ލޯބިވޭ (6)
” ޔާ ސޮރީ ކުޑަކޮށް ނިދިއަންނަ ގޮތް ވީމާ އެއްޗެކޭ ނުބުނެވުނީ…” އަލްޔާ މާއިންއަށް ޖަވާބު ދިނެވެ.
“ރޭގަ ބުނަން ހަނދާން ނެތުނިއްޔޭ އައި ގޮޓް ދަ ޕްރޮމޯޝަން..” މާއިން އުފާވެފަ ޕްރޮމޯޝަން ލިބުނު ވާހަކައާ ދެން އޭނަގެ ކުޑަ އާއިލާވެސް އުޅޭނީ ހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއްގަކަން ބުނެލިއެވެ.
“އަލް އަށް އިނގޭތަ… އަލްތީ މާއިންގެ ނަސީބު… އަލް މާއިންގެ ލައިފްއަށް އައި ފަހުން ހުރިހާ ކަމެއްވެސް ދަނީ ރަނގަޅުން ރަނގަޅަށް..” މާއިން އުފާވެލާފަ ބުނެލިއެވެ.
” އެހެންތަ.. އެހެންވިއްޔާ އަދި މުސްތަޤްބަލް މާ ނަސީބު ވެރިވާނެ..” އަލްޔާވެސް މަޖާވެލާފަ މާއިންގެ ވާހަކައިގަ ބައިވެރިވެލިއެވެ. އިރުކޮޅަކު ފޯނުން ވާހަކަ ދައްކާފަ ފޯން ބޭއްވި ނަމަވެސް އަލްޔާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ރޭގެ ހަނދާންތަށް އަލްޔާއަށް އުނދަގޫ ކުރަނީއެވެ.
ރެޔަށް ފަހު އަލްޔާއަށް ކޮންމެސް ވަރަކަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވުނެވެ. އެދުވަހު ގިނަވަގުތު ކޮޓަރީ ހޭދަ ކުރުމުން އާލިމާވެސް ކަންބޮޑުވެގެން އައިސް ސުވާލުކޮއް ހެދިއެވެ. އެންމެ ފަހުން ހިތްހަމަ ޖައްސާލަން އަލްޔާ ބެލްކަންޔަށް ނިކުމެލިއެވެ. މިރޭވެސް ބެލްކަނީގަ ކުރީރޭ ހުރި އާދަޔާ ހިލާފް މީރުވަސް ހިފާފަ ހުއްޓެވެ. މަގުމައްޗަށް ނަޒަރު ހިންގާލިއިރު މާއިންގޮސް މިސްކިތަށް ވަންނަނީއެވެ.
“އަލް.. ” މާއިން އަލްޔާއަށް ގޮވާލި އަޑު އިވުމުން އަލްޔާ ދިޔައީ ސިއްސައިގެންނެވެ. ފަހަތް ބަލާލިއިރު އަލްޔާއަށް ބަލަހައްޓައިގެން މާއިން ހުއްޓެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެވުނީ މިވާނުވާ ނޭންގޭތީއެވެ. މާއިން މިސްކިތަށް ވަނީ އޭނަ ބަލަން ހުއްޓައެވެ. އެހެން ވިއްޔާ މީ ކާކުބާއޭ އަލްޔާގެ ހިތަށް އެރުމާއެކު މީހާ ބިރުން ތުރުތުރުލާ ގޮތްވިއެވެ.
“ހޫ ދަ ހެލް އާ ޔޫ..” މާއިންއާ ދިމާލަށް އެނބުރި ލަމުން އަލްޔާ ބުނެލިއެވެ. އަލްޔާގެ އަތްފައި ދިޔައީ ފިނިވެގެންނެވެ. ކުރިމަތީ ހުރީ ހަމަ މާއިންއެވެ. އަލްޔާގެ ހިތް އެދޭ ސޫރައެވެ. އެއްވެސް ތަފާތެއްނެތެވެ.
” މަށަށް އިނގޭ ތީ މާއިން ނޫންކަން.. ތެދަށް ބުނޭ ..” އަލްޔާ ރުޅިއަންނަގޮތްވިއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ބިރު ގަނެފަ ހުރުމުން އޭނަ އަޑުވެސް ނިކުތީ ކިރިޔާއެވެ.
“އޯ ބޭބީ ރުޅިއައިމަ ހާދަ ލޮއެއްބޭ.. ތިފަދަ ރީތި ކަމެއް މި ކައުނުންވެސް އަހަރެން ނުދެކެން..” މާއިންގެ ޖުމަލައިން އަލްޔާ އިތުރަށް ރުޅި އަންނަ ގޮތް ވިއެވެ.
“ބުނެފީމެއްނު ތީ ކާކުހޭ..” އަލްޔާ ރުޅިއައިސްގެން ހަޅޭލަވައިގަތް ތަނާ މާއިން އަލްޔާގެ އަނގަމަތީ އަތް އެޅިއެވެ.
“އަހަރެންނައް ކިޔަނީ ޒިލާން..” ޒިލާން ބުނެލިއެވެ.
“ކަލޭ ކީއްވެ މާއިންގެ ސިފައިގަ ތިހިރީ..” އަލްޔާ ބިރުން ހުރެ ނަމަވެސް ކުރަންބޭނުންވި ސުވާލު ކޮއްލިއެވެ.
“އެއީ އަލްގެ ހިތުގެ ރަސްކަންކުރަމުން ދަނީ މާއިންއަށް ވީމަ..” ޒިލާން އަލްޔާއާ ކައިރިވެލަމުން ބުނެލިއެވެ.
” ޕްލީޒް އަލްޔާ އަހަރެންގެ މީހަކަށް ވެބަ… އެ މާއިން ދޫ ކޮއްލާ.. އޭނަ އަށްވުރެ މާ އުފަލުގަ އަހަރެން އަލްޔާ ގެންގުޅޭނަން… ނިކަމެތި އިންސާނުންނަށް ނުދެވޭ އެތަށް އުފަލެއް އަހަރެން ދޭނަން.. އަލްޔާ މި ބެލަކަނީގަ ހޭދަ ކުރާ ކޮންމެ ވަގުތަކު އަހަރެން އައީ އަލްޔާގެ ހުރިހާ ހަރަކާތެއް ވަރަށް ކައިރިން ބަލަމުން.. ދުވަހަކުވެސް އަހަރެންނަކަށް އަލްޔާ ނޫން މީހެއްދެކެ މިވަރަށް ލޮއެއްބެއް ނުވެވޭ.. ޕްލީޒް އަލްޔާ..”
ޒިލާންގެ އެ ޖުމްލަތަށް އަޑު އަހަން އަލްޔާ ހުރީ ބުދެއްހެން ގަނބުވެފައެވެ. މީ އިންސާނެއްނޫންކަން އިނގުމުން އަލްޔާގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. މީހާ ތުރު ތުރު ލާގޮތް ވިއެވެ. ޒިލާން އާ ދުރައްޖެހިލާ ދުއްވައިގަންނަން ހަދާލި ނަމަވެސް ޒިލާން މާ ހުށިޔާރެވެ. އޭނާ އަލްޔާ ގެނެސް އޭނާގެ އަތުތެރެއަށް ލިއެވެ.
” ބުނެބަ ކީއްވެތަ އަހަރެންނާ ދުރައްދާން ތި އުޅެނީ.. އަހަރެން މިވަރަށް ލޯބިވާއިރު މި ލޯބީގަ ކޮޅުފައިން ޖަހާފަ ނުދޭ.. ޕްލީޒް… އަހަރެންނަކީ އިންސާނެއް ނޫނަސް އަހަރެން އެއްވެސް ގެއްލުމެއް އަލްޔާއަކަށް ނުދޭނަން.. މި ހުރިހާ ދުވަހު ކެތްކޮއްގެން ހުރީ.. ދެން ނުހުރެވޭނެ.. މާއިންއާ ދެމީހުން މާ މައްޗަށް ތިދަނީ..” ޒިލާން ބުނެލިއެވެ.
އެ ހުރިހާ ވާހަކައެއް އަޑު އަހަން އަލްޔާ ހުރީ މަޖްބޫރުވެފައިވާ މީހަކު ފަދައިންނެވެ.
“ވަރަށް ލޯބިން މި ބުނަނީ މާއިން އާ ދުރުވޭ.. އެހެން ނޫނީ އަހަރެންގެ އަތުން ފައިން މާއިންއަށް ގެއްލުމެއް ލިބިދާނެ.. ރެޔަށްފަހު އަލްޔާތީ އަހަރެންގެ މީހެއް.. ހަމައެކަނި އަހަރެންގެ މީހެއް..” އަލްޔާގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާ މާއިން ދޫ ކޮއްލާނީ ކިހިނެތް ހެއްޔެވެ؟ މާއިން އަކީ އެ ހިތުގެ ވިންދެވެ. އެ ހަޔާތުގެ އުފަލެވެ. ނަމަވެސް މިއަދު މި ކުރިމަތިވީ ކޮންފަދަ ބަދު ނަސީބް ވެރިކަމެއް ހެއްޔެވެ؟ މާއިންއާ ނުލާ އަލްޔާ ދިރިއުޅޭނީވެސް ވަކި ކިހިނެތް ހެއްޔެވެ. ނަމަވެސް މާއިންގެ ސަލާމަތައްޓަކައި މިއަދު އަލްޔާއަށް މާއިންއާ ދުރައްދާން ވަނީ މަޖުބޫރުވެފައެވެ.
ޒިލާންގެ އަމުރަށް އަލްޔާ މާއިންއަށް ގުޅާލިއެވެ. އޭރު މާއިން މިސްކިތުން ނިކުންނަނީއެވެ.
“ބޭބީ މާ ބޮޑަށް މާއިން މަތިން މިސްވީދޯ…” ފޯން ނެގުމާއެކު މާއިން ލާނެތް ގޮތަކަށް އެހެން ބުނެލުމުން އަލްޔާއަށް ރޮވޭގޮތްވިއެވެ. ބާރަށް ރޮއެގެންފަ މާއިންއަށް ހުރިހާ ހަގީގަތެއް ކިޔާދެންވެސް ހިތައްއެރިއެވެ. ނަމަވެސް ޒިލާންގެ އެ އިންޒާރު މަތިން ހަނދާންވެފަ އަލްޔާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މާއިން އައި އޭމް ސޮރީ.. އަލް ބޭނުމެއްނޫން މާއިންއާއެކު އުޅޭކަށް… އަލް އެންމެ ލޯބިވާ މީހާ ނުލިބުނީމަ މާއިންއާ ރައްޓެހި ވީ… އެކަމް މިހާރު އޭނަ ލިބިއްޖެ… ދެން އެންމެ ހިނދުކޮޅަކަށްވެސް ބޭނުމެއްނޫން މާއިންއާއެކު އުޅޭކައް… ސޮރީ ބޭބީ..” އަލްޔާ ވަރަށް ހިތްވަރުން ޒިލާން ބުނިހެން މާއިން ކައިރީގަ ބުނި އިރު އަލްޔާ ލޮލުން ހޯސްލާފަ ކަރުނަ އާދެއެވެ. އަލްޔާބުނި ކޮންމެ ލަފްޒެއް މާއިންއަށް އަޑުއިވެމުން ދިޔައީ ބާރު ގުގުރިއެއްގެ ސިފައިގައެވެ.
“އަލް ޕްލީޒް ތިގޮތަށް ސަމާސަ ނުކުރޭ..” މާއިން ޤަބޫލް ނުކުރެވިގެން ބުނެލިއެވެ.
“ކުރާ ސަމާސައެއްނޫން މީ.. ޤަބޫލް ކުރެވުނަސް ނުކުރެވުނަސް މީ ހަޤީޤަތް..” އަލްޔާ ވަރަށް ހިތްވަރުކޮއްލާފަ ބުނެލިއެވެ.
“ދެން މާއިން ކައިރީ ވީ ވައުދުތަކާ އަހުދު ތަކޯ.. އެވެސް ފޭކްތަ..؟” އިތުރަށް ޔަޤީން ކުރުވަން މާއިން އަހާލިއެވެ.
“ކޮން ވައުދެއް.. އަނގަ އޮތިއްޔާ ކޮންމެ އެއްޗެއްވެސް ކިޔޭނެ ދޯ..” އަލްޔާގެ މި ޖުމްލައާއެކު މާއިންގެ އަތުން ފޯން ދޫވެގެން މަގުމައްޗަށް ވެއްޓުނެވެ. ކުޑަ ވަގުތުކޮޅަކަށް އެތައް އުފާވެރިކަމެއް ދީފަ ކުއްލިޔަކަށް އަލްޔާ އެހެން އެ ހެދީ އަސްލުވެސް އެހެން މީހެއްދެކެ ލޯބިވާތީ ބާއޭ މާއިންގެ ހިތަށް އެރިއެވެ. މާއިންގެ ހަޔާތައް އުޖާލާކަން ގެނެސް ދީފަ ކުއްލިގޮތަކަށް އަލްޔާ އެ ވަކިވީ މާއިންގެ ކޮން ކުށެއް އޮވެގެން ބާއޭ މާއިންގެ ހިތަށް އަރަމުންދިޔައެވެ. މާއިންގެ އެ ބަދުނަސީބް އަނދިރި ހަޔާތަށް ކުޑަނަމަވެސް އަލިކަމެއް ގެނެސްދީފަ އަލްޔާއާ އެހެން ހަދާފާނެ ބާއޭ މާއިންގެ ހިތް ބުނަމުން ދިޔައެވެ. އަދިވެސް އަލްޔާގެ އެ ޖުމްލަތަށް ކަންފަތުގަ ގުގުމަމުން ދޔައިރު އެކަން މާއިން އަކަށް ޤަބޫލެއް ނުކުރެވުނެވެ. މާއިން ގެއަށް ވެން މަންޒަރު ބަލަން ބެލްކަނީގަ ހުރި އަލްޔާއަށް ހަމަ ގިސްލެވެނީއެވެ.
“އޯ ބޭބީ ތިހާ ވަރައް ރޯކައްނުވާނެ..” ޒިލާން އަލްޔާގެ ކަރުނަތަށް ފޮހެލަ ދެމުން ބުނެލިއެވެ.
“ކަލޭ މަގޭގައިގަ އަތް ނުލާތި..” އަލްޔާ ރުޅިވެރިކަމާއެކު ބުނެލިއެވެ.
“މަ ކަލޭގެ ގައިގަ އަތް ނުލާފިއްޔާ އަނިޔާ ވާނީ އެހެން މީހަކަށް..” ޒިލާން ފާޑަކަށް ހީލާފަ ބުނެލިއެވެ. ބިރެއް ފެނިގެންހެން އަލްޔާގެ ކަރުނުން ފުރިގެންވާ ދެލޯ ބޮޑުކޮއްލާފަ ޒިލާންއަށް ބަލާލީ އެ ބުނިއެއްޗެއް އަލްޔާއަށް ވިސްނިގެންނެވެ.
އިސްފިޔަ ޖަހާލިހާ އަވަހަށް އަލްޔާ ކުރިމަތީ ހުރި ޒިލާންގެ ސިފަ ބަދަލުވިއެވެ. ބައިމަތިފުޅާ ވަރުގަދަ ހަށިގަނޑެއް ލިބިފަވާއިރު ފުދޭވަރަކަށް އިސްކޮޅުން ދިގެވެ. އެ ފިރިހެންވަންތަ މޫނުގަ އަންހެން ކުދިން ހިތްތައް ކަތިލާފަދަ ރީތިކަމެއްވެއެވެ. ނަމަވެސް އަލްޔާގެ ހިތަށް އެއްވެސް އަސްރެއް ނުކުރިއެވެ.
“އަހަރެން ކުރާ އެއްވެސް ކަމަކާ ދެކޮޅު ނުހަދާތި އިނގޭ…. މާއިން އެބަހުރި ބަލަން..” މަޑު މަޑުން އަލްޔާ ކަންފަތް ދޮށުގަ ޒިލާން ބުނެލިއެވެ. މާއިން ބެލްކަންޔަށް ނިކުތީ އެއްވެސް ހާލެއްގަ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. އެހެނަސް އަލްޔާގެ ހިތްގައިމު ސޫރަ ދެކިލާހިތުންނެވެ. ނަމަވެސް އަލްޔާގެ ބެލްކަނިން މާއިންއަށް ފެނުނީ ބަލަން ކެތްވާފަދަ މަންޒަރެއްނޫނެވެ. އަލްޔާ އެހެން ފިރިހެނެއްގައިގަ ބައްދައިގެން އޮތް މަންޒަރެވެ. އެއީ އަލްޔާގެ ދޮންބެއަށް ވެދާނެތީ ޔަގީން ކޮއްލަން މާއިން މަޑުކޮއްލިއެވެ. ދެންފެނުނީ އެއަށްވުރެ ހިތް ޒަހަމްކޮއްލާ ފަދަ މަންޒަރެކެވެ. އަލްޔާ އެ ފިރިހެނާއާ ބޮސްދެމުންދާ މަންޒަރެވެ.. މާއިން އަށް ކެތްވީ އެހިސާބަށެވެ. ރެއިލިންގަ ބާރަށް ޖަހާލާފަ މާއިން ކޮޓްރިތެރައް ވަނީ ފެނުނު މަންޒަރުގެ ސަބަބުން ހިތަށް ކުރި އަސަރުގެ ބޮޑުކަމުންނެވެ. މާއިން އެހާ ލޯބިވާކަން އިނގޭއިރު އަލްޔާ މާއިންއަށް ދެރައެއްދޭން މާއިންއާ ގުޅުނީ ކީއްކުރަންބާއޭ މާއިންގެ ހިތަށްއެރިއެވެ.
އަލްޔާގެ ހިތާ ދެކޮޅަށް ޒިލާންގެ ހުރިހާ އަމުރަކަށް ތަބާވަމުން ދިޔައެވެ. މާއިންއަށް މި މަންޒަރު ފެނި އަސަރު ކުރާނެ ވަރު އަލްޔާއަށް އިނގެއެވެ. މާއިންގެ އެ ހިތާމަވެރި ދިރިއުޅުމަށް ކުޑަނަމަވެސް އުފަލެއް ގެނެސްދީފަ އޭގެ ބަދަލު މިދެވުނީ އެއަށް ވުރެ ބޮޑު ހިތާމައެކެވެ. ނަމަވެސް މިކަމުގަ އަލްޔާއަށް ވަކި ކުރާނީ ކީއްހެއްޔެވެ؟ މީ ތަގުދީރުގެ ނިޔާއެވެ. ކިތަންމެ ބޭނުން ނުވިޔަސް ޒިލާންގެ އަމުރުތަކަށް ކިޔަމަންވާން މިއަދު އަލްޔާއަށް މަޖުބޫރެވެ. މާއިންއަށް ޓަކައެވެ. އެކަމާ ދެކޮޅު ހަދައިފިނަމަ ވާނެ ގޮތް އިހްސާސް ކުރެވޭތީއެވެ.
އަލަމް ސައިބޯން ގެޔައް އައިރު އާލިމާ ފެންނަން ނެތުމުން މަންމާއޭ ގޮވާލާފަ މިސްރާބްޖެހީ އަލްޔާގެ ކޮޓަރިއަށެވެ. އަލްޔާއަށް ގޮވަން ކަމަށް ދޮރުހުޅުވާލިއިރު އަލަމް އަށް ފެނުނީ ދުވަހަކުވެސް ފެނިފަ ނުވާފަދަ މަންޒަރެކެވެ. އަލްޔާ އެއްވެސް އަންނައުނެއް ނެތި ނިދާފަ ވާތަނެވެ. ބްލެންކެޓްވެސް އެނދުގެ ތިރިއަށް ވެއްޓިފައޮތެވެ. ކޮންމެ ދުވަހަކު އަލްޔާއަށް ގޮވަން އަލަމް އަންނައިރު މިފަދަ މަންޒަރެއް ފެނިފައެއް ނުވެއެވެ. އަނެއްކާ އަލްޔާ ފިރިހެންކުއްޖަކާ ގުޅުން ހިންގީބާއޭވެސް އަލަމްގެ ހިތަށް އެރިއެވެ.އަވަހަށް ދޮރު ލައްޕާފަ އަލަމް މިސްރާބް ޖެހީ ކާ ގެޔަށެވެ.
“ކޮބާ އަލްކޮ ހޭލީތަ..؟” ސިޓިންގްރޫމްގަ އިށީންދެލައިގެން އިން އަލްވިންއަށް އަލަމް ފެނުމުން ސުވާލުކޮއްލިއެވެ.
“ނޫން ނުގޮވަން އަދި އަލްކޮއަކަށް..” އަލަމް ޖަވާބު ދިނެވެ.
“ކުޑޭ ދޭ ކާންފަށަން ދޮންބެ އަލްކޮއަށް ގޮވާފަ މި އަންނަނީ…” އަލަމް ކައިރީ ކާން ދާން ބުނެފަ އަލްވިން އަލްޔާގެ ކޮޓްރިއާދިމާލައް ދާން ހިނގައިގަތެވެ.
” ނޫން ދޮންބެ ދާނެ ކަމެއްނެތް މަންމަ ކައިރީ ބުނެފިން އަލްކޮހޭލައްވަން..” އަލްވިންއަށް އެމަންޒަރު ފެނިއްޖިއްޔާ ވާނެ ގޮތް ހިތަށް އަރުވާލާފަ އަލަމް ބުނެލިއެވެ. އަލްޔާ ސައިބޯން އައީވެސް ފުދޭވަރަކަށް ލަހުންނެވެ. އެހެން ދުވަސް ތަކާ ހިލާފަށް މިއަދު އަލްޔާއިނީ ވަރަށް ބަސްމަދުވެފައެވެ. އަލަމް ތަފާތު މަޖާ ވާހަކަ ދައްކަމުން ދިޔައިރު އޭގެން ވާހަކައެއްގަ އަލްޔާ ބައިވެރިވަނީ މަދު ފަހަރެއްގައެވެ.
“ދަރިފުޅާ ބަލީތަ..” އަލްޔާގެ އެ ބަސްމަދުކަން ފާހަގަ ކުރެވި ޝިޔާމް ސުވާލުކޮއްލިއެވެ.
“އާ ބޮލުގަ ރިއްސާތީ މިއުޅެނީ..” މަޖްބޫރުވެފައިވާ މީހެއްފަދައިން ކަންތައް ސިއްރުކުރަން އަލްޔާ ދޮގު ހެދިއެވެ.
“އެހެންވިއްޔާ ކައިގެން އަވަހަށް ބޭސް ކައްޗޭ..” އަލްވިން ބުނެލިއެވެ.
“މާއިން ބަލިވެތަ އުޅެނީ… ނޫނީ ގޭތެރޭގަ މައްސަލައެއް އުޅެނީތަ..” މާއިން އަލްވިންގެ ކެބިންނަށް އައުމުން އަލްވިން ކުރަން ބޭނުންވި ސުވާލުކޮއްލިއެވެ. އަލްޔާ މާއިންއާ ރައްޓެހިވެގެން އުޅޭކަން އެނގުނު ފަހުން އަލްވިންވެސް މާއިންއާ ދޭތެރޭ ދެކެނީ ވަރައް ގާތްކޮށެވެ. އޮފީސްއެހެން ސްޓަފުންނަށްވުރެ މާއިންއާ އަލްވިން ގާތެވެ. ބައެއް ފަހަރު އެކީގަ ކޮފީތަކަށް ގޮސްލާ ހަދައެވެ. މިހެން ކަމުން ދެމީހުންވެސް ވަނީ ވަރައްގާތް ދެރަހުމަތްތެރިންނަށް ވެފައެވެ.
“ކީއްވެ ތިހެން ތިބުނީ..” މާއިންވެސް ނޭންގޭކަމަށް ހަދާފަ ސުވާލުކޮށްލިއެވެ.
“މިހެން މިބުނީ މިއަދު މާއިން މާ ދެރަވެފަ ހުންނަހެން ހީވާތީ… މަސައްކަތަށްވެސް ތަންކޮޅެއް ފަރުވާ ކުޑަކަމަށް ފާހަގަ ކުރެވޭތީ.. އިނގޭ މާއިން ގަސްތުގަ މަސެއްކަތަށް ފަރުވާ ކުޑަ ނުކުރާނެކަން. އެހެންވެ މި އެހީ އެހެން” އަލްވިން ވީ ގޮތް ބުނެލިއެވެ.
“ނޫން އެހެނެއްނޫން ރޭގަ ރަނގަޅަށް ނުނިދުނީމަ އަސްލު..”
“އެހެންވިއްޔާ ދާންވީނު ރެސްޓްކޮއްލަން މިއަދު މަސެއްކަތެއްވެސް ނެތެއްނު..” އޯގާތެރި ކަމާއެކު އަލްވިން އެހެން ބުނުމުން މާއިންވެސް ނިންމީ ގެޔަށްދާށެވެ. ރޭގަ ރަނގަޅަށް ނުނިދުމުގެ ސަބަބުން ބޮލުގަ ރިއްސާވަރުން ކެއްވަނީކީ ނޫނެވެ. ގެޔަށް އައިސް ވަދެވުމާއެކު އަލްޔާގެ ފޮނި ހަދާންތަށް މާއިންގެ ކުރިމަތީ ސިފަވަމުން ދިޔައެވެ. ނަމަވެސް އެހިޔާލްތަކުން ދުރަށްދިއުމަށްޓަކައި ބާރު ހިނގުމެއްގަގޮސް ކޮޓްރިއަށް ވަދެއްޖެއެވެ.
އަލްޔާއަށް މިވަމުންދާގޮތް އަލްޔާއަކަށް ނޭންގެއެވެ. ޒިލާންގެ ސޫރަ ދެކޭހިތްވަނީއެވެ. ޒިލާން އަންނާނެ އިރެއްގެ އިންތިޒާރުގަ ގަޑި ގުނާލަ ގުނާލާ އަލްޔާއިނެވެ. އެވަގުތު އަލަމް ކޮޓްރިއަށް އައުމުން އަލްޔާ ވީ އަމަށަކު ފޫއްސެއްނޫނެވެ.
“ކުޑަބޭ ވައި ކާންޓް ޔޫ ޖަސްޓް ލީވް މީ އެލޯން… އަލްމީ ކުޑަކުއްޖެއް ނޫނޭ…” ފޫހި ނަޒަރަކުން އަލަމްއަށް ބަލާލަމުން އަލްޔާ ބުނެލި ޖުމަލައިން އަލަމް ކުރިއަށް ހިނގައިގަންނަން ނެގި ފިޔަވަޅު އަޅާލެވުނީ ފަހަތަށެވެ.
ދުވަހަކުވެސް އަލްޔާ އެފާޑަށް އަލަމްއާ ވާހަކަ ދައްކާފައެއް ނުވެއެވެ. އަލަމް އަލްޔާ ކިތަންމެ ވަރަކަށް ރުޅިއެރުވިނަމަވެސް ދުވަހަކުވެސް އެފަދަ އެއްޗެއް އަލްޔާ ބުނެފައެއް ނުވެއެވެ. ވީ ދެރައެއްގެ ބޮޑުކަމުން އަލަމް އަލްޔާގެ
ކޮޓަރިން ނިކުތްއިރު އަލަމްގެ ލޮލުން ކަރުނައިގެ އަސަރު ހުއްޓެވެ.
އަލްޔާ އިންތިޒާރު ކުރަމުން އައި ގަޑި ނިމުނީ ބެލްކަނީ ދޮރުން ވަދެގެންއައި ޒިލާން ފެނިފައެވެ. އަލްޔާ ދުވެފަ ގޮސް ޒިލާންގެ ގައިގަ ބައްދާލުމުން ނުލަފާ ހިނިތުންވުމެއް ޒިލާންގެ މޫނުމައްޗަށް ވެރިވިއެވެ.
“ބޭބީ ހިނގާބަ ވާރެޔާ ތެމެން ވަރަށްބޯކޮއް ވާރޭ އެބަ ވެހޭ.. ޔޫ ލަވް ރެއިން ދޯ..” ޒިލާން އަލްޔާ އުފުލާލައިގެން ބެލްކަންޔަށް ނިކުތެވެ. ވެހެމުން ދިޔަ ވާރޭ ތެރޭގަ ސަކަރާތް ޖަހަމުން ވާރެޔާ ތެމެމުން އަލްޔާ ދިޔައެވެ.
މި މަންޒަރު ބަލަން ހުރި މާއިންގެ ދެލޯ ފުރިފަވަނީ ކަރުނުންނެވެ.
އަލްޔާ ހީވަނީ ދެއީދު އެއްފަހަރާ އައިސްގެން އުޅޭހެންނެވެ.
“ދޮންބޭ ދޮންބެ ދައްތަ ކީއްވެތަ ނާންނަނީ..” މިޝީއައިސް މާއިން ކައިރީ ހުއްޓިލަމުން ސުވާލުކޮއްލިއެވެ. ހަމައެވަގުތު މާއިންގެ ނަޒަރު ހުއްޓިފަވާ ދިމާލަށް މިޝީއަށް ބަލާލެވުނެވެ. އަލްޔާ އެކަނި ވާރެޔާ ތެމެން ހުރި މަންޒަރު ފެނުމުން މިޝީވެސް އެތަނުން ދިޔައީ މާއިން ހުރީ ވާހަކަ ދައްކަން ބޭނުންވާ މޫޑެއްގަ ނޫންކަން އިނގުމުންނެވެ. މާއިންއަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ ފުރަތަމަ ފާހަގަ ކުރެވެން ފެށީވެސް މިޝީއަށްށެވެ. އަލްޔާވެސް މިހާޜު އެގެޔަށް ނާންނާތީ މިޝީއަށްވެސް ކޮންމެސް ވަރަކަށް ވިސްނާލެވުނެވެ. މާއިންގެ ބެލްކަނި ހިޔާކޮށްފަ ހުރިނަމަވެސް ވާރޭ ބޯކޮއްލުމުން ކޮންމެވެސް ވަރަކަށް ތެމެން ފެށުމުން މާއިން ވެސް ކޮޓްރިއަށް ދިޔައީ ނިދޭ ތޯއެވެ.
އަލްޔާ ހެދުނު ހޭލިއިރު ޒިލާން ކައިރީގަ އޮތުމުން އިތުރަށް ޒިލާންގެ އަތުތެރެއަށް ބޮނޑިވެލިއެވެ. އޭރު އަލްޔާއޮތީ ކޮންމެސް ވަރަކަށް ހުން ވައްތަރުވެފައެވެ.
“ބޭބީ ރޭގަ ވާރެޔާ ތެމުނީމަ ހުން އައީ ދޯ.. ސައި ބޮއެގެން މި ފުޅިން އެތި ފޮދެއް ބޯލާ އޭރުން ރަނގަޅުވެދާނެ..” ފެހި ކުލައަށްދާ އެއްޗެއް އަޅާފަ ހުރި ފުޅިއެއް ޒިލާން އަލްޔާއަށް ދިނެވެ.
އޮފީހުގައިން މާއިން އެންމެ ފަހުން ކެތްނުވެގެން ގޮސް އަލްވިން ކައިރީ އަލްޔާ އުޅެނީ އެހެން މީހަކާ ރައްޓެހިވެގެންތޯ އަހާލިއެވެ. އަލްވިން ކިހިނެތްވީހޭ ބުނާފަދަ ގޮތަކަށް ބަލާލުމުން މާއިން ހުރިހާ ވާހަކައެއް އަލްވިންއަށް ކިޔާދިނެވެ. އަލްވިން އިނީ ގަބޫލު ކުރަން ދަތިވެފައެވެ. އެދުވަހު އަލްޔާގެ ވާހަކަ ތަކުން އަލްޔާ މާއިންދެކެ ވަރަށް ލޯބިވާކަން އަލްވިންއަށް އެނގުނެވެ. އަދި މާއިން އަކީ އަލްޔާ ފުރަތަމަ ރައްޓެހިވި ކުއްޖާއެވެ. އެހެން ކަމަށް ވާނަމަ އަލްޔާ މާއިންއާ އެ ރުޅިވީ ކޮން ދޮގުތަކެއް ހަދާފަ ބާއޭ އަލްވިންގެ ހިތައް އެރިއެވެ. އަދި އެގެޔަށް އިތުރު މީހަކު ވަދެއުޅޭތަންވެސް އަލްވިންއަކަށް ނުފެނެއެވެ. ބަދަލްވަމުން އައި އަލްޔާގެމިޒާޖް ރޭކާލީ ދެނެވެ. އަނެއްކާ ކޮއްކޮއަށް ޖިންނި ކަމެއް ޖެހުނީ ބާއޭ އަލްވިންގެ ހިތް ބުނެލީ އަލްވިންގެ ރައްޓެހި ކުއްޖަކަށްވެސް އެކަހަލަ ހާދިސާއެއް ދިމާވެފަ ހުރުމުންނެވެ. ފަހަކަށް އައިސް އަލްޔާ ކޮޓަރީގަ ތަޅުލާފަ ހުންނާތީ އެކަމާ އަލްޔާއާ ޝަކުވާ ކުރުމުންވެސް އަލްޔާއައީ ރުޅިއެވެ.
“ނޭންގެ އެކަހަލަ ވާހަކައެއް ނުދައްކާ… ގެއަށް ގޮސް ވާހަކަ ދައްކާލާނަން އިނގޭ..” އަލްވިންއަށްވެސް އިތުރު އެއްޗެއް އެނގިފަ ނެތީމަ މާއިންކައިރީ ބުނާނެ އެއްޗެއްވެސް ނޭންގުނެވެ.
އަލްޔާއާ ވާހަކަ ދައްކަން ބޭނުންވެފަ ހުރިލެއް ބޮޑުކަމުން ތަންކޮޅެއް އަވަހަށް ގެޔަށް ދިޔައިވެ. އަލްޔާގެ ކޮޓަރިއާ އަރާ ހަމަވި އިރު އެތެރޭން އަލްޔާ ވާހަކަ ދައްކާ އަޑު އިވެއެވެ. އަލްވިން ދޮރު ހުޅުވާލިއިރު އަލްޔާ އިނީ ފޯނެއްގަކަމަށް ހަދާލިއެވެ.
“އަލްކޮ ބަލިތަ..”
އެނދުގަ އަލްޔާއާ ޖެހިގެން އިށީނަމުން އަލްވިން ސުވާލު ކޮށްލިއެވެ.
“ނޫން..” ފޫހި ފާޑަކަށް އަލްޔާ ޖަވާބު ދިނެވެ.
” ދެން އެކަމް މިހާރު އަލްކޮ ހާދަ ޗޭންޖޭ… ކިހިނެތް ވީތަ އަސްލު.. މާއިންއާ މައްސަލަ ޖެހުނީތަ..” އަލްވިން އިންތިޒާރު ކުރަމުން އައީ އަލްޔާގެ ޖަވާބަކަށެވެ.
” ދެން މީ ދެރަކަމެއް.. ކޮންމެ މީހަކު އައިސް މަގޭ ކައިރީ އެހެން އެބަ ކިޔާ… ބަލަ ކަލޭމެން އެންމެ މިނެޓަކަށްވެސް މަގޭ ފުލުން ނެއްޓެން ނޭންގިގެން ތިއުޅެނި..” އަލްޔާ އެހެން ބުނެލިއިރު އެ ދެލޮލުން ފެންނަނީ ރުޅިވެރިކަމެވެ. އަލްވިންގެ ޝައްކު ޔަގީންވިއެވެ. އަލްޔާ ކިތަންމެ ރުޅިއަޔަސް އެފާޑަށް އެކަހަލަ އެއްޗެހި ނުކިޔާނެކަން އަލްވިންއަށް ޔަގީންވިއެވެ. އިތުރަށް އެންމެ ބަހެއްވެސް ނުބުނެ އަލްވިން ކޮޓަރިން ނިކުމެގެން ދިޔައީ ފަނޑިތަވެރިޔެއް ހޯދާށެވެ. އަދި މަންމަމިނަށް ގުޅާފަ އެވާހަކަ ބުނުމުން މަންމަ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އެ އާއިލާގެ ދިރުމަކީ އެއީއެވެ. ހަމަ އެކަނި ހުރި އަންހެން ކުއްޖާއަށް ވުމުން އެންމެންވެސް ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ.
މުޅި މާލެޔަށް މަޝްހޫރު ފަންޑިތަ ހަދާ ހުސެން މަނިކު ގޮވައިގެން މަޤްރިބް ނަމާދުން ފައިބައިގެން އަލްވިން އައީ ގެޔަށެވެ. ގެޔަށް ވަންނަން ފުރަތަމަ ނެގި ފިޔަވަޅާއެކު ހުސެން މަނިކު ތުން ތަޅުވަން ފެށިތަން އަލްވިންއަށް ފެނުނެވެ.
ސޯފާގަ އޮށޯވެލައިގެން އޮތް އަލްޔާއަށް ހުސެން މަނިކު ފެނުމުން ބިރެއް ފެނިގެން ތެދުވިހެން ތެދުވެއްޖެއެވެ. އެ މަންޒަރު ދުރުގަ ބަލަން ހުރި އާލިމާއަށް ފެނުނެވެ.
“އެކޮއި ހާދަ އަވަހަކަށް ތި ދަނީ.. ބޭބެ މިއައީ އެކޮއި އާ ވާހަކަ ދައްކާލަންށޭ..” ހުސެން މަނިކު އަލްޔާ ތެދުވިތަން ފެނިފަ ބުނެލިއެވެ.
” ތެދެއް ދަރިފުޅާ މަޑުކޮއްލަބަލަ އިރުކޮޅަކަށް…” ގެޔަށް ވަދެގެން އައި ޝިޔާމްވެސް ހުސެން މަނިކާ އެއްބައިވެފަ ބުނެލިއެވެ.
“ކަލޭމެން އެންމެން ތިއުޅެނީ ރާވައިގެން މަށާ ޒިލާން އާ ދުރުކުރުވަން ދޯ.. ތީ ދުވަހަކުވެސް ނުވާނެ ކަމެއް..” ރުޅިވެރިކަމާއެކު އެހެން ބުނެފަ އަލްޔާ ދިޔައީ ކޮޓްރިއަށެވެ.
“އެ ކުއްޖާގެ ހުރިހާ ކަމަކަށް އެ ބާރު ފޯރުވަނީ އެ ޖިންނި..” ހުސެން މަނިކު މާދަންރޭ ކަންތައް ކުރާނެގޮތް ކިޔާދީފަ ދިޔައީއެވެ.
މާއިންގެ މުޅި ދުވަސްހޭދަވަނީ އަލްޔާގެ ހަދާން ތަކުގައެވެ. ކެއުމާ މުޅިންހެން މާއިން ދުރުވެފަވާއިރު މިކަމާ އެންމެބޮޑަށް ކަންބޮޑު ވަނީ މިޝީއެވެ. މިޝީގެ އާދޭހާއެކު މާއިން ކޮންމެވެސް ވަރަކަށް ބައެއް ފަހަރު ކައިހަދައެވެ. ބޭބެގެ މިހާލު ފެނި މިޝީގެ ކެއްތެރިކަން ކޮޅުންލިއެވެ. މިޝީ މިސްރާބްޖެހީ އަލްޔާމެންގެޔަށެވެ. އަލްޔާމެންގެޔަށް ވަދެގެން ދިޔަ މިޝީ ހުއްޓުންއެރީ ކުރިމައްޗަށް އެރި ޒުވާނާފެނިފައެވެ.
“ގޭގެއަށް ވަންނައިރު ސަލާމް ގޮވާލުމަކީ ރީތި އާދައެއް ކަމެއް މަންމަ ނުބުނޭތަ..” އަލަމްއަށް ގެޔަށް ވަދެގެން އައި މިޝީ ފެނި ސުވާލުކޮއްލިއެވެ.
” ސޮރީ… ހަނދާން ނެތުނީ… އެންޑް ޕްލީޒް އަޅުގަނޑުގެ މަންމައޭ ނުކިޔައްޗޭ..” މިޝީ އިސްކޮޅުން ދިގުކޮށް ހުންނާތީ ބަލާ މީހަކަށް މިޝީއަކީ އުމުރުން ސޯޅަ އަހަރުގެ ކުއްޖެކޭ ނުބުނާނެއެވެ. މަޑު ނޫ ޓޮޕް ކޮޅަކާ ކަޅު ޖިންސެއްގަ މިޝީ ފެންނައިރު ނުލާހިކު ހިތްގައިމެވެ. އަދި ކަޅު ޝޯލްގެ ތެރެން އެ ދޮންމޫން ފެންނަލެއް ރީތިކަމުން މިޝީ ބުނިއެއްޗެއް ނޭންގި އަލަމްއަށް ހުރެވުނީ މިޝީ އާ ދިމާލަށް ބަލާށެވެ.
“އޯ ހެލޯ އައި އޭމް ޓޯކިން ޓު ޔޫ..” މިޝީ އަލަމް އެގޮތަށް ބަލާތީ އުނދަގޫވެގެން ބުނެލިއެވެ.
“އޭ ކީކޭ..” އަލަމްވެސް މިކުރެވުނު ކަންތައް ހަނދާންވެފަ ފާޑަކަށް ލަދުގެންފައިނދެ ބުނެލިއެވެ.
” އަލްޔާއާ ބައްދަލު ވެދާނެތަ…” މިޝީ އަލަމް ކައިރީ އަހާލިއެވެ.
“ސޮރީ އެކަމް އަލްޔާ އަކާ ބައްދަލުކޮއްދެވޭކަށް ނެތް..” އަލަމް ދެ ޖީބައް އަތް ޖަހާލަމުން ބުނެލިއެވެ. އަލަމްގެ އެ ޖުމްލައާއެކު މިޝީ ނިކުމެގެން ހިނގައްޖެއެވެ. ހާދަ ބޮޑާ ބައެއް އުޅޭ ގެޔެކޭ މިޝީ ހިތައްއެރިއެވެ. ކިތަންމެ ބޮޑާކޮއް އުޅުނަސް އޭނަގެ ދޮންބެއަށް އެހާލު ޖައްސަން ޖެހޭ ހެއްޔެވެ.
ހުސެންމަނިކު ބުނިހެން އަލްޔާއަށް ނިދާބޭސް ދީގެން ހުސެންމަނިކު އަންނަން ވާއިރަށް އަލްޔާއަށް އޮތީ ނިދިފައެވެ.
“މި ކުއްޖާއަށް މިހާރު ބާރު ފޯރުވަނީ އެ ޖިންނި..” ހުސެންމަނިކް ވަރަށް ފަރުވާތެރި ކަމާއެކު އަލްޔާއަށް ބަލަން އިނދެފަ ބުނެލިއެވެ.
“އެކަމް މަގޭ ދަރިފުޅަށް ކީއްކުރެވިގެން އޭތި މަގޭ ދަރިޔާ އެ އަވަލީ..” އާލިމާވެސް އިތުރަން އޮޅުން ފިލުވަންވެގެން އަހާލިއެވެ.
” އަސްލު މީ މިކުއްޖާއަށް ހަދާފަވާ ފަންޑިތައެއް ނޫން.. މި ކޮންމެސް ފަންޑިތަވެރިޔެއް ފަންޑިތަ ހަދަން ޖިންނި ބޭނުން ކޮއްފަ އެ ޖިންނިއަށް ދޭން އަންހެން ކުއްޖަކު ހޯދަން ހަދާފަވާ ފަންޑިތައެއް.. އަލްޔާއަށް އެޔައް ފައިން އެރުމުން އަލްޔާއަށް އެފަންޑިތަ މި ޖެހުނީ..” ހުސެންމަނިކުއަށް އިނގިފައިވާވަރު ހާމަ ކުރިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސް ކަމާ ހިތާމަވެރި ކަމެވެ.
“ހުސެން މަނިކާ މަގޭ ދަރިފުޅު ސަލާމަތް ކޮއްދީ.. ތީ މަގޭ ލޮލުގެ ނޫރު.. މަ ހުސެން މަނިކު ބުނިވަރެއް ދޭނަން..” ޝިޔާމްގެވެސް އިހްސާސްތަށް ކޮންޓްރޯލް ނުވާ ހިސާބައް ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ޝިޔާމްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.
“މިކަން އެއްކޮށް ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަމެއްނެތް.. އެއީ އެ ޖިންނިއަށްވެސް މި ކުއްޖާ ވަރަށް ކަމުގޮސްފަ ވަނީ… އަދި އެއީ ވަރަށް ނުބައި މަކަރުވެރި އެއްޗެއް… އެކަމް ބޭބެއަށް ކޮއްދެވެން އޮތް މަސެއްކަތެއްވިއްޔާ ކޮއްދޭނަން..” ހުސެންމަނިކު މިހެން ބުނެ، އަލްޔާގެ ހަށިރައްކަލަކަށް އަޅަން ތަވީދެއް އާލިމާއަތަށް ދީފަ މާދަމާރޭ މަސައްކަތް ފަށަން އަންނާނެކަމަށް ބުނެ ގޮސްފިއެވެ. އެހާ އުފާވެރިކޮށް އުޅުނު ކޮއްކޮއަށް މިއަދު ޖެހިފަ އެވާ ހާލު ފެނި އަލްވިން އާ އަލަމްވެސް ތިބީ ފެންކަޅިވެފައެވެ.
އެންމެން ސިއްސައިގެން ދިޔައީ ކުއްލިޔަކަށް އަލްޔާ ވަރަށް ބާރަށް ތެޅެން ފެށުމުންނެވެ. އަލަމް އާ އަލްވިން ގޮސް އަލްޔާގެ ގައިގަ ހިފަހަށްޓާލިއެވެ. ނަމަވެސް އެދެމީހުނަށްވެސް އަލްޔާ ހިފެހެއްޓޭގޮތެއް ނުވިއެވެ. ޝިޔާމްވެސް ދުވެފަ ގޮސް އެމީހުނާ ބައިވެރިވިއެވެ. ދަނޑިވަޅު ބަލާފަ އާލިމާގޮސް އަލްޔާގެ އަތުގަ ތަވީދު އައްސާލިއެވެ. އަލްޔާ ހަމަޔަކަށް އެޅުނީ އިރު ގަނޑެއް ފަހުންނެވެ.
“މަންމާ އަހަރެން ސަލާމަތްކޮއްދީ..” ބާރަށް ރޮއެގެންފަ އަލްޔާ އާލިމާގެ ގައިގަ އޮޅުލައިގަތެވެ.
“އަހަރެންނާ ކައިރި ނުވާތި ތިއެންމެން މަރާލާނަން..” ކުއްލިޔަކަށް އަލްޔާ އަތުގަ އަޅާފައޮތް ތަވީދު ނައްޓާލާފަ ބުނެލިއެވެ.
ޝިޔާމް ވަގުތުން ގުޅީ ހުސެންމަނިކަށެވެ.
“ހުސެންމަނިކާ މަގޭ ދަރި އެޔަށް މަރުވަނީ އެކުއްޖާ ސަލާމަތް ކޮއްދީ..” ޝިޔާމް ރޮއެގެންފަ ހުސެން މަނިކު ކައިރީ ބުނެލިއެވެ. ހުސެންމަނިކު އައިއިރު ޝިޔާމްގެ ތިން ބަފައިން ތިބީ އަލްޔާގައިގަ ހިފަހަށްޓައިގެންނެވެ. އޭރު އަލްޔާގެ އަތާ ފަޔާ ވަނީ ބަނދެފައެވެ.
ހުސެން މަނިކު އައިސް އަލްޔާގެ ބޮލުގަ އަތް ބޭއްވުމަށްފަހު ކިޔެވެލި ކިޔަވަން ފެށިއެވެ. އަލްޔާގެ ހަރަކާތްތައް މަޑު ވަމުން މަޑުވަމުން ގޮސް މަޑުވެއްޖެއެވެ. ހުސެން މަނިކުގެ އެދުމަށް އަލްޔާ ބާއްވާފަ ދެންތިބި މީހުން ނިކުތީ ބޭރަށެވެ. އިރު އިރު ކޮޅާ އަލްޔާ ބާރަށް ހަޅޭ ލަވާ އަޑު އިވެއެވެ. ނަމަވެސް އެއީ އަލްޔާގެ އަޑެއް ނޫނެވެ. އަލްޔާގެ އަޑާއެކުވެގެން ބަރު ފިރިހެނެއްގެ އަޑުވެސް އިވެއެވެ.
ގަޑިއެއްގެ އިރުގެ ކިޔެވެލި ކިޔެވުމައްފަހު ހުސެން މަނިކު ނިކުތެވެ.
” އެ ކުއްޖާ މިހާރު އޭތީގެ ކިބައިން ސަލާމަތްވެއްޖެ.. ދެން އިތުރަށް އުނދަގޫ ކުރާކަށް ނުކެރޭނެ.. ނަމަވެސް މި ކަމުން އެއްކޮއް ސަލާމަތްވާން ދުވަސްކޮޅެއް ނަގާނެ.. މި ތަވީދު އުނަގަނޑުގަ އަޅާ..” މިހެން ބުނެ ތަވީދެއް ނަގާ އާލިމާ އަތަށް ދިނެވެ.
” ދެން ދީނީ ކަންތަކަށް އެއްގޮތަކަށްވެސް ފަރުވާ ކުޑަކުރިޔަ ނުދޭތި.. ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔެވުމުގަ ހޭދަ ކުރިޔަ ދީ..” ހުސެންމަނިކު ކަންކުރަންވާގޮތް ބުނެދީފަ ދިއުމުން އާލިމާ މިސްރާބްޖެހީ އަލްޔާގެ ކޮޓަރިއަށެވެ. މައުސޫމްކޮށް ނިދާލާފައޮތް އަލްޔާފެނި އާލިމާ ގެ ހިތަށް އަސަރު ކުރުވިއެވެ. ހުރިހާ އުފަލެއް ދީގެން ބޮޑުކުރި ދަރި މިއަދުމިވަނީ ނުލަފާއެއްޗެއްގެ ޝިކާރަޔައްވެފައެވެ. އެ ދަރިފުޅު އެކަން ތަހަންމަލް ކުރާނީ ކިހިނެއްބާއޭ އާލިމާގެ ހިތަށް އެރިއެވެ.
“މަންމާ ދެން ދެރަ ނުވޭ.. އިރާދަކުރެއވީތީ އަލްކޮ އެ އެތީގެ ސަބަބުން
ސަލާމަތްވެއްޖެ..” އަލްވިންއައިސް އާލިމާގެ ކައިރީ އިށީނދެލަމުން ބުނެލިއެވެ.
ނުނިމޭ 
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.





Lahun upkohdheveythi dhigukoh mi upkohla dhiny ?
Enjoy reading ❤
Varah like vehje mihaaru, 7 vana bai kihaa dhuvaheh vaanetha?
Thankx Kims. Correction hadhaa ninmaalaafa upkohla dheynan. most probably tomorrow ❤
wow v interesting avahah up kohdheythi dhen nuvaane ketheh love you mimmi ????????
Thankx Love ❤
Reethi.. When next part
Thankx ReeXa ❤
Mi vaahakah vara reethi vara kiyaa hithun mi kiyani dhigu koh genes dhiniyaa rangahly
Thankx ❤
V salhi thankolheh a avas avahah vaahaka genesdhehchey dhigukoh
Thankx meeeenaaaa ❤
Nice
Thankx Lovely girl ❤
Eheney vaany reygadu vess vaare theme mi girl eh kameh hadhaaneh nuhure… Anhen kudhin naa jinni varah thiyaagi vaane pis pis salhi
Asluves dhw.. Thankx inu ❤
Mimmi shine aa dhimaa ah rude ey bunifahun mimmi ge story kiyan foohi vejje varah..
Yah I know I said something which i should’t have said. ? I even apologized to her. Dhen story kiyan fuuhivanya mimmi kuraane kameh nei. Its your choice ? Hope konmes dhuvahakun fuuhi nuvaane kamah ❤️
Its a good thing mimmi ?
Mimmi viyaa bunevunu ehchah visnaalaafaa maafah edhifeemehun. Ekam baeh writer ah dhimaalah bunan nukerigen eki nan namuga viyya comment kurany.
Varah reethi ????
Thankx Ulya ❤️
So alveen.. vyhaa ves avahah maain kairyga ves bunegen maain faraathun ves Alya ah dheyn jehey loibba oagaatherikan hoadha dheyn avahah masakkaikurey
Eyrah beybe egge vaajibu ragalhah adhaakureveyny
Mihen bunyas mihaaruves mi story ga emme like vany alveen ge character ah
Varah beybe loabi
Really miss my dhonbe mi story kiyaa iru
Thankx NIttu ❤️
Yes Alvin is my favorite too. Btw your so lucky you have a dhonbe.
I Wish I had an elder brother ?
Hello pretty mimmi. Adhi kiriyaa mi story kiyan feshee mi. Thankolhe busy koh ulhen jehigen story kiyaane time eh nevegen.. btw story v v reethi. Concept ves vara salhi. Maasha Allah. Waiting for next part
Hai ✋
Really missed your comments ?
Glad that you like the story ?
Thankx faathee ❤️
Hajam nuvee dhw magey cmment ??
Just Replied Your comment. ❤️
Wow varah salhi
Thankx Jee ❤️
Vara reethi 7 baya inthizaaru mikuraniy
Thankx Iraa ❤️
Avahah up kohdheebi kiyaa hithun nuves hurey vey mihaaru…..Mirey story nukiyaa nuves nidhey ney…..
In Sha Allah Miadhu upkohla dheynan ❤️
Mimmi koba story . Waiting… waiting….
In Sha Allah Miadhu upkohla dheynan Eyna ❤️
Kiha dhuvahe nagatha story write kuran bunane v ahvaha up kolanme bt nuvane dhuvakuves now foohi
Loabivaa mimmi eve. Avaha vaahaka upload kohla dheebalaasheve. Alhugandu mi huree vara boda vaahaka kiyaa hithun neve. Vara boda eba inthizaaru ves kureve eve