Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (10)

Psenhi Level 410 Stories100 Comments100 Login
April 15, 2017 5 Mins Read
30 Comments

ޝައިމްގެ ރުޅިވެރި ނަޒަރު ހުއްޓިފާވަނީ ސީދާ ލައިބާގެ މޫނަށެވެ. މީހާ ދާހިއްލާ ފޯވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. ވާނީވެސް އެހެންތާއެވެ. ލައިބާ އަދި މިހާތަނަށްވެސް ދުވަހަކުވެސް ގަޑިޖެހިފައެއްނުވެއެވެ. ގަޑި ޖެހުނު ދުވަހުވެސް މިދިމާވީ މުހިއްމު މީޓިންއެއް އޮތް ދުވަހަކާއެވެ. މީޓިންއަށް ގަޑިޖެހިގެން އައުމުން ޝައިމް އަންނަ ރުޅި ލައިބާއަށް އޮޅިފައެއް ނެތެވެ. އައްޒަ ލައިބާދެކެ ރުޅި އައިސްގެން އުޅުން ދުވަހެއްގައި ހަސަން ވަނީ ޝައިމްގެ އެ ހަރުކަށި މިޖާޒު ލައިބާއަށް އޮޅުންފިލުވާދީފައެވެ.

ޓިޝޫއެއްގެ އެހީގާ ނިތްކުރިމަތިން ދާތިކިތައް ފުހެލުމަށްފަހު ލަސްވީތީ މާފަށް އެދެމުން ލައިބާ މީޓިންގާ ބައިވެރިވިއެވެ. ކިތަންމެ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއަސް ލައިބާގެ ހިތުގެ ތެޅުން އަވަސްވެ އަޑުގާތުރުތުރެއް ހުއްޓެވެ. މިކަން އެންމެންނަށްވެސް ފާހަގަވިއެވެ.

މީޓިން ނިމުމުން ލައިބާ ފިޔަވާ ހުރިހާ ބައިވެރިންނަށް ދިއުމުގެ ހުއްދަ ލިބުނެވެ. ލައިބާއަށް އެންގީ މަޑުކޮށްލާށެވެ. އެންމެން ނިކުމެގެން ދިއުމުން ލައިބާގެ ހިތުގާ ބިރުވެރިކަން އުފެދުނެވެ.

“ލައިބާ!”

ޝައިމްގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް ޖެހިލުންވެފައި އިން ލައިބާއަށް ލިބުން ސިހުމާއިއެކު ކުއްލިއަކަށް އިންތަނުން ތެދުވެވުނެވެ. ޝައިމްގެ އަޑު ވަރަށް ބާރަށް އިވުމުން ލައިބާގެ ހިތް ހުއްޓުނުހެން ހީވިއެވެ.

“ހެ ހެ ހެ ހެ ހެ. ހާދަ ބިރެއްގަނެއޭދޯ؟ އަހަރެން ނޫޅެމޭ ލައިބާ ކާލާކަށް” ޝައިމް ބާރަށް ހެމުން ވާހަކަ ދެއްކިއެވެ. ދެންމެ އެ ލޮލުން ފެންނަންހުރި އަލިފާންގަނޑުގެ އެއްވެސް އަސަރެއް އެދެލުގާ މިހާރަކު ނެތެވެ. އެހެންނަމަވެސް އެމޫނުގައިވަނީ ލާނެއް ހިނިތުންވުމެކެވެ.

ނޭވާތާށިވެފައިވާ މީހެކު ނޭވާލާން މަސްއްކަތް ކުރާފަދަ ގޮތަކަށް ލައިބާ ފުން ނޭވާތަކެއް ދޫކޮށްލިއެވެ. އަދި ހަމަޖެހިލިއެވެ. އެއީ ޝައިމް ލައިބާއާ ކޮށްލި ސަމާސާއެއްކަމަށް ޝައިމް ބުނުމުންނެވެ.

”ހާސްވެފަ ހްންނައިރުވެސް އެހާ ލޯބި” ކުއްލިއަކަށް ޝައިމް އައިސް ލައިބާގެ އަތުގާ ހިފާލިއެވެ. ލައިބާގެ އަތުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. މުޅި މީހާ ފިނިވިއެވެ. އަތް ދަމައިގަންނަން ކުރި މަސައްކަތްވީވެސް ބޭކާރެވެ.

ޝައިމް އިތުރަށް ލައިބާއާއި ކައރިވުމުން ފަހަތަށް ނެގި ފިޔަވަޅާއިއެކު އަރިއަޅާލައިގެންގޮސް ލައިބާ ކުރިން އިށީނދެއިން ގޮނޑީގާ އިށީނދެވާއްޖެއެވެ. ވަގުތުގެ ބޭނުން ހިފާ ޝައިމް ގޮނޑިއަނބުރާލުމަށްފަހު ގޮނޑީގެ ކައިރީގާ އިށީނދެލިއެވެ. އަދި ލައިބާއަށް ނުތެދުވެވޭނެހެން ގޮނޑީގެ ދެފަރާތުން އަތް އަޅުވާލަމުން ލައިބާއާއި ގާތަށް ޖެހިލިއެވެ.

ޝައިމްއަށް އޭނާގެ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ. ހިތް އެދެމުންދިޔައީ އެހިތުގެ ރާނީގެ ނާޒުކު ތުންފަތުގައި ބޮސްދޭށެވެ. ޝައިމްގެ މޫނު ލައިބާގެ މޫނާ އިތުރަށް ކައިރިކޮށްލިއެވެ.

ލައިބާއަށް އިނދެވުން ތަންވެސް ނޭނގުނެވެ. ޝައިމްގެ ހޫނު ނޭވާތައް އެމޫނުގައި ބީހެމުންދިޔައިރު ނުފެންނަ ބާރަކުން ދެމީހުން ގާތަށް ގެންދާހެން ހީވެއެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަމުން ލައިބާ މޫނު ފަހަތައް ޖައްސާލިއެވެ. އެވަގުތު ދޮރުހުޅުވާލާފާ އެތެރެއަށް މީހަކު ވަންކަން ދުށީ ހަމައެކަނި ލައިބާއެވެ. ޝައިމްވަނީ އައަށްވުރެ ބޮޑަށް މަސްތުވެފައެވެ.

“ޝައިމް!” ލައިބާ ބުނަން އުޅުން އެއްޗެއް ހުއްޓުވީ ޝައިމްއެވެ. އޭރު ޝައިމްގެ އަތްވަނީ ލައިބާގެ އަނގަމަތީ އަޅާފައެވެ.

“ނޮޓް ދިސްޓައިމް” ޝައިމް ވައި އަޑުން ބުނެލުމަށްފަހު އަނެއްކާވެސް ލައިބާގެ މޫނާއި މޫނު ކައިރިކޮށްލިއެވެ. ލައިބާގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ.

“ޝައިމް!” ޝާހިދު އަޑަށް ބާރުލާފާ ހަޅޭއްލަވާގަތެވެ. ޝައިމްއަށް ލިބުން ކުއްލި ސިހުމާއިއެކު ކޮޅަށް ތެދުވިއެވެ.ފަސް އެނބުރި ބަލާލީ ކަންފަތުން ސިކުނޑިއަށް ދިން މެސެޖް ޤަބޫލް ނުކުރެވިގެންނެވެ. އެއާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. މުޅި މީހާ ދާހިއްލާ ފޯވިއެވެ.

އަވަސް ހިނގުމެއްގާ ޝާހިދު އައިސް ޝައިމްގެ ކުރިމަތީ ހުއްޓުނެވެ. ދެންފެނުނީ ޝައިމްގެ މޫނުމައްޗަށް ހޫނު ހަމަލާއެއް އެރި މަންޒަރެވެ. ޝައިމްގެ މޫނުން ދިލަ ނަގައިގަތެވެ. ނަމަވެސް އަނގައިން އަޑެއްވެސް ލައްވައެއް ނުލައެވެ.

“ޑޭޑް ހިއެއްނުކުރަން މުއައްޒަފުންނާމެދު ޝައިމް ތިގޮތައް ކުރާނެ ކަމަކަށް. އަންހެން ކުއްޖަކަށް ވިއަސް އެކުދިންގެވެސް ހައްޤުތަކެއް ވެއޭ. އަދި ލައިބާފަދަ ކުއްޖަކާއި މެދު ތިހެން ހެދީމަ ބައްޕަ މިއަދު ވަރަށް ހިތްހަމަ ނުޖެހިއްޖެ. ދެރަވެ ލަދުގަނެއްޖެ. އެކުއްޖާއަށް މިހަތަރުފާރު ތެރެއިން ކަމެއް ދިމާވެއްޖެނަމަ ބައްޕަގެ އެކުވެރިޔާއަށް ބައްޕަ ދައްކާނީ ކޮން މޫނެއް. ޝައިމްއަށް ކިޔާދެވިފަ ކަންނޭނގެ އޮންނާނީ އަދުނާނަކީ ބައްޕައާ ކިހާ ގާތް މީހެއްކަން” ޝާހިދުގެ ރުޅިވަނީ އިންތިހާއަށް ގޮއްސައެވެ. ނަމަވެސް ދަރިފުޅަށް އަތް އިސްކުރެވުނީތީ އޭނާ ދެރަވިއެވެ.

“ސޮރީ ޑޭޑް. ސޮރީ ލައިބާ” ޝައިމްއަށްވެސް ކުރެވުނު ކަންތަކާއިމެދު ވިސްނާލެވުނެވެ. ބައްޕަގެ އަޑުގައިވީ ރިހުން އޭނާއަށް އިޙްސާސް ކުރެވުނެވެ.

ޝާހިދު ލައިބާއަށް ބަލާލަމުން ބޭރަށް ނިކުތުމަށް އިޝާރާތް ކޮށްލުމުން އަވަސް ފިޔަވަޅުތަކެއްގާ ލައިބާ ގޮސް ގެއްލިއްޖެއެވެ.

“ޝައިމް! ދަރިފުޅުގެ ކޯހުގެ ކަންތައް ޑޭޑް ހަމަޖައްސައިފިން. އިއްޔެވެސް މިވާހަކަ ދަރިފުޅުގާތު ބުނަން އުޅުނިން. އެކަމު ދިމާނުވީ ބައްޕަވެސް ބިޒީވީމަ. މާދަން ނޫން އަނެއްދުވަހު އޮސްޓްރޭލިޔާއަށް ފުރަން ރެޑީވޭ އިނގޭ” ޝާހިދުގެ ނިންމުން އަޑުއިއްވާލިއެވެ.

“އެކަމް ޑޭޑް! އަޅުގަނޑު އިތުރަށް ކިޔަވާކަށް ބޭނުމެއްނޫން” ޝައިމް ވާހަކަދެއްކީ އިސްޖަހައިގެން ހުރެއެވެ.

“ނޫނޭ ދަރިފުޅާ! އެގޮތެއް ކަމަކު ނުދާނެ. ދަރިފުޅު ކިޔަވާ މޮޅުވުމަކީ ޑޭޑްގެވެސް މޯމްގެވެސް ވަރަށް ބޮޑު ހުވަފެނެއް” ޝާހިދު ވަރަށް އަސަރާއެކު މިހެން ބުނެލިއެވެ. ޝައިމްގެ ފަރާތުން ލިބުނީ ހަމަހިމޭންކަމެވެ. އެހެންކަމުން ޝައިމްގެ ބުރަކަށީ ފިރުމާލުމަށްފަހު ޝާހިދު ނިކުމެގެންދިޔައެވެ.

“ޑޭޑް! ކީއްވެ؟ ކީއްވެ އަހަންނާމެދު އަބަދުވެސް ތިގޮތަށް ކަންތައްކުރަނީ؟ މޯމް ކީއްވެ؟ ކީއްވެތަ އެންމެ ކުޑައިރުއްސުރެ އަހަރެން ތިދެމީހުންނާ ދުރުކޮށްލީ؟ އެތަކެއް އަހަރުތަކަކަށްފަހު ގާތް ކޮށްލުމަށްފަހު އަނެއްކާވެސް…” ޝައިމްގެ ލޮލުތެރޭ ކަރުނަ ޖަމާވަމުންދިޔައެވެ. ހީވަނީ ދެންމެ ދެންމެ ކޯތާފަތް ތެންމާލަފާނެހެންނެވެ. ނަމަވެސް ޝައިމް ނުރޯން ހިތްވަރު ކުރިއެވެ. ނޭފަތް ދަމާލަމުން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

މީޓިން ރޫމްއިން ނުކުމެގެން ޝައިމް އޭނާގެ މުހިއްމު ބައެއް އެއްޗެހި ހިފައިގެން އޮފީހުން ނިކުންނަން ހިނގައިގެވެ. ދަމުން އޮފީހުގާ ތިބި ހުރިހާ މުއައްޒަފުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އެންމެ ފަހު މީހަކަށް ލައިބާއަށް ނަޒަރު ހުއްޓުނެވެ. އެވަގުތު އެމޫނުގެ ކުލަވަރު ކުރިއަށްވުރެވެސް ފަނޑުވިއެވެ.

ލައިބާ ސްކްރީނަށް ބަލަހައްޓައިގެން އިނުމައްފަހު އިސް އުފުލާ ބަލާލި ވަގުތު ޝައިމްއާއި ހަތަރުކަޅި ހަމަވިއެވެ. އެ ބޮޑު ދެލޮލުގައިވާ ރިހުން ދެނެގަންނާކަށް ލައިބާއަކަށް އުނދަގުލެއްނުވިއެވެ. އެދެލޮލުގެ ތެރޭ ނިކުންނަން ތައްޔާރަށް ހުރި ކަރުނަ ލައިބާއަށް ސިއްރެއްނުވެއެވެ. އެ ތާޒާކަމެއްނެތް މޫނުން ލައިބާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އިޙްސާސް ކޮށްދިނެވެ. “އެހިތުގެ ރިހުމުގެ ފަހަތުގާވަނީ އަހަރެން ހެއްޔެވެ؟”

“ނޫނެކެވެ. އަހަރެން ލައި އާ ދުރަށް ދާކަށް ބޭނުމެއްނޫނެވެ. ހަތަރު އަހަރު އެ ސޫރައާއި ދުރުގާ ހުންނާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން ދިއުމަށްފަހު ލައި އެހެން މީހަކާ…ނޫން!” ޝައިމް އެނދުގާ އޮށޯވެލައިގެން އޮވެ ވިސްނަމުންދިޔައެވެ.

“ނޫނެކެވެ. އަހަންނާއި ލައި އެކަށީގެނެއް ނުވެއެވެ. ލައި އަކީ ރިވެތި އަޚްލާގާއި ދީންވެރިކަމުގެ ނަމޫނާއެކެވެ. ހިތްހެޔޮ މާތް އިންސާނެކެވެ. އަހަންނަކީ… އަހަންނަށް ލައި ހައްޤެއްނޫން. ލައި ވެސް ލައިގެ ގާތް މީހުންވެސް ބޭނުމެއް ނުވާނެ އަހަރެންކަހަލަ މީހަކު ލައި އާ ގުޅޭކަށް” ޝައިމް އަމިއްލަ ހިތަށް ވިސްނަދޭން މަސއްކަތް ކުރިއެވެ.

މިއަދު އެއްކޮށްވެސް ލައިބާ ހުރީ މޫޑް އޮފްވެފައެވެ. ކްލާހުގާވެސް ފިލާވަޅަކަށް ސަމާލުކަމެއް ނުދެވުނެވެ. ގޭގާވެސް ހުރެވުނީ ނެގިމަޑުވެފައެވެ.

ލައިބާގެ އުޅުމަށް މިއައި ކުށްލި ބަދަލުގެ ސަބަބުން ގޭ އެންމެންވެސް ތިބީ ސުވާލުމާކު ޖަހައިގެންނެވެ. ލައިބާ ގާތުގައި ސަމާ އެތަށް ފަހަރަކު ސުވާލުކުރުމުންވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ.

ނިދަން އޮވެގެންވެސް ލައިބާއަށް ވިސްނެނީ ޝައިމްއާ ދޭތެރޭގައެވެ. މިއަދުގެ ހާދިސާ އޭރުވެސް ލައިބާގެ ކުރިމަތީ އެޅުވިފައިވާ ފިލްމެއް ފަދައެވެ. އެމަންޒަރުތައް ސިފަވުމުން ލައިބާގެ ދިގު އެސްފިޔަތައް ތެމެންފެށިއެވެ. ބޭއިްތިޔާރުގައި ރޮވެންފެށިއެވެ.

“އަމް ސޮރީ!” ޝައިމް ފޯނަށްއައި މެސެޖް ކިޔާލީ ހައިރާންކަމާ އެކުއެވެ. ޝައިމްގެ ފަރާތުން ލައި މާފަށް އެދެންޖެހޭވަރު ކަމެއް ލައި ނުކުރާކަމަށް ރިޕްލައި ކޮށްލުމަށްފަހު ފޯން ދުރައްޖައްސާލިއެވެ. އޭރު ޝައިމްގެ ލޮލުން ހޫނު ކަރުނަ ފައިބަމުންދެއެވެ.

ލައިބާ ބޭނުންވީ ޝައިމްގެ ލޮލުގައިވީ ވޭން ދެނެގަންނާށެވެ. މެސެޖަކަށް ފަހު މެސެޖެއް ކުރަމުން ގެންދިޔައެވެ. ލައިބާއަށް މިރޭ އާދަޔާ ޚިލާފް ހިތްވަރެއް ލިބިފައިވާ ފަދައެވެ.

ޚިޔާލުތަކަށް ގެއްލިފާއޮތް ޝައިމް ފޯނު ނަގާ ބަލާލީ މެސެޖެއް އައުމުން ލައިބާގެ މެސެޖަކަށް ވެދާނެކަމަށް ހީކުރެވުމުންނެވެ. އޭރު ލައިބާގެ ތިން މެސެޖް އޮތެވެ.

މެސެޖްތައް ކިޔާލުމުން ލައިބާއަށް ޝައިމްގެ ހިތުގެހާލު ކޮންމެވެސް ވަރަކަށް އެނގޭހެން ހީވެއެވެ. ލައިބާއަށް ހީވެފާއޮތީ އެހިތް ހަލާކުކޮށްލެވުނީ ލައިބާއަށް ކަމަށެވެ. އެގޮތަށް ލައިބާ ޤަބޫލް ކުރާކަށް ޝައިމް ބޭނުމެއްނޫނެވެ. އެހެންކަމުން ބުނަން ބޭނުން ނުވި ނަމަވެސް އެހިތުގެ ސިއްރު ހާމަކުރެވާއްޖެއެވެ.

“އަމް ގޮއިން އެބްރޯޑް ފޯ ސްޓަޑީސް. އައި ޑިން ވޯންޓް ބަޓް ހޭވް ނޯ އަދާ ޗޮއިސް” ޝައިމްގެ މެސެޖު ކިޔާ ނިމުންއިރު ލައިބާއަށް ގިސްލެވެން ފަށައިފިއެވެ.

“ނޫން ޝައިމް. ލައި އާ ދުރަށް ނުދޭ. ޕްލީޒް” ލައިބާގެ ހިތް ބުނަމުންދިޔައެވެ. ނަމަވެސް ލައިބާއަށް ބުނެވުނީ ހަމަ އެކަނި “ގުޑް ލަކް” އެވެ.

ހެނދުނު އޮފީހަށް ދިޔައީއްސުރެ ލައިބާ ދެކެން ބޭނުންވީ އެންމެ ސޫރައެކެވެ. ނަމަވެސް މިއަދު ޝައިމް އޮފީހަކަށް ނާދެއެވެ. އެހެންކަމުން ލައިބާ ނިންމީ ރޭގަނޑު ކޮންމެވެސް ބަހަނާއެއް ހޯދައިގެން ޝައިމްގެ ގެއަށް ދާށެވެ.

ބެލް ަހާލުމާއިއެކު ރާދާ އައިސް ދޮރު ހުޅުވާލިއެވެ. އަނީއްތަ ކޮބާހޭ ބުނުމުން ލައިބާއަށް ސޯފާގައި އިށީނުމަށް އިޝާރާތްކުރަމުން ރާދާ ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

“މެޑަމް ބުނަނީ މައްޗަށް އާދޭ” ރާދާ ނުފަރިތަކަމާއެކު ބުނި އެއްޗެއް ނަގައިގަނެވުނެވެ. އެހެންކަމުން ރާދާގެ ފަހަތުން ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.

“ސޮރީ!” ސިޑިން ފައިބަން އައި މީހެއްގެ ގައިގާ ޖެހި ލައިބާ ނުވެއްޓުނީ އެމީހެއްގެ އަތުގާ ބާރަށް ހިފަހައްޓާލެވުމުންނެވެ. އެއީ ޝައިމްކަން އެނގުމުން ލައިބާއަށް އަތް ދޫކޮށްލެވުން ގޮތެއްވެސް ނޭނގުނެވެ.

ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ދެހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކުރިއަށް ހިނގައިގަތެވެ.

ލައިބާ އެރޭ އަނީސާއާއިއެކު ވަރަށް ގިނަ ވަގުތު ހޭދަކުރިއެވެ. ޝައިމް ދަނީ ބިޒްނަސް ދާއިރާއިން ޑިގްރީ އަދ މާސްޓާރސް ހަދަން އޮސްޓްރޭލިޔާއަށް ކަމާއި މާދަން ވަރަށް ހެނދުނާ ފުރާކަންވެސް އަނީސާގެ ވާހަކައިން އެނގުނެވެ. ލައިބާ ޝައިމްގެ ވާހަކަތަކަށް ޝައުޤުވެރިވާކަމާއި ލައިބާގެ އަސްލު ބޭނުމަކީ ޝައިމް ފުރުމުގެ ކުރިން ބައްދަލުކުރުންކަމަށް އަނީސާގެ ހިތް ބުނެދިނެވެ. އެހެންކަމުން ރޭގަނޑުގެ ކެއުން އޮންނަންވާނީ ގޭގައިކަން ޝައިމްއާއި ޝާހިދުއަށް އެންގިއެވެ. ޝައިމްވެސް މިރޭ އިތުރު ޝަކުވާތަކެއް ނުކޮށް ކާގަޑިއަށް ގެއަށް އައީ ފުރުމުގެ ކުރިން ލައިބާ އަދި އެއްފަހަރު ފެންނާނެކަމަށް އުންމީދުކުރެވޭތީއެވެ.

ކާން އިންއިރުވެސް ލައިބާއާއި ޝައިމް އިރުއިރުކޮޅާ އެކަކު އަނެކަކަށް ބަލާލައެވެ. އެފަދަ ބައެއް ވަގުތު އެދެމީހުންގެ ހަތަރުކަޅި ހަމަވުމުން ދެމީހުންގެ މޫނު މައްޗަށް އަރާ ފައިބަމުންދާ ކުލަވަރު އަނީސާ ދެނެގަތެވެ.

“ޓޭކް ކެއަރ” ޗެކިންއަށް ގޮސް ހުރި ޝައިމް ފޯނަށް އައި މެސެޖް ކިޔާލިއެވެ. އެއީ ލައިބާގެ މެސެޖެކެވެ.

“ލައި ޝައިމް އަށް އިންތިޒާރު ކުރައްޗޭ އައިލް ކަމް ބޭކް” ޝައިމް ޓައިޕް ކޮށްލިއެވެ. ޝައިމްގެ ހިތް އެދެނީ ލައިބާދެކެ ޝައިމް ލޯބިވާވަރު ހާމަކޮށްދޭށެވެ. އެހެންމީހަކަށް އެހިތުގާ އެއްވެސް ޖީގައެއް ނެތްކަން ބުނެދޭށެވެ. ނަމަވެސް އެމެސެޖް ފޮނުވާނެ ހިތްވަރު ނުލިބުމުން “ޔޫ ޓޫ ޓޭކް އަ ގުޑް ކެއަރ” ޖަހާފައި ލައިބާއަށް މެސެޖް ފޮނުވާލިއެވެ. އަދި ފޯނުން ސިމްކޮޅު ނަގާ ކައިރީ ފެންނަންހުރި ޑަސްޓބިންގެ ތެރެއަށް ވައްޓާލިއެވެ.

. . . ކުރިއަށް އޮތް އެޕިސޯޑްގައި . . .

ޝައިމްގެ ނަޒަރު ހުއްޓުނީ ޝާހިދުއާއި އަނީސާގެ ގާތުގައި ހުރިއަންހެން ކުއްޖާއަށެވެ. އެކުއްޖާގެ އަތުގާ ހިފައިގެން ކުޑަ ފިރިހެން ކުއްޖަކު ހުއްޓެވެ.

“އަލްސަން!” ދުވެލާފާ ޝައިމްގެ ގާތަށް ދާންފެށުމުން ލައިބާ އަލްސަން ހުއްޓުވިއެވެ.

“ބައްޕީ! ކޮއްކޮ އުރާލާ!” އަލްސަން ލައިބާގެ ކައިރީގާ ހުއްޓިލައިގެން ހުރި ޒުވާނާއާއި ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ކީއްވެ؟ ލައިބާ ކީއްވެ އަހަންނަށް އިންތިޒާރު ނުކުރީ؟ އަހަރެން މިއައީ ލައިބާއަށްޓަކާ ބަދަލުވެގެން. އަހަރެން މިއައީ ލައިބާއާ އެކަށީގެންވާ މީހަކަށްވާން އުންމީދުކޮށްގެން. ދެން ކީއްވެ؟”

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ފުން ލޯބި (30)

Next

ނޭދެން ވަކިވާކަށް…(02)

Next
April 15, 2017

ނޭދެން ވަކިވާކަށް…(02)

Previews
April 15, 2017

ފުން ލޯބި (30)

30 Comments!

  1. cenhi says:
    April 15, 2017 at 6:01 am

    Miothynun. Sry baeh kudhinnah gabool nukurevunas aslvs up kurin. 3 try kurin nukireveny kamah hykoh. Ekmvs nuvy. Admin teamun faharak story eh kiyafa kannenge approv kurany. Ehen story thahves nengenun asl by kihaireh kameh.

  2. Kittiy. says:
    April 15, 2017 at 6:21 am

    Wow! Vvv salhi…❤

  3. Nikko says:
    April 15, 2017 at 7:53 am

    Cant wait…. Avahah up kutache..

  4. Amyy says:
    April 15, 2017 at 8:01 am

    Vvvvvv salhi mi part ves.kon irakun next part up kohdheyni.mihaaru kiyaahithun hurevenee eynoon.kenmadhuvefa .ehaaves reethi

  5. Almaa says:
    April 15, 2017 at 8:08 am

    Salhiey. Thanks

  6. xim says:
    April 15, 2017 at 8:11 am

    v reethii ingey story …..keep going sis?

  7. Chum handi says:
    April 15, 2017 at 8:29 am

    greatt… waiting for the next part…

  8. Maree says:
    April 15, 2017 at 8:30 am

    vvv reeethi

  9. Mariyam Ubaid says:
    April 15, 2017 at 8:31 am

    Salhi

  10. Aki says:
    April 15, 2017 at 8:39 am

    haadha reethi vaahaka ekey … adhi miadhu one part up kohla dheebaa pls pls

  11. Bleh says:
    April 15, 2017 at 8:45 am

    Alhe nooooon….. lai aa shaim aa gulhuvaathi?

  12. Lai says:
    April 15, 2017 at 8:49 am

    Haadha kurey…. but varah rythi… adhi pls pls miadhu one more part up kohdheeba…

  13. ReeXa says:
    April 15, 2017 at 8:58 am

    Lai n shaim ah thihen nahadhaba. .mi part vx reethi.. waiting for next part. . When next part

  14. Fathun says:
    April 15, 2017 at 9:17 am

    Varan reethi

  15. cenhi says:
    April 15, 2017 at 9:33 am

    Thankx ol iyye vygothun I’m not sure miadhvs upvane kameh. BT trying writing

  16. koohtha says:
    April 15, 2017 at 10:36 am

    baeh kudhin cenhige kuryge part ah comment kohfa huri cenhi dhogu hedhiyye kiyaafa upnukoh approve nuvegen. Eyge fahun ehn stories upvefa huryma.. aslu vaagothaky baeh writers ah indhey esfiya team in permission dheefa vaguthun publish kuraagothah approve vandhen nubahahtaa. so e writersge story hama fonuvaa irah up vaane. but i guess cenhige innany e permission nudhee. Ehnve approve vaan ehaa gina iru e nagany. approve nukuranya gadyrakun gadyrakun gulhaafa buneba approve kohdheyshey

    1. cenhi says:
      April 15, 2017 at 11:04 am

      Thankx koohtha. May b u r right. Will try next time. 🙂

    2. koohtha says:
      April 15, 2017 at 11:10 am

      Not may be I am 100% sure.. mihaaruves gulhaafa ahaaba esfiya team kairy bunaane ehn.

  17. Nana says:
    April 15, 2017 at 10:44 am

    Vrh rythi mi part vx

  18. Khajja says:
    April 15, 2017 at 1:11 pm

    Wow haadha rychchey can’t wait mi adhu up koh dhybala pls pls plx n lai shaim aa dhuru nuvahchey plx shaim aa lai gulhuvabala plx

  19. Cherry says:
    April 15, 2017 at 1:13 pm

    Nice
    Waiting for the next part
    Dhen iyye ehen viyas e ok vaaane. Ehn kameh dhimaavegen esfiya team ah ves publish kurumuga dhaccheh ves dhimaavun ekashygen vey. And iyye vy kamah nuvisnaa you try your best dear. Emme dhuvahaku ehen viyas ragalhah upvefa Gina dhuvahu hury
    Hehhe dhw dhw
    ?????❤️?

  20. cenhi says:
    April 15, 2017 at 1:44 pm

    Asl I thot ehdhuhu 2 episode up kuryma kamah. Ehenve Ehen buny. K still I’m trying 2 write. Adhikiriya mi freevy

    1. Cherry says:
      April 15, 2017 at 4:43 pm

      Dhw dhw dhw
      Dhn ragalhuvaane
      Take your time and up koddhy
      Hama free vaa irah thikamuga nudge. Kudakoh rest ves beynun vaanennu ?

    2. cenhi says:
      April 15, 2017 at 5:01 pm

      Thnkx cherry

  21. Areesha says:
    April 15, 2017 at 1:56 pm

    Vrh salhi….wating 4 nw update…

  22. Anonymous says:
    April 15, 2017 at 2:10 pm

    Nice ?
    How many parts left….

    1. cenhi says:
      April 15, 2017 at 2:26 pm

      Thnkx. Don’t know dear… Dhen fennany 4yrs later mulhin aa shaim eh

    2. Aki says:
      April 15, 2017 at 4:46 pm

      miadhu up kohla dheebaa avahah

  23. Lenora says:
    April 15, 2017 at 8:22 pm

    A vrh salhi nge…. Waiting fr next epi

  24. Fathun says:
    April 19, 2017 at 10:50 am

    Mivaahaka v reethi next part upload kohdaynee konirakun tho

Comments are closed.

Next Episodeހިތް އެދެނީ (11)←


All Right Reserved!