Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 22

Axoo Level 310 Stories100 Comments100 Login
March 25, 2017 5 Mins Read
35 Comments

ހުޝާމް ފޭބުމަށް ފަހު އެތެރެއަށް އަތްދިއްކޮލުމުން ހުޝާމް އަތުގައި ހިފާފައި ފޭބީ ލޫޝާއެވެ. ފޭބިއިރުވެސް ލޫޝާގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. ނަމަވެސް އޭރު އައިޝާއަށް ފެނުނު ލޫޝާއާއި މިހާރު ފެންނަން ހުރި ލޫޝާގެ ތަފާތު ފެނުމުން އައިޝާގެ ހިތުގައި ރިއްސާލިއެވެ. ލޫޝާ ވަނީ ހކި އަނަރޫފަވެފައެވެ. ދެލޯކައިރި ކަޅުވެ ވަޅުވަދެފައެވެ. މީހާ ވަނީ ހުދުކަފަކޮޅަކަށް ވެފައެވެ. ވަކި ހިސާބަކަށް ހުޝާމްއާއި އެކު އައުމަށްފަހު އެއަތުން ދޫކޮށްލަމުން މަޑުމަޑުން ހިނގާލާފައި ގޮސް އައިޝާގެ އަނެއްފަރާތުން ކައިރީގައި ހުއްޓުނެވެ.

“ވަރަށް ހާސްވެފަތަ ތިހިރީ” ލޫޝާ އަހާލުމުން އައިޝާ ބޯޖަހާލިއެވެ. އިތުރަށް ވާހަކަ ދައްކާކަށް އައިޝާއަކަށް ނުކެރުނެވެ. ނަމަވެސް ލުޝާގެ ހިތްވަރު ގަދަކަމަށް ސާބަސްދިނެވެ. އައިޝާގެ ހިތުން ލޫޝާއަށް ހާއްސަ މަގާމެއް ދެވުނެވެ. އަމިއްލަ ފިރިމީހާ އެހެން މީހެއްގެ ފިރިއަކަށް ވާތަން ބަލަން އަންނާނީ ހާދަ ހިތްވަރުގަދަ ވީމާއެވެ. ތިމާގެ ފރިމީހާގެ ވާންއުޅޭ ދެވަނަ އަންބާއި މިހާ ރީތިކޮށް ވާހަކަދައްކާނީ ހާދަ ހިތްތިރިވީމައެވެ. އެހާ ބަލިއިރުވެސް އެތުންފަތްމަތިން ހިނިތުންވުން ނޫން އެއްޗެއް ނުފެނެއެވެ. ލޫޝާގެ ކެތްތެރިކަމަށްޓަކާ އައިޝާ ހިތާހިތުން ތައުރީފުކުރިއެވެ.

އެތެރެއަށް އެންމެ ފުރަތަމަ ވަނީ އައިޝާ އަދި ހުޝާމްއެވެ. ކައިވެނީގެ ހުތުބާ ކިޔަމުންދިޔައިރު އައިޝާ އާއި ހުޝާމް ތިބީ ކަނުލާ އަޑުއަހާށެވެ. ހިތުބާގެ ކޮންމެ ލަފްޒަކުން އައިޝާގެ ހިތަށް އެތަކެއް އަސަރެއް ކުރަމުން ދިޔައެވެ. އަނބި ގަބޫލުކޮށްފީމޭ ބުނިވަގުތު އައިޝާއަށް އުފަލުންގޮސް ރޮވުނެވެ. އައިޝާއަށް ހިތްވަރު ދިނުމަށްޓަކާ އެއަތުގައި އެންމެ ފުރަތަމަ ހިފާލީ އައިޝާގެ އަލަތު ފިރިމީހާ ހުޝާމްއެވެ.

ހިބާއާއި ރިޒްވާންގެ ކައިވެނި ނިމުމަށްފަހު އެންމެން މިސްރާބުޖެހީ ލަކީޕެލެސް އާއި ދިމާއަށެވެ. އެގޭގައި ބޭއްވި ކުޑަކުޑަ ވަލީމާ ހަފްލާގައިވެސް އީޝަލްއަކަށް ބައިވެރިވެވޭ ގޮތެއް ނުވިއެވެ. އެންމެން އުފާ ފާޅުކުރަމުން ދިޔައިރު އައިޝާ ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ހަބްޝާއާއި ހަބީބާ ބަލާގޮތުން ހީވަނީ ދެންމެ ދެންމެ ކާލަފާނެހެންނެވެ. ނަމަވެސް އެހެން އެންމެން އައިޝާއަށް ވަރަށް ހެވެވެ. ލޫޝާގެ ހެޔޮކަން ފެނި އައިޝާގެ ހިތް އެތައް ފަހަރަކު ލޫޝާއަށް ތައުރީފުކުރަމުން ދިޔައެވެ.

………………………………………………………….

“އަހަރެން ހިޔެއް ނުކުރަން ހަބީބާ މިކައިވެންޏަށް އެހާ އަވަހަށް އެއްބަސް ވެދާނެ ކަމަކަށް.. ހަނދާންކުރާތި. އަހަރެންގެ ދަރިފުޅުގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓުނަސް އަހަންނާ ހަބީބާއާ އޮތް ގުޅުން ކެނޑުނީ” ހަބީބާގެ ކޮޓަރީގައި ހުރި ސޮފާގައި އިށީންނަމުން ހަބްޝާ ވާހަކދެއްކިއެވެ. ކަންތައްވިގޮތުން އެއްޗެއް ނުބުނި ކަމަކު ހަބްޝާވަނީ ވަރަށް ބޮޑަށް  ރުޅިއައިސްފައެވެ.

” ދައްތަ އަހަންނާ މެދުވެސް ވިސްނަބަލަ.. މިކައިވެންޏަކީ އަހަރެންގެ ކުރިމަތީގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫން.. އަހަރެން އެއްޗެއް ނުބުނެ ހުރީ އަހަރެންގެ ހިބާއަށް ޓަކާ.. މިކައިވެންޏަކީ އަހަރެން ކުރި ޑީލެއް ކަމަށް ހީކޮށްލާ.. ދައްތަ ދެރަނުވޭ މާގިނަ ދުވަހަކު އައިޝާއަށް މިގެއަކު ނޫޅެވޭނެ.. އަހަރެން އޭނައަށް ދެދެނިޔެ ދައްކާލާނަން.. އޭނައަށް އަދި ހަބީބާއަކީ ކާކުކަން ނޭނގެނީ” ހަބީބާ ހަށަން ބަދެލައިގެން ހުރެ ވާހަކަ ދައްކަމުން ފަހު ޖުމްލަ ބުނެލިއިރު ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.

………………………………………………

އައިޝާ އަސްރު ނަމާދުކުރީ ލޫޝާގެ ކޮޓަރީގައެވެ. ދެމީހުން އެއްކޮށް ނަމާދުކޮށްލައިގެން ކޮޓަރީގައި އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ލޫޝާއަށް ފުރަތަމަ ފަހަރަށް އައިޝާގެ މޫނު ފެނުމުން އައިޝާގެ ރީތިކަމަށް ތައުރީފުކުރިއެވެ. އެކި މައުލޫތަކަށް ވާހަކަދައްކަމުން ދިޔައިރުވެސް އެކަކުވެސް ލޫޝާގެ ބައްޔާބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އައިޝާ އެވާހަކަދައްކަން ކިތަންމެ ބޭނުންވިޔަސް ލޫޝާކައިރިން އަހާކަށް ނުކެރުނެވެ.

އައިޝާއާއި ހުޝާމް އެމީހުން އުޅެން ހަމަޖެހިފައިވާ އެގޭގެ މަތީ ބަޔަށް ދިޔައީ އެންމެނާ އެކީގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ފަހުގައެވެ. އެހުރިހާއިރުވީއިރުވެސް އީޝަލްގެ ހަބަރެއް ނުވުމުން އައިޝާ އިނީ ދެރަވެ ހިސާބަކަށް ރުޅިވެސް އައިސްފައެވެ. ވަކި ހިސާބަކުން ހާރޫނުމެންވެސް ވަކިވެގެން ދިޔައީ މުހިންމުކަމެއް ކުރަންވެގެންނޭ ބުނަމުންނެވެ.

އެބައިގައި ހުންނަނީ ބަދިގެއަކާ ބޮޑު ލިވިންގް ރޫމެއްގެ އިތުރުން ކޮޓަރިއެކެވެ. ކޮޓަރިއަށް ވަދެވުމާއެކު އައިޝާ ހުރީ ހައިރާންވެ އަންތަރީސްވާވަރުވެފައެވެ. ކޮޓާރި ޒީނަތްތެރިކުރެވިާއިވާލެއް ވަރަށްވެސް ފުރިހަމައެވެ. ހުޝާމް ކައިރީ ކާކުގެ މަސައްކަތެއްތޯ އަހާލަން އުޅެފައިވެސް ވާހަކަދައްކާކަށް ނުކެރުނެވެ. ހުޝާމްއަކަށްވެސް މާގިނަ ވާހަކަތަކެއް ދައްކާކަށް ނުކެރުނެވެ.

” ނަމާދުކޮށްލަން ރެޑީވެގެން އަންނަން ދާންވީނު”ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލަމުން ހުޝާމް ބުނެލިއެވެ. އައިޝާ ކުރިއަށް ދެތިން ފިޔަވަޅު އަޅާލާފައިވެސް މަޑުޖެހުނީ އައިޝާއަތުގައި އިތުރު ހެދުމެއް ނެތުމުންނެވެ.

” އަހަރެންގެ ހެދުންތައް…” އައިޝާއަށް ބުނެވުނީ މިވަރަށެވެ.

” ލޫޝާ އިންޑިއާއިން ގެނައި ހެދުންތަކެއް ހުންނާނެ… މިކޮޓަރިންވެސް އައިޝާއަށް ތިފެންނަނީ ލޫޝާ ގެ މަސައްކަތް” އެދެމެދަށް ވެރިވެފައިވާ ނުރައްޓެހިކަން ފިލުވާލުމަށް ހުޝާމް އިތުރަށް ވާހަކަދައްކަން ފެށިއެވެ.

” ވަރަށް ރީތި ކޮޓަރި.. ލޫޝާއަށް ވަރަށް ޝުކުރު” އައިޝާވެސް ވާހަކަދައްކަން މަސައްކަތް ކުރަމުން ގޮސް އަލަމާރި ހުޅުވާލިއެވެ. އައިޝާއަށް އަނގަހުޅުވާލެވުނީ އަލަމާރީގައިވާ ހެދުންތައް ގިނަ ކަމުންނެވެ. ނިދާން ރަނގަޅު ހެދުމެއް ނެގުމަށްފަހު އެހިފައިގެން އައިޝާ ހިނގައިގަތީ ފާހަނަ އާއި ދިމާއަށެވެ. މޫނުފޮތިކޮޅު އަޅައިގެން ވަންނަން ޖެހުމުން އުނދަގުވެސް ވިއެވެ. ނަމަވެސް އެނަގާން އައިޝާ ޖެހިލުންވީ ލަދުގަނެފައި ހުރި ވަރުންނެވެ. ފާހަނައަށް ވަދެ ފެންވަރާ ވުސޫކޮށްގެން ނިކުތްއިރުވެސް މޫނުގައި އެފޮތިކޮޅު އައްސާލެވިފައިވިއެވެ. މިކަމާ ހުޝާމް ކައިރިއަށް ހިނި އަންނަ ގޮތްވެސްވިއެވެ. ެ. ހުޝާމް ކުރީގައި ހުއްޓި ހަށަން ބަންނަން ތައްޔާރުވާން ފެށުމާއެކު އައިޝާއަވަސްއަވަހަށް މޫނުފޮތިކޮޅު ނެގުމަށްފަހު މުސައްލަމަތީގައި ބާއްވާލިއެވެ. އަދި ނަމާދުކޮށް ނިމުމާއެކު އަވަސްއަވަހަށް ފޮތިކޮޅު ބަނދެލިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އައިޝާގެ ނިތްކުރީގައި އަތް ބާއްވާ ދުއާ ކުރިއެވެ.

ހުޝާމް އައިޝާއަށް ވެސް ދިނީ ކައިވެނީގެ ފުރަތމަރޭގައި ލޫޝާއަށް ދިންކަހަލަގެ ހަދިޔާއެކެވެ. މުސައްލަ އަލަމާރިއަށް ލުމަށްފަހު ދެން އައިޝާ މިސްރާބުޖެހީ އެނދާ ދިމާއަށެވެ. އެނދަށް އަރަން ދިމާކޮށްލި ވަގުތު ހުޝާމް އަތުގައި ހިފެހެއްޓިއެވެ. އައިޝާއަށް ލިބުނީ ކުއްލިސިހުމެކެވެ. ހުޝާމްއަށް ބަލާލަންވެސް ނުކެރިފައި ހުރީއެވެ. އެހެން ހުއްޓާ ހުޝާމް އައިޝާ އޭނައާއި ވީފަރާތަށް އަނބުރުވާލިއެވެ. ހުޝާމްއަށް ނުބަލަންވެގެން އައިޝާ ދެލޯމަރާލިއެވެ. މިވަގުތު އައިޝާގެ މޫނަށް އަރާ ފައިބާ ކުލަތައް ބަލާލަން ހުޝާމް ކިތަންމެހާވެސް ބޭނުންވިއެވެ. ނަމަވެސް އައިޝާގެ މޫނުގައި އަޅާފައިވާ ފޮތިކޮޅު އެކަމަށް ހުރަސްއެޅިއެވެ. ހުޝާމް މަޑު މަޑުން ދެއަތް އުފުލާލުމަށްފަހު އޭނާގެ ދެއަތް އައިޝާގެ ފުރަގަހަށް ގެންގޮސް ބޮލުގައި އައްސާލެވިފއިވާ ފޮތިކޮޅު މޮހެލިއެވެ.

ޖަނބުކުލަ އަރާފައިވާ އައިޝާގެ މޫނު ފެނިފައި ހުޝާމް އާޝޯހްވިކަހަލައެވެ. އަތް އުފުލާލުމަށްފަހު އެދޮން މޫނުގައި ފިރުމާލީ އެކަމަށް އެދި އެދި ހުންނަތާ ޒަމާންތަކެއް ފަހުންނެވެ. ކަޅިޖަހާވެސް ނުލާ އައިޝާގެ ރީތިމޫނަށް ބަލަމުން ދިޔައިރު ހަނދާނަށް އަންނަމުން ދިޔައީ އެންމެ ފުރަތަމަ އައިޝާ ފެނުނު ދުވަހާއި ސުކޫލުންފެށިގެން ކަން ހިނގާ ދިޔަގޮތްތަކެވެ. އައިޝާ ދެލޯ ހުޅުވާލިވަގުތު ހުޝާމް އެހާ ކައިރިން ބަލަން ހުރިތަންފެނި އިތުރަށް ރަކިވިއެވެ. ދުރަށް ޖެހިލަން އުޅުނު ވަގުތު ހުޝާމް އައިޝާގެ އުނުގަނޑުގައި އަތްވަށާލުމަށްފަހު ކުރިއަށްވުރެވެސް ބޮޑަށް ކައިރިކޮށްލިއެވެ. އަދި އަޅާފައިވާ ބުރުގާ ނަގާލިއެވެ. އައިޝާ ލަދުންވިރެމުންދާއިރު ހުޝާމްއަށް އެކަން މަޖަލަކަށްވާކަހަލައެވެ . އައިޝާ ދެއަތް މައްޗަށް އުފުލާލުމަށްފަހު ގެންގޮސް އެނދުގައި ބާއްވާލިއެވެ. އަދި އެނދުގެ ވަށައިގެން އަޅާފައިވާ ބެޑް ކަރޓެއިން ދަމާލިއެވެ.

…………………………………………………………………

ހިބާ ފެންވަރާލައިގެން ނިކުތް އިރު ތިރީގައި ދެމުސައްލަ އަޅާފައި އޮތްތަން ފެނުމުން މޫނުމައްޗަށް ހިސާބަކަށް ހައިރާންކަން ވެރިވިއެވެ. މިގަޑީ ކޮންނަމާދެއް ކުރަންބާއޭ ހިތަށް އެރިއެވެ. އެނދުމަތީގައި ދެކަކުލުގައި އަތްވިއްދާލައިގެން ފޯނާކުޅެން ރިޒްވާންއިނެވެ. ބޮލުގައި އޮޅާލެވިފައިވާ ތުވާލި ނައްޓާލުމަށްފަހު އެނދުމައްޗަށް އެއްލާލިއެވެ. އަދި ލައިގެން ހުރި ކުރު ނިވާކަން ކުޑަ ނައިޓީ ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު ރިޒްވާންއާއި ދިމާއަށް ދިޔައެވެ. ގޮސް ރިޒްވާންގެ ކުރިމަތީގައި ހުއްޓުމަށްފަހު ‘ރިޒް’ އޭގޮވާލިއެވެ. ރިޒްވާން ހިބާއަށް ބަލާލުމުން ތުއިގޮތަކަށް ހިބާ ހީލިއެވެ.

” ވުޟޫކުރިންތަ؟” ހިބާ ހީކުރިގޮތާ ހިލާފަށް ރިޒްވާން ކޮށްލީ މުޅިން އެހެން ސުވާލެކެވެ. ހިބާ ކީއްކުރަން ކުރާ ވުޟޫއެއްތޯ އަހާލިއެވެ. ދީނާ ބެހޭގޮތުން ހިބާއަށް ނޭނގޭވަރުފެނި ރިޒްވާނަށް މާބޮޑު ހައިރާންކަމެއް ނުލިބުނެވެ. އެހެނީ ކުރިންވެސް ރިޒްވާން ހުރީ މިފަދަ އެތައް ސުވާލުތަކެއް ހިބާގެ ކިބައިން ކުރިމަތިވާނެކަން ކަށަވަރުކޮށްގެންނެވެ. ރިޒްވާން ކައިވެނީގެ ފުރަތަމަރޭގެ ސުންނަތްތައް ހިބާއަށް ކިޔައިދިނެވެ.  އަދި ވުޟޫކޮށްގެން ދިގު ހެދުމެއް ލައިގެން ރިޒްވާންއާއި އެކު ނަމާދުކުރަން އައުމަށް ބުންޏެވެ. ނަމަވެސް ކުރާހިތްނުވާކަމަށް ހިބާ ބުނުމުން ރިޒްވާން ހިތްހަމަނުޖެހުނެވެ.

” ހިބާ މީ އަހަރުމެންގެ ކައިވެނީގައި ބަރަކާތްލައްވާނޭ ކަމެއް” ރިޒްވާން ވިސްނާދޭ ފަދަ ގޮތަކަށް ބުންޏެވެ.

” އަހަންނަށް އެނގޭ މާ ރަނގަޅުގޮތެއް.. ” ރިޒްވާން ކައިރީ އިށީނދެ ކޮނޑުގައި ބޯއަޅާލަމުން ހިބާ ބުންޏެވެ. ރިޒްވާންއަށް އުނދަގޫވެގެން އިންތަނުން ތެދުވިއެވެ. ލޯބިން ވާހަކަދައްކައިގެން ނުކުރަންޏާ ދެން ޖެހޭނީ އޭގެ އިދިކޮޅު އިހްތިޔާރުކުރާށެވެ.

” ބުނީމަ ބުނާ ވާހަކައަޑު އަހާނީ.. މިބުނީނު ދާށޭ ވުޝޫކޮށްގެން އަންނަން…” ތަންކޮޅެއް ހަރުކަށިކޮށް ރިޒްވާން ބުންޏެވެ. ހިބާ މޫނު ހަދާލާފައި އިންތަނުން ތެދުވަމުން ނުކުރާނަމޭ ބުނެލިއެވެ. އަދި ތެދުވެގެން ގޮސް އަނެއްފަރާތުން އެނދުގައި އޮށޯންނަން ތައްޔާރުވެލިއެވެ.

” އެނގެއެއްނު ފިރިމީހާ ބުނާގޮތް ނުހަދަންޏާ ވަރިކުރުމުގެ ހުއްދަ ފިރިމީހާއަށް ލިބިގެންވާކަން” ހަށަން ބަދެލަމުން ރިޒްވާން މިހެން ބުނީ ވަރަށް ހަމަޖެހިލާފައެވެ. އެވަގުތ ހިބާގެ ހިތުގައި ކްނބޮޑުވުމުގެ ރާޅެއް ދުވެލިއެވެ. ރިޒްވާންއާއި ދިމާއަށް ކަޅިއަޅާލަމުން ބާރަށް ހިނގާފައިގޮސް ފާހަނައަށް ވަނެވެ. އިރުކޮޅަކުން ހިބާ ނިކުތީ ވުޟޫކޮށްގެންނެވެ. އެއްވެސް ލަދެއްނެތި ރިޒްވާންގެ ކުރިމަތީގައި އެއްޗެހި ބަދަލުކުރަން ފެށުމުން ރިޒްވާން އަނެއް ފަރާތަށް އެނބުރުނެވެ.

ނަމާދުކޮށްގެން ނިމިގެން ރިޒްވާން ހިބާގެ ބޯމަތީގައި އަތްއަޅާ ދުއާ ކުރިއިރު ހިބާއިނީ އަނގަނަގައިގެންނެވެ. އެއަށް ފަހު ހިބާ ރުޅި މޫނު ހަދާލާފައި އންތަނުން ތެދުވެގެން ދާން އުޅުނު ވަގުތު ރިޒްވާން ހިބާގެ އަތުގައި ހިފިއެވެ. އަދި ކުރިންވެސް އިންތާނގައި ބޭންދިއެވެ. އިރުކޮޅަކު ހިބާގެ މޫނަށް ބަލަހައްޓައިގެން އިނުމަށްފަހު މަޑުމަޑުން ކައިރިވަމުން އައިސް ހިބާގެ ކޮލުގައި ބޮސްދިނެވެ. ހިބާއަށް ލިބުނު ކުއްލި ހައިރާންކަމާއެކު ކޮލުގައި އަތްޖަހާލަމުން ރިޒްވާނަށް ބަލާލިއެވެ. ކުޑައިރުކޮޅެއް ކުރިން ހަރުކަށިކަން ފެނުނު މޫނުމަތިން މިހާރު ލޯބިނޫން އެހެން އެއްޗެއް ނުފެނެއެވެ. މީފިރިމީހާއަށް ކިޔަމަންތެރިވުމުގެ ނަތިޖާހެއްޔެވެ.

ރިޒްވާން ޖީބުން ނަގާފައި ސިޓީއުރައެއް ހިބާއަށް ދިއްކޮށްލިއެެވެ.  ހިބާގެ އޭގައި ހިފުމުން ތީ ކައިވެނީގެ ހަދިޔާއޭ ރިޒްވާން ބުނެލިއެވެ. ހިބާ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ ބޭއިހްތިޔާރުގައެވެ. ސިޓީއުރަކަނޑާ އެތެރެ ބަލާލުމާއެކު ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިބާއަށް ހީލެވުނެވެ. އޭގައި އޮތީ މެލޭޝިޔާއަށް ހަނީމޫން އަށް ދާން ދެކޮޅު ޓިކެޓެވެ.

” ވަރަށް ބޮޑަށް ތެންކްސް.. ލަވް ޔޫ ވެރީ މަޗް” ރިޒްވާން މޭގައި ލައްވެލަމުން ހިބާ ބުންޏެވެ.

” ހިބާއަށް އަހަންނަޓަކާ ކޮންކަމެއް ކޮށްދެވޭނީ” އެއިންގޮތަށް އިނދެ ރިޒްވާން ސުވާލުކޮށްލިއެވެ. ޖަވާބުގައި ހިބާ ކޮންމެފަދަ ކަމެއް ކުރާންވެސް ތައްޔާރަށް ހުރިކަމަށް ބުންޏެވެ.

” އެހެންވިއްޔާ އަހަރެން ބުނާކަމެއް ކޮށްދީފާނަންތަ.. އަހަރެން ޤަބޫލުކުރާގޮތުގަ ލޯބިވަންޏާ ބުނާކޮންމެ ކަމެއްވެސް ކުރާނެ” އަނެއްކާވެސް ރިޒްވާން ބުނެލިއެވެ. ހިބާ ކުރިއަށްވުރެވެސް ބޮޑަށް ކައިރިއަށް ޖެހިލަމުން ހުމްްމް ލައްވާލިއެވެ.

” މިރޭގެ ފަހަށް ހިބާ ބުރުގާ އަޅަންވާނެ.. ލާންވެސް ވާނީ ދިގުހެދުން” ރިޒްވާން ބުނި ކަންތަކާ މެދު ހިބާ އިރުކޮޅަކު ވިސްނާލިއެވެ. އަދި ރިޒްވާން މޫނަށް ވަރަށް ކައިރިން ބަލާލަމުން ‘އެނީ ތިންގް ފޯ ޔޫ’ އޭ ބުނެލިއެވެ. ހިބާގެ މޫނު އެހާ ކައިރިން އެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ހިބާ ލޯމަރާލީ އެއަށްވުރެވެސް ބޮޑަށް މޫނު ކައިރިކޮށްލަމުންނެވެ.

……………………………………………………..

ރޭގަނޑު ދިހައެއް ޖެހިއިރުވެސް އީޝަލް ނައިސްގެން ހާރުނާއި ނީމާ ތިބީ ކަންބޮޑުވެފައެވެ. ހާރޫނު އަތުގައި ހުރި ކޮފީތަށިން ހޫނު އާވިއަރަމުން ދިޔައިރު އޭގެ ހިތްގައިމު ވަސް ވަނީ މުޅިތާނގައި ހިފާލާފައެވެ. ނަމަވެސް އެބޯކަހަލަ ހިޔާލެއް ހާރޫނު ނުކުރުއެވެ. އެއަށްވުރެ ހިތަށް ވެރިވެފައިވާ ހިތްހަމަނުޖެން މާބޮޑެވެ. މިއަދު މިދިމާވި ކަންތަކުގައި ހާރޫނުގެވެސް އިހްމާލެއްވާކަން ހާރޫނަށް ގަބޫލުކުރެވެއެވެ. ކައިރީގަި އިން ނީމާވެސް އިނީ މިފަދަ ވިސްނުމެއްގައެވެ.

އިރުކޮޅަކުން ދޮރު ހޫޅުވާލާފައި ވަން އީޝަލްފެނުމާއެކު ނީމާއާށް އިންތަނުން ތެދުވެވުނެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅުވެސް  މަޑިޖެހވުނީ އީޝަލްގެ މޫނުމަތީގައިވާ ޒަހަމްތައް ފެނުމުންނެވެ. އަޅައިގެން ހުރި ބޮޑު ބުރުގާގެ ކަންގަނޑުވެސް ވަނީ ވީދައިގެން ގޮސްފައެވެ. ހާރޫނު ދަރިފުޅާއޭ ގޮވާލުމާއެކު އީޝަލްއަށް އަޑުން އަޑުން ނަގާފައި ރޯންފެށުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

މައިޝާ (5)

Next

އާވާ ހަނދާން 2

Next
March 25, 2017

އާވާ ހަނދާން 2

Previews
March 25, 2017

މައިޝާ (5)

35 Comments!

  1. Ell says:
    March 25, 2017 at 11:40 am

    Vrh reethi
    maasha Allah
    Daily kohl apkohdheeba
    Ibaarai tha be young kurra I run thankolheh bodah samaalu van Eden

    1. hayyu says:
      March 25, 2017 at 11:57 am

      insha Allah!! jazakallah khair Ell 🙂

  2. Ell says:
    March 25, 2017 at 11:40 am

    Vrh reethi
    maasha Allah
    Daily kohl apkohdheeba
    Ibaarai tha beynunkurra I run thankolheh bodah samaalu van Eden

  3. Mari says:
    March 25, 2017 at 11:43 am

    Aneh nooni burugaa alhaigeh ulhey meehuh vs namaadhu kurah vyma moonu nagah jehey noon!!!??alhugandah ingifa ih gothuga nagah jeheyyy ..Masha Allah ❤varah furihama..keep it up..waiting for the next part

    1. hayyu says:
      March 25, 2017 at 11:58 am

      jazakallah khair mari.. mistake noted and has been edited.. 🙂

  4. Aish? says:
    March 25, 2017 at 12:01 pm

    Aharen ves moonu alhaigen toilet in nikuthy.. husband namaadh feshyma moonu nagaafa namaadh kuran feshy.. dhn salaam dhee nimey irah fothikolhu vattaalaifin.. hehehe .. v reeethi mi story

    1. hayyu says:
      March 25, 2017 at 1:16 pm

      hehehe.. masha Allah thts so cute.. <3 jazakallah khair Aish 😀

    2. ummu says:
      March 25, 2017 at 2:49 pm

      Me too.. 😀

  5. Saandy says:
    March 25, 2017 at 12:13 pm

    Alhe Hayyu kihineh thihedhy?? Eashalge bai thi genaee ninmaakahnu… Ekam buni Eashal dhiya thaneh mibaiga en’geyneyey… Alhe emanjeah kihineh thihedhy?? Next part avahah up kolladheebala… Kiyaa hithun hurevey varehves noon…

    1. hayyu says:
      March 25, 2017 at 1:19 pm

      So sorry mi baiga ebai genesnudhevunyma.. in sha allah yageenunves next part ga ingeyne.. jazakallah khair saandy for reading this story.. you are a great writer 🙂

  6. kiya says:
    March 25, 2017 at 12:18 pm

    Vvv salhi story next part konirakun?

    1. hayyu says:
      March 25, 2017 at 1:21 pm

      jazakallah khair kiya.. 🙂 next part in sha allah day after tommorow.. hayyu story up kurany office ah aisfa but tommorow i will be on leave so i wont be able to apload 🙂

  7. imagination says:
    March 25, 2017 at 1:02 pm

    eeshal ah kihineh vi??!! ohmygod!

    1. hayyu says:
      March 25, 2017 at 1:22 pm

      heevany kihineh v hen??? heheh 😀

  8. Anonymous says:
    March 25, 2017 at 3:19 pm

    V reeth masha Allah

  9. Saadhu says:
    March 25, 2017 at 3:21 pm

    V reethi masha Allah

  10. ravupinky says:
    March 25, 2017 at 3:46 pm

    varah reeeeeeeeeeeeethi ..next part avahah plxxxxx

  11. Iraa says:
    March 25, 2017 at 3:59 pm

    V v v reethi mashallah.. may allah bless us all… jazak allah khair hayyu…for this beautiful story..??

  12. Iraa says:
    March 25, 2017 at 4:02 pm

    V v v reethi mi part mashallah… may allah bless us all… jazak allah khair hayyu… for this beautiful story..??

  13. Hhhhh says:
    March 25, 2017 at 9:49 pm

    O my god
    Anihkaa ekuhjaa ah kihineh vee baa????
    ???
    Waiting for the next part
    ????

  14. Kalhu handi says:
    March 26, 2017 at 1:59 am

    Alhey vaahaka kiyaa hithun mirey nuves nidheyne…

  15. ravupinky says:
    March 26, 2017 at 1:59 pm

    hayyuu dhn kon iraku next part?????

  16. Aisha says:
    March 26, 2017 at 2:41 pm

    Haadha lahey

  17. Shaa says:
    March 26, 2017 at 2:45 pm

    Eeshal ah kihine v baa .!!!

  18. Shahoo says:
    March 26, 2017 at 4:45 pm

    Hibaa ge x eeshal ah ehn hedhy dhw? Plx avahah up kohdheeba hayyu

    1. Kalhu handi says:
      March 26, 2017 at 6:17 pm

      Mashah ves hyvany ehn kanneynge evee.. Ekamu ehnvejjeyya haadha dheraey dho…
      ???

  19. haha says:
    March 26, 2017 at 7:38 pm

    Why would hiba ex do that.. And why would haaroon get guilty

  20. Aisha says:
    March 27, 2017 at 11:04 am

    kon dhuvass thakaku mivaahaka up kuranee.

  21. Zeelan says:
    March 27, 2017 at 6:54 pm

    Next part ah intizaaru kohgen mi hunany kn irakun tha upload kurany.

  22. Faxoo says:
    March 27, 2017 at 7:56 pm

    what happened to Eeshal
    mibaivx vrh reethi mashaAllah

  23. Jasy says:
    March 28, 2017 at 11:03 am

    hayyu.. please avahah up kohdhy :-(… varah gina in belijje mihaaru up kohfi thoa… i love this story

  24. Shahoo says:
    March 28, 2017 at 3:14 pm

    Hayyu kobaa story plx avahah up kohdheeba. V kiyaahithunney mihury

  25. aisha says:
    March 28, 2017 at 3:40 pm

    koba tha next part hayyuu???

  26. ravupinky says:
    March 28, 2017 at 7:34 pm

    hayyyuuu??? next part koba??????????

  27. mal-mal says:
    August 31, 2017 at 8:27 pm

    what happened to our beloved Eeshal???

Comments are closed.

Next Episodeއައިޝާ 23←


All Right Reserved!