ލޯބިވޭ (3)
އަނެއްކާ މާއިން އަކީ ބެލްކަނީގަ އަލްޔާއަށް ބަލަން ހުންނަ ޒުވާނާބާއޭ އަލްޔާ ހިތައްއެރިއެވެ. އެކަމް މާއިން އެބުނީ އެކުއްޖާ މާއިންގެ ބޮސްއާ މެރީކޮށްގެން އުޅޭވާހަކައެވެ. އެކަމް އަލްޔާ އުޅެނީ މެރީކޮއްގެނެއް ނޫނޭ އަލްޔާ ހިތައް އެރިއެވެ.
“އަސްލު އަލް ވާރެޔާ ތެމުނު ވާހަކަ ބުނީމަ މި ހަނދާން ވީ މިވާހަކަ ޝެއާ ކުރަން… އަސްލު އެކުއްޖާވެސް ވަރަށް ވާރެޔަށް ފޯރިހުރޭ… ރޭގަވެސް ވާރޭ ވެހޭތީ އެ ހިތްގައިމު މަންޒަރު ބަލަން ހުއްޓާ ދެން ފެނުނީ އެއަށްވުރެ ހިތްގައިމު މަންޒަރެއް ޕާރީއެއްފަދަ އެ ރީތި ކުއްޖާ ވާރެޔާ ތެމޭތަން.. މާއިން ފޫހި ކަމެއްނެތި އެމަންޒަރު ބަލަން ހުރެވުނުއިރެއްވެސް ނޭންގެ… އެކަމް ދެން ފެނުނީ ބޮސްނިކުމެ އެ ކުއްޖާ ގޮވައިގެން ކޮޓްރިއަށް ދިޔަތަން.. ” މާއިން ދެރަވެފަ ހުރިވަރު ވާހަކަ ދެއްކިގޮތުންވެސް އަލްޔާއަށް އިހްސާސް ކުރެވުނެވެ. އެހެންވީމަ މާއިން ބޮސްއޭ އެކިޔަނީ ދޮންބެއަށްތާއޭ އަލްޔާ ހިތައް އެރިއެވެ. އަލްޔާގެ މެޔައް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. ނޭންގިނަމަވެސް މާއިންގެ އެ ތޫން ނަޒަރުތައް އަމާޒުވަން ފެށި ދުވަހުންސުރެ އަލްޔާގެ ހިތުގަވެސް ދަނީ މާއިންއަށްޓަކައި ވިންދު ޖަހަމުންނެވެ. އެކަމް އެ ކުއްޖަކީ އަލްޔާ ކަމުގަ އަލްޔާ ބުނާނީވެސް ކިހިނެތް ކަމެއް އަލްޔާ އަކަށް ނޭންގުނެވެ. އެހެނަސް ބުނެދޭން ނޭންގޭ އުފާވެރިކަމެއް ލިބުނެވެ. އެންމެ ރަނގަޅު ވަގުތު ޖެހުމުން ބުނަން އަލްޔާ ނިންމިއެވެ.
“އަލް އެއްޗެކޭ ބުނެބަ… ކީއްވެ އަނގައިން ނުބުނެ ތިއިނީ؟.. މާ ބޮޑަށް ބަލީތަ…” މާއިން އިތުރަށް ސުވާލް ކޮއްލިއެވެ.
” އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް… އަދި ޔަގީނެއް ނުވެއެއްނު އެއީ ބޮސްގެ ވައިފް ކަމެއް… އަލް ހަމަ ވިސްނާލަން އޮތީ..” ވިސްނުމެއްގަ ތެރޭ އޮވެ އަލްޔާ ބުނެލިއެވެ.
“އާނ ތިބުނީވެސް ތެދެއް. އެކަމް ހީވަނީ ހަމަ ވައިފްހެން… ދަންވަރު ވެސް އެކުއްޖާ ބެލްކަނީގަ ހުންނަ ގަޑީގަ ބޮސްވެސް ނިކުންނާނެ.. ވާރެޔާ ތެމުނުރޭވެސް ހަގްކޮއްގެންވެސް ތިބި.. ދެން ބޮސް ކައިރީވެސް އަހާލާކަށް ނުކެރޭނެއްނު އެކަހަލަ އެއްޗެއް… ނުލާހިކު ވަރުން ލިބުނު ޖޮބެއް މީ… އެހެން ނޫނަސް އެފަދަ ރީތި ކުއްޖަކު މާއިން ފަދަ ދެރަ ނިކަމެއްޗަކަށް ބަލާވެސް ނުލާނެދޯ…” މާއިން ދެރަވެލާފަ ބުންޏެވެ.
“ތިހެން ނުބުނޭ މާއިން ލޮއެއްބަކީ މުއްސަނދިންގެ އެކަނި ހައްޤެއް ނޫން ދޯ. މުހިންމީ ފައިސާވެރި ކަމެއް ނޫނެއްނު… ތެދުވެރި ލޮއެއްބެއްނު….” ވިސްނަދޭފަދަ ގޮތަކަށް އަލްޔާ ބުނެލިއެވެ.
“އެ ކުއްޖާއަށްވެސް ތިހެން ވިސްނޭނެ ނަމަ…” މާއިންގެ ހިޔާލުގަ އަދިވެސް ވީ ޕަރީއެއްފަދަ އެ ޖާދޫވީ ކުއްޖާއެވެ.
” ދޮންބޭ މިޝީ ސުކޫލް ބޫޓް ހަލާކު ވެފަހުރީމަ މިއަދު ސުކޫލަށްވެސް ނުދަން… ކޮންއިރަކު ބޫޓެއް ގަންނާނީ..” މިޝީ އައިސް މާއިން އެނދުގަ އިށީނދެ ޝަކުވާކޮއްލި އަޑު އަލްޔާ އަށް ފޯނުން އިވުނެވެ.
“އޯ ދޮންބެ ހަނދާންނެތުނީ ރޭގަ ބޫޓް ގަންނަން ދޫންޔާ… މިއަދު އޮފީހުން އަންނައިރު ގަނެގެން އަންނާނީ…” މާއިން މިޝީގެ ބޮލުގަ ފިރުމާލަމުން ބުނެލިއެވެ.
އަލްޔާ ހިތަށް ތަދުވިއެވެ. ހާދަ ދަތި ހާލުގަ އުޅޭ އާއިލާއެކޭ ހިތައް އެރިއެވެ.
“އޭ ހަނދާން ނެތިފައޭ މިހުންނަނީ އޮފީހަށްދާ ގަޑިޖެހި އެ ދިޔައީ…” އަވަސް އަވަހަށް އަތުގަ އޮތް ގަޑިއަށް ބަލާލަމުން މާއިން އަލްޔާ ކައިރީ ބުނެލިއެވެ.
” އޯކޭ ދޭ އަވަހަށް ރެޑީވެގެން އޮފީހަށް.. އެކަމް ބޭއްވުމުގެ ކުރިން މިޝީ އަތަށް ފޯން ދީބަ… އަލްބޭނުން މާއިން ކޮއްކޮއާ ފްރެންޑްވާން..” މާއިން މިޝީ އަތަށް ފޯން ދީފަ ދޮންބެ ފްރެންޑެކޭ ކިޔާފަ ދިޔައީ ރެޑީވާށެވެ.
“މިޝީ މިއަދު ފްރީތަ؟؟؟ ދައްތަ މިއުޅެނީ އެކަނި ޝޮޕިންއަށް ދާންޖެހިގެން..” އަލްޔާ އެ ބުނިއެއްޗަކާ މިޝީ ވިސްނާލިއެވެ. މިޝީވެސް ހުރީ ވަރަށް ޝޮޕިން އަށް ދާ ހިތުންނެވެ. އެންމެ ފަހުން އެހެން ދިޔަ ދުވަހެއްވެސް ނޭންގެއެވެ. އެހެން ކަމުން އަވަސް އަވަހަށް ހަވީރުއޭ ބުނެލިއެވެ. އަލްޔާ ވަރަށް އުފާވިއެވެ. އަދި ދޮންބެ ކައިރީ ނުބުނާށޭ ގާލްސް ސީކްރެޓް އެކޭ ބުނެލުމުން މިޝީވެސް އަލްޔާއަށް އިތުބާރު ކޮއްފަ މާއިން ކައިރިޔަކު ނުބުނެއެވެ.
“ދޮންބެދައްތަ ހާދަ ރަނގަޅޭ..” މިޝީ މާއިން އަތަށް ފޯން ދީފަ ބުނެލިއެވެ.
“ހެހެ މިޝްކޯ އެއީ ދޮންބެދައްތައެއްނޫނޭ އެއީ ހަމަ ދޮންބެ ފްރެންޑެއް…” އެހެން ބުނެލާފަ މާއިން ނިކުމެގެން ދިޔައީ އޮފީހަށެވެ. ހަތަރެއް ޖަހަންވި އިރަށް މީޝީ ހުރީ ނަލަ ހެދިލައިގެން އަލްޔާ ބުނިހެން މިޝީމެންގޭ ދޮރުމަތީގައެވެ. އަލްޔާ ކާރުގަ އައިސް މިޝީ ގޮވައިގެން ފުރަތަމަ ދިޔައީ ލާއެއްޗެހި ވިއްކާ ފިހާރަޔަށެވެ.
“ކޮބާ މާން…” އަލްޔާ މާން މަތިން ހަދާންވެގެން ސުވާލުކޮއްލިއެވެ.
“މާންކޮ ވީ ސުކޫލަށް ގޮސް… ފަހެއްޖަހާއިރު ނިމޭނީ… ދޮންބެ އަންނާނީ އޮފީހުން ނިމިގެން އަންނައިރު މާންކޮ ގޮވައިގެން…” މިޝީ ބުނެލިއެވެ.
“ދޮންބެދައްތަ މިޝީމެންގެޔަށް ދައްޗޭ ގިނަ ގިނައިން… މިޝީ ވަރަށް ފޫހިވޭ ގޭގަ އެކަނި ހުންނަން ވީމަ… ގާލް ކުއްޖެއްވެސް ނުހުރޭ..” މިޝީ އަލްޔާގެ އަތުގަ ހިފާލަމުން ބުނެލިއެވެ. ދޮންބެދައްތައޭ ކިޔާފަ މިޝީ މުހާތަބްކުރުމުން އަލްޔާއަށް ފޮނި ފޮނި އިހުސާސްއެއް ކުރެވުނެވެ. އަލްޔާ އަބަދުވެސް ލޯބި ލޯބި ކޮއްކޮއެއް ބޭނުން ވެއެވެ. އާއިލާގަ އެންމެ ކުޑަކޮއް ހުންނާތީ އެކަމާ އަބަދު މަންމަޔާ ޝަކުވާކޮއްހަދައެވެ. އެހެނަސް މިހާރު އަލްޔާއަށް ލޯބި ލޯބި ދެ ކޮއްކޮ ލިބުނީއެވެ.
“ޔާ ދޮންބެދައްތަ ދާނަމޭ..” އަލްޔާވެސް މިޝީއާ ވާހަކަ ދެއްކީ ދޮންބެދައްތަ ކިޔާފައެވެ.
މިޝީ ލައިގެން ހުރި ހެދުން އަލްޔާ އަށް ފެނުނީ ކާރުން ފޭބި ފަހުންނެވެ. ކަޅު ކުލައިގެ ސްކިނީއަކާ ރަތް ޓޮޕްކޮޅެއް ލައިގެން ހުރިއިރު މިޝީއާ ވަރަށް ގުޅެއެވެ. ނަމަވެސް ތިރިން ލައިގެން ހުރި ސްކިނީގަ ހުރީ ކުލަ ގޮސްފައެވެ. ގިނަ ދުވަސް ވީމަ ކަންނޭންގެއެވެ. މިޝީ އަތުގަ ހިފާލައިގެން އަލްޔާ ފިހާރައަށް ވެންނި އިރު މިޝީ ގެ ލޯ އަމާޒުވެފައިވަނީ މިޝީމެން ވަރު ކުދިންގެ ލާއެއްޗެސް ހުރި ދިމާލަށެވެ.
” ދޮންބެދައްތަ އެހާ ޝޮޕިން ކުރާހިތެއް ނެތް… މިޝީ ބޭނުންތަ އެކައްޗެއްވެސް؟…” އަލްޔާ އެ ސުވާލުކޮއްލީ މިޝީ ދޭނެ ޖަވާބެއް ބަލާލަންށެވެ.
“ނޫން މިޝީ ބޭނުމެއްނޫން އެކައްޗެއްވެސް…” މިޝާ އެހެން އެބުނީ ހިތާ ދެކޮޅައްކަން އަލްޔާއަށް އިނގުނެވެ.
އަލްޔާ މިޝީއާ މާން އަދި މާއިންއަށް ވާވަރަށް ލާ އެއްޗެހި ގަތެވެ. އަދި އެހެން ފިހާރަޔަކުން މިޝީއަށް ބޫޓަކާ އަދި ގެޔައް ބޭނުންވާ ސާމާނުތަށް ގަނެލިއެވެ.
މިޝީ ދިޔައީ ކޮންމެ ފިހާރަޔަކުންވެސް އަލްޔާ ގަންނަ އެއްޗެހި ހިސާބު ހަދަމުންނެވެ.
“ދޮންބެދައްތަ ހާދަ ރަނގަޅޭ… ޓެން ތައުސަންޑް ރުފިޔާ ތި ސްޕެންޑް ކޮއްލީ މިޝީމިނަށް… ދޮންބެގެ ވަން މަންތު ސެލެރީ އެއީ..” މިޝީ ޝުކުރުވެރި ވާ ފަދަ ގޮތަކަށް ބުނެލިއެވެ.
“އެ ދެން އެވަރު ކަމެއް ނޫނެއްނު… އިރާދަ ކުރެއްވިއްޔާ ދެން މިޝީމިނަށް ބޭނުންވާ ހުރިހާއެއްޗެއް ދޮންބެ ދައްތަ ހޯދަ ދޭނަން..” އަލްޔާ މިހެން ބުނެލުމުން ތޭނަކްސް އޭ ބުނެ މިޝީ އަލްޔާގެ ގައިގަ ބައްދާލިއެވެ. އޭރު ކާރު އައިސް މިޝީމެންގޭ ކުރިމަތީ މަޑުކޮއްލަނީއެވެ. ގަޑިން އޭރު ފަސްގަޑި ބައި ވަނީއެވެ. މާއިން މިގަޑީގޭގަ އުޅޭނޭ އަލްޔާ ހިތަށްއެރިއެވެ. ޑްރައިވަރ ކައިރީ މިޝީއާއެކު އެއްޗެހި ގޭތެރެއަށް ވައްދަން ބުނެފަ އަލްޔާ އަވަސްވެގަތީ މާއިންއަށް ނުފެނިއަލްޔާގެ ގެއަށް ވަދެވޭތޯއެވެ. ކަންދިމާކުރި ގޮތުން ބެލްކަނީގަވެސް މާއިން ނެތެވެ.
އަލްޔާ ކޮޓަރިއަށް ވަދެވުމާއެކު މެސެންޖާގަ މާއިން އޮލްވެ އިނުމުން ގުޅާލިއެވެ.
މާއިންގެ އެ ހިތް ގައިމު އަޑު އިވުމުން އަލްޔާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.
“ހަލޯ މާއިން ޕްލީޒް އަލްދެކެ ރުޅި ނާންނަށްޗޭ… އަލް މިއަދު ޝޮޕިންއަށް ދިޔައީ މިޝީ ގޮވައިގެން… ކޮންމެސް ވަރަކަށް އެއްޗެސްވެސް ގަނެދިނިން.. މިޝީ ވަރަށް ދެކޮޅު ހެދި އެކަމް އަލް ހަމަ ގަނެދޭ ހިތުން ގަނެދިނީ..” އަލްޔާއެއް ނޭވާއިން ހުރިހާ އެއްޗެއް ބުނެލީ މާއިން ރުޅިއައިސްދާނެތީ ބިރުންނެވެ. މާއިން ހިތްހަމަ ނުޖެހުނު ނަމަވެސް އަލްޔާ އެތަށް ވާހަކަ ތަކެއްދައްކައިގެން މާއިން ހިތްހަމަޖައްސާލަދިނެވެ. އަލްޔާ ފޯން ބޭއްވުމުން މާއިން ބޭރަށް ނިކުމެލީ ކޮއްކޮމެން ކޮބާތޯ ބަލާލުމަށްށެވެ. އޭރު މާން އާ މީޝީ ތިބީ ޗިޕްސް ކަމުން ޓީވީ ބަލާށެވެ. ގޭގަ ގެންގުޅޭމީހާ ބަދިގެ ސާމާނުތަށް އެހުންނަންވީ ތަނަށް ލަނީއެވެ. މާއިންގޮސް މިޝީ ކައިރީ ޖައްސާލުމުން ކައިރީ އޮތް ދެތިންކޮތަޅު ނަގާ ދެމުން މީ ދޮންބެ ދައްތަ ދިން އެއްޗެކޭ ބުނެލިއެވެ.
މާއިން އެ ހިފައިގެން ކޮޓްރިއަށްގޮސް ބަލާލިއިރު ލާއެއްޗެހިން ރީތިވާ އެއްޗެއްސަށް ދަންދެން ހުއްޓެވެ. އަލްޔާ އަކީ ހާދަ ހިތްހެޔޮ ރައްޓެއްސެކޭ މާއިން ހިތަށް އެރިއެވެ. ނޭންގި ނަމަވެސް ހާއްސަ ގަދަރެއް އަލްޔާއަށް ކުރެވުނެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތުގަވެސް މިޝީ މުޅިންވެސް ދެއްކީ އަލްޔާގެ ރަނގަޅުވާހަކަ އާއި ރީތި ވާހަކައެވެ. މިޝީގެ އެވާހަކަ ތަކުން މާއިން ވެސް އަލްޔާގެ ސޫރަ ދެކޭ ހިތްވިއެވެ. ނަމަވެސް މާއިންއަސް ވުރެ ކުރިން އެ ފުރުސަތު ލިބުނީ މިޝީއައްށެވެ.
“ދަރިފުޅު މިއަދު އެހާ ބަލިއިރުވެސް ކޮންތާކަށްތަ ދިޔައީ..” ކާމޭޒް ކައިރީގަ އެންމެން ކެއުމަށް އިންސާފް ކުރަމުން ދަނިކޮށް ޝިޔާމު ބުނެލިއެވެ.
“ބައްޕާ އަޅުގަނޑު ދިޔައީ ރައްޓެހި ކުއްޖަކާއެކު ޝޮޕިންއަށް… ގޭގަ އޮންނަން ވީމާ ފޫހިވެގެން…” އަލްޔާ ޅަ ގޮތަކަށް ބުނެލިއެވެ.
“ނަސީބެއް ތި ބެލްކަނީގެ އިނދެ އިނދެ ފޫހިވިކަންވެސް…” އަލަމް އަލްޔާއަށް ޖެއްސުން ކޮއްލުމުގެ ގޮތުން ބުނެލިއެވެ.
“އެއްކަލަ ކުޑަބެ ގަނޑު… އަލް ދުވަހަކުވެސް ބެލަކަނި ދެކެ ފޫއްސެއްނުވާނެ… އަސްލު އެއީ ފްރެންޑެއްވެސް ނޫން އަލްޔާ ގެ ފްރެންޑެއްގެ ކޮއްކޮއެއް… ވަރަށް ދަތި ހާލުގަ އުޅޭބައެއް… އެހެންވެ އަލް ޝޮޕިން ކުރަންށޭ ކިޔާފަ އެ ކުއްޖާ ގޮވައިގެން ގޮސް އޭނައަށް ބޭނުންވާއެއްޗެހި ގަނެދިނީ…” އަލްޔާ ކަންވިގޮތް ބައްޕައާ ހިއްސާކޮށްލިއެވެ.
“ދަރިފުޅު ހާދަ ރަނގަޅޭ…” ޝިޔާމް ފަހުރުވެރިކަމާއެކު ބުނެލިއެވެ. އެހާ މުއްސަނދިކަމުގަ އުޅޭއިރުވެސް އަލްޔާގެ ހިތުގަ ކުޑަނަމަވެސް ބޮޑާ ކަމެއް ނެތުމުން ޝިޔާމް ވަރަށް އުފާވިއެވެ.
” އައި އޭމް ސޯ ޕްރައުޑު އޮފް ޔޫ ލިޓްލް ސިސް..” އަލްވިންވިސް އަލްޔާ ކޮއްދިން ހެޔޮކަންތަކަށް ތައުރީފް ކޮއްލިއެވެ. އާލިމާވެސް އަލްޔާއާ ދިމާލަށް ބަލާލީ އެދަރިފުޅުގެ ހިޔްހެޔޮކަމާ މެދު ވިސްނާލާފައެވެ.
ދަންވަރުގެ ހިތްގައިމު ވަގުތެވެ. މަގުމަތީގައި ދުއްވާއެއްޗެހީގެ އަޑު މަޑުން ނަމަވެސް އިވި އިވި ހުއްޓެވެ. ޖައްވުގަ ތެތް ފިނިކަމެއް ހުރިއިރު އަލްޔާ އޮތީ ބެލްކަނީގަ އޮތް ގޮނޑީގަ ހެޑްސެޓް ޖަހައިގެން ލަވައެއްޖަހާށެވެ. ދަންވަރުގެ އެ ތެތް ފިނި ކަމުގެ ސަބަބުން ކޮންމެސް ވަރަކަށް ހީކަރުވާފައޮތް އަލްޔާ، މާއިން ނިކުމެ ހުންނަ ބެލްކަންޔަށް ބަލާލީ މިރޭ މާއިންގެ ހަބަރެއް ނުވާތީއެވެ. ކުއްލިޔަކަށް އަލްޔާ ސިއްސައިގެން ދިޔީ އަލްޔާގެ ފޯން ރިނގްވާން ފެށި އަޑަށެވެ. ބަލާލިއިރު މެސެންޖާއިން މާއިން ގުޅަނީއެވެ.
” އަލް ދެން އަލްގެ ފޯން ނަންބަރު ދޭން ވީނު… މިރޭވެސް ގުޅަން ބެލިއިރު އަލް އޮލްގައެއް ނެތް… އޭރުން އޮލްގަ ނީންނައިރުވެސް ގުޅާލެވޭނެއްނު..” މާއިން ގުޅާފަ ޝަކުވާކޮއްލުމުން ޖެހިލުމެއްނެތި އަލްޔާ އޭނަގެ ނަންބަރު ދިނީ މާއިންއަށް ކުރާ އިތުބާރު ބޮޑުކަމުންނެވެ.
“މިރޭވެސް ބެލްކަނީގަ ބޮސްގެ ވައިފްއަށް ބަލަންތަ ތިއިނީ..” އަލްޔާ މަޖާ ރާގެއްގަ ސުވާލު ކޮއްލިއެވެ.
“އާން ދެން ހިތްއެދޭ ސޫރަޔަށް ބެލޭނެތާ… އެބޮތް ވަރަށް ލޯބިކޮށް އޮށޯވެލައިގެން…” މާއިން ބުނެލިއެވެ.
” ތިހެން ބަލަނިކޮއް ބޮސްއަށް ބަސްޓްވެގެން ޖޮބުން ކަނޑާލާފާނެ..” އަލްޔާ ގަސްތުގަ މާއިންއާ ދިމާކޮއްލިއެވެ.
” ހެހެ.. ބޮސްގެ ވައިފްކަން ޔަގީންވާ ހިސާބުން ހުއްޓާލާނީ.. ދެން މީހެއްގެ ވައިފްއަށް ވިއްޔާ ކުރެވޭނެކަމެއް ނޯންނާނެއްނު..” މާއިން ބުނެލިއިރު އެ އަޑުގަ ރިހުމެއްވެއެވެ. އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު މާއިން ފޯނު ބޭއްވީ ހެނދުނު އޮފީހަށްދާން އަވަހަށް ހޭލަން ޖެހޭތީއެވެ.
މާއިން ފޯނު ބޭއްވުމުން އަލްޔާވެސް ތެދުވެގެންގޮސް ރެއިލިންގް ކައިރީ މަޑުކޮށްލާފަ މަތި ބަލާލިއެވެ. މާއިންގެ އެ ތޫނު ނަޒަރު އަމާޒުވެފަ ހުރީ އަލްޔާއަށެވެ. އަލްޔާވެސް މާއިންއަށް ބަލާލިއެވެ. އެ ރީތި ސޫރަވަނީ އަލްޔާގެ ހިތުގަވެސް ބިންވަޅު ނެގިފައެވެ. އަލްޔާއެގޮތަށް ބަލާތީ މާއިންވެސް ހައިރާންވެފަ ބަލަން ހުއްޓެވެ. އަލަމް ކުއްލިޔަކަށް ފަހަތުންއައިސް އަލްޔާ ކޮނޑުގަ އަތްބޭއްވުމުން އަލްޔާދިޔައީ ސިއްސައިގެންނެވެ.
“ބެލްކަނީގެ ސާހިބާ ނިދާކަށް ނުވޭތަ..” އަލަމް ޖެއްސުންކޮއްލުމުގެ ގޮތުން ބުނެލިއެވެ.
“ނިދަން ދާންވީ ދެން އެކަމް ހަމަ ހިތްފަސޭހަ ކަމުން މަޑުކޮއްލައިގެން ހުރީ..” އަލްޔާ އެހެން ބުނެލާފަ، ފަހު ފަހަރަށް މާއިން އަށް ބަލާލުމަށްފަހު ކޮޓަރިއަށް ވަނެވެ.
” ގުޑް ނައިޓް އަލްކޮ.. ސްލީޕް ވެލް..” އަލަމް އަލްޔާގެ ބޮލުގަ ފިރުމާލަމަށް ފަހު ނިކުމެގެން ދިޔައެވެ.
އަލްޔާ އެނދުގަ އޮށޯވެލައިގެން އޮތް އިރުވެސް ކުރިމަތިން ސިފަވަނީ މާއިންގެ އެ ހިތްގައިމު ސޫރައެވެ. އެ ތޫން ބެލުމެވެ. މާއިންގެ ހިޔާލު ތަކުގަ އޮއްވާ ނިދުނު އިރެއްވެސް ނޭންގެއެވެ. އަލްޔާއަށް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. ފޯން ނަގާ ހަލޯ އޭ ބުނެލީ ގުޅަނީ ކާކުތޯވެސް ބަލާނުލައެވެ. ހެދުނުގެ އެ ހިތްގައިމު ވަގުތު އަލްޔާގެ އެ ލޯބި އަޑު ޖެހުމުން މާއިންގެ ހިތް ތެޅިލިއެވެ. އަޑުގަ ނިދީގެ އަސަރު ހުރުމުން އަދިވެސް ނުހޭލަނީކަން މާއިންއަށް އެނގުނެވެ.
“އަދިވެސް މޯނިންގް ނުވޭދޯ. މިޝީ ކިޔާވަރުން މި ގުޅާލީ މެސެންޖާގަ އޮލްގަނެތީމަ..” މާއިންގެ އެ ފިރިހެންވަންތަ އަޑު ޖެހުމުން އެއީ މާއިންކަން ދެނެގަންނާކަން ސިކުންތެއްވެސް ނުނެގިއެވެ.
“ހެހެ މިވީނު މޯނިންގް… ކޮބާތަ މިޝީ..” އަލްޔާ އެހެން ބުނެލުމުން މާއިން ފޯން މިޝީއަތަށް ދިނެވެ. ދުވެފަ ފޯން ހިފައިގެން މިޝީ ނިކުތީ ބޭރަށެވެ. މާއިން ކުޑަކޮށް ހައިރާންވިއެވެ. މިހާރު މިޝީ ހުންނަނީ ވަރަށް އަލްޔާވެފައެވެ.
“ދޮންބެދައްތާ އިނގޭތަ މާދަންއެއީ ދޮންބެގެ ބާތު ޑޭ… މިޝީ ކޮންމެ ފަހަރަކުވެސް ސެލިބްރޭޓް ކުރާހިތްވޭ އެކަމް..”
“ޑޯންޓް ވޮރީ ދޮންބެދައްތަ މިހިރީނު… މިފަހަރުވާނެ ދޮންބެއަށް ރަނގަޅު ސަޕްރައިޒެއް ދޭން.. ދޮންބެދައްތަ ދާނަން ދޮންބެ އޮފީހަަށް ދާހާއިރުކޮއްފަ ތިގެޔަށް ޑިސްކަސް ކުރަން..” މިޝީގެ ޖުމްލަ ނުނިމެނީސް އަލްޔާ ބުނެލިއެވެ. އެވަގުތު އަލްޔާގެ ވިސްނުމަށް މޮޅު ހިޔާލެއް އައެވެ.
“ތޭންކްސް ދޮންބޭ..” މިޝީއައިސް މާއިން އަތަށް ފޯން ދެމުން ބުނެލިއެވެ.
“ކޮން ވާހަކައެއްތަ މާ ސިއްރުން ތި ދެއްކީ..” މާއިން އަހާލުމުން އެއީ ވަރަށް ބޮޑު ސިއްރެކޭ ބުނެފަ މިޝީ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ބެލްކަނިން މާއިން އޮފީހަށް ދިޔަތަން ބަލަން ހުރި އަލްޔާ އަވަސްވެގަތީ މާއިން މެންގެޔަށް ދިޔުމަށެވެ.
ނުނިމޭ 
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.





Maa lahun dhw mi upkohdhevuny.. Maadhan mendhuru aneh part upkohdheynan.. ENjoy reading ?
varah reethi
Mimii alhey plx
Mi vaahaka kiyaa hitun mihaaru mi partves two times kiyaefin
Plx maadan morning ga up kohdyba plx
Thankx Shelly & Lovelygirl ?
Awww thnkiu mimmi… Mibaii varah habbu… Okiivaane las viyas bodu reason eh inyyaa?? but maadhan aneh part kiaalan wait vx nukureveyne.. E surprise akii kwbaathw balaalan?
?tc…
Thankx Akko ?
Thank u mimmi ??its really nice and interesting … loving it ???
Thankx Ulya ?
Vara habeys miyadhu mendhurun ney mihaar kiyaalaa hiythun meeni☺
Thankx ?
Awwww..
Its beautiful I love it mimmi
Thankx Lovely girl?
Wow masha allah v rythi dailykoh genesdhybala mi stry v wait kuran mi stry ah thank mimmi
Thankx Khajja. In Sha Allah Dailykoh up kohdheynan ?
V v v v v v v v furihama varahreethi hithah araa aslhves ehaaragalhu kudhin thibene namaeyy
Thankx Rim.. Ekahala kudhinves ulhey ekam varah madhu vaane mixamaanuga ?
Hama varah salhi. Keep going mimmi.
Thankx zoa ?
Mashaa Allah v reethi mi part ves,keep it up
Thankx haw ?
V reethi mivaahaka
Thankx Fs ?
Nice..story..alhe..thankolheh.ginain..update..kohfaanan.tha…plssss
Thankx Reen ?
Thy mimrah mimmi tha
Vaahaka v v.v v v v rythi
Kamuves dhey ❤️
Thankx Aishu ?
Vvvvv reethi
Thankx Naxy ?
V lobi please up next part
Thankx sam ?
varah reethi avahah up kodhrhchey… haadha ibraihtherinn mimmi keep it up waiting aneh bayah
Thankx Pinky ?
Alhey i like it
Thankx Hhhh ?
kobaa tha vaahaka haadha kiyaahithun ney miulhenee
uploaded ?
Avaha up kolabala next part plx
Uploaded ?
Ehches ekey nukiyaane. Ehchethi kiyaany.. Story is nice. But v bolah undhagoo ol ga ey kiyaathy abadhu. Online nuliyanya on ga ey liyebala. Ol ga keerun v odd
Thankx Aashoo. Ebai rangalhukohlaanan ?
Story v reethi.. plxx next part up kohbba… kiyaahithun miulheny next part.. thnxx mimmi mihaa reethi story up kohdheythy…
ވަރަށް ރީތި މިބައިވެސް
Maasha Allah ?