Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (2)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 3, 2017 8 Mins Read
38 Comments

“އޭތް. ރައޫފްބެއޭ ބުނީމަ މި ހަނދާންވީ. އެގޭ ރުކާން އަދިވެސް ހުންނަނީ ހުހަށްތަ؟” ކުއްލިއަކަށް ޔާމިން އެހެން އަހާލުމުން މިއުވާން ހައިރާންވިއެވެ.

“ކިހިނެއްވީ؟” ޔާމިންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިއުވާންވެސް ކޮށްލީ ސުވާލެކެވެ.

“އެގޮނޑިއަށް ކުރިމަތިލާންކަމަށް.” ހިނިގަނޑަކާއެކު ޔާމިން ބުނެލުމުން މިއުވާން ޗޮކެއް ކަނޑާލަމުން ބޯހޫރާލިއެވެ.

“ސާބަހޭ ޔާމްބެ. ތިގޮތް ދޫކޮށްލަބަލަ ދެން. ދިރިއުޅުމާ ދޭތެރޭ ތަންކޮޅެއް ސީރިއަސްވާން ވެއްޖެއެއްނު މިހާރު.” މިއުވާން ބުނެލިއެވެ.

“ސީރިއަސް؟ އަހަރެންނަކަށް ނޭނގެ ސީރިއަސްވާކަށް. ފުރަތަމަ ޖެހޭނީ ތިކަން ދަސްކުރަން. މިސްޓަރ ސީރިއަސް އަހަރެންނަށް ދަސްކޮށްދޭންވީނު.” ނުލަފާ ފާޑަކަށް ހީނފައި އިނދެ ޔާމިން ބުނެލިއެވެ.

“މާތްކަލާކޯ! އަހަރެން ހިތަށްއަރާ އަހަރެންގެ ބެސްޓީއަކަށް ޔާމްބެ ހޮވުނީ ކީއްވެބާއޭ؟”

“އެއީ ބިޓުން ސެޓުކުރަން އެހީ ހޯދަން.” ޔާމިން އެހެން ބުނެލުމުން މިއުވާންއަށް ޗޮކެއް ކަނޑާލެވުނެވެ.

“ހޫމް. ދެން މައްސަލައެއް ނެތޭ. ތީ ކާމިޔާބު މީހެކޭ. ދެން ވެއްޖެއެއްނު ސީރިއަސްކޮށް ލައިފެއް ފަށަން.” މިއުވާން ބުނެލިއެވެ.

“ދެންމެއެއްނު މިބުނީ ސީރިއަސްވާން ދަސްކޮށްދޭށޭ.”

“އޯހ މައި ގޯޑް!! ޔާމްބެއާއެކު އުޅެން ހަދައިގެން އަދި އަހަރެން މޮޔަވާނެ އިނގޭ.” މިއުވާން ބުނެލިއެވެ.

“ހޫމް ދެން ބުނެބަލަ. ބުނީމެއްނު ޔާނާއާ މެރީކުރަން އުޅޭ ވާހަކަ. މިހާރު އެކަންތައް ކިހާ ހިސާބެއްގަ އޮތީ؟” މިއުވާން އަހާލިއެވެ.

“ތިވާހަކަ ނުދައްކާ. އެއީ އަދި މާ ކާމިޔާބު މީހެއް. އޭނައަށް އަހަރެން ހަޑިއްޔޯ. އަޅެ އަހަރެން ހަޑިތަ؟ އޭނައަށް މާ ސަޅި މީހަކު ފެނުނިއްޔޯ. އަޅެ އަހަރެންނަށްވުރެ ވަކި ރީތި މީހަކު އޭނައަށް ލިބޭނެތަ؟ އެއްރޭ ގުޅާފަ ކިޔައިފި އޭނަ ހިތްހަމަޖެހޭ ސިފަތަކެއް އަހަރެންގެ ނެތޯ. އެހާ ފަލަވެފަ އެހާ ކަޅޭ. އަޅެ އޭނަ ވަކި ހިކިވެފަ ދޮންތަ؟ އެ އުނގުޅާ ފައުންޑޭޝަނަކާ އެހެން ޝަނެއް ނުއުނގުޅާ ހުންނަނަމަ އެނގޭނީ އެހުރި ދޮންކަމެއްވެސް. ޔަޤީނޭ އަހަރެންނަށްވުރެވެސް ކަޅުވާނެކަން. އަދި އަހަރެން އޭނައަށްވުރެ އިސްކޮޅުންވެސް ކުރޯ. އަޅެ އޭނަ ދިގުތަ؟ އެއަރާ އެއްފޫޓު ދެފޫޓުގެ އުސް ފައިވާންތަކަށް ނާރާނަމަ އެނގޭނީ އެހުރި ދިގުކަމެއް. ޔަޤީން ހަތަރު ފޫޓުވެސް ހަމަނުވާނެކަން. އަދި ބުންޏޭ ހަފްތާއަކު އެއްރޭ ނަމަވެސް ކާންދޭން ދާކަށް އަހަރެން އަތުގަ ލާރިއެއް ނުހުރެޔޭ. އޭނަ އަހަރެންނާ ރައްޓެހިވާއިރުވެސް އެންގެން ޖެހޭނެ ދޯ އަހަރެންމީ މިލިއަނަރެއް ނޫންކަން. ދެން އޭނަ ގޮވައިގެން ދުއްވާލަން ދާކަށް އަހަރެން އަތުގަ ސައިކެއްވެސް ނުހުރެޔޯ. ދެން ކޮންމެ ރެޔަކު އޭނަ ގޮވައިގެން ދުއްވަން ދެވޭތަ؟ އަދި އަހަރެންދެކެ ލޯތްބެއްވެސް ނުވެޔޯ. އޭނަ ބޭނުންވަނީ ބްރޭކަޕް ވާށޯ. އަހަރެން ބުނީ އޯކޭއޭ. ތިދާ މީހެއް ފަހަތުން ދާށޭ. އެނިމުނީނު ދޯ؟” ޔާމިންގެ ވާހަކަ އަޑުއަހަން އިންއިރު މިއުވާން ގާތަށްވެސް އިނީ ނުލަފާ ހިންޏެއް އައިސްފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޔާނާ އެބުނި ކޮންމެ އެއްޗަކަށް ޔާމިން ދެކޭގޮތް އެބުނީ އެހާ ބޮޑުކޮށްލައިގެންނެވެ.

“ސާބަސް ޔާމްބެއަށް. ހަމަ ތިހާ ބޮޑުކޮށްލާފަ ނޫނީ އެއްވެސް އެއްޗެކޭ ނުބުނެވޭނެތަ؟” މިއުވާން ހިނިއައިސްފައި އިނދެ ބުނެލިއެވެ.

“ބަލަ ފޮނިތޮށްޓާ ކާފުރުތޮޅި ހުންނަނީ ކަމަކުއޭ.” ޔާމިންވެސް އެސަމާސާގައި ބައިވެރިވެލީ އަނގައިން އޭނާ ބަލިނުކުރެވޭނެޔޭ ބުނާފަދަ ގޮތަކަށެވެ.

“ހޫމް. ދެން ހަމަ އޭނަޔާ ބްރޭކަޕްވީތަ؟” މިއުވާން އަހާލީ އިތުރަށް ޔަޤީންކޮށްލަން ވެގެންނެވެ.

“އާނ. އެނގެއެއްނު އަހަރެންގެ ގޮތް. އަންހެނެއްގެ ފަހަތުން ހޭރެމުން ދުވާހާ ނިކަމެއްޗެއް ނޫން އަދިއެއް. ފުއްޓަކެއް ޖަހާލިޔަސް އަހަރެންގެ އަތުތެރެއަށް އަންނާނެ ކުދިންތައް ބައިވަރު.” ފަޚުރުވެރިވެލާފައި ޔާމިން ބުނެލިއެވެ.

“ހޫމް. ތިކަން އެނގެޔޭ. އެކަމަކު ދެން ވެއްޖެއެއްނު ތި މާބުރުގެ އުސޫލު ދޫކޮށްލާފަ އެތަނުން ކޮންމެވެސް އެއްކުއްޖަކު ހޮވަން. ވިސްނޭ، ރީތި ކުއްޖެއް.” މިއުވާން ބުނެލިއެވެ.

“އަހަރެން ބޭނުންވާ ކަހަލަ ކުދިންނެއް ނެތް.”

“އެއީ ކޮންކަހަލަ ކުދިންނެއް؟” ހައިރާންވެފައި މިއުވާން އަހާލިއެވެ.

“ވާޖިންއެއް. އެއީ މިހާރު ތިބޭ ބައެއްނޫން.” ޔާމިން ބުނެލިއެވެ.

“ނޫނޭ. ތިއީކީ އަދި ރަނގަޅު ވިސްނުމެއް ނޫން. އެކަހަލަ ކުދިންވެސް ތިބޭނެ. އެކަމަކު ވަރަށް މަދުވާނެ މިހާރު. އެކަމަކު ނިކަން އަޚްލާޤު ރަނގަޅު ކުއްޖަކު ހޯދަބަލަ. ޔާމްބެ އަބަދުވެސް ބަލަނީ ވީހާވެސް ޓޮޕްކޮށް ތިބޭ ބިޓިން ކުދިން ހޯދޭތޯވިއްޔަ. ނިކަން ތަންކޮޅެއް ނިވާވެގެން އުޅޭ ގެވެހި ކުއްޖަކު ހޯދަބަލަ. އޭރުން ތިބުނާ އެއްޗެއް ލިބިދާނެ ކަންނޭނގެ. އެކަމަކު އެންމެ ފުރަތަމަ ޖެހޭނީ ތި ގެންގުޅޭ އުސޫލު ދޫކޮށްލަން.” މިއުވާން ވާހަކަދެއްކީ ޔާމިންއަށް ވިސްނައިދޭ ފަދައަކުންނެވެ.

“ދެން ތިބުނީ ހާދަ ހެއްވާ ވާހަކައެކޭ. އަޚްލާޤު ރަނގަޅިއްޔާ ފެނުނީމަ އެނގޭނެތަ؟ އެކުއްޖާގެ މޫނުގަ ލިޔެފަ އޮވޭތަ މީ ވަރަށް އަޚްލާޤު ރަނގަޅު ގެވެހި ކުއްޖެކޭ؟ ނޫނީ ވާޖިންއެކޭ؟ އެހެންނޫނަސް އަހަރެން ކޮން އުސޫލެއްތަ ގެންގުޅެނީ؟” ޔާމިން ހީނފައި އިނދެ އަހާލިއެވެ.

“އަހަރެންވެސް ނުބުނަމޭ މޫނުގަ ތިހެން ލިޔެފަ އޮތް ވާހަކައެއް. އެކަމަކު އުޅޭ އުޅުމުން ކޮންމެވެސް ވަރަކަށް އެނގޭނެ ރަނގަޅު ނުބައި. އަހަރެން މިބުނީ ތި އުޅެނީނު ދުވާލަކު ބިޓެއް ގޮވައިގެން. އެގޮތް ދޫކޮށްލަބަލާށޭ. ތިހެން އުޅޭތީއޭ ރަނގަޅު ކުއްޖަކު ނުވެގެން ތިއުޅެނީ. ނިކަން އެއް ކުއްޖަކާއެކު ދިރިއުޅުމެއް ފެށޭތޯ އުޅެބަލަ. އަހަރެމެންނަކީ ފިރިހެނުން. ތިހެން އުޅެނިކޮށް ގޯހެއް ވެދާނެ. އެއްފަހަރު ކުރެވިއްޖެއްޔާ ދެވަނަ ފަހަރަށް ކުރާހިތް ވެދާނެ. އޭރުން އޮންނާނީ މުޅިން ގޯސްވެފަ. ނުބައި ބައްޔެއްވެސް ޖެހިދާނެ.” މިއުވާން ސީރިއަސްވެފައި ބުނެލިއެވެ.

“ހޭއި މިސްޓަރ ސީރިއަސް. އަހަރެންނަށް ސީރިއަސްކޮޅެއް ވިއްކައްޗޭ. އޭރުން ދޯ ތިދެއްކި ވާހަކަތަކާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނޭނީވެސް.” ޔާމިން ހީނފައި އިނދެ ބުނެލިއެވެ. ހާދަ ލާނެތް ފިރިހެނެކޭ މިއުވާންގެ ހިތަށްއެރިއެވެ.

“ޔާމްބެއެއްނު. ހިލޭވެސް ދީފާނަން.” މިއުވާން ބުނެލިއެވެ. އެ ދެރަހުމަތްތެރިން އެގޮތުގައި އެތައްއިރަކު ވާހަކަދައްކަން ތިބެފައި ގެއަށް ދިޔައީ އެގާރަވެސް ޖެހިފަހުންނެވެ.

“ދަރިފުޅާ! އައިސް މިތާ އިށީނދެބަލަ.” މާހިރު އެހެން ބުނެލުމުން މިއުވާން އައިސް މާހިރު ގާތުގައި ސޯފާގައި އިށީނެވެ.

“ދަރިފުޅު ގާތު ބައްޕަ އަބަދުވެސް ބުނަމެއްނު އެންމެ ލަސްވެގެން އެގާރަ ޖަހާއިރު ގެއަށް ވަންނަންވާނެޔޭ. އެހާ ނުބައި މީހުން އުޅޭ ޒަމާނެއް މީ. ކޮންމެފަދަ ގޮތެއް ހަދާކަށްވެސް ޖެހިލުމެއްނުވާނެ.” މާހިރު ކުޑަކޮށް ހިތްހަމަނުޖެހިފައި އިންނަމަވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

“ޔާމިންއާ ވާހަކައިގައި ޖެހިފަ އަޅުގަނޑަށް ގަޑި ބަލާނުލާ އިނދެވުނީ. މަޢާފް ކުރައްވާ. ދެނެއް އެހެނެއް ނުވާނެ.” މިއުވާން ބުނެލިއެވެ.

“ބައްޕަ ތި އިންނެވީ ހަމަ އަޅުގަނޑު އަންނަންދެންތޯ؟ މަންމަ ކޮބައިތޯ؟” މިއުވާން މަޑުމައިތިރިކަމާއެކު އަހާލިއެވެ.

“މަންމަ ބޮލުގަ ރިއްސާތީއޭ ކިޔާފަ ނިދައިފި. ދަރިފުޅު ނާންނާތީ ބައްޕަ މިއިނީ.” މާހިރު ބުނެލިއެވެ. މިއުވާން އިންގޮތުން އޭނާ އެއްޗެކޭ ބުނަން އުޅޭހެން މާހިރުއަށް ހީވިއެވެ.

“ދަރިފުޅު އެއްޗެކޭ ބުނަން އުޅޭހެން ބައްޕައަށް ހާދަ ހީވެޔޭ. ބައްޕަ ބުނަންތަ ވާހަކައެއް؟ ދަރިއަކާ މައިންބަފައިންނާ ދެމެދު ނުދެއްކޭނެވަރުގެ ވާހަކައެއް އޮވެގެން ނުވާނެ. ޤަބޫލުކުރަން ދަރިފުޅަށް ބައެއް ކަހަލަ ވާހަކަ މަންމަ ގާތު ދައްކަން ނުކެރިދާނެކަން. މަންމަ ގާތު ދައްކަން ނުކެރޭ ވާހަކައެއްވިއްޔާ ބައްޕަ ގާތު ދައްކާ. ދަރިފުޅު ބޭނުން ކޮންމެ ވަގުތަކު، ކޮންމެ ވާހަކައެއް ބައްޕަ ގާތު ދެއްކޭނެ.” މިއުވާންގެ އަތުގައި ހިފާލަމުން މާހިރު ބުނެލިއެވެ.

“ރައޫފްބެ ބުނުއްވީ ކީކޭތޯ؟” މިއުވާން އަހަން ނާހަން ހުރެފައިވެސް އެހިއެވެ.

“ރައޫފްބެވެސް ވަރަށް ޤަބޫލު. އެކަމަކު ބައްޕަ ބުނިން ރުކާންގެ މިނިވަން ޚިޔާލެއް މިކަމުގަ ބޭނުމޭ. ދަރިފުޅުވެސް ބޭނުންވަނީ އެއްވެސް މަޖުބޫރުކަމެއްނެތި މިނިވަންކަމާއެކު ރުކާން ގޮތެއް ނިންމާށޭ. އެހެން ބުނީމަ ރައޫފްބެ ބުނި ރުކާންއާ ވާހަކަ ދައްކާލާފަ އަންގާލާނަމޭ.” މާހިރު އޮޅުންފިލުވައިދިނެވެ.

“ބައްޕާ! އަޅުގަނޑު ވަރަށް ނިދިއައިސްފި. ދެން އަޅުގަނޑު ދަންތޯ ނިދަން.” މިއުވާން އެހެން ބުނެލުމުން މާހިރު އަވަހަށް ދާށޭ ބުނެލިއެވެ.

މިއުވާން ކޮޓަރީގައި އޮތްއިރު އޭނާގެ ވިސްނުމުގައި ވަނީ އިއުނާސްއެވެ. ރުކާންއާ ކައިވެނިކުރަން ނިންމުން އެއީ އޭނާއަށް ނިންމުނު ރަނގަޅު ނިންމުމެއްބާއެވެ. އަނެއްކާ އޭނާ ރުކާންއާ ގުޅުން ވާނީ އިއުނާސްއަށް ކުރެވޭ ބޭއިންސާފަކަށްބާއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އިއުނާސްއަކީ މިހާރު ދުނިޔޭގައި ނެތް މީހެކެވެ. ނަމަވެސް އިއުނާސް ދުނިޔޭގައި ނެތްކަން އޭނާއަށް ޤަބޫލު ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ރުކާންއާ ގުޅެން އޭނާގެ ހިތް އެއްބަސްނުވަނީ ކީއްވެ ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ޚުދު މިއުވާންވެސް ބޭނުމެވެ. އޭނާ އެ ވިސްނުންތަކުގައި އޮއްވާ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.

**********

“ދަރިފުޅާ ރުކާން! މިތާ އިށީނދެބަލަ.” ހެނދުނު ހެނދުނާ ރައޫފް ރުކާންއަށް ގޮވާ ގެނައެވެ.

“ކިހިނެއްތޯވީ ބައްޕާ؟” ރުކާން އަހާލިއެވެ.

“ބައްޕަ ދަރިފުޅު މި ގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.” ރައޫފް އެހެން ބުނެލުމުން ރުކާންގެ ހިތް އަވަސްވިއެވެ.

“ބައްޕާ! ކޮން ވާހަކައެއްތޯ؟”

“ދަރިފުޅާ! އިހަށް ބައްޕަ ވާހަކަދައްކާ ނިމެންދެން މަޑުކޮށްބަލަ.” ރަހުމާ ބުނެލިއެވެ. މިއަދު ހޭލީއްސުރެ ރުކާން އާދަޔާ ޚިލާފަށް އަނގަ ގަދަކަން ރަހުމާއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވެއެވެ.

“ސޮރީ މަންމާ.” ރުކާން މަޢާފަށް އެދުނެވެ.

“ދަރިފުޅާ! ބައްޕަ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާތި. ރޭގަ މާހިރުބެމެން އައި.” ރައޫފް އެހެން ބުނެލުމާއެކު ރުކާންގެ ހިތަށް އެންމެ ފުރަތަމަވެސް އައީ މިއުވާންގެ ނަމެވެ.

“ވާންވެސް އައިތަ؟ ބައްޕަމެން ކީއްވެތޯ އަޅުގަނޑަށް ނުގޮވީ؟” ރުކާން އަވަސްއަވަހަށް އަހާލިއެވެ.

“މިއުވާންއެއް ނާދޭ. އެކަމަކު މާހިރުބެމެން އައީ މިއުވާންގެ ކަމަކު.” ރައޫފް އެހެން އަހާލުމުން ރުކާންއަށް ހައިރާންކަމެއް ލިބުނެވެ. މިއުވާންގެ ކަމަކު މާހިރުބެމެން އަންނަންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ މިއުވާންއަށްވެސް އާދެވިދާނެ ނޫން ހެއްޔޭ އޭނާގެ ހިތަށްއެރިއެވެ.

“އެއީ ކޮންކަމަކު؟” ހައިރާންކަމާއެކު ރުކާންއަށް އަހާލެވުނެވެ.

“އެމީހުން އައީ ދަރިފުޅުގެ ކައިވެންޏަށް އެދި. މިއުވާން ބޭނުންވަނީޔޯ ދަރިފުޅާ ކައިވެނިކުރަން.” ރައޫފް، މާހިރުމެން އައި ބޭނުން ބުނެދިނެވެ.

“އެންމެފަހުން ވާންގެ ހިތްވެސް ބަދަލުވީތާ.” ރުކާންއަށް ހިތާހިތާ ކިޔާލެވުނެވެ. މިއަދު ހޭލީއްސުރެ ވަރަށް ހިތްއެދޭ ކަމެއް ވާންއުޅޭ ކަހަލަ އިހުސާސެއް ކުރެވެނީ ކީއްވެކަން ރުކާންއަށް އެނގުނީ އަދި ކިރިޔާއެވެ. މިއަދު ހޭލީއްސުރެ އޭނާއަށް މާ އުފާވެފައި އެހުރެވޭ ސަބަބަކީ އެއީއެވެ.

“މާހިރުބެމެން ބުނީ ދަރިފުޅު ބޭނުންވާ ގޮތެއް ބުނާށޭ. އެމީހުން ބޭނުންވަނީ ދަރިފުޅުގެ ރުހުމުގަ މި ކައިވެނި ކުރެވޭށޯ. މިއުވާންވެސް ބޭނުންވަނީ އެގޮތޯ.” ރައޫފް އިތުރަށް އޮޅުންފިލުވައިދިނެވެ.

“ބައްޕަމެންނަށް ފެނިލައްވާ ގޮތަކަށް ކަންތައް ކުރެއްވީމަ ރަނގަޅުވާނެ. އަޅުގަނޑަށް ޔަޤީން ބައްޕަމެން ކޮންމެ ނިންމުމެއްވެސް ނިންމަވާނީ އަޅުގަނޑުގެ ކުރިމަގަށް ވިސްނާފަކަން.” ރުކާންއަށް ފާޅުގައި އެއްބަސްވާން ނުކެރިގެން ދުރުދުރުން ބުނެލިއެވެ.

“އެހެންވީމަ ދަރިފުޅު އެއްބަހޭތަ ތިބުނީ؟” ރައޫފް އެހެން އަހާލުމުން ރުކާން ބޯޖަހާލިއެވެ.

“އެހެންވީމަ ބައްޕަ މާހިރުބެމެންނަށް ޖަވާބުދެނީ އިނގޭ.” ރައޫފް އެހެން ބުނެލުމުން ރުކާން މިފަހަރުވެސް ހަމަ އެކަނި ބޯޖަހާލީއެވެ.

ރައޫފް މާހިރުއަށް ގުޅާފައި އެރޭގެ ކެއުމަށް އެގެއަށް އަންނަން ދަޢުވަތުދިނެވެ. އަދި މިރޭ މިއުވާންވެސް ގެނައުމަށް އެދުނެވެ. މާހިރުވެސް އެކަމާ އެއްބަސްވެ ފޯނު ބޭއްވިއެވެ. އެއަށްފަހު މިއުވާން ގެނެސް މިރޭ އެއްވެސް ތާކަށް ނުދިއުމަށް އެދުނެވެ. މިރޭ އަށްގަޑި ފަނަރައަށް ރައޫފްމެން ގެއަށް ދާން ތައްޔާރުވުމަށްވެސް ބުންޏެވެ. މިއުވާން އެއްވެސް ދެކޮޅު ހެދުމެއްނެތި އެކަމަށް އެއްބަސްވިއެވެ.

އަށްގަޑި ފަނަރަ ވީއިރު މާހިރުގެ އާއިލާ ތިބީ ރައޫފްމެން ގޭގައެވެ. ކެއުމުގެ ވަގުތުގައި ދެއާއިލާގެ ކުޑަކުދިންވެސް ތިބުމާއެކު ކައިވެނީގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ކައިގެން ނުކުތުމަށްފަހު ކުޑަކުދިން ނެތި އެވާހަކަ ދައްކަން އެމީހުން ނިންމީ ކުޑަކުދިންނަށް އެފަދަ ވާހަކަތައް އަޑުއިއްވުމަކީ މާ އެދެވޭ ކަމަކަށް ނުވާނެތީއެވެ.

“ދަރިފުޅާ ރޫޔާ! ދޭބަލަ މަލާމެން ގޮވައިގެން ކޮޓަރިއަށް.” ރަހުމާ އެހެން ބުނެލުމާއެކު ރޫޔާ، މަލާހާއާއި މަލްހާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ރޫޔާއާއި މަލާހާއަކީ ގްރޭޑް ނުވައެއްގައި އުޅޭ ދެކުދިންނެވެ. ދެކުދިންވެސް ކިޔަވަމުން ދިޔައީ އެއްކުލާހެއްގައިކަމުން އެދެކުދިން ނުހަނު އެކުވެރިއެވެ. މަލްހާ އެދެކުދިންނަށްވުރެ ތިން އަހަރު ކުޑަވުމުން މަލްހާ ހުރީ ކުޑަކޮށް ބާކީވެފައެވެ. ނަމަވެސް މަލްހާއަށް އެކަން އިހުސާސްވެދާނެތީ ރޫޔާ މަލްހާ އަތަށް އޭނާގެ ލެޕްޓޮޕުން ގޭމެއް އަޅުވާފައި ދިނެވެ. އެއަށްފަހު ރޫޔާއާއި މަލާހާ އެމީހުންގެ ސްކޫލްގެ އެކިއެކި ވާހަކަތަކުގައި މަސްއޫލުވިއެވެ.

ރޫޔާމެން ކޮޓަރިއަށް ދިއުމުން ރައޫފް ފެށީ މިއުވާންއާއި ރުކާންގެ ކައިވެނީގެ ވާހަކައެވެ. މިއުވާންއާއި ރުކާން އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން ތިބީ އެއީ ބެލެނިވެރިން ދައްކާ ކަހަލަ ވާހަކައަކަށް ވާތީއެވެ. އެމީހުންގެ ބަހެއް ބޭނުންވެއްޖެނަމަ އެމީހުން ގާތުވެސް އަހާނެކަން އެމީހުންނަށް އެނގެއެވެ. މިއުވާންއަށް އިރުއިރުކޮޅާ ރުކާންއަށް ބަލާލެވެއެވެ. ރުކާން މަޖުބޫރުން އެކައިވެންޏަށް އެއްބަސްވީހެން އޭނާއަށް ހީވަނީއެވެ. ރުކާންވެސް އިރުއިރުކޮޅާ މިއުވާންއަށް ބަލާލައެވެ. ބައެއްފަހަރަށް މިއުވާންއާ ހަތަރުކަޅި ބައްދަލުވުމާއެކު ލަދުވެތިކަމާއެކު އިސްޖަހާލައެވެ. މިއުވާންއާއި ރުކާންގެ ހަރަކާތްތަކަށް ބަލަން އިތުރު ފަރާތެއް ހުރިކަމެއް އެމީހުންނަކަށް ރޭކާއެއް ނުލައެވެ.

“އަޅުގަނޑު ރުކޫއާ އެކަނި ވާހަކަދައްކާލަން ބޭރަށް ނުކުމެލިޔަސް އެންމެ ރަނގަޅުތޯ؟” މިއުވާން ރައޫފްގެ ހުއްދައަކަށް އެދުނެވެ. ރައޫފް ހުއްދަ ދެމުން ބުނީ ޓެރަހަށް ދިއުމުން މާ ހިތްފަސޭހަ ވާނެކަމަށެވެ. އެހެންކަމުން މިއުވާން ރުކާންއާއެކު މިސްރާބުޖެހީ ޓެރަހަށެވެ. އެގެއަކީ މިއުވާން ކުރިންވެސް އައިސް އުޅޭ ގެއަކަށް ވާތީ އޭނާއަށް އެގޭގައި އުޅޭކަށް ދައްޗެއް ނޫނެވެ.

“ރުކޫ! އަހަރެން ރުކޫ މި ގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން. އަހަރެންނަށް ހީވަނީ މީ ދެމީހުން ކައިވެނި ކުރުމުގެ ކުރިން އެނގުން ވަރަށް މުހިންމު ކަމެއްހެން. އަހަރެން ޤަބޫލުކުރާ ގޮތުގަ ކައިވެނި ކުރަން އުޅޭއިރު އެކަކު އަނެކަކަށް ސިއްރުކޮށްފަ އެއްވެސް ކަމެއް އޮވެގެން ނުވާނެ. އަހަރެން އުއްމީދުކުރަން ރުކޫއަށް އަހަރެން މިބުނި އެއްޗެއް އަންޑަސްޓޭންޑް ވާނެކަމަށް.” މިއުވާން ބުނެލިއެވެ. ރުކާން ބޯޖަހާލީ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

“ރުކޫއަށްވެސް އެނގޭނެ އަހަރެން ލޯބިވަނީ ނާސް ދެކެކަން. ނާސް އަހަރެންނާ ވަކިވިތާ މިހާރު ފަސްއަހަރުވީ. އެކަމަކު އަދިވެސް އަހަރެންގެ ހިތަކުން ނާސްގެ ހަނދާންތަކެއް ނުފިލާ. ނާސްދެކެ ވީ ލޯތްބަކަށް ބަދަލެއް ނާދޭ. އަހަރެން މިހެން ބުނީމަ ރުކޫ ހިތަށް އަރާފާނެ ދެން ކީއްކުރަންބާއޭ އަހަރެން ރުކޫގެ ކައިވެންޏަށް އެދި ބައްޕަމެން ފޮނުވީ. ހަޤީޤަތަށް ބުނަންޏާ ބުނެވޭނީ ބައްޕަގެ އެދުމެކޭ އަހަރެން އަވަހަށް ކައިވެންޏެއް ކުރުން. ބައްޕަ އަހަރެންނާ އެވާހަކަ ދެއްކީމަ އަހަރެން ވަރަށް ވިސްނިން. އަހަރެންނަށް އިއްތިފާޤަކުން ބައްޕަމެން ދެއްކި ވާހަކައެއް އަޑުއިވުނީ. ބައްޕަމެން ދެއްކީ އަހަރެން ރުކޫއާ ގުޅިއްޖެނަމަ ވަރަށް ރަނގަޅުވާނެ ވާހަކަ. އަހަރެން އެކަމާ ވަރަށް ވިސްނިން. އަހަރެންނަށް ފެނުނު އެންމެ ގޮތަކީ ބައްޕަމެންގެ ހިތް އެދޭ ގޮތަށް ރުކޫއާ ކައިވެނިކުރަން. އެކަމަކު އެއީ ރުކޫ ހިތުން ރުހުމުން ޤަބޫލު ކަމެއްނަމަ.” މިއުވާންގެ ވާހަކަތައް އަޑުއަހަން ރުކާން ހުރިއިރު އޭނާގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔައެވެ.

“ރުކޫ މިކަމާ ބުނަނީ ކީކޭ؟ އަހަރެން ބަލާނަން ރުކޫ އެދޭފަދަ ފިރިއަކަށް ވެވޭތޯ.” މިއުވާން އެހެން ބުނެލުމުން ރުކާން ފުން ނޭވައެއް ދޫކޮށްލިއެވެ.

“އަހަރެން ޤަބޫލު. އަދި އަހަރެން މިކައިވެނި މިކުރަނީ އެއްވެސް ކަހަލަ މަޖުބޫރުކަމެއް އޮވެގެނެއް ނޫން. ހިތުން ރުހުމުން.” ރުކާން މިއުވާންއަށް ޔަޤީންކަން ދޭފަދަ ނަޒަރަކުން ބަލާލަމުން ބުނެލިއެވެ.

“ހިނގާ ތިރިއަށް ދަމާ. އަހަރެން ދައްކަން ބޭނުން ވާހަކަ ދެއްކިއްޖެ. ރުކޫ ބޭނުން ވާހަކައެއް އެބައޮތްތަ؟” މިއުވާން އެހެން އަހާލުމުން ރުކާން ނޫނެކޭ ބުނެލިއެވެ. ދެމީހުން ހިނިތުންވެ ތިބެ ސިޑިން ފޭބިއިރު އެދެމީހުންގެ ހިތުގައި ރިހެމުންދިޔަވަރެއް އެނގޭނީ ކާކަށް ހެއްޔެވެ؟

“ބައްޕަމެން ބޭނުންވަނީ މިކައިވެނި ވީހާވެސް އަވަހަކަށް ކުރަން. ދަރިފުޅުމެން ބޭނުންވާ ގޮތެއް ބުނެބަލަ.” ވާހަކަދެއްކީ މާހިރުއެވެ.

“ބައްޕަމެންނަށް ފެނިލައްވާ ގޮތެއް އަޅުގަނޑުމެންނަށްވެސް ރަނގަޅުވާނެ ދޯ ރުކޫ.” މިއުވާން އެހެން ބުނެލުމުން ރުކާން ބޯޖަހާލިއެވެ.

“ދެން ބައްޕަމެންތަ ތާރީޚެއްވެސް ކަނޑައަޅަންވީ؟” ރައޫފް އަހާލިއެވެ. މިފަހަރުވެސް މިއުވާންއާއި ރުކާން އެކަން ދޫކޮށްލީ އާއިލާގެ އަތްމައްޗަށެވެ.

“އެހެންވީމަ މެއި ފަހެއްގަ ކައިވެނި ކުރާގޮތަށް ހަމަޖައްސަމާ.” މާހިރު އެހެން ބުނެލުމުން ރައޫފްވެސް އެކަމާ އެއްބަސްވިއެވެ.

މިއުވާންއާއި ރުކާންގެ ކައިވެނި ކުރާ ތާރީޚު ކަނޑައެޅިއްޖެއެވެ. އެކަމަކީ އެތައް ދުވަހެއް ކުރީއްސުރެ ފެށިގެންވެސް ރުކާން ނުހަނު އެދިހުރި ކަމެކެވެ. ނަމަވެސް މިއަދު އެކަން ހަމަޖެހުމުން އޭނާއަށް މާބޮޑު އުފަލެއް ލިބުނުހެނެއް ހިއެއްނުވެއެވެ. ސަބަބަކީ އޭނާގެ ހިތް އެމީހަކަށްޓަކައި ހިބަކޮށްފައިވާ މިއުވާން ލޯބިވަނީ މިހާރު މިދުނިޔޭގައިވެސް ނެތް މީހަކުދެކެ ކަމަށްވުމެވެ. ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗަކީ ހެއްޔެވެ؟ ނޫންނަމަ ފަސްއަހަރު ވޭތުވެ ދިޔައިރު މިއުވާންއަށް އިއުނާސް މަތިން ހަނދާން ނައްތާލެވެން ޖެހޭނެ ނޫންހެއްޔެވެ؟

ދެއާއިލާއިން ނުހަނު ފޯރީގައި ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔައެވެ. މިއުވާންވެސް ހިތާއި ދެކޮޅަށް ނަމަވެސް އެކަމުގައި ބައިވެރިވަމުން ދިޔައެވެ. އިއުނާސް ދުނިޔޭގައި ނެތްނަމަވެސް އޭނާ އެހެން މީހަކާ ގުޅޭކަށް ބޭނުމެއްނޫނެވެ. މާހިރު އެވާހަކަ ނުދެއްކިނަމަ އޭނާ އެކަމާ ޚިޔާލުވެސް ނުކުރީހެވެ. ނަމަވެސް ބައްޕަ އެހާ ދެރަވެފައި އެކަމަށް އެދޭކަން ހާމަކުރީތީ އޭނާއަށް އެކަމާ ފުރަގަސްދޭން ނުކެރުނީއެވެ.

“ބައްޕާ! އަޅުގަނޑު މިކައިވެނި ކުރަން އެއްބަސްވިޔަސް ވަރަށް ޖެހިލުންވެސްވޭ. އަޅުގަނޑަށް ހީވަނީ މި ކުރަން އުޅެވެނީ ރަނގަޅު ކަމެއްނޫނޭ. އަޅުގަނޑަށް ރުކާންއަށް އެވަރަށް ލޯބިދީ އަޅާނުލެވިދާނެތީ އަޅުގަނޑު ޖެހިލުންވަނީ.” މިއުވާން އެހެން ބުނެލުމުން މާހިރު މިއުވާންގެ ބުރަކަށީގައި ފިރުމާލިއެވެ.

“ދަރިފުޅާ! ކައިވެނިކޮށް ދުވަަސްކޮޅެއްވީމަ ތިކަން މަޑުމަޑުން ހަމައަކަށް އެޅިދާނެ. އަދި ރުކާންދެކެ ލޯބިވެސް ވެވިދާނެ. އެހާ އަވަހަށް އުއްމީދު ކަނޑާނުލާ.” މާހިރު މިއުވާންއަށް ވިސްނައިދިނެވެ. އޭނާއަށްވެސް ދަރިފުޅުގެ އިހުސާސްތައް އެނގެއެވެ. ނަމަވެސް ނެތް މީހަކަށްޓަކައި އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ދިރިއުޅުން ބޭކާރުކޮށްލާތަން ދެކެން ބޭނުންނުވީއެވެ.

ކައިވެނީގެ ވަގުތު ކުޑަތަން ވަމުން ދަނީއެވެ. ރުކާން އިނީ ހިތް ނުތަނަވަސްވެފައެވެ. އެންމެންވެސް ހީކުރީ އެއީ ފުރަތަމަ ފަހަރުކަމަށް ވުމުން ވާގޮތް ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. އޭނާ ނުތަވަސްވެފައި އެއިނީ މިއުވާންއަށް ދެތިންފަހަރު ގުޅުމުންވެސް ފޯނު ނުނެގިތާނގައި ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބު ނުފޮނުވީމައެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭހެން އޭނާއަށް ހީވަނީއެވެ.

ކައިވެނި ކޮށްދޭ މީހުން އަންނަން ބުނެފައިވަނީ އަށްގަޑި ބަޔަށެވެ. ނަމަވެސް އަށެއް ޖެހިއިރުވެސް މިއުވާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. ބަރާބަރު އަށްގަޑި ފަނަރައިގައި ރުކާންގެ ފޯނަށް މިއުވާންގެ މެސެޖެއް ލިބުނެވެ. އަވަސްވެފައިވާ ހިތަކާއިއެކު ރުކާން މެސެޖް ހުޅުވާލިއެވެ.

“ސޮރީ ރުކޫ. ފޯނަށް މައްސަލައެއް ދިމާވެގެން ހަދަން ހަވާލުކޮށްގެން މިއުޅުނީ. އެހެންވެ އެއްވެސް ކޯލަކަށްވެސް މެސެޖަކަށްވެސް ޖަވާބު ނުދެވުނީ. އަދި ކިރިޔާ ފޯނު މި ލިބުނީ. މިހާރު އަހަރެން މި ތައްޔާރުވަނީ. ބަރާބަރު ގަޑިއަށް އަހަރެން ދާނަން.” މިއުވާންގެ މެސެޖް ކިޔާލުމުން ރުކާންއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތް މުޅިން ހަމައެއް ނުޖެހެއެވެ. އޭނާއަށް ފުރިހަމަ ނޭވައެއް ލެވޭނީ މިއުވާންގެ އަނތްބަކަށް އޭނާއަށް ވެވުނީމައެވެ. އިރާދަކުރެއްވިއްޔާ އެކަން ވާކަށް ދެން މާގިނައިރެއް ނެތެވެ.

“ދަރިފުޅާ! އަވަސްކުރޭ. މިހާރު އެންމެން ހަމަވެއްޖެ.” ކައިވެންޏަށް ތައްޔާރުވެގެން އިން ރުކާންގެ މަންމަ ދޮރު ހުޅުވާލަމުން ބުނެލިއެވެ. އެއާއެކު ލައިލާއާއި ރޫޔާ ރުކާންގެ ދެއަތުގައި ހިފައިގެން މަޑުމަޑުން ނުކުތެވެ. އޭރު ރުކާން އިނީ ހަމަ ރަނގަޅަށްވެސް ފިނިވެފައެވެ.

ރުކާން އައިސް އިށީނުމާއެކު ކައިވެނީގެ މަޖިލިސް ފެށިގެން ދިޔައެވެ. މިއުވާންގެ މޫނުމަތިން މާބޮޑު އަސަރެއް ނުފެނުނުއިރު ރުކާން އިނީ ފިނިވެގެން ދެއަތް ދެއަތާ މޮޑެލަމޮޑެލައެވެ.

“އަނބި ޤަބޫލުކޮށްފިން.” ޤާޟީ ދެފަރަކު އަހާލުމުން ކުޑަކޮށް ސިހޭގޮތްވެފައި މިއުވާން ބުނެލިއެވެ. މިއުވާންގެ ދުލުން އެ ދެލަފުޒު ބޭރުވުމާއެކު ރުކާންއަށް ދެލޯ މަރާލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. މިއުވާން ގަދަކަމުން ނަމަވެސް ހިނިތުންވެލީ އޭނާގެ ސަބަބުން އެހެން މީހުންގެ އުފާވެރިކަން ގެއްލިގެން ހިނގައިދާނެތީއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ ހަފްލާ ފެށިއްޖެއެވެ. ހުދުކުލައިގެ އަގުބޮޑު ކައިވެނީގެ ހެދުމުގައި ރުކާން ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. ހަމަ އެގޮތަށް މިއުވާންވެސް ހުދުކުލައިގެ ގަމީސްލައި، ކަޅު ޖެކެޓެއްލާފައި ކަޅު ފަޓުލޫނުގައި ފެންނައިރު އެހާ ނަލައެވެ. އެހާ ފިރިހެންވަންތައެވެ. ހަފްލާއަށް ހާޒިރުވާ ކޮންމެ މީހެއްގެ ދުލުގައިވަނީ ކައިވެނިކުރެވުނު ދެމަފިރިންނަށް ތަޢުރީފާއި ހެޔޮދުޢާއެވެ. ރުކާންގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއްވީއިރު މިއުވާންވެސް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރީ ހިތުގެ ހާލަތު ސިއްރުކުރަމުންނެވެ. މެދުކެނޑުމެއްނެތި މެހެމާނުންނާ ސަލާމްކުރަމުންދިޔަ މިއުވާންގެ ހަރަކާތްތަކަށް ލަސްކަމެއް އައީ ކުއްލިއަކަށް ގޭޓުން ވަދެގެން އައި ބަޔަކު ފެނިފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ދެވަނަބައި)

Next

ލޯބި ވެވުމުން……9

Next
May 3, 2017

ލޯބި ވެވުމުން……9

Previews
May 2, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ދެވަނަބައި)

38 Comments!

  1. Addu manje says:
    May 3, 2017 at 7:17 am

    Varah reethi.. i really love ur stories saandy.. 🙂

    1. Saandy says:
      May 3, 2017 at 10:37 pm

      ThanQ Addu Manje 🙂

  2. Maree says:
    May 3, 2017 at 7:34 am

    WELL ❤❤❤DONE SAANDY

    1. Saandy says:
      May 3, 2017 at 10:38 pm

      ThanQ Maree 🙂

  3. raany says:
    May 3, 2017 at 7:35 am

    V rythi.. nasybakun ehvx buruveri eh noon dhw mi part. Hehe.. sandy raany bny rukaan ge sifa bayaan kohli nama adi v salhi vis ingey

    1. Saandy says:
      May 3, 2017 at 10:40 pm

      ThanQ Raany… Aan dho… Thikahala faadukiyun beynunvany… Eyrun dhw improve kureveyny… Adhi biruveri vaane… Insha Allah 🙂

  4. Shaa says:
    May 3, 2017 at 9:11 am

    Reeethi

    1. Saandy says:
      May 3, 2017 at 10:41 pm

      ThanQ Shaa 🙂

  5. Shax says:
    May 3, 2017 at 11:01 am

    Vara reethi…

    1. Saandy says:
      May 3, 2017 at 10:42 pm

      ThanQ Shax 🙂

  6. Love says:
    May 3, 2017 at 11:14 am

    Mi part ves v v v v v reeth
    Saandy ur the best

    1. Saandy says:
      May 3, 2017 at 10:43 pm

      ThanQ Love 🙂

  7. ithoo says:
    May 3, 2017 at 12:00 pm

    Woww..mi part vx v reethi..a aee anehkaa kaakutha gate un vadhegen..v reethi mi part vx saandy..??

    1. Saandy says:
      May 3, 2017 at 10:44 pm

      ThanQ Ithoo… Next partga en’geyne e-ee kon baehkan 🙂

  8. Appy says:
    May 3, 2017 at 12:06 pm

    Mi bai vx hama superb ingey saandy. …..waiting for next part. …..

    1. Saandy says:
      May 3, 2017 at 10:48 pm

      ThanQ Appy… Next part Fridayga 🙂

  9. Chum handi says:
    May 3, 2017 at 12:08 pm

    vrh salhi… anehkaa e aee naas ge family baa???? btw waiting 4 the next prt…

    1. Saandy says:
      May 3, 2017 at 10:49 pm

      ThanQ Chum handi… Next partga en’geyne e aee kon baehkan… Next part Fridayga 🙂

  10. Ithoo's fan☺☺☺ says:
    May 3, 2017 at 2:46 pm

    Saandy v salhi ekamu mee second favourite enme favourite ee ithoo’s law merey hindhu heevey gaathuga vaahen sorry
    Saandy keep practicing
    Remember practice makes perfect

    1. Saandy says:
      May 3, 2017 at 10:51 pm

      ThanQ Ithoo’s fan… E’ee eves massalaeh noon… Eki kudhinge favorite ah vaany eki story ehnu… Yes… Saandy hama masakkaiy kuraany dhuvahakahvure dhuvaheh improve kureveythoa… Ekamah kiyuntheringe ehy beynunvaane 🙂

  11. imagination says:
    May 3, 2017 at 3:02 pm

    kaakubaa evani… heehee… v salhi mi part ves.. ????

    1. Saandy says:
      May 3, 2017 at 10:52 pm

      ThanQ Imagination… Next partga en’geyne e ee kon baehkanves 🙂

  12. Mary says:
    May 3, 2017 at 4:56 pm

    E ee iunaas ge family dhwww
    …… vvvvv rythi. waitingggg

    1. Saandy says:
      May 3, 2017 at 10:53 pm

      ThanQ Mary… Vedhaane hama… Next part Fridayga 🙂

  13. Cherry says:
    May 3, 2017 at 5:21 pm

    V v v v rythi ???

    1. Saandy says:
      May 3, 2017 at 10:54 pm

      ThanQ Cherry 🙂

  14. hadi says:
    May 3, 2017 at 8:20 pm

    vara hadi mihaa hadi vaahaka eh nukiyan

    1. Saandy says:
      May 3, 2017 at 10:55 pm

      ThanQ Hadi… Eki kudhinnah reethi vaany eki vaahakakan qaboolu kuran 🙂

  15. Nas says:
    May 3, 2017 at 8:20 pm

    Saandy mee biruveri vaahaka eh tha? Loabyge biruveri vaahaka eh kan ebain mention kohlaafa. Ekam ves yageen kohlan mi ahaaly ingey.. story hama varah reethi ?

    1. Saandy says:
      May 3, 2017 at 10:56 pm

      ThanQ Nas… Aan… Loabeege biruveri vaahakaeh… Adhi kuriyah oiythaa biruveri baibai annaane… Insha Allah 🙂

  16. Azuna says:
    May 3, 2017 at 11:50 pm

    V reethi

    1. Saandy says:
      May 4, 2017 at 1:16 am

      ThanQ Azuna 🙂

  17. rym says:
    May 4, 2017 at 12:47 am

    v reeethi 😡 😡

    1. Saandy says:
      May 4, 2017 at 1:18 am

      ThanQ Rym… 🙂 SUBHAANALLAH!! Konkamakaa maa rulhi aissa? :/

  18. Noor says:
    May 4, 2017 at 8:20 am

    Saandy u r the best..v.v.v.nice story

    1. Saandy says:
      May 4, 2017 at 6:40 pm

      ThanQ Noor 🙂

  19. Shifu says:
    October 4, 2017 at 4:32 pm

    Vvvv reethi.

    1. Saandy says:
      October 9, 2017 at 8:29 pm

      ThanQ Shifu 🙂

Comments are closed.

Next Episodeއިއުނާސް (3)←


All Right Reserved!