ހިތް އެދެނީ (4)
ހެދުމަށް ކިސަޑުގެ އަސަރު ފޯރާފައި ނުވުމުން ލައިބާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކަށްލެވުނެވެ. ނަމަވެސް އަރައިގެން ހުރި އޮފު ކަޅު ބޫޓުގައި ކިސަޑުގެ އަސަރު ހުރުމުން ލައިބާ ދަބަހުން ޓިޝޫއެއް ނަގާ ސާފްކޮށްލިއެވެ.
ވަރަށް ބޮޑާ ފޮނި މީހެއް އެއީ. އެހެންމީހުންނަށް ބަލައެއް ނުލާނެ. މާބޮޑު މުއްސަންޖެއްގެ ދަރިއެކޯ. ތުންދަމާލަމުން ސަމާ އެއްޗެހިކީ ދެންމެ ކާރު ދުއްވާފަދިޔަ ޒުވާނާއަށެވެ.
ކުރިން ސަމާގެ ކިބައިން މިފަދަކަމެއް ފެނިފައިނުވާ ލައިބާއަށް ބާރަށް ހީގަނެވުނެވެ. ސަމާވެސް ހުނުމުގައި ބައިވެރިވިއެވެ. އޭރު ޓެކްސީ އައިސް އެކުދިންގެ ގާތުގައި މަޑުކޮށްލައިފިއެވެ.
މަޑު ދުވެއްޔެއްގައި ދަތުރު ކުރަމުންދިޔަ ޓެކްސީ ހުއްޓުމުން ދެކުދިންނަށް އެއްފަހަރާ ކުރިމަތީ ޖަހާފައިވާ ބިއްލޫރިގަނޑަށް ބަލާލެވުނެވެ. އޭރު ދުއްވާ އެއްޗެތި މަގުމަތީ ތޮއްޖެހފައި ވެއެވެ. ލައިބާ އަޅައިގެން އިން އަތުކުރީ ގަޑިއަށް ބަލާލަމުން ހަމަޖެހިލިއެވެ. އަދި ގަޑިޖެހެން ދިހަ މިނެޓް ބާކީ އޮވެފާ މަންޒިލް ދާދި ގާތުގައި ވުމުންނެވެ.
ހިނގާލާފަ ދަމާ! ތަންކޮޅެއް ލަސް ވެދާނެހެން ހީވުމުން ސަމާ ޚިޔާލުދިނެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ޑްރައިވަރުގެ އަތަށް ލާރި ދިނުމައްފަހު ލައިބާ ކާރުން ނިކުތީ ފުރަތަމަ ކްލާހަށް ދާ ދުވަހު ގަޑިޖެހިގެންދާން ބޭނުން ނުވާތީއެވެ.
އައުޗް! އަވަސް ފިޔަވަޅުތަކާއިއެކު ހަނި ޖާގަތަކުން ހިނގަމުން ޕޭމެންޓާއި ދިމައަށް ދިޔަ ލައިބާއަށް ހުއްޓެވުނީ ކާރެއްގެ ދޮރުފަތުން އޮޅަނބުށީގައި ވަރަށް ބާރަށް ޖެހުމުންނެވެ. އުންމީދުކުރި ފަދައިން މާފަށްވެސް ނޭދުމުން ކުޑަކޮށް ހިތްހަމަ ނުޖެހިފާ ދޮރުން ނިކުތް މީހާއަށް ލައިބާ ބަލާލިއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު ދޫކޮށްލެވިފާ ކަނދުރާއާއި ހަމައަށް ހުއްޓެވެ. އިސްކޮޅުން ދިގުވެފާ އިސްކޮޅާއި އެންމެ އެކަށީގެންވާފަދަ ކަސްރަތީ ހަށިގަނޑެކެވެ. ގަދަނޫކުލައިގެ ގަމީހަކާއިއެކު ކަޅު ފަޓްލޫނެއް ލާ ބެގީކޮށްފާިވުމުން އެމީހަކާއި ވަރަށް ގުޅޭ ސްޓައިލް އެކޭ ލައިބާގެ ހިތަށް އެރިއެވެ.
އޭ ތަންކޮޅެއް އަވަސްކޮށްލަން ވެއްޖެއެއްނު! ކަލޭމެން ކުރާނެރާ ކަމެއް ކުރާކަށް މަގު ބަންދުކޮށްގެން ބޭނުންހާއިރަކު ނުތިބެވޭނެ. މިހާރުން މިހާރަށް ކާރުދާން ތަންދީ. ނޫންނަމަ ކަލޭމެން ޖަވާބުދޭން ޖެހޭނީ ޕޮލިހުންނަށް. ހަރުކަށިކަމާއިއެކު އެޒުވާނާ އެހެންބުނުމުން ފެންފުޅިކޭސްތައް ބާލަމުންދިޔަ ޕިކަޕް އިސާހިތަކު އެކަން ނިންމާ ދަތުރަށް ފަށައިފިއެވެ. އެހެންކަމުން އެޒުވާނާވެސް ލަސްނުކޮށް ކާރަށް އަރަން ހިނގައިގަތެވެ.
ލައިބާ ކުރިއަށް އެޅި ފިޔަވަޅާއިއެކު މީހެއްގެ ގައިގާ އަޅައިގަތެވެ. ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ. ދެލޯ އަނދިރީތަ؟ ލައިބާއަށް ސިހިފައި ބަލާލެވުނީ ދުވަހަކުވެސް މީހަކު އޭނާއާއި ދިމާއަށް މުޚާތަބު ކޮށްފައިނުވާ ޢިބާރާތެއް އަޑު އިވުމުންނެވެ. ފެނުނު މަންޒަރުން ލައިބާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ކުރިންވެސް ހަރުކަށިކަމާއިއެކު ވާހަކދެއްކި ޒުވާނާއެވެ. ބޮޑު ދެލޮލަކާއި ިގުމޫނެކެވެ. އެޒުވާނާ ފަދައިން ގައިގެ ކުލަ އަނދިރިވުމަކީ ފިރިހެނުންގެ ކިބައިގާ ހުރުން އެންމެ އެކަށޭނެ ސިފައެއްކަމަށް ލައިބާ އަބަދުވެސް ބުނެއެވެ. ތުނބުޅިވަނީ ރީތިވަރަކަށް ދިގުކޮށްފައެވެ. ފެންނަ ކޮންމެ އަންހެން ކުއްޖަކު ހިތްކިޔާފަދަ ޒުވާންކަމެކެވެ. ނަމަވެސް ލައިބާ ފިޔަވައެވެ. އެޒުވާނާގެ ވާހަކަ ދެއްކުމުގެ ސަބަބުން ލައިބާގެ ހިތުގައި އޭނައާއިމެދުވަނީ ރުޅިވެރިކަމެވެ.
ލައިބާ ގަޑިއަށް ބަލާލުމަށްފަހު ސަމާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ވަރަށް ފޫހި މީހެއްދޯ؟ ސޮރީ ނުބުނާނެތަނުގަ ލައި އާ ދިމާއަށް އެއްޗެހި ކިޔާލީ. އަދި އެނގޭތަ؟ އޭރު ކިސަޑު ބުރުވާލާފަ ދިޔައެއްނުން ކާރެއް. މީ މަބުނި މީހަކީ. ވަރަށް ފޮނި މީހެއް. އޭނަ އެކަމަކު ވަރަށް ހޮޓް ދޯ! ސަމާގެ ވާހަކަ ހުރިގޮތުން ލައިބާއަށް ހެވުނެވެ.
ދެކުދިން ހިނގާލާފައިގޮސް ޔުނިވަރސިޓީގެ އެތެރެއަށް ވަނުމާއިއެކު އެތެރޭގައިތާބި ދެޖިންސުގެ ކުދިންގެ ލޯތައް އެދިމާއަށް އަމާޒުވިއެވެ. އޮލަ ވާހަކައިގާ ތިބިއިރު އެދެކުދިންނަށް މިކަން ފާހަގަވީހެންނެއް ހިއެއް ނުވެއެ.
ސަމާ ގެއަށްދާން ހިނގައިގަތީ ލައިބާގެ ކްލާހަށް އޭނާ ލާފައެވެ. ސަމާވެސް މިކަހަލަ ޔުނިވަރސިޓީއެއްގައި ކިޔަވާހިތްވެއެވެ. ނަމަވެސް އޭނާ ބޭނުންވާފަދައިން ޑޮކްޓަރަކަށް ވުމަށްޓަކައި އޭލެވެލް ކިޔަވާ ރަނގަޅު ނަތީޖާއެއް ހޯދަންޖެހެއެވެ. ސަމާއަށް އިޚްތިޔާރަކާއިނުލާ ހިނިތުންވެވުނީ ކޮންމެވެސް ދުވަހަކުން އެ ހުވަފެން ހަޤީގަތަކަށް ވުމަށް އެދިގެންނެވެ.
ކްލާސް ނިންމާލަފައި ލައިބާ ބޭރަށް ނިކުންއިރު ސީމާ އޭނާގެ އިންތިޒާރުގައި ސައިކަލްމަތީ އިނެވެ. އޭރު އުދަރެސްވަނީ މުޅީންހެން އަލިކޮށްލާފައެވެ. ގެއަށް ދިޔަ މަގުމަތީ ލައިބާ މިއަދު ދިމާވި ކަންތައްތައް އަލިފުން ޔާއަށް ސީމާއަށް ކިޔާދިނެވެ. އެއީ މަޝްހޫރު ބިޒްނަސްމޭން މިސްޓަރ ޝާހިދުގެ ދަރިފުޅު މިސްޓަރ ޝައިމް. ސީމާ އިތުރަށް އޮޅުންފިލުވާދިނެވެ. ޝޭމް އޮން ޔޫ ޝައިމް. ލައިބާއަށް މަޑުމަޑުން ބުނެލެވުނެވެ.
ރީތި ދޮންވެލި ތުނޑިމަތީ އޮށޯވެލައިގެން ޝައިމް އޮތީ މިހިތްގައިމު ޤުދުރަތީ މަންޒަރުން ހިތަށް ހަމަޖެހުން ހޯދާށެވެ. އުޑުމަތީގައި ދަތުރުކުރަމުންދިޔަ ކަފަވިލާތަކަށް ބަލަހައްޓައިގެން އޮތް ޝައިމް އަށް ބޯހިއްލާ ބަލާލެވުނީ ކައިރިން މީހެއްގެ ހޔަނި ވީހެން ހީވުމުންނެވެ. އޭރު މާދުރުނޫން ހިސާބެއްގާ ވައިގެ ތެރެއަށް ދެއަތް ދޫކޮށްލައިގެން ހުސްފަޔާ ވެލިގަނޑުމަތީ އެނބުރެމުން ދިޔަ ޒުވާނާއަށް ބަލަން ޝައިމްއަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ.
ބޮޑު ދެލޮލަކާއި ރީތި ކަޅިރަވައެކެވެ. މަޑުފިޔާތޮށި ކުލައިގެ ތުންފަތުގެ ވެރިއެކެވެ. ދޮންމޫނާއި ގުޅޭ އޮރެންޖު ޝޯލްއެކެވެ. ލާފާހުރި ދިގު ރަތްކުލައިގެ މެކްސީގައި އެ ސޫރަ ފެންނަލެއް ވަރަށް ފުރިހަމައެވެ.
ނިދާފައިއޮތް ޝައިމް ދެލޯ ހުޅުވާލުމަށްފަހު ލައިޓް ޖައްސާލިއެވެ. ދެން އެނދުމަތީއޮތް ފޯނުނަގާ ގަޑި ބަލާލިއެވެ. ގަޑިން މެންދަމު ދެގަޑި ބައިވަނީއެވެ. އެއީ ހުވަފެނެއްކަން އެނގުމުން ޝައިމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަދި ހައިރާންވެފާ އެފެނުނު ހުވަފެނާއި ދޭތެރޭ ވިސްނާލިއެވެ. އެއީ ހަމަ އެ ސޫރައެވެ.އެ މޫނެވެ. އެދެލޮލެވެ. ޝައިމް ހައިރާންވީ އެންމެ ފަހަރަކު އެވެސް އެހާ ކުޑަ ވަގުތު ކޮޅަކަށް ބައްދަލުވީ މީހަކު އެދަންވަރު ހުވަފެނުގައި ފެނުމުންނެވެ.
(ވާހަކަ ކިޔުމައްފަހު ކޮންމެވެސް ކަހަލަ ޙިޔާލެއް ދެއްވުމަކީ ވާހަކަ އިތުރަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑަށް ލިބިގެންދާ ހިތްވަރެއްކަން ފާހަގަ ކޮށްލަން)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.




Reethi? Story long kurahchey please? Ehn stories thakaa different kurahchey. Gina stories hunnany varah ehgoi koh.
V salhi, keep it up?☺
vaahaka hama v reethi
Story vv reethi vaanehen heevany waiting………………….. good luck
Varah nice story.. Ekamu dhigu kohlahchey next time ga ingey???
V reethi ekm thankolheh kury
V reethi
V reethi ekam v kuru
Varan reethi.☺☺☺?
Aslu Wrh Reethi Story Eh.. But Ehn Stroy Thakaa Alhaabalaru Kuru Kanneynge.. Nimendhen Update Kuraane Kamah Ummeedhu Kuran.. Keep It Up cenhi..
Varah shalhi vaahaka maa kuree
Varah rythi story eh… But thankolheh kurii… Waiting for next part
NICE..BUT IT’S TOO SHORT DEAR.NEXT TIME MIAH VUREN DHIGU KOHLACCHEY ..THIS STORY IS REALLY DIFFERENT FROM OTHER STORIES IN THIS SITE.
V happy. Thankyou
Next part z on da way. Its lil bit longer than this one. Hop ull like it too
Reethi
V v reethi.. Plx plx dhankolhea dhigukoh genesdybala.. Plx plx… Waiting 4 the next part…
Sry ol readers. Asl thankolheh liyelevey Iran up kollany. Dhn dhigukoh liyevunyma up kurany Inge. K tha egoi??
Yea.keep it up cenhi.
V rythi masha allah ekam thankolheh kuru stry dhen faharakun dhigukollaadheythi plx anyway stry obiness???
V reethi
Varah reethi
Vaahaka v reethivaa nehen heevanee
keep it up sis
Varah reethi
Varah reethi ?
V.reethi.. thankolheh dhigukoh genesdheynama v rangalhu