Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (12)

Psenhi Level 410 Stories100 Comments100 Login
April 20, 2017 5 Mins Read
26 Comments

ނަމަވެސް ތަޤްދީރު ނިޔާކުރި ފަދައިން ޝާހިދުގެ މަންމަ ފާޅުގާ އެ ކާވެންޏަށް ދެކޮޅުހަދިއެވެ. ދަރިފުޅުގެ އުފަލަށްވުރެ ބޮޑަށް އިސްކުރީ ގާތް ރަޙުމަތްތެރިއާގެ އުފަލެވެ.

“ދަރިފުޅާއި ފަރީދާގެ ކައިވެނި މަންމައާއި ފަރީދާގެ ބައްޕަ ވާހަކަދައްކައިގެން ވާނީ ހަމަޖައްސާފަ. ދަރިފުޅު ކިޔެވުން ނިމެންދެން މިވާހަކަ ނުދައްކާ މިތިބީ. ދަރިފުޅަށްވެސް އެނގޭނެ ޤާސިމްބެއަކީ މަންމަގެ އެންމެ ކުޑައިރުއްސުރެ ރައްޓެއްސެއް. އޭނާ ދަރިފުޅުގެ ކާވެނި އޭނާގެ ދަރިފުޅު ފަރީދާއާ ކޮށްދޭށޭ ކިއާތާ ދައަހަރުވަނީ މިއޮއް. މަންމަ އަބަދުވެސް ބުނަމުންއައީ އެކަން ވާނެއޭ. ދެން މިހުރިހާ ދުވަސްކޮށްފަ މަންމައަކަށް ނުކެރޭނެ ޤާސިމްގެ އުންމީދުތައް ކުދިކުދި ކޮށްލާކަށް.”

“މަންމާ! ދެން އަހަރެންގެ އުންމީދުތައް އަހަރެންގެ އުފާތައް މަންމައަށް މުހިއްމެއްނޫންތަ؟” ޝާހިދު އަދި މިއަދާ ހަމައަށްވެސް މަންމަގެ ކުރިމަތީ އަމިއްލަ ދިފާއުގައި ވާހަކަދެއްކި މީ ފުރަތަމަ ފަހަރެވެ.

“މުހިއްމަސް މުހިއްމު ނޫނަސް ތިކަމަކަށް އެއްބަހެއް ނުވެވޭނެ. ޝާހިދު ހިތަށްވެސް އެރުވީ ކީއްވެ އެކަހަލަ ނިކަމެތި އަންހެން ކުއްޖަކާގުޅެން އަހަރެން ޤަބޫލުވާނެއޭ؟ އަހަރެމެންގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެލަންތަ ތިއުޅެނީ؟ ޝާހިދު ކާވެނކުރާނީ އަހަރެން ދައްކާ މީހަކާ. އަޑުއިވިއްޖެތަ؟” މަންމަގެ ހަރުކަށިކަމުގެ ކުރިމަތީ ޝާހިދަށް ޖެހުނީ ކަރުއެލުވާލާށެވެ.

ހުރިހާކަމެއްވެސް ޝާހިދުކުރީ މަންމަ ބޭނުންވާގޮތަށެވެ. އަނީސާއަށް ތެދުތެދަށް ހުރިހާ ކަމެއް ހިއްސާކޮށް އަބަދުގެ އަބަދަށް ވަކިވަން ދެމީހުންވެސް ނިންމީ ކަރުނަ އަޅަމުންނެވެ.

ޝާހިދާއި ފަރީދާގެ ކާވެނި ކުރެވި ކުލަގަދަ ޕާޓީއެއްވެސް ބޭއްވުނެވެ. ޝާހިދުގެ ހިނިތުންވުން ގެއްލިދިޔައެވެ. ނަމަވެސް އަނބިމީހާއަށް ކޮށްދެންޖެހޭ ހުރިހާކަމެއް ޝާހިދު ފަރީދާއަށް ކޮށްދެމުން ދިޔައީ އެންމެ ފުރިހަމައަށެވެ. ކާވެންޏަށްފަހު އަނީސާއާއި އެއްވެސް ގުޅުމެއް ނުބާއްވައެވެ.

އަށްމަސް ފަސް. . .

“ޝާހިދު! ބައްޕަށް ގުޅާލަދީފާނަންތަ؟ އަހަރެން ބައްޕައާ ވާހަކައެއް ދައްކާލަން.” ޝާހިދުނިދަ ން އޮށޯވެއޮތް ފަރީދާއަތަށް ފޯނު އަންލޮކް ކޮށްލުމަށްފަހު ފޯނުދިއްކޮށްލިއެވެ. އަދި ނިދިއައިއްސަ ހުރިވަރުން އިސާހިތަކު ނިދިއްޖެއެވެ.

ޖެހިގެން އައި ދުވަހުގެ އިރުއެރީ އެހެން ދުވަސްދުވަހާއި ތަފާތު ކުލަވަރުތަކެއް ދައްކަމުންނެވެ. ޝާހިދު ފަތިސް ނަމާދުން ފައިބައިގެން އައިއިރު ފަރީޝާ ފޮށްޓަށް އެއްޗެހި އަޅައިގެން ނިކުންނަނީއެވެ. ޝާހިދު ވެގެން އުޅޭގޮތް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ލިބުނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ.

“ނޭނގޭތަ ވެގެން އުޅޭ ގޮތެއް؟ ކަލޭ އެހެން މީހަކާ ހިތާވަނީ. އަހަރެން ބޭނުމެއްނޫން ބަތް ތަށީގެ އެއްފަޅިން ކާކަށް. ބައްޕައަށްވެސް ކަލޭ ތި ގަންނަގަނޑުގެ ޚަބަރު ދީފިން. ދެން އެންމެ މިނެޓެއްވެސް މި ހިޔާވަހީގެ ދަށުގާ އަހަރެންށހުންނަން ބައްޕަވެސް  ބޭނުމެއްނުވޭ. މިއަދު ވަރިވާން ކޯޓަށް ސިޓީލާނަން” ފަރީދާގެ ހަޅޭކުގެ އަޑަށް ގޭގައި އެވަގުތު ހޭލާއުޅޭ އެންމެން އަތުވެއްޖެއެވެ. އެންމެންގެ ކުރިމަތީ އެގޮތަށް ޝާހިދު ބަދުނާމުވުމުން އޭނާވަނީ އިންތިހާއަށް ދެރަވެ ލަދުގަންފައެވެ. ނަމަވެސް އެހާލަތުގާވެސް ރުޅި އިސްނުކޮށް ކެއްތެރިވިއެވެ. އޯގާތެރިކަމާއެކު އަނބިމީހާއަށް ހަޤީޤަތް ހާމަކުރިއެވެ. އެމެސެޖުތަކަކީ މާކުރީގެ އެއްޗެއްކަމާ ކާވެންޏަށްފަހު އެއްވެސް އަންހެނަކާ ގުޅުން ނުބާއްވާކަމުގެ އިތުބާރުދިނެވެ. އެހާ އަވަހަށް ކާވެނީގެ ގޮށް މޮހާލުގެ ކުރިން ވިސްނުމަށް ނަސޭހަތްތެރިވިއެވެ. ނަމަވެސް އެގުޅުން އެހިސާބުން ނިމިގެންދިޔައީ ދެފަރާތުގެ އާއިލާގެ މެދުގާ ހަމަނުޖެހުންތަކެއް އުފައްދާފައެވެ.

މަންމަގެ އެކުވެރިޔާ ގެއްލުމުން މަންމަގެ ނަފްރަތު ޝާހިދުއަށް އަމާޒުވިއެވެ. ނަމަވެސް މިފަހަރު ޝާހިދު ޚިޔާރުކުރީ ޝާހިދުގެ ލޯތްބެވެ. އެތަށް މަސައްކަތަކުން އަނީސާ ހުރިތަނެއް ހޯދާ ދެމީހުން އަނެއްކާވެސް ގުޅުނެވެ. އެގުޅުމަށް ކާވެނީގެ ނަންދިނެވެ. ބޮޑު ޕާޓީއެއް ނުބޭއްވިއަސް އެރޭވީ އެދެމީހުންގެ ހަޔާތުގެ އެންމެ އުފާވެރި އެއްރޭ ކަމުގައެވެ.

ހަމަ އެދުވަސްވަރުގާ ފަރީދާ ޝާހިދުގެ ދަރިއަކަށް ބަލިވެއިންކަން އެނގުނެވެ. ދެންވެސް ޝާހިދު ދެއަންބަން އިންނަން ހުށައެޅުމުން ލިބުނީ ކުރީގެ ޖަވާބެވެ. “ބަތްތަށީގެ އެއްފަޅިންކާކަށް ބޭނުމެއްނޫން”

ޝާހިދުއާއި އަނީސާގެ ކާވެންޏަށް ހަތްމަހަށް އޮއްވާ އެއްދުވަހަކު ޝާހިދަށް ފޯނުކޯލެއް އައެވެ. އެކޮޅުން ވާހަކަދެއްކީ ފަރީދާގެ ބައްޕަ ޤާސިމްއެވެ. ފަރީދާ ވިހަން ވައްދައިގެން އުޅޭ ވާހަކަ ބުނުމުން ޝާހިދާ އަނީސާ ހޮސްޕިޓަލަށް ދިޔައެވެ. އޭރު ފަރީދާ ވިހައިފިއެވެ. ޝާހިދަށް ގުޅީ ފޫޅުމާފޯމްގާ ސޮއި ކުރުމަށް ކަމަށާއި އެދެމައިން ފެންނަ ހިސާބަށްވެސް ނައުމަށް ޤާސިމް އިންޒާރުދިނެވެ. ދިން ހަދިޔާވެސް އެއްލާލިއެވެ. ޝާހިދު އެތަށް އާދޭހެއް ކުރުމުންވެސް ދަރިފުޅު ލޮލަށް ފެންނަގޮތެއް ނުވުމުން ކަރު އެލުވާލައިގެން ގެއަށް ދިޔައީ މަސްލަހަތައް ވިސްނާފައެވެ. ޝާހިދުގެ ހިތް ރޮމުންދިޔަނަމަވެސް ބުނާކަހަލައެވެ. އަދި އެ ދަރިފުޅު ފެންނާނެއެވެ!

އެއަށްފަހުވެސް އެތަށް ގޮތަކުން އެދަރިފުޅު ދެކެލަން ކުރި މަސައްކަތްވީ ބޭކާރެވެ. ޝާހިދުއަށް ލިބުނީ ފިރިހެން ކުއްޖެއްކަމާއި އެކުއްޖާއަށްކީ އަހުމަދު އިހްސާން ކަންވެސް އެނގުނީ މީހުންގެ ފަރާތުންނެވެ. ދެހަފްތާއެއް ފަހުން އެނގުނީ އެދެމައިން ރާއްޖެ ދޫކޮށް ސްރީލަންކާއަށް ބަދަލުވިކަމެވެ. ދެންވެސް ޝާހިދު އެދެމައިން ހޯދަން ކުރި މަސައްކަތް ކީމިޔާބު ވާގޮތެއް ނުވިއެވެ.

ދެމަސްފަހުން އެއްދުވަހަކު ނުދަންނަ ނަންބަރަކުން އަންހެނަކު ގުޅިއެވެ. ބޭރު ނަންބަރަކުންނެވެ. އެންމެ ފުރަތަމަ ޝާހިދުއަށް އެއަޑު ފާހަގަކުރަން ދަތިވިއެވެ. ނަމަވެސް ރޮއިގަނެފާ ބުނި ދެ ޖުމްލައިން އެއީ ފަރީދާކަން ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. “ޝާހިދު އަހަރެމެންގެ ދަރިފުޅު އެކްސިޑެންޓްވެ ނިޔާވެއްޖެ. އުމުރަށް އަހަންނާ ވަކިވެއްޖެ” ދެން އިވުނީ މިހާރު ބުވިއްޖެ ދޯއޭ ބުނެ މީހަކު ފޯނު ދޭށޭ ބުނާއަޑެވެ. ޝާހިދުއަށް ހީވީ ފައިދަށުށް ބިންގަނޑު ދޫވެގެން ދިޔަހެންނެވެ. “އެންމެ ފަހަރަކުވެސް ފެނިނުލާ އުރާވެސްނުލާ އުޅެނިކޮށް ބައްޕަގެ ދަރިފުޅު ގެއްލުނީއެވެ! ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ.” ޝާހިދުގެ ބޮލަށް ބަރުވާންފެށިއެވެ.

ޝާހިދުއަށް ހޭވެރިކަން ވީއިރު މަންމަ ކައިރީގާ ރޯން އިނެވެ. އަނީސާވެސް މަގަތުގާ އިށީނދެ އިނެވެ. ޝާހިދުއަށް ވީގޮތް އެމީހުންނަށް އެނގެއެވެ. ރައްޓެއްސެއްގެ ފަރާތުން އެވާހަކަ އަޑުއިވިފާވުމުން ޝާހިދުގެ މަންމަވެސް ހިތާމަކުރިއެވެ. ޝާހިދު ފަހުންވެސް އެނަންބަރަށް ގުޅިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ބުނަނީ ހިދުމަތް ކަނޑާލާފާ ކަމަށެވެ.

. . .

“ބައްޕަ އަކަމާ ހިތާމަކުރަނިކޮށް ދަރިފުޅަށް ބަލިވެއިންވާހަކަ މޯމް ބުނީ. އެދުވަހު ވަރަށް އުފާވި. އެދުވަހުން ފެށިގެން މީގެ އަހަރެއްހާ ދުވަސް ކުރިއާ ހިސާބަށްވެސް ބައްޕަ ޤަބޫލްކުރީ ތިއީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް. އެހެންވެ އެވާހަކަތައް ކިޔާދޭން އެވަރަކުން ބޭނުންނުވީ.” ޝާހިދުގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން ބުނެލިއެވެ.

“ދެން ކިހިނެތް ޑޭޑްއާ ދޮންބެއާ ދިމާވީ؟” ޝައިމްގެ ހިތްވަނީ އަވަސްވެފައެވެ.

“މިދިޔަ އަހަރު މާރޗް ހިސާބުގަ ސްރީލަންކާއަށް ދިޒައީ ވަރަށް އިމްޕޯޓަންޓް މީޓިން އަކަށް. ގޮސް އުޅެނިކޮށް ރައްޓެއްސަކާ ދިމާވެގެން ހުންނަ ގެއަށޭ ކިޔާފަ ގެންދިޔައީ. އެއީ ދިވެހިން އުޅޭ ގެއެއް. އެގޭ ވެރިމީހާގެ ދަރިއޭ ކިޔާފަ އަހުމަދު އިހްސާންއޭ ބުނުމުން ޑޭޑް ވަރަށް ހަނދާންވި ދޮންބެމަތިން. އެކަމަކު އެދުވަހު އެކަމާ އަޅައެއްނުލަން. އެހެން އުޅެނިކޮށް އެގެއަށް ދެވުނު އެހެން ދުވަހަކު ވާހަކައިގެ ތެރެއިން އެގޭ ބޮޑުމީހާ ހަލީލު ބުނީ އެއީ އަސްލު އެމީހުންގެ ދަރިއެއް ނޫނޭ ފަރީދާގެ ހެޔޮކަމޭ. އެހިސާބުން އިތުރަށް އެވާހަކަ އޮޅުން ފިލުވުމުން ހަޤީގަތް އެނގުނީ. ހަލީލް ބޭނުންވީ ވަގުތުން އެކަން އިހްސާނަށް އަންގަން. އިހްސާން އެވާހަކަ އަޑުއިވުމުން ވަރަށް ދެރަވެގެން ޑޭޑްގެ ގައިގާ އޮޅުލަ އޮޅުލާފަ ވަރަށް ރުއި. ދެން ޑޭޑް ވަރަށް ކިޔައިގެން މިކޮޅަށް އަންނަން އެއްބަސްވީވެސް. އަސްލު އެހާވަރުންވެސް އެއްބަސްވީ ކުޑަކުއްޖަކު އެކަނި ބެލުން އެހާ ފަސޭހަ ކަމަކަށް ނުވާތީ. އިހްސާން އެކޮޅުން މީހަކާ މެރީކޮށްފަ ދަރިއަކު ލިބުމުން އެއަންހެނާ ވަރިވީކަމަށްބުނި. ދަރިފުޅުވެސް ދިނީޔޯ. އޭރު އެކުއްާއަށް އަދި ހަމަސްވެސް ނުވެޔޯ. ޑޭޑްއާ ދިމާވިއިރު އަހަރެއް ވެއްޖެ. ދެން ޑޭޑް މެންނާއިއެކު އައީ މިދިޔަ އަހަރު އޭޕްރީލްގަ. މިހާރު ޓޫ ޔާސް ވީ އެ އަލްކޮއަށް.” ޝާހިދު ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުން ބުނެލިއެވެ. ހުރިހާ ވާހަކައެއް ކިޔާދީ ނިމުނުއިރު އެމޫނުން ހިތްހަމަޖެހުން ފެންނަން ހުއްޓެވެ. ހީވަނީ އެތަށްދުވަހެއްގެ ވޭން އެއްފަހަރާ ފިލައިގެން ދިޔަހެންނެވެ.

“ދެން ލައި މިގޭގަ ކީއްކުރަނީ؟” ޝައިމް ނާހަން ހުރެފަވެސް އެސުވާލު ކޮށްލެވުނީ ހިތުގަވާ ކެކުޅުމަށް ލުޔެއް ލިބޭތޯއެވެ.

“އެއީ ވަރަށް އެކަނިވެރި ކުއްޖެއް. އިހްސާން އައުމުގެ ދެތިންމަސް ކުރިން ލައި މިގެއަށް ގެނައީ ބައްޕަ. އަދްނާން ހުންއައިސް މާބޮޑަށް ބަލިވެގެން މާލެގެނައީީ. ތިން ދުވަސް ވަންދެން އައިސީޔޫގަ އޮވެފަ ނިޔާވީ. އޭރު އެއްދުވަހު ޑޭޑް ބައްދަލުކޮށްލަން ދިޔައީމަ މާސްކް ނައްޓުވާލާފަ ބުނީ ލައިބާ ރަނގަޅަށް ބަލާދެއްޗޯ. ލައިބާގެ ބައްޕަގެ އެދުން ފުރިހަމަ ކުރުމަށް ބައްޕަ މިގެއަށް ލައިބާ ގެނައީ. އޭނަ ހުރިގޭ މީހުންވެސް އެކަމާ ދެކޮޅެއް ނުހަދާ. އެމީހުންވެސް ލައިބާގެ ބައްޕަގެ ވަސިއްޔަތަށް އިހްތިރާމްކުރި. ފުރަތަމަކޮޅު ވަރަށް ރުއި. ދެން ފަހުން އަލްކޮ ގެނައީމަ މަޑުމަޑުން އެކަން ހަނދާން ނެތުނީހެން ހީވަނީ. އަލްކޮ ވަރަށް އޮޅުވާނެ ލައި އާ. ދަރިފުޅުގެ މަންމައަށްވުރެވެސް ލައިދެކެ މާ ލޯބިވާނެ. މަންމި ކިޔަނީވެސް” ޝާހިދުގެ ތުންފަތުގާ މިރޭ ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. ގަޑި ބަލާލަމުން މާ ދަންވެއްޖެ ކަމަށް ބުނެ ގުޑްނައިޓް ކިޔާފާ ޝާހިދު ނިކުމެގެން ދިޔައީ ނިދާށެވެ. ޝައިމްވެސް ބޭނުންވީ އަވަހަށް ނިދާލާށެވެ. ސިކުނޑީގާވާ ބޭކާރު ފިކުރުތަކާ ދުރުވެވުމުން މާދަމާ އުފާވެރި ދުވަހަކަށް ވާނެކަމުގެ އުންމީދުގާ ޝައިމްއަށް ނިދިއްޖެއެވެ.

ގޯތިތެރޭ ހައްދާފާހުރި ބޮޑު އަނބުގަހުގެ ހިޔަލުގާވާ ސަރަންފީގައި އޮށޯވެލައިގެން ލައިބާއޮތީ ވާހަކައެއް ކިޔާލާށެވެ. ލައިބާ ސިހިފާ ފަހަތް ބަލާލެވުނީ މީހަކު ވައި އަޑުން ލައިބާގެ ނަމުން މުޚާތަބް ކުރުމުންނެވެ. ކިޔަންއޮތް ވާހަކަފޮތް އަތުންދޫވެ ވިނަގަނޑުގާ ޖެހުނެވެ. ލައިބާގެ މޫނާ މޫނު ޖެހޭހާ ކައިރީގާ އެވާ މޫނަކީ ލައިބާގެ ހިތުގެ ފަރުވާއެވެ. ލޮލުގެ ފިނިކަމެވެ. އެމީހަކަށްޓަކާ މިއޮށް ހުރިހާ ދުވަހު އިންތިޒާރުކުރި ލޯބިވާއެވެ. ބޭއިޚްތިޔާރުގާ ލައިބާއަށް އެ ފިރިހެންވަންތަ މޫނުގެ ދެފަރާތުން ހިފަހައްޓާލެވުނެވެ. މިއީ ލައިބާގެ ފަރާތުން ޝައިމްއަށް ދުވަހަކުވެސް ފެނުނު ގާތްކަމެއް ނޫނެވެ. މިއަދު ޝައިމްގެ ސުވާލުގެ ޖަވާބު ލިބާއްޖެއެވެ. ޝައިމްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ދެން އެންމެ ސިކުންތަކުވެސް ލައިބާއާ ދުރުގާ ކެތްނުވާނެއެވެ.

ފޯނުގެ އެލާމް ކަނޑާލުމަށްފަހު ޝައިމް ހިނިތުންވެލީ ދެންމެ ފެނުނު ހުވަފެނުގެ މަތިން ހަނދާންވުމުންނެވެ. އޭރު އެންމެ ކައިރީގާހުރި މިސްކިތުން ބަންގީގެއަޑު އިވިއިވި ހުށްޓެވެ. ޝައިމް އަވަސްވެލީ ނަމާދަށްދާން ތައްޔާރުވާށެވެ.

ނަމާދުން ފައިބައިގެން އައިސް ކާކޮޓަރިއަށް ވަން ޝައިމްގެ ލޮލުގާ ފުރަތަމަވެސް އަޅައިގަތީ ކޮފީ ތައްޓެއް ހިފައިގެން މޭޒުދޮށުގާ އިށާންނަށް ތައްޔާރުވި ލައިބާއެވެ.

“ޝައިމްވެސް މިއައީ ހޫނު ކޮފީއެއް ލިބޭތޯ” ޝައިމް ވާހެކެދެއްކީ މަޑުމަޑުންނެވެ. ލައިބާ ވަގުތުން ކޮފީއެއް ގިރައިގެން ގެނެސް މޭޒުމަތީ ބައްޓަމުން ޝައިމްއަށް ހިނިތުންވެލިއެވެ.

“ކީއްވެ އަހަންނަށް ކުށްހީއެއް ކުރެވުމުންވެސް އެކަން އޮޅުންފިލުވާ ނުދިނީ؟” ޝައިމް ޝަކުވާކުރިއެވެ. ލައިބާ ޝައިމްއާއި ދިމާއަށް ބަލާލިއެވެ. ލައިބާއާއި ދިމާއަށް އެބޮޑު ދެލޯ ހުއްޓިފާވެއެވެ. ދެމީހުން ހަތަރުކަޅި ހަމަވުމުން ލައިބާގެ ލޯ ކަރުނުން ފުރޭކަށް ގިނައިރުތަކެއް ނުނެގިއެވެ.

ވާނީވެސް އެހެންތާއެވެ. ރޭގަ ޝައިމް ކުރި ސުވާލެއްގެ ސަބަބުން އެހިތްވަނީ މާޔޫސްވެފައެވެ. ރޭގަނޑުގެ ނިދިން މަހްރޫމް ވެފައެވެ. ލައިބާ ކާވެނި ކުރިކަމަށް ޝައިމްއަށް ޤަބޫލް ކުރެވުނީ ކިހިނެތް ހެއްޔެވެ؟ މިއޮށް ހުރިހާ ދުވަހު ޝައިމްގެ އިންތިޒާރު ލައިބާހުރިކަން ޝައިމްއަށް ހަމަ ނޭނގޭހެއްޔެވެ؟ ލައިބާ ހިތާހިތުން ޝަކުވާކުރިއެވެ.

“އެހެންނުވާނީ. މިއޮއް ހުރިހާ ދުވަސްވީއިރު ލައިގެ ހާލުވެސް ބަލާނުލާ. ދިޔަ ދުވަހުވެސް ލައި އެންމެފަހުން ކުރި މެސެޖްގެ ރިޕްލައި އެއްވެސް ނުލިބޭ. ދެން އައިގޮތައް ކޮންގްރެޓްސް ކީމަ ލައިވެސް ދެރަވާނެދޯ!” ލައިބާއަށްވެސް ޝަކުވާކޮށްލެވުނީ ބޭއިހްތިޔާރުގައެވެ.

“އެހެންތަ؟ ޝައިމް އެދުވަހު މެސެޖް ކުރިގޮތަށް ސިމްކޮޅު އެއްލާލީ. ސޮރީ އަލްކޮ މަންމި ކިޔާތީ ހީކުރެވުނީ ދޮންބެއާ. އަމް ރިއަލީ ސޮރީ. ނައު ޓެލްމީ އެދުވަހު ކީކޭތަ މެސެޖްކުރީ؟” ޝައިމް އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. އެވަގުތު ލައިބާގެ މޫނު ރަތްވެގެންދިޔައެވެ. “ހޭ ޔޫއާ ބްލަޝިން. މިހާރު އަދި މާބޮޑަށް ބޭނުންވެއްޖެ އެމެސެޖްގަ އޮތް އެއްޗެއްބަލަން. ޕްލީސް ބުނެދިބާ!” ލައިބާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އިސްދަށަށް ޖެހިގޮތަށް އިސް އުފުލާލަންވެސް ނުކެރިފާއިނީ ޝައިމްގެ ތޫނު ނަޒަރު އޭނާގެ މޫނަށް ހުއްޓިފާވާކަން ޔަޤީންވާތީއެވެ.

“އޯކޭ ދެން ތިހާ ލަދުން އުޅެންޔާ ނުބުންޏަސް. ބަޓް އައި ހޭވް ސަމްތިން ޓު ޓެލްޔޫ. މިރޭ ނައިންގަ ޓެރެސްއަށް އަންނައްޗޭ. އަލް ބީ ވެއިޓިން ފޯ ޔޫ.” ޝައިމް ވަރަށް ލޯބިން ބުނެލިއިވެ. ލައިބާގެ ހިތް އުފަލުން ނަށާލިއެވެ.

ދެކުދިން ދެއްކި ވާހަކަ މީގެ ކުޑަ އިރުކޮޅެއްކުރިން ކާކޮޓަރިއަށް ވަންނަން އައި އަނީސާއަށް އަޑުއިވުނީ ބޭރުގާ މަޑުކޮށްލައިގެން ހުރުމުންނެވެ. އަނީސާއަށް އެދެހިތުގެ ހާލު މިހާރު ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. އޭނާ ބޭނުންވަނީ އެދެކުދިން އަވަހަށް ގުޅޭށެވެ. ދެކުދިންގެ އަޑެއް ނީވި އިރުކޮޅެއްވުމުން އަނީސާ ކާކޮޓަރިއަށް ވަނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ފުން ލޯބި (32)

Next

އާާވާ ހަނދާން 13

Next
April 20, 2017

އާާވާ ހަނދާން 13

Previews
April 19, 2017

ފުން ލޯބި (32)

26 Comments!

  1. sh yy says:
    April 20, 2017 at 10:01 am

    wow furathama dhww vrah reethi

    1. cenhi says:
      April 20, 2017 at 10:39 am

      Yes. Thank u

  2. Mash says:
    April 20, 2017 at 10:13 am

    Ohh its v v v v nice avahah aneh part up kolla dhehchey waiting

    1. cenhi says:
      April 20, 2017 at 10:40 am

      Thnkx will try anekkaves

  3. kiyaa says:
    April 20, 2017 at 10:17 am

    Haadha kurey..bt it’s nice
    Next part dhigu koh thankolheh avahah up kohdheeba plxx
    Thnkew??

    1. cenhi says:
      April 20, 2017 at 10:40 am

      Thnkx u

  4. cenhi says:
    April 20, 2017 at 10:38 am

    Thnkx ol. Story up nuvathy vai vegen asl midhuvaskolhu nuliyan. Dhen anekka liyanvy dhw

  5. kiya says:
    April 20, 2017 at 11:00 am

    Next part avaha up kohdhekohdhechchey plsplspls

  6. Areesha says:
    April 20, 2017 at 11:08 am

    Vv salhi…

  7. Areesha says:
    April 20, 2017 at 11:10 am

    Next part pzzzz

  8. Annu says:
    April 20, 2017 at 11:50 am

    V nice.. Next part when…

  9. Khajja says:
    April 20, 2017 at 12:36 pm

    Wow v rythi masha allah mifaharu propose kuraath shaim kon irakun nxt prt v kiyaalan beynunvejje n thanks cenhi luv u????????❤❤??❤❤❤

    1. cenhi says:
      April 20, 2017 at 3:16 pm

      Sry dear

  10. vifaa says:
    April 20, 2017 at 1:19 pm

    Obinexx… ??

  11. gud girl.. says:
    April 20, 2017 at 1:22 pm

    Kiyan beynun nuuuny nukiyaba dhw knmhn maa fuppaafa faadu faadu vhk nudhahka…v fooohivey

  12. cenhi says:
    April 20, 2017 at 1:45 pm

    Alhuganda hyvany comments thahves approve kohfahen public kurany. BT baeh comment thah kiyalyma mihar olhun araifi. This is not being rude, ekm kamunudhakidhin ignore kolliya I think its better than irritating others by using such language

    1. rude says:
      April 20, 2017 at 3:30 pm

      Thedheh… just ignore if u don wonna read konmehn ehn meehun bolah thuraa kuran hadhaani kameh neyy…. btw I luv the story….?????????

    2. cenhi says:
      April 20, 2017 at 3:36 pm

      Thank u rude

    3. cenhi says:
      April 20, 2017 at 3:37 pm

      Next part upkoffin. Hopefully approve kohdhevvaifiyya miadhves kiyalevene

    4. Pinkie says:
      April 20, 2017 at 5:04 pm

      Nukurey up eh. Hus dhogu. Hama ecchekey kiyany. Abadhu esfiya in publish nukoh nuthobeyne. Mi noonas mi site ga liyuntherin vaahaka liyey. Kon dhogeh hadhaakah. Haadha fooohi veyey

  13. Maree says:
    April 20, 2017 at 2:28 pm

    vvv reethi vaahaka

  14. Aliya says:
    April 20, 2017 at 2:48 pm

    Vaahaka nimeny tha mihar

  15. aayath says:
    April 20, 2017 at 5:13 pm

    Pinkie Aaron kon kameh. Foohivanyaa vaahaka nukiyaa hurebala

    1. cenhi says:
      April 20, 2017 at 6:28 pm

      Its k. Asl engeyey v like vaakan. Ehenvyma kiyeny. Dhn me commenteh kohdhechey bunefa othyma commentvs kohlany I think

  16. Anee says:
    April 20, 2017 at 11:42 pm

    Story v v v nice. I’m waiting fr nxt part.

  17. Sham cham says:
    April 21, 2017 at 12:06 am

    Alhe next part avahah up kolladheeba plx

Comments are closed.

Next Episodeހިތް އެދެނީ (13)←


All Right Reserved!