Skip to content
އެސްފިޔަ

ހުވަފެން (16)

ރަސްފަންނަށް ދެވުނުއިރު ނުވައެއް ޖަހަން ފަސް މިނެޓް ހުއްޓެވެ. އޭރު މަމްދޫހު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ސާރާއާއި ހުޒާމް ފެނުމާއެކު މަމްދޫހު އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ. ސާރާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީ ވާންއުޅޭ ގޮތެއް ނޭނގޭތީއެވެ. މަމްދޫހު އައިސް ހުއްޓުނީ ސާރާގެ ކުރިމަތީގައެވެ.

“ވަރަށް އުފާވެއްޖެ ސާރާ އައީމަ. އަހަރެން ހިއެއްނުކުރަން އަންނާނެ ކަމަކަށްވެސް.” މަމްދޫހު ބުނެލިއެވެ.

“އަހަރެންނަކީ ވަޢުދެއް ވެފަ އެކަން އުވާލާ މީހެއްނޫން. ދެން ބުނެބަލަ. ކީއްކުރަން މިތަނަށް އަންނަން ބުނީ؟” ސާރާ ބޭނުންވީ އަވަހަށް މަމްދޫހުގެ ކިބައިން ސަލާމަތްވާށެވެ.

“އަހަރެން ސާރާ މިތަނަށް މި ގެނައީ ވަރަށް ބޮޑު ކަމަކު. އެކަމަކު އެކަން ކުރެވޭނީ ސާރާ އަހަރެންނާއެކު ތަންކޮޅެއް އެކޮޅަށް ގޮސްގެން.” ތަންކޮޅެއް ދުރުގައި ހުރި ހިލަ ގޮނޑިއަކަށް އިޝާރާތްކޮށް ބުނެލިއެވެ. ސާރާ ޖެހިލުންވިއެވެ. މަމްދޫހު އަދިވެސް އެއުޅެނީ އޭނާގެ ދިރިއުޅުމާ ކުޅެންތާއޭ ހިތަށް އެރިއެވެ.

“ބިރުނުގަނޭ. އަހަރެން އެއްވެސް ކަމެއް ނުކުރާނަން. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.” ސާރާގެ ނުތަނަވަސްކަން މަމްދޫހުއަށް ދެނެގަނެވިގެން އޭނާ އަވަސްއަވަހަށް ބުނެލިއެވެ. ސާރާއަށް ބަލާލެވުނީ ހުޒާމްއަށެވެ. ހުޒާމް ބޯޖަހާލިއެވެ.

“ސާރާ ދޭ. އަހަރެން މިތާ މަޑުކޮށްލާނަން.” ހުޒާމް އެހެން ބުނެލުމުން ސާރާ މަމްދޫހުއާއެކު ހިނގައިގަތީ ތަންކޮޅެއް ދުރުގައި ހުރި ހިލަ ގޮނޑިއަކާ ދިމާއަށެވެ. ސާރާ ހިލަ ގޮނޑީގައި އިށީނދެލުމުން މަމްދޫހު ހުރީ ކޮޅަށެވެ.

“އަހަރެން ސާރާ މިގެނައީ މަޢާފަށް އެދެންވެގެން. އަހަރެންގެ ސަބަބުން ސާރާއަށް ވަރަށް ހިތްދަތިކަން ލިބިއްޖެ. އަހަރެންގެ ސަބަބުން ސާރާގެ ޢިއްޒަތާއި އަބުރުވެސް… އެނގޭ މިއީ މަޢާފް ކުރެވޭވަރުގެ ކަމެއް ނޫންކަންވެސް. އެކަމަކުވެސް އަހަރެން މަޢާފަށް އެދެން. މިއަދު އަހަރެން އެކަމާ ދެރަވެ ލަދުގަނޭ. އެރޭ އެއީ އަހަރެންގެ ހަމަހޭގައި ކުރި ކަމެއް ނޫން. އެއީވެސް އަހަރެންގެ ކުށް. މިއަދު އަހަރެން މިހިރީ އިސްލާހުވެގެން އައިސް. އެހެންވީމަ އަހަރެން އެދެނީ ސާރާ އަހަރެންނަށް މަޢާފްކޮށްދިނުން.” މަމްދޫހު އިސްޖަހައިގެން ހުރެ މަޢާފަށް އެދުނެވެ. އޭނާ ހުރީ ހަޤީޤަތުގައިވެސް ވަރަށް ދެރަވެފައެވެ. އޭނާ ސާރާ ހޯދަން ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އޭނާ މިވީ ހަތްމަސް ދުވަހު ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބިފައި ވަނިކޮށް، އިއްޔެ އޭނާއަށް ޓީވީއިން ގޮވި ޚަބަރަކުން ސާރާ ބޮޑު ކާމިޔާބަކައިގެން ރާއްޖެ އަންނަ ޚަބަރު ލިބުނެވެ. އޭނާއަށް ސާރާ ހޯދުނީ އެހެންވެއެވެ.

“މަޢާފްކުރަން ބުނާއިރު އެންމެ ފަހަރަކުވެސް އަހަރެންނާ ދޭތެރޭ ވިސްނާލިންތަ؟ މަންޑޭގެ ސަބަބުން އަހަރެން ބަލާބޮޑުކުރި މީހުންގެ ފަރާތުން އަހަރެންނަށް ލިބުނު އަނިޔާތައް ހަނދާން ނައްތާލެވޭނެތަ؟ އެންމެފަހުން އަހަރެންގެ ޢިއްފަތްވެސް… ﷲގެ ހެޔޮ ރަޙުމަތުން އަހަރެން ދުނިޔެއަށް ބޭޒާރު ނުވީ. އެކަމް އެއީ އަންހެނަކަށް ދެވޭ ކިހާ ބޮޑު އަނިޔާއެއްކަން ވިސްނާލިންތަ؟ ނުވިސްނޭނެ. ވިސްނާކަށް ބޭނުމެއްވެސް ނުވާނެ. އަހަރެންގެ ހުރިހާ އުފަލެއް ފޭރިގެންފަވެސް، އެހުރިހާ ކަމެއް ހަނދާން ނައްތާލާފަ މަންޑޭއަށް މަޢާފްކުރާށޭތަ ތިބުނަނީ؟ ނުވާނެ. އަހަރެންނަށް މަންޑޭއަކަށް މަޢާފެއް ނުކުރެވޭނެ.” ސާރާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ރުޅިއާއި ހިތާމަ އެކުވުމުން އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ. އޭނާ ދާން ހިނގައިގަތެވެ. އެއާއެކު މަމްދޫހު އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“އަތުން ދޫކޮށްލާ! އަތުން ދޫކޮށްލާށޭ!” މަމްދޫހުއާ ދިމާއަށް އެނބުރި ރުޅިވެރިކަމާއެކު ސާރާ ބުނެލިއެވެ. އެއާއެކު ޖެހި ލަތްކަކާއެކު އަތް ދަމައިގަތެވެ.

“ސާރާ ޕްލީޒް! އަހަރެންނަށް މަޢާފްކުރޭ! އެރޭގެ ފަހުން އަހަރެންނަށް ހަމަޖެހިގެން އެންމެ ނޭވައެއްވެސް ނުލެވޭ. އަބަދުވެސް ހުންނަނީ ނުތަނަވަސްވެފަ. ސާރާއަށް ވަރަށް ބޮޑު ދެރައެއް ދެވިއްޖެކަން އަހަރެންނަށް އިހުސާސްވާންފެށީ އެރޭގެ ފަހުން. އޭގެފަހުން އަހަރެން ސާރާ ހޯދަން ވަރަށް މަސައްކަތްކުރިން. އެކަމް އަލި މަގެއް ނުފެނުނު. އުޅެނިކޮށް އިއްޔެ ޚަބަރުން އިވުނީ ބޮޑު ކާމިޔާބީއެއް ހޯދައިގެން ރާއްޖެ އަންނަ ވާހަކަ. އެހެންވެ ސާރާއަށް މަރުޙަބާ ކިޔަން ބޭނުންވާ ފަރާތްތަކުން އެގަޑިއަށް ފާލަން ދޮށަށް އެއްވުމަށް. އެހެންވެ އަހަރެން ދިޔައީ ސާރާއާ ބައްދަލުކުރަން.” މަމްދޫހު ކިޔައިދިނެވެ.

“އަހަރެން މިހާރު މިހިރީ އަހަރެން ކުރި ހުރިހާ ކުށަކަށް ތައުބާވެ އިސްލާހުވެގެން. އެކަމަކު އަހަރެންނަކަށް އަދިވެސް ހިތްހަމަޖެހުމެއް ނުލިބޭ. އެއީ ސާރާގެ މަޢާފް ނުލިބޭތީ. އަދި އަހަރެން ސާރާދެކެ ވަރަށް ލޯބިވޭ. ޕްލީޒް! އަހަރެންނަށް މަޢާފްކުރޭ!” މަމްދޫހު އާދޭސްކުރަމުން ގޮސް އެންމެފަހުން އޭނާ ލޯބިވާ ވާހަކަ ތަކުރާރުކޮށްފިއެވެ. އެއާއެކު ސާރާގެ އަތުގެ ހޫނު ހަމަލާއެއް މަމްދޫހުގެ މޫނަށް ހަދިޔާކުރިއެވެ.

“ޚަބަރުދާރު! މީގެފަހުން ތިދުލުން އަހަރެންދެކެ ލޯބިވެޔޭ ނުބުނާތި! މަންޑޭ އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވީނަމަ އަހަރެންނާ ދޭތެރޭ އެގޮތަށް ކަންތަކެއް ނުކުރީސް.”

“ސާރާ ޕްލީޒް! އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. އަހަރެން މިބުނީނު އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫނޭ. ސާރާ ބޭނުން ކޮންމެ އަދަބެއް ދިނަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އަހަރެން ބޭނުންވަނީ ހަމައެކަނި ސާރާގެ މަޢާފް. ސާރާގެ މަޢާފް ހޯދުމަށް އަހަރެން ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް އަހަރެންގެ ފަރުވާލެއް ނެތް. އުފަލާއެކު ޤަބޫލުކުރާނަން. ސާރާގެ މަޢާފް ލިބުމުން އަހަރެންނަށް ފުދޭނެ. އޭރުންވެސް އަހަރެންނަށް ހަމަޖެހިލައިގެން ދިރިއުޅުމުގެ ބާކީ ދުވަސްތައް ހޭދަކޮށްލެވިދާނެ.” މަމްދޫހު ބުނެލިއެވެ.

“ހުހް. ބޭކާރު ވާހަކަ. އަހަރެންނަށް ކަމެއް ކޮށްދެންޏާ މުޅި އުމުރަށް އަހަރެން މަތިން ހަނދާން ނައްތާލާ! ސާރާއަކީ މަންޑޭ ދަންނަ މީހެއްކަންވެސް ހަނދާން ނައްތާލާ! އަދި ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ ލޮލަށް ފެންނަ ހިސާބަށް ނާދޭ!” ސާރާ އެހެން ބުނެފައި ދާން ހިނގައިގަތެވެ.

“އޭރުން އަހަރެންނަށް މަޢާފްކުރާނަންތަ؟ އެކަކު ނުބުންޏަސް އަހަރެންނަށް އެނގޭ ސާރާވެސް އަހަރެންދެކެ ލޯބިވިކަން. އަދި މިހާރުވެސް އަހަރެންދެކެ ލޯބިވާކަން. ސާރާ އަހަރެންދެކެ ލޯބިވީތީ އެލޯބީގެ ޙައްޤުގައިވެސް އަހަރެންނަށް މަޢާފްކުރޭ!” މަމްދޫހު އަދިވެސް ސާރާގެ ކިބައިން މަޢާފަށް އެދެނީއެވެ.

“އާނ. އަހަރެން މަންޑޭދެކެ ވަރަށް ލޯބިވިން. އެކަމަކު އެރެއަށްފަހު އަހަރެން މަންޑޭއަށް ނަފުރަތުކުރަން. އަހަރެން މިހާރު މަންޑޭދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ. އަހަރެން ލޯބިވަނީ އެންމެ މީހެއްދެކެ. އެމީހާއަކީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ އަހަރެންގެ ފިރިމީހާ. ހުޒާމް.” ހުޒާމްއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ސާރާ ބުނެލިއެވެ.

“ސާރާ! އަހަރެންނަށް ތި ހުރިހާ ކަމެއްވެސް އެނގޭ. ނޫންނަމަ ސާރާވެސް ސާރާއާ އެހާ އުމުރު ތަފާތު މީހަކާ ނީންނާނެ. އަހަރެންނަށް އެކަން އެނގޭތީ ސާރާ ދުރަށް ގެނައިސްފަވެސް މިވާހަކަ މިދެއްކީ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން ސާރާއަށް އިތުރަށް ދެރައެއް ލިބޭކަށް. އަހަރެންނަށް އެނގޭ ސާރާއަށް އަހަރެން މިދައްކާ ވާހަކަ ޤަބޫލެއް ނުކުރެވޭނެކަންވެސް. އެކަމަކުވެސް އަހަރެން މި ވާހަކަދައްކަނީ ހަޤީޤަތަށް. އަހަރެން ބޭނުންވަނީ ސާރާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބެން. އަހަރެންނަށް ސާރާގެ މަޢާފް ލިބުމަށްފަހު އިރާދަކުރެއްވިއްޔާ ސާރާ ފެންނަ ހިސާބަކަށްވެސް އަހަރެން ނާންނާނަން. ޔަޤީންކުރޭ! އަހަރެންނަށް މަޢާފްކޮށްދީ.” އަސަރާއެކު މަމްދޫހު ބުނެލިއެވެ. އޭނާގެ އަޑުންވެސް އޭނާ ދެރަވެފައިވާވަރު އެނގެއެވެ.

“އެންމެ ރަނގަޅު. އަހަރެން މަންޑޭއަށް މަޢާފްކޮށްފާނަން. އެކަމް ޝަރުޠެއް އެބައޮތް.” ސާރާއަށް މާގިނައިރަކު ހިތް ހިލަކޮށްލައިގެން ނުހުރެވުނެވެ.

“ކޮބާ؟ ކޮން ޝަރުޠެއް؟ އަވަހަށް ބުނޭ.” މަމްދޫހު ހިތް އަވަސްވެފައިވާ ހާލު ބުނެލިއެވެ.

“އަމިއްލައަށް ކޯޓަށް ގޮސް ކުށަށް އިޢުތިރާފްވެ އަދަބު ލިބިގަތުން. އެއީ އަހަރެންގެ ޝަރުޠަކީ. ހަމައެކަނި އޮތް ފުރުސަތަކީ. އަދަބު ލިބިގަތުމަށްފަހު ހީކުރޭ އަހަރެން މަޢާފްކޮށްފިޔޭ. އެހެންނޫނީ ހަނދާން ނައްތާލާ!” ސާރާ ބުންޏެވެ.

“ހިތުން ރުހުމުން ޤަބޫލު.” މަމްދޫހު ޔަޤީންކަން ދިނެވެ.

“ދެން އަހަރެން ދަނީ. މިހާރު މާބޮޑަށްވެސް ލަސްވެއްޖެ.” ސާރާ އެހެން ބުނެފައި ދާން ހިނގައިގަތެވެ.

“ސާރާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް އަހަރެން ދުޢާކުރާނަން. ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން.” މަމްދޫހުގެ އަޑަށް ސާރާ އެނބުރި ބަލާލިއެވެ. އެއަށްފަހު ހިނިތުންވެލާފައި ބޯޖަހާލީ ތިޔަ ކުރި ހެޔޮދުޢާއަށް ޝުކުރުވެރިވަމޭ ބުނާފަދަ ގޮތަކަށެވެ. ދެން އަނެއްކާވެސް ދާން ހިނގައިގަތެވެ. އޭނާ ދިޔައިރު ހުޒާމް ހުރީ އެތާ ރުކެއްގައި ލެނގިލައިގެން އޭނާގެ އިންތިޒާރުގައެވެ.

“ކިހިނެއްވީ؟ ކީއްވެ ރޮއިފަ ތިހިރީ؟ އޭނަ އެއްޗެކޭ ބުނީތަ؟” ހުޒާމް ހާސްވެފައި ސުވާލުކުރީ ސާރާ ހުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުމުންނެވެ. ނަމަވެސް ސާރާ އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރިއެވެ. އޭނާ ބުނީ ގެއަށް ގޮސް ހަމަޖެހިލައިގެން އެވާހަކަ ކިޔައިދޭނެ ކަމަށެވެ. އެހެންކަމުން ހުޒާމްވެސް އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

“ސާރާ! ގެއަށް ދާނީ ކައިގެންތަ؟ ނޫނީ ގެއަށް ގޮސްފަތަ ކާނީ؟” ކާރުގައި ގެއާއި ދިމާއަށް ދަމުން ހުޒާމް އަހާލިއެވެ.

“ޒާމްއަށް ފެންނަ ގޮތެއް. ޒާމްގެ ކޮންމެ ނިންމުމެއް އަހަރެންނަށް ކަމުދާނެ.” ސާރާ ބުނެލިއެވެ. ހުޒާމް ކާރުގައި ގޮސް ރެސްޓޯރެންޓެއްގެ ކައިރިއަށް މަޑުކޮށްލިއެވެ. ދެމީހުން އަތުގުޅާލައިގެން އެތެރެއަށް ވަދެގެން ދިޔައިރު އެންމެންހެން ތިބީ އެދެމީހުންނަށް ބަލާށެވެ. ހާދަހާ ގުޅޭ ޖޯޑެކޭ އެންމެންގެ ދޫތަކުން ކިޔަމުން ދިޔައެވެ.

“ސާރާ! ކީއްވެތަ މާ މަޑުން ތި އިންނަނީ؟ ކަމެއް ގޯސްވީތަ؟ އަހަރެން އެބަ ވަރަށް ކަންބޮޑުވޭ.” ކެއުމުގެ ވަގުތުގައި ހުޒާމް ސުވާލުކޮށްލީ ސާރާ މާ މަޑުމަޑުން އިންނާތީއެވެ.

“ޒާމް! މާބޮޑު ކަމެއްނުވެޔޭ.” ސާރާ ބުނެލިއެވެ.

“ކަމެއް ނުވާނަމަ ސާރާ ތިހެނެއް ނީންނާނެ. އަހަރެން ގާތު ބުނަން ބޭނުން ނުވަނީތަ؟ އެހެންކަމަށްވާނަމަ އަހަރެން ބޭނުމެއްނޫން އިތުރަށް ސުވާލު ކުރާކަށް.” ހުޒާމް ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

“ނޫން. އަހަރެން ބޭނުންވަނީ ވަރަށް ހަމަޖެހިލައިގެން ތިވާހަކަ ދައްކަން. ޕްލީޒް ޒާމް. ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް.” ސާރާ އެހެން ބުނެލުމުން ހުޒާމްވެސް އެންމެ ރަނގަޅޭ ބުނެލިއެވެ. ކައިގެން ގެއަށް ދިޔައިރު ރިޒްނާއާއި މުސްކުޅި ފިރިހެނަކު ސިޓިންގރޫމުގައި ތިއްބެވެ. ސާރާ ދިޔައީ ކޮޓަރިއަށެވެ. ހުޒާމް ސިޓިންގރޫމްގައި މަޑުކޮށްލީ ރިޒްނާއާ ވާހަކަދައްކާލަން ބޭނުންވެގެންނެވެ.

“ޒާމް! މީ ނިޔާޒްބެ. ނިޔާޒްބޭ! މީ ހުޒާމް! އަހަރެންގެ އެންމެ ގާތް އެކުވެރިޔާ.” ރިޒްނާ ދެމީހުންނަށް ދެމީހުން ތަޢާރަފް ކޮށްދިނެވެ. ނިޔާޒް ވަރަށް ފުންކޮށް ހުޒާމްއަށް ބަލާލިއެވެ. ހުޒާމް ފެނުމުން ގައިމުވެސް އޭނާއަށް އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރުވައިފިއެވެ.

“އަހަރެން ކޮންމެވެސް ތާކުން ހުޒާމް ދުށް ފާޑެއް އެބަޖަހާ.” ނިޔާޒް ބުނެލިއެވެ. ހުޒާމް ހައިރާންވިއެވެ. އޭނާ ނިޔާޒެއް ނުދަނެއެވެ. އޭނާ ނިޔާޒްއާ ބައްދަލެއްވެސް ނުވެއެވެ. ވީއިރު ނިޔާޒަށް އޭނާ ފެންނަންވީ ކީއްވެ ހެއްޔެވެ؟

“އާނ. ތީ އެކުއްޖާ ދޯ؟ ހަމަ ޔަޤީން. ތީ އަހަރެންގެ އަންހެނުން ނަދީމާގެ ދައްތަ ނަޢީމާގެ ދަރިއެއް. ހުޒާމް ދޯ ކިޔަނީ؟ ތުޅާދޫ ކުއްޖެއް ދޯ ތީ.” ނިޔާޒް ކުއްލިއަކަށް ދައްކަންފެށި ވާހަކައިން ހުޒާމްގެ އިތުރުން ރިޒްނާގެ ހައިރާންކަންވެސް އިތުރުވިއެވެ. ހުޒާމްއަކީ ހަނދާން ހުންނަން ފެށިއިރު މަންމަ ފިޔަވައި އާއިލާގެ އެކަކުވެސް ހުރި މީހެއް ނޫނެވެ. އެހެންވީއިރު އޭނަގެ ބޮޑުދައިތައެއް ހުންނާނީ ކިހިނެއް ހެއްޔެވެ؟

“އާނ. އަހަރެންނަކީ ތުޅާދޫ މީހެއް. މަންމައަކީ ނަޢީމާ. އެކަމަކު ތިބުނާ ނަދީމާއެއް އަހަރެންނަކަށް ނޭނގެ. އަހަރެންގެ އާއިލާ އެކަކުވެސް މިދުނިޔެއަކު ނެތް.” ހުޒާމް އެހެން ބުނެލުމުން ނިޔާޒް ހުޒާމްގެ ގައިގައި ބައްދާލިއެވެ.

“މީ ކޮންކަހަލަ އިއްތިފާޤެއް. އަހަރެންގެ ނިޔާވެފައިވާ އަނބިމީހާ އެންމެ ލޯބިވި ކުއްޖާއާ މިގޮތަށް ބައްދަލުވެދާނެކަމަށް ހީކުރެވޭނީ ކިހިނެއް؟” ނިޔާޒް ބުނެލިއެވެ.

“ބޭބެއަށް އެނގޭ ހުޒާމްވެސް އަދި ރިޒްނާވެސް ތި ތިބީ ވަރަށް ހައިރާންވެފަކަން. ބޭބެ އެކަން ވީގޮތް ކިޔައިދޭނަން. އަޑުއަހާ.”

**********

އަހަރެންނަކީ އެންމެ ކުރީއްސުރެވެސް ނިކަމެތި ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. ޒަމާނަކީ ސާދަ ފަނަރަ އަހަރުގައި މީހުންނާ އިން ޒަމާނެކެވެ. އަހަރެންގެ އުމުރުން ސަތާރަ އަހަރުވީއިރު އަހަރެންވެސް އެކަމަށް ބޭނުންވާން ފަށައިފިއެވެ. ނަމަވެސް އެވަރުގެ ތަނަވަސްކަމެއް އަހަރެންނަކަށް ލިބިފައެއް ނުވެއެވެ. އަހަރެންނަށް ލޯބިވެވުނީ ނަދީމާ ދެކެއެވެ. ނަދީމާއަކީ އަހަރެންނަށްވުރެ ތަނަވަސް ނަމަވެސް މާ ފޯރުންތެރި ދިރިއުޅުމެއް އުޅޭ މީހެއް ނޫނެވެ. އެހެންކަމުން އަހަރެމެންގެ ގުޅުމަށް އާއިލާއިން ހުރަސް އެޅިއެވެ. ނަދީމާގެ އާއިލާގައި ތިބީ ބައްޕައާއި އެއްބަނޑު ދައްތައެއް އެކަންޏެވެ. ނަދީމާގެ އެތައް އާދޭހަކަށްފަހު އެބައްޕަ ކައިވެންޏަށް ރުހުން ދިނެވެ.

އަހަރެމެންގެ ކައިވެންޏަށް ދެމަސްވީތަނާ ނަދީމާގެ ބައްޕަ މިދުނިޔެ ދޫކޮށްފިއެވެ. ދެން ހުރީ އޭނާގެ ދައްތަ ނަޢީމާ އެކަންޏެވެ. އޭނާވެސް އޭރު ވަނީ ޒަވާޖީ ހަޔާތެއް ފަށާ ފިރިމީހާގެ ގެއަށް ބަދަލުވެފައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް އޮމާންކަމާއި ހަމަޖެހުމާއި އެކުގައެވެ. އަހަރެމެންގެ ކައިވެންޏަށް ފަސްއަހަރު ވީއިރު ނަދީމާގެ ދައްތަ ނަޢީމާ އިނީ ބަލިވެއެވެ. އޭރުވެސް އަހަރެމެންގެ ކައިވެންޏަށް ދަރިއަކު ނުލިބެއެވެ. އެހެންކަމުން ނަދީމާ ގިނަގިނައިން އެގެއަށް ދާން ފެށިއެވެ. ނަޢީމާވެސް އެކަމާ އެއްޗެކޭ ނުބުނާތީ އަހަރެންވެސް މައްސަލައެއް ނުޖައްސަމެވެ. ނަދީމާގެ އުފަލަކީ އަހަރެންގެ އުފާކަމަށް ވާތީއެވެ. ނަމަވެސް އެގެއަށް ދާންފެށި ފަހުން ނަދީމާ މާގިނައިން ކުއްޖަކު ހޯދާ ވާހަކަ ދައްކަން ފަށައިފިއެވެ. އަހަރެންވެސް ދަރިއަކު ބޭނުމެވެ. އެކަމާ އަހަރެންވެސް ދެރަވެއެވެ. ނަމަވެސް ކެތްތެރިކަމާއެކު ﷲއަށް ވަކީލުކޮށްލައިގެން ހުންނަނީއެވެ.

ނަޢީމާ ވިހެއުމުން ނަދީމާ އެގެއަށް ދިއުން އޭނާ މަނާކުރިއެވެ. އެއީ އޭނާގެ ފިރިމީހާ ވާފިރު އެކަމާ ނުރުހޭތީއެވެ. ސަބަބަކަށްވީ ނަދީމާއަށް ކުދިން ނުލިބުމެވެ. ނަމަވެސް ހަޤީޤަތަކީ އެކަމުގެ ވަގުތު ނުޖެހުމެވެ. ނަދީމާއަށް އެކަމުން ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނާ ގޮސް ގިނަ ވަގުތުތަކެއް އެގޭ ފާރުބުޑުގައި ހޭދަކުރެއެވެ. ނަދީމާ އެކުއްޖާދެކެ ވާލޯބި ނަޢީމާއަށްވެސް އެނގެއެވެ. އެހެންކަމުން ވާފިރަށް ސިއްރުން ބައެއް ފަހަރު ނަޢީމާ ނަދީމާއަށް އެދަރިފުޅު އުރާލަން ދީ ހަދައެވެ. ނަމަވެސް ވާފިރަށް އެކަން އެނގުމުން އެކަންވެސް ހުއްޓުނެވެ. އެންމެފަހުން އަހަރެންނަށް މަޖުބޫރުވީ ނަދީމާ ގޮވައިގެން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރާށެވެ. ނަދީމާ އަބަދު އެގޭ ކައިރީ ހުންނާތީއެވެ. އޭރު އޭނާ ހުރީ ފާޑަކަށް ބޯގޮވާފައެވެ. ނަދީމާއަށް ރަނގަޅު ގޮތެއް ވާން އެދޭތީ އަހަރެން ނަދީމާ ގޮވައިގެން އެހެން ރަށަކަށް ބަދަލުވީމެވެ. އޭރު އެކުއްޖާއަށް ދެއަހަރެވެ.

އަހަރެމެން ބަދަލުވީ ތުލުސްދޫއަށެވެ. އަހަރެމެން ބަދަލުވިތާ ދެއަހަރު ފަހުން އިވުނީ ވާފިރު ނިޔާވި ޚަބަރެވެ. ނަދީމާ އެނބުރި ރަށަށް ދާން ބޭނުންވުމުންވެސް އަހަރެން އެކަމާ ދެކޮޅު ހެދީ ވާފިރު ކަންތައް ކުރި ގޮތުން އޭނާގެ އާއިލާއަށް އެހީތެރިކަން ދޭން އަހަރެންގެ ހިތް ނުރުހުނީމައެވެ. އޭގެ ދެތިން އަހަރެއް ފަހުން އިވުނީ ނަޢީމާވެސް ނިޔާވި ޚަބަރެވެ. އެވަރުންވެސް އަހަރެންގެ ހިތް ބަދަލުވާގޮތެއް ނުވިއެވެ. އަހަރެން ހިތްހިލަ މީހަކަށް ހެދީ އަހަރެންގެ އާއިލާއިން އަހަރެމެންނަށް އަޅާނުލުމާއި ވާފިރު ނަދީމާއާއި ދޭތެރޭ ކަންތައްކުރި ގޮތެވެ. އެހިސާބުން ނަދީމާއާއި އަހަރެންގެ މެދުގައިވެސް މައްސަލަތައް އުފެދެމުން ދިޔައެވެ. ނަމަވެސް ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ދިމައެއްނުވެއެވެ. އަހަރެމެންގެ ކައިވެންޏަށް ނަވާރަ އަހަރު ވީފަހުން ނަދީމާ ބަލިވެ އިނެވެ. އެކަން ދެމީހުންގެ ކެނޑެމުންދިޔަ ގުޅުން ހަރުދަނާވުމަށް ސަބަބަކަށްވިއެވެ.

އަހަރެމެންނަށް ލިބުނީ ލޯބިލޯބި އަންހެން ކުއްޖެކެވެ. އެނގޭ ހެއްޔެވެ؟ އެދަރިފުޅަށް ވަނީ ނަދީމާގެ ފަރާތުން ރީތި ހުރިހާ ސިފައެއް ވާރުތަވެފައެވެ. ނަދީމާގެ ބައްޕައަކީ ބޭރު މީހަކަށްވެފައި ނަދީމާއަށް ލިބިފައިވަނީ އަޅިފެހި ކުލައިގެ ކަޅިއެކެވެ. އަހަރެމެންގެ ދަރިފުޅަށްވެސް ވަނީ އެސިފަ ލިބިފައެވެ. އަހަރެމެންނަށް އުފާވެރި ހަޔާތެއް ވޭތުކުރެވުނީ ތިންއަހަރު ވަންދެންނެވެ. ނަދީމާއަށް ކެންސަރު ޖެހުނުކަން އެނގުނު ހިސާބުން އާއިލާގެ އުފާވެރިކަން އެއްކޮށްހެން ނެތިގެން ދިޔައެވެ. އެބަލީގައި ފަރުވާ ނުކުރެވި ނަދީމާ މިދުނިޔެއާއި އަލްވަދާޢު ކީ އަހަރެންގެ އަތްމައްޗަށް ބޮޑު އަމާނާތެއް ދޫކޮށްފައެވެ. އަހަރެން އެކަނިވީ ދުވަހުވެސް އާއިލާގެ ފަރާތުން އެހީތެރިކަމެއް ނުލިބުނެވެ. ދަރިފުޅަށް ރަނގަޅު ގޮތެއްވުމަށް އެދޭތީ ދެވަނަ ކައިވެންޏެއް ކުރަން ވިސްނީމެވެ. ނަމަވެސް ތަނަވަސްކަމެއް ނެތުމުން އެކަން ކާމިޔާބެއް ނުވިއެވެ. ދެން އަހަރެންގެ ދަރިފުޅު ގޮވައިގެން އުޅުނު ހިތްދަތި ހާލު ދެނެވޮޑިގެންވާނީ މާތް ﷲއެވެ.

އަހަރެންގެ ދަރިފުޅާއެކު އުޅެމުން އައި އެކަނިވެރި ދިރިއުޅުމުގައި ހުޅުކޮޅެއް ދިއްލުނީ އުތުރުގެ ރަށަކުން ޢީދު ބަންދެއްގައި ތުލުސްދޫއަށް އައި ދެމަފިރިއެއް އަހަރެމެންގެ ގޭގައި އުޅެންފެށި ހިސާބުންނެވެ. އެމީހުން އަހަރެންގެ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވިއެވެ. އެމީހުންނާއި އަހަރެންނާ ދެމެދު ގާތް އެކުވެރިކަމެއް އުފެދުނެވެ. އެމީހުންނަކީ ދަރިން ނުލިބޭ ބައެއްކަމުން އެމީހުން އެދުނީ އަހަރެންގެ ދެލޯ ނޭދި އެދޭ އެދަރިފުޅު އެމީހުންނަށް ދިނުމަށެވެ. އެމީހުންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާ ބޮޑުކުރާނެ ކަމުގައި ވަޢުދުވިއެވެ. އަހަރެންނަށް އެކަމުގައި ގޮތް ނިންމަން ވަރަށް އުނދަގޫވިއެވެ. ނަމަވެސް އަހަރެންގެ ހާލަތު ހުރިގޮތުން އެދަރިފުޅު ރަނގަޅު ގޮތުގައި ބަލާބޮޑުކޮށް ކިޔަވައިނުދެވޭނެކަން ވިސްނި އަހަރެން އެމީހުންނާ އަހަރެންގެ ދަރިފުޅު ހަވާލުކުރީ ލަގޮނޑިއަށް ކެތްނުވާ ހާލުގައެވެ. އެދުވަހު އަހަރެން ވިސްނީ ހަމައެކަނި އަހަރެންގެ ދަރިފުޅުގެ މުސްތަޤުބަލަށްޓަކައެވެ.

އެމީހުންނާ އަހަރެންގެ ދަރިފުޅު ހަވާލުކުރި ފަހުން އަހަރެން ބަރާބަރަށް އެދަރިފުޅުގެ ޚަބަރު ބަލަމެވެ. ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ދަރިފުޅު ދެކެލަން އެރަށަށްވެސް ދަމެވެ. ނަމަވެސް އެދަރިފުޅަށް އެނގިފައި އޮންނާނީ އަހަރެންނަކީ އެދަރިފުޅުގެ ބޭބެއެއް ކަމުގައެވެ. ފަސްއަހަރު ވަންދެން އެރަށަށް ނުގޮސް އުޅެފައި އެންމެފަހުން އަހަރެން އެދަރިފުޅުގެ ޚަބަރެއް ބަލާލަން ގުޅާލުމުން ލިބުނު ޚަބަރަކުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެދަރިފުޅު ގެއިން ނެރެ އެއްލާލީ ހުތުރު އެތައް އިލްޒާމެއް އަޅުވާފައިކަން އެނގުމުން އަހަރެންގެ ހިތް ކުދިކުދިވިއެވެ. ދެން އަހަރެން އެދަރިފުޅު ހޯދަން މަސައްކަތް ފެށީމެވެ. ނަމަވެސް އޭގެފަހުން ހަތްމަސް ފާއިތުވެ ދިޔައިރުވެސް އެދަރިފުޅުގެ އެއްވެސް ޚަބަރެއް އަހަރެންނަކަށް ނުލިބުނެވެ. އެދަރިފުޅާ ދިމާވި މީހަކުވެސް ހުރިކަމަކަށް ނުވިއެވެ.

**********

ނިޔާޒްގެ ވާހަކަތައް ނިމުނުއިރު އޭނާއަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ހުޒާމްއާއި ރިޒްނާއަށްވެސްމެއެވެ. އޭނާގެ އެވާހަކަތައް ހުޒާމްއަށް ޤަބޫލު ކުރެވުނެވެ. ނިޔާޒް އެބުނީ ހަމަ ގައިމުވެސް އޭނާގެ މަންމައާއި ބައްޕަގެ ނަމެވެ. އޭނާއަށް ނޭނގުނީ ނަދީމާގެ ވާހަކައެވެ.

“ދަރިފުޅާ! ބޭބެއަށް މަޢާފްކުރޭ! ދަރިފުޅަށް މީހެއްގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވި ދުވަހު އަޅާނުލެވުނީތީ މިއަދު ބޭބެ ދެރަވޭ. ލަދުގަނޭ. އޭގެ ސަޒާ ކަންނޭނގެ ބޭބެއަށް މިލިބުނީ. ބޭބެގެ ދަރިފުޅު ގެއްލުނީ.” ނިޔާޒް މަޢާފަށް އެދުނެވެ. ހުޒާމް ނިޔާޒްގެ ގައިގައި ބައްދާލަމުން އޭނާއަށް މަޢާފްކުރިއެވެ. އަދި އޭނާގެ ބައްޕަގެ ފަރާތުންވެސް މަޢާފަށް އެދުނެވެ.

“ބޭބޭ! ބޭބެއަށް ކިހިނެއްތަ މިހާ ގިނަދުވަސް ފަހުންވެސް އެހާ ފަސޭހައިން ޒާމް އެނގުނީ؟” ރިޒްނާ އަހާލިއެވެ.

“ހުޒާމް ފެނުނީމަ ބޭބެއަށް ވަރަށް ގާތް ކުއްޖެއްގެ އިހުސާސް ކުރެވުނީ. ދެން މީނީނު ލަކުނެއް. އެއީ އެއްދުވަހަކު ހުޒާމް ގޭތެރޭގަ ކުޅެން އުޅެނިކޮށް ވެއްޓި ފާރުގަ ޖެހިފަ ފަޅައިގެން ދިޔަ ތަނެއް. އޭރު ހުޒާމްއަށް ދެއަހަރު. އޭރު ވާފިރު ނެތް ރަށަކު. އެހެންވެ ބޭބެ ދިޔައީ ހުޒާމް ގޮވައިގެން އަލިފުޅުބެ ކައިރިއަށް. އެއީ ދިވެހި ބޭސް ހަދާ މީހެއް.” ނިޔާޒް ކިޔައިދިނެވެ.

“ބޭބޭ! ބޭބެގެ ދަރިފުޅަށް ކޮން ނަމެއްތަ ކިޔަނީ؟” ރިޒްނާ އަހާލިއެވެ.

“ސާރާ! ސާރާ ނިޔާޒް.” ނިޔާޒްގެ އަޑަށް ސިހިފައި ހުޒާމްއަށް ދުރަށް ޖެހެވުނެވެ. އޭނާއަށް ބަލާލެވުނީ ރިޒްނާގެ މޫނަށެވެ. ރިޒްނާއަށްވެސް ބަލާލެވުނީ ހުޒާމްއަށެވެ. އެދެމީހުންނަށް ވީގޮތް ފެނިފައި ނިޔާޒް ހައިރާންވިއެވެ.

“ކިހިނެއްވީ؟” ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ނިޔާޒް އަހާލިއެވެ.

“ކަމެއްނުވޭ. އަހަރެން އެބަ އަންނަން. ފާޚާނާއަަށް ދާންވެއްޖެ.” ހުޒާމް އެހެން ބުނެލާފައި ދިޔައީ ކޮޓަރިއަށެވެ. ނިޔާޒްވެސް އެއްޗެކޭ ނުބުނެ ގޮސް އެނބުރި ސޯފާގައި އިށީނދެލިއެވެ. ސާރާއޭ ބުނުމުން އޭނާއާއި ރިޒްނާއަށް އައި ބަދަލުތަކާމެދު ވިސްނަންވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

ހުޒާމް ކޮޓަރިއަށް ވަތްއިރު ސާރާއަށް އޮތީ ނިދިފައެވެ. އޭނާ އިރުކޮޅަކު ސާރާއަށް ބަލަން ހުރެލާފައި ގޮސް ވަނީ ފާޚާނާއަށެވެ. އޭރު އޭނާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ފާޚާނާއަށް ވަނުމާއެކު އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. މިހުރިހާ ދުވަސްވެފައި ލޯބިވެ އަނތްބަކަށް މި ހެދުނީ އޭނާގެ ބޮޑުދައިތަގެ ދަރިއެކެވެ. ކައިވެނި ހަލާލުވީ ނަމަވެސް އޭނާއާ އެހާ ތިމާގެ ކުއްޖަކާ އެފަދަ ގުޅުމެއް ހިންގުނީތީ އޭނާ ވަރަށް ދެރަވެއްޖެއެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރެއިން ނަމަވެސް މިކަން މިއޮތީ ހިނގާފައެވެ. ސާރާގެ ބައްޕަ ނިޔާވެފައިވާކަމަށް އެނގިފައި އޮތް އޮތުން އެއީ ކުށްހީއެއްކަން އެނގުނުއިރު މިއޮތީ ދެމީހުންނަށް ދުރުނުވެވޭވަރަށް ގުޅުން ބަދަހިވެފައެވެ. އިރުކޮޅެއް ފަހުން އޭނާ ފާޚާނާއިން ނުކުތް އަޑަށް ސާރާއަށް ހޭލެވުނެވެ.

“ޒާމް! ތި އައީ ދޯ؟ އަހަރެންނަށް ނިދުނީ އޮށޯވެލިތަނާ.” ސާރާ ބުނެލިއެވެ.

“ހޫމް. ހިނގާބަލަ ބޭރަށް. ވަރަށް މުހިންމު މީހަކާ ބައްދަލުކޮށްލަން އެބަޖެހޭ.” ހުޒާމް ބުނެލިއެވެ.

“މިހާރުތަ؟” ސާރާ ގަޑިއަށް ބަލާލަމުން ބުނެލިއެވެ. އޭރު ގަޑިން އެގާރަ ޖަހަނީއެވެ.

“ހޫމް. ހަމަ މިހާރު.” ހުޒާމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ހައިރާންވެފައި ހުރެ ސާރާ ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި ހުޒާމްއާއެކު ސިޓިންގރޫމަށް ނުކުތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. aysh

    wow…vrh vrh rythi mi part ves…

    1. Saandy
      aysh

      ޝުކުރިއްޔާ އައިޝް

  2. Eenoo

    V nice

    1. Saandy
      Eenoo

      ޝުކުރިއްޔާ އީނޫ

  3. Naxy

    Kihineh miveee… vvvvv intresting…. vvv reethi…. when next part

    1. Saandy
      Naxy

      ޝުކުރިއްޔާ! މާދަމާ ފަހުބައި އަޕްވާނެ

  4. Unko

    Dhn vaany kihinehbaaa…???????

    1. Saandy
      Unko

      އެނގިދާނެތާ ވާގޮތެއް… މާދަމާގެ ބައިގަ ވާނެ ގޮތެއް ވާނެ… ހެހެހެ

  5. haseena

    Neygi thibegen Cuzin kudhin lobivaa moosun dhw my.. kuhveri lobi inthizaargai hurin dhn mivx mi vee ehen..

    1. Saandy
      haseena

      ޝުކުރިއްޔާ ހަސީނާގެ ކޮމެންޓަށްވެސް

    2. Hoooooo
      haseena

      Asluveys dho.

  6. Maree

    VVV REETHI shine aa saandy aa dhemeehun copy kuranee ey dho saandy

    1. Saandy
      Maree

      ޝުކުރިއްޔާ މަރީ! ނޫނޭ… މީ ސާންޑީ 2015 ގަ ލިޔެފަ އޮތް ވާހަކައެއް… ޝައިންގެ ވާހަކައިގަ އުޅެނީ ކަޒިންއެއްވެސް ނޫނެއްނު

  7. Anonymous

    Kuhveri loabeega aee cousins eh nun ‘ min Bappa dhon bappage kujje he kujje Anim akee so they are not blood related

  8. Anonymous

    Kuhveri loabeega aee cousins eh nun ‘ nim Bappa dhon bappage kujje ge kujje Anim akee so they are not blood related

  9. Anonymous

    I mean anim bapa get step dad ge son ge daughter Anum akee so they are not blood related

    1. Saandy
      Anonymous

      ޔެސް! އެނޮނީމަސް ތިބުނީ ރަނގަޅަށް

  10. shelly

    haadha kureyy .. ekam varah reethi

    1. Saandy
      shelly

      Shukuriyyaa Shelly… mihaa thanah mi vaahakain genesdhin enme dhigu bai Shelly ah thi kuruvy…

  11. Baby girl

    Hae Hae Hae ?
    Nothing to say. Its So perfect ??

    1. Saandy
      Baby girl

      ThanQ Baby girl

  12. Maree

    Hehehe eye majalakah buni ehcheh Saandy copy kuranee ey shine copy kuranee ey kiyaathee buni ehchehe ehgothakaves Saandy copy kuraa vaahakaeh noon Ingey

    1. Saandy
      Maree

      OK Maree… 🙂

  13. yalvish

    Sandy ah engeytha. Dhivehin type kuryma thi liyany ky k kan neygey kiyuntherin mithaa thibikan.. ekan engigen shine vx mihaar typ nukurey dhivehsakun.sandy vx nikan ehen hadaabala..

    1. Aif
      yalvish

      ?

    2. Saandy
      yalvish

      Yalvish!! Saandy ah adhi kiriyaa mi en’guny thikan… Evves kujjaku Saandy gaathu ehen bunefa netheema… ThanQ buneladhineema… 🙂

  14. Shabyyy

    Yalvish ebuny thedheh..neyge liyefa hunnany keekey kameh…ekan rangalhu kolla dhehchey saandy.

    1. Saandy
      Shabyyy

      Yes Shabyyy! Dhen comment liyaany latin in… Eyrun hurihaa kudhinnahves kiyeyne dho 🙂

  15. Naadhee

    Kome dhuvahaku comment nukurevunas mi vaahaka ahannah v reethi

    1. Saandy
      Naadhee

      ThanQ Naadhee! V ufaavejje comment nukuriyas baraabarah vaahaka kiyaakan en’guneema… Adhi kamudhiyaima… 🙂

  16. xeyboo

    perfect now..<3

    1. Saandy
      xeyboo

      ThanQ Xeyboo 🙂

Comments are closed.