Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމަންޓް 4ބީ (ހަތަރުވަނަ ބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
February 27, 2017 4 Mins Read
17 Comments

އިރުކޮޅަކުން މީހަކު އަހަރެންގެ ގައިގައި ބީހެން ފެށިއެވެ. އަދި އަންނައުނު ބާލުވާ އުކާލިއެވެ. އެހިސާބުން އަހަރެންވެސް ލޯހުޅުވާ ތެޅިގަތީމެވެ. ނަމަވެސް އެއީ މާކުރިން ވެސް އެހެންވާނޭކަމަށސް ތައްޔާރުވެގެން ހުރިކަހަލައެވެ. އަހަރެންގެ އަތާފައި އެއްސުމަށްފަހު އަނގަޔަށް އަހަރެންގެ ނައިޓީ ގެންވުމަށްފަހު މަޑު މަޑުން ނިޒާމްބެ އަހަރެންނާ ގާތް ވަމުން ދިޔައެވެ. އަހަރެންވެސް ތެޅިފޮޅެމުން ދިޔައީ މިނުބައި އަމަލު ހިންގާ މީހާގެ ވަކިތަކުން ސަލާމަތް ވެވޭތޯއެވެ.

އަހަރެންގެ ނަސީބުވެސް އަހަންނަށް ފިލީއެވެ. އަހަރެންދެކެ ލަދުންނެވެ. އެ ނުބައި މީހާ އަހަރެން ރޮއެރޮއެ އޮއްވާ އަހަރެންގެ ގަޔަށް އަރައިގަތެވެ. އަހަރެން ކިތަންމެ ވަރަކަށް ހަޅޭއްލަވަމުން ދިޔަޔަސް އެކަކުވެސް ނުހޭލާނޭކަން އިނގެއެވެ. އެންމެ ފަހުން އަހަރެންނަށް ނިދުނީ ކަމެއް ނުވަތަ ހޭނެތުނީކަމެއް ނޭންގެއެވެ. ލޯހުޅުވާލެވުނު އިރު އޮވެވުނީ ގުދަނެއްކަހަލަ ތަނެއްގައެވެ. އޮވެވުނީ އެނދެއް މަތީގައެވެ. ހިރި ނުލެވޭވަރަށް އެނދާއެކު އައްސާފައިވީއިރު ގައިގައި އެއްވެސް ފޭރާމެއް ނެތެވެ. ބޭއިހުތިޔާރުގައި އަނެއްކާވެސް ރޮވެންފެށުނެވެ. އަހަރެންގެ ކުށަކީ ކޮބާތޯ އަމިއްލަ ނަފްސާ އެތައްފަހަރަކު ސުވާލު ކުރެވުނެވެ. އިންރިހާއަށް ބަނޑުހައި ވެފައިވާކަން ވެސް އިހުސާސް ކުރެވުނީ މާފަހުންނެވެ.

އަވަސް އަވަހާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. ކާކަހަލަ އެއްވެސް އެއްޗެއް ނެތެވެ. އަހަރެންގެ ފޮށިވެސް އެތާ ހުއްޓެވެ. އެނުބައި މީހާ އަހަރެން ގެނަސްގެން މިއުޅެނީ ކޮންތާކަށް ހެއްޔެވެ؟ އަހަރެން ސިހުނީ ބާ ދަގަނޑު ކހޭ އަޑަށެވެ. އޭރު ދޮރު ހުޅުވުމަށް ފަހު ނިޒާމްބެ ތައްޓެއް ހިފައިން ވަންނަނީއެވެ. އައިގޮތަށް އައިސް އަހަރެންގެ އަނގަޔަށް ހުސް ބަތް ގަންނަވަން ފެށިއެވެ.

ކިތަންމެ ބަނޑުހައި ވެފައި ވީނަމަވެސް މިފަދަ ގޮތަކަށް ކާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން އެންމެފަހުން އަހަރެން ކުޅުޖެހީމެވެ ބަތްތަކާއެކުގައެވެ.”އޭ ކަލޭ މާ ފޮނިވާނެކަމެއް ނެތް. މިހާރު ކަލޭ ދުނިޔޭގައި ނެތްކަމަށް އެންމެން ނިންމައިފި. ފަސް ދުވަސް ވީއިރުވެސް ގެއްލުނު ކުޑަކުޑަ ކުއްޖެއް ނުފެނުނީމަ ނިންމާނީ އެގޮތަށްތާ ދޯ..ހަހަހަހަ.. މިހާރު ކަލޭތީ ދުނިޔެއަށް މަރުވެފަވާ މީހެއް. އަސްލު ދޯ ކަލޭގެ އާއިލާ މީހުންވެސް ހާދަމޮޔައޭ އަހަރެންގެ ހިތަށް އަރަނީ..ހަހަހަ އަދިވެސް ހަމަ ހޯދަނީ ހޯދަނީ….އެކަމަކު އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ނުހޯދޭނެ.” އެވިހަ ބަސްތަކުން އަހަރެން ރޮއްވާލިއެވެ. ރޮއެރޮއެ އަނެއްކާވެސް އަހަންނަށް ނިދުނެވެ.

އެދުވަހުގެ ފަހުން އަހަރެން ދިރިއުޅެމުން އައީ ވަރަށް ވެސް ހިތްދަތި ދިރިއުޅުމެވެ. އެތައްބަޔަކު އަހަރެންގެ ފަރާތުން އުފާ ހޯދަމުން ދިޔައެވެ. އަހަރެން ރޮއެރޮއެ އޮވައެވެ. ހިތާމައިގައި ދުވަސްތައް ގުނަމުން ގޮސް ފަންސަވީސް އަހަރުވީއު ލޯބި ލޯބި އަންހެން ކުއްޖަކު ލިބުނެވެ. ނިޒާމް ކިތަންމެ މަސްކަތް ކުރިޔަސް ﷲ ގެ ވާގިފުޅާއެކު އެމައުސޫމް ދަރިފުޅު ވައްޓައެއް ނުލެވުނެވެ. ނުވަމަހަށް އަހަރެންގެ ހަށިގަނޑުން ވޭންއެޅުން ހުއްޓުނެވެ. އެއީ ކާކުގެ ކުއްޖެއްކަން ނޭންގުނަސް އަހަރެން އެދަރިފުޅުދެކެ އިންތިހާއަށް ލޯބިވީމެވެ. އަހަރެން ނިޒާމް ލައްވާ ވައުދު ކުރުވީމެވެ. އެދަރިފުޅަށް ގެއްލުމެއް ނުދިނުމަށެވެ. އޭރުން އަހަރެންވެސް އެއްވެސް ގަދަ ހެދުމެއްނެތި ނިޒާމް ބުނި ވަރަކަށް ފައިސާ ހޯދަދޭނެކަމަށް ބުނަމުންނެވެ.

ހިތްދަތިކަން ފޮރުވަމުން ދަރިފުޅަށް ލޯބިދެމުން އަހަރެންގެ ހަޔާތް ވެއަތުކުރަމުން ގެންދިޔައީމެވެ. އެގޮތުން ސަމާއަށް ފަސްއަހަރު ފުރި ތަންދޮރު ކޮންމެސް ވަރަކަށް ވަކިވާވަރު ވިއެވެ. މިއަދު ހެނދުނުވެސް އަހަރެން އަބަދު ރޮނީ ކީއްވެތޯ ނިޒާމްގާތު އެހިއެވެ. ޖަވާބު ވަރަށް ވެސް ހިތްޗެވެ. އެ ސުވާލްކުރުމުން ނިޒާމް ސަމާ ކޮއްޕާލުމާއެކު ފާރުގައި ބޯޖެހުނެވެ. އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ނަމަވެސް ނިޒާމް ދިއުމާއެކު ކޮންމެސް ދައްތައަކު ހުރި ވާހަކަ ބުންޏެވެ.އެމީހަކަށް އަހަރެމެން ފެނުނީތާއެވެ. ނިޒާމްއަށް ވެސް އެކަން އެނގުނީކަންނޭންގެއެވެ. އަހަރެމެން އުޅޭގެ އަނެއްކާވެސް ބަދަލްކުރިއެވެ. ބޯޅަ ދަނޑު ކުރިމަތީ ހުންނަ ގެއަކަށެވެ. އާދައިގެ މަތިން އަހަރެން މޫނު ބުރުގާ އެޅުމަށްފަހު މިގެއިން މިނިކުންނަނީ އެވެ. މިފޮތް މިބާއްވަނީ ސަމާ އެބުނި ދައްތަ އަދިވެސް އަންނާނެކަމުގެ އުއްމީދުގައެވެ. އަހަރެމެން މިގޭގައި ނެތަސް އަހަރެމެން ހޯދައިގެން މި އަނދަވަޅުން އަހަރެމެން ސަލާމަތްކޮއްދޭށެވެ……..

****************************************************************

އެ ފޮތް ކިޔާ ނިމުންއިރު ފަރްހީންއަށް ރޮވިއްޖެއެވެ. އެފަދަ ދެރައެއް އެހާ ޅައުމުރުގައި އެ ކުއްޖާއަށް އެ ނުބައި މީހާ ދިނީ ކިއްވެގެންތޯ ފަރްހީންގެ ހިތަށްއަރަމުން ދިޔައެވެ. ސަތާރަ އަހަރު އެކުއްޖާއަށް އެތަކުލީފުތަކާ ކުރިމަތިވަމުން ދިޔައިރު ހަމަ އެއްވެސް މީހަކަށް ނޭންގުނީބާވައެވެ؟ އެރޭ އެއްވެސް ވަރަކަށް ފަރްހީންއަކަށް ނުނިދުނެވެ. އެ ފޮތުގައިވާގޮތުންނަމަ އެ ނިޒާމުއަކަށްވެސް ފަރްހީން އިނގޭނެއެވެ. އަދި އެކުޑަކުއްޖާއަށްވެސް މެއެވެ. ނަމަވެސް ފަރްހީންއެކަނި އެމީހުންނާ ކުރިމަތިލާނީވެސް ކހިނެއް ހެއްޔެވެ؟ އެޅެ އުޅެވެސް ފަރްހީންއަކަށް ގޮތެއް ނުނިންމުނެވެ.

ދުވަހަކީ ހުކުރު ދިވަސް ކަމުން ޝަމްހާން ދުވަންދާން ހޭލިއެވެ. އެއީ އާދަވެގެން ކޮންމެ ހުކުރުދުވަހަކުވެސް ޝަމްހާން ކުރާކަމެކެވެ. ނަމަވެސް މިއަދު އޭނާ އޭނާގެ އާއިލާމަތިން ހަނދާންވަނީއެވެ. ކީއްވެ ކަމެއް ޚުދު އޭނާއަކަށްވެސް ނޭންގެއެވެ. އެންމެފަހުން ޝަމްހާންގެ އުފަން ރަށުގައި ދިރިއުޅޭ އޭނާގެ ބައްޕައަށް ޝަމްހާން ގުޅާލިއެވެ. “ބައްޕާ….ކޮބާ ކިހިނެއްތޯ؟ އަޅުގަނޑު މިއަދު ބައްޕަމަތިން މާ ބޮޑަށް ހަދާންވަނީ…މިކުޅަށް ދުރުވާކަށް ނުވިސްނަންތޯ؟” އަބަދުވެސް ޝަމްހާންއަކީ އޭނާގެ ބައްޕައާ ހުރިހާކަމެއްވެސް ހިއްސާ ކުރާ ކުއްޖެކެވެ. މިފަހަރުވެސް ތެދު ތެދަށްބުނީ އެހެންވެ ކަންނޭންގެއެވެ.

“ދަރިފުޅާ…ދަރިފުޅަށްވެސް އިނގޭނެ މަންމަ އަހަރުމެން ދޫކޮށް ދިޔަ ފަހުން ބައްޕަ މިރަށުން ނުފައިބާކަން. ބައްޕަވެސް ނިމިދާން ބޭނުންވަނީ މަންމަ ވެސް އަދި ދަރިފުޅުގެ ދައްތަގެ ވެސް ހަނދާންތައް ވަޅުލެވިފައިވާ ފަސްގަނޑުގަ.” ބައްޕަ ދެއްކި ވާހަކައިން ޝަމްހާން ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އަދި މަންމަ އާ އޭނާގެ މަރުވެފައިވާ ދައްތަގެ ހަނދާންތައް އިތުރު ވެގެން ދިޔައެވެ. އެހެން ކަމުން އެންމެ ރަނގަޅުކަމަށް ބުނެ އަވަހަށް ފޯނު ބާއްވާ އެންދުގައި ޖައްސާލިއެވެ. ޝަމްހާންގެ ވިސްނުމާ ހިޔާލް ދަތުރު ކޮއްލީ މީގެ އަށާރަ އަހަރު ކުރިޔަށެވެ.

****************************************************************

ޝަމްހާން އާ އޭޏާގެ އާއިލާ ދިރިއުޅެމުން އައީ އެމީހުން ގެ މަންމަ އާބައްޕަގެ އުފަންރަށުގައެވެ. އަދި އެމީހުންގެ ވެސް އުފަން ރަށުގައެވެ. ޝަމްހާން އަށް އުމުރުން ހަތަރު އަހަރެވެ. ނަމަވެސް އޭނާއާކަށް ވާހަކައެއް ނުދެއްކެއެވެ. ނަމަވެސް ވާނުވާ ރަނގަޅަށް އެނގޭ ވިސްތޫނު ކުއްޖެކެވެ. ޝަމްހާން އޭނާގެ ފުރާނަފަދައިން އޭނާގެ ދައްތަދެކެ ލޯބިވާއިރު އެއީވެސް އޭނާގެ ހަޔާތުގައި މަންމަގެ ދަރަޖަ ދެވިފައިވާ މީހެވެ. އޭނާގެ ދައްތަ އަކީ މުޅި ރަށުގައި ވެސް ހުރި އެންމެ ރީތި ކުއްޖާއެވެ. އެކަން ޝަމްހާން އަށްވެސް އިނގެއެވެ. އަދި ހަމައެހެންމެ އެއްބައި މީހުންގެ ބެލުންތަކުގައި ތަފާތު ކަމެއް ހުންނަކަން ވެސް އެޅަސިކުނޑި ދެނެގަނެއެވެ. މިއާ ޚިލާފަށް އޭނާގެ ދައްތަ އަކީ ވަރަށް ޅަހިޔާލު ހުންނަ ކުއްޖެކެވެ. އަބަދުވެސް ޝަމްހާން ގާތު އޭނާގެ ދައްތަ ބުނެއެވެ.” ކޮއްކޮ ދޯ…..ދޮން ބޭނުމީ ކޮއްކޮ ވާހަކަ ދައްކާ ދުވަސް ބަލަން. އެއީ ދޮން މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސް.” ޝަމްހާން އަބަދުވެސް އެ ވާޙަކަ ބުނުމުން އޭނާގެ ދޮން ގައިގައި ބައްދާލައެވެ.

ނަމަވެސް ހަޔާތުގެ ކުޅިބައި އެތުރިފައިވާ ގޮތެއް އިނގޭނީ ފަހެ ކޮން އިންސާނަކަށް ހެއްޔެވެ؟ ޖެހިގެން އައި އަހަރު ކިޔަވަން އޭނާގެ ދޮން ފުރީ އެތަށް ފަހަރަކު އޭނާގެ ގައިގައި ބައްދާފައެވެ. ތިން މަސް ފަހުން އޭނާގެ ދޮން ގެއްލުނީއެވެ. އެންމެން ރޮއްވާލަމުންނެވެ. ތޭރަ އަހަރުގެ އަންހެން ކުއްޖަކު ގެއްލުނު ހަބަރު ހުރިހާ ނޫހެއްގެ ފަލަސުރުހީގައި ލިޔެވުނެވެ. ދެ ހަފްތާ ފަހުން ފުލުހުންވެސް ޝަމްހާންގެ ދޮން ހޯދުމުގެ މަސައްކަތް ހުއްޓާލިއެވެ.  އެ އަހަރުވެގެން ދިޔައީ ޝަމްހާންމެންގެ އާއިލާއަށް އައި ވަރަށްވެސް ބޮޑު ހިތާމައަކަށެވެ. ޝަމްހާންއަށް ވާހަކަ ދެއްކުނީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ. އެތަން ދެކޭކަށެއް އޭނާގެ މަންމަ އެއްވެސް ދޮން އެއްވެސް ނެތެވެ. މަންމަ ވެސް ހަމަ އެހަރުތެރޭ ނިޔާވީ ލިބުނު ހިތްދަތިކަމަށް ކެތްނުކުރެވިގެން ތިން ހާރޓް އެޓޭކް ޖެހުމަށްފަހުގައެވެ. އޭގެ ފަހުން ޝަމްހާދިރިއުޅުނީ އެކަނިވެރި ދިރި އުޅުމެކެވެ. ބައްޕަގެ ލޯތްބާ އަޅާލުމާއެކުއެވެ.

****************************************************************

މަޒީގެ އުކިފައިވާ ގަނޑުތަކުގެ ތެރެއިން ނިކުމެވުން އިރު ޝަމްހާންއަށް ވަނީ ރޮވިފައެވެ. ފުރޮޅިލަ ފުރޮޅިލާ އެނދުމަތީ އޮއްވާ ފަރްހީން ގުޅަންފެށިއެވެ.” ޝަމް…އަމް.. ކެން އައި ކަމް އޯވާ..؟ އަސްލު މިއަދު ވަރަށް އެކަނި ފީލް ވާތީ… އެންޑް މަންމަމެން މަތިންވެސް ވަރަށް ހަނދާންވޭ… އައި ޑޯންނޯ ވަޓްސް ރޯންގް” ފަރްހީން ވެސް މިއަދު އުޅެނީ އެކަނި ވާތީއެވެ. މަންމަމެންގެ މަތިން ހަނދާންވާތީއެވެ. އޭގެ އިތުރުން އެ ފޮތުގެ ސަބަބުން ހިތުގައިވަނީ ހިޔާލްތައް ގިނަވެ ފުނިޖެހެން ފަށާފައެވެ. އޭނާ މިވާހަކަތައް ޝަމްހާން އަށް ކިޔާދޭން ނުލާހިކު ބޭނުންވެއެވެ. ނަމަވެސް ނޭންގޭ ސަބަބަކާހުރެ ކިޔާދޭން ފަސްޖެހެވެނީއެވެ. ކޮންމެ ގޮތެއްވިޔަސް މިއަދު ކިޔައިދޭން އަޒުމު ކަނޑައަޅާ ފަރްހީން އޭނާގެ އަތް ދަބަހަށް އެ ފޮތް ލުމަށް ފަހު ޝަމްހާންމެން ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އަނދިރިފަރާތް (13 ވަނަ ބައި)

Next

ނޭނގޭ ގޮތެއްވޭ!!!

Next
February 27, 2017

ނޭނގޭ ގޮތެއްވޭ!!!

Previews
February 27, 2017

އަނދިރިފަރާތް (13 ވަނަ ބައި)

17 Comments!

  1. Ailish says:
    February 27, 2017 at 10:34 pm

    So aee shamhaan ge dhon dhw..

  2. iffa says:
    February 27, 2017 at 10:43 pm

    Nice story keep it ?

  3. Mimmy says:
    February 27, 2017 at 11:00 pm

    Haadha kurey

  4. Ahoo says:
    February 27, 2017 at 11:25 pm

    Awlhey lwbikan ?

  5. Nizambe says:
    February 27, 2017 at 11:44 pm

    Maa kuru. Thankolheh dhigukoh liyeladhee. Vvv salhi.

  6. shau says:
    February 27, 2017 at 11:52 pm

    Varah reethi vaahaka. Ekm haadha kurey

  7. Aishath Sharumeela Sharu says:
    February 28, 2017 at 12:12 am

    Haadha kurey v salhi ekam

  8. Aan says:
    February 28, 2017 at 12:22 am

    alhey haada kurey. ekam vaahaka vvv salh

  9. 404 Error! says:
    February 28, 2017 at 1:17 am

    wow ??? vry nyce.. ??
    bt vrah kuru??
    nxt ep avas kollAchey.. plx

  10. Swan says:
    February 28, 2017 at 9:23 am

    Nice story ?

  11. aysh says:
    February 28, 2017 at 9:31 am

    wow vrh vrh vrh vrh vrh rythi…n its really interesting…

  12. Shaa says:
    February 28, 2017 at 11:14 am

    Mivaahaka genesdeyleh maakury but vv salhi den digukohladehchey ingey

  13. mee sh says:
    February 28, 2017 at 1:42 pm

    aslu hii vx nukuran grade 10 ga ulhey kuhjakah thigothah ehkoh medhukandaa nulaa vaahaka up kohdheveyne kamakah… vrh bodah thankx thigothah vaahaka up kohdheythii.. unmeedhu kuran nimeh dhn mi vaahaka genesdheyne kamah.. dhn i hope abadhu vx vaahaka liyaane kamah.. mibunii mi vaahaka nimunas ehen vaahaka thah vx liyaane kamah… neyge bunaane ehcheh vx… dhn vrh vrrhhh vvrrrrhhhh riithi……

  14. aish says:
    February 28, 2017 at 1:43 pm

    nice ingey

  15. Imagination says:
    February 28, 2017 at 3:02 pm

    Loved all the lovely comments..❤? aslu vaahaka liyumaki hama shaugu hunna komme meehakah ves kurevidhaane kameh. N yeah sorry v story kurukoh genas dhevunima. In sha allah next part dhigu vaane??

  16. rifu says:
    February 28, 2017 at 8:21 pm

    VVVV salhi

  17. shafu says:
    March 1, 2017 at 2:16 pm

    v kuru. ekam. vv nice varah kiyaahivey

Comments are closed.

Next Episodeއެޕާރޓްމަންޓް 4ބީ (ފަސްވަނަބައި)←


All Right Reserved!