަހައެވެ.އެހެން ނޫންނަމަ ޖިއާން އަށް މިރޭ ޝަނާޔާގެ ކުރިމައްޗަށް އައުމަށް އެވަރަކަށް މަޖުބޫރެއް ނުވީހެވެ.ޖިއާންގެ އެ ބިރުވެރި ސިފަ ފެނުމަށްފަހު ޖިއާންގެ ލޯބި ޝަނާޔާ ބޭނުންވެދާނެ ކަމަކަށް އޭނާގެ ހިތް ގަބޫލެއް ނުކުރެއެވެ.
\”ދެން ނުރޮއި ހުއްޓާލާފަ ހިނގާ އަވަހަށް ގެއަށްދާން..މިހާރު ޝަނާޔާގެ މަންމަ ހުންނާނީ ހާސްވެފަ\”ޝަނާޔާގެ ބޮލާއި، މޭމަތި ނިވާވާނޭހެން ޓައިލްސްތައް މައްޗަށް އެއްލާލައިފައި އޮތް ޝޯލްނަގައި އޭނާގެ ބޮލުގައި އޮޅާލަމުން ވާހަކަ ދެއްކިއެވެ.އެ އަޑުގައިވަނީ އެހެން ފަހަރުތަކާއި ޚިލާފަށް ބީރަށްޓެހި ގޮތެކެވެ.އެދެމެދުގައި ބޯފާރެއް ލެވިފައި ވާކަހަލައެވެ.މީގެ ކުރިން \”ޝަނާޔާ\” އޭ ކިޔާ ޖިއާން ދުވަހަކުވެސް އޭނާއާއި މުޚާތަބު ކޮށްފައެއް ނުވެއެވެ.ޖިއާން އެހާއަވަހަށް ޝަނާޔާ ދުރު ކޮށްލީ ހެއްޔެވެ؟އެހިތުގައި ޝަނާޔާއަށްޓަކައި އުުތުރި އަރަމުން އައި ލޯބި މަރުވީ ހެއްޔެވެ؟އެހެންކަމަށް ވަންޏާ ޝަނާޔާގެ ހިމާޔަތުގައި އެއައީ ކީއްވެ ހެއްޔެވެ،؟
ޝަނާޔާގެ ހިތަށް ލިބުނު މާޔޫސްކަމާއިއެކު ޖިއާންގެ ގައިން އަތް ދޫކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.އަދި ރޮމުން ރޮމުން ދުވެފައި ކަހަލަ ގޮތަކަށް ފަހަތަށް ބަލާލުމެއްވެސް ނެތި އެކޮޓަރި ތެރެއިން ނިކުމެ، އަވަސް ފިޔަވަޅު ތަކެއްގައި ގެއަށް ދިއުމަށް ހިނގައިގަތެވެ.ޝަނާޔާ ރޮމުން ރޮމުން ހިނގަމުން ދާއިރު އޭނާގެ ފަސް ފަހަތުން ޖިއާންވެސް ހިނގަމުން ދިޔައެވެ.ޖިއާންގެ ހިތުގައިވެސް ވަނީ ވޭނީ ރިހުމެއް އުފެދިފައެވެ.އެހިތުގައި ޝަނާޔާއަށްޓަކައި ވީ ލޯބި ފަސްލާ ވަޅުލަން އެ މަސައްކަތްކުރަނީވެސް ހަމަ ޝަނާޔާ އެގޮތް ބޭނުންވީމަ ނޫން ހެއްޔެވެ؟
ދެމީހުންގެ ހިތްވެސް ފުރިފައި ވަނީ ޝަކުވާއިންނެވެ.ޝަނާޔާގެ ރުއިމުގެ އަޑު ކެނޑި މަޑުމަޑު ގިސްލުމަކަށް ބަދަލު ވެއްޖެއެވެ.ޖިއާންގެ ހިތް އެދެމުންދަނީ އޭނާގެ އަތުތެރެއަށް ޝަނާޔާ ގެނައުމަށެވެ.ނަމަވެސް ސިކުނޑި ބުނަނީ ކެތްތެރި ވުމަށެވެ.ކޮންމެއަކަސް ހިތާއި، ސިކުނޑިއާއި ދޭތެރޭގައި ކުރެވެމުންދާ ހަނގުރާމައިގައި ޖިއާން އެވަނީ ފިތި ބާރުވެފައެވެ
ފަންސަވީހަކަށް މިނެޓް ހިނގުމަށްފަހު ޝަނާޔާއަށް ގެއާއި ހަމައަށް އާދެވިއްޖެެއެވެ.އެތެރެއަށް ވަނުުމުގެ ކުރިން ޝަނާޔާއާއި ދާދި ގާތުގައި ހުއްޓިލައިގެންހުރި ޖިއާންއަށް ވޭނުން ފުރިގެންވި ނަޒަރަކުން ބަލާލުމަށްފަހު ޖިއާންއަށް އަނގައިން ބުނާނެ ފުރުސަތެއް ނުދީ އެތެރެއަށް ވަނެވެ.
ހުސްނާ ހުރީ ސިޓިންރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ.ހާސްވެގެން ގޮސް މުޅިމީހާާ ވަނީ ދާހިއްލާ ފޯވެފައެވެ.ޝަނާޔާ ފެނުމާއި އެކު ދުވެފައި އައިސް ދަރިފުޅުގެ ގައިގަ ބައްދައިގަނެފައި ރޮއިގަތެވެ.\”މިހާރު އެއޮއް އެކެއް ޖަހަން ދަނީ..ދަރިފުޅު ވިއްސާރައިގަ ޖެހޭނެ ތީ މަންމަ މިއައީ ކުޑަ ހިފައިގެން ދަރުބާރު ގެއަށްވެސް ގޮސްފަ…އެތަނަކު އެއްވެސް މީހަކު ނެތް….ދަރިފުޅު ފޯނަކަށްވެސް ނުގުޅުން…ކޮން ތަނަކުންތަ ދަރިފުޅު ތި އައީ\” ހުސްނާގެ ސުވާލުތައް އެއް ފައްޗަކަށް އަމުނާލިއެވެ.\”މަންމާ! އަޅުގަނޑަށް ޓެކްސީ އެއް ނުލިބިގެން ގެއަށް އަންނަން ހިނގައިގަތްތަނާ ވާރޭ ވެހެންފެށީ..އެހެންވެ ވާރޭތުނިކޮށްލަންދެން ގެއެއްގެ ކައިރީ މަޑުކޮށްލީ…ވިއްސާރަ ނުހުއްޓާނެކަން ޔަޤީން ވީމަ ތެމިގަނެގެން މިއައީ…ތެމުމުގެ ސަބަބުން ޝޯލްގައި ޖަހާފަ ހުރި ޕިންތަކުން އުނދަގޫ ވާތީ ޕިންތައްވެސް ނެގީ…ފޯނަށްވެސް ފެން އެޅިގެން ނިވުނީ….\”މަންމަގެ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ވަރަށް ވަރުބަލި ވެއްޖެޔޭ ކިޔާފަ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.ޝަނާޔާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަތައް މަންމައަށް ފެނިދާނެތީއެވެ.
ހުސްނާވެސް ދަރިފުޅު ގަދަވެ ސަލާމަތުން ގެއާއި ހަމައަށް ފޯރީތީ މާތްﷲ އަށް ޙަމްދު ކުރަމުންގޮސް ކޮޓަރިއަށްވަދެ ނިދާބޮކި ދިއްލާ އެނދުގައި އޮށޯތެވެ.ޝަނާޔާ ކޮޓަރިއަށް ވަދެގެންގޮސް ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނދެ އަމިއްލަ ސޫރައަށް ބަލައިލިއެވެ.އެހިތުގެ ހާލު ބަލާލި ކޮންމެ މީހަކަށް އެ މޫނުމަތިން ސާފުވާނެއެވެ.ބޮލުގައި އޮޅާލެވިފައިވާ ޝޯލްނަގާ ޓައިލްސް ތައް މައްޗަށް އެއްލާލިއެވެ.ލިބިފައިވާ ހިތްދަތި ކަމުގެ މައްޗަށް ރުޅި އިސްކުރަމުންނެވެ.ކަރުގައި ޕިން ހެރިފައި ހުރި ތަންތަނުގައި އަތްޖައްސާލެވުމުން މަޑުމަޑު ރިހުމެއް އިހުސާސްވިއެވެ.ދެކޯތާފަތްވެސް ވަނީ ރަތްވެފައެވެ.ޖެހިފައިވާ ހިތްދަތި ޙާލު ފެނުމުން ޝަނާޔާއަށް ރޮވެން ފެށިއެވެ.ލާފައިހުރި ބޮޑުކަޅުހެދުމުގެ ކަރުން ވީދާލައިފައިހުރި ތަންް ފެނުމުން އިތުރަށް ރޮވޭގޮތްވިއެވެ.އަނގަމަތީ އަތް އެޅުނީ މަންމައަށް އިވިދާނެތީއެވެ.އެވަގުތު ކޮޓަރި ތެެރެއިން މީހެއްގެ ހިލަމެއް ވީހެން ހީވެގެން ޝަނާޔާއަށް ފަހަތް ބަލާލެވުނެވެ.ދާދި ގާތުގައި އެހުރީ ޝަނާޔާގެ އެ ނިކަމެތި ހިތުގެ ވެރިޔާއެވެ.ޖިއާންއަށް ޖެހިފައިވާ ނިކަމެތި ޙާލު ހިތަށް އަރާ ޖިއާންއަށްވެސް ފުރަގަސްދިނެވެ.އަދި އޭނާ ޖިއާންގެ އެހީއާއި މަދަދަށް ބޭނުން ނުވާކަމަށް ބުންޏެވެ.
ޝަނާޔާގެ އަޑުގައި އެވާ ރިހުމުގައި ދުނިޔޭގެ ހުރިހާ ހިތާމައެއް ވާފަދައެވެ.ޝަނާޔާގެ ހިތުގައިވާ ހުރިހާ އުދާހެއް ކަރުނައިގެ ސިފައިގައި ބޭރުކުރަމުން ދިޔައެވެ.ޖިއާންއަށް ހުރި ފިޔަވަޅުމަތީގައި ކެތްކޮށްލެވުނީ އިރުކޮޅަކުއެވެ.ޖިއާންގެ ކެތްތެރިކަން ކޮޅުން ލަައިފިއެވެ.ޝަނާޔާ ގެނެސް އޭނާގެ އަތުތެރެއަށްލާ ބޮނޑި ކޮށްލިއެވެ. އެވަގުތު ޖިއާންގެ އަތުތެރެއިން ނިކުތުމަށް ޝަނާޔާ ގަދަހަދަމުން ދިޔައެވެ.ނަމަވެސް އެބާރުގަދަ އަތުގެ ތެރެއިން ނިކުންނާނެހާ ބާރެއް ޝަނާޔާގެ ނެތެވެ.ރޮއިރޮއި މީހާވަނީ ވަރުބަލި ވެފައެވެ.ޝަނާޔާ އަދިވެސް ހުރީ ތެތްހެދުމުގައި ކަމުން އޭނާގެ ގައިގަ ބައްދާލައިގެން ހުރި ޖިއާންއަށްވެސް އެތެތްކަން އިހުސާސް ކުރެވެމުން ދިޔައެވެ.ޖިއާންގެ އަތުގެތެރެއިން ނިކުތުމަށް ގަދަހަދަމުންދިޔަ ޝަނާޔާގެ ހަރަކާތްތައްވެސް މަޑުވެއްޖެއެވެ.ޖިއާންއެކޭ އެއްފަދައިން އޭނާވެސް އެއަތުތެރޭގައި ވުމަށް އެދޭތީއެވެ.އަދި ބޭއިޚްތިޔާރުގައި ޖިއާންގެ ގައިގައި ބައްދާލެވުނީވެސް ހަމަ ލޯބިވާވަރުންނެވެ.ޝަނާޔާގެ ފަރާތުން އުއްމީދު ނުކޮށް ހުއްޓާ އެފަދަ ކަމެއް ވުމުން ޖިއާންގެ ހިތް އުފަލުން ނަށައިގަތެވެ.އަދި ނުހަނު ލޯބިން ޝަނާޔާގެ ދަތްދޮޅީގައި ހިފާ އުފުލާލުމަށްފަހު އޭނާގެ ނިތްކުރީގައި
ބޮސްދިނެވެ.ދުލުން ބަހެއް ބޭރުނުކުރި ކަމުގައިވިޔަސް ހިތުގެ އަޑިން އެތަށް ވަޢުދުތަކެއް ވަމުންނެވެ.ޖިއާންގެ އެ ހަރަކާތުން ޝަނާޔާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ.އުފަލުންގޮސް ޝަނާޔާގެ ރީތި ދެލޯ ފެންކަޅިވިއެވެ.ޖިއާން ބޮލުގެ އިޝާރާތުން ނުރޯށޭ ބުނެ ޝަނާޔާގެ ކަރުނަތައް ފޮހެލައި ދެމުން ގެންގޮސް އެނދުގައި ބޭންދިއެވެ.އަދި ޖިއާންއާއި ބެހޭގޮތުން ޝަނާޔާއަށް އެތަށް ވާހަކަތަކެއް ކިޔައިދިނެވެ.ޝަނާޔާވެސް އޭނާގެ ދިރިއުޅުން ފުރަތަމަ ފަހަރަށް ޖިއާންއާއި ހިއްސާކުރިއެވެ.ދެމީހުންވެސް އެކަކު އަނެކެއްގެ ލޯތްބަށް ވަފާތެރި ވުމަށް ވަޢުދު ވިއެވެ.
މިހާރު ޖިއާންއާއި،ޝަނާޔާވެސް އެވަނީ ލޯބިވެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ.ޖިއާން އެނބުރި ޝަނާޔާގެ ދިރިއުޅުމަށް އައުމުން އޭނާގެ ހިތްވަނީ އުފަލުން ފޮޅިފައެވެ.ޖިއާން އިރުކޮޅަކާ ޝަނާޔާގެ މަޑުމަޑު އަތްތިލައިގާ ލޯބިން ބޮސްދެއެވެ.ޝަނާޔާއަކީ އުއްބައްތިއެއްނަމަ މިހާރު
ވިރިގެން ފައިބައިފީހެވެ.ޝަނާޔާ އިނީ އެހާވެސް ލަދުގަނެފައެވެ.އެ ގޮތުގައި ދެމީހުންނަށް ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ.ޖިއާން ބޭނުންވީ ޝަނާޔާ ފިނިބޮޑުވެގެންގޮސް ބަލިވެދާނެތީ ޝަނާޔާ ލައިގެން އިން ތެތްހެދުން ބަދަލު ކުރުވާށެވެ.ނަމަވެސް އެންމެ ސިކުންތަކަށްވެސް ޖިއާންއާއި ވަކިވުން
މިހާރު ޝަނާޔާއަށްވަނީ އުނދަގޫ ކަމަކަށް ވެފައެވެ.އެހެންވެ އަދި ފަހުންނޭ ކިޔާ އުޒުރު ދެއްކިއެވެ.އެވަގުތު ޖިއާންގެ ލޯބިވެތި ނަޒަރު ގޮސް ހުއްޓުނީ ހެދުން ވީދާލައިފައި ވުމުގެ ސަބަބުން ޝަނާޔާގެ ހާމަކަން ބޮޑުވެފައިވާ މޭމައްޗަށެވެ.\”ޝަނާ ބޭނުންވަނީ ތިގޮތަށް އަހަރެންގެ ކުރިމަތީގައި އިނދެ އަހަރެންގެ ހިއްސުތައް ހޭލައްވަންތަ؟\”ލާނެއް ރާގެއްގައި ޝަނާޔާގެ ފިނިފެން މަލެއްފަދަ އެެ ރީތި ތުންފަތަށް ނަޒަރު ހުއްޓާލައިގެން އިނދެ ޖިއާން ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
60 Comments!
Comments are closed.





Varah salhi. Next part konirakun?
Thanx
Nice as always!! 🙂
???
Wow v v shalhi mi part vx.. Waiting for next part
Thanx for waiting
Wow i am furathama vvvv nice next part avaha up kolathi vaahaka liyaakujaa salaame next part when ?
Thanx…hopefully tomorrow
Maa Shaa ALLAH. V reethi. Next part konirakun.
Thanx..
eheheh.. ebunaahen shanaaya jiyan ah ehen nuhadha
Hehe..thanx
Vvvvvv salhi mi part ves love this story ❤
?
??
Amaa buneethee farah dhaa usoolun liyefa oiy vaahaka eh. baehfaharu beynun kohffa hunna jumla hamaves nujehey. Hedhumuge meymathi evarah iraalaafa oith iru husna ah nufenunu. Gabool nukurevey.
Shoal olhaafa hury ethan nufenna gothah kmh vs vedhaanehnu
Noonee jiaaan he baarun husna ge loa machah olhuvaalee Kaman ves vedhane.
Eki Shoal hunnanee eki varashe . Ehnvyma Try to understand..
Thanx all
V v reethi
Thanx
haadha reethi vaahakaekey..next part ves upkolhachey??? kiyaahithun moya vanii….. <3 <3
?????
V v reethi.. nexy part up kolha chey… vara happi vi eha dhiguko aama… nice story,,, <3 😛
Thanx dear
V v nice…?
Thanx dear
I hope jinsi akaa insi eh nugulhuvaane Kaman as it is not allowed in our religion.
Vaahaka reethi
Story ga ehn vias ok vaane. Aslu dhiri ulhumuga nuvanikoh. 🙂
Jinni ebuny thedheh. Story ga aharen beynun shanayaa aa eku vaan. Dhoa Noor :p
Thi bunee story ga ok vaane ey Hindu akaa muslimakaa kaiveni kuriyakas
Mikahala liyunthah kiyaigen dhivehi kudhin halaaku vanee
Hama kiyaafa eh knme knme myheh halaakeh nuvaane. Ehnvany libey tharubiyyathegge sababunn.. rangalhu tharubiyyatha thedhu mauloomaat libifa thibey kudhin ge azumeh nugudaane. baeh kahala kanthaky engenn vs jehe kanthahthakeh. Misaaleh ves bunefaanan. Misaalakah girl eh mi story kiyaafa edhefaane jinni ehge loiibbah. Ekm ei mana kameh kan engi kiyanyaa engeyne dhoa ekujja ah ves. Ekm e kan neygey kujja ah kihineh vaanee. Ekujja ah egene mi edheveny haraam kamakah kan. E faafa hunnaany ves ekujja ah. Ei engi hure ekan kuraathy. Thibunaa muslim myha hindhu myha aa gulheny allah dheke vaa lobi isnukureveythy. Real koh nuva nikoh story ehhga mihen othas Z ah vs ok .
Gaboolu kuran
ekam thihen vaanee vaahakaiga nuvatha liyumuga onna gothakun
alhugandu ves misaalakah vaahakaiga happy ending mi aee jinni aa ekee. Mi dhakkanee jinni aa ekee ufaluga ulheythan. Whether you believe it or not eyrah kiyaa kujjaa ah visnenee mi gothah ulhuneema ves ufaluga ulheveyne ey.
and one more thing, liyun thakun kujjaage visnaa gothah affect kuraane. You can Google this if you want
Thanx dear all..
Loved it….. waiting….
Thanx
Varah reethi. And jian sounds so perfect.
Thanks Tara.
Thanx
V reethi…. V unique story eh…. Keep up tha good work?…. When is next part??
Thanx
i love it…..
Thanx
Vara salhi sry..Next part miahvure dhigu vaane kama umeedhu kuran..❤
Thanx
Haadha reehchey…
Thanx
Salhi… Miadhu thnkolheh avahah upkohdheveytho balache 😉
Thanx
Salhii
Thanx
Rose ah varah reethi mi story. Khaassakoh ihusaasthah genesdheefa huree varah furihamakoh 🙂
Thanx
vv reethi waiting for next part……
Thanx
Vv salhi
Thanx
wow v salhi.. :3
Thanx