ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އިސްޖެހިފައި އިން ރިއުމާންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އަތުގައި އަޅާފައި އޮތް ރަން ކެވެލިފަށަށް އިރުއިރު ކޮޅުން ދަމާލާއިރު އެ އިނގިލިތަކުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އޭނާ ވަށައިގެން އެކި މީހުން ހަރަކާތް ތެރިވާކަން އިނގޭ އިރުވެސް ރިއުމާންއަށް އިހުސާސް ކުރެވެނީ އެކަނިވެރިކަމެވެ. އިވޭ ކޮންމެ އަޑަކާއި ފެންނަ ކޮންމެ މަންޒަރެއް ފޭދެމުން ދިޔަހެން ހީވެއެވެ.
“ރިއު..” ކުއްލިއަކަށް އޭނާގެ އަތުގައި ހިފާލަމުން އެނަން ގޮވާލި އަޑަށް ރިއުމާން ހަމަ ބިމަށް ފޭބުނު ކަހަލައެވެ. އޭނާ ކައިރިއަށް ކުޑަކޮން ތިރިވެލައިގެން ހުރި އައްޔާދްގެ މޫނު ފެނުމުން އެހިތުގެ ތެޅުން ހަމައަކަށް އެޅިލިއެވެ. “އައި އެމް ފައިން..” އައްޔާދްއާއި ހަތަރު ކަޅި ހަމަ ނުކުރާން ރިއުމާން ދުރަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އޭރު ކުރިމަތީގައި ހުރި ހުސް ގޮނޑީގައި ގާޒީ އިށީނދެލި އިރު ކޯޓުތެރޭގައި ބައެއް ފުލުހުންގެ އިތުރުން އޭނާއާއި ޖެހިގެން ހާޖަރާއާއި ފާތުމަ އިނެވެ.
“އަހަރެން އަދި ނާހަމެއްނުން އެއްޗެކޭ..” އައްޔާދް ނުކުރާ ސުވާލަކަށް ރިއުމާން ޖަވާބު ދިނީތީ އޭނާ ބުނެލިއެވެ. “ރިއު.. ބަލާބަ.” އައްޔާދް މިހެން ބުނި ނަމަވެސް ރިއުމާންގެ ނަޒަރު އޭނާއަކަށް ނުހުއްޓުނެވެ. “ލުކް އެޓް މީ.” ތަންކޮޅެއް އަޑަށް ބާރު ލާފައި އައްޔާދް ބުނެލުމުން ރިއުމާންގެ މުށި ކުލައިގެ ކަޅި އައްޔާދްގެ ކަޅުކަން ގަދަ ކަޅިއާއި ބައްދަލު ވިއެވެ.
“އިޓްސް ގޮނަ ބީ އޯކޭ. އަހަރެން މިހުރީއެއް ނުން.. ޓްރަސްޓް މީ.” ރިއުމާންގެ މަޑު އަތްތިލައަށް ކުޑަކޮން ފިއްތާލަމުން އައްޔާދް ޔަޤީންކަން ދިނުމުން އޭނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އެވަގުތު އެތަނުގެ ދޮރު ހުޅުވާލުމަށްފަހު ދެ ފުލުހުންނާއި އެކު އެތެރެއަށް ވައިން ޒުބޭރު ފެނި އައްޔާދްގެ އަތުގައި އޭނާއަށް ބާރަށް ހިފައްޓާލެވުނެވެ.
އަތުގައި ބިޑި އަޅުވާފައި ނެތް ނަމަވެސް ދެފުލުހުން އޭނާ ކައިރީގައި ހުރިއިރު ޒުބޭރުގެ ނަޒަރު ސީދާ ހުއްޓުނީ ރިއުމާންއަށްށެވެ. އޭނާ މާލެ ގެނެސް ތަހުޤީޤު ކުރިއަށް ގެންދިޔަތާ ތިން ހަފްތާ ފާއިތުވެ ގޮސް ޝަރީއަތް ފެށުނީ މި އަދި ކިރިޔާއެވެ. އެހައި ދުވަހު ބަންދުގައި ހުރުމުން ތުނބުޅި ދިގުވެފައި ވީއިރު އެ މޫނުމަތިން ފާޅުވަމުން ދިޔައީ ނަފްރަތެވެ. މާލެ ގެނެވުނު ފަހުން ރިއުމާން ހަމަ ލޮލަށް އަދި ކިރިޔާ ފެނުމުން ޒުބޭރު ގާތަށް ނުލަފާ ހިންޏެއް އައެވެ.
ބޯވެފައިވާ ތުނބުޅީގެ ތެރެއިން ފާޅުވި އެ ވިހަ ހިނިތުންވުން ފެނި ރިއުމާންގެ ދެއަތް މުށްކެވުނެވެ. އެހާލުގައި ވެސް ޒުބޭރު އެފާޑަށް އުޅޭތީ އޭނާ އިތުރަށް ފޫހިވިއެވެ. ޒުބޭރުގެ ކިބައިގައި ހަމަ ލަދުގެ ކަންފުޅެއް ވެސް ނެތީބާއޭ އޭނާ ހިތަށް އެރިއެވެ. ޒުބޭރު އެ ގެންދިޔަ ގޮތަށް ގޮސް އޭނާއަށް ހާއްސަ ކުރެވިފައި ހުރި ގޮނޑީގައި ބެއިންދުމުން އޭނާގެ ނަޒަރު ރިއުމާން އިން ވަކިވިއެވެ.
ކޮޅަށް ހުރި އައްޔާދަށް މި މަންޒަރު ފެނި އޭނާއަށް އަމިއްލަ ނަފަސު ހަމައިގައި ބަހައްޓަން ވެސް އުނދަގޫވިއެވެ. އެފަދަ ގޮތަކަށް ރިއުމާންއާއި ދިމާއަށް ޒުބޭރު ބަލައިލީތީ ވެސް އޭނާއަށް ވާނަމަ އެދެލޯ މިހާރު ސަލާމަތުން ނުހުރީހެވެ. ޒުބޭރުގެ ތަހުޤީޤު ކުރިއަށް ދިޔަ ދުވަސްކޮޅު އައްޔާދް ދުރުން އެމަންޒަރު ބަލަން ހުއްޓެވެ. އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވުނު ތަނުގައި އައްޔާދް އޭނަ ކައިރިއަށް ނުދިޔަ ނަމަވެސް އެމީހުން އެކަކު އަނެކަކަށް ބަލާ ބެލުމުން ފޮރުވިފައިވާ ނަފްރަތު އުތުރި އަރަމުން ދާކަން ހާމަވެއެވެ.
ރިއުމާންގެ އަތުން ދޫކޮށްލަމުން ފަހަތަށް ޖެހިލައި އޭނާ އިންނަންވީ ތަނުގައި އިށީނެވެ. ޝަރީޢަތް ފެށިގެން ކުރިއަށް ދިޔަ އިރު ޒުބޭރުއާއި ދެކޮޅަށް ހެކި ހުށައަޅައި ހާޖަރާ ވާހަކަ ދެއްކިއިރު އެއްވެސް ޖެހިލުމެއް ނެތި ޒުބޭރު ހަމަޖެހިލައިގެން އިނެވެ. ހުރިހާކަމެއް ބޭޒާރު ވުމުން ވެސް އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.
އެންމެފަހުން ރިއުމާންއަށް ހެކި ބަސް ދޭން ޖެހޭ ވަގުތު އައިސް ޖެހުމުން އޭނާ މަޑުމަޑުން އިންތަނުން ތެދުވިއެވެ. އިސްނަގައި މިހާ ހަމައަކަށް އެޅިލަމުން އޭނާ ޒުބޭރުއާއި ވާތް ފަރާތަށް ވާގޮތަށް ގޮސް ގާޒީއަށް ކުރިމަތި ވާނެހެން ހުއްޓެލިއެވެ. އޭނާ ޒުބޭރުއާއި ދިމާއަށް ނުބެލި ކަމަކު އެ މުޑުދާރު ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން ރިއުމާންއަށް ރަނގަޅަށް އިނގެއެވެ. ހިނދުކޮޅަކަށް ހިމޭނުން ހުރުމަށްފަހު އެ ދޫ ހަރަކާތް ކުރިއެވެ. އެހިތި މާޒީ އެންމެފަހުން ދުނިޔެއަށް ހާމަކޮށް މުޅި އުމުރު ބަރަކަށްވެ އުފުލައިގެން އުޅުނު ސިއްރުތައް އޭނާ ހާމަ ކުރަންވީ ވަގުތު އައިސް ޖެހުނީއެވެ.
“އަޅުގަނޑު އައިޝަތް ރިއުމާން ޒުބޭރު އެންމެ ހަނދާން ހުންނަ އިރުއްސުރެ ފެށިގެން އުމުރުން ސޯޅަ އަހަރު ވަންދެން އަޅުގަނޑުގެ ބައްޕަ ވަނީ ޖިންސީ ގޮތުން ގޯނާ ކޮށްފައި.. އެކަން ސިއްރު ކުރަން ބިރު ދައްކައި އަނިޔާ ކުރި..” ރިއުމާން ހިތްވަރު ކޮށްފައި ވާހަކަ ދައްކަމުން ދިޔައިރު އެއަޑުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އެ ނަޒަރު އެ ކޮޓަރި ތެރެއިން ގޮސް އައްޔާދްގެ މޫނަށް ހުއްޓުނު އިރު ހިތަށް އިތުރު ތަކުލީފެއް ވިއެވެ. ދެން ބުނަން އުޅޭ ވާހަކަ އޭނާ އައްޔާދަށް ހާމަ ކޮށްފައެއް ނުވެއެވެ.
“އަދި.. ބައްޕަ ވަނީ ފައިސާގެ ބޭނުމުގައި ގަދަކަމުން އަޅުގަނޑުގެ ހަށި ވިއްކާފައި..” ރިއުމާން ހިންދިރުވާލަމުން މިހެން ބުނި ވަގުތު އައްޔާދް މޫނުމައްޗަށް އަރައި ފައިބައިގެން ދިޔަ ކުލަވަރު ފެނި ރިއުމާން އިސްޖަހާލިއެވެ. އައްޔާދްގެ މޫނަށް އިތުރަށް ބަލާނެހައި ހިތްވަރު ނެތިގެން އޭނާ ދެލޯ މަރާލިއެވެ. އެކަން އޭނާ ސިއްރު ކުރީ އައްޔާދްއަށް އިތުރު ތަކުލީފެއް ނުދޭށެވެ.
ގޮނޑީގައި އިން ޒުބޭރު ފާޑަކަށް ރިއުމާންއަށް ލޯ އަޅާލިއިރު އޭނާއަށް ދުރުގައި އިން ހާޖަރާ ފެނި އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. ހާޖަރާ ދަތްކުނޑި ވިކާލައިގެން އިންއިރު އެ މޫނުމަތިން ރުޅިވެރިކަމާއި ނަފްރަތު ނޫން ކުލަވަރެއް ފާޅެއް ނުވެއެވެ. ގާޒީ ކުރަން ބޭނުންވި ސުވާލުތަކަށް ޖަވާބު ދީ ނިމުމުން ރިއުމާން އެތަނުން ދިޔައީ ޒުބޭރުއަށް ބަލައިލުމެއް ނެތިއެވެ. އޭނާ އައިސް ގޮނޑީގައި އިށީނދެލަމުން ހަށި ފުރައި ނޭވާއެއް ލީއިރު ހީވީ ހިތުން އެތަށް ބަރެއް އުފުލިގެން ދިޔަހެނެވެ. ކައިރީގައި އިން ހާޖަރާ ނިކަން ލޯބިން އޭނާ ދަރިފުޅުގައި ބޮލުގައި ފިރުމާލަމުން އަތުގައި ހިފާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. “މި ނިމުނީ ދެން މިކަންތައް އިނގޭ..” ހާޖަރާ މިހެން ބުނެލުމުން ރިއުމާން ބޯ ޖަހާލިއެވެ.
“އައިޝަތް ރިއުމާން ޒުބޭރަށް ޖިންސީ ގޮތުން އަނިޔާކުރި ކަމަށް ކުރާ ތުހުމަތާއި މެދު އަލީ ޒުބޭރު ދެކޮޅު ހަދަންތޯ؟” ގާޒީގެ ސުވާލަށް އިސްޖެހިފައި އިން ޒުބޭރު ވަކި އެއްޗެކޭ ނުބުނެ ހިމޭނުން އިނުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލިއެވެ. ޒުބޭރުގެ މިއަމަލުން ރިއުމާން ހައިރާން ވިއެވެ. ހުރިހާ ހެކިތަކާއި އެކު ޒުބޭރުގެ އަމަލުތައް ބޭޒާރު ވިއެއް ކަމަކު އޭނާ އެހައި ފަސޭހައިން އެކަމާއި ޤަބޫލު ވެދާނެ ކަމަށް ހީވެސް ނުކުރެއެވެ. ނަމަވެސް ދެން ޒުބޭރުއަށް އެކަމުން ސަލާމަތް ވެވެން އިތުރު މަގެއް ނެތް ކަން އިނގުމުން ދެކޮޅު ހެދުމުގެ ބޭނުން ނޯންނާނެކަން ރިއުމާންއަށް ވިސްނުނެވެ.
“ހެކިވެރިންގެ ބަސްތަކާއި ކުރެވުނު ތަހުޤީޤަށްފަހު އަލީ ޒުބޭރު ޝަރީއަތަށް ބުނެލަން ބަހެއް އޮތިއްޔާމު އެ ފުރުސަތު އަރުވަން.” ގާޒީ ޒުބޭރުއަށް އެއްޗެއް ބުނުމުގެ ފުރުސަތު ދިނުމުން އޭނާ އިސްނަގައި ގާޒީއަށް ނަޒަރު ހުއްޓާލިއެވެ. “އަޅުގަނޑަށް ރިއުމާންއާއި ވަކިން ބައްދަލު ކޮށްލުމުގެ ފުރުސަތު ދެވިދާނެ ތޯ.” ޒުބޭރު ޖެހިލުމެއް ނެތި އޭނާގެ އެދުން ހާމަ ކުރުމުން ރިއުމާން ނޭވާ ހިފައްޓާލިއެވެ. ގާޒީ ވިސްނާލަން އިނުމަށްފަހު ވަކި ގޮތެއް ނިންމިއެވެ.
“އައިޝަތް ރިއުމާން މިކަމާއި އެއްބަސް ވާނަމަ މިބައްދަލުވުން ބޭއްވޭނެ ނިޒާމެއް ފުލުސް އޮފީހުން ހަމަޖައްސާ އެކަން ކުރިއަށް ގެންދިއުން އެދެން.” ގާޒީ މިހެން ބުނުމުން އައްޔާދްގެ ނަޒަރު ދުރުގައި ޒުބޭރު އާއި ހަވާލުވެގެން އިން ފުލުސް އޮފިސަރަށް ހުއްޓުނު އިރު އޭނާގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ އެއްވެސް ވަރަކަށް ރިއުމާން ޒުބޭރުއާއި އެންމެ ފިޔަވަޅެއް ވެސް ކައިރި ވާން ނޭދޭ އިރު އެކަން ކުރަން ރިއުމާން ދެކޮޅު ހަދާނެ ކަން އޭނާއަށް ޔަޤީނެވެ.
“މި ޝަރީއަތުގައި މިއަދު ހުށެއެޅުނު ހެކިތަކާއި ކުރެވިފައިވާ ތަހުޤީޤަށް ބަލައި އަލީ ޒުބޭރުގެ މައްޗަށް އަމިއްލަ ދަރިއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހުށައަޅާފައިވާ ދައުވާގެ ހުކުމް އިއްވުން ދެން އޮންނަ ޝަރީއަތެއްގައި ކަނޑައެޅޭނެ. ޝަރީއަތް އޮންނާނެ ވަކި ތާރީޚެއް ފަހުން އިއުލާން ކުރެވޭނެ.” ގާޒީ މިއަދުގެ ޝަރީޢަތް ނިންމާލުމާއި އެކު ޒުބޭރު ގޮވައިގެން ދެ ފުލުހުން އެތަނުން ނިކުތެވެ. އޭރު ހާޖަރާއާއި ފާތުމަ ނިކުންނަން ދިޔައިރު އެމީހުންގެ ފަހަތުން ރިއުމާން ވެސް ހިނގައިގަތެވެ.
އެތަނުން ނިކުތުމަށްފަހު ކޯޓުން ބޭރުގައި މަޑުކޮށްލައިގެން ރިއުމާން ހުރިއިރު ޒުބޭރު ގެންގޮސް އެރުވި ވޭން އެތަނުން ދުއްވާލިއެވެ. ވޭން ދުއްވާފައި ލޯ ކުރިމަތިން ގެއްލެންދެން ބަލަން ހުރި ރިއުމާން ސިހުނީ އައްޔާދްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “ރިއު ނުޖެހޭނެ އޭނައާއި ބައްދަލު ކުރާކަށް.. އަހަރެން ފައިޒަލްއަށް އަންގައިފިން ރިއު ބޭނުން ނުވާ ވާހަކަ..” އައްޔާދް ލައިގެން ހުރި ފުލުސް ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން ބުނެލިއެވެ. ފައިޒަލް އަކީ މި ކޭހުގެ ކަންތަކުގައި އެންމެ އިސްކޮން ހަރަކާތްތެރިވާ ފުލުހަށް ވުމުގެ އިތުރުން އައްޔާދް ގާތް އެކުވެރި އެއްވެސްމެއެވެ.
“އެކީއްވެ؟” ރިއުމާން ހައިރާންވީ އައްޔާދް އަމިއްލައަށް އޭނާގެ ނިންމުން ނިންމީތީއެވެ. “ކީއްވެހޭ؟ ރިއު ނުޖެހޭނެ އެ ޒުބޭރުއާއި ބައްދަލު ކުރާކަށް. ދެޓްސް ނޮޓް ގޮއިން ޓު ހެޕަން.” އައްޔާދް އޭނާގެ ގޮތުގައި ހިފައްޓާލިއެވެ. “ތިއެއް ނިންމާނީ އައްޔާދްއެއް ނޫން އަހަރެން.. އައި ވިލް މީޓް ހިމް. ކީއްވެ އަހާ ވެސް ނުލައި އަމިއްލައަށް ތިގޮތަށް ތި ނިންމީ؟” ރިއުމާން މިހެން ބުނުމުން އައްޔާދްދެ ދެބުމަ ގޮށްޖެހުނެވެ.
“ރިއު މޮޔަވީތަ؟ ކީއްކުރަން ކުރާކަމެއް އެއީ.. އަދި އެވެސް ވަކިން.. އޭނަ ކަމެއް..” އައްޔާދްގެ ވާހަކަ ރިއުމާން މެދު ކަނޑާލިއެވެ. “އޭނައަށް ކޮންކަމެއްތަ ކުރެވޭނީ؟ އަދި އެވެސް ފުލުހުންގެ ބެލުމުގެ ދަށުން.. އައްޔާދަށް ރަނގަޅަށް އިނގެން ޖެހޭނުން އަހަރެން އެކަނި ނޫންކަން ހުންނާނީ.” އައްޔާދް އޭނާގެ ނިންމުމަށް ހުރަސް އަޅަން އުޅޭތީ ރިއުމާނ ހިތްހަމަ ނުޖެހުނެވެ.
“ހެވޭ! މި ބުނީއެއްނުން ނުދެވޭނެޔޭ. މިހާތަނަށް އައިރު ރިއުމާން ބޭނުންވި ކޮންމެ ކަމެއްގައި ވެސް އަހަރެން ސަޕޯޓް ކުރިން. އެކަމު ޒުބޭރުއާއި ބައްދަލު ކުރަން ދާން އަހަރެން ހިތްހަމައެއް ނުޖެހެއޭ.. ރިއު.” މިފަހަރު ވެސް އައްޔާދްގެ ވާހަކަ ރިއުމާން މެދުކަނޑާލިއެވެ. “އިނަފް އައްޔާދް! އަހަރެންގެ އަމިއްލަ ޑިޒިޝަންސް ނަގައިދޭކަށް އައްޔާދް އަދި ނުޖެހޭ.. އަހަރެން ބޭނުން ބައްދަލު ކުރަން. ސްޓޮޕް ކްރިއޭޓިން އަ ސީން..” ހިތްހަމަނުޖެހިފައި ހުރެ ރިއުމާން ދާން ހިނގައިގެން ވަގުތު އައްޔާދް އޭނާގެ އަތުގައި ހިފެއްޓިއެވެ. “ލީވް..” ރިއުމާން އަޑު މަޑުކޮން މިހެން ބުނި ނަމަވެސް އެއަޑުގައި ނުރުހުން އެކުލެވިގެން ވިއެވެ. އިތުރަށް ދެކޮޅު ހެދުމެއް ނެތި އައްޔާދް އޭނާގެ އަތުން ދޫކޮށްލި ނަމަވެސް އޭނާ ހުރީ ރިއުމާންގެ މި ނިންމުމާއި މެދު އިންތިހައަށް ހިތްހަމަނުޖެހިފައެވެ.
****
ކޮޓަރިއަށް ވައިން ގޮތަށް ވަދެ ދޮރު ޖެހުމަށްފަހު ރިއުމާން އެނދުގެ މަގަތުގައި އިށީނދެލިއެވެ. އެ އިން ގޮތަށް އިނދެ އަޅައިގެން ހުރި ޝޯލް އަވަސް އަވަހަށް ބޭލުމަށްފަހު އެނދުމައްޗަށް ޖެހިއިރު މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. ކައިރީގައި އޮތް ރިމޯޓުން އޭސީ ޖައްސާލުމަށްފަހު ރިއުމާން ކަކުލުގައި ދެއަތް ވިއްދާލަމުން ނިއުޅުވާލި އިސްތަށިގަނޑަށް އިނގިލިތައް މަހާލިއެވެ.
މެރިފައިވާ ލޮލަށް ސިފަވަމުން ދިޔައީ މިއަދު ޒުބޭރުގެ މޫނުމަތިން ފެނުނު ކުލަވަރު ތަކެވެ. އެ ބެލުމާއި އެ ވިހަ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އިތުރަށް އުނދަގޫވެއެވެ. އޭގެ އިތުރުން އައްޔާދްގެ އަމަލުތައް ހުރިގޮތުން ވެސް ބޮލުގައި ރިއްސާލިއެވެ. “ދަރިފުޅާ..” ކޮޓަރިއަށް ވައިން ހާޖަރާ ގޮވާލުމުން ރިއުމާން އިސްނަގައި ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ގެނުވިއެވެ. “ކީކޭ މަންމާ.. ހިނގާ ކާން ދޯ.” ރިއުމާން ބެލީ އެވަގުތު ހާޖަރާ ކޮށްފާނެ ސުވާލުތަކާއި ދުރަށް ދެވޭތޯއެވެ.
“ކެވިދާނެ އެއްނުން އަދި.. ބުނެބެލަ އައްޔާދް ކަމަކާ ހިތްހަމަ ނުޖެހިންގެންތަ އެއުޅުނީ. ހީވަނީ ރުޅިއައިސްފައި ހުރިހެން..” ހާޖަރާއަށް ރިއުމާންއާއި އައްޔާދްއާއި ދެމެދު ދެބަސްވުމެއް ހިނގިހެން ހީވުމުން ވީގޮތް އޮޅުން ފިލުވާލަން ބޭނުންވިއެވެ. “އެއީ.. އައްޔާދް ބުނީ އަޅުގަނޑު ބައްޕައާއި ބައްދަލު ކުރަން ދާނެ ކަމެއް ނެތޯ. އަހައި ވެސް ނުލައި ބުނެފި ބައްދަލުކުރަން ބޭނުން ނުވާ ވާހަކަ ބުނެފީމޯ. އެކަމާ ދެކޮޅު ހެދީމަ އޭނަ ހިތްހަމަ ނުޖެހިފައި ހުރީ..” ވިސްނާލަން އިނުމަށްފަހު ރިއުމާން ޖަވާބު ދިނެވެ.
“ދަރިފުޅު ބޭނުންވަނީތަ އަނެއްކާ ޒުބޭރުއާއި ބައްދަލު ކުރަން..” ރިއުމާން އެބުނި އެއްޗެއް ޔަޤީން ކޮށްލަން ހާޖަރާ އަހާލިއެވެ. “އާނ.. ކިހިނެތްވީ؟ މަންމަ ވެސް ހިތްހަމަ ނުޖެހެނީ.” ހާޖަރާ ހިމޭނުން އިނުމުން ރިއުމާން ސުވާލުކޮށްލިއެވެ. “އާނ ދެން މަންމަ ހިތުން ރުހުމުން ބޭނުންމެއް ނުވާނެ ކަންނޭގެ ރިއުމާން އެތަނަށް ފޮނުވާކަށް. އެކަމު ދަރިފުޅު ބޭނުންވަނީ ތިގޮތްކަމަށް ވަންޏާ މަންމަ ދެކޮޅެއް ނަހަދާނަން.” ހާޖަރާ ހިނިތުން ވެލަމުން ރިއުމާންގެ ބޮލުގައި ފިރުމާލިއެވެ.
“ދެން ކީއްވެތަ އައްޔާދަށް ނުވިސްނެނީ މަންމާ. އިނގޭ މި ހުރިހާ ކަމެއްގެ ތެރޭގައި ވެސް އޭނަ ސަޕޯޓިވް ވިކަން. އެކަމު އަޅުގަނޑު ބޭނުންވާ ގޮތް އަހައި ވެސް ނުލައި ގޮސް އެބުނީ.. ދެން ނޭނގެ.” އިސްތަށިގަނޑަށް އަތް މަހާލަމުން ރިއުމާން ހިތްހަމަ ނުޖެހިފައި ވާހަކަދެއްކިއެވެ. ރިއުމާންގެ ވާހަކަ ހުރިގޮތުން އޭނާ ހާސްވެފައި ހުރިވަރު ހާޖަރާއަށް ނަގައިގަނެވުނެވެ.
“މަންމައަށް ވިސްނެޔޭ ދަރިފުޅު ތިބުނާ އެއްޗެއް.. އެކަމު އެއްފަހަރު ވެސް އައްޔާދަށް ވާނެގޮތް ވިސްނާލިންތަ. އޭނަ ބޭނުމެއް ނުވާނެ ދޯ ދަރިފުޅު އަނެއްކާ އެތަނަށް ޒުބޭރުއާއި ބައްދަލު ކުރަން ދާކަށް.. ދަރިފުޅަށް ރަނގަޅަކަށް ދޯ އޭނަ ވެސް ވިސްނާނީ. އެކަމާއި ރުޅި އައިސް ދެމީހުން ދެބަސްވީމަ ކަމަކު ނުދާނެ. އަދި އެވެސް މިކަހަލަ ދަނޑިވަޅެއްގައި.. އައްޔާދަށް އެންމެ ރަނގަޅުހެން ހީވިގޮތެއް އެހެދީ.” ހާޖަރާ ވިސްނައި ދިނުމުން ރިއުމާންއަށް މަންމަ އެބުނީ ތެދު ވާހަކައެއްކަން ފަހުމް ވިއެވެ. އެގޮތަށް ހިތްހަމަނުޖެހިގެން އައީމާ އައްޔާދް ވެސް ދެރަވާނެ ކަން އޭނައަށް އިނގެން ޖެހޭނެތާއެވެ. އޭނައަށް ދެރައެއް ލިބޭފަދަ ގޮތަކަށް ކަންތަން ވާން އައްޔާދް ނޭދޭއިރު މިގޮތަށް ރިއުމާން އަމަލު ކުރުމުގެ ބޭނުމެއް ނެތްކަން ވިސްނުނެވެ.
“ވިސްނޭދޯ މިބުނާ ވާހަކަ..” ރިއުމާން ހިމޭނުން އިނުމުން ހާޖަރާ ބުނެލިއެވެ. ޖަވާބުގައި ރިއުމާން ބޯ ޖަހާލަމުން އަވަސް އަވަހަށް އެނދުމަތީގައި އޮތް އަތް ދަބަހުން ފޯނު ނަގައި އައްޔާދްގެ ނަމްބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅާލުމުން ވެސް ޚަބަރެއް ނުވުމުން ރިއުމާން ފޯނު ބޭއްވިއެވެ. “ފަހުން ގުޅާލާ އަދި. ވެދާނެ މިގަޑީގައި ބިޒީ ކަމަށް ވެސް.. ހަމައަކަށް އެޅެލީމަ ވާހަކަދައްކަން ރަނގަޅު ވާނީ.. ހިނގާ ކާން ދެން.” ހާޖަރާ ހިނިތުން ވެލުމުން ރިއުމާން ފޯނު އަތަށް ލަމުން އެނދުން ތެދުވިއެވެ.
****
“ތެދުވޭ!” ގޮނޑީގައި އިސްޖަހައިގެން އިން ޒުބޭރު އޭނާއަށް އަމުރުވެރި ގޮތަކަށް ގޮވާލި އަޑު އިވި އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. ފުލުސް ޔުނީފޯމުގައި ހުރި އައްޔާދް އެދިމާއަށް ހިނގާފައި އައިރު އޭނާގެ އަތުގައި ބިޑިއެއް އޮތެވެ. ޒުބޭރުގެ މޫނަށް ބަލައިލުމެއް ނެތި އޭނާ އަދިވެސް ގޮނޑީގައި އިނީތީ ނިކަން ބާރަށް ޒުބޭރުގެ މުލައްދަނޑީގައި ހިފައި ކޮޅަށް ނެގިއެވެ. އެއަށްފަހު އޭނާގެ ދެއަތް ފަހަތަށް ލުމަށްފަހު ބިޑިއަޅުވައި ބާރު ކޮށްލި ވަގުތު ވާންވިލެއް ބޮޑުކަމުން ޒުބޭރުއަށް ތަދުވިއެވެ. “އައްދޯތް.. މަޑުން އުޅެބަލަ.” ޒުބޭރު މިހެން ބުނުމުން އައްޔާދް ދަތްކުނޑި ވިކާލި ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އެތަނަށް އައިސް ހުއްޓެލި އޮފިސަރ ފައިޒަލްއާއި ޒުބޭރު ހަވާލު ކުރިއެވެ.
“މާދަން ހެނދުނު އައިޝަތް ރިއުމާންއާއި ބައްދަލު ކުރެވޭނެ ނިޒާމް ހަމަޖެއްސޭނެ.” ޒުބޭރުއާއި ވާހަކަދައްކަމުން ފައިޒަލް މިހެން ބުނެލި އަޑު އިވި އައްޔާދްގެ ދެބުމަ ގޮށްޖެހުނެވެ. ކައިރީގައި ހުރި ޒުބޭރަށް މި މަންޒަރު ފެނި އައްޔާދާއި ދިމާއަށް ހީލަމުން ފައިޒަލްގެ ކުރިން ހިނގައި ގަތެވެ. ޒުބޭރު އެތަނުން ގެންދިއުމުން ފައިޒަލް އައްޔާދަށް ނަޒަރު ހުއްޓާލިއެވެ.
“އޭތް.. މާ ހާސް ނުވެބަލަ. އަހަރެން ހުންނާނަމޭ އެތަނުގައި. ބޭނުމިއްޔާ އައްޔާދަށް ވެސް އެތަނުގައި މަޑު ކުރެވިދާނެ. މީހަކު ނުބުނާނެ އެއްޗެކޭ..” އައްޔާދްގެ ކޮނޑުގައި ކުޑަކޮން ޖަހާލަމުން ފައިޒަލް ބުނެލިއެވެ. އައްޔާދަކީ މަޤާމުން މަތީ މީހެއް ކަމުން އެތަނުގައި އޭނާ ކުރައި ކަންތަކާއި މީހުން ފާޑު ކިޔައެއް ނަހަދައެވެ. ނަމަވެސް އޭގެ ނާޖާއިޒް ފައިދާ ނަގާކަށް އައްޔާދް އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައި ނުވާތީ ފައިޒަލް އޭނާއަށް އިތުބާރު ކުރެއެވެ.
އެތަނުން ނިކުންނަށް ދިޔަ ޒުބޭރަށް ރުޅިވެރި ނަޒަރަކުން ބަލަން ހުރި އައްޔާދް ޖަވާބުގައި އެއްވެސް އެއްޗެކޭ ނުބުނެ ދެއަތް މުއްކަވާލިއެވެ. “ދެން ތި ރުޅިގަނޑު މައިތިރި ކުރާތި އޯކޭ.” އައްޔާދް ހުރިގޮތުން ފައިޒަލް އޭނާއަށް އެކަން ހަނދާން ކޮށްލަ ދިނެވެ. އައްޔާދް ކުޑަކޮން ބޯޖަހާލި ނަމަވެސް އެމޫނުމަތިން ފާޅުވަމުން ދިޔަ ނަފްރަތުގެ ކުލަވަރު ފަނޑެއް ނުވެއެވެ. ޖީބުގައި އޮތް ފޯނު ރިންގުވި އަޑަށް އޭނާ ދުރަށް ޖެހިލައި ފޯނު ނެގިއިރު ގުޅަނީ ލައިބާއެވެ. މާރިއާ ނިޔާވި ދުވަހު ސަހަރާއިން ދިމާވުމަށްފަހު ފަހަކުން ވާހަކަ ދެކެވިފައެއް ނުވެއެވެ.
“ލައިބާ..” ފޯނު ނަގަމުން އައްޔާދް ބުނެލިއެވެ. “ހޭއި.. ކިހިނެތްތަ؟” ލައިބާ އެކޮޅުން ސުވާލުކޮށްލިއެވެ. “ފައިން.. ކިހިނެތްވީ އެހައި ދުވަސް ކޮށްލާފައި ތިގުޅީ. އަހަރެން ހީކުރީ މިހާރު ހަނދާން ވެސް ނެތުނީ ކަމަށް.” ފުލުސް އޮފީހުން ނިކުމެ ބޭރުގައި މަޑުކޮށްލި އައްޔާދްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “އައްޔާދްގެ މަތިން ދުވަހަކު ވެސް ހަނދާން ނެތޭނެތަ؟” ލައިބާގެ ބުނެލި ބަސްތަށް އިވި އައްޔާދްގެ އެ ހިނިތުންވުން ފަނޑުވިއެވެ. “ލައި.. އައި ޑިޑިންޓް މީން އިޓް ލައިކް ދެޓް..” އައްޔާދަށް ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ.
“އައި ނޯ ދެޓް ސިލީ.. ދެން ހަމަ މަޖަލެއް ކޮށްލެވެން ވެސް ނޯންނަނީތަ.. ދެން ތިއެއް ނޫނޭ. ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން މިގުޅީ. އައި އެމް ގެޓިން މެރީޑް” ލައިބާ ދިން ޚަބަރުން އައްޔާދް އިރުކޮޅަކަށް ހިމޭން ވިއެވެ. “ވެލް.. މަރުޚަބާ.” އައްޔާދް މިހެން ބުނެލި ނަމަވެސް އޭނާއަށް އުފާވެރި ކަމެއް އިހުސާސެއް ނުވިއެވެ. “ދެޓްސް އިޓް؟ ނާހާނަންތަ ކާކުތޯ ވެސް؟” އައްޔާދް އިތުރު އެއްޗެކޭ ނުބުނުމުން ލައިބާ ވާހަކަ ދެއްކިއެވެ.
“އައި އެމް ގެސިން އާދިލް ކަމަށް.. ދޯ.” އައްޔާދް ވިސްނާލުމަށްފަހު ޖަވާބު ދިނުމުން އެކޮޅުން ލައިބާގެ ލުއި ހުނުމުގެ އަޑު އިވުނެވެ. “ޔާ.. އާދިލްއާއި.. ހީ އިޒް ދަ ވަން އައްޔާދް. އިނގޭ އަދި ދިމާވިތާ މާ ގިނަ ދުވަހެއް ނުވާކަން.. އެކަމު ވެސް ޔޫ ނޯ ދެޓް ފީލިންގް ވެން ޔޫ މީޓް ދަ ވަން.” ލައިބާގެ ބުނި އެއްޗަކުން އައްޔާދްގެ ޚިޔާލަށް އައީ ރިއުމާންއެވެ. “ކޮން އިރަކުން އިންނަނީ؟” އައްޔާދް ސުވާލު ކޮށްލިއެވެ.
“މިއަންނަ މަހު އިންނަން ކަމަށް.. ކާޑު ފޮނުވާނަމޭ ޑޯންޓް ވޮރީ. ރިއުމާން ވެސް ގެންނަން ވާނެ.. އައްޔާދް. އަހަރެން އަޑުއެހިން ރިއުމާންގެ ވާހަކަ.. އޭނަގެ ބައްޕަ.. ހައު އިޒް ދެޓް ގޮއިން؟” ލައިބާ އެންމެ ފަހުން ކޮށްލި ސުވާލުން އޭނާ އެވާހަކަ ދައްކަން ޖެހިލުންވެފައި ހުރިކަން ހާމަވެއެވެ. “ކޭސް އިޒް އޮންގޮއިން.. ހުކުމް އިއްވުން އަދި ފަހުން އޮތީ. ބަޓް ހީ އިޒް ގިލްޓީ.” އައްޔާދް ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
“އައި އެމް ސޮރީ.. ރިއުމާންއާއި ދިމާ ކޮށްލަން ވެސް ބޭނުން. އެކަމު ނުކެރިގެން މިއުޅެނީ.. އަސްލު ވަރަށް ބްރޭވް އޭނަ.” ލައިބާ މިހެން ބުނުމުން އައްޔާދް އާނއެކޭ ބުނެ އަދި އެއްފަހަރު ކައިވެންޏަށް މަރުޚަބާ ކިއުމަށްފަހު ފޯނު ބޭއްވިއެވެ. ޖީބަށް ފޯނު ލުމަށްފަހު އޭނާ ނޫ އުޑުގައި ދަތުރު ކުރަމުން ދިޔަ ވިލާތަކަށް ނަޒަރު ހުއްޓާލިއެވެ. އަޞުރަށް ގޮވަން ކައިރިވެފައި ވާއިރު ހެނދުނު ކޮފީއެއް ބޯލި ގޮތަށް އޭނާ އަދި އެހުރީ ހުސްބަނޑާއެވެ. ލައިބާގެ ކައިވެނީގެ ޚަބަރު ލިބި ބަނޑުހައިކަން މަތީ ހަނދާން ނެތުނު އިރު އެހިތް ނުތަނަވަސް ވިއެވެ. ރިއުމާން އޭނައާއި އިންނަން އެއްބަސް ވާނެ ބާއޭ ކުއްލިއަކަށް އެހިތް ޝައްކު ކުރަން ފެށީ ކީއްވެ ކަމެއް ޚުދު އޭނާއަކަށް ވެސް ނުވިސްނުނެވެ.
****
ސަޖިދައަށް ގޮސް ތެދުވެ އިށީނދެލި ރިއުމާން ދިޔައީ އިޝާ ނަމާދުގެ ފަހު ރަކުއަތް ކުރަމުންނެވެ. ސަލާމް ދީ ނިމިގެން އޭނާ ހެއްދެވި ފަރާތަށް ދުޢާ ކުރީ ޒުބޭރުއަށް އޭނާ ކުރި ކުށުގެ އަދަބު ލިބި ރިއުމާނަށް މިދުނިޔޭގަޔާއި އާޚިރަތުގައި ވެސް އިންސާފު ދެއްވުމަށް އެދިއެވެ. ދެއަތުން މޫނުގައި ހަމްދު އެޅުމަށްފަހު ފޮށާ ބާލަމުން ފަތްޖަހަން ފެށިތަނާ އެނދުމަތީގައި އޮތް ފޯނަށް މެސެޖެއް އައެވެ. މުޞައްލަ އޮޅާލުމަށްފަހު ރިއުމާން ތެދުވެ ފޯނު ހުޅުވާލި އިރު އޮތީ އައްޔާދްގެ މެސެޖެކެވެ. މެންދުރު ގުޅި އިރު އެއްވެސް ޚަބަރެއް ނުވީތީ ފަހުން ހަވީރު ފޮނުވާލި މެސެޖުގެ ޖަވާބު އެ ލިބުނީ އަދި ކިރިޔާއެވެ.
ބައްދަލުކޮށްލަން ބޭނުން ކަމަށް ބުނެ ފޮނުވި މެސެޖުގެ ޖަވާބުގައި އައްޔާދް ބުނެފައި އޮތީ މިރޭ ބައްދަލު ކުރެވެން ނެތް ކަމެވެ. އަދި މާދަން ހެނދުނު ފުލުސް އޮފީހަށް ދާން ބަލާ އަންނާނެ ކަމަށް ބުނެ ފޮނުވާފައި އޮތް ކުރު މެސެޖުން ރިއުމާންގެ ހިތަށް އަސަރު ކުރިއެވެ. އައްޔާދް އެގޮތަށް އޭނާ ދުރުކުރީކަމުގެ އިހުސާސް ވުމުން ވިސްނެން ފެށީ އެހެން ގޮތަކަށްށެވެ. އަނެއްކާ އައްޔާދް އޭނައާއި ދޭތެރޭ ދެކޭގޮތް ބަދަލު ނޫންވީ ބާއޭ ހިތަށް އެރުމާއިއެކު އޭނާ ހާސްވިއެވެ. އައްޔާދް ވީކޮންތާކުތޯ ބެލުމަށް މެސެޖު ކުރުމުން ޖަވާބުގައި އޭނާ އެވަގުތު ހުރީ ގޭގައި ކަމަށް އައްޔާދް ބުންޏެވެ.
ރިއުމާން އިތުރު ވިސްނުމަކަށް ނުގޮސް އަވަސް އަވަހަށް އާދައިގެ ގޮތަކަށް ބުރުގާ އަޅާލަމުން ކޮޓަރިން ނިކުއިން ވަގުތު ސިޓިން ރޫމުގައި ހަތިމް ހިފައިގެން ޤުރުއާން ކިޔަވަން އިން ހާޖަރާގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. “ދަރިފުޅާ ކޮންތާކަށް މިވަގުތު؟” ހާޖަރާ ހަތިމް ލައްޕާލަމުން އަހާލިއެވެ.
“އެބަ އަންނަން އައްޔާދް ކައިރިއަށް ގޮސްލާފައި.. މަންމަ ކައި އިނގޭ.. އަޅުގަނޑު ނެތް މިރޭ ކާހިތެއް.” އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދިޔަ ރިއުމާން ބުނެލިއެވެ. ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން ތިރިއަށް ފޭބިއިރު އެހިތުގައި އެތަށް ސުވާލުތަކެއް އުތުރި އަރަމުން ދިޔައެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އައްޔާދް ކައިރިއަށް ގޮސް ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން ބޭނުންވެފައެވެ. ޖެހުނު ދެބަސް ވުމެއްގެ ސަބަބުން މިފަދަ ދަނޑިވަޅެއްގައި އައްޔާދް އޭނައާއި ދުރުވާކަށް ރިއުމާން ނޭދެއެވެ. އަވަސް ފިޔަވަޅުތަކެއްގައި މަގުމައްޗަށް ނިކުމެ އެންމެ އަވަހަށް ލިބުނު ކާރަކަށް އަރައިގެން ރިއުމާން މިސްރާބުޖެހީ އައްޔާދްގެ ގެއާއި ދިމާއަށްށެވެ.
****
ލެޕްޓޮޕް އިން ކޭސް ފައިލް ތަކެއް ބަލަން އިން އައްޔާދްގެ ނަޒަރު އެއަށް ހުއްޓިފައި ހުރިކަމަކު އޭނާގެ ޚިޔާލު ވަނީ މުޅިން އެހެން ކަމަކާއި ގުޅިފައެވެ. ރިއުމާން ބައްދަލު ކުރަން ބުނުމުން ވެސް އިންކާރު ކުރެވުނީ ހިތާއި ދެކޮޅަށްށެވެ. އެޚިޔާލުތަކަށް ގެއްލި އިންދައި ކުއްލިއަކަށް ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑަށް އައްޔާދްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ލެޕްޓޮޕް އެނދުމަތީގައި ބައްވާލަމުން ހުސްގަޔާ ހުރެ ލައިގެން ހުރި ސޯޓު މަތި ކޮށްލަމުން ދޮރުގެ ތަޅުގައި ހިފައި ހުޅުވާލި ވަގުތު ކުރިމަތިން ރިއުމާން ފެނި ސިހުނެވެ.
ބުނެވެސް ނުލައި އެގޮތަށް އައިސްފާނެ ކަމަށް އައްޔާދް ހީނުކުރާ އިރު ހުސް ގަޔާ ހުރެވުނުކަން އިހުސާސް ވުމުން އޭނާ އަވަސް އަވަހަށް ކޮޓަރިތެރެއަށް ވަދެ އަލަމާރިން ޓީޝާޓެއް ހޯދަން ފެށިއެވެ. އޭރު ދޮރު ކުރިމަތީގައި ހުރި ރިއުމާން އެހެން ދިމާލަކަށް ނަޒަރު ބަދަލު ކޮށްލަން ނޭނގި އައްޔާދަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިނޫނީ އައްޔާދް ހުސްގަޔާ ފެނިފައި ނުވާއިރު ރިއުމާންއަށް އިޚްތިޔާރަކާއި ނުލައި އޭނާއަށް ބެލުނެވެ.
ގަޔަށް ޓީޝާޓް މަހާލަމުން ފަސްއެނބުރުނު އިރު ރިއުމާން ކަޅި ޖަހާނުލައި ބަލަން ހުރި ގޮތް ފެނި އައްޔާދް ކުޑަކޮން ކަރުކެހެލިއެވެ. ޚީޔާލުތަކަށް ގެއްލިފައި ހުރި ރިއުމާން އެއަޑު އިވި ރަކިވެފައި އިސްޖަހާލި އިރު އެކޮލަށް ލޭއަރައި ރަތްވީ އައްޔާދަށް އޭނާ ބަލަން ހުރިކަން އިނގުމުންނެވެ. “ވަދޭ އެތެރެއަށް..” އައްޔާދް މިހެން ބުނެލިއިރު ބޭރުގައި ހުރި އަނާ އެއްލޯ މަރާލިތަން ފެނި އައްޔާދް ރިއުމާންއަށް ނޭނގޭނެހެން އޭނައަށް ލޯ އަޅާލަމުން ކޮޓަރީގެ ދޮރު ލެއްޕިއެވެ.
“ސޮރީ އަންގާނުލައި އާދެވުނީ ތީ.. އައްޔާދް. އަމް..” ކޮޓަރިތެރެއަށް ވައިން ރިއުމާންގެ ދުލުގައި ތަޅެއް ލެވުނީ ދައްކަން އައި ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. “ކިހިނެތްވީ؟” ރިއުމާންގެ ފަހަތުގައި ހުއްޓިލަމުން އައްޔާދް ބުނެލިއެވެ. “ސޮރީ މިއަދު އެގޮތަށް ކަންތައް ކުރެވުނީތީ. އިނގޭ އައްޔާދް ހިތްހަމަނުޖެހޭކަން ބައްޕައާއި ބައްދަލު ކުރަން ދާން.. އައި އަންޑަސްޓޭންޑް.” ރިއުމާން ފަސް އެނބުރި އައްޔާދްއާއި ކުރިމަތި ލަމުން ވާހަކަދެއްކިއެވެ.
“އެކަމު އަހަރެން ބޭނުން.. ކޮންމެ ގޮތެއް ވިޔަސް ބައްޕަ އަހަންނަށް ދިން އަނިޔާތަކަށް ވުރެ ބޮޑު ކަމެއް ނުކުރެވޭނެ. އައި ނީޑް ދިސް.. އެންމެ ފަހު ފަހަރަށް އެބައްޕައާއި ކުރިމަތިލާ މިހުރިހާ ދުވަހު ކުރި އަނިޔާގެ އަދަބު ލިބޭތަން ދެކެން ބޭނުން. ޕްލީޒް ޑޯންޓް ސްޓޮޕް މީ..” ރިއުމާންގެ ލޮލުން ހިތާމައިގެ އަސަރު ފާޅުވާން ހުރިއިރު އޭނާ އިންތިޒާރު ކުރަމުން ދިޔައީ އައްޔާދްގެ ބަހަކަށްށެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު އައްޔާދް ދެއަތުން އެތުނި އިސްތަށިކޮޅުގައި އަތް ހާކާލިއެވެ.
“އޯކޭ.. ރިއު ބޭނުންގޮތެއް. އެކަމު އަހަރެން އެތަނުގައި ހުންނާނަން..” އައްޔާދް މިހެން ބުނުމުން ރިއުމާން އެކަމާއި ދެކޮޅު ހެދުމެއްނެތި ހިނިތުންވެލިއެވެ. ހިނދުކޮޅަކަށް ދެމީހުން އެއްޗެކޭ ނުބުނެ ދެމިގެން ދިޔަ ހިމޭންކަން ފިލުވާލީ ރިއުމާންއެވެ. “އައްޔާދް.. ޑޫ ޔޫ ވޯންޓް މީ؟” ރިއުމާން ކޮށްލި ސުވާލުން އައްޔާދް ހައިރާންވިއެވެ. “ކީއްވެ ކުއްލިއަކަށް ތިހެން ތި އެހީ..” ޖަވާބު ދިނުމުގެ ބަދަލުގައި އައްޔާދް ކުރީ އިތުރު ސުވާލެކެވެ.
“ޖަވާބު ދީބަ..” ރިއުމާން މިހެން ބުނެލަމުން އައްޔާދްގެ އަތުގައި ހިފާލިއެވެ. “އަފްކޯސް އައި ޑޫ.” އޭނާގެ އަތްތިލައިގެ ވީ ރިއުމާންގެ އަތަށް ބާރު ކޮށްލަމުން އައްޔާދް ބުނެލިއެވެ. “ދެން ކީއްވެ ދުރުކުރަނީތި؟ އައްޔާދް ބުނީމެއްނުން އަހަރެންގެ މާޒީގެ ކޮންމެ ގޮތަކަށް ކަންތައް ވެފައި ހުއްޓަސް ދުލެއް ނުކުރާނަމޭ. އައި ނޯ ދިސް އިޒް ސްޓުޕިޑް.. ހަމަ ކިރިޔާ ދެބަސް ވާއިރަށް މިގޮތަށް ވިސްނަން ނުވާނެކަން. އެކަމު.. އަހަރެން ބިރުގަންނަނީ. އަބަދުވެސް ހިތްވަރު ކުރެވޭތޯ ބަލަން.. ކުޑައިރު ވެސް އަދި މިހާރު ވެސް. އައި ޓްރައި ޓު ބީ ބްރޭވް. އެކަމު މި ހަޔާތަށް އައްޔާދް ނޫނީ މީހަކު ލޯބި ދީފައެއް ނުވޭ.. ހީވަނީ މި ލިބުނު ލޯބި ވެސް ބީވެދާނެޔޭ. އައްޔާދް ފޫހި ވެދާނެޔޭ..” އެއަޑުގައި ރިހުން އެކުލެވުގެން ވީއިރު ރިއުމާން އިސްއުފުލާ އައްޔާދްއާއި ހަތަރުކަޅި ހަމަކުރަން ވެސް ނުކެރުނެވެ.
ރިއުމާންގެ ބަސްތަށް އިވި އައްޔާދްގެ ހިތުގައި ރިއްސާލިއެވެ. ހަޔާތުގައި އެހައި ތަކުލީފަކާއި ހިތާމައެއް ލިބިފައިވާ ކުއްޖަކަށް ހައްޤު ލޯބި އައްޔާދަށް ދެވެން އޮއްވާ މިގޮތަށް އޭނާ ދުރުކުރެވުނީތީ ދެރަވިއެވެ. އިސްޖެހިފައި ހުރި ރިއުމާންގެ މޫނުގައި ދެއަތުން ހިފައި އުފުލާލަމުން ކަރުނަ ބަބުޅަމުން ދިޔަ އެ ދެލޮލަށް އައްޔާދް ގެނބިގެން ދިޔަހެން ހީވިއެވެ. އެ ސިކުންތު ރިއުމާންގެ އެ ދޮން ހިތްގައިމު މޫނާއި ބޯ އެސްފިޔަތަށް ފޫ ދުއްވާލަމުން ވެއްޓުނު ކަރުނަ ތިކި ފެނި އައްޔާދްގެ ހިތް ކަފަކޮޅެއްހައި މަޑުވެގެން ދިޔައެވެ. އެހިތުގައި ރިއުމާންއާއި ދޭތެރޭ ޝައްކެއް އުފެދުނީތީ ވެސް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. މިނޫނީ ފަރާތެއް އެހަޔާތަށް އަންނާކަށް އޭނާ ނޭދެއެވެ.
“ރިއު ހަނދާން ނެތުނީތަ؟ ޔޫ އާ މައި ޓު ބީ ވައިފް. މަޖަލަކަށް ނޫނޭ އެދުވަހު އިންނަން އެހީކީ..” އައްޔާދް މިހެން ބުނުމުން ކަރުނައިގެ ތެރެއިން އެތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. ރިއުމާން ކުޑަކޮން ބޯޖަހާލުމުން އައްޔާދް އޭނާ ގެނެސް އެމޭގައި ފޮރުވާލިއެވެ. “ސޮރީ ފޯ ޓުޑޭ.. ވޭތުވެ ދިޔަ ވީކްސްތަކުގައި އެހައި ސްޓްރެސް ވީމައި އެކަންތައް މި ބޭލުނީ ރިއުއަށް.. އައި އެމް ސޯ ސޮރީ..” ރިއުމާންގެ ބޮލުގައި ބޮސްދެމުން އައްޔާދް ބުނެލިއެވެ.
ކަރުނަތަށް ފޮހެލަމުން ރިއުމާން އިސްނަގައި އައްޔާދްގެ އެ ހިތްގައިމު މޫނަށް ނަޒަރު ހުއްޓާލިއެވެ. “އައްޔާދް ހުންނައްޗޭ މާދަން އަހަރެން ކައިރީގައި..” އެލޮލަށް ބަލަން ހުރެ ރިއުމާން ބުނެލިއެވެ. “ހޫމް.. އުރައިގެން ގެންދާނީ ވެސް.” އައްޔާދް ހިނި އައިސްފައި ހުރެ މިހެން ބުނުމުން ރިއުމާން ހީލަމުން އައްޔާދްގެ މޭމަތީގައި ކުޑަކޮން ޖަހާލިއެވެ. “އިޑިއަޓް.. ވަރަށް ލޯބިވޭ އެކަމު ވެސް.” ރިއުމާން އަނެއްކާ ވެސް އެމޭގައި މޫނު ފޮރުވާލަމުން ބުނެލިއެވެ. “މީ ޓޫ..” ދެމީހުން އެގޮތަށް ހުންނަތާ އިރުކޮޅެއްފަހުން އައްޔާދް ރިއުމާންގެ ހިމަ ލޯލި އިނގިލި ތަކާއި ކުޅަލަމުން ވާހަކަ ދެއްކިއެވެ.
“ލައިބާ ގުޅި މިއަދު.. ޝީ އިޒް ގެޓިން މެރީޑް.” އައްޔާދް މިހެން ބުނުމުން ރިއުމާން ވަގުތުން އިސްނަގައި ދުރަށް ޖެހިލިއެވެ. “އާދިލް؟” ރިއުމާންގެ ސުވާލަށް އައްޔާދް ބޯ ޖަހާލިއެވެ. “ބުނެވެސް ނުލައެއްނުން.. އޯކޭ ދެން. އައި އެމް ހެޕީ ފޯ ދެމް.” ރިއުމާން ހިނިތުން ވެލުމުން އައްޔާދް ވެސް އެކަމާއި އެއްބަސް ވިއެވެ. އެވަގުތު ކޮޓަރީގައި ޓަކި ޖަހާލި އަޑަށް ރިއުމާން ސިހިފައި އައްޔާދްގެ އަތުގެ ތެރެއިން ދެމިގަތެވެ. ހިނި އައިސްފައި ހުރެ އައްޔާދް ގޮސް ދޮރު ހުޅުވާލި އިރު ބޭރުގައި ހުރި އާޒިމް ފެނި އެ މޫނުމަތިން އުފާވެރިކަން ގެއްލުނެވެ.
“ބައްޕާ..” އައްޔާދްގެ އަޑަށް ރިއުމާން ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. ބޭރުގައި ހުރި އާޒިމް ފެނި ރިއުމާން ލުއި ހިނިތުންވުމެއް ރައްދު ކޮށްލި ނަމަވެސް އާޒިމްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. “ކާން ވީއެއްނުން.” އާޒިމް މިހެން ބުނި ނަމަވެސް އައްޔާދް އިންކާރު ކުރުމުން ރިއުމާން ދެބަފައިންނާއި ކައިރި ވެލިއެވެ. “މިއަދު އެއްކޮން ދަރިފުޅު ނުކައި ތިހުރީ..” އާޒިމް މިހެން ބުނުމުން ރިއުމާންގެ ނަޒަރު އައްޔާދަށް ހުއްޓުނެވެ.
“ތެދެއް؟ ކަމަކު ނުދާނެ.. ކާން ވާނެ.” ރިއުމާން މިހެން ބުނުމުން އައްޔާދަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. “އާދެ ރިއުމާން ވެސް ކާން..” އާޒިމް އެހައި ހިތްހެޔޮކޮން މިހެން ބުނުމުން ރިއުމާން ހައިރާން ވިއެވެ. “އަޅުގަނޑު..” ރިއުމާން ބުނާނެ އެއްޗެއް ނޭނގި އާޒިމްއަށް ނަޒަރު ހުއްޓާލިއެވެ.
އާޒިމް ހަމަޖެހިލަމުން ފުންނޭވާއެއް ލިއެވެ. “އާނ.. އާދެ ކާން. ތިއީ މިހާރު ހަމަ މިގޭ ކުއްޖެއް.. ރިއުމާން. ކުރީގައި އަހަންނަށް ކަންތައް ކުރެވުނީކީ ރަނގަޅަކަށް ނޫން.. ލަދު ވެސް ގަނޭ މިހެން ބުނަން. މަޢާފްކުރަން ދަތިވާނެކަން އިނގޭ.. އައްޔާދް ހިއެއް ނުވޭ ދުވަހަކު ވެސް މަޢާފް ކުރާނެ ހެންނެއް.. އެކަމު ރިއުމާން ތިއީ. ތިއީ ވަރަށް ތަފާތު ކުއްޖެއް.. އެހެންވީމަ..” އާޒިމްގެ ވާހަކަ ރިއުމާން މެދުކަނޑާލީ އެގޮތަށް އާޒިމް އޭނާ ކިބައިން މަޢާފަށް އެދޭ އަޑު އަހަން ބޭނުން ނުވީތީއެވެ.
“ނޫން އަންކަލް.. އަޅުގަނޑު ފަރާތުން މަޢާފަށް ނޭދޭ.. އަންކަލްއާއި ދޭތެރޭ އެއްވެސް ވަރަކަށް ހިތްބުރަ ކަމެއް ނެތް. އެހެންވީމަ ވޭތުވެ ދިޔަ ކަންތަކުގެ ވާހަކަ ނުދައްކަމާ ދެން.” ރިއުމާންގެ ހުރި ހިތްހެޔޮކަން ފެނި އާޒިމްގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނާ އެއް އިރެއްގައި މިކަހަލަ ރަނގަޅު ކުއްޖަކާއި އައްޔާދް ގުޅެން ނުރުހުނީތީ ވެސް ލަދުގަތެވެ.
“މައްސަލައެއް ނެތް.. އެކަމު މީގެފަހުން އަންކަލް ނުކިޔާތި. ބައްޕަ ކިޔަން ވާނީ.. އެހެންނުން އައްޔާދް.” އައްޔާދްގެ ކޮނޑުގައި ޖަހާލުމުން އޭނާ ހިނިތުންވެލަމުން އާޒިމް އާއި އެއްބަސް ވިއެވެ. އެހައި ދުވަހަށްފަހު ދެބަފައިން ދޭތެރޭ އޮތް ދުރުހިލޭކަން ކުޑަވާން ލިބުނު ފެށުމެއް ކަމަށް އާޒިމް މިކަން ނިންމި އިރު އެހިތަށް ލުޔެއް ލިބުނެވެ. މިއަދު މާރިއާ ދުނިޔޭގައި ހުރިނަމަ އޭނާ ވެސް އުފާވާނެކަން ޔަޤީނޭ އާޒިމް ހިތަށް އެރިއެވެ.
****
ދިއްލާފައި ހުރި ދެ ލައިޓުން އެ ކުޑަ ކޮޓަރިތެރެއަށް އަލިކަން ގެނުވާފައި ވީއިރު މޭޒުގެ އެއްފަޅީގައި އިސްޖެހިފައި އިން ޒުބޭރު އިނީ އޭނާގެ އަތުގައި އަޅުވާފައި އޮތް ބިޑިއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ އިރުއިރު ކޮޅުން އެ ކޮޓަރީގެ ދޮރާއި ދިމާއަށް ކަޅި ހިންގާލާއިރު ބޭރުގައި ދެފުލުހުން ތިބިއިރު އިތުރު ބަޔަކު ފެންނާކަށް ނެތެވެ. އޭނާ އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީ ދުރުން އިވުނު އަޑުންނެވެ. އެއީ އޭނާއަށް އޮޅޭނެ އަޑެއް ނޫނެވެ.
“މީތަ؟” ރިއުމާން ކޮޓަރި ތެރެއަށް ބަލައިލަމުން މިހެން ބުނެލި ވަގުތު އިސްޖަހައިގެން އިން ޒުބޭރު އޭނައާއި ކަޅި ހަމަކުރިއެވެ. ރިއުމާން އެއްޗެކޭ ނުބުނެ ހިމޭނުން ހުރިއިރު އޭނާގެ ފަހަތުން ފައިޒަލް އެތެރެއަށް ހިނގައިގަތެވެ. “އަހަންނާއި އައްޔާދް މަޑު ކުރާނަން މިތާ ދޮރު ކައިރީގައި.. ވަކިން ބައްދަލު ކުރަން އެދިފައި އޮތީމަ. ދިހަ މިނެޓް ލިބޭނީ.” ފައިޒަލް މިހެން ބުނުމުން ރިއުމާން ބޯ ޖަހާލަމުން ކައިރީގައި ހުރި ގޮނޑި ދަމާލަމުން އިށީނދެލިއެވެ. އައްޔާދް ދަމުން ރިއުމާންއަށް ހިނިތުން ވެލިއިރު މި މަންޒަރު ބަލަން ޒުބޭރު އިނެވެ.
ދެ ފުލުހުން ގޮސް ދުރުގައި މަޑުކޮށްލުމުން ރިއުމާން ހަމަޖެހިލަމުން ޒުބޭރުއާއި ކުރިމަތިލިއެވެ. ދެމީހުން ވެސް އެއްޗެކޭ ނުބުނެ ހިމޭނުން ތިބިތާ ދެތިން މިނެޓު ފާއިތުވެގެން ދިއުމުން ރިއުމާން އެންމެފަހުން ވާހަކަދެއްކިއެވެ. “ބުނަން ބޭނުން އެއްޗެއް ނެތިއްޔާ ކީއްކުރަން ބައްދަލު ކުރަން އެދުނީކީ؟” ރިއުމާންގެ އަޑުގައި ނުރުހުން އެކުލެވިގެން ވީ ނަމަވެސް އޭނާ މަޑުމައިތިރި ކަމާއިއެކު ސުވާލު ކޮށްލިއެވެ.
“ކާކު ބުނީ އަހަރެން ރިއުމާންއާއި ބައްދަލު ކުރަން އެދުނީ ވާހަކަދައްކާށޭ. އަހަރެން ބޭނުންވީ ހަމައެކަނި ތި ލޯބި މޫނު ދެކިލަން.” އެއްވެސް ޖެހިލުމެއް ނެތި ޒުބޭރު ބުނެލި ބަސްތަކުން ރިއުމާން ހައިރާންވެ އަންތަރީސް ވީއިރު އައިސްފައި ހުރި ރުޅި އިތުރުވިއެވެ. ދޮރު ކަނީގައި ލެނގިލައިގެން ހުރި އައްޔާދްގެ ދެއަތް މުއްކެވުނު އިރު އޭނާގެ ތޫނު ނަޒަރު ޒުބޭރުއަށް ހުއްޓުނެވެ. ދުރުގައި އިން ޒުބޭރުއަށް މި މަންޒަރުފެނި އޭނާ ގާތަށް ލާނަތް ހިންޏެއްއައެވެ.
“އެއީ ދޯ ތި އިންނަން މޮޔަވެގެން އުޅޭ ފިރިހެނަކީ. ހާދަ ވަރެކޭ އެވަނީ.. އަނެއްކާ އޭނައަށް ވެސް ތި ފަރިކަން ދެއްކީ ދޯ. ޔަޤީނޭ އެއީކަން ކަލޭ ގައިން ގަނޑަކީ.. ހީކުރީ ދޯ އޭނަ މާ ލޯބިންނޭ އެއުޅެނީ. ބަލަ ބޭނުންކޮށްފައި އެއްލާލި އެއްޗެއް ކާކުތަ ބޭނުން ކުރާނީ.” ޒުބޭރު ދައްކަމުން ދިޔަ ވާހަކަތަކުން ދުރުގައި ހުރި އައްޔާދް ރޫރޫ އަޅަމުން ދިޔަ ކަހަލައެވެ. ކަތުރު ކަށިގަނޑަށް ބާރުކޮށް ލެވުނުއިރު އަތުންފައިން ގޯހެއް ނުހެދި މަޑުން ހުރެވޭކަން ހަމަ ކިރިޔާއެވެ.
ރިއުމާންގެ މޫނުމަތިން ހަމަޖެހުން ފާޅުވަމުން ދިޔަ ކަމަކު އެތެރެއިން އަނދަ އަނދާ ހުރި އަލިފާނޑަކަށް ޕެޓްރޯލް ޖެހީމައި ހުޅުހިފައިހެން އެނަފްރަތު އަނދަމުން ދިޔަ ކަހަލައެވެ. “ހީކުރީ ތިހުރިހާ އެއްޗެއް ކީމައި އަހަރެން ރޮއެ ދެރަވާނެ ކަމަށްތަ. މިނޫނީ އަދި މިހިތަށް ހިތްހަމަޖެހުން ލިބުނު ދުވަހެއް ނާދޭ.. ތިގޮތަށް ބިޑި އަޅުވައި ހައްޔަރު ކޮށްފައި އިން މަންޒަރު ދެކެން އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ. މުޅިން ބޭޒާރުވެ ފަޞީހަތް ވެގެން ދިޔަ މަންޒަރު ފެނުމުން އަހަރެން ހާދަ އުފަލެއް ވިޔޭ.. އެކަމު ތިކަހަލަ މުޑުދާރު މީހެއް ކިބައިގެން ލަދުގެ ކުޑަ މިންވަރެއް ވެސް ނެތީތީ އަހަރެން ހައިރާނެއް ނުވޭ. ތިގޮތަށް ހެވިފައި އިނދެ އެންމެން ކުރިމަތީގައި ތި ކިޔާ އެއްޗެހި އަންދާޒާ ކޮށްލެވޭނަމަ މީހަކަށް މޫނު ދައްކާލަން ވެސް ނުކެރުނީސް. ކީއްކުރާނީ.. އަމިއްލަ އެދުމާއި ބޮޑާކަމުން ފޯވެ ހެވައި ނުބައި ވަކި ނުވާ މީހަކު ކޮން ލަދެއް ގަންނާނީ.” ރިއުމާޏްގެ ވާހަކަ ކަނުލާ އަޑުއަހަމުން ދިޔަ ޒުބޭރުގެ މޫނުމަތިން މިހާރު ފާޅުވަމުން ދަނީ ރުޅިވެރިކަމެވެ.
އެ މޫނުމަތިން މިހާރު ފާޅުވަމުން އެދައި ކުލަތަކަކީ ރިއުމާންއަށް އާ ކަމެއް ނޫނެވެ. އެންމެ ކުޑައިރު އެބެލުމަކުން ބިރުން ރޫރޫ އަޅުވާލި ނަމަވެސް މިއަދު އެބެލުން ވީ އޭނާއަށް ލިބުނު ހިތްވަރަކަށްށެވެ. “ކިހިނެތްވީ؟ ހަޤީޤަތް ޙަޖަމް ނުވީތަ.. ތިއީ ހަމަ ނުބައި ނުލަފާކަމުން ހައްދަ ފަހަނަ އަޅާފައި ހުރި މީހެއް.. އަމިއްލަ ޅަ ދަރިފުޅުގެ ގަޔަށް އެރިއިރު ރަހުމުގެ ކަންފުޅެއް ކީއްކުރަން ބިރުވެރިކަމެއް ވެސް ނުވައިން. ކަލޭ ތިއީ ފިރިހެނުންނަށް ހުރި ބޮޑު ލަދެއް!” ރިއުމާން ޖެހިލުމެއްނެތި ބުނެލި ބަސްތަކުން ޒުބޭރު ހަމައިން ނެއްޓިއެވެ.
“އޭތް!” ޒުބޭރުގެ ހަޅޭކުގެ އަޑު އެކުޑަ ކޮޓަރި ތެރޭ ހިފާލުމާއި އެކު ދެން ފެނުނީ އޭނާ ރިއުމާންގެ ކަރުގައި ހިފި މަންޒަރެވެ. ދުރުގައި ހުރި އައްޔާދް އެންމެ ސިކުންތެއް ވެސް މަޑު ކުރުމެއްނެތި ދުމެއް ޖަހާފައި އެދިމާއަށް ދިޔަ ވަގުތު ފަހަތުން ފައިޒަލްގެ އިތުރުން ބޭރުގައި ތިބި ދެތިން ފުލުހުން ވެސް ވަނެވެ.
އައްޔާދް އެދުޔަ ބާރު މިނުގައި ގޮސް ޒުބޭރު ލައިގެން ހުރި ގަމީހުގެ ކަރުވަޅުގައި ހިފައި ލަތްކެއް ޖެހުމަށްފަހު ފަހަތުގައި ހުރި ފާރަށް ގޮސް އަރުވާލިއެވެ. “އަތްނުލާތި މަގޭ ރިއުމާން ގައިގައި!” ޒުބޭރުގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި އައްޔާދްގެ އަޑުގައި އެހެންނޫނީ ނުހުންނަ ބަރުކަމެއް އެކުލެވިގެން ވިއެވެ. އެއަޑު އެތަނުގައި ގުގުމާލިހެން ހީވިއިރު އައްޔާދް އައިސްފައި ހުރި ރުޅިން ތުރުތުރު އަޅަމުން ދިޔަ ކަހަލައެވެ.
“ވަރަށް އަނިޔާ ކުރެވިއްޖެ އޭނަޔަށް..” ޒުބޭރު ލައިގެން ހުރި ގަމީހުގެ މޭމަތި އައްޔާދްގެ އަތަށް އޮޅާލެވިފައި ވީއިރު ކުއްލިއަކަށް ޒުބޭރު އޭނަގެ މޫނަށް ކުޅުޖެހިއެވެ. “ކަލޭގެ ރިއުމާންގެ އިއްފަތްތެރި ކަމާއި ހުރިހާ އެއްޗެއް އަހަރެން އޭނާ ފަރާތުން ނިގުޅައި ގެންފިން. ކަލޭއަށް ލިބޭނީ ބޭނުން ކޮށް އެއްލާލާފައި އޮތް ބާ އެއްޗެއް!” ޒުބޭރުގެ ދުލުން އެބަސްތައް ބޭރުވުމާއި އެކު އައްޔާދް ކުޑަކޮން ނަމަވެސް އަމިއްލަ ނަފްސު ހިފައްޓައިގެން ހުރި މިންވަރު ދޫވެގެން ދިޔައެވެ.
ޒުބޭރުގެ ނޭފަތް މައްޗަށް ގޮށްމުއްކަވާފައި އައްޔާދް އެތިފަހަރަށް އަރުވާލުމާއި އެކު ލޭތަށް ހޯސްލާފައި ފައިބައި ގަތެވެ. އޭނާ އަނެއްކާވެސް ގައިގައި ހުރި ބާރެއް ލާފައި ޒުބޭރުގެ މޫނަށް ހަމަލާދިނެވެ. މިހާރު ފާރުބުޑަށް ތިރިވަމުން ދިޔަ ޒުބޭރުގެ ގައިމަތީގައި ހުރި އައްޔާދްގެ މޫނުމަތިން ދުވަހަކުވެސް ނުފެންނަ ސިފައެއް ފާޅުވަމުން ދިޔައެވެ. “ޔޫ.. ބްލަޑީ.. ބާސްޓެ..” އައްޔާދް ހުއްޓުމެއްނެތި ޒުބޭރުއަށް އަނިޔާ ކުރަމުން ދިޔައިރު ދެ ފުލުހުން ވެގެން އޭނާ ދުރު ކުރި ނަމަވެސް އައްޔާދް އެމީހުން ފޮޅުވާލިއެވެ. ނަމަވެސް އެވަގުތު އޭނާގެ ހަރަކާތްތަށް ހުއްޓުނީ ރިއުމާންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
“އައްޔާދް.. ހުއްޓާލަބަލަ.. ޕްލީޒް.” ރިއުމާން އެއައި ގޮތަށް އައިސް އައްޔާދްގެ އަތުގައި ހިފުމުން އޭނާގެ ހަރަކާތްތަށް ހުއްޓުނެއް ކަމަކު މައި ނޭވާ ލަމުން ދިޔައެވެ. ދެއަތުން އައްޔާދްގެ މޫނުގައި ހިފައި އޭނާގެ ނިތުގައި ރިއުމާން އަމިއްލަ ނިއްކުރި ޖައްސާލިއެވެ. “ޝޫޝް.. ސްޓޮޕް އިޓް..” ރިއުމާން ވައި އަޑުން ވާހަކަ ދެއްކިއިރު ދެލޯ މަރައިގެން ހުރި އައްޔާދް އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.
“ނެރޭ އޭނަ މިތަނުން.. ގެންގޮސް ގޮޅިއަށް ލާ.” ފައިޒަލްގެ އަމުރަށް އެތަނުގައި ތިބި މީހުން ޒުބޭރު ނަގައި އަތުލަފިކޮށްގެން އެތަނުން ނެރުނު އޭނަގެ ނޭފަތް ފަޅައިގެން ގޮސްފައި ވިއިރު ލޯމަތި ނޫފައި ގައިންފައި ވެއެވެ. “އެގެންދިޔައީ.. އިޓްސް އޯވާ. އައި އެމް ހިއާ. ދެން ދުވަހަކު ވެސް އޭނަ އަހަންނާއި ކައިރިއެއް ނުވާނެ.” އައްޔާދްގެ ކޮނޑުގައި ފިރުމާލަމުން ރިއުމާން ބުނެލިއެވެ.
“ދެން ނާންނާނެ.. ދެން ދުވަހަކުވެސް ރިއުއާއި ކައިރިއެއް ނުވާނެ.” އައްޔާދް ވައި އަޑަކުން މިހެން ބުނެ ލޯ ހުޅުވާލަމުން ރިއުމާންގެ އެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އަދި މަޑުމަޑުން އެދޮން ކޯތާފަތުގައި އިނގިލިން ފިރުމާލި އިރު އަތުގައި ހުރި ލޭ ފެނި އޭނާ ފަސްޖެހުނެވެ. “އިޓްސް އޯކޭ.. ހީ ޑިޒާވްޑް އިޓް.” ރިއުމާން ލުއި ހިނިތުން ވުމެއް ދިން ވަގުތު އައްޔާދްގެ ލޮލަށް ޖަމާވި ކަރުނައިގެ ހިމަ ރޮނގު އޭނާ ފޮހެލަދިނެވެ. އައްޔާދް ހިންދިރުވާލަމުން އެވަގުތަށް އެހެން ހުރިހާ ކަމެއް ޚިޔާލުން ބޭރު ކޮށްލިއެވެ. މިވަގުތު އެއީ ހަމައެކަނި އެމީހުންގެ ވަގުތު ކޮޅެވެ. އެއީ އޭނާގެ ރިއުމާންއެވެ.
****
ހުކުމް އިއްވި ދުވަހަކީ ރިއުމާންގެ ހަޔާތަށް އާ ފެށުމެއް ލިބުނު ދުވަހެކެވެ. ޒުބޭރު ވިހި އަހަރަށް ޖަލަށް ލެވުނު އިރު އޭނާ ބިޑި އަޅުވައިގެން ގެންދިޔަ މަންޒަރު ބަލަން އޭނާ ފެންކަޅި ވެފައި ހުރީ ލިބުނު ހިތާމަޔަކުން ނޫނެވެ. ނަމަވެސް ލިބުނު ހިތްހަމަޖެހުމާއި އުފަލުންނެވެ. އޭގެ ދުވަސް ކޮޅެއްފަހުން ހާޖަރާ ވަރިވާން ފޯމު ލައި އެކަން ވެސް ނިމިގެން ދިޔުމުން ޒުބޭރުގެ ވަކިތަކުން ދެމައިން ސަލާމަތް ވިއެވެ.
ރިއުމާން މަސައްކަތް ކުރާ ވެބްސައިޓުގައި އޭނާއަށް ދިމާވި ހާދިސާއާއި އެހަޔާތުގެ މައްޗަށް ރިޕޯޓެއް ލިޔުމުން ގިނަ ބައެއްގެ ސަމާލު ކަމާއި ހިތްވަރުގެ ބަސްތައް އޭނާއަށް ލިބުނެވެ. އެފަދަ ގިނަ ކުދިންނަށް ރިއުމާންގެ ވާހަކަ ހިތްވަރަކަށްވެ އެދުވަސް ވަރު ފުލުހުންނަށް އެކަހަލަ އެތަށް މައްސަލަ ތަކެއް ހުށައެޅިގެން ދިޔައެވެ. ރިއުމާންގެ ހަޔާތަށް އާދިރުމެއް ލިބިގެން ދިޔައީ އެ ވަންހަނާ ކުރި އަނދިރިކަމަށް އުޖާލާކަމެއް ފާޅު ކުރެވުނީތީއެވެ.
****
އޮއްސެމުން ދިޔަ އިރުގެ ރަން ދޯދިތައް މާލޭގެ ސޯލްޓް ކެފޭގެ ޓެރެސްއަށް އެޅިފައި ވީއިރު މުޅިތަން ވަނީ މާމެލާ މެލިން ފަރުމާ ކުރެވިފައެވެ. އެތަށް ބައެއް އެތަނުގައި ހަރަކާތްތެރި ވަމުން ދިޔައިރު އުފާވެރި ކަމާއި ހުނުމުގެ އަޑު އިވެމުން ދިޔައެވެ. ލައިބާއާއި އާދިލް ދެމަފިރިން އާޒިމްއާއި ވާހަކަ ދައްކަން ތިބިއިރު އަނާ އުޅުނީ ނަދާއާއި އެކު ފޮޓޯ ނެގުމުގައެވެ. ދުރުގައި ހާޖަރާ ހިނިތުންވެ އޭނާ ދަރިފުޅަށް ނަޒަރު ހުއްޓާލައިގެން އިންއިރު ރިއުމާންގެ އެ ހިނިތުންވުން އަބަދަށް ލެއްވުމަށް އެދި ދުޢާ ކުރެވުނެވެ.
އައްޔާދްގެ އަތުތެރޭގައި ހުރި ރިއުމާން ލައިގެން ހުރި ހުދު ހެދުން ލޭޒް ފޮތިން ފަރުމާ ކުރެވިފައި ވީއިރު ފަހަތަށް ދިގުކޮން އޮތް ބައި އެހިސާބުގައި ފެތުރިފައި ވިއެވެ. އެ ދޮން މޫނު މޭކަޕުން އިތުރަށް ފުރިހަމަ ކޮށްލެވިފައި ވީއިރު ތުންފަތުގައި ވަނީ ރަތް ކުލައަށް ވުރެ ގަދަ ކުލައެއް ޖައްސާލެވިފައެވެ. އެކަޅި ރަވަ އަނދުނުން ފަވާލެވިފައި ވީއިރު ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.
އައްޔާދް އޭނާ ލައިގެން ހުރި ކޯޓު ބޭލުމުން ހުރީ ހުދު ގަމީހަކާއި ކަޅު ވެސްޓެއްގައި ޓައީ އަޅައިގެންނެވެ. އެ ގަމީސް ގައިގައި ހިފާފައި ވީއިރު ރިއުމާންގެ ނަޒަރު އޭނާއިން ވަތްކެއް ނުވެއެވެ. ޖަހާފައި ހުރި ހިތްގައިމު އިނގިރޭސި ލަވައިން ފަޅުކަން ފިލުވާލެވިފައި ވާއިރު ދެމީހުން އެ ލަވައަށް އެކަކު އަނެކަކުގެ އަތުތެރޭގައި ވިއެވެ.
‘ޑާންސިން އިން ދަ ޑާކް، ޔޫ ބިޓްވީން މައި އާމަސް
ބެއަރ ފޫޓް އޮން ދަ ގްރާސް، ލިސްނިން ޓު އަވާ ފޭވްރިޓް ސޯންގް،
ވެން ޔޫ ސެއިޑް ޔޫ ލުކްޑް އަ މެސް، އައި ވިސްޕާޑް އަންޑަނީތް މައި ބްރެތް
ބަޓް ޔޫ ހާޑް އިޓް، ޑާލިން ޔޫ ލުކް ޕާފެކްޓް ޓުނައިޓް’
އެހިތްގައިމު ލަވައަށް ދެމީހުން އެކަކު އަނަކެއްގެ ލޮލަށް ގެނބިގެން ދިޔައިރު ވަށައިގެންވި މާހައުލު ހުއްޓުނު ކަހަލައެވެ. “ވައިފް..” އައްޔާދް މިހެން ބުނެލުމުން ރިއުމާން ހިނިތުންވެލިއެވެ. “ހަޒްބަންޑް.. ހެހެ” އޮއްސެމުން ދިޔަ އިރު ރަތް އަލި އެމޫނަށް އެޅިފައި ވާއިރު އެ މަންޒަރު އައްޔާދް އޭނާ ހަނދާނުގައި ފޮރުވާލިއެވެ. އެތަށް ހިތާމަތަކަކާއި ވޭނަކަށްފަހު މިއަދު އައްޔާދްގެ އަތުގެ ހިމާޔަތް ލިބުނީ ރިއުމާންގެ ހުރިހާ އެދުމެއް ފުރިހަމަ ވީއެވެ. މުޅި އުމުރު ވެސް އެ ހިމާޔަތް ދަށުގައި ވޭތުކޮށްލުމީ އޭނާގެ އެންމެ ފަހު އެދުމެވެ.
“ޔޫ ލުކް ޕާފެކްޓް ޓުނައިޓް..” އައްޔާދް ވައި އަޑުން ލަވައާއި އެއްވަރަށް ކިޔާލުމުން ރިއުމާން ލަދުން އިސްޖަހާލިއެވެ. އައްޔާދްގެ މޭގައި ބޯ އަޅާލަމުން ދުރުން ފެންނަން އޮތް މާ ސިންގާ ކަނޑަށް ނަޒަރު ހުއްޓާލިއިރު ރަތް ވިލާގެ ދަޅައިން ރާޅުތައް ބަބުޅަމުން ދިޔައެވެ. އުޑުގެ ބޯ ވިލާތަށް އިރު ފޮރުވާލި އިރު ރިއުމާން ދެލޯ މަރާލީ އާ ހަޔާތަކަށް ލޯ ހުޅުވާލުމުގެ އުއްމީދުގައެވެ.
-ނިމުނީ-
35 Comments!
Comments are closed.



Hello everyone. It is still sat and i kept my word. This is it. Hope you enjoyed the roller costar ride and apologies for the extreme delays. I can’t thank you enough for the support and love you guys give me. THANK YOU SO MUCH from the bottom of my heart. My readers are the best.
Let me know your views. And please do listen to the song at the end. It’s Ed sheeran’s Perfect, i’m currently obsessed over the song so had to include it. Would be nice if you read that part while playing it. Ok i’m done talking, love you guys and hope to see you again in the future with new story in sha allah.
PS. sorry for any mistakes, didn’t get time to edit much.
A BIG HUG AND LOVE <3 Will miss you all dearly.
V v v v nice. Layaal…. ues that song is onr of my fav. Oh god!!!! E song leema enme perfect eee mi story ingey… v loabivey. I trust u layaal. No sorries please. We understand layaal?… waiting for another interesting story from u dear. Tc …. loves……
Asluves v reethi
Asifa
Hama Mi Fenenu
Reethi. Layaal ge new vaahaka akah look forward kureveyne
Alheyyyy… Vrh salhi ingeyyyy??
It’s one of my favorite songs too. I was listening to Ed’s happier when I started reading this and when I got to that scene I immediately changed to Perfect. hehe. Enjoyed this story from beginning till end. Good job and hope to see another story soon.
wow v salhi
wowwowowowowowowowowwowoooooooooo…………… I’m speechless… hama varah reethi…. even though it’s been deleyed for so much time I never forgot this story… hama obiness to the max…. hehe… waitingto see another story of you………….. bye….
Just wowwwwww ???
Dancing in the dark and light too with <3. dreaming……………………
For me… zubeyrah libenvaavarah adhabeh nudheve..he deserves much more than those twenty years…i knw he is old and dnt have enough years to live ..but still it feels so less..than what riuman endured…thankew for the story layaa..thus story was beyond my imagination… will be waiting for a new adventure from you..love you always?
Aslahvx lamm thibunee rangalhu vhk eh Alhu akh vx Kamaku nudhey zubeyru ah dhin adhabu maa kudaee
ed sheeran is the best and we are really gonn amiss ur stories layaal and much luv
Beautifully written from the beginning till the end. Layaal your impressive writing has bewitched my mind. The flow of the story lines were wonderfully planned. What I love about your writing is how you describe the details of the scenario. It’s captured so beautifully I can imagine every single colour and emotion. It’s like drowning in your thoughts. Welldone dear. Will miss this story but I’m so glad you kept your promise and finished it. You never disappoint us. You are now one of the well known writers as well as one of the best. Will look forward for a new story from you. Miss you darling.
Varah reethi mivaahaka….nimun ves reethi
Varah varah rythi
Woe.its amazing…..vvvvvvv salhi nimunvx.adhivx thihaa reethi ibraitheri vaahakaeh avas musthaqbalehga kiyaalan libeyne kamah hope kuran….keep it up……super work.???????????????
Perfect song fits riu and ayaadh so perfectly. Varah furihama vaahaak. Loveddd it. Ninmun varah loabi. Will miss ayaadh loabi gadu. Layaaal your the best. Dhen ves mi kahala reethi vaahaka akah inthizaaru kuraanan
The end… Varah reethi igey. Layaal thi hama esfiya ge best. Las vegen kithanme dhuvahe viyas angaalane vee nuvi. Las viyas up kohdheyne. Understand vey life ga ehen kanthan ves kuran hunaane kan. So glad you finished the story and it was soooo nice. Varah furihama ibrathe mi libunu. Ehves kujjaku efadha aniyaa eh sirrun kohgen nuvaane. You can be another riuman and fight for justice. Layaa ge aa vaahaka eh kiyaalan libeyne dhuvaka inthizaaru kuraanan. My favorite writer thi hama
Nice
Ahahaaaaa Yayyyy Finally..?????
M Sooo happpyyyy???
Hehehe Yeah You kept Your Word.??
I knew it.???
That’s Why Your My fav.??
The Best Storyyyy Evr.????
I Trusted You, Ingey That you Won’t Disappoint us Kan.❤❤❤
Zubeyru Ah Eyothee Vaanjehey Goiy Vefa Haha✌. Ayaadh Adhi Eyna Angamathi Falhaali nama.???✌
Okayyy Layaaal Bebx Good Luck In your Life.??
Hope To see A Nice Story Like This and Dheynan Hithaa Jaanaa Soon.❤❤❤❤.
Bye Bye… ✨✨✨✨✨✨
Adhi Annahcheyy New Story akaa Ehkoh.
Esfiya Will Be Incomplete Without Youh.✨✨✨✨
Okay Bye Love You❤ Gorgyy.❤??????????????????
hoon meekaaku tha? hwdhahaavaa emoji eyy dho? ahsaribahaa saabas thi dhehvaa ehbaarulumah ekm theenr thibunw thedheh ingey esfiya furihama ehnuvaane manje layaal netheema.
Niumunee dho layaal thee vrh rwthi koh vhka liyaa manje eh. ma vrh hiyhama jehwy manje ge vahaka kiyaairu, Manje ekam vahka liyefa upload kuraaleh lahee. dhen miyothee ekam aharunaa hamayah genesdheefa las vias. ekan balaigannan. manje dhen biruveri vahaka eh liyan veenu? ma nikan foari hurey horror ehchis kiyan. and meega ves ayaadhu aar riumaan maa dhuru dhurun ulhenee. hehe mibunee anehhen vrh loabi gothakah gennashey. vrh dramtic romantic gothakah. dheynan hithaa jaanaa ge ebai hama obinovey. ekam meethi ehaa ehaa ehnoon mashakah. assu thedhah bunnanya mashakah ehaa touching ehnoon meethi. vedhaane mashah heevaa goiy kamh. kohmmes rulhi aisgen bunaa ehcheh noon ingey manjey? Manje dheke ma nulaahiku like vey. manje ge liyuntherikan vxx hama habeys. hehe olay dhen Rangalhu kohllathi. hoonn dhen dhiyaiiyey✈
masala aky kaivenyge first night nugenaeema..ehennama varah hbeys vys.
One of the most excellent dhivehi story ever..wonderful writer..thank you for a beautiful story.. you are the best ❤️❤️
Omg what a story.u r the best writer in this whole world.ahyaadh is so cute.loved it.i hope to have like that sweet guy in my life
Inshallah wowo yu can have a sweet guy like ahyaadh
Beautiful story..<3 <3
ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ރީތި
Hey! Riumaan akee girl ehtha noonee boy m ehtha
Lol.. e girl eh?
This story is the best story… ????✍️?… And you are the best writer in the world… Keep it up… Excellent story…
Heekuri vrh vure maa bodahvx reethi 😍❤️
adhivx reethivees zubeyru Jaluga ove amilla kuh gaboolu koh amilla nafsu kuhveri koh Eyna amilla ahh dhanjehigen maru V nama………. Once again this is one of the most favourite story mi vhk kee iru rangalhah rovijje 😭