Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މާފުކުރާށޭ… 02

nizam Level 110 Stories
April 18, 2017 4 Mins Read
18 Comments

އެކަމަކު މިޝާ އަކީ އަބަދުވެސް ދުނިޔޭގެ ޒީނަތާއި އަރާމަށް މާލޯބި ކުރާމީހެކެވެ. އަހަރެންގެ ގޭގައި އަހަރެންގެ މަންމަމެންނާއިއެކު ނޫޅެ އަމިއްލަ ގޭގައި ދިރިއުޅެން ނިންމީވެސް އެހެން ވެގެންނެވެ. އަހަރެންގެ މަންމަމެން ކައިރީ އުޅެގެން އޭނަ ބޭނުން ގޮތަކަށް ނޫޅެވިދާނެތީ ވެސް ކަންނޭނގެއެވެ.

މިޝާ އަކީ މިޝާ މަންމަގެ ދޮންކަނބުލޮއެވެ. އެހެން ދަރިޔަކު ނެތުމުން މައިދައިތަ މިޝާ ގެންގުޅެނީ ލޮލުގެ ކޮއި ފަދައިންނެވެ. ކިތައްމެ ގޯސްކަމެއް ކުރިޔަސް އަދި ކިތައްމެ ގޯސްކޮން އުޅުނަސް މައިދައިތަޔަށް އެއީ އެއްވެސް ކަމަކަށް ނުވެއެވެ.

ތިމާގެ ދަރި ތިމާޔަށް ދޮންފުތުވާނޭ ބުނާ އުސޫލުން މައިދައިތަޔަށް ވެސް އޭނަކުރާ ގޯސް އެއްވެސް ކަމެއް ނުފެނެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނަނީ ވެސް މިހެންވެ ކަންނޭނގެއެވެ. އެގޮތުން މައިދައިތަގެ އެކަނު ލޯބީގެ ސަބަބުން މިޝާ އަށް އެއްވެސް ރީތި ސިފައެއް ދަސްވެފައެއް ވެސް ނުވެއެވެ.

ކޮންމެ މަހަކުދޭ އެންހާސް ރުފިޔާގެ ބަދަލުގައި މިއަދު ދެހާސް ފައްސަތޭކަ ރުފިޔާ ދިނުމަށް ފުރަތަމަ މިޝާ ބުނީ މަޖާ ވެފައި ހުރެއެވެ. އަހަރެން އެއީ ކީއްކުރަންހޭ އެހުމުން މިޝާ ހިތްހަމަ ނުޖެހުނީއެވެ.

ދެން މަޑު މަޑުން މިޝާ ރުޅި ގަދަ ވަމުން ވަމުން ގޮސް ކޮންމެ މަހަކު އަހަރެން، އަހަރެންގެ ބޭންކު އެކައުންޓަށް ޖަމާ ކުރާ ތިންހާސް ރުފިޔާއަކީ ކާކަށް ކީއް ކޮށްދޭން ރައްކާކުރާ ލާރިއެއްހޭ ކިޔައި ޒުވާބު ކޮށް ގަތެއެވެ.

އެއީ އަހަރެން މަންމަ ހައްޖަށް ފޮނުވަން ކަމަށް ބުނުމުން މިޝާ ބުއްރާސް ޕަރީ އެއްހެން ފުފިގަތީއެވެ. ކޮންމެ މަހަކު އެވަރަށް ބޭންކަށް ލައިގެން އަހަރު ތަކެއްގެ ޚަރަދު ކޮށްގެން ކަލޭގެ މަންމަ ހައްޖައް ފޮނުވީމާ ކަލޭގެ ދަރީންގެ މުސްތަޤުބަލަށް ލާރި އެއްކުރާނީ ކަލޭ ތިބުނާ ކަލޭގެ މަންމަހޭ ބުނުމުން އެހިސާބުން ދެން އަހަރެންނަށް ހިމޭނަކުން ނުހުރެވުނެވެ. އަހަރެންނަށް އަތް އިސްކުރަން އެވަގުތު މަޖުބޫރު ވީއެވެ.

ޕަސްލާފައި ޖެހީ މިޝާގެ އަނގަމަތީގައެވެ. ވާނީވެސް އެހެންނެވެ. އެއްވެސް މީހަކު އަހަރެންގެ މައިންބަފައިންނާ ދިމާއަށް ޚާއްސަކޮން މަންމައާ ދިމާލަށް އެއްވެސް ކަހަލަ އަދި އެފަދަ ދަށު ދަރަޖައިގެ ބަހެއް ބުނާ އަޑު އަހާކަށް އަހަރެންނަކަށް ކުޅަދާނައެއް ނޫނެވެ.

އަމުދުން އަހަރެންގެ އަންބެއްގެ މަޤާމުގައި ހުރި މީހެއްގެ ދުލުން މަންމައަށް ކުޑަމީސް ބަހެއް ބުނުމަކީ އަހަރެންނަށް އެއްގޮތަކަށް ވެސް ކެތްވާނެ ކަމެއް ނޫނެވެ. މައިންބަފައިންނަކީ ކިހާ މާތް ބައެއްކަން މިޝާ އަށް ނޭނގުނަސް އެއީ ކިހާ މާތް ބައެއްކަން އަހަރެންނަށް އެނގެއެވެ.

އެވަގުތު މިޝާ ކަމަށް ވުރެ އަޑުގަދަ ކޮށްލިއެވެ. ތިމާޔަށް ކިޔުނު އެއްޗަކާއި ތިމާޔަށް އުޅެވުނު ގޮތްވެސް ނޭނގެއެވެ. ބަފާބެއާއި މައިދައިތަ ދޮރުގައި ޓަކިޖަހަން ފެށީ މިޝާ ހަޅޭއްލަވައި ރޯ އަޑަށެވެ.

އަހަރެން ދޮރު ހުލުވާލުމާއިއެކު މިޝާ ގޮސް މައިދައިތަގެ ގައިގައި ހިފައިގަނެގެން ޅަވެގަތެވެ. އަދި ބާރަށް އަޑުވީއްލައި ރޯންފެށިއެވެ.

“އަހަރެންގެ ގައިގާ ތަޅާ އަނިޔާ ކުރަނީއޭ ދެނެއް އަލާންއާ އެކީ އުޅޭކަށް ބޭނުމެއް ނޫނޭ ދަރިފުޅުވެސް ގޮވައިގެން ދާށޭ” ކިޔައި ކުކުރައިގަތެވެ.

މިޝާ އެހުރިހާ އެއްޗެއް ކިޔައި އެމީހުންގެ ކުރިމަތީ އަހަރެންގެ އަގު އެހާ ދައްކޮށްލި އިރުވެސް އަހަރެން ހިމޭނުން ހުރީ އަހަރެންގެ ދިފާޢުގައި ބުނާނެއެއްޗެއް ނޭނގިގެނެއް ނޫނެވެ. ނަމަވެސް މަޑު މައިތިރިކަން އަހަރެން އެވަގުތު ޚިޔާރު ކުރީ އެމީހުންނަށް ކުރާ އިޚުތިރާމެއްގެ ބޮޑު ކަމުންނެވެ.

އެކަމަކު އެކަމުން ވެސް އަހަރެންނަކަށް ރީތި ނަމެއް ނުލިބުނެވެ. ކަންތައް ހިނގައި ދިޔަގޮތް ނޭނގުނު ނަމަވެސް މައިދައިތައާއި ބަފާބެ ވެސް ތިބީ މިޝާ ކޮޅަށް ހިފާފައެވެ. އަދި އެމީހުންނަށް ވެސް ގޯސްވީ އަހަރެންނެވެ.

އެވަގުތު އަހަރެން މިޝާދެކެ ކިތައްމެ ރުޅި އައި ނަމަވެސް އަހަރެންގެ ޒަމީރު އަހަރެންނަށް ވިސްނައި ދިނީ އެކޯޅުން ގަނޑުގެ ތެރެއިން ސަލާމަތް ވުމަށްޓަކައި އަވަހަށް ގެއިން ނުކުތުމަށެވެ.

އެއީ އެހެންނޫނީ އަހަރެންގެ އަތުން ފައިން ގޯހެއް ހެދިދާނެތީއެވެ. އެހެން ކަމުން އަހަރެން ރުޅި ކޮންޓުރޯލް ކުރަމުން އަވަސް އަވަހަށް ގެއިން ނުކުތީމެވެ. އޭރު މަޣުރިބު ނަމާދު ބަންގި ގޮވަނީއެވެ. ނަމާދުން ފޭބިގޮތަށް އަހަރެން މިއައީ އެކަމާ މަންމައާ މަޝްވަރާކޮށްލާށެވެ.

މަންމަ ނަސޭޚަތް ދިނީ މިޝާއަށް އަދިވެސް ވިސްނައި ދިނުމަށެވެ. ދަރިފުޅަށް ބޭނުންވާނީ ހަމައެކަނި މަންމައެއް ނޫނީ ހަމައެކަނި ބައްޕައެއް ނޫން ކަމުގައެވެ. މަންމަޔާ ވާހަކަ ދައްކަން އެހެން އިންދާ ގޭ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑަށް ދޮރާދިމާއަށް މަންމައަށާއި އަހަރެންނަށް އެއްފަހަރަކާ ބަލައިލެވުނެވެ.

އެވަގުތު ފެނުނީ އަޒާން އުރާލައިގެން ގޭތެރެޔަށް ވަދެގެން އައި މިޝާއެވެ.

“އަލާން ހީކުރީ އަހަރެންނަށް ހަދާނެ ގޮތެއް ނޭނގޭނެ ކަމަށްތަ؟ އަހަރެން މިއައީ އަޒާން ކަލެއާ ހަވާލު ކުރަން… އެންމެ ބާވީސް އަހަރުގައި އަހަރެން ޅަދަރިމައި ވާކަށް ބޭނުމެއްނޫން… މިއީ ކަލޭ ބޭނުން ވެގެން ހޯދި ދަރިއެއް… އަހަރެން ބޭނުން ވެގެން ހޯދި ދަރިއެއްނޫން… މާދަމާ ވަރި އަށް އެދި ކޯޓަށް ވެސް ހުށަހަޅާނަން.”

އެހެން ބުނެފައި ދަރިފުޅު ރޮއެރޮއެ އޮއްވައި އަހަރެންގެ އުނގަށް ދަރިފުޅު ޖަހާފަ ކުދި ކިޔަމުން މިޝާ ނިކުމެގެން ދިޔައެވެ. އަހަރެންނަށް އިނދެވުނީ މިޝާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހަދާނެ ގޮތެއް އަދި ބުނާނެ އެއްޗެއް ވެސް ނޭނގި ބަސް ހުއްޓިފައެވެ.

ސިހުމެއް ލިބުނީ މަންމަ ގޮވައިލި އަޑަށެވެ. އަޒާން ރޯކަން ވެސް އެނގުނީ ދެނެވެ.

“އަޅާނުލާ… މިޝާ އަދި އަންނާނެ… އެއްވެސް މަޔަކަށް ދަރިއަކު ދޫކޮށްލައިފަ އަމުދުން ކިރުބޯ ޅަދަރިއަކު ދޫކޮށްލައިފަ ގޮސް ދުރުގައި ހުންނާކަށް ފަސޭހައެއް ނުވާނެ.” މަންމަގެ ތަޖުރިބައިގާ ބުންޏެވެ.

މަންމަ ހުރީ ހަމަޖެހިފައެވެ. އަދި އަހަރެންގެ އުނގުގައި އިން އަޒާން ނަގައި އުރާލައި ހުއްޓައިލެއްވުމަށްފަހު އަޒާން ގޮވައިގެން އެތެރެޔަށް ދަމުން މަންމަ އަހަރެންނަށް ހިތްވަރުދިނެވެ.

އެވަގުތު އިޝާ ނަމާދަށް ގޮވަން ފެށުމުން އަހަރެން ނަމާދަށް ދިއުމަށް ގެއިން ނުކުތީމެވެ. މިސްކިތަށް ދިޔަ މަގުމަތީގައި އަހަރެންގެ ހަނދާނަށް އަންނަމުން ދިޔައީ މާޒީގެ އެކި ދުވަސްތަކެވެ.

އަހަރެންގެ އުމުރުން އޭރު ފަނަރަ އަހަރެވެ. ބައްޕަ ރަށަށް އައިސް އުޅޭތީ އެދުވަހު ދިހަ އަހަރުގެ މާޒިންއާ އަށް އަހަރުގެ ރައިހާ ކުސްޖެހީ އެމީހުން ގޮވައިގެން މޫދަށް ދިއުމަށެވެ.

“ތިވަރު ނުވިޔަސް ގެންދާނަމޭ… ދަރިފުޅުމެން ނުގެންގޮސް ދެން ބައްޕަ ގެންދާނީ ވަކި ކޮންބައެއް؟” ބައްޕަ ހީލާފައ ބުންޏެވެ.

އޭރު މަންމަ އިނީ ކޮންމެވެސް އެއްޗެއް ފަހާށެވެ.

އެއީ އަހަރެން ސުކޫލުގައި ޖެހުނު މައްސަލައެއްގައި ހިތުގައިޖެހި ރޮވިފައި ހުރެގެން ގެއަށް އައިސް ވަންވަގުތެވެ. ކުލާސް ކުއްޖަކު އަހަރެންގެ ބޫޓު ބާވެފައ ހުރުމުންނާއި ގެންގުޅޭ ފޮތްތައް އާނުވުމުން މަލާމަތްކޮށް ރޮއްވާލީއެވެ.

“ފޮތްތައް އާނުވިޔަސް ބޫޓު އާނުވިޔަސް ބައްޕަގެ އަލާން އަކީ ނުލާހިކު ބަސްއަހާ މޮޅު ކުއްޖެއް… އަޅާނުލައި… އެއީ އެއްވެސް ކަމެއް ނޫން.” އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ބައްޕަ ބުންޏެވެ.

“އަބަދުވެސް މަންމަ ބުނަމެއްނު މީހަކު މޮޅުވަނީ ލައިގެން ހުންނަ ހެދުމަކުން އަދި އަރައިގެން ހުންނަ ފައިވާނަކުން ވެސް ނޫނޭ… އެމީހާގެ އީމާން ތެރިކަން ހަރުދަނާ ވީވަރަކަށް އެވާނީ މޮޅު މީހަކަށް… ކާމިޔާބު ވާނީ ވެސް ހިތުނިޔަތް ރަނގަޅު ވެގެން.” ބައްޕަގެ ވާހަކަޔާ ވިއްދާ އަހަރެންނަށް ހިތްވަރު ދެމުން އެވަގުތު މަންމަ ވެސް ބުނެލިއެވެ.

ތެދެކެވެ. ބާބޫޓަކަށް އަރައިގެން ބާޔުނީފޯމެއް ލައިގެން ދޮންތަ ކިޔަވާފަ ހުރި ފޮތްތައް ހިފައިގެން ކިޔަވަން ދިޔަނަމަވެސް އަހަރެން ސުކޫލް ނިންމައިލީ ފަޚުރުވެރި އެއްވަނައަކާއި އެކުގައެވެ. ވަޒީފާއެއް ލިބުނީ ކިޔެވި ކިޔެވުމާއި އެކަށީގެންވާ ގޮތުގެ މަތިންނެވެ.

އެގޮތުން މިހާރު އަހަރެންނަކީ މަހަކު ބާރަ ހާހަށްވުރެ މަތީ މުސާރައެއް ލިބޭ ރަށުގައި އެންމެ ކާމިޔާބު މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ކަންމިހެން އޮތްއިރުގައި މިއަދުވެސް އަހަރެން އެންމެ ލޯބިވާ މަންމަގެ ވަގުތުތައް ރެޔާދުވާލު ހޭބޯނާރާ އެހޭދަކޮށްލަނީ ކޮއްކޮމެންގެ މުސްތަޤުބަލަށްޓަކައެވެ.

ހަމައެހެންމެ ބައްޕަގެ އަގުހުރި ވަގުތުތައް ހޭދަކޮށްލަނީ ކޮއްކޮމެންނަށް އުޖާލާ ރަނގަޅު ކުރިމަގެއް ހޯދައިދިނުމަށްޓަކައި އެއްވެސް ވަރުބަލި ކަމެއްނެތި ފައިސާ ހޯދުމުގެ ބުރަ މަސައްކަތުގައެވެ.

އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ނޫނީ މަންމައާއި ބައްޕަ ބައްދަލެއް ނުވެއެވެ. ބައްޕަ ވަޒީފާ އަދާކުރަނީ އުތުރުގެ ރިސޯޓެއްގައެވެ. އަހަރެމެން އުޅެނީ ޏ.އަތޮޅުގައެވެ. ކުރީގައި ފޯނެއް ނުހުރެއެވެ. ސިޓީއަކުން ނޫނީ ޚާލު އަޚުވާލު ވެސް އެނގޭކަށް ނޯވެއެވެ.

ނަމަވެސް ދާދި ފަހުން ގޭގައި ފޯނުވެސް ލައިފިއެވެ. މިހާރު ބައްޕަ ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކަހަލަ ގޮތަކަށް ގެއަށް ގުޅައެވެ. އެކަމަކު އަދިވެސް ބައްޕައަށް ރަށަށް އާދެވެނީ ކުރިއެކޭވެސް އެއްގޮތަށް އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ކަހަލަ ގޮތަކަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (18)

Next

ކަޅު ޞަފްޙާ

Next
April 18, 2017

ކަޅު ޞަފްޙާ

Previews
April 17, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (18)

18 Comments!

  1. nizam says:
    April 18, 2017 at 12:33 am

    miothy vaahakaage 2nd part… mi part ves alhuganduge vaahaka thakah saport kuravvaa hurihaa beyfulhuna nan ves kamudhaane kamah ummeedhu kuran….. gudnyt all my friends…..

  2. Nana says:
    April 18, 2017 at 12:43 am

    Ooh vrh salhi mi part vx.. Waiting for the next part.. N gud nyt?

    1. nizam says:
      April 18, 2017 at 1:52 am

      thanks nana… and gud nyt nana…

  3. Mary says:
    April 18, 2017 at 12:48 am

    Alhe kuhja fulha mi vaahaka miah vure dhigu koh avahah up kohdheeba. Aslu v rythi mi vaahaka. Ehnve v kiya hihvey

    1. nizam says:
      April 18, 2017 at 1:56 am

      thanks mary… msakkaih kuraanan dhen oih part dhigukoh avahah genes dheveytho ok….

  4. Maree says:
    April 18, 2017 at 5:34 am

    vvv reethi main bafain nakee konme meehege hayaatugaves v muhinmu baeh dhuvahakume hithakun nudhaney thiyadhin loaibaa alhaluma

    1. nizam says:
      April 18, 2017 at 9:47 am

      aa dhow maree…. and thanks maree…

  5. aira says:
    April 18, 2017 at 6:48 am

    Mi vaahakaaga neyge vaanuvaa ehves. Kihineh vaahaka liyaa writer ehtha thy

  6. Aisha says:
    April 18, 2017 at 8:05 am

    Vv reethi

    1. nizam says:
      April 18, 2017 at 9:48 am

      thanks aisha….

  7. Tara says:
    April 18, 2017 at 8:50 am

    Idk but I feel like he shouldn’t have raised his hand on her. What she said is horrible but getting physically violent is not the way to deal with it. Apart from that I like the story. 🙂

  8. Azu says:
    April 18, 2017 at 9:04 am

    Ma sha allah…..vv reethi mi vaahaka….aneh baige inthizaaruga hurn…❤

    1. nizam says:
      April 18, 2017 at 9:49 am

      thanks azu…

  9. naan says:
    April 18, 2017 at 9:08 am

    V reethi

    1. nizam says:
      April 18, 2017 at 9:50 am

      thanks naan…

  10. silver mist says:
    April 18, 2017 at 12:03 pm

    V V reethi

    1. nizam says:
      April 18, 2017 at 2:59 pm

      thanks silver mist…

  11. Tina says:
    April 19, 2017 at 6:41 am

    12000 salary libey iru enme 1000 rufiya wife ah. That’s v cheap. Alaan ah wife gengulhen neygenee

Comments are closed.

Next Episodeމާފުކުރާށޭ… 03 ފަހުބައި←


All Right Reserved!