ޝަނާޔާގެ މޭގަނޑު ގުން ގުން ލާފައި ތެޅެމުން ދެއެވެ.ހިތް ހީވަނީ މޭ ފަޅައިގެން ނިކުމެދާނެ ހެންނެވެ. \”ޖި…ޖިއާން\”. ބިރުންގޮސް ތުރުތުރު އަޅަމުން ދިޔަ ޝަނާޔާގެ ދުލުން ނިކުތްހާވެސް ބަހަކީ އެއީއެވެ.
ޖިއާން އިންތަނުން ތެދުވެގެން ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ހުރި ތިންދޮރުފަތް ލީ އަލަމާރި ކައިރީގައިހުރި ޑްރެސިން ޓޭބަލްގެ ކުރިމައްޗަށެވެ.އޭނާ މިރޭ އެ އައީ ޝަނާޔާގެ ހިތުގައި އުފެދެމުން އެދާ ސުވާލުތަކުގެ ޖަވާބު ހިފައިގެންނެވެ.ޖިއާންގެ ނަޒަރު ހުއްޓިފައިވަނީ ޑްރެސިން ޓޭބަލްގެ ލޯގަނޑަށެވެ.ޝަނާޔާއަށް މެސެޖެއް ދޭން އުޅޭ ކަހަލައެވެ.ޝަނާޔާއަށްވެސް އެދިމާ ބަލާލެވުނެވެ.ނަމަވެސް ދެލޯ ފޮހެލާފައި ދެވަނަ ފަހަރަށްވެސް އެދިމާ ބަލާލެވުނީ ލޮލަށްފެނުނު ކަންތައް ގަބޫލު ނުކުރެވުގެންނެވެ..
ބިރުގަނެފައިވި ޝަނާއަށް ޖިއާންއަށް ބަލާލެވުނީި ސުވާލުން ފުރިގެންވި ނަޒަރަކުންނެވެ.\”އާނ.އަހަންނަ
ޝަނާޔާއަށް އިނދެވުނީ އިވެމުންދާ ވާހަކަތަކުން ގަނޑުވެފައެވެ.ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ ޖިއާންގެ ހަގީގަތް އެރޭ އެނގުނުނަމަ ޝަނާޔާ އޭނައަށް ހިތް ދިނީސް ހެއްޔެވެ؟ ޝަނާޔާގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމުދޫކޮށްފައި އެރީތިކޯތާފަތް ތެތްމަމުން ދިޔައެވެ. ޖިއާންއަށް އެ މަންޒަރުބަލާކަށް ކެތެއްނުކުރެވުނެވެ. ޝަނާޔާގެ ގާތަށް ދިޔުމަށް ފިޔަވަޅެއް ނެގިތަނާ ރޫރޫ އަޅަމުންދިޔަ އަތަކުން އޭނައާއި ކައިރިނުވުމަށް އިޝާރާތް ކުރިއެވެ.
\”ތީ އިންސާބެއް ނޫންތަ؟\” ޔަޤީންކުރަން ދަތިވެފައި އިނދެ ޝަނާޔާއަށް ސުވާލުކުރެވުނެވެ.ޖިއާން އިސްދަށަށް ޖަހާލިއެވެ. ޝަނާޔާއަށް އޭނާ ކުރި ސުވާލުގެ ޖަވާނބު ލިބުނުކަހަލައެވެ.އެވަގުތު ޝަނާޔާ ގަތީ އަމަށަކު ބިރެއް ނޫނެވެ.ރޯމަހެއް ތެޅޭހެން ތެޅެން ފަށައިފިއެވެ.ޖިއާންގެ ކުރިމަތީ އޭނާ މިދުނުޔެއިންވެސް އެންމެ ލޯބިވި ކުއްޖާ އޭނާދެކެ ބިރުން ތެޅިފޮޅެނީއެވެ.ރޮއިރޮއި ދެލޯ ރަތްވެފައި ވާއިރު އެ ރީތި މޫނުވަނީ ދުޅަވެފައެވެ.ބޮލުން ފެށިގެން ފައިތިލައާއި ހަމައަށް ރޫރޫ އަޅަނީއެވެ.ޝަނާޔާގެ ދުލުން ހާމަނުކުރި ކަމުގައިވިޔަސް އޭނާ ޖިއާންގެ ސޫރަވެސް އިތުރަށް ދެކެން ބޭނުން ނުވާކަން ޝަނާޔާގެ ހަރަކާތްތަކުން އެނގެއެވެ.އެހެނީ އެ ރީތި މޫނު އެވަނީ ބައްދައިގެން އިން ބާލީހުގެ ތެރެއަށްލާ ފޮރުވާފައެވެ.
\”ޝަނާ ބުނެފިއްޔާ އަހަރެން ދުވަހަކުވެސް ޝަނާގެ ކުރިމައްޗަށް ނާންނާނަން.އެކަމަކު ހަމަ އެންމެ ފަހަރަކު އަހަރެން ދައްކާ ވާހަކަ އަޑު އަހާދީ.\”ޖިއާންގެ އަޑުގައި ވަނީ އާދޭހާއި ރިހުމެވެ.ބާލީހުގެ ތެރެއިން މޫނުނަގާ އިސްދަށަށް ޖަހައިގެން އިނދެ ޝަނާޔާ ވާހަކަ ދެއްކިއެވެ.އަޑުގައި މިފަހަރުވެސް ތުރުތުރު ލުމެއް ހުއްޓެވެެ.\”ޖިއާން ގެ ހިތުގައި އަހަންނަށްޓަކައި ކުޑަނަމަވެސް ހަމްދަރުދީއެއް ވާނަމަ އަހަރެންގެ ދިރިއުޅުމުން ދުރަށްގޮސް ދީ…އެހެން ނޫނީ އަހަރެން މޮޔަވެދާނެ. ޢަހަރެންގެ ހާލަށް ދޫކޮށްލަދީ\”ޝަނާޔާ ވާހަކަ ދައްކަމުން ދިޔައިރު އެންމެ ފަހަރަކުވެސް އިސް އުފުލާ ޖިއާންއަށް ބަލާވެސް ނުލައެވެ.އޭނާ އިނީ އެއަށްވުރެ މާބޮޑަށް ބިރުގަނެފައެވެ.ޝަނާޔާގެ ބަސްތަކުން ޖިއާންގެ ހިތް ކުދިކުދި ކޮށްލިއެވެ. ފެންކަޅިވެފައިވާ ފެހިކުލައިގެ އެ ރީތި ދެލޮލުން އެންމެ ފަހުފަހަރަށް އެހިތުގެ ރާނީއަށް ބަލާލިއެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





Varah reethi.. dhemme mi kiyaalee hurihaa parteh..
🙂
?
Salhi
Next part avasskohlladheythi
?
V Nice…bt haadha kurey…kurin part thakaa ehvvarah dhigu kohladhy…plx…eyrun adhi maa furihama vaane
Thanx…will try
In sha Allah next part dhigu kolla dheynan…thanx for reading….???
V v v kuru mi part genesdhinleh. Dhen v baivaru mistakes eba huri. Misaalakah (nukurevugenneve, jonturoalun, insaabeh, javaanbu, dhunuyeinves,) hykuran dhen faharakun rangalhu kohlaane kamah.
Thanx…..
Friends….as I’m typing from my phone…there might b mistakes…hope u will understand n help me to avoid it.
Abt this part..I know its v.short..but as readers r waiting I thought instead of not posting…it’s better to up.short even…..so within a limited time I wrote this part for daily readers…?
Varah furihama adhi thankolheh dhigukohladheeba plz
Thanx
?? interesting……..
Thanx
wow varahreethi mi part vess well done noor but next part dhigukohlahchey
Thsnx
yash ge hiyanihen gaathugaa vame story tha mee
It’s not a copy story dear…..
wow its so nice plxx next part up kolhachey… kiyaahithun keimadhuvanii dhen vaane goth haadha reethi vaaney
plx upkolhachey
nice story…
Thanx
Avahah upkoh dheche
Thanx
Wow very nice story waitless
????