ފުން ލޯބި (28)
” ސިރުމީނާ ކަލޭ ލަދެއް ނުގަނޭތަ ތިހެން އަހަރެންގެ ދަރިފުޅާ ވާހަކަ ދައްކާކައް.. ތީ އޭނަގެ ގެޔޭ.. އަމިއްލައަށް ތަނަށް ވެރިވެގެން އުޅޭ އިރު.. އަހަރެން ހީ ކުރީ އަހަރެން ނެތް ދުވަހު ސިރުމީނާ އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލާނެ ކަމަށް.. އެކަމް އެދަރިފުޅު އެކްސިޑެންޓްވެ ނުކުޅެދޭ މީހަކަށް ވި ދުވަހު ސިރުމީނާ ކަން ކުރިގޮތް ޑޮކްޓަރ ވަނީީ ކިޔާދީފަ.. ތީ ތިހާ ރަހުމު ކުޑަ މީހެއްކަން އިނގުނު ނަމަ ކައިވެނިވެސް ނުކުރީސް.. އެކަމް މިހާރު އިނގިއްޖ ސިރުމީނާގެ ހުރި ވަރު.. ހަމަ މިހާރު މިގެއިން ނިކުމޭ… އެންމެ ހިނދުކޮޅަކުވެސް ކަލެ އަކަށް ދެން ނުހުރެވޭނެ..” ބައްޕަ ކެތްނުވެގެން އައިސް ދޮންމަންމައާ ދިމާލަށް ބުނެލިއެވެ. ގަބޫލު ނުކުރެވިފަ ފާޑަަކަށް ބައްޕައަށް ބަލަހައްޓައިގެން ބަސް ހުއްޓިފަ ދޮންމަންމަ ހުއްޓެވެ.
” މި ބުނީނު ނިކުންނާށޭ… އަޑެއް ނީވޭތަ.. އަދިވެސް ބަލަހައްޓައިގެން ތިހިރީ އޯ.. ދެންވެސް ބުނޭ ތިމަންނަގެ ގެޔަކޭ..” ބައްޕަ ރުޅިގަދަ ވާންފެށިއެވެ. ބައްޕަ ކުރިމަތީގަ ބަހެއް ބުނެލާނެ ހިތްވަރެއް މަންމައަކަށް ނުލިބުނެވެ. ކުއްވެރިޔަކު ފަދައިން ގޭތެރަށް ވަދެގެން ދިޔައެވެ.
” ސިރުމީނާ މިއަދު ހަވީރުވާން ވާއިރަށް ކަލޭ ޖެހޭނެ މިގެއިން ނިކުންނަން.. ކަލެޔާ ގުޅުން ހުރި އެއްޗެއްވެސް ފެނިގެން ނުވާނެ މިގޭތެރެއިންނެއް..” މަންމައަށް އަޑު އިވޭވަރަށް ބައްޕަ ބުނެލިއެވެ.
ހައިކަލްގެ އެދުމަށް ހަވީރު ވަންދެން އެގޭގަ މަޑުކޮއްލަން ބައްޕަ ނިންމިއެވެ. ނާރީއަށް އަހަރެން ފެނުމުން އުފަލުން އައި ގޮތުން ހީވަނީ މައިމީހަކަށް ގެއްލިފައިވާ ދަރިއެއް ފެނުނުހެންނެވެެ. އަހަރެން ނާރީއަށް މަންމައާ ބައްޕަ ތައާރަފް ކޮއްދިނީމެވެ. އެދުވަހު ހަވީރުވަންދެން ބައްޕަމިނާއެކު އުޅެން ޖެހުމުން ހައިކަލްއާ ވަކިން ބައްދަލް ކޮއްލެވޭނެ ފުރުސަތެއްވެސް ނުލިބުނެވެ.
” އައި މިސް ޔޫ ބޭބީ ގާލް.. އަސްލު ބޭބީ އައިމަ ބޭނުން ވީ ބޭބީއަށް މިގޭ ތަންތަން ދައްކާލަން.. މިގޭގަ އެހާ ދުވަހު އުޅުނު އިރުވެސް ތަންތަން ފެނިފައެއް ނުވެއެއްނު… ބައްޕަމެން ތިއްބާ އެކަމް ނުވެސް ކެރޭނެއްނު.. އެހެން ފަހަރަކު އަންނާނީ ދޯ..” ޖެހިގެން އިން ސޯފާގަ އިނދެ ހައިކަލް މެސެޖް ކޮއްލުމުން އަހަރެންނަށް ހިނިވެސް އައެވެ.
” ދަރިފުޅާ ހާދަ ހެވިފަ..” މަންމައަށް އަަހަރެން ހެވިފަ އިންތަން ފެނިގެން ސުވާލުކޮއްލިއެވެ.
” ބައްޕައަށް އިނގޭ ތި ދެކުދިން ތި ތިބީ ކައިވެނީގެ ވާހަކަ ދައްކަން ބޭނުންވެފަކަން.. އެކަމް ބައްޕަމެން ބޭނުން ވަނީ ޔަލްއަދި ކިޔަވަން.. ކިޔަވާ ނިމިގެން ތި ދެކުދިން ހަމަ ކައިވެނި ކުރަންވީ..” މަންމަވެސް ބައްޕަގެ ނިންމުމަށް ތާއީދުކުރިއެވެ. ބައްޕަ ބުނީ އަހަރެން އުންމީދުކޮއްގެން ހުރި ފަދަ ވާހަކައަކަށް ނުވި ނަމަވެސް ބައްޕަ ބުނި ވާހަކަ އަހަރެންނަށްވެސް ގަބޫލުކުރެވުނެވެ. މަންމައާ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމުން އެމީހުން އަހަރެންނާ ދޭތެރޭ ވިސްނާނެކަން އަހަރެންނަށް އިނގެއެވެ. ކައިވެނި ކުރަން ވިސްނާނީ އަމިއްލަ ފައިމައްޗަށް ތެދުވުނު ދުވަހަކުންނެވެ. ހައިކަލްވެސް އަހަރެންދެކެ ލޯބި ވަންޔާ އިންތިޒާރު ކުރާނެ ކަން ޔަގީނެވެ. ހައިކަލްއާ ދިމާލަށް ބަލާލުމުން އޭނަ ބޯޖަހާލީ އޭނަވެސް އެނިންމުމަށް ގަބޫލޭ ބުނާފަދަ ގޮތަކަށެވެ.
” ޔަލްގެ އެކްސިޑެންޓް ކޭސް އަހަރެން ވަރަށް ރަނގަޅަށް އިންވެސްޓިގޭޓް ކުރިން.. ބޮޑަށް ބެލެވެނީ މީހަކު ގަސްތުގަ ޔަލްއަށް އަނިޔާއެއް ދޭން ސައިކަލަށް ކަމެއް ކޮއްފަ ހުރިހެން.. ” ހައިކަލް ވިސްނުންތެރިކަމާއެކު ބުނެލިއެވެ.
” އަހަރެންނަށް އިނގޭ ކާކުކަން.. ސިރުމީނާ ނޫން ދެވަނަ މީހަކަށް ނުވާނެ..އޭނަ އަހަރެންގެ މުދަލުގެ ބޭނުމުގަ ކުރި ކަމެއްކަން ޔަގީން..” ބައްޕަ އެހެން ބުނެލުމުން އަހަރެންނަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. މަންމަގެ އަމަލުތައް ހުންނަ ގޮތުން އެހެން ގަބޫލުކުރަން ފަސޭހަވިޔަސް އަހަރެން އެހެން ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.
” ދެން ލެޓް އިޓް ބީ.. ޔަލް މިހާރު އޯކޭއެއްްނު.. ކޮންމެ މީހަކު ކުރި ކަމެއްވިޔަސް މިހާރު ހުރިހާ ކަމެއްވެސް ރަނގަޅެއްނު.. ދެން ޔަގީން ނުވާއިރު އެވާހަކަ ދެއްކުން އަސްލު ރަނގަޅެއް ނުވާނެ.. ޔަލްއަށް ހީވިޔަސް ޔަލް ގަބޫލެއް ނުކުރަން މަންމަ އެހެން ކަން ކޮއްފާނެ ކަމަކަށް.. ” އަހަރެން މަންމައާ ދޭތެރޭ ވިސްނާލާފަ ބުނީމެވެ. މަންމަ ކިތަންމެ ގޯސްކޮއް ކަންކުރި ނަމަވެސް އަހަރެންގެ ހިތުގަ ދޮންމަންމައަށްވެސް ވަނީ މައެެއްގެ ޤަދަރުދެވިފައެވެ. ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް އެ މަންމަ ފަރާތުން އަހަރެންނަށް ވަނީ ކޮންމެސް ވަރެއްގެ ލޮއެެއްބެއް ލިބިފައެވެ.
އަހަރެން އެހެން ބުނުމުން ބައްޕަވެސް އިތުރަށް އެމައުލޫއަށް ވާހަކަ ދައްކާކަށް ނޫޅުނެވެ.
ހަވީރު ފަހެއް ޖެހިހާއިރު އަހަރެމެން ގެޔަށް ދިޔައީމެވެ. އޭރު ގޭގަ އެއްވެސް މީހަކު ނޫޅެއެވެ. މަންމަވެސް ބައްޕަގެ ބަސް ގަބޫލުކޮއްގެން ނިކުތީއެވެ.
މަންމަ ކޮފީ ހަދައިގެން ގެނެސް ދިނުމުން އެންމެންވެސް ތިބީ ސިޓިންގް ރޫމްގަ ކޮފީ ބޯށެވެ.
” ދަރިފުޅާ ދެން ދޭ އަރާމުކޮއްލަން.. ވަރަށް ވަރުބަލިވެފައެންނު ތި އިނީ..” ބައްޕަވެސް ކޮފީ ބޮއެ ނިމިގެން އެހެން ބުނެފަ ދިޔައީ ކޮޓަރިއަށެވެ.
” މަމްވެސް ދޭ ރެސްޓްކޮއްލަން އަހަރެން ޖޯޑުތަށް ދޮވެލާފާނަން..” އަހަރެން އެހެެން ބުނުމުންވެސް މަންމަގޮސް ޖޯޑުތައް ދޮންްްްނިއެވެ. ހީވަނީ އަހަރެންނާ އެއްވެސް ކަމެއް ކުރަން ހަވާލުކުރަން ބޭނުން ނުވާނެހެންނެވެ.
” މަންްމަ ހުއްޓާ ދަރިފުޅު ނުޖެހޭނެ ކުރިން އުޅުނުހެެން ނޯކަރެއްހެންެ އުޅޭކައް.. މަންމީގެ ޕްރިންސެސް..’ އަހަރެންގެ ބޮލުގަ ފިރުމާލާފަ މަންމަވެސް ދިޔައީ ކޮޓަރިއަށެވެ.
” ހެޕީ ފޯ ޔޫ ބޭބީ..” މަންމަ ދިޔުމުން އަހަރެން ކައިރިޔަށް ޖެހިލަމުން ހައިކަލް ބުނެލިއެވެ.
” ވައި..” ހައިކަލް އެބުނި އެއްޗެއް ނޭންގުމުން އަހާލީމެވެ.
” ޔޫ ގޮޓް ޔުއާ ޕޭރެންޓްސް.. ޔަލްއާ ހެދި މޮޔަވެފަ ދޯ ތިބެނީވެސް..” ހައިކަލް ސަމާސާ ރާގެއްގަ ބުނެލިއެވެ.
” ހައިކްވެސް ދައްކާ ވާހަކަ ދޯ.. ޔަލް މީ އެދެމީހުންގެ ހުރި ހަަމަ އެކަނި ދަރިޔަކީ.. އެންޑް އެހާ ދުވަސްކޮއްފަ ހީވެސް ނުކުރާ ގޮަތަކަށް މިދިމާވީ.. ކޮންމެ މީހެއް ނަމަވެސް މިހެން ވާނެ..” އަހަރެން ބުނެލީމެވެ.
” އަސްލު އައި ވޯނާ މެރީ ޔޫ.. ބައްޕަ ކައިރީ މިއަދު އެވާހަކަ ދައްކަން ނިންމައިގެން ހުއްޓާ ބައްޕަ އެވާހަކަ ފެށީ.. ބަޓް އައި ރެސްޕެކްޓް ހިސް ޑެސިޝަން.. އިނގޭ އެމީހުންވެސް ޔަލްއާ އެކު ޓައިމް ސްޕެންޑް ކުރަން ބޭނުން ވާކަން.. އެހެން ނޫނަސް އަހަރެންނާ މެރީ ކުރުމަށް ފަހު ނުލިބޭނެ އޭ އެހެން މީހަކާއެކު ސްޕެންޑް ކުރާކަށް ޓައިމްއެެއް..” ހައިކަލްގެ ފަހު ޖުމްލަ އިވިފަ ކުޑަކޮށް ލަދުގަތެވެ.
އަހަރެން ހައިކަލް ކޮންޑުގަ ބޯ އަޅާލައިގެން އިރުކޮޅަކު ވަންދެން އޮތީމެވެ.
” ބޭބީ ދެންދޭ ރެސްޓްކޮއްލަން.. ވަރަށް ޓަޔަޑްވެފައެއްނު ތިހިރީ..” ހައިކަލް އަހަރެން ނިތުގަ ބޮސްދެމުން ދާން ހިނގައިގަތެވެ.
އަހަރެންވެސް ކޮޓަރިއަށް ގޮސް ފެންވަރާލުމުން ވަރުބަލިކަން އިހްސާސް ކުރެވުނެވެ. ޖައްސާލިތަނާ ނިދިޖެހުނެވެ. ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ.
” ދަރިފުޅާ ހައިކަލް ގުޅާފަ ބުނެފި އެގެޔަށް މިރޭ ކާން ދާން.. އަވަހަށް ތައްޔާރުވޭ.. މަންމަމިނަށްވެސް ދެންމެ މި ހޭލެވުނީ.. ބައްޕައަށް މެސެޖް ކޮއްފަ އޮތީ.. ނިދާފަ ތިބީމަ ކަންނޭންގެ ނުގުޅީ..” މަންމައެހެން ބުނެފަ ދިޔައީ ތައްޔާރުވާށެވެ. އަހަރެން ހުރީ ކުޑަކޮއް ޖެހިލުންވެފައެވެ. އަދި އަލަށް ހައިކަލް އާއިލާއާ ބައްދަލުވާތީއެވެ. ހައިކަލް މާމަ އެނގުނު ނަމަވެސް ހައިކަލް މަންމައާ ބައްޕައާ އަދި އަލަށްވެސް ދިމާނުވެއެވެ.
” ހެއި ބޭބީ ގާލް މިސްޑް ޔޫ..”
” މިރޭ ޑިނާއަށް އަންނައްޗޭ މަންމައާ ބައްޕައަށް ޔަލް އިންޓޮޑިއުސްވެސް ކޮއްނުދީ އެއްނު މިއުޅެނީ އަދި..”
” ސީ ޔޫ ސޫން..”
ހައިކަލްގެ ދެތިން މެސެޖް ކޮއްފަ އިނެވެ. އަހަރެން އަވަހަށް ތައްޔާރުވާން ފެށީ ނުވައެއް ޖަހަން ތިރީސް މިނެޓަށް ވެފަ ހުރީމެވެ.
ތައްޔާރު ވެގެން ނިކުތް އިރު މަންމައާ ބައްޕަވެސް އަހަރެންގެ އިންތިޒާރުގަ ސިޓިންގްރޫމުގަތިއްބެވެ.
” ހިނގާ އަވަހަށް ދާން.. މިހާރު ނުވައެއް ޖަހަނީ ހައިކަލް ބުނި މި އަންނަނީ އޭ ބަލާ..” ބައްޕަ އެހެންް ބުނުމުން މަންމަމެން ފަހަތުން އަހަރެންވެސް ބޭރަށް ނިކުތީމެވެ. އޭރު ހައިކަލްގެ ކާރު އައިސް މަޑުކޮއްލަނީއެވެ. ބައްޕަ ކުރިއަށް އެރުމުން މަންމައާއެކު އަހަރެން އެރީ ފަހަތަށެވެ. ފަސް މިނެޓްގެ ކުރު ދަތުރަކަށް ފަހު ކާރު އައިސް މަޑުކޮއްލީ ފަސް ބުރީގެ ބޮޑު އިމާރާތެއް ކުރިމަތީގައެވެ.
ސިޓިން ރޫމުގަ ހައިކަލްގެ ބައްޕަމެން އަހަރެމެންގެ އިނތިޒާރުގަ ތިއްބެވެ.
” ދަރިފުޅާ ޔަލްވީ..” އަހަރެންނަށް ރަނގަޅަށް ނުވަދެވެނީސް މާމައައިސް އަހަރެން އަތުގަ ހިފައިގެން އެތެރަށް ވެއްދިއެވެ. ހައިކަލް މަންމައާ ބައްޕައަށް އަހަރެމެން ތައާރަފް ކޮއްދިނެވެ.
” އަނހާ ޝަރީފް..” ބައްޕަ ހައިކަލްގެ ބައްޕަ ފެނުމުން ބުނެލިއެވެ.
ބައްޕައާ ހައިކަލް ބައްޕަ ވީ ސްކޫލް ދައުރުގެ ދެ ރަހްމަތް ތެރިންނަށެވެ. ގިނަ ދުވަސް ވެފަ ދިމާވީމަ ތަފާތު ވާހަކަތައް ދެއްކިއެވެ. ހައިކަލް ދޮންމަންމަވެސް އަހަރެންނަށް އެހާހެވެ. ތަފާތު ވައްތަރުގެ ކާނާއިން މޭޒުމަތި ފުރާލާފަ ވާއިރު އެންެމެން ތިބީ ކެއުމަށް އިންސާފް ކުރާށެވެ. ކެއުމުގެ ވަގުތުގަވެސް އެކަކުވެސް މާގިނަ ވާހަކަ އެއް ނުދައްކައެވެ. ރީތިއާދަ އަކަށް ވީމަ ކަންނޭންގެއެވެ. ހައިކަލް މަންމައާ ބައްޕަވެސް ތިބީ ވަރަށް އުފަލުންނެވެ.
” ހައިކަލް މާ މަޑުން ހުންނާތީ އަހަރެން ހިޔެއްވެސް ނުކުރަން އަވަހަކަށް ޅީދަރިއެެއް ލިބޭނެ ކަމަކަށް.. އެހެއްނު ވާނީ އަންހެން ކުއްޖަކާ އަނގައިން ބުނާތަންވެސް ފެންނަނީކީ ނޫންވިއްޔާ..” ކައިގެން ސޯފާގަ ހަމަ ޖެހިލަމުން ހައިކަލް ބައްޕަ ބުނެލިއެވެ.
އަންހެންކުއްޖެއް ހެން ލަދުރަކިކޮއް ހައިކަލް އިންތަން ފެނިފަ އަހަރެން ގާތަށް ހިނިވެސް އައެވެ.
” ޔޫ ލުކް ލައިކް އަ ގާލް..” އަހަރެން މަންމަމިނަށް ސިއްރުން މެސެޖް ކޮއްލީމެވެ.
” ހެހެ.. ރިއަލީ..” ހައިކަލްވެސް ސިއްރުން މެސެޖްކޮއްލިއެވެ.
” ދަރިފުޅު ވާނެ އިނގޭ ދެން މިގެޔަށް އަންނަން.. އަދި އުޅޭނެ ލީމް އާ ލީންވެސް.. އެދެކުދިން ނިދައިފި މިހާރު..” ހައިކަލް މަންމަ އެހެން ބުނުމުން އަހަރެން ސުވާލުން ފުރިގެންވާ ނަޒަރަކުން ހައިކަލްއަށް ބަލާލީމެވެ.
” ހައިކްގެ ކޮއްކޮމެން ތިބޭތަ..” ހައިކަލްގެ ކޮއްކޮއެއް ހުންނަ ކަމެއް ކުރިން ނުބުނާތީ އަހަރެން ހިތުގަ އުފެދުނު ސުވާލުކޮއްލީމެވެ.
” ނަސްރީނާ މާ ކުދިން ގެންގުޅޭހިތްވާތީ އެޑަޕްޓް ކުރި އެއްމާބަނޑު ދެކުދިން އެއީ.. ކުޑަކުއްޖެއް ނެތިއްޔާ ގޭތެރެވެސް އޮންނަނީ ނުލާހިކު ފަޅުކޮއް ވިއްޔާ.. ” އަހަރެން ކުރި ސުވާލަށް ޖަވާބުދިނީ ހައިކަލް ބައްޕައެވެ.
” މިއަންނަ ހުކުރު ދުވަހު އަހަރުން ގެޔަށް އިނގޭ މެންދުރު ކާން އަންނަން ވާނީ.. ދެން އޮންނާނީ އަހަރެމެންގެ ފަހަރެއްނު…” ގެޔަށް ދާން ނިކުންނަމުން ބައްޕަ ބުނެލިއެވެ.
” އޯކޭތަ އަޅުގަނޑު ޔަލް ގޮވައިގެން ދުއްވާލަން ދިޔަސް..” ކާރު އައިސް ގެ ކައިރީ މަޑުކޮއްލަމުން ހައިކަލް ބައްޕައާ މުހާތަބްކޮއް ބުނެލިއެވެ.
” އޯކޭ.. އެކަމް މާ ދަންވަންދެން ބޭރުގަ ނޫޅެއްޗޭ.. ” ބައްޕައާ މަންމަ ގެޔަށް ވަނުމުން ހައިކަލް ކާރު ދުއްވާލިއެވެ.
” މިހާރު ހާދަ ގަޓް ހުރެޔޭ ދޯ.. ޔަލް ހީކުރީ ހައިކްއަށް ނުކެރޭނެ ކަމަށް ބުނަން..” އަހަރެން ހައިކަލްއާ ދިމާ ކޮއްލީމެވެ.
” އެހެންތަ.. ގަޓް ހުންނަކަން ދައްކާލަންވީތަ ޔަލްއަށް..” ހައިކަލް ލާނެތް ކަމާއެކު ބުނެލިއެވެ.
” ނޯ ތެންކްސް..” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
ހައިކަލް ކާރު ދުއްވަން އިނދެ އެއްއަތުން އަހަރެންގެ އަތުގަހިފާލިއެވެ. އަދި ބޮސްދިނެވެ. ހައިކަލް ކޮއްލާ އެފަދަ ލޮބުވެތި ކަންތަކުން އަހަރެންގެ ހިތް ލޯބިން ފުރެއެވެ.
ހައިކަލް ކާރު ޕާކުކޮއްލީ ހައިކަލްމެން ގެ ކައިރީގައެެވެ.
” މިހާރު ވަރަށް ފަޅުދޯ ގެ.. ޒައިން ނެތީމަ..” އަހަރެން ގެޔަށް ވަންނަމުން އަހާލީމެވެ.
” ހޫމް.. އެކަމް އޭނަ ހަނީ މޫން ޓްރިޕް ނިންމާފަ އައިޝާ ގޮވައިގެން އަންނަ ވާހަކަ ދެއްކި.. ދެ އަހަރު މިކޮޅު ވަޒީފާގަ އުޅެފަ އެއްކޮށް ގައުމަށް ބަދަލުވާން..” ޓެރަހަށް އަރަމުން ހައިކަލް ބުނެލިއެވެ.
” ވާއު..” ޓެރަސް ހިތްގައިމު ކަމުން އަހަރެންނަށް ބުނެލެވުނެވެ. ޓެރަހުގެ އެކި ދިމަ ދިމާ މާޕޮޓް ތަކުން ޒީނަތްތެރި ކުރެވިފައި ވާއިރު އެއް ފަރާތުގަ ހުރީ ވާރޭ ނުވެހޭ ގޮތަށް ހިޔާކޮއްފަ ސޯފާ ބަހައްޓާފަ ހުރި ތަނެކެވެ. އެއީ ނާރީ ބުނި ހައިކަލް ފޮތް ކިޔަން އިންނަތަންކަން އަހަރެންނަށް ނަގައިގަނެވުނެވެ. މުޅިތަނަށް ވެރިވެފަވަނީ ފަނޑު އަލި ކަމެކެވެ. ހައިކަލް އަހަރެން އަތުގަ ހިފާލައިގެން އައިސް ސޯފާގަ ބޭންދިއެވެ. އަހަރެންނާ ހަތަރު ކަޅި ހަމަކޮއްލިއެވެ. އެ ފުން ދެލޮލުގެ ޖާދޫގަ ޖެހިފަ އަހަރެންނަށްވެސް ބަލަން އިނދެވުނީއެވެެ.
” އައި ލަވް ޔޫ ސޯ މަޗް ބޭބީ ގާލް.. ” ހައިކަލް ވައި އަޑުން ބުނެލިގޮތުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.
އަހަރެން ހައިކަލް ގައިގަ ބައްދާލަމުން ލަވް ޔޫ ޓޫ އޭ ބުނީމެެވެ. އެރޭ ދެމީހުން އެކަކު އަނެކަަަކަށް އެތަކެއް ވައުދު ތަކަކާ އަހުދު ތަކެއް ކުރީމެވެ. މިވަގުތު ކައިވެނި ކުރެވެން ނެތަސް ކައިވެނި ކުރެވެންދެން އެކު އުޅުމަށް ވައުދު ވީމެވެ. އަހަރެންގެ ދިރިއުޅުމަށްވެސް ބަހާރު މޫސުން އައީއެވެ. ދިރިއުޅުމުގެ އުފާތައްލިބެން އޮތީ ކެތްތެރި ވެވިގެންކަން އަހަރެންނަށް ވިސްނުނެވެ. އަހަރެންގެ ދިރިއުޅުމުގަ ދިމާވި ހުރިހާ ކަމަކާ ކެތްތެރިކަމާއެކު ކުރިމަތި ލުމުން އޭގެ ނަތީޖާވެސް ފޮނިވީއެވެ.
ނިމުނީ 
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
65 Comments!
Comments are closed.





Moral of the story: Things may not happen the way you want. but it doesn’t mean you need to give up. Face all the difficulties with confidence. Everything will come to you at the right moment..
Don’t Cry over your past. Always remember everything happens for a good reason. and learn from your mistakes. ❤
Eyi nimunee alhy hada dera ey pis pis dhigu kohli nama vv reethi
Thankx & sorry ehaa dhigukoh last part nugenesdhevunyma ❤
Varah reethi mi bai ves.. Nimmaaly.dho ..
Thankx Aimsithu.. Yes nimunee ❤
Varah reethi nimun….whole story ves hama v reethi….
Thankx Pinkish ❤
Ea dhe meehun marry nukury keehvve tha alhe??
Aslu I am planning to continue this story after my exam.. mivaguthah ninmaalan jehunma mrry nukuru v ❤
Wow…nice part and moral too. Ekamu maakuree…kiyakiyaa indha nimunuiruves neyngunu…when is the next part? Waiting ❤❤❤
Thankx Naash. Mivaguthah story ninmaaly ❤
Full story vrh habeyxx.. n moral too.. bt vrh dheravey stry nimunyma.. bt waitin 4 ur nxt stry dear!!
Thankx kitty ❤
Nimuneetha
yes dear ❤
Ooops..nimuneedhoo…will miss this story. Story v reethi.
yes nimunee.. Thankx Naash ❤
Marry kuruvaafa nimi nama vvv salhi vees.. But vvv reethi vahaka.. Thnxx
Thankx Fthoo.. Aslu mrry nukuru v exam ninmaafa story continue kuran. Due to my studies mivaguthah ninmaalan jehuny ❤
Vvv lobi STORY igey thanku so much for shear u r STORY
Thankx sam ❤
Always welcome mimmi 🙂
BEST OF LUCK
U
R Exam mimmi
❤️
<3
❤
alheyy … varah salhi. ekam dhen ok stry continue kuranyaa.. btw exam nimenee kn dhuvahaku ? waitinnnn ???
Thankx Zee ❤️ April fesheythaaga story upkohdheynan In Sha Allah ❤️
Alhe ninmaaly tha?
Are you gonna start a new story?
Will continue this story After the Exam ❤️
Varah varah nice mi story . Kon irakun dhn story continue kureyveynee. Aslu e dhemeehun marry kuruvinama. But story varah salhi ❤loved it ❤
Thankx Girl ❤️
Dhn hama vaahaka hama ninmaalee ey dho.. V kiyaahithun indhaa vaahaka e nimuny..
? ? ? ?
Will continue this story After the Exam ❤️
Mimmi thenxx v bodah…. n v v v rythi mi story… waitin to again ur next hageegee storyy akah?????❤❤??????
Thankx Nish ❤️
Alhe noon nimuny tha??kada dhw. Plx continue kurahchey avahah. Best of luck exam ah.
N new stry eh nama vx up kurahchey nge. N v baivaru sup thakaa ekii nge dhn stry continue kuraany??
Thankx Akko. Will try my best ❤️
Wow speechless. Exam nimuneema mi story ge new season eh genesdhey vaahaka tha thi bunee?
Thankx faathee. Yes In Sha Allah will continue the story ❤️
Mimmi exam nimmaafa story continue kiraanan dhw? Plzz story v salhi. M going to miss dis story
Thankx Shaaa ❤️
Vrh reethi ❤❤❤
Thankx Shahu❤️
Masha allah this story is really speechless. Bt ending ehaa salhieh noon ekam fahun continue kuraavaahaka bunyma varah happy. So keep going. I’m curiously waiting for next paresults. Konirakun exam nimeny?
Thankx Aff. April kureekolhu I will upload the story ❤️
*next parts.
N good luck for your exam. Wish u aLloyd the best. Love u 8?
Thankx Aff❤️
Woaaah. ?? this part and the story is awesome.. I just wanna say there is something which is lacking I mean each part needs some important things which r lacking and ekan faahga kurevuny fahupart thakah aiima and cx of it vrh avas avas eruvifa part thah nimifa hury but I know u were busy and ehnve fahupart thakah ehaa bodu changes aii. But overall kh story vrh nice and keep it up darling. ???And good luck with ur exams and waiting for some new works from ???❤
Thankx Ryn ❤️ Yah Aslu fahu part thakuga maa avas aruvaalevifa hury. Next storyga ebai rangalhu kohlaanan In Sha Allah ❤️
Its beautiful mimmi
Thankx Lovely girl ❤️
Mi story nimuneema haadha dhera ey:-(:'( anyway mi story is awesome. … waiting for the next story.. MimmI best of luck with ur exam
Thankx Reexa ❤️
varah hadi nihmaali goih
Continue kuraairu ebai rangalhu vaane ❤️
nihmun ehaa reehcheh noon
Continue kuraairu ebai rangalhu vaane ❤️
vrh loabi story eh… hurihaa part akah comment nukuriyas kiyan ingey hurihaa part eh ves… waiting for another story mimmi…..
Thankx Chum ❤️
Wow. varah salhi story. One of the unique story i have ever read. Then fahun continue kuraa gothah iyya ninmun ehaa hadi ekey nubunaanan.. Waiting for your new story.
Thankx Kaina ❤️
Mimmi ge stories tha varah reethi..Mi vaahakaves varah salhi ryn buni gothah last parts maa avasvefa avahah story thinimuneeves..but its really beautiful..mivaahakaige continuation tha dhen kiyaahihvanee..??keep it up..Nd Beynun MimMi New story eh varah avahah kiyaalan..?
Thankx Shaxu. mimmi first mi site ah liyunu story mihaaru eba upkuran. hope you’ll like it ❤️
Varah reethi and author aku ves hama mimmi kiyaa kujjakah vynma aslu mi story read kury ves. .. varah salhi.