ހިތް އެދެނީ (2)
ބައްޕާ!
ލޯ ހުޅުވާލެވުނުއިރު ލައިބާ އޮތީ ދާހިތްލާ ފޯވެފައެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތް ހީވަނީ ދެންމެދެންމެ ބޭރަށް ނިކުމެދާނެހެންނެވެ. ފުންމައިގެން ކޮޅަށް ތެދުވެ އެކި ފަރާތްފަރާތައް ނަޒަރު ހިންގާލިއެވެ.
ދަރިފުޅާ! ކިހިނެތްވީ ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ ؟ އަދުނާނުގެ ލޯބިން ފުރިގެންވާ އަޑު ކަންފަތުގައި ޖެހުމުން ލައިބާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ބައްޕަގެ ގާތުގައި އިށީނދެ އަދި ކިހާއިރެއް ވާނެތޯ ސުވާލުކޮށްލިއެވެ. އަދުނާނު ބޯޓުގެ ދިރުނބާކޮޅަށް އިޝާރާތްކޮށްލުމުން ލައިބާ އެދިމާލަށް ނަޒަރު ހިންގާލިއެވެ. މާދުރުން ފެންނަމުންދިޔަ އެކި ކުލަކުލައިގެ ބޮކިތަކުން ޖަރީވެފައިވާ މާލެ މިފަތިސް ވަގުތު ފެންނަލެއް ވަރަށް ހިތްގައިމެވެ. މިރީތި މަންޒަރުން އާޝޯހުވެފާ އެދިމާއަށް ބަލަން ލައިބާއަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.
ވާނީވެސް އެހެންތާއެވެ. މިއީ ލައިބާ މާލެ އައި ފުރަތަމަ ފަހަރެވެ. ލައިބާ ދުނިޔެއަށް ދޫކަށްލި ފުރަތަމަ ނޭވަޔާއިއެކު މަންމަވަނީ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އެހެނަސް މަންމައެއްގެ ފަރާތުން ލިބޭނެ ހުރިހާ އުފަލެއް އެއޯގާތެރި ބައްޕަވަނީ ހޯދާދެން އަތުކުރި އޮޅާލާފައެވެ. ބައްޕަގެ މަންމަ ފިޔަވާ އެދެމީހުނަށް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަދޭނެ ގާތްތިމާގެ މީހަކުވެސް ނެތް މި ދުނިޔޭގައި އަދުނާނު އޭނާގެ ލޮލުގެ ކޮއިފަދަ ދަރިފުޅުގެ ހުރިހާ އެދުމެއް ވީ އެންމެ ފުރިހަމަޔަކަށް ކޮއްދިނެވެ. ލައިބާގެ އުމުރުން އެންމެ 7 އަހަރުގައި މާމަ ނިޔާވުމުންވެސް އެބައްޕަގެ އޯގާތެރިކަމަށް ބަދަލެއް ނާދެއެވެ. ގޭގޭގައި މަސައްކަތް ކޮއްދީގެން ލިބޭ ކުޑަ އާމްދަނީން ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަމުން ގެންދިޔައީ އެ ކުޑަކުޑަ ދަރިފުޅު އެހެން މީހެއްގެ އަތްމައްޗައް ދޫކޮށްލަން ހިތް ނޭދޭތީއެވެ.
ބައްޕަ ވަމުންގެންދިޔަ ބޮޑު ޤުރުބާނީގެ އަގު ލައިބާ ދަނީ ވަރަށް ފުރިހަމައަށް އަދާކޮށްދެމުންނެވެ. އަޚްލާޤް ރިވެތި ކިޔަމަންތެރި ދީންވެރި ކުއްޖަކަށް ލައިބާވީތީ އަދުނާނު ނިހާޔަތައް އުފާކުރެއެވެ. އަދި ކިޔެވުމުގެ ރޮނގުން ލައިބާ ހޯދަމުންދާ ކާމިޔާބައްޓަކައި އަދުނާނު ހެއްދެވި ފަރާތައް ޙަމްދުކުރެއެވެ. މިގޮތުން އޯލެވެލް އިމްތިހާނުގައިވެސް ލައިބާވަނީ އަދުނާނު ހިތްހަމަޖެހޭފަދަ ކާމިޔާބީއެއް ހޯދާފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Vaahaka V reethi ekamaku v vvv kurukan faahangakohlan
Kuriah oi thanuga dhigukureveytho balaanan Insha Allah
vrh reethi…
Varah reethi vaahaka eh. Ekm kuru v ma massala aki.bt its a very nice story.
Now 3rd episode nimifa. V avaha fennane Insha Allah. Mifahar episode dhigukohlaafavy
V v v reethi ekam maa kuruvy.. umeedu kuran dhen oiy bai dhiguvaane kamah
Reeti
sis story nice keepit up?