Skip to content
އެސްފިޔަ

ފުން ލޯބި (30)

ފެންކަޅިވެފާވާ ދެލޮލުން ހައިކަލްއަށް ބަލާލަމުން އަތުން ބާއި ކިޔާލަމުން މަންމަމިނާއެކު އެތެރަށް ވަނީމެވެ.

ޕާކިސްތާނަށް ދެވުނު އިރު  ގަޑިން އަށެއް ޖަހަނީއެވެ.

” ޔަލް ޑިއާރ..” ސިޓީން ރޫމް ސޯފާގަ ޓީވީ ބަލަން އިން ކުޑާއްތަ އަހަރެން ފެނުމުން އައިސް ބައްދާލަމުން ބުނެލިއެވެ.

”   ދޮންތަ ނުވެސް ބުނަމެއްނު  އަންނަ ވާހަކައެއް… ޒާ ދަރިފުޅާ..” މަންމައާ ޝަކުވާ ކޮއްލަމުން ކުޑާއްތަ ޒާއަށް ގޮވާލިއެވެ.

” ޒާވެސް މިކޮޅުގަތަ..” ޒާއަށް ގޮވާލީމަ އަހަރެން ހިތުގަ އުފެދުނު ސުވާލު ކޮއްލީމެވެ.

” އާން ޒާވެސް އިއްޔެ އައީ..” ސިޑިން ފައިބައިގެން އައިސް އަހަރެން ކައިރީ ހުއްޓިލަމުން ޒާޔާ ބުނެލިއެވެ.

” ކުޑާއްތައަށް ސަޕްރައިސްއެއް ދޭންވެގެން ނުބުނެ އައީ ދޯ ދަރިފުޅާ..” މަންމަ އަހަރެންނަށް ދޯ ދެމުން ގޮސް ސޯފާގަ އިށީންދެ ހަމަޖެހިލިއެވެ. އަހަރެންނަށް ފުދޭ ވަރަކަށް ހިންދީ އިނގޭތީ ކުޑާއްތަ މިނާ ވާހަަކަ ދައްކާ ހަދަން އެއްވެސް އުނދަގުލެއް ނުވެއެވެ.  އިރުކޮޅަކުން ކުޑާއްތަބެވެސް އައިސްފިއެވެ. އެންމެން އެކީގަ އެރޭގެ ކެއުމަށް އިންސާފް ކުރުމަށްފަހު އަވަހަށް ނިދަން ދިޔައީ ދަތުރު ވަރުބަލިވެފަ ހުރީމައާ އެކުއެވެ. އަހަރެންގެ ރޫމްގެ ފަރްނީޗާގަނެ ނުނިމެ ހުރީމަ ޒާއާ އެކު ރޫމް ނިމެންދެން ޝެއާ ކޮއްލަން ނިންމީއެވެ.

އަހަރެން ފެންވަރާލައިގެން ނިކުތް އިރު ޒާ އޮތީ ފޯނެއްގައެވެ. އަހަރެންވެސް ގޮސް އެނދުގަ ހަމަ ޖެހިލަމުން ފޯނު ނެގީމެވެ.

” ޔަލް ގެ ފޯނު ވަރަށް ރިންގްވި.. ހައިކްބެ ކަންނޭންގެ..” ޒާ ފޯނުގަ އިނދެ ބުނެލިއެވެ. ވައިފައި ކަނެކްޓްވެފަ ހުރީމަ ހައިކަލްގެ މެސެޖްތަށް އައިސްފަ ހުއްޓެވެ. ވައިބާރއިންވެސް ދެތިން ފަހަރަކު ގުޅާފަވެސް އޮތެވެ.

” ހެއި.. ރިއަލީ ސޮރީ.. ޔަލްމެން އައި އިރު ކުޑާއްތައާ ޒާއާ އެންމެން އުޅޭ.. ދެން އެމީހުންނާއެކު އުޅެލާފަ ކައިގެން މިއައީ.. ސޮރީ އައިގޮތަށް މެސެޖްކޮށް ނުލެވުނީމަ..” ހައިކަލް ނިދާފަ އޮވެދާނެ ކަމަށް ހީކޮއް ނުގުޅަންވެގެން މެސެޖް ކޮއްލީމެވެ. ވަގުތުން ވައިބާރއިން ހައިކަލް ގުޅިއެވެ.

” އިޓްސް އޯކޭ ބޭބީ.. ވަރަށް ޓަޔަޑް ދޯ.. ކޯއްޗެއް ކައިގެން ތިއައީ..” ހައިކަލްގެ އެ ފިރިހެންވަންތަ އަޑުޖެހުމުން ވެފަހުރި ވަރުބަލިކަންވެސް ފިލާ ދިޔަކަހަލައެވެ. ހައިކަލްއާ ވާހަކަދައްކަން އެހެން އޮއްވާ މިރޭވެސް އަހަރެންނަށް ނިދުނީއެވެ. ހެދުނު ހޭލައިގެން ފޯނު ބަލާލީ ހައިކަލްގެ މެސެޖެއް އިންތޯއެވެ. މިހާރު ކޮންމެ ދުވަހެއްވެސް ފެށެނީ ހައިކަލްގެ ރީތި ލޯބީގެ މެސެޖްއަކުންނެވެ. މިއަދުވެސް ވައިބާރ އިން މެސެޖްކޮއްފައިނެވެ. ހައިކަލްއަށް ރިޕްލައި ކޮއްފަ ބަލާލިއިރު ނުދަންނަ ނަމްބަރ އަކުންވެސް ވައިބަރ ކޮއްފައިނެވެ. ހަމަ އެކަނި ހާއި ޖަހާލާފަ އިނުމުން އަޅާވެސް ނުލާ ފެންވަރާލައިގެން ދިޔައީ ސައިބޯންށެވެ.

” ގުޑް މޯނިންގް ޕްރިންސެސް..” އަހަރެންގެ ބޮލުގަ ފިރުމާލަމުން މަންމަ ބުނެލިއެވެ.

” ދަރިފުޅާ މާދަން ދިހައެއް ޖަހާއިރު އޮރިއެންޓޭޝަން އެބޮތް..  ނެކްސްޓް ވީކްގަ ކޮލެޖް ފެށޭނެހެން ހީވަނީ..”  މަންމަ ސައިބޯން އިނދެ ބުނެލިއެވެ.

” ދަންނަ ކުއްޖެއްވެސް ނުހުންނާނެ.. ވަރަށް ފޫހި ވާނެ ކަންނޭންގެ ފުރަތަމަ ދުވަސްކޮޅު.. ” އަހަރެން ވިސްނާލާފަ ބުނެލީމެވެ.

” ދުވަސްކޮޅެއް ވެލީމަ އޯކޭ ވާނެ.. ޒާވެސް ފުރަތަމަ މެލޭއަށް ގޮސްފަ ތިހެން ހިތަށްއެރި.. އެކަމް ފުރަތަމަ ދުވަހު ލިބިއްޖެ ދެތިން އެކުވެރިން.. އެމީހުނާއެކު ކޯސް ނިމެންދެން މިއުޅުނީ.. ” ޒާވެސް  ބުނެލީ އަހަރެން ހިތްހަމަޖެހޭ ކަަހަަލަ ވާހަކައެކެވެ.

“ޒާ މިހާރު ދެން އެއްކޮއް ކޯސް ނިންމާފަތަ ތިއައީ..” އަހަރެން އަހާލީމެވެ.

” ޔާ.. ދެން ނެތް އިތުރަށް ކިޔަވާކަށް ހިޔާލެއް.. ދެތިން ތަނަށް އެޕްލައި ކޮއްގެން މިއުޅެނީ މިހާރު.. އެހެން ބުނީމަ މި ހަނދާންވީ.. މިއަދު އިލެވެންގަ އެބައިން އިންޓަވިއު އެއް.. ގޮޓަ ގޯ..” އެހެން ބުނެފަ ސައިބޯން އިން ތަށިތަށްވެސް ދޫކޮއްލާފަ ގޮސް ވަނީ ކޮޓަރިއަށެވެ.

” ޕިސް ޕިސް.. އަބަދުވެސް އެ ކުއްޖާ ފަކީރު އުޅޭނީ އެހާލުގަ..” ދެފަރާތަށް ބޯ ހޫރާލަމުން ކުޑާއްތަ ބުނެލިއެވެ.

ދުވަސްތައް ފާއިތު ވަމުންގޮސް ކޮލެޖް ކިޔެވުންވެސް ފެށިއްޖެއެވެ. ފުރަތަމަ ދުވަސްކޮޅު ޒާ ބުނިހެން އެކަނިވެރިކަން އިހްސާސް ވިޔަސް ދެތިން ދުވަސްތެރޭ ކްލާސް ކުދިންނާ އެކުވެރިވެ ފޫހިކަން ފިލާ ގޮސްފިއެވެ. ކުލާހުގަ ގިނައީ ޕާކިސްތާނާ އިންޑިއާ ކުދިންނެވެ. ކޮލެޖް ކިޔެވުން ފެށުމާއެކު އަހަރެންގެ ހަޔާތަށްވެސް ބޮޑެތި ބަދަލުތަކެއް އައިކަން އިހްސާސކުރެވުނެވެ. ދުވާލުގެ ގިނަ ވަގުތު އަހަރެން ހޭދަ ކުރަނީ ކޮލެޖްގައެވެ. ކުލާސް ނިންމާފަވެސް ލައިބްރަރީއަށް ގޮސް އެތަށް އިރަކު   މެޑިކަލް ދާއިރާއާ ގުޅޭ ފޮތް ކިޔަން އިންނަމެވެ. ރޭގަނޑު ގެޔަށް އަންނައިރު ވަރުބަލިވެގެން ހުންނަނީ ހަލާކުވާވަރު ވެފައެވެ. އެހެން ކަމުން ފެންވަރާލައިގެން އިރުކޮޅަކު ހައިކަލްއާ ވާހަަކަ ދައްކަން އޮވެލާފަ އަނެއްކާވެސް ކިޔެވުމަށް ވަގުތު ހުސްކުރަމެވެ. ދުވަހެއް ދުވަހަކަށް އަހަރެންނަށް ހައިކަލްއަށް ދެވޭ ވަގުތު ދިޔައީ މަދުވަމުންނެވެ. ނަމަވެސް ހައިކަލް ފަރާތުން އެއްވެސް ޝަކުވާއެއް ނާދައެވެ. ހައިކަލް ކަހަލަ ލޯބިވާ އަންޑަސްޓޭންޑްވާ ބައިވެރިޔަކު ލިބުމުން އަހަރެން ހުރީ ނުހަނު އުފާވެފައެވެ. ބައެއް ފަހަރު ނޭގޭ ފިލާވަޅުތަށް ހައިކަލް ކައިރީ އަހައިގެން އޮޅުން ފިލުވާ ހަދަމެވެ. ކިޔެވަން ފެށުނު ފަހުން ދުވަސްތަށް ދަނީވެސް ހާދަ އަވަހަކަށްށޭ ހިތަށް އެރިއެވެ.  ކޮލެޖްގެ ފުރަތަމަ އަހަރު ނިމިގެން ދިޔައީ ހިތްހަމަ ޖެހޭ ފަދަ ނަތީޖާއަކާ އެކުއެވެ. އަހަރެން ކުރި މަސެއްކަތާ ބަލާފަ ހީކުރިވަރަށް ވުރެވެސް ރަނގަޅު ނަތީޖާއެއް ލިބިގެންނެވެ.   ފުރަތަމަ އަހަރުގެ ކިޔެވުމަށްފަހު އެއްމަސް ދުވަހުގެ ޗުއްޓީއެއް ލިބުމުން އަހަރެން ބޭނުންވީ ރާއްޖެ ދާށެވެ. ނަމަވެސް ކޮލެޖް ފަރާތުން މެޑިކަލް ކޭމްޕަކު ފަނަރަ ދުވަހަށް އިންޑިއާއަށް ދާން ޖެހުމުން ރާއްޖެ ދިޔުމުގެ ހިޔާލު ދޫކޮއްލީއެވެ. ހައިކަލްއަށް ވަގުތު ދިން ކަމުގަ ވިޔަސް އަހަރެން ބެލީ ކިޔެވުމަށް ފުލް ކޮންސެންޓްރޭޝަން ދެވޭތޯއެވެ. މަންމައާ ބައްޕަ އަހަރެންނަށްޓަކައި ދެކެމުން އެ އަންނަ ހުވަފެންތަކުގެ ކުލަޖައްސަދޭން ބޭނުންވީ އެމީހުން ފަހުރުވެރިވާފަދަ މޮޅު ދަރިވަރަކަށް ވެގެންނެވެ.

ދުވަސްތަށް ހަފްތާތަކަށް ބަދަލްވެ ހަފަތާތަށް މަސްތަކަށް ބަދަލުވަމުންދެއެވެ. އަހަރެންވެސް ކިޔެވުމައިގެން ކުރިޔަށް ދިޔައީމެވެ. ފުރަތަމަ އަހަރާ ބަލަފަ ދެވަނަ އަހަރު އަހަރެންނަށް ބައެއް މާއްދާތަށް އުނދަގޫވިއެވެ. އެހެންކަމުން ކުރިޔަށްވުރެ ގިނަ ވަގުތު ކިޔެވުމަށް ހުސް ކުރަމުން ދިޔައީމެވެ. އަހަރެން ބޭނުންވީ އެއްވެސް މާއްދާއެއް ރިޕީޓު ކުރަން ނުޖެހި ރަނގަޅު ނަތީޖާއަކާ އެކު ކޯސް ނިންމާލާށެވެ. ދެވަނަ އަހަރުވެސް ނިމިގެން ދިޔައީ ހިތްހަމަ ޖެހޭފަދަ ނަތީޖާއަކާއެކުއެވެ.

” ހައިކް އަޅެ ޔަލް ވަރަށްް ރާއްޖެ ދާހިތްވޭ.. އެކަމް މަންމައަކަށް ޗުއްޓީއެެއްވެސް ނުލިބުނު.. ހައިކް އަންނަންވީނުން ވީކް އަކަށް މިކޮޅަށް.. މިހާރު ޓޫ އިޔާސް މިވީ ހައިކް ނުފެންނަ ތާ.. ހާދަ މިސްވެޔޭ..” އަހަރެން ފޯނުން ހައިކަލްއާ ވާހަކަ ދައްކަމުން ދިޔައީމެވެ.

” އަޅޭ.. ހައިކްއަށްވެސް ދެވޭނެ ނަމަ ދާނެކަން ބޭބީއަށް އިނގެއެއްނު.. މިދުވަސް ކޮޅު ނުލިބޭނެ ޗުއްޓީއެއް.. ދެ ޑޮކްޓަރުން މިހާރުވެސް ތިބީ އެނުއަލްގަ.. ޔަލް ތަންކޮޅެއް ކުރިން ބުނި ނަމަ އެއްނު ލީވްއަށް ރިކުއެސްޓް ކުރަން އިނގޭނީ.. ދެން އަދި ދިމާވާނެއެއްނު.. ދިގު އިންތިޒާރެއް ކޮއްފަ ދިމާވީމަ އަދި މާ ހެޕީވާނެ..” ހައިކަލް ބުނެލިއެވެ.  ޗުއްޓީ ދުވަސް ތަކުގަ އަހަރެން ބޮޑަށް ބެލީ ހައިކަލްއަށް ވަގުތު ހުސްކުރެވޭތޯއެވެ. ތިން ވަނަ އަހަރުގެ ކިޔަވަން ފެށުމާއެކު ހައިކަލްގެ ބަދަލްވަމުންދާ މިޒާޖް ރޭކާލަން ފެށިއެވެ. ކޮންމެ ދުވަހަކު ހެދުނު ހޭލާއިރު ހައިކަލްގެ މެސެޖެއް އިންނާނެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ދުވަސް ދުވަހު ހޭލާއިރު ހައިކަލް މެސެޖެއްވެސް ކޮއްލާފަ ނީންދެއެވެ. މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭން ހައިކަލް މޯނިިން މެސެޖް ނުކުރާ އެއްވެސް ދުވަހެއް ނުދާނެއެވެ. އެެކަމް ފަހުން އައިސް ހައިކަލްގެ މެސެޖްތަށް  ނުލިބޭތީ އަހަރެން ޝަކުވާވެސް ކުރީމެވެ. ހައިކަލް ބުނީ މާބޮޑަށް ބިޒީ ވީމަ މެސެޖް ކޮއްނުލެވެނީ ކަމުގައެވެ. މީގެ ކުރިން ހައިކަލް ކިތަންމެ ބިޒީކޮއް އުޅުނު ކަމުގައި ވިޔަސް ގަޑިން ގަޑިޔަށް އަހަރެން ކައިފިތޯ މެސެޖްކޮއްގެން ބަލާ ހަދާނެއެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ހައިކަލްގެ މެސެޖެއް އެއްގޮތަކަށްވެސް ނުލިބޭ ދުވަސްތައް އާދެއެވެ. އަހަރެން އެކަމާ ދެރަވެގެން  މަންމައާ އެކަން ޝެއާކުރީމެވެ.

” ދަރިފުޅާ  ވެދާނެއްނު ހައިކް ބިޒީ ވީ ކަމަށް މާ ބޮޑަށް.. ދަރިފުޅަށް އިނގެ އެއްނު މަންމަވެސް ހޮސްޕިޓަލްގަ ބިޒީ ދުވަސްތަކުގަ އުޅޭ ހާލު.. އަނެއްކޮޅުން ބައެއް ޑޮކްޓަރުން ޗުއްޓީގަ ތިބި ވާހަކަވެސް ބުންޏެއްނު.. ދެން އެހާ ބޮޑަށް ކަންކަމާ ނުވިސްނާ ރަނގަޅަށް ކިޔެވާ ދަރިފުޅު.. ހައިކަލްގެ ފަރާތުން ދަރިފުޅުގެ ކިޔެވުމަށް އެއްވެސް ބުރޫއެއް އަރައިގެން ނުވާނެ.. ދެން އޮތީވެސް އެންމެ ތިން އަހަރު.. ވޭތުވެދިޔަ ދެ އަހަރުހެން އެ ތިން އަހަރުވެސް ގޮސްދާނެ.. އަވަހަށް ބަސް އަހައިގެން ކިޔަވާލީމައެއްނު ދަރިފުޅަށް ހައިކްއާ މެރީ ކުރަން ރާއްޖެ ދެވޭނީ..” ކުޑަކުއްޖަކަށް ވިސްނަދޭހެން މަންމަ އަހަރެންނަށް ވިސްނަދިނެވެ. އަހަރެންނަށްވެސް މަންމަ ދެއްކި ވާހަަަކަ ގަބޫލު ކުރެވުނެވެ. މިދުވަސްކޮޅު ހައިކަލްއާ ދޭތެރޭ ވިސްނައިގެން އޭގެ އަސަރު ކިޔެވުމަށް ކޮއްފިއްޔާ މާ ދެރަވާނެއެވެ. އެހެންކަމުން އަހަރެން ހައިކަލްއާ ދޭތެރޭ ކުރެވުނު ޝައްްކުތައް ފިލުވާލާފަ ކިޔެވުމައިގެން ކުރިޔަށް ދިޔައީމެވެ. ހައިކަލް މެސެޖްކޮއް ނުހެދިޔަސް އަހަރެން ދުވާލު ދެތިން ފަހަރު ވަގުތު ހޯދައިގެން މެސެޖްކޮއް ހަދަމެވެ. ހައިކަލް ނުގުޅިޔަސް ޝަކުވާނުކޮއް ވޭތޯ ބަލަމެވެ. ކަންކަން ހީވެސް ނުކުރާހާ ބޮޑަށް ބަދަލުވެގެން ދިޔައީ އޭގެން ކަމެއް ރޭކާނުލާ ހުއްޓައެވެ.

 

*** ތިން އަހަރު ފަސް***

 

? ނުނިމޭ ?

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (59)

  1. Mimmi ❤️

    Guys here is 30th part ?
    Enjoy reading ?

  2. Zoaeee

    Haadha kureyy.. ???

    1. Mimmi ❤️
      Zoaeee

      Yah I know. E hisaabun ninmaalan beynun v ma kurukoh ae.. Maadhange episode Dhigukoh genesdheynan ?

  3. Riffu

    Haadha kurey mi part ekamves reethi.. Haik change veema v dhera.. Riffu first tha?

    1. Riffu
      Riffu

      First eh Nooney dhw
      ??

    2. Mimmi ❤️
      Riffu

      Not first.. Ekam 2nd.. Thankx riffu ?

  4. Naash

    V nice and intresting. But uts too short.

    1. Mimmi ❤️
      Naash

      Yah aslu mirey ehisaabun ninmaalaa gothah inya kuru v.. maadhange bai dhiguvaane.. Thankx naash ?

  5. Khajja

    Alhey haik thykon kahalamyheh last year gatha change vaan thi enguny?? stry v habeys ekam mi prt kuruvyma v dhera v kiyaahithun indha nimuny stry thereyga ulhenikon anyway v rythi n gud nyt

    1. Mimmi ❤️
      Khajja

      Thankx khajja ? Asluves dhw. Ekam kyhkuraany meehunge hithakyves badhaluvaa ehcheh viyyaa… & really sorry mibai kurukoh genesdhevunyma ?

  6. Reader

    mimmi haadha reehchey mi story dhaagoi. ekam mireyge bai thankolheh kurukamah feel vanee,. enme kiyaahiyvi hisaabun adhi thi ninmaaly.. maadhan ves parteh genes dheynan dhw.?

    1. Mimmi ❤️
      Reader

      Thankx Reader ? yes In Sha Allah miadhu upkohdheynan ?

  7. saidha

    Haadha kurey

    1. Mimmi ❤️
      saidha

      Next part dhigukoh genesdheynan ?

  8. Kittiy.

    Vvv rythi…❤

    1. Mimmi ❤️
      Kittiy.

      Thankx Kittiy ?

  9. Any

    V loabi vaahakaeh mee

  10. Maree

    vv reethi

    1. Mimmi ❤️
      Maree

      Thankx Maree ?

  11. Almaa

    Wowooo

    1. Mimmi ❤️
      Almaa

      Thankx Almaa ?

  12. Bleh

    Dhen yal aa yaanu gulhuvaa❤️

    1. Yalvee
      Bleh

      No Yaanu is not perfect for yal

    2. Mimmi ❤️
      Bleh

      Hehe keep on reading eyrun ingeyne yal gulheny kaakaa kan. Maybe Yaanu ahves vedhaane ?

  13. ReeXa

    Alhey haadha dhera gothekey e vanee… Anehka haikal ah kihineh v ba. ..mi part vx reethi…

    1. Mimmi ❤️
      ReeXa

      Thankx ReeXa ?

  14. ainthu

    V reethi keep it up

    1. Mimmi ❤️
      ainthu

      Thankx Ainthu ?

  15. Fathun

    Vara kiyaahithun indhaa thi ninmaalee..Miadhu avahah upkohdhyba..

    1. Mimmi ❤️
      Fathun

      Thankx Fathun ? Mirey upkohla dheynan ?

  16. R.... m

    Mimmi vvv bodah thanks . Kome yal aa hykl dhuru tukurahchey eyrun story v kada vaane. Story vvsalhi v happy mistory up kuraathee☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺

    1. Mimmi ❤️
      R.... m

      Thankx R…m ? Varah Happy R…m men kahala readers thibeythi ?

  17. Any

    Nice kuriyah dhagoii

    1. Mimmi ❤️
      Any

      Thankx Any ?

  18. Aish

    Mi vara inthizaaru kurevunu story e. Ekam mihaaru mimmi ah fully trust kurevey. ehn liyuntherin story ehkoh liye ninmmaafa genesdheynamey nooni konmes ehen kameh vegen fahun start kuran bunefa gehleny mi site in. but mimmi 2 faharu ehen v maves hama trust libey gothah thi kan kuree. vara happy vejje mi story up kuran feshima. Vara furihama mi partves. Keep up the good work dear…

    1. Mimmi ❤️
      Aish

      Thank you so much Aish ?

  19. Yalvee

    Speachless. But Yal & haik should be together. I think there must be a good understanble reason behind haik’s changed behaviour. Mimmi at the end yal & haik ingey gulhuvaany.

    1. Mimmi ❤️
      Yalvee

      Thankx Yalvee ? Mimmives beynun vany haik nd yal gulhuvan ekam haik beynun nuvanya keehkuraany ?

  20. Nana

    Haikal kyvvebaa ehaa change evy.. Anyway salhi mi part vx

    1. Mimmi ❤️
      Nana

      Thankx Nana ? Keep on reading dear ?

  21. Axee

    Haikal hama foni vy…..eyge firihenun ves nulaahiku ulhe yey dhw mimmi…mibey v v kuru next part pls dhigukohladhehchey. waitin…

    1. Haikal
      Axee

      Noo axee thihen nubuney..Aharennah majuboorieh othy kamah vedhaanehnu..

    2. Mimmi ❤️
      Axee

      Thankx Axee ?Yah dhw mihaaru aslu ginai thibunaa kahala boys. Next part dhigukohla dheynan ?

  22. Maasha

    Story kuriyah dhaagoi varahhh reethi
    kudhin kudhin ebunaahen haik aa yal ingey gulhuvaany
    31 baige inthizaaruga

    1. Mimmi ❤️
      Maasha

      Thankx Maasha ?

  23. Mimmi's fan

    Nothing to say just WOW <3

    1. Mimmi ❤️
      Mimmi's fan

      Thankx Dear ?

  24. luhan

    Wat?avas kohdheythi ingey nxt part..V salhi..

    1. Mimmi ❤️
      luhan

      Thankx luhan ?

  25. Axee

    Hama bunaanan?…ehves majuboory eh othyki nun.hama fonikamun eh anhen kuhjeh gengulheythaa maa gina dhuvas vyma aakohlan vaanehnu..ae v gothaky…ae e faadu firihenun vahtharey ae haikal noonakas..??..dho mimmi.

    1. Mimmi ❤️
      Axee

      Hehe asluves dhw. MIhaaru ulhey 95% boysge thinking hunnaany thihen. Madhu faharaku rangalhu kujjakaa dhimaavanyves ?

  26. Rapunzel

    Mimmi is the best ❤? my favorite story in esfiya
    Next part Ava’s kohlachey

    1. Mimmi ❤️
      Rapunzel

      Awwn Thank you so much Rapunzel ??

  27. Faathee

    Alhe keehve tha haik e change v? Ehen kuhjakaa relation onanee baa? Eyrun haadha dhera ey. Haik ehen hadhaafiyaa v foohi. Waiting for next part

    1. Mimmi ❤️
      Faathee

      Thankx Faathee ?

  28. Aki

    koba konirakun up kohla dhenee

    1. Mimmi ❤️
      Aki

      Uploaded ?

  29. Sham cham

    Knirakun next part up kolladheynee…avahah up kolladhaaba…plx..story v v v v salhi…??

    1. Mimmi ❤️
      Sham cham

      Thankx Sham ? Story is already uploaded ?

Comments are closed.